Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 41

ބޭރަށް ނުކުތް އަޒަލް ފެންކަޅިވެފައިވާ ދެލޮލުން ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ ޖަވާބު ދޭށޭ ބުނާ ފަދަ ގޮތަކަށެވެ. އޭރު އެ އެންމެންގެ މޫނުމަތީގައި ވެސް ހިތާމައިގެ ސާލެއް އޮޅިފައިވީ އިރު، އަޒަލްއަށް ދޭނެ ޖަވާބެއް އެއިން އެކެއްގެ ދުލުގައި ވެސް ނެތީ ކަންނޭނގެއެވެ.

“ދަރިފުޅާ އަޒް.. ހިތްވަރު ކުރަން ވާނެ.. ދަރިފުޅު ހިތްވަރެއް ކޮށްގެން މިކަމަށް ހައްލެއް ހޯދޭނީ ވެސް..” ކަށީގައި ނެތް ހިތްވަރު ލައިގެން އިސްނެގީ ޒާރާއެވެ.

“މަންމަ މިއަދު ހެނދުނު ގުޅާފަ ވެސް އެ ވާހަކަ ދަރިފުޅު ގާތު ބުނަން އުޅުނިން.. އެކަމަކު ބުނެވުމުގެ ކުރިން ދަރިފުޅު ފޯނު ކަނޑައިލީ..” ޔައިނާގެ އަޑުގައި ވެސް ވަނީ މޮޅިވެރި ކަމެވެ.

“ކޮން ވާހަކައެއްތަ..؟ ކިހިނެއްތަ ވެގެން މި އުޅެނީ..؟ ކޮންމެސް މީހަކު އަހަންނަށް ކިޔައިދީބަލަ..” ދެރައާ ހިތާމަ އެކުވެގެން އަޒަލްގެ އަޑު ނުކުތީ ބާރަށެވެ.

“ދަރިފުޅާ.. އެކްސިޑެންޓުގައި ޔައިލްގެ ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން މީގެ އެއް އަހަރު ކުރީގެ ހަނދާންތައް ވަނީ ފިލާފަ..” މިލާން ދިން ޚަބަރަކުން އަޒަލްގެ ކަންފަތު ހިނދުރީގައި ބޮމެއް ގޮއްވައިލެވުނު ފަދައެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލެވުނު އިރު، އަޒަލްގެ ހިތުގެ ހިނދުން ހުއްޓުނު ފަދައެވެ. ފާއިތުވީ އެއް އަހަރަކީ އަޒަލް އާއި ޔައިލްގެ ދިރިއުޅުން އެކުގައި ބަދަލު ކޮށްލި އަހަރެކެވެ. ޔައިލްއަށް އަޒަލް ދެކެ ލޯބި ވެވުނު ގޮތުން ފަށައިގެން، ރިއާން އާއި އަޒަލްގެ ގުޅުން ފެށުނު ގޮތާއި، ނިމުނު ގޮޮތާއި، ޔައިލް އާއި އަޒަލްގެ ކައިވެނި ހަމަޖެހުނު ކުއްލި ގޮތާއި، ކައިވެނީގެ ފަހުން އެދެމީހުންގެ ދިރިއުޅުމަށް އައި ބަދަލުތަކަށް ދާންދެން އެއްވެސް ކަމެއް މިއަދު ޔައިލް ހަނދާން ނެތުމުން އަޒަލް މާޔޫސްވީ އިންތިހާއަށެވެ.

“ދަރިފުޅާ އަޒަލް.. ދެރަނުވޭ.. ޑޮކްޓަރު ބުނި މަޑުމަޑުން ހަމައަކަށް އެޅޭނޭ.. ވީހާވެސް ބޮޑަށް ޔައިލްއަށް މި ފާއިތުވީ އަހަރުތެރޭ ހިނގައި ދިޔަ މުހިއްމު ކަންތައްތައް ހަނދާން ވާނޭ ތަންތަނަށް ޔައިލް ގޮވައިގެން ދިޔުމާ، އެ ވާހަކަތައް ޔައިލްއަށް ކިޔައިދިނުމަކީ ޔައިލްގެ ހަނދާންތައް އެންމެ ފަސޭހައިން އިޔާދަ ކުރެވޭނެ ގޮތް.. އެކަން އެންމެ ފަސޭހައިން ކުރެވޭނީ ވެސް އަޒްއަށް.. އެހެންވީމަ ބައްޕަމެން މި ބުނަނީ އަޒް ގާތު ހިތްވަރު ކުރާށޭ.. މިއަދު ޔައިލްއަށް އަލި މަގެއް ފެންނަން އޮތީ އަޒް ހިތްވަރު ކޮށްގެން..” މިލާން ދެއްކި ވާހަކަތަކާ ދޭތެރޭގައި ވިސްނި ވަރަކަށް އަޒަލް މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔައެވެ. ޔައިލްއަށް އެ ދިމާވެފައިވާ ކަންތައްގަނޑުން އަރައިގަތުމަށް އެންމެ ފަސޭހައިން އެހީ ވެވޭނީ ވެސް އޭނާއަށޭ ހިތަށް އެރުމުން، ހިތްވަރު ކުރުން ނޫން ގޮތެއް އަޒަލްއަަކަށް ނުފެނުނެވެ. ނަމަވެސް…

ނަމަވެސް، ޔައިލް އެންމެ ފަހަރަކުވެސް އޭނާއަށް އެކުވެރިއެއްގެ ލަގަބު ދިނުމުން އެ ހިތަށް ތަދުވެއްޖެއެވެ. އެގޮތަށް އޭނާ ކިތައް ފަހަރު ޔައިލްއަށް އެކުވެރިއެއްގެ ނަމުން މުޚާތަބު ކޮށްފައި ހުންނާނެ ހެއްޔެވެ؟ ފުރާނައަށް ވުރެ ބޮޑަށް ޔައިލް އޭނާ ދެކެ ލޯބިވީ އިރު، ކިތައް ފަހަރު އޭނާއަށް ޔައިލްގެ ހިތުގައި ޖެއްސިފައި ހުންނާނެ ހެއްޔެވެ؟ އޭނާގެ ދުލުން ބުނެލާ އެންމެ ބަހަކުން ވެސް، ޔައިލްގެ ހިތް ޒަޚަމް ކޮށްލެވުނު ޢަދަދު ވެސް ނޭނގެއެވެ.

“ދަރިފުޅާ.. ވަދެބަ ޔައިލް ކައިރިއަށް.. ޔައިލް އެކަންޏެއްނު އޮންނާނީ..” ޔައިނާ ބުނެލުމާއެކު، އަޒަލް އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. ޔައިލްއަށް ޓަކައި އޭނާ ހިތްވަރު ކުރަން ޖެހޭނެ ކަން ހަނދާން ކުރަމުން އަޒަލް މޫނު ފުހެލާފައި، ނޭފަތް އެތެރެއަށް ދަމައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ގޮސް އަޒަލް އަނެއްކާވެސް ޔައިލް ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ.

އަޒަލް ފެނުމާއި އެކު ޔައިލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވުމާއި އެކު، އަޒަލް ވެސް ގަދަ ކަމުން ހިނިތުންވެލިއެވެ. އަދި ޔައިލް ކައިރިއަށް އައިސް ޔައިލްގެ އެނދު ކައިރީގައި ހުރި ޖޫސް ޖަގުން ތައްޓަކަށް ޖޫސް އަޅައިލިއެވެ.

“އެއްޗެއް ކައިފިންތަ..؟” ޔައިލްއާ ދިމާއަށް ބަލައިލާނެ ހިތްވަރު ވެސް ނުކުރެވިފައި ހުރި އަޒަލް އަހައިލިއެވެ. އަޒަލް ހުރި ގޮތުން ހީވީ ހިނދުކޮޅަކަށް ވެސް ޔައިލްއާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން އުޅުނު ހެންނެވެ.

“އަދި ނުކަން..” ޔައިލް ޖަވާބު ދިނީ ސީދާ އަޒަލްގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. އެހެނަސް އެއިން އެންމެ ފަހަރަކު ވެސް އަޒަލް ޔައިލްއަށް ބަލައިވެސް ނުލައެވެ.

“ހިނގާ ކާން.. މަންމަ އެބަ ހުރި ފްރައިޑް ރައިސް ގެނެސްފަ..” އަޒަލް ބުނެލީ ތައްޓަކަށް ބަތް އަޅަމުންނެވެ.

“އަޒް އަހަންނަށް ލަވައިދޭންވީނު..؟ އަހަރެން މިގަޑީގަ ކާން ބޭނުމީ އަހަރެންގެ އަންހެނުންގެ އަތުން..” ޔައިލް “އަންހެނުން”ނޭ ބުނެލި ވަގުތުކޮޅު އަޒަލްގެ ދެލޯ ދިޔައީ ބޮޑުވެގެން. އަތުގައި އޮތް ސަމްސާ ވެސް ތަށީގެ ތެރެއަށް ދޫކޮށްލެވުނު އިރު، އަޒަލްއަށް ޔައިލްއާ ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައެވެ. އޭރު ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވައިގެން އިން ޔައިލް ފެނިފައި، އަޒަލްއަށް ހުރިހައި ކަމެއް ނަގައިގަނެވުނެވެ.

“ޔައިލް.. ހަނދާން އެބަހުރިތަ..؟” އަޒަލް އަހައިލި އިރު، އެ އަޑުގައި މަޑު ތުރުތުރެއް އުފެދިފައިވީ ކަން ޔައިލްއަށް ވެސް ފާހަގަ ވިއެވެ.

“އޮފްކޯޒް.. އަހަރެން ކިހިނެއްތަ އަހަރެންގެ ލޯބިލޯބި އަނބިމީހާ މަތިން ހަނދާން ނައްތައިލާނީ..؟ އެހެން އެންމެން މަތިން ހަނދާން ނެތުނަސް އަހަރެން ދުވަހަކުވެސް އަޒްގެ މަތިން ހަނދާނެއް ނުތެނޭނެ..” އަޒަލްގެ އަތުގައި ހިފައިލަމުން ޔައިލް ބުނެލި އިރު، އެ އަޑުގައި ވީ ޔަގީންކަމެވެ.

“އެކަމް.. އެކަމް.. އަހަރެން.. ދެންމެ.. ދެންމެ ޔައިލް.. މަންމަމެން ވެސް..” އަޒަލް އަދިވެސް ހުރީ ލިބުނު ޝޮކުގައި ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ލުއި ހުނުމަކާއި އެކު ޔައިލް އަޒަލްގެ އަތުގައި ހިފައި ދަމައިލާފައި، އޭނާ ކައިރި އެނދުގައި ބޭންދިއެވެ.

“އައި ޓޯލްޑް ދެމް ޓު ޕްލޭ އަލޯންގް.. މަންމަމެން ބުންޏޭ އަހަރެން އެކްސިޑެންޓް ވީއްސުރެން އަޒް އަހަރެން ކައިރިން ދުރަކަށް ނުދެޔޯ.. ރޮއެރޮއެ ބަލިވެފަޔޯ އިނީ.. ބަލަ މިހާރުވެސް ދެލޯ އެއްކޮށް ރަތްވެފަ.. ތިވަރަށް ރޯކަށް ނުވާނު ޕްރިންސެސް..” އަޒަލްގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ޔައިލް އެ ކޯތާފަތް މަތީ ނުހިކި ހުރި ކަރުނަތައް ލޯތްބާއެކު ފުހެލައިދިނެވެ.

“ދެން ޔައިލް ހާދަ ގޯހޭ.. އަހަރެން އެހާ ދެރަވެފަ ހުއްޓާ.. އަނެއްކާ އިތުރަށް ދެރަކޮށްލީ..” ގިސްލެވެމުން ދިޔަ ޙާލުގައި އަޒަލް ބުނެލި ގޮތުން، ޔައިލް ދެރަވިއެވެ.

“އައިމް ސޮރީ ޕްރިންސެސް.. ދެން ނުރޮއެބަލަ.. އަހަރެން ހަމަ އޯކޭއެއްނު.. އެހެން ނޫނަސް އެކްސިޑެންޓްގަ ގެއްލުން ލިބުނީކީ އަހަރެންގެ ސިކުނޑިއަކަށް ވެސް ނޫނެއްނު އެއްޗެއް ހަނދާން ނެތޭކަށް.. އަޒް ކުޑަކޮށް މޮޔަ ދޯ..؟” މަޖާ ރާގެއްގައި ޔައިލް ދިމާކޮށްލުމުން، ކަރުނައިގެ ތެރެއިން ވެސް އަޒަލް ގާތަށް ހިނިއައެވެ. ހަގީގަތުގައިވެސް އެވަގުތު މާ ބޮޑަށް ދެރަވެފައި ހުރުމުން އަޒަލްއަށް އެއިން އެއްވެސް ކަމަކާ ދޭތެރޭގައި ވިސްނުން ހިންގައިނުލެވުނީއެވެ.

“އަހަރެން ހާދަ ބިރެއް ގަތޭ ޔައިލް.. އަހަރެން ކުރިމަތީގަ އެގޮތަށް ޔައިލް ލެއިން ތަތްތެޅިފަ އޮތް ތަން ފެނުނީމަ ނޭނގެ އަހަންނަށް ވީ ގޮތް ވެސް.. ޑޮކްޓަރުން ވެސް ޔައިލް ސަލާމަތް ކުރެވޭނެ ކަމާއި މެދު ދިނީ ފަންސާސް ޕަސަންޓްގެ ޔަގީން ކަމެއް.. އަހަންނަށް ނޭނގުނު ދުޢާ ކުރެވުނު އަދަދު ވެސް.. އަހަރެން ހާދަ ބިރެއް ގަތޭ އަހަންނަށް ޔައިލް ގެއްލިދާނެތީ..” ޔައިލްގެ މޭތެރެއަށް ބޮނޑިވެލަމުން އަޒަލް އެ ހިތުގައިވީ އުދާސްތައް ބޭރު ކުރަން ފެށިއެވެ.

“އައުޗް..” އަޒަލް އޭނާގެ މޭމަތީގައި އަތް އަޅައިލުމާއި އެކު ޔައިލްއަށް ވީ ތަދުން އަނގައިން އަޑެއް ބޭރުކޮށްލެވުނެވެ. އެއާއެކު އަޒަލް ވެސް އަވަސްއަވަހަށް ޔައިލްއާ ދުރުވެލިއެވެ.

“އަޅޭ.. އައިމް ސޯ ސޮރީ.. އަހަރެން ހަނދާން ނެތުނީ..” ޔައިލްގެ މޭމަތީގައި ފިރުމައިލަމުން އަޒަލް ބުނެލި އިރު، އެ އަޑުގައިވީ ހާސްކަމާއި ކަންބޮޑުވުމެވެ.

“އަޒް ތިހާ ލޯބިން ފިރުމައިދެންޏާ ކިތަންމެ ފަހަރަކު އެގޮތަށް ތަދު ކުރިޔަސް އަހަންނަށް އޯކޭ..” އެއް ލޯ މަރައިލަމުން ޔައިލް ބުނެލި ގޮތުން އަޒަލް ވަގުތުން މޫނުމަތީގައި އަތް އަޅައިލީ، ލަދުގަތް ކަން ފޮރުވުމަށެވެ. އެއާއެކު ޔައިލް ވެސް ލުއި ހުނުމަކާއި އެކު އަޒަލްގެ އަތުގައި ހިފައި، އިތުރަށް އޭނާގެ ގަޔާ އަޒަލް ކައިރި ކޮށްލިއެވެ.

“ޔައިލް..” ކުއްލިއަކަށް ޔައިލްއާ ދުރުވެލަމުން އަޒަލް ގޮވައިލިއެވެ. ކިހިނެއްވީ ހެއްޔޭ އަހާ ފަދައަކުން ޔައިލް ބުމަ އަރުވައިލުމާއި އެކު އަޒަލް ހިނިތުންވެލާފައި، އަނެއްކާ ވެސް ޔައިލްއާ ކައިރިވެލިއެވެ. ހިތުގައިވީ އިހުސާސް ދުލާ ހަމައަށް ގެނައުމަށް މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެޔޭ އަޒަލްގެ ހިތަށް އެރިއެވެ. އެއްފަހަރު ޔައިލް ގާތު އެ ވާހަކަ ނުބުނެވި އުޅެނިކޮށް، އޭނާގެ އަތުން ޔައިލް ބީވެގެން ނުދިޔައީ ކިރިޔާއެވެ. ދެވަނަ ފަހަރަށް އެކަހަލަ ވޭނެއް ތަޙައްމަލު ކުރާކަށް އަޒަލްއަށް ކުޅަދާނައެއް ނުވާނެއެވެ.

“އަހަރެން ބޭނުމެއް ނޫން ދުވަހަކުވެސް ޔައިލްއާ ވަކިވާކަށް.. ޔައިލްއަށް ކަމެއް ވެއްޖެއްޔާ އަހަރެން އަސްލުވެސް މޮޔަވެދާނެ.. އަހަރެން ވަރަށް ލޯބިވޭ ޔައިލް.. އައި ލަވް ޔޫ ސޯ މަޗް..” އަޒަލްގެ ދުލުން އޭނާ ދެކެ ލޯބިވެޔޭ ބުނެލި އަޑު އިވުމާއި އެކު، ގަބޫލު ނުކުރެވިފައި ޔައިލްއަށް އިނދެވުނީއެވެ.

“އަޒް.. އަދި އެއްފަހަރު.. އަދި އެއް ފަހަރު ބުނެބަލަ..” އަޒަލްގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން ޔައިލް އެދުނީ، ކަންފަތަށް އިވުނު އަޑު ޔަގީން ކުރުމަށެވެ.

“އައި ލަވް ޔޫ ޔައިލް.. އަހަންނަށް ޔައިލް ދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެ.. އަހަރެމެންގެ ގުޅުމަކީ ކޮންމެ ގޮތަކަށް ފެށުނު ގުޅުމަކަށް ވިޔަސް، މިއަދު އަހަރެން ހިތާ ފުރާނައިން ޔައިލް ދެކެ ލޯބިވަން.. ދުވަހަކު ވަކިވާކަށް ބޭނުމެއް ނޫން..” އަޒަލްގެ ބަސްތަކުން ޔައިލްގެ ދެލޮލުގައި އުފާވެރިކަމުގެ ކަރުނަ ތިކިތައް ބަބުޅަން ފަށައިފިއެވެ. ވަގުތުން އަޒަލް ގެނެސް އެ މޭގައި ޖައްސައިލި އިރު، މެޔަށް ވަމުން ދިޔަ ތަދުގެ އިހުސާސެއް ވެސް އޭނާއަށް ނުވާ ކަހަލައެވެ. އަޒަލްގެ ދުލުން އެހެން ބުނެލާތޯ އޭނާ ކިހައި އިންތިޒާރެއް ކޮށްފި ހެއްޔެވެ؟ އެންމެ ފަހުން އޭނާ ކުރި އިންތިޒާރުގެ ނިމުން އޭގެ އެންމެ ފޮނިކޮށް އިހުސާސް ކޮށްލަން ލިބިއްޖެއެވެ.

“އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ އަޒް ތިހެން ބުނެލާތޯ.. އައި ލަވް ޔޫ ސޯ މަޗް މޯރ އަޒް.. އަހަރެން މާ ލޯބިވޭ އަޒް ދެކެ..” ޔައިލް ބުނެލީ ހިތުގެ އަޑިންނެވެ. އަޒަލްގެ ގައިގައި ވަށައިލެވިފައިވީ ދެެއަތް އިހުނަށްވުރެ ވެސް ބޮޑަށް ޔައިލް ބާރުކޮށްލީ، ދުވަހަކު އަޒަލް ދޫކޮށްލަން ބޭނުމެއް ނުވެޔޭ ބުނާ ފަދައަކުންނެވެ.

“ދެން އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކުވެސް އަހަރެން މިހެން ބުނާނަން.. އޭރުން ޔައިލް ޖެހޭނީ ފޫހި ވިޔަސް ހަމަ އަހަަރެން ލޯބިވެޔޭ ބުނާ އަޑު އަހައި އަހައި ހުންނަން..” އަޒަލްގެ އަޑުގައި ވަނީ ލާނެތް ކަމެވެ.

“އަޒްގެ ދުލުން އަހަރެން ދެކެ ލޯބިވެޔޭ ބުނެލާ އަޑު އެންމެ ފަހަރަކު އަހައިލަން ވެސް އަހަރެންގެ މުޅި ޖާނު ހިބަކޮށްފާނަން.. ދެން އަހަރެން ކިހިނެއްތަ އަޒް އެހެން ބުނާ އަޑު އަހަން ފޫހި ވާނީ..؟” ޔައިލްގެ ކޮންމެ ވާހަކައަކުން ވެސް ހާމަވަމުން ދިޔައީ އަޒަލް ދެކެ އޭނާ ވާ މާތް، މަތިވެރި ލޯތްބެވެ. އަޒަލްއަށް އެ ހިތް އެދޭ މިންވަރެވެ.

“އަޅޭ ޔައިލް.. އަހަރެން ހަމަ ހުވާ ބައެއް ފަހަރު ހިތަށް އަރާ ޔައިލް ކިހިނެއް ބާވައޭ ތިހާ ޕަރފެކްޓީ.. އަހަރެން ކިޔާ ރޮމޭންސް ނޮވެލްތަކުގަ އުޅޭ ކެރެކްޓަރސް ވެސް ތިވަރެއް ނުވޭ..” އަޒަލް ބުނެލުމާއި އެކު، ޔައިލް ގާތަށް ހިނި އައެވެ.

“މަ ވެސް ވެއްޖެ އަޒް ތި ކިޔާ ފޮތްތައް ކިޔަން ފަށަން.. އޭރުންނެއްނު އޭގަ ހުންނަ ސީންތައް ރީކްރިއޭޓް ކޮށްލައިގެން އިތުރަށް ޕަރފެކްޓް ވެވޭނީ ވެސް..” ޔައިލް ދައްކަމުން ދިޔަ ވާހަކަތަކުން އަޒަލް ހައްތަހައި ބޮޑަށް ލަދުގަތީއެވެ. ލަދުން ގޮސް ވިރޭ ވަރު ވުމުން އެންމެ ފަހުން އަޒަލް ޔައިލްގެ މޭތެރޭގައި މޫނު ފޮރުވައިލި އިރު، ޔައިލް ވެސް އަޒަލްގެ ގައިގައި އަތް ވަށައިލަމުން، އަޒަލްގެ ނިތަށް ބޮސްދިނެވެ.

*** ** ***

ދެ ހަފްތާ ވަރު ފަހުން ޔައިލް ހޮސްޕިޓަލުން ގެއަށް ދޫކޮށްލެވުނެވެ. ޔައިލް ގެއަށް ދާންވާ އިރަށް ޔައިނާ އާއި ނީލާ މުޅި ދުވަހު އުޅުނީ ޔައިލްއަށް އެންމެ މީރު ކާތަކެތި ތައްޔާރު ކުރުމުގައެވެ. އަޒަލް އެދެމީހުންގެ ކޮޓަރި ސާފުކޮށްލާފައި ތަރުތީބު ކުރި އިރު، ޔަލީން އާއި އާރާ ވެގެން ގޭތެރެ ވެސް ސާފުކޮށްލިއެވެ. ޔައިލް އަންނާތީ ހީވަނީ ގޭތެރެއަށް ކުޑަ ވަރެއްގެ ޢީދެއް އަންނަން އުޅޭ ހެންނޭ ކިޔައި، ޔަލީން އިރުއިރުކޮޅާ ޔައިނާމެންނާ ދިމާކޮށްލައެވެ.

އެދުވަހު ހަވީރު ޔައިލް ގެއަށް އައުމާއި އެކު އެގޭގެ ބެލްކަނީގައި ތިން ޢާއިލާ އެކުވެގެން ކުޑަވަރެއްގެ ސައެއް ބޭއްވިއެވެ. ހުރިހައި އެންމެން މޭޒު ދޮށުގައި ހަމަވީ އިރު، ޔައިނާ އާއި ޒާރާގެ އިތުރުން ލައުރާ އަދިވެސް މޭޒުމަތި ރަމަތަ ކުރުމުގައި އުޅެމުން ދިޔައެވެ.

މޭޒު ދޮށުގައި ތިބި ޔައިލް އާއި އަޒަލް ދެމީހުންގެ އަމިއްލަ ވާހަކަތައް ދައްކަމުން ދިޔަ އިރު، ޔައިލް ކޮށްލާ ތައުރީފުތަކުން އަޒަލްގެ ތުންފަތަށް އިރުއިރުކޮޅާ ލަދުރަކި ހިނިތުންވުމެއް ވެރިވަމުން ދެއެވެ.

އާރާ އާއި ޒައުލްގެ އިތުރުން ޔަލީންގެ މެދުގައި ގިނައިން ދެކެވެމުން ދިޔައީ ޝަޔާމްގެ ވާހަކައެވެ. އެ ވާހަކައިގެ ތެރެއިން މިވަގުތު ޝަޔާމް ވެސް މިތަނުގައި ހުރި ނަމަ މާހައުލު އިތުރަށް ފުރިހަމަ ވާނެޔޭ ޒައުލް ބުނެލިއެވެ. ހަމަ އެވަގުތު މިލާން އާއި އެކުގައި ބެލްކަންޏަށް ވަދެގެން އައި ޝަޔާމް ފެނިފައި އެންމެން ވެސް ހައިރާން ވިއެވެ.

“ބައްޕަ ބުނެގެން ޝަޔާމް އައީ..” ޔަލީންގެ މޫނަށް ބަލައިލަމުން މިލާން ޖަވާބު ދިނީ، ޔަލީންގެ ހިތުގައި އޮތް ސުވާލު އެނގިގެންނެވެ. އެއާއެކު ޝަޔާމް ގޮސް ޔަލީންގެ ކައިރީގައި ހުރި ހުސް ގޮނޑީގައި އިށީން އިރު، ދެމީހުންގެ މެދުގައި ސިއްރު ނަޒަރެއް ބަދަލު ކުރެވިގެން ދިޔައެވެ.

“ދެން އަދިވެސް މޭޒުމައްޗަށް އެއްޗެހިތައް އަރުވާ ނުނިމޭތަ..؟ މިހާރު ބަނޑުހައި ވެގެން ގޮސް ހަލާކު ވެއްޖެޔޭ..” ބަނނޑުގައި ފިރުމައިލަމުން އަފާން ބުނެލީ ކޮންމެހެން ހައިވެގެންނެއް ނޫނެވެ. ޒާރާމެންނަށް ޖެއްސުމަށެވެ.

“މަ ރުޅި ނާރުވާ ތި އަނގަ ލައްޕައިގެން އިނދޭ.. އެހެންނޫނީ މި ހަފްތާ ތެރޭ ވެސް އެއްޗެއް ނުކެވޭ ވަރު ކޮށްލާނަން..” ވަގުތުން އަރިކަށީގައި އަތް ވިއްދައިލަމުން ޒާރާ ލޯ އަޅައިލުމާއި އެކު، އަފާން އިސްދަށް ޖެހިއެވެ.

“ކޮބާ އަފޭ.. ރުޅި އެރުވިއްޖެ އެއްނު.. ދެން މިރޭ ކަލޭ ނިދަން ވެސް ޖެހޭނީ ސޯފާގަ ތޯއްޗެއް..” މިލާން ވެސް ލާނެތް ހިނިތުންވުމަކާއި އެކު އަފާންއާ ދިމާކޮށްލުމުން އަފާން ލޯއަޅައިލި އިރު، ދެން ތިބި އެންމެން ޕަކަޕަކަ ލާފައި ހޭން ފަށައިފިއެވެ.

“އަހަރެން އެބަ އޮތް ވާހަކައެއް ބުނަން ވެފަ..” ސައިގެ ވަގުތު ދެކެވެމުން ދިޔަ އެކިއެކި ވާހަކަތަކުގެ ތެރެއިން މިލާން ބުނެލުމާއި އެކު، އެންމެންގެ ނަޒަރު ވެސް މިލާނަށް ހުއްޓުނެވެ. އެންމެންގެ ސަމާލުކަން ލިބުމާއި އެކު މިލާން ދެން ބަލައިލީ ޝަޔާމް އާއި ޔަލީންއަށެވެ.

“ބައްޕައަށް ކުރީގަ ތި ދެކުދިން ދުރު ކުރުވައިގެން ކަންތައް ކުރެވުނީ އެއްގޮތަކަށް ވެސް ރަނގަޅަކަށް ނޫން.. އެކަމަކު ބައްޕަ ވެސް އެގޮތަށް ކަންތައް ކުރުމުގެ ފަހަތުގަ ސަބަބުތަކެއް ވީ.. ބައްޕަ އުއްމީދު ކުރަން ދެކުދިން ވެސް ބައްޕައަށް މަޢާފު ކުރާނެ ކަމަށް..” މިލާން މަޢާފަށް އެދުމާއި އެކު ޔަލީން އާއި ޝަޔާމް އެކުއެކީގައި ހިނިތުންވެލީ، ދެކުދީންގެ ހިތުގައި މިލާންއާ ދޭތެރޭގައި އެއްވެސް ބުރަކަމެއް ނުވާ ފަދައަކުންނެވެ.

“އަދި އެއް ވާހަކަ.. ތި ދެކުދިން ގުޅުމަކީ ބައްޕަ ވަރަށް ބޭނުންވާ ކަމެއް.. ބައްޕައަށް ޔަގީން މިއަދު ޝަޔާމްގެ ބައްޕަ ވެސް ދުނިޔޭގަ ހުރި ނަމަ އެންމެ ބޭނުން ވާނީ ތި ދެކުދިން ގުޅޭ ތަން ދެކެން.. ޝަޔާމް.. ބައްޕަގެ ޔަލްއަށް ޝަޔާމަށް ވުރެ ރަނގަޅު ކުއްޖަކު ނުލިބޭނެ.. ދިމާވި ކަންތައްތަކެއްގެ ސަބަބަބުން ވިޔަސް ޝަޔާމްގެ ޚުލްޤާ ދޭތެރޭ ސުވާލު އުފެއްދުނީތީ ބައްޕައަށް މަޢާފު ކުރޭ.. ތި ދެކުދިން ގުޅުމަކީ، މިއަދު ބައްޕައަށް ލިބޭނެ އެންމެ ބޮޑު އުފާ..” މިލާންގެ ވާހަކައިން އުފާވީ ހަމައެކަނި ޝަޔާމް އާއި ޔަލީން އެކަންޏެއް ނޫނެވެ. އާރާ އާއި ޒައުލްގެ އިތުރުން އަޒަލް އާއި ޔައިލްގެ ތުންފަތަށް ވެސް ވަގުތުން ހިނިތުންވުމެއް ވެރިވެގެން ދިޔަ އިރު، ޝަޔާމް އާއި ޔަލީނަށް ވުރެ ބޮޑަށް އެ ހަތަރު މީހުން އުފާވެފައި ތިބިހެން ހީވެއެވެ.

“އަޅުގަނޑު ވަރަށް އިންތިޒާރު ކުރިން ޔަލްގެ ބައްޕަގެ ރުހުން ލިބޭނެ ދުވަހަކަށް.. މިއަދު ﷲ އިރާދަ ކުރެއްވީތީ އެ ދުވަސް ދައްކަވައިފި.. އަޅުގަނޑަށް ޔަގީން ބައްޕަ ވެސް މިއަދު ވަރަށް އުފާ ވާނެ ކަން.. ޔަލްގެ ބައްޕައާ ދޭތެރޭ އަޅުގަނޑުގެ ހިތުގަ އެއްވެސް ބުރަ ކަމެއް ނެތް.. އެދުވަހު ޔަލްގެ ބައްޕަ އަޅުގަނޑުމެންގެ ގުޅުމަށް ހުރަސް އެޅީ ޔަލްގެ ބައްޕައަށް ސަބަބެއް މެދުވެރި ވެގެންކަން އަޅުގަނޑު ގަބޫލު ކުރަން..” ޝަޔާމްގެ ވާހަކަތައް އަޑު އަހަން އިން މިލާންގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވީ، ޝަޔާމްގެ ހިތުގައި އޭނާއާއި މެދު އެއްވެސް ބުރަކަމެއް ނުވާކަން ޔަޤީން ވުމުންނެވެ.

“އަޅުގަނޑު ވައުދުވަން.. ދުވަހަކުވެސް ޔަލް ދެރަވާން ޖެހޭ ވަރުގެ ކަމެއް އަޅުގަނޑުގެ ފުށަކުން ނުވާނެ.. އަޅުގަނޑު ޔަލް ދެކެ ވަރަށް ލޯބިވޭ..” ސީދާ ޔަލީންގެ ދެލޮލަށް ބަލައިލަމުން ޝަޔާމް އެ ހިތުގެ އަޑު އިއްވައިލީ، އެތަނުގައި އިތުރު މީހުން ތިބިކަން ވެސް ހަނދާން ނައްތައިލާފައެވެ.

އެންމެންގެ ތެރޭގައި ޝަޔާމް ލޯބިވެޔޭ ބުނުމާއި އެކު، ޔަލީން ގަތީ އަމަށަކު ލަދެއް ނޫނެވެ، ވަގުތުން އިސްޖަހައިލެވުނު އިރު، އެންމެންގެ ހޯބޯ ލެއްވުމުގެ އަޑުތައް އިވެން ފެށުމާއެކު ޔަލީން އިތުރަށް ލަދުގަތެވެ. ދުވަހަކުވެސް ޝަޔާމްގެ ކިބައިން ފެނިދާނޭ ކަމަށް ހީކުރެވިފައި ވެސް ނުވާ ކަމެއް ފެނުމުން، ޔަލީން ހައިރާން ވެސް ވިއެވެ. ގިނަ މީހުންގެ ތެރޭގައި އެގޮތަށް ހިތުގައި އޮންނަ އެއްޗެހި ފާޅުކޮށް ހެދުމަކީ ޝަޔާމް ދުވަހަކުވެސް ކުރި ކަމެއް ނޫނެވެ.

“މި ބަޖިޔާގަ ހާދަ ލޮނު މަޑޭ.. ކާކުތަ ބަޖިޔާ ހެދީ..؟” އެންމެން ޔަލީންއާ ޝަޔާމްއާ ދިމާކުރަމުން ދިޔަ ވަގުތު، އަނގަޔަށް ގޮތެއް ހަދައިލާފައި އަފާން އަހައިލިއެވެ. އެއާއެކު އެންމެން ކުއްލިއަކަށް މައިތިރި ވެފައި، އަފާންއަށް ބަލަން ފެށީ ކަމާ ނުވެސް ގުޅޭ ވާހަކައެއް އަފާން ދައްކަން ފެށުމުންނެވެ. އެންމެން ބަލަން ފެށުމާއި އެކު އަފާން އަނގަ ޗޭކޮށްގެން އިނީ، ބުނާނެ އެއްޗެއް ނޭނގިފައެވެ.

“މަ ބަޖިޔާ ހެދީ.. އަދިވެސް ލޮނު މަޑުތަ..؟” އަފާންއަށް ކަޅި އަޅައިލަމުން ޒާރާ އަހައިލުމާއެކު ވަގުތުން އަދާންގެ މޫނުމަތިން ޖެހިލުންވުމުގެ ކުލަވަރު ފެނިލިއެވެ. އެއާއެކު ދެން ތިބި އެންމެން ވެސް ޝައުގުވެރިވެފައި ތިބީ، ދެން ފެންމަތި ވާނޭ ހަނގުރާމައަކަށް ތައްޔާރުވެ ތިބެއެވެ.

“ނު.. ނޫން.. ވަރަށް މީރު.. ހީވަނީ ހަމަ ފައިވް ސްޓާރ ހޮޓެލަކުން ހަދާފަ ހުރިހެން.. ލޮނު ރަހަޔާ ކުޅި ރަހަޔާ ފޮނި ރަހަ ވެސް ހަމަ ހެޔޮވަރު..” ހިންދިރުވައިލަމުން އަފާން ބުނެލުމާއި އެކު، އެންމެން ގާތަށް ވެސް ހިނި އައެވެ.

“ދެން ކާއެއްޗަކަށް ފާޑު ކިޔައިފިއްޔާ ހަމަ ހުވާ މި ބުނީ މަސް ދުވަސް ވަންދެން ކާން ނުދީ ބަހައްޓާނަން!” އެ އިއްވައިލީ ފަހުގެ އިންޒާރެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން އަފާން ވަގުތުން ބޯ ޖަހައިލި އިރު، ދެން ތިބި އެންމެން ގަޑަގަޑަ ލާފައި ހޭން ފަށައިފިއެވެ. މިލާންމެން ވެސް އަފާން އާއި ޒާރާ ދުވަހަކު ބަދަލެއް ނުވާނެޔޭ ކިޔައި، އެމީހުންގެ ކުޑަ އިރުގެ އެތައް ވާހަކަތަކެއް، ކުދިވެރީންނަށް ކިޔައިދެމުން ދިޔައެވެ. އެ އުފާވެރި ޢާއިލީ ހަވީރުގެ ހިތްގައިމު ވަގުތުކޮޅު ނިމުމަކަށް އައި އިރު، އުފާވެރިކަމުން ކުލަ ނުޖެހޭ އެއްވެސް ހިތެއް ނެތެވެ

*** ** ***

ބަދިގޭގައި އުޅެމުން ދިޔަ އަޒަލް އާއި ޔަލީން ދިޔައީ ޓިކްޓޮކުން ފެނުނު ކޮންމެވެސް ރެސިޕީއެއް ހެދޭތޯ މަސައްކަތް ކުރަމުންނެވެ. ޔަލީން ހުރިހައި އެއްޗެއް ކޮށުމާއި އެކު، އަޒަލް އުނދުން މައްޗަށް ތެލި އުދިއެވެ. ފިޔާގަނޑު މީރު ކުރަމުން ދިޔަ އަޒަލް އޯކާ ދެމުނީ ކުއްލިއަކަށެވެ. ވަގުތުން ދޭފަތަކާ ދޭފަތެއް ދޫކޮށްލާގައި އަޒަލް ގޮސް ބަދިގޭގެ ސިންކު ދޮށަށް ގުދުވެލިއެވެ. އަޒަލްއަށް އެހިސާބަށް ދެވުނީ ކިރިޔާއެވެ. އޯކާ ދެމުނު އިރު، އަރުތެރޭގައި ލީ ނުބައި ރަހައާ އެކު އޭނާއަށް ހޮޑު ލެވިއްޖެއެވެ.

އަޒަލްއަށް ވީ ގޮތް ފެނުމާއި އެކު ފުޅިތަކަށް ފެން އަޅަން ހުރި ޔަލީން ވެސް އައިސް، އަޒަލްގެ ނިތްކުރީގައި ހިފަހައްޓައިލިއެވެ. ހޮޑުލައި ނިމުނު އިރު، އަޒަލްގެ ގައިގައި ކޮޅަށް ހުންނާނެހައި ވަރު ވެސް ނެތެވެ. އަޒަލްއަށް ފެންތައްޓެއް ގެނެސްދޭން ވެގެން ޔަލީން އަޒަލްގެ ގައިން ދޫކޮށްލި ފަޅި ސިކުންތުގެ ތެރޭގައި، ދެލޯ މެރިގެން ދިޔަ އަޒަލްގެ ހަކަތަ ހުސްވެފައިވީ ހަށިގަނޑު ބިންމައްޗަށް ތިރިވުމާއި އެކު، ޔަލީންއަށް ދޮންބޭއޭ ކިޔައި ހަޅޭއްލަވައިގަނެވުނެވެ. ދެފަހަރަކު އެސްފިޔަ ޖަހައިލެވުނުހައި އިރަށް، އެސްފިޔަތަކަށް ބަރުވެގެން ލެއްޕުނު ވަގުތު، އެންމެ ފަހުން އަޒަލްއަށް ފެނުނީ ޔައިލްގެ ހާސްވެފައިވީ މޫނެވެ.

ލަސްލަހުން ބަރުވެފައިވީ އެސްފިޔަތައް ތަޅުވައިލި އަޒަލްއަށް ވަށައިގެންވީ މާހައުލު ފެނުނީ ފުސްކޮށެވެ. އޮވެވުނީ ހޮސްޕިޓަލުގައި ކަން އޭނާއަށް ރޭކައިލީ ދެނެވެ. އަދިވެސް ބޮލުގައި ރިހުމެއް ހުރުމާއި އެކު އަޒަލްއަށް ދެލޯ މަރައި ބާރުކޮށްލަމުން، ބޮލުގައި އަތް ޖައްސައިލެވުނެވެ. ހުދު އަލީގެ ތެރެއަށް ވަރުބަލިވެފައިވީ ދެލޯ ހޭނެމުން ދިޔަ އިރު، އަޒަލްއަށް ފުރަތަމަ ވެސް ހޯދައިލެވުނީ ޔައިލްގެ ސޫރައެވެ.

“ދޮންބެދައްތާ.. މިހާރު އޯކޭތަ..؟” ދާދި ގާތުން ޔަލީންގެ އަޑު އިވުމުން އަޒަލްއަށް ޔަލީނަށް ބަލައިލެވުނެވެ. ލަސްލަހުން ބޯ ޖަހައިލި އިރު، އަޒަލް ތެދުވަން އުޅެން ފެށުމުން ޔަލީން އެހީވެދިނެވެ. އަޒަލްއަށް އިށީންނަން ފަސޭހަ ވާނޭހެން ބުރަކައްޓާ ވީ ދިމާލުން ބާލީހެއް ލައިދިނުމުން، އަޒަލް ރީތިކޮށް އިށީނެވެ.

“ދޮންބެ ކޮބާ..؟” އަޒަލްއަށް ހަމަ އެހެން އަހައިލެވުމާއި އެކު ދޮރު ހުޅުވައިލާފައި ޔައިލް ވަނެވެ. ޔައިލްގެ އަތުގައި އޮތް ނޫކުލައިގެ ޓޫލިޕް މާބޮނޑި ފެނުމުން، ވަރުބަލިވެފައިވާ ހާލުގައި ވެސް އަޒަލްގެ ތުންފަތަށް ހިތްގައިމު ހިނިތުންވުމެއް ވެރިވިއެވެ.

ޔައިލް ވަނުމާއި އެކު، ދެމަފިރިންނަށް އެކަނި ވަގުތުކޮޅެއް ދެމުން ޔަލީން ނުކުތެވެ. ޔަލީން ދިޔުމާއި އެކު، ލަސް ފިޔަވަޅުތަކެއްގައި ޔައިލް އައިސް، އަޒަލްގެ މަގަތުގައި އިށީނެވެ.

“ބްލޫ ޓޫލިޕްސް..؟ އެކަމް މިފަހަރު ހާދަ ބޮޑު މާބޮނޑިއެއް.. އަނެއްކާ އަހަންނަށް މާ ބޮޑު ބައްޔެއް ޖެހުނީތަ..؟” ޔައިލް ދިއްކޮށްލި މާބޮނޑީގައި ހިފައިލަމުން އަޒަލް އަހައިލީ، އެހެން ފަހަރުފަހަރު ޔައިލް ދޭ މާ ބޮނޑިއަށް ވުރެ، އެ މާ ބޮނޑި މާ ބޮޑު ވީމައެވެ.

“ނޫން.. މިފަހަރު އަޒް ބަލިވީކީ ނޫން.. ބަލިވެ އިނީ.. އެހެންވެ ކޮންމެ ފަހަރަކު ދޭ މާބޮނޑިއަށް ވުރެ މި މާބޮނޑި ވެސް ސްޕެޝަލް ކޮށްލީ..” ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ޔައިލް ބުނެލި ވާހަކައިން އަޒަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޔައިލް ބުނެލި ޖުމުލަ ޤަބޫލު ނުކުރެވިފައި އަޒަލްއަށް ޔައިލްގެ ދެލޮލަށް ބަލަހައްޓައިގެން އިނދެވުނެވެ.

“ތި.. ތި ބުނީ.. އަހަރެން.. މަންމައަކަށް ވަނީއޭ ތަ..؟” އަޒަލްއަށް އަހައިލެވުނީ ޤަބޫލު ނުކުރެވިފައި އިނދެއެވެ.

“ޔެސްސް ޕްރިންސެސް.. އަޒް ޕްރެގްނެންޓް.. މިހާރު އޯލްމޯސްޓް ސެވެން ވީކްސް.. މަހެއް ވެގެން ދިޔަ އިރުވެސް އަޒްއަށް ރޭކައިނުލި ދޯ..؟” ޔައިލް ބުނެލީ އަޒަލްގެ ކޮލުގައި ހިފައިލަމުންނެވެ. ޔައިލްގެ އަޑުން އެކަނިވެސް އޭނާ އުފާވެފައި ހުރި މިންވަރު އެނގޭހައި ވެއެވެ.

“ޔާހ އައި ނެވަރ ނިއު.. ދެތިން ދުވަހަކު ހޮޑު ލެވުނީ އެންޑް ދެޓްސް އޯލް.. އަހަރެން ހިއެއް ވެސް ނުކުރަން..” އަޒަލްއަށް އަމިއްލަ ބަނޑުގައި އަތް ޖައްސައިލެވުނު އިރު، އެ ދެލޮލުގައި އުފާވެރިކަމުގެ ކަރުނައިގެ މުތީތައް ވިދަން ފަށައިފިއެވެ.

“އަދި އެނގޭތަ..؟ މި ކުޑަކުޑަ ބަންޑްލް އޮފް ޖޯއި އަހަރެމެންނަށް ލިބެން މި އުޅެނީ ވެސް ޑަބަލްކޮށް.. ޔޫ އާރ ޕްރެގްނެންޓް ވިތް ޓްވިންސް!” ޔައިލް ދެން ދިން ޚަބަރަކުން އަޒަލްގެ އުފާވެރިކަން ދެގުނަވީ ފަދައެވެ. ވަގުތުން ޔައިލްގެ ގައިގައި އޮޅުލައިގަނެވުނު އިރު، އޭނާއަށް އުފަލުން ރޮވެމުން ދިޔައެވެ.

“ކޭން ޔޫ ބްލީވް ދިސް ޔައިލް..؟ އަހަަރެންގެ ބަނޑުގަ.. އަހަރެމެންގެ ދެކުދިން.. އަހަރެމެންގެ ލޯބީގެ ނިޝާން..” އިރުކޮޅަކަށް ފަހު ޔައިލްއާ ދުރުވެލަމުން އަޒަލް ބުނެލީ އަމިއްލަ ބަނޑުގައި އަތް ޖައްސައިލާފައެވެ.

“ތެންކްޔޫ ސޯ މަޗް އަޒް.. ބައްޕައަކަށް ވުމަކީ އަބަދުވެސް އަހަރެން ދެކުނު ހުވަފެނެއް.. އެ ހުވަފެން ހަގީގަތަކަށް ހަދައިދޭތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. އައި ލަވް ޔޫ ސޯ މަޗް ޕްރިންސެސް..” އަޒަލްގެ ނިތުގައި ބޮސްދެމުން ޔައިލް ބުނެލުމާއި އެކު، އަޒަލްއަށް ހިނިތުންވަމުން ދެލޯ މަރައިލެވުނެވެ.

“”އައި ލަވް ޔޫ މޯރ ބޭބީ..” ޔައިލްގެ ކަނދުރާގައި ދެއަތް ވަށައިލަމުން، އެ މޭތެރޭގައި އަޒަލް ބޮނޑިވެގަތީ، އިންތިހާއަށް އުފާވެފައި ހުރެއެވެ. ޔައިލްގެ ލޯބިން އެ ހިތް ތާއަބަދު ފުރެމުން ދާ އިރު، އެ އުފާވެރިކަން ދެގުނަ ކޮށްލަދޭނޭ ލޯބިލޯބި ދެކުދީން ދުނިޔެއަށް އުފަން ވާނޭ ދުވަހަކަށް ކެތްތެރި ކަމެއް ނެތި، މިހާރުއްސުރެ އިންތިޒާރު ކުރެވެން ފެށުނެވެ.

 

**ހަތަރު އަހަރު ފަސް**

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Finally Emmen gulhunee
    Aww yail and azal ah twins baby eh libeynee so happy for both congrats❤️🎉🎉
    Alhamdhulilah finally milaan okay vee
    They all are made for each other
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    When next
    Tc ❤️😘
    Your my fav author ❤️
    Miyee varah interesting kamaa eku kiyaa hithun kiyaala vaahaka eh
    Ly naayoo ❤️😚

  2. Big fannn!!!

    Hama point ah mi aadhevunii! Vaahaka nuves kiya mi comment kuranii bcz upload vitha 4 seconds viithana mi aadhevunii… Yeyyy

  3. Big faaan!!

    🤦🏽‍♀️🤦🏽‍♀️ refresh kolliima eynii 13 mins ago yw! Heybalivefa hurima… Recent bayah levifa iniima aslu hihi…

  4. KALHU SORU

    Mi vaahaka vrh reethi🥰🥰 3 vana season eh libidhaanetha

  5. Tabassum!!

    Vaahaka fahubaitha dhen annaanii??
    Haadha dheraey ! Vaahaka nimunii viyya💔

  6. Vampire girl

    Maashaa Allah maashaa Allah mi part vx varah varah reethi…
    I knew eii yail ge plan eii kan….
    Zaaraa and afaan adhi vx heevany kudakudhin hn….
    Dhn inee fahu bai dhw 😭😭😭
    When next??

  7. 💋

    Mi part vc vrh reethi masha allah ekm vhk nimen ulheythy haadha dhera eh veye 😭
    Vhk nuliye break eh negi kamuga viyas nayaa ge kuru vhk eh kiyaalan libeyne kamah ummeedhu kuran 💗

  8. laalooo

    alhey haadha reechey naayu thee hama best. my fav dhen vahaaka nimen ulheythi rovey

  9. leeshaa

    omg nayu ehaa avahah mi story ninmaa nulahchey 😭
    vrh reethi mi part Masha Allah ❤️
    alheyyy azz preg v omg
    finally dhuvas kolhakah fahu cmmnt kohllevijje
    btw nayu mi vhk alun fasha fashaigen vx kee dhaane
    foohsseh nuvey viyya nayu ge vhk kiyaakah
    lysssm nayaa sissy 💗

  10. Ishu

    Pls don’t tell me next part is the last one
    I’m soo happy for azz n yail
    I request adhi azz men ge kids ge story ehves liyan
    I don’t want this to end!!!!!
    Btw when next??
    Lysm

    1. Ula
      Ishu

      Yh season 3 gothah azz menge kids ge story genes dhinun vrh Salhi vaane
      😁👍🏼

  11. Mar Yam

    Vrh loabi mi part vx 😍
    Dhn ini fahu part tha nayu
    Alhey vrh dhera vey vhk nimen kairi veema 😔
    Ekm this story is the best hama
    Nayu ge ithuru vhk eh kiyaalan libeyne kamah ummeedhu kuran
    Whens next?
    Lysm nayuu ❤️ ❤️ ❤️

  12. Ula

    Brh reethi mi part vx
    When next?

  13. Aalerrr

    Masha Allah mi part vx vrh reethi ❤️💯
    Sifa kurunthakaa hurihaa kamevess vrh perfect 🦋✨
    Rangalhu kohlan jeheyy kameh ves alhugandakah faahaga eh nukure veyy.. ehaa vess furihama👏👏👏
    Vrh kiyaa hithun kiyaa, vrh interesting story eh Mii 🤍🕊️
    Vrh ufaavey kiyuntherin beynun vaa gothahh avahah part thah up kuramun gendhaathiii😊✨
    Btw, vaahaka nimen ulheyy thee vrh dhera veyyy😭😭😭
    Nayaa… You are the best
    Keep it up 👏
    Vrh telented liyuntheriehh🔥🔥
    Thigothugahh kuriah dheyy..IA vrh vrh hunaruveri liyuntheri akahh vaane🙂💫
    Adhivess Gina vaahaka thakehh kiyaa lan libeyne kamahh ummeedhu kuran 😊🦋
    IA alhugandu ge support abadhuvess libeyne….

  14. Azz

    Mi Part vx varah varah reethi Masha Allah<333
    Story Nimen ulheythee varah dheravey 😭💔
    Mee hiythah dhamaiganna kahala vaahaka eh. Hama heevany story therey ulheveyhen..
    Ur sooooo Talented Masha Allah<333
    Nayu ge ithuru story akah varah inthizaaru kurevey…
    Curiously Waiting for next part
    Lysm Nayu<3333333

  15. na.ell

    afaan and zaaraa dhw hama adi ves kurin ulhun hn ekm ves haadha cute ey ekahala kdhi kudhi lwbin kuraa zuvaabu
    mihr eba alun anehkaa kuryge baithah kiyaa hiyy vey eba
    omggg az and yail ah twinssss dhww woww .. keehvaany boy akaa girl eh liben
    and can’t wait aaroo aa zaul aa and yaleen aa shayaam ulhey goeh ingen 4 years fahun
    mi vhk nimmaalaafa ves adhi mikahala reethi vhk eh nayuu ge faraathun kiyan libeyne kamah ummeedhu kuran
    mi part ves vrh vrh reethi masha allah
    keep it up sisss <33333

    1. unknown gurll
      na.ell

      yes thats right btw mi part ves vrh vrh ves reethi uu

  16. Ghost girl 👻

    Story nimenee dhww alheyy Soo good… Btw ekm adhivx aaroo ge dad eh neynge and shayam ge mom ves are they siblings?? Anyways vhk hama habeys 🥰

    1. Nayaa
      Ghost girl 👻

      Aaroo ge dad and shayaam ge mom are just side characters in this story.. anehhen main role eh neennaane 🥰
      Thank you ❤️

  17. gurrrrl

    mashallah mi part ves vrhh reethi
    yayyyyy finally azal n yail ah ves adhi yaleen aa shayaam aa araa n zaul ah ves ufaaveri dhiri ulhumeh libihje
    btw dhn ihnaani last episode dhw 😢
    i vrh miss vaane ingeyyy nayoo you mathin
    ly

  18. Big hater

    Emme fruthama ves mihaaka varah foohi, mi meehun meechakee ehadheravaa kahala ecceka mihadhanee. 9 aharuge kudhin dho mivaahaka mikiyanee
    Can’t wait for ur next story Nayuu

Comments are closed.