Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 38

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 25, 2025 8 Mins Read
35 Comments

“އާރޫ މިގެއަށް އައިސް ޔަލް ގެންދިޔައީ.. އަފާން ދެންމެ އަހަންނަށް ގުޅާފަ ބުނީ.. މަށަށް ޔަގީން މި ޚަބަރު ލިބޭ އިރަށް ޔައިލްއާ އަޒް ވެސް ދާނެކަން..” މިލާން ހީވީ ޔައިނާގެ ހިތުގައި އޮތް ސުވާލު އެނގިގެން ޖަވާބު ދިންހެންނެވެ.

“އަހަރެން ވެސް ބޭނުން ދާން..” ހިނދުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޔައިނާ ބުނެލުމުން މިލާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޝިޔަލްގެ މޫނު ދެކެން ވެސް ޔައިނާ ބޭނުން ނުވާނެޔޭ އޭނާ ހީކުރުމަށް ފަހު، ކަންތައް ވަމުން މި ދާ ގޮތުން މިލާން އަންތަރީސް ވިއެވެ.

“ޔައި.. ކީކޭ ތި ކިޔަނީ..؟” އެނދުން ތެދުވަމުން މިލާން އަހައިލީ އަދިވެސް ޔައިނާ ކިޔާ އެއްޗެއް ގަބޫލު ނުކުރެވޭތީއެވެ.

“މިލާން.. މަރުވެފަ އޮތް މީހަކާ ދޭތެރޭ ދެން ދުޝްމަންކަން ބޭއްވުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން.. ޝިޔަލް އަހަރެމެންގެ ކިބައިން މަޢާފަށް އެދުނު.. އަހަރެން ބޭނުމެއް ނޫން އަހަރެންގެ މަޢާފު ނުލިބި، އަހަރެންގެ ދަރަނިވެރިއެއްގެ ގޮތުގަ އެއްވެސް މީހަކު މަރުވެގެން ދާކަށް.. އެހެންނޫނަސް، އަހަރެމެން ދިޔައީމަ ޝަޔާމް ވެސް ހިތްހަމަ ޖެހޭނެ.. މިލާން.. އަހަރެން ދިޔަދީ.. ޕްލީޒް..” ޔައިނާ ހުއްދައަށް އެދުނީ، އޭނާ އެތަނަށް ދިޔުމަށް މިލާން ނުރުހޭނެހެން ހީވާތީއެވެ.

“ހިނގާ.. އަހަރެން ވެސް ދާނަން..” ހިނދުކޮޅެއްގެ ހިމޭން ކަމަކަށް ފަހު މިލާން ބުނެލުމުން ޔައިނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދެމީހުން އެކުގައި ގެއިން ނުކުމެގެން ގޮސް ސައިކަލަށް އެރި އިރު، އެމީހުންގެ މަންޒިލަކަށް ވެފައި ވަނީ ކެއަރލޫޕް ހޮސްޕިޓަލެވެ.

*** ** ***

ޝިޔަލް ހިނަވާ ނިމިގެން، މޫނު ދައްކައިލަން ބޭއްވި ވަގުތުކޮޅު އެތެރޭގައި ތިބީ ޝިޔަލްގެ ދައްތައާއި، ދައްތަގެ ދެ ދަރިންނެވެ. އެތެރެއަށް ވަންނާނެ ހިތްވަރު ނުކުރެވިފައި ބޭރުގައި ހުރީ ޝަޔާމްއެވެ. ގޮނޑިބަރީގައި އިށީނދެލައިގެން އިން އިރު، އަދިވެސް ޝަޔާމްގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ކަކުލުގައި އުޅަނބޮށި ވިއްދާލައިގެން، ދެއަތުން މޫނު  ފޮރުވާލައިގެން އިން އިރު، ކައިރީގައި ޔަލީން އިނީ ޝަޔާމްގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލައެވެ. ޝަޔާމްއަށް ޓަކައި ލޯބިން ފުރިގެންވީ ހިތްވަރުގެ ބަސްތައް އެ ދުލުން ބޭރު ކުރަމުން ދިޔަ އިރު، ޔަލީންގެ ކޮންމެ ޢަމަލަކުން ދައްކުވައިދެމުން ދިޔައީ، އޭނާ ޝަޔާމް ދެކެ ވާ މާތް، މަތިވެރި ލޯތްބެވެ.

“ޝަޔާމް.. ހިނގާ ދޯ އެތެރެއަށް ވަންނަން..؟” ޔަލީން އަހައިލުމާއެކު މިފަހަރު ވެސް ޝަޔާމް ދެފަރާތަށް ބޯ ހޫރުވައިލީއެވެ.

“އަހަންނަކަށް ނުކެރޭނެ ބައްޕަ އެހެން އޮޮއްވާ.. ބަލަން ވެސް.. އަހަރެން.. އަހަރެން ދެރަވޭ ޔަލް.. އަހަރެން ވަރަށް ދެރަވޭ..” ކުރަކިވެފައިވާ އަޑުން ޝަޔާމް އެ ހިތުގެ އުދާސްތައް ބޭރު ކޮށްލި އިރު، ޔަލީންގެ ހިތް ފޮތިފޮތި ވެގެން ދިޔަ ފަދައެވެ. ޝަޔާމްގެ ކޮނޑުގައި ބޯ އަޅައިލަމުން އަދި ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެޔޭ ޔަލީން ބުނެލި ނަމަވެސް، ޝަޔާމް ވާނޭ ދެރަ ޚުދު އޭނާއަށް ވެސް އިހުސާސް ކުރެވެއެވެ.

ކުއްލިއަކަށް އެއްލި ކަޅިއަކުން ފެނުނު މިލާންގެ ސޫރައިން ޔަލީންއަށް ވަގުތުން ދެލޯ ބޮޑުކޮށްލެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި މިލާން އާއި ޔައިނާ އެ އަންނަނީ އެމީހުން ތިބި ތަނާ ދިމާއަށް ކަން އެނގުމުން ޔަލީންގެ ހިތް ހާސްވިއެވެ. އޭނާ ޝަޔާމްއާ އެއްކޮށް ހުރުމުން ބައްޕަ އިންތިހާއަށް ރުޅި އަންނާނެކަން ޔަލީނަށް އެނގެއެވެ. އެހެނަސް، މިފަދަ ނާޒުކު ވަގުތެއްގައި މިލާންގެ ފަރާތުން އެފަދަ ޢަމަލެއް ފެނިއްޖެ ނަމަ، ޝަޔާމްގެ ހިތާމަތައް އިތުރުވުން ނޫން ކަމެއް ނުވާނެތީ، ޔަލީން ހަދާނެ ގޮތް ހުސްވިއެވެ. ދެލޯ މަރައި ބާރުކޮށްލަމުން، ފުން ނޭވާއެއް ދޫކޮށްލީ، ދެން ވާނޭ ކަމަކާ ކުރިމަތިލުމަށް ތައްޔާރު ވަމުންނެވެ.

މިލާން އާއި ޔައިނާ އައިސް އެދެމީހުންގެ ކުރިމަތީގައި ހުއްޓުމުން ޝަޔާމް މޫނުމަތިން އަތް ނަގާފައި ބަލައިލިއެވެ. މިލާން ފެނުމާއި އެކު، ދެން ވާނީ ކިހިނެއް ކަމެއް ނޭނގިފައި ޝަޔާމްއަށް ބަލައިލެވުނީ ޔަލީންއާ ދިމާއަށެވެ. ވަގުތުން ޔަލީންގެ އަތުގައި ހިފައި ބާރުކޮށްލަމުން، ފެންކަޅިވެފައިވާ ދެލޮލާއެކު ޝަޔާމް ދެފަރާތަށް ބޯހޫރުވައިލީ މިވަގުތު ތިމަންނަ ދޫކޮށްލާފައި ނުދާށޭ ބުނާ ފަދައިންނެވެ. ޔަލީން ވެސް ޝަޔާމްގެ އަތަށް ބާރުކޮށްކަލަމުން ހިނިތުންވެލީ، ޝަޔާމް އެދޭ ފަދައިން ހުރެދޭނަމޭ ބުނާ ފަދަ ގޮތަކަށެވެ.

“ޝަޔާމް ހިތްވަރު ކުރޭ.. ކޮންމެ މީހަކީ ވެސް މަރުވާނެ މީހެއް.. އެމީހެއްގެ މަރުގެ ވަގުތު ޖެހުމުން އެކަމެއް ވާނެ.. މަރަކީ އެކަކަށް ވެސް ހުއްޓުވޭނެ ކަމެއް ނޫން..” ޝަޔާމްގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ޔައިނާ ދެއްކި ވާހަކައިން ޝަޔާމް އާއި ޔަލީނަށް ވެސް ލިބުނީ ކޮންމެވެސް ވަރެއްގެ ހައިރާން ކަމެކެވެ. އެފަދަ ގޮތަކަށް ޔައިނާ ޝަޔާމްއާ ވާހަކަ ދެއްކުމުން ދެމީހުން ވެސް އަންތަރީސް ވިއެވެ.

“އެއީ ތެދެއް.. އަހަރެމެންނަށް ދެން އޮންނާނީ ދުޢާ ކުރުން.. އެނގޭ ޝަޔާމް ވަރަށް ދެރަވާނެ ކަން ވެސް.. އެކަމަކު މިވަގުުތު ރޮއެ ހިތާމަ ކުރުމުގެ ބަދަލުގަ ބައްޕައަށް ހެޔޮ ދުޢާ ކުރުން ގިނަ ކުރޭ.. އެއީ މިވަގުތު ބައްޕައަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ އަކީ..” ޝަޔާމްގެ ކޮނޑުގައި އަތް ބާއްވައިލަމުން މިލާން ބުނެލި ބަސްތައް ޤަބޫލު ނުކުރެވިފައި ހުރެ، ޝަޔާމްއަށް މިލާންގެ މޫނަށް ބަލައިލެވުނެވެ. ދާދި އިހަކަށް ދުވަހު ޝިޔަލްގެ ދަރިއަކަށް ވީތީ މިލާންގެ ނަފްރަތުގެ ޝިކާރައަކަށް އޭނާ ހަދައިލި އިރު، މިއަދު ޝިޔަލްގެ ވަކިވުމާއި އެކު ޝަޔާމްއަށް ހިތްވަރު ދޭން މިލާން އައީތީ، ޝަޔާމްއަށް ވަމުންދާ އެއްވެސް ކަމެއް ގަބޫލެއް ނުކުރެވެއެވެ.

“މޫނު ބަލަން ނެރެފިތަ..؟” މިލާން ޔަލީން ގާތު އަހައިލުމުން ޔަލީން ހައިރާންވެ އިނދެ ވެސް ބޯޖަހައިލިއެވެ.

“އެތެރޭގަ ވެއްޖެ..” ޔަލީންގެ އަޑު ނުކުތީ މަޑުމަޑުންނެވެ. އެއާއެކު މިލާން އާއި ޔައިނާ އެކުއެކީގައި އެތެރެއަށް ވަން އިރު، ޝަޔާމް އާއި ޔަލީނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ، ވަމުން މި ދަނީ ކިހިނެއް ހެއްޔޭ އަހާ ފަދައަކުންނެވެ.

އެތެރެއަށް ވަން މިލާން އާއި ޔައިނާއަށް ކަފުން ކޮށްފައި އޮތް ޝިޔަލް ފެނުމާއި އެކު، ގޮތް ނޭނގޭ އިހުސާސްތަކެއް ކުރުވައިފިއެވެ. މީގެ އެތައް އަހަރެއް ކުރިން، އަމިއްލަ އަތުން ޝިޔަލް މަރައިލަން ބޭނުންވެފައި ހުރި މިލާންއަށް، މިއަދު ޝިޔަލްގެ ދިރުމެއް ނެތް މޫނުމަތި ފެނުމުން ނުތަވަސްކަން ލިބެއްޖެއެވެ. ޝިޔަލް ދުނިޔޭގައި ހުރެމެ މަޢާފަށް އެދުނު އިރު، އެ ހިތް ޝިޔަލްއާ ދޭތެރޭގައި ސާފު ނުކުރެވުނީތީ ދެރަވިއެވެ. ވަކިން ޚާއްސަކޮށް ޝަޔާމްގެ އެއްވެސް ކުށެއް ނެތް އިރުވެސް، ޝިޔަލްގެ ދަރިއަކަށް ވީތީ ޝަޔާމްއަށް ދެވުނު އަނިޔާގެ މަތިން ހަނދާންވެ، މިލާންގެ ނަފްސުގެ ހަމަޖެހުން ނަގާލައިފިއެވެ.

މަޑުމަޑުން ގޮސް ޝިޔަލް ބާއްވާފައި އޮތް އެނދު ކައިރި ހުއްޓިފައި، ޔައިނާ ޝިޔަލްގެ މޫނަށް ފުންކޮށް ބަލައިލިއެވެ. އަހަރުތަކެއް ކުރިން ޝިޔަލްގެ ސަބަބުން އޭނާ ތަޙައްމަލު ކުރަން ޖެހުނު ވޭނީ ދުވަސްތަކުގެ މަތިން ހަނދާންވެ، އެ ދެލޯ ފެންކަޅި ވިއެވެ. އެހެނަސް، އެ ކަންތައް ހިތުގައި ބާއްވައިގެ ޔައިނާ އުޅޭނީ އަދި ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟ މީގެ ދުވަސްކޮޅެއް ކުރިން ދެލޮލުން ކަރުނަ އަންނަ ޙާލުގައި ޝިޔަލް އޭނާގެ ދެފައި ދަށަށް ތިރިވެ، މަޢާފަށް އެދި ސަލާން ޖެހި އިރު، ޝިޔަލްއަށް މަޢާފު ކުރެވުނު ނަމައޭ އޭނާގެ ހިތަށް އެރިއެވެ. ޝިޔަލް ތައުބާވެފައި، މުޅީން ބަދަލުވެފައިވާ ކަން އެނގިހުރެ ވެސް، އަދި ޝިޔަލް ކުރި ކަންތަކާ ޝަޔާމްއާ އެއްވެސް ގުޅުމެއް ނެތް އިރުވެސް، ޝަޔާމްއާ ޔަލީން ދުރު ކުރުވައިގެން ޝަޔާމްއަށް އަނިޔާ ދެވުނީތީ ޔައިނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޝިޔަލް އަކީ އޭނާގެ ކުށްވެރިއަކަށްވީ ފަދައިން، އޭނާއަކީ މިއަދު ޝަޔާމްގެ ކުށްވެރިއެއް ކަމުގައި ޤަބޫލު ކުރެވިއްޖެއެވެ.

“ޝިޔަލް.. އަހަރެން ޝިޔަލްއަށް މަޢާފު ކޮށްފިން.. އިރާދަކުރެއްވިއްޔާ ޝިޔަލްގެ އެންމެ ފަހުގެ ވަޞިއްޔަތް ވެސް އަހަރެން ފުރިހަމަ ކޮށްދޭނަން.. އަހަރެންގެ ޔަލީންއާ ޝިޔަލްގެ ޝަޔާމް ގުޅުވައިދޭނަން.. އެދެކުދިންނަށް އެދެކުދިންގެ އުފާވެރިކަން ހޯދައިދޭނަން..” ޔައިނާ ދެއްކި ވާހަކަތައް މިލާންގެ ކަންފަތަށް ސާފުކޮށް ފޯރިއެވެ. ވަކި އެއްޗެކޭ ނުބުނެ މިލާން ވެސް އައިސް ޔައިނާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

“މާތްﷲ ޝިޔަލްއަށް ޖަންނަތުން ފިރުދައުސް ދެއްވާށި..” ޝިޔަލްގެ މޭމަތީގައި އަތް ޖައްސައިލަމުން މިލާން ބުނެލިއެވެ. އެއާއެކު ޔައިނާއަށް ހިނިތުންވެފައި މިލާންއަށް ބަލައިލެވުނީ، ދެން ޔަލީން އާއި ޝަޔާމްގެ ގުޅުމަށް މިލާންގެ ނުރުހުން އަމާޒު ނުވާނޭ ކަމުގެ ޔަގީން ކަން ލިބުމުންނެވެ. މިލާން ވެސް ޔައިނާއަށް ބަލައިލަމުން ހިނިތުންވެލީ، އެ ހިތުގައި ވެސް އޮތީ ހަމަ އެހެންނޭ ބުނާ ފަދައަކުންނެވެ.

އިރުކޮޅެއް ފަހުން ދެމީހުން އެކުގައި އެތަނުން ނުކުތް އިރު، ޒާރާ އާއި އަފާންގެ އިތުރުން ޒައުލް އާއި އާރާ ވެސް އެތަނުގައި ތިއްބެވެ. މިލާން އާއި ޔައިނާ ފެނުމުން އެންމެންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވީ، އެދެމީހުންގެ ހިތް ޝަޔާމް އާއި ޝިޔަލްއާ ދޭތެރޭގައި ސާފުކަން ދޭހަވުމުންނެވެ.

“ޝަޔާމް.. އެތެރެއަށް ނުވަންނާނަންތަ..؟” އަދިވެސް ރޮވެމުން ދިޔަ ޝަޔާމްގެ ކޮނޑުގައި އަތް ޖައްސައިލަމުން ޔައިނާ އަހައިލުމާއެކު، އެއްޗެކޭ ބުނާނެ ހިތްވަރު ނެތި، ޝަޔާމްއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނީއެވެ.

“ޝަޔާމް.. ފަހު ފަހަރަށް ބައްޕަ ދެކިލަން ބޭނުމެއް ނުވޭތަ..؟ ހިތްވަރު ކޮށްލަބަލަ..” މިލާން ބުނެލި ވާހަކައިން ޝަޔާމްއަށް އިތުރު ހިތްވަރެެއް ލިބުނު ފަދައެވެ. އެ އަތުތެރޭގައި އޮތް ޔަލީންގެ އަތަށް ބާރުކޮށްލަމުން ޝަޔާމް ތެދުވުމާއި އެކު، އެންމެންގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ޔަލީންގެ އަތުގައި ހިފައިގެން ހުރެ ޝަޔާމް، ޝިޔަލް ބާއްވާފައި އޮތް ކޮޓަރިއަށް ވަން އިރު، ހިނދުކޮޅަކަށް ވެސް ޔަލީންގެ އަތުން ދޫކޮށްލަން ބޭނުން ނުވާ ފަދައެވެ. ޝަޔާމްގެ ފަހަތުން އެންމެން ވެސް އެ ކޮޓަރިއަށް ވަން އިރު، އެންމެންގެ ހިތްތަކުގައި ވެސް ވީ ނުތަނަވަސް ކަމެވެ.

“ބައްޕާ..” ކަފުން ކޮށްފައި އޮތް ޝިޔަލްގެ ބޮލުގައި ފިރުމައިލަމުން ޝަޔާމް ގޮވައިލި އިރު، އެ އަޑުގައި ވީ ވޭނީ އަސަރު ފާޅުވެއެވެ. އަދި ހަމަ އެންމެ ފަހަރަކު ބައްޕަ އޭނާއަށް ދަރިފުޅާއޭ ކިޔައި ގޮވައިލާނެ ނަމައޭ ޝަޔާމްގެ ހިތަށް އެރިއެވެ. އެންމެ ފަހަރަކު ބައްޕަގެ އުނގުމަތީގައި ބޯއަޅާލައިގެން އޮވެ، ހިތް ފުރެންދެން ރޯލަން ލިބޭނެ ނަމައޭ އެ ހިތަށް އެރިއެވެ. އެންމެ ފަހަރަކު ބައްޕަ ތެދުވެފައި، އެ ދެއަތުގެ ޙިމާޔަތް އޭނާއަށް ދޭނެ ނަމައެވެ. ލޯބިން އޭނާގެ ކަރުނަތައް ފުހެލައިދޭނެ ނަމައެވެ. އެހެނަސް، މިއަދު ބައްޕަ އެ ވަނީ އޭނާއާ މާ ދުރުގައެވެ. އެ ހިތުގައިވާ އެއްވެސް އެދުމެއް ފުރިހަމަ ކޮށްދިނުމަށް ނުކުޅެދޭހާ ދުރުގައެވެ.

ކުޑަ އިރެކޭ އެއްފަދައިން، މިއަދު ވެސް އެ ހިތުގައިވީ އިހުސާސްތައް ދުލާ ހަމައަށް ގެނައުމުގައި ޝަޔާމް ނުކުޅެދުނެވެ. އެ ހިތުގައިވީ ޒަޚަމްތައް ހެކިކޮށްދެމުން ދިޔައީ ހަމައެކަނި އެ ކޯތާފަތް މަތިން ފައިބަމުން ދިޔަ ތާޒާ ކަރުނައެވެ. އިތުރަށް ކެތް ނުވުމުން، ޝިޔަލްގެ މޭމަތީގައި ބޯ އަޅައިލަމުން ޝަޔާމް ދެލޯ މަރައިލިއެވެ. އެއާއެކު މުޅި ތަނުގައި ގުގުމާލައިގެން ދިޔަ ޝަޔާމްގެ ވޭނީ ގިސްލުމުގެ އަޑުން، އެތަނުގައި ތިބި އެންމެންގެ ހިތްތައް ވެސް މަޑު ކަފަކޮޅަކަށް ހަދައިލި ފަދައެވެ. ފެންކަޅި ވެފައި ހުރި ޔަލީން ވެސް ޝަޔާމްގެ ބުރަކަށީގައި ފިރުމައިލަ ފިރުމައިލަ ހުރި އިރު، ދޭތެރެދޭތެރެއިން ހިތްވަރުގެ ބަހެއް ބުނެލައެވެ.

*** ** ***

ޝަޔާމްގެ ޖަނާޒާގެ ހުރިހައި ކަމެއް ނިމި، ކަށުނަމާދު ކޮށް، ވަޅުލެވެން ދެން ވެސް މިލާންމެން އުޅުނެވެ. އިސްނަގައިގެން އެ ހުރިހާ ކަމެއް ކުރުމުގައި އުޅުނީ ވެސް އެމީހުންނެވެ. އެކަމުގެ ސަބަބުން ބަލިކަށިވެފައިވީ ޝަޔާމްގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ހިތާމައިގެ ކަނޑެއްގައި އޮޔާ ބެހިގެން ދަނިކޮށް، އެކަނިމައިއެކަނި ހުރިހައި ކަމަކާ އުޅުމުގެ ބަދަލުގައި، ގާތުގައި އެހީތެރިވެ ހިތްވަރު ދޭނެ ބަޔަކު ތިބިކަން އެނގުމުން ލިބުނު ހިތްވަރު ނިކަން ވަރުގަދައެވެ.

ލޯ ކުރިމަތީގައި ބައްޕަ މުޅި ޢުމުރަށް ވެލީގެ ދާނުގައި ފޮރުވައިލެވުނު މަންޒަރު ފެނުމުން ޝަޔާމްގެ ހިތް އިތުރަށް ޒަޚަމްވީ ފަދައެވެ. ބައްޕަ ވަކިވުމުގެ ކުރިން، އޭނާގެ ފުރާނަ ގެންދެވި ނަމައޭ އެވަގުތު ވެސް ޝަޔާމްގެ ހިތަށް އެރިއެވެ. ދެލޮލަށް ބޮނޑިވެފައިވީ ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުން، ޝަޔާމް ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ޝަޔާމް.. ހިނގާ ދަމާ..” ފަހަތުން ޔައިލް އޭނާގެ ކޮނޑުގައި އަތް އަޅައިލާފައި ބުނެލުމުން، ޝަޔާމް އޭނާގެ ދެލޯ ފުހެލާފައި ނޭފަތް ދަމައިލިއެވެ. ބަރުވެފައިވީ ފިޔަވަޅުތައް ނަގަމުން ޔައިލްއާއި އެކު އޭނާ ގަބުރުސްދާނުން ނުކުންނަން ހިނގައިގަތް އިރުވެސް، ބައްޕަގެ އެކިއެކި ޚިޔާލުތައް އެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ޝަޔާމް އާއި ޔައިލްގެ ފަހަތުން މިލާން އާއި އަފާން އާއި އަޒާންގެ އިތުރުން ޒައުލް ވެސް ހިނގައިގަތެވެ.

“ޝަޔާމް.. އިހަށް ހަމައަކަށް އެޅެންދެން ދޮންބެމެން ގެއަށް ދާން ހިނގާ..” ޔައިލް އެދުމާއި އެކު ވަގުތުން ޝަޔާމް ދެފަރާތަށް ބޯހޫރުވައިލިއެވެ.

“ނޫން.. އަހަރެން ދާނީ ގެއަށް.. އެހެން އެއްވެސް ތަނަކަށް ދާކަށް ބޭނުމެއް ނޫން..” ޝަޔާމް ވަގުތުން އެކަމުން މަނާވެގަތީ، އެވަގުތު އެކަނިވެލަން ބޭނުންވެފައި ހުރި ވަރުންނެވެ.

“ޝަޔާމް.. މިވަގުތު ޝަޔާމް ތިހުރީ އެކަނި އުޅޭވޭނޭ ހާލަތެއްގައެއް ނޫން.. ކިހިނެއް އެކަނިމައިއެކަނި މިދުވަސްކޮޅު އުޅޭނީ.. ކުޑަކޮށް ހަމައަކަށް އެޅެންދެން ނަމަވެސް ހިނގާ އިހަށް އަހަރެމެން ގެއަށް ދާން..” މިލާން ބުނެލުމާއި އެކު، ޝަޔާމަށް މިފަހަރުވެސް މިލާންއަށް ބަލައިލެވުނީ ހައިރާން ވެފައެވެ.

“ޝަޔާމް ތި ހީކުރަނީ އަދިވެސް އަހަރެން މިހުރީ ޝަޔާމް ދެކެ ރުޅި އައިއްސަ ކަމަށް ވަންޏާ ތި ވިސްނުން ދޫކޮށްލާ.. މީ އަހަރެންގެ ވަރަށް ބޮޑު އެދުމެއް.. ހިނގާ އަހަރެމެންނާ އެކީ..” މިލާން ހީވީ ޝަޔާމްގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނެލި ހެންނެވެ. އިތުރަށް އިންކާރު ކުރާނެ ހިތްވަރު ނެތި ޝަޔާމް ވެސް ނިންމީ މިލާންމެން އެދުނު ގޮތަށް ކަންތައް ކުރާށެވެ.

ހުރިހައި ފިރިހެންވެރީން އެކުގައި ގޮސް މިލާންގެ ގެއަށް ވަން އިރު، އަންހެންވެރީން ވެސް ސިޓިންރޫމުގައި ހަމައަށް ތިއްބެވެ. އެންމެންގެ ނަޒަރު ވެސް އެންމެ ފުރަތަމަ ވެސް ދަތުރު ކުރީ ޝަޔާމްގެ މިލާފައިވީ މޫނަށެވެ.

“ޔައީ.. ޝަޔާމްގެ ކޮޓަރި ދައްކަން ވީނު..” މިލާން ބުނެލުމާއި އެކު ޔައިނާ ވަގުތުން ހިނިތުންވެފައި ބޯ ޖަހައިލިއެވެ. އަދި ޝަޔާމް ގާތު އަންނާށޭ ބުނެފައި ހިނގައިގަތެވެ. ސިޑިއާ ހަމައަށް ގޮސްފައި ޔައިނާ ފަހަތް ބަލައިލި އިރު، އަދިވެސް ޝަޔާމް ހުރިތާ ހުރެ، އޭނާއަށް ނަޒަރު ހުއްޓާލައިގެން ހުރުމުން، ޔައިނާ ވެސް މަޑުކޮށްލިއެވެ.

“އަޅުގަނޑު ބޭނުން ޔަލީންގެ މަންމައާ ބައްޕައާ ވާހަކަ ދައްކައިލަން.. ވަކިން..” ޝަޔާމްގެ އަޑު ވަނީ ގިނަ އިރު ރުއިމުގެ ސަބަބުން ކުރަކިވެފައެވެ. ވަގުތުން އެންމެން ބަދިގެއަށް ވަން އިރު، ކުދިވެރީންތައް ނުކުތީ ބެލްކަންޏަށެވެ. މިވަގުތު ޝަޔާމް އެދުނު ކޮންމެ ކަމެއް ކޮށްދޭން ވެސް، އެ އެންމެން ވެސް ތައްޔާރަށް ތިބި ފަދައެވެ.

ޔައިނާ އާއި މިލާންއާ އެކު ސިޓިންރޫމުގައި އެކަނިވުމުން ޝަޔާމް ފުން ނޭވާއެއް ދޫކޮށްލީ، އޭނާ ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށެވެ.

“ގަބޫލު ކުރަން އަޅުގަނޑުގެ ބައްޕަގެ ސަބަބުން ޔަލްގެ މަންމައާ ބައްޕައަށް މާޒީގައި ވަރަށް ގިނަ ގޮންޖެހުންތައް ދިމާވެފަ ހުރިކަން.. ވަކިން ޚާއްސަކޮށް ޔަލްގެ މަންމައަށް.. އަޅުގަނޑުގެ ބައްޕަ ކުރި ހުތުރު ޢަމަލާ ދޭތެރޭ އަޅުގަނޑު ދެރަވެ ލަދުގަންނަން.. އެކަމަކު..” ވަކި ހިސާބަކުން ކުރިޔަށް ދާން އުނދަގޫ ވުމުން، ޝަޔާމް ވާހަކަ މެދުކަނޑައިލިއެވެ. އެހެނަސް، އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލަމުން ޝަޔާމް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އެކަމަކު ބައްޕަ އަސްލުގަވެސް ތައުބާވީ.. އެނގޭ ޔަލްގެ މަންމަމެންނަށް ގަބޫލު ކުރަން އުނދަގޫ ވާނެ ކަން ވެސް.. އެކަމަކު ވެސް މީ ތެދު ހަގީގަތް.. އަޅުގަނޑުގެ ބައްޕަ ބަދަލުވީ.. މާތްﷲ އިރާދަ ކުރައްވައިފި ނަމަ ތެދުމަގު ނުދައްކަވާނޭ އެއްވެސް މީހަކު ނުހުންނާނެ.. އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ދިން ތަރުބިއްޔަތަކީ އެކަމުގެ އެންމެ ބޮޑު ހެކި.. މަންމައަކާ ނުލައި އަޅުގަނޑު ބަލައި ބޮޑު ކުރި އިރު، އަޅުގަނޑަށް ހެވާ ނުބައި ދަސްކޮށްނުދޭ އެންމެ ދުވަހެއް ވެސް ނުދޭ.. ބައްޕަ ދުވަހަކުވެސް އަޅުގަނޑު ކަތި މަގަކުން ދިޔަކަ ނުދޭ.. އަބަދުވެސް ބައްޕަގެ ކިބައިން އަޅުގަނޑަށް ފެނުނީ ޚުލްޤު ހެޔޮކަމާ ރަނގަޅުކަން..” ޝަޔާމްގެ ވާހަކަ ކުރިއަށް ދިޔަ ވަރަކަށް މިލާން އާއި ޔައިނާއަށް ވެސް ދިޔައީ އަސަރު ކުރަމުންނެވެ.

“އަޅުގަނޑު ޔަލްގެ މަންމައާ ބައްޕަ ގާތު ބުނަން ބޭނުންވީ.. އަޅުގަނޑުގެ ބައްޕައަށް މަޢާފު ކޮށްދޭށޭ.. މިއަދު ބައްޕަ އެ ވަނީ އަޅުގަނޑާ މާ ދުރުގަ.. ބައްޕަ އަކީ މިއަދު ޔަލްގެ މަންމަމެންގެ ދަރަނިވެރިއެއް.. ޔަލްގެ މަންމަގެ މަޢާފު ނުލިބޭހާ ހިނދަކު ބައްޕަގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ.. ޕްލީޒް.. އަޅުގަނޑުގެ ބައްޕައަށް މަޢާފު ކޮށްދީ.. އެހެން ހުރިހައި ކަމަކަށް ވުރެ ބޮޑަށް ބައްޕަގެ ފުރާނައަށް ދާއިމީ ހަމަޖެހުން ހޯދައިދޭން އަޅުގަނޑު ބޭނުން..” ޝަޔާމްގެ ވާހަކަ ނިމުނު އިރު ޔައިނާއަށާ މިލާންއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

“ދަރިފުޅާ ޝަޔާމް.. ދަރިފުޅުގެ ބައްޕައަށް މަންމަ މަޢާފު ކޮށްފިން.. އެއްވެސް ހިތްބުރަ ކަމެއް ނެތް.. ދަރިފުޅުގެ ބައްޕަގެ ފުރާނައަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާތޯ މަންމަ ދުޢާ ވެސް ކުރާނަން..” ޝިޔަލްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލަމުން ޔައިނާ ބުނެލުމާއި އެކު، ޝިޔަލްގެ ހިތަށް އަސަރު ކުރީ އިންތިހާއަށެވެ. މަންމައޭ ކިޔާފައި ވާހަކަ ދެއްކުމުންނާއި، ބައްޕައާ މެދުގައި އެ ހިތް މުޅީން ސާފުކަން އެނގުމުން ޝަޔާމްގެ ހިތުން ބޮޑު ބަރެއް އުފުލިގެން ދިޔަ ފަދައެވެ. ކަރުނައިގެ ތެރެއިން ވެސް ޔައިނާއަށް ހިނިތުންވުމެއް ރައްދުކޮށްލަމުން، ދެން ޝަޔާމް ބަލައިލީ މިލާންއަށެވެ.

“ބައްޕަގެ ހިތް ވެސް ޝަޔާމްގެ ބައްޕައަށް ސާފު.. ޝަޔާމްގެ ބައްޕަ ތައުބާވީ ކަމަށް ބައްޕަ ގަބޫލު ކުރަން.. ޝަޔާމްގެ ބައްޕަ އަކީ ރަނގަޅު މީހެއް.. ތިހާ ރަނގަޅު ކުއްޖަކު ތަރުބިއްޔަތު ކުރެވޭނީ ވަރަށް ރަނގަޅު ބައްޕައަކަށް.. އިންޝާﷲ، ޝަޔާމްގެ ބައްޕައަށް ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާނެ.. ބައްޕަ އަބަދުވެސް ދުޢާ ކޮށްދޭނަން..” ޝަޔާމްގެ ބޮލުގައި ފިރުމައިލަމުން މިލާން ވެސް ބުނެލީ ހިތްހެޔޮ ހިނިތުންވުމަކާ އެކުގައެވެ. އެއާއެކު ޝަޔާމްގެ ހިތަށް ލިބުނު ފިނިކަން ބަޔާންކުރަން ވެސް ދަތިވިއެވެ. ބައްޕައާއި މެދުގައި އެދެމީހުންގެ ހިތް ސާފުކަން އެގުމާއި އެކު، އެ ދެލޮލުން ނީރައިލީ އުފާވެރި ކަމުގެ ކަރުނައެވެ. ވަގުތުން މިލާންގެ ގައިގައި ބައްދައިލި އިރު، އޭނާއަށް ބާރަށް ރޮވެން ފެށުނެވެ.

“ދަރިފުޅާ ދެން ނުރޮއެ ހުއްޓަައިލާ..” ޝަޔާމްގެ ގައިގައި ދެ އަތް ވަށައިލަމުން މިލާން ބުނެލި އިރު، ޚުދު އޭނާއަށް ވެސް ދިޔައީ ރޮވެމުންނެވެ. ފެންކަޅިވެފައި ހުރި ޔައިނާ ވެސް ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ. ޝަޔާމްގެ ބުރަކަށީގައި ފިރުމައިލާފައި، ދެން ނުރޯށޭ ބުނެލި އިރު އެ އަޑުގައިވީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ޔަލްގެ މަންމައާ ބައްޕާ.. މިއަދު އަޅުގަނޑަށް ތި ދެއްވި އެހީތެރިކަމާ ހިިތްވަރު އަޅުގަނޑު ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން.. ޔަލްގެ މަންމަމެން ބޭނުންވާ ކޮންމެ ވަގުތަކު ބޭނުން ކޮންމެ ކަމެއްގަ އަޅުގަނޑުގެ އެހީ އަބަދުވެސް ލިބޭން އިންޝާﷲ.. ދެން އަޅުގަނޑު ދަނީ..” ހިނިތުންވެލާފައި ޝަޔާމް ދާން އުޅުމާއެކު، އަނެއްކާވެސް ޔައިނާއާއި މިލާންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ.

“ޝަޔާމް ދަނީތަ..؟ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް މިގޭގަ-” ޔައިނާގެ ވާހަކަ ފުރިހަމަ ކުރެވުނުގެ ކުރިން ޝަޔާމް ވާހަކަ ދައްކަން ފެށިއެވެ.

“ތިވަރަށް އަޅުގަނޑާ މެދު ވިސްނާތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. އެކަމަކު މިވަގުތު އަޅުގަނޑު ބޭނުމީ ގެއަށް ގޮސް އެކަނިވެލަން.. އަޅުގަނޑަށް އެކަނި އުޅެވޭނެ.. އެކަމާ ހާސްނުވޭ.. ބައްޕަ އަބަދުވެސް ދަސްކޮށްދިނީ ހިތްވަރު ކުރަން.. އެކަން ކުރަން އަޅުގަނޑު ބޭނުން.. ބައްޕަގެ ހުރިހާ ހަނދާނެއް ވެސް ރައްކާ ކުރެވިފަ ވާނީ ހަމަ އެގޭގަ.. ބައްޕަގެ ހަނދާންތަކާ އެކުގަ ވާން މިވަގުތު އަޅުގަނޑު އެންމެ ބޭނުމީ.. މިވަގުތު އަޅުގަނޑު ދިޔަދީ.. އައިލް ބީ ފައިން..” ޝަޔާމްގެ ވާހަކައިން ޔައިނާ އާއި މިލާންއަށް ވެސް ޝަޔާމް ހުއްޓުވާކަށް ނުކެރުނެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ޝަޔާމް ގެއިން ނުކުތުމާއި އެކު، ދެމީހުންނަށް ފުން ނެވާއެއް ދޫކޮށްލެވުނެވެ. ދުލުން ނުބި ކަމުގައިވީ ނަމަވެސް ދެމީހުން ވެސް ތިބީ އިންތިހާއަށް ޝަޔާމްއާއި މެދު ކަންބޮޑުވެފައެވެ.

ޝަޔާމް ދިޔުމާއި އެކު، އެންމެން އަނެއްކާވެސް ސިޓިންރޫމަށް ނުކުތެވެ. ޝަޔާމް ފެންނަން ނެތުމުން އެންމެން ވެސް ތިބީ އެދެމެދުގައި ދެކެވުނު ވާހަކަތައް އެނގެން ބޭނުން ވެފައެވެ. އަނެއްކާ ޝަޔާމް އެ ދިޔައީ އިތުރު މައްސަލައެއް ޖެހިގެން ބާވައޭ ވެސް އެމީހުންގެ ހިތަށް އެރިއެވެ.

“ޝަޔާމް އަހަރެމެން ކިބައިން އެދުނީ ޝިޔަލްއަށް މަޢާފު ކޮށްދިނުމަށް.. އެއީ ބައްޕަގެ ފުރާނައަށް ދާއިމީ ހަމަޖެހުން ލިބެން ޝަޔާމް ބޭނުންވީތީ.. އެއްވެސް މީހެއްގެ މަޢާފަށް ދަރަނިވެރިވެގެން ސުވަރުގޭގެ ނިޢުމަތުން މަހުރޫމުވާ ފަރާތަކަށް ޝިޔަލް ވުމަށް ޝަޔާމް ނޭދޭތީ..” މިލާން ކިޔައިދިނެވެ.

“ދެން މިލާން ބުނީ ކީކޭ..؟” އަފާން އަހައިލުމާއެކު މިލާން ޔަލީންއަށް ބަލައިލިއެވެ. ދަރިފުޅުގެ މޫނުމަތިން މިލާނަށް ފެނުނީ، އޭނާ ވެސް އެ ސުވާލުގެ ޖަވާބު ބޭނުންވާ މިންވަރެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

މާރެސް – 4

Next

ހިތް ބޭނުމޭ ދުލުން 15

Next
March 25, 2025

ހިތް ބޭނުމޭ ދުލުން 15

Previews
March 25, 2025

މާރެސް – 4

35 Comments!

  1. gurrrrl says:
    March 25, 2025 at 1:42 am

    oh mi part ves vrh reethi when next parttt
    cant waittt hama next part kiyaalaa hithun
    btw im the first dhww haha
    lyy

    1. Nayaa Nayaa says:
      March 25, 2025 at 11:46 am

      thank you dear ❤️
      hehe yess you are the first congratss ❤️
      lym ❤️

  2. yumii says:
    March 25, 2025 at 1:59 am

    alheyy huvaa hama rovijje

    1. Nayaa Nayaa says:
      March 25, 2025 at 11:47 am

      aww many hugsss 🫂🫂🫂

  3. Mar yam says:
    March 25, 2025 at 2:00 am

    Yesss finally yal ge parents ok vee
    Nayuu avahah Dhn huri parts thah submit kolladhyy . I can’t wait to read next part .😭
    I can imagine the story while reading it Hama ehaavx furihama sifa kurunthah 💯
    When’s next part
    Lysm nayuu ❤️❤️❤️

    1. Nayaa Nayaa says:
      March 25, 2025 at 11:48 am

      Alheyy thank youu darla ❤️
      Next part miadhu submit kohlaanan
      Lym ❤️

  4. lam says:
    March 25, 2025 at 2:15 am

    yayyyyyyyyy thankiuuuu nayaaa 💗💗
    dhen huri part thah ves avahah submit kohladhehchey🥹.and keep up the good work

    1. Nayaa Nayaa says:
      March 25, 2025 at 11:48 am

      Thank youu dearr ❤️
      Hehe yeahhh

  5. Her/she says:
    March 25, 2025 at 2:19 am

    Alheyyy… Yal fe parents ok vee dhww now.. yal and shayaam and ge gulhumah dhen ehves huraheh neii dhww.. Alheyyy this is sooo niicceee.. it’s kinda sad that miyoh reethi reethi vaahaka ves nimen ulheythee but excited too.. hehe… Yail and Az ge bai is missed too..
    Nayaa ge these lovely stories will be very much missed, mi stories nimuneema 😭😭
    Btw gurl.. Can you follow me on insta?? Pls 🥺 It’s @Eyesherth_eyesher

    1. Anonymous says:
      March 25, 2025 at 2:57 am

      me too naaya sis can you follow me too ??

    2. Nayaa Nayaa says:
      March 25, 2025 at 11:50 am

      Yeahhh dhen mi story ves nimen kanneynge dho e ulhenii
      Don’t worry yail and azal ge bai adhi othy hama kuriyah hehe
      Awwwhhh Nayaa ves vrh miss vaane Thu hurihaa readers mathin
      Yesss I have followed you!! Insta in talk kohlan beynunvaa evves kujjeh viyyaa just drop your @ and I’ll drop a follow! ❤️

  6. Her/she says:
    March 25, 2025 at 2:20 am

    And yes… When’s next part??
    Lysm <33

    1. Nayaa Nayaa says:
      March 25, 2025 at 11:51 am

      Next miadhu
      Lym ❤️

  7. Its just me says:
    March 25, 2025 at 2:21 am

    Alheyh rovijje eyh anehkkaa vx 🥲🤍finallyy milaan menn okay v dhw 🤭shayaam and yal avahah gulhuvaa dhn 🤭mi part vx v reethi Ma Sha Allah ♥️ curiously waiting for the next part…when next 🤭♥️

    1. Nayaa Nayaa says:
      March 25, 2025 at 11:51 am

      Alheyy dhen nuroebaaa 🫂🫂🫂
      Thank youu dear ❤️
      Next part miadhu

  8. Naberr🤍 says:
    March 25, 2025 at 2:48 am

    Naayu this part make me cry vrh bodah ngl hama asluves rovihjje you are the best
    When next part

    1. Nayaa Nayaa says:
      March 25, 2025 at 11:52 am

      Awww nabaaaaa 🫂🫂
      Next part miadhu ❤️

  9. malaa says:
    March 25, 2025 at 3:00 am

    but adhi ehkameh i dont think shayaam okii vaane ehn adhi e relay ah cox shayaam bunyeh nu shiyal e dhariehge gothugai hure yal parents oki viyas nugulheynameyy
    ekm ves dhn neynge dhww vaane ehceheh uhmeedhakee emeehun gulhun
    btw when next part cant wait for next

    1. Nayaa Nayaa says:
      March 25, 2025 at 11:53 am

      yeahh shayaam buni dho ehen.. but let’s hope he stops blaming himself and listen to shiyal ge words dho
      next part miadhu ❤️

  10. 💋 says:
    March 25, 2025 at 3:30 am

    Hama rangalhah vc rovijje roe roe neyfaiy vc bedhijje 😭😂
    Vrh vrh vrh vrh reethi mi part vc Masha Allah 😘
    Mi vhk nimen ulheythy dhera vc vey

    1. Nayaa Nayaa says:
      March 25, 2025 at 11:54 am

      awwwh alheyy 🫂🫂🫂
      thank youu ❤️
      sameee nayaa ves varah dhera vey

  11. Nina🤍 says:
    March 25, 2025 at 4:12 am

    Finally milaan menn ok vehje. Nayaa avahah next part upload kohdheeba kiyaahithun hureveny ehnooneyyyyy btw mi part ves hama varah reethi ly girl. Also um eid mubarak 🩷

    1. Nayaa Nayaa says:
      March 25, 2025 at 11:54 am

      Thank youuu Nina ❤️❤️
      Eid Mubarak!! ❤️

  12. Aalerrr says:
    March 25, 2025 at 4:36 am

    Masha Allah mi part vx vrh reethi ❤️💯
    When’s next part??????
    Curiously waiting for the next part 🙂✨

    1. Nayaa Nayaa says:
      March 25, 2025 at 11:55 am

      Thankyouu Aalaa❤️
      Next part miadhu

  13. girl_621 says:
    March 25, 2025 at 4:47 am

    Yes finally yal ge parents ok vee
    Mi part vx vrh reethi
    When next??
    Kepp up the good work
    Ily nayyu ❤️🙂

    1. Nayaa Nayaa says:
      March 25, 2025 at 11:56 am

      Thank youu ❤️
      Miadhu In Sha Allah
      Lym ❤️

  14. Vampire girl says:
    March 25, 2025 at 5:00 am

    Maasha Allah mi part vx varah varah reethi…
    Hama rovihje…
    Heevee hama mainlanders bahppa maru vegen is ulhun hn …. eheevx bodah e vaahakaige thereah vadhevun….
    Whn next??
    Curiously waiting for the next part…..

    1. Nayaa Nayaa says:
      March 25, 2025 at 11:56 am

      Thank youuu 🫂❤️
      Next part miadhu submit kohlaanan in sha allah

  15. Na.ell says:
    March 25, 2025 at 6:24 am

    Fahun nerefa in 5 part eky mi kiyaalevuny
    Hama rangalhah rohvaalaifi mihr lolah ves thadhuvey eba 😭😭😩
    Alheyy shayaam e ulhey gothun vrh dhera vehje😩💔
    Shiyal aa shayaam ge emme fahu ge words kiyaafa neyge v goeh ves 💔😭
    And yainaa haadha rangalhey ❤️
    I can’t wait for the next part
    Girllll you are so talented masha allah 🤩❤️
    Keep it up siss ❤️

    1. Nayaa Nayaa says:
      March 25, 2025 at 11:57 am

      ahaa nael ge athuga naseebu hifii dho.. 5 parts ekii wowww hehe
      awww 🫂🫂
      thankyouu so much darling ❤️

  16. Cutie girl says:
    March 25, 2025 at 6:50 am

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Mi part kiyaafa rovijje 😭
    Yaina haadha rangalhey
    Milaan okay vaane kanneyge yal and shayaam gulhen
    Azal and yail ves dhuru nukurachey
    Aaroo and zaul ves
    They all are made for each other
    Haadha curious kohlaafa thi nimaaly
    When next
    I appreciate your hard work ❤️
    Tc ❤️
    Ly naayoo darling ❤️😚

    1. Nayaa Nayaa says:
      March 25, 2025 at 12:05 pm

      Thank you so muchhh dearr ❤️
      Means a lot ❤️
      Lym ❤️

  17. Vaahaka moya says:
    March 25, 2025 at 11:33 am

    Maashaa Allah mi part vx varah varah reethi..
    Mihaaru dhethin faharu mi part kiyihje😂😂😂😂
    Ey naayu kuruvaahaka mubaaraathuga liyunee naanaa vaahaka tha??
    Ehn mi ahaaly thankolhen kurin you told dhw you ah aslu kiyanee shaayan ey…
    Dhn e vaahaka ge author akah shaayan ineema….
    E vaahaka varah reethi….
    Alhugandu varah ummeedhu kuran eii nayaa ge vaahaka ah vaane kamah…
    and kaamiyaabee ah edhen..

  18. Nayaa Nayaa says:
    March 25, 2025 at 12:06 pm

    Thank youu ❤️
    Hehe yess that’s my story.. glad you liked it ❤️

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 39←


All Right Reserved!