Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 39

ޝަޔާމް ދިޔުމާއި އެކު، އެންމެން އަނެއްކާވެސް ސިޓިންރޫމަށް ނުކުތެވެ. ޝަޔާމް ފެންނަން ނެތުމުން އެންމެން ވެސް ތިބީ އެދެމެދުގައި ދެކެވުނު ވާހަކަތައް އެނގެން ބޭނުން ވެފައެވެ. އަނެއްކާ ޝަޔާމް އެ ދިޔައީ އިތުރު މައްސަލައެއް ޖެހިގެން ބާވައޭ ވެސް އެމީހުންގެ ހިތަށް އެރިއެވެ.

“ޝަޔާމް އަހަރެމެން ކިބައިން އެދުނީ ޝިޔަލްއަށް މަޢާފު ކޮށްދިނުމަށް.. އެއީ ބައްޕަގެ ފުރާނައަށް ދާއިމީ ހަމަޖެހުން ލިބެން ޝަޔާމް ބޭނުންވީތީ.. އެއްވެސް މީހެއްގެ މަޢާފަށް ދަރަނިވެރިވެގެން ސުވަރުގޭގެ ނިޢުމަތުން މަހުރޫމުވާ ފަރާތަކަށް ޝިޔަލް ވުމަށް ޝަޔާމް ނޭދޭތީ..” މިލާން ކިޔައިދިނެވެ.

“ދެން މިލާން ބުނީ ކީކޭ..؟” އަފާން އަހައިލުމާއެކު މިލާން ޔަލީންއަށް ބަލައިލިއެވެ. ދަރިފުޅުގެ މޫނުމަތިން މިލާންއަށް ފެނުނީ، އޭނާ ވެސް އެ ސުވާލުގެ ޖަވާބު ބޭނުންވާ މިންވަރެވެ.

“އަހަންނާ ޔައި ވެސް މަޢާފު ކުރިން.. އަސްލު ހިތަށް އަރާ ޝިިޔަލް މަޢާފަށް އެދުނު އިރު މަޢާފު ދެވުނު ދަމައޭ.. އޭރުން އޭނަ މި ދުނިޔެ ދޫކޮށް ދާނީ ވެސް ނުހަނު ހިތްހަމަޖެހިގެން ހުރެ.. ޝިޔަލް ބުނީ ތެދެއް.. ހަގީގަތުގައި ވެސް ޝިޔަލްގެ ތައުބާ ރަމްޒު ކޮށްދޭ ނިޝާނަކީ ޝަޔާމް.. އަހަންނަށް ކުރިން އެކަން ނުވިސްނުނީތީ ދެރަވޭ..” މިލާންގެ ވާހަކައިން އެންމެ ބޮޑު ފިނިކަމެއް ލިބުނީ ޔަލީންގެ ހިތަށެވެ. އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި ނަމަވެސް، އެ ހިނިތުންވުން ފަނޑުވީ، މިވަގުތު ޝަޔާމް ކުރާނޭ ހިތާމަ އަންދާޒާ ކޮށްލެވުމުންނެވެ.

*** ** ***

ގޭތެރެއަށް އެޅި ފުުރަތަމަ ފިޔަވަޅާ އެކުވެސް ބައްޕަގެ ހަނދާންތައް އައިސް ޝަޔާމް ވަށައިލިއެވެ. އޭނާގެ ނަޒަރު ހުއްޓެމުން ދިޔަ ކޮންމެ އެއްޗަކުންނާއި، ތަނަކުން ވެސް ބައްޕަގެ ހަނދާންތައް އިޔާދަ ވަމުން ދިޔައީ، އެ ހިތުގައިވާ ރޯ ޒަޚަމުން އިތުރަށް ލޭ ފައިބާ ޙާލުގައެވެ. އިސާހިތަކު އެ ހިތަށް ކުރަމުން ދިޔަ ފުން އަސަރު ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔުމާއި އެކު، ޝަޔާމް ބަލިކަށި ވާން ފެށިއެވެ.

ބަރު ފިޔަވަޅުތަކެއް އަޅަމުން ޝަޔާމް ގޮސް ވަނީ ޝިޔަލްގެ ކޮޓަރިއަށެވެ. އެ ކޮޓަރިތެރޭގައިވީ ކޮންމެ އެއްޗަކުން ވެސް، ބައްޕަގެ ކޮންމެވެސް ހަނދާނެއް އައުކޮށްދެމުން ދިޔައެވެ. ކޮޓަރިއަށް ހަމަ ވަނުމާއެކު ނޭފަތަށް އެނގިލައިގެން ދިޔަ ބައްޕަގެ ސެންޓުގެ ވަހުން، އެ އިހުސާސް އިތުރަށް ފުން ކުރުވިއެވެ. ހީވީ އަނެއްކާވެސް ބައްޕަގެ ސޫރަ އެ ކޮޓަރިތެރެއިން ފެނުނުހެންނެވެ. އޭނާގެ ބައްޕަ ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެ، ފޮތެއް ކިޔަން އިންނަ މަންޒަރާއި، ބެލްކަނިން ބޭރަށް ނަޒަރު ހުއްޓާލައިގެން ހުންނަ މަންޒަރާއި، އެނދުމަތީގައި ލެޕްޓޮޕު ހިފައިގެން އިންނަ މަންޒަރާއި، މޭޒުދޮށުުގައި ކޮންމެވެސް އެއްޗެއް ލިޔަން އިންނަ މަންޒަރު އަދިވެސް ޝަޔާމްގެ ހިތުގައި ކޮއްޓަމުން ދިޔައެވެ.

ދެލޯ ފުހެލަމުން ޝަޔާމް ގޮސް އިށީނީ ޝިޔަލްގެ އެނދުމަތީގައެވެ. ލަސްލަހުން އެނދުމަތީގައި އޮށޯވެލާފައި، ޝަޔާމް އެއް އަތް އޭނާގެ ނިތުގައި ބާއްވައިލިއެވެ. އެއާއެކު އޭނާގެ ޚިޔާލީ ގަނޑުގައި ކުލަޖެހިގެން އައީ، ކުޑަ އިރު ބައްޕަ ކައިރީގައި ނެތިއްޔާ އޭނާއަށް ނުނިދޭ ހަނދާނެވެ. އަބަދުވެސް އޭނާއަށް ނިދޭނީ ބައްޕަ އޭނާގެ ކައިރީގައި އޮވެ، އޭނާއަށް ނާނާ ކިޔައިދިނުމުންނެވެ. އެ ފޮނިފޮނި ހަނދާންތައް އައުވެގެން ދިޔުމާއި އެކު ޝަޔާމްއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ޖީބުގައި އޮތް ފޯނު ނަގައި، ބައްޕަ އަބަދުވެސް އޭނާ ކުޑަ އިރު ނިންދަވަން ކިޔައިދޭ ނާނާ އަޅުވައިލިއެވެ.

“މަޑުން މީ އޮވެ ނިދާލާތޯ ކިޔޭކިޔޭ ނާނާ

މަޑުން މީ އޮވެ ނިދާލާތޯ ކިޔޭކިޔޭ ނާނާ

މަވީ މަވީ ލޯބިން ނަޔާ ރާގުގާ ކި ނަނާ..”

ލަވައިގެ އަޑު އިވެން ފެށުމާއި އެކު، ޝަޔާމްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެވަގުތު ހަމަ ހަގީގަތުގައި ވެސް ހީީވީ ބައްޕަގެ އަތުން ޝަޔާމްގެ ބޮލުގައި ފިރުމަމުން، ލަވަ ކިޔައިދެމުން ދިޔަ ހެންނެވެ. ވަގުތުން ތުންފަތަށް ވެރިވި ހިނިތުންވުމާއި އެކު، ހިތަށް ލިބުނު ހިތްހަމަޖެހުމަކުން ޝަޔާމްއަށް ދެލޯ މަރައިލެވުނެވެ. ގާތުގައި ބައްޕަ ހުރި ކަމުގެ އިހުސާސް ކުރެވުމާއި އެކު، ޝަޔާމްގެ ހިތުގައިވީ ޒަޚަމްތަކުގައި ވަގުތީ މަލަމެއް އެޅުނު ފަދައެވެ. ބައްޕަ ވަނީ ދެން ދުވަހަކުވެސް އަނބުރައި ނާދެވޭނޭ ހެން ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކޮށްފައި ކަން އެނގޭ އިރުވެސް، އަމިއްލަ ޚިޔާލީ ދުނިޔޭގައި އުޅެލަން ޝަޔާމް ބޭނުންވީ، އެ ހިތި ޙަޤީޤަތާ ކުރިމަތިލާނޭ ހިތްވަރެއް ނެތީމައެވެ.

މިއަދު އެއްކޮށް އުޅެން ޖެހުނު ގޮތުންނާއި، ދިމާވި ކަންތަކުން ވަރުބަލިވެ، ހާންތިވާ ވަރު ވެފައިވީ ޝަޔާމް ދެލޮލަށް ނިދި ސަވާރުވާން މިނެޓެއް ވެސް ނުނެގިއެވެ. ވަގުތުން ޝަޔާމްގެ އެސްފިޔަތައް ލެއްޕިގެން ދިޔަ އިރު، އަދިވެސް އެ ހިތަށް އިހުސާސް ކުރެވެމުން ދިޔައީ ބައްޕަ ކައިރީގައި އޮތް ކަމުގެ އިހުސާސެވެ. އެ ބައްޕަގެ އަޑުން ކިޔަމުން ދިޔަ ނާނާ އާއި، އެ އަތުން ފިރުމަމުން ދިޔަ ލޮބުވެތި ފިރުމުންތައް، ދެގޮތެއް ނުވެ އިހުސާސް ކުރެވެމުން ދިޔައެވެ. ނިދީގެ ފުން ޢާލަމަށް ޝަޔާމްގެ ނަފްސު ދަތުރު ކުރި އިރު، ނިދީގައި ވެސް އެ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ލޯބިވާ ބައްޕަގެ ހަނދާންތަކެވެ.

މުޅީން އައު ދުވަހަކަށް އިރު އެރީ، އަނެއްކާވެސް ދުނިޔޭގެ ހިތި ހަގީގަތާ ކުރިމަތިލުމަށް ޝަޔާމަށް މަޖުބޫރު ކުރުވަމުންނެވެ. ހުވަފެނީ ޢާލަމުގައި ބައްޕައާއި އެކު އެތައް އުފާވެރި ވަގުތުތަކެއް ހޭދަކޮށްފައި، އެތައް ފޮނި ހަނދާންތަކެއް ރައްކާ ކޮށްފައި، އެންމެ ފަހުން ޝަޔާމްއަށް ޖެހުނީ އަލުން އަނބުރައި ހަގީގީ ޢާލަމަށް ރުޖޫޢަ ވާށެވެ.

ހެނދުނު އަށެއް ޖަހަނިކޮށް ޝަޔާމްއަށް ހޭލެވުނީ އޭނާގެ ބޮޑާއްތަ އައިސް އޭނާއަށް ގޮވުމުންނެވެ. ބޮޑާއްތަ ސައިހަދާފައި ހުންނާނެ ކަމަށް ބުނުމުން ޝަޔާމް އެންމެ ފުރަތަމަ ވެސް ބުނެލީ ސައިބޯން ބޭނުން ނުވާ ކަމުގައެވެ.

“އެކަމަކު ދަރިފުޅާ އެހެން ހަދައިގެން ކަމަކު ނުދާނެއެއްނު.. ބޮޑާއްތައަށް އެނގޭ ދަރިފުޅު ވަރަށް ދެރަވާނެ ކަން.. އެކަމަކު ބައްޕަ ވެސް ދެރަވާނެ އެއްނު ދަރިފުޅު ތިހެން ނުކައި އޮންނަންޏާ.. ހިތްވަރު ކުރަން ވާނެ.. ޝަޔާމްއަކީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއްނު..” ޝަޔާމްގެ ބުރަކަށީގައި ފިރުމައިލަމުން އޭނާގެ ބޮޑާއްތަ ބުނެލީ، ޝަޔާމް ކުރާ ހިތާމަ ފެނިފައި އިންތިހާއަށް ދެރަވެ ހުރެއެވެ.

“ދޭ ދެން އަވަހަށް ފެންވަރާލައިގެން ސައިބޯން އަންނަން.. ބޮޑާއްތަ ހުންނާން ކުޅިމަސް ހަދާދަ.. ޝަޔާމްގެ ފޭވަރިޓް އެއްނު..” ބޮޑާއްތަ އެހެން ބުނެލުމާއެކު، ކާހިތް ނުވެ ހުރެފައި ވެސް ޝަޔާމް އެނދުން ތެދުވީ ބޮޑާއްތަގެ އެދުމަކަށް ދެކޮޅު ހަދަން ބޭނުން ނުވާތީއެވެ. ބައްޕަ ދުނިޔޭގައި ވެސް އެމީހުންނަށް އަޅައިލާ އެހީތެރިވީ ހަމައެކަނި ބޮޑާއްތައެވެ. ޝަޔާމް ދެކެ އޭނާގެ ބޮޑާއްތަ ވާ ލޯތްބަކީ ޝަޔާމަށް އޮޅިފައިވާ އެއްޗެއް ނޫނެވެ.

ލަސް ފިޔަވަޅުތަކެއްގައި ޝިޔަލްގެ ކޮޓަރިން ނުކުމެގެން ގޮސް މިލާން އޭނާގެ ކޮޓަރިއަށް ވަނެވެ. ފާޚާނާއަށް ވަދެ ފިނި ފެނުން ފެންވަރައިލުމުން، އޭނާގެ ޖިސްމަށް އާރޯކަމާއި ތާޒާކަން ލިބުނު ނަމަވެސް، އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް އެއްވެސް ލުޔެއް ނުލިބުނެވެ. އަނެއްކައި ވެސް ބައްޕަގެ ހަނދާންތައް އެ ހިތް ޚިސޯރު ކޮށްލުމާއެކު ޝަޔާމްގެ ދެލޯ ފެންކަޅިވިއެވެ. އެ ދިގު އެސްފިޔަތައް ޖަހައިލުމާއެކު އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި، ލޯ ތެރޭގައި ގައިދުވެފައިވާ ކަރުނަތައް މިނިވަންވެގަތީ، ޝަޔާމްގެ ކޯތާފަތުގައި ބޮސްދެމުންނެވެ. ޝަވަރުން ފައިބަމުން ދިޔަ ފިނިފިނި ފެންތިކިތަކާ އެކުވެގެން އޭނާގެ ހޫނު ކަރުނަތައް އެ ކޯތާފަތް މަތިން ފިރުކެމުން ދިޔައެވެ.

ފެންވަރާލައިގެން ނުކުމެ އާދައިގެ ޓީޝާޓަކާ ސޯޓެއް ލައިގެން، ރީތިވުމެއް ވެސް ނެތި ޝަޔާމް ކޮޓަރިން ނުކުތެވެ. ބަދިގެއަށް ވަން އިރު، ބޮޑާއްތަ އޭނާއަށް ސައި ހަދަން އުޅުނެވެ. ކުޅިމަހާ ރޮއްޓާ މޭޒުމަތީގައި ހުރި ތަން ފެނުމުން ވެސް، މިފަހަރު ޝަޔާމް ކުޅުދިޔައެއް ނުވިއެވެ. ބޮޑާއްތަ ހަދާ ކުޅިމަހަކީ އޭނާއަށް އެންމެ މީރު ކެއުން ކަމުގައިވީ ނަމަވެސް، މިއަދު އޭނާއަށް އެ ވެސް ނުކެވޭނެކަން ޔަގީނެވެ.

ޝަޔާމް މޭޒު ކައިރީގައި އިށީނުމާއެކު އޭނާގެ ބޮޑާއްތަ ސައިތައްޓެއް ވެސް ގެނެސްދިނެވެ. ޝަޔާމް ކުޅިކޮށް ކާން ބޭނުންވާ ކަން އެނގޭތީ ދެތިން ރޯމިރުސް ވެސް މޭޒުމައްޗަށް ނަގާފައި، ފެންތައްޓެއް ވެސް އަޅައިދިނެވެ.

“ދަރިފުޅު ރަނގަޅަށް ސައިބޮއްޗޭ އިނގޭ.. އުނދުން މަތީގަ ހުރި ތެލީގަ އަދި ހުންނާނެ ކުޅިމަސް.. ބޮޑާއްތަ މި ދަނީ އިހަށް އާޔާ ސްކޫލަށް ލާން ވެގެން.. މެންދުރު އަންނާނަން ކާ އެއްޗެހި ހިފައިގެން.. ކޯޗެއް ޝަޔާމް ބޭނުމީ..؟ ކޮއްތުރޮށި ގެންނަންތަ..؟” ބޮޑާއްތަ އެ ބުނީ ވެސް ޝަޔާމްއަށް ވަރަށް މީރު އެއްޗެއްގެ ވާހަކައެވެ. އެހެނަސް މިވަގުތު މާ ބައިވަރު ވާހަކަތަކެއް ދައްކާ ހިތް ނުވެފައި އިން ޝަޔާމް ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން، ކޮންމެ އެއްޗެއް ވެސް ރަނގަޅުވާނޭ ބުނެލިއެވެ. އެެއާއެކު ބޮޑާއްތަ ރަނގަޅަށް ކެއުމަށް ބުނެފައި، އެޕާޓްމެންޓުން ނުކުމެގެން ދިޔައެވެ.

ބޮޑާއްތަ ދިޔުމާއި އެކު ކާހިތް ނުވެފައި އިނދެވެސް ޝަޔާމް އަނގައަށް ރޮށިކޮޅެއް ލިއެވެ. ފުރަތަމަ އަނގަޔަށް ލީ ރޮށިކޮޅާ އެކުވެސް ޝަޔާމްގެ އަނގަ ނުބައި ވެގެން ދިޔަ ފަދައެވެ. އަރުތެރޭގައި ތާށިވީ ރޮށިކޮޅު ޝަޔާމް ދިރުވަން ޖެހުނީ ފެނާ ލައިގެންނެވެ. ކިތަންމެ ބަނޑުހައި ވެފައި ހުއްޓެއް ކަމަކު، އެންމެ އެތިކޮޅެއް ވެސް އަރުތެރެއިން ނުދިރޭނެކަން އެނގޭތީ ޝަޔާމް ތަށި ދުރަށް ޖައްސައިލާފައި ހަމައެކަނި ފެންތަށިި ބޯލައިގެން ތެދުވިއެވެ. ކުރާނެ އެހެން ކަމެއް ނޭނގިފައި އޭނާ ގޮސް އޭނާގެ ކޮޓަރިއަށް ވަނީއެވެ.

ޝަޔާމް ހަމަ ކޮޓަރިއަށް ޑވަނުމާއި އެކު އެނދުމަތީގައި އޮތް ފޯނު ރިންގުވާ އަޑު އިވެން ފެށިއެވެ. ފޯނު ނަގައި ބަލައިލި އިރު ގުޅަނީ ޔަލީން ކަން އެނގުމުން ޝަޔާމްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ވަގުތުން ފޯނު ނަގައި ކަންފަތުގައި ޖަހައިލި އިރު، ޔަލީންގެ އަޑު އެހުމަށް އެ ހިތް ބޭޤަރާރު ވެފައި ވާ ފަދައެވެ.

“ޝަޔާމް.. ކިހިނެއް..؟” ޔަލީން އަހައިލުމާއެކު ޝަޔާމް ރަނގަޅޭ ބުނީ ކޮންމެހެން ރަނގަޅު ވީމަކައި ނޫނެވެ. އެހެނަސް އޭނާގެ ހިތުގެ އުދާސްތައް ކިޔައިދޭނެ ގޮތެއް ނޭނގޭތީއެވެ.

“ސައިބޮއެފިންތަ..؟” ޔަލީން އަހައިލުމާއެކު ޝަޔާމް މިފަހަރުވެސް އާއެކޭ ބުނެލީ، ޔަލީން އޭނަޔާ މެދު ކަންބޮޑުވާން ނޭދޭތީއެވެ.

“މަންމަމެން ވެސް ދެންމެ އަހައިފި ޝަޔާމްގެ ހަބަރެއް ވިތޯ.. އަހަރެން ބުނި ރޭގަ ދިޔަ ގޮތަކަށް ނުވޭ.. އެހެން ބުނީމަ ބައްޕަ ބުނީ ޝަޔާމްއާ ގުޅާލައްޗޭ..” ޔަލީން ދައްކަމުން ދިޔަ ވާހަކައިން ޝަޔާމްއަށް ކުޑަ ވަރެއްގެ ހައިރާން ކަމެއް ލިބުނެވެ.

“ޔަލްގެ ބައްޕަ ބުނީ.. ޔަލް ގާތު.. އަހަންނާ ގުޅާށޭ..؟” ޝަޔާމްއަށް އަހައިލެވުނީ ޔަގީން ނުވެފައެވެ.

“ހޫމް.. ގަބޫލު ވެސް ނުކުރެވޭ ދޯ.. އަހަންނަށް ވަރަށް ހީވޭ ބައްޕަ މިހާރު އޯކޭހެން.. ރޭގަ ވެސް ބައްޕަ ބުނި މިހާރު ހިތަށް އަރައޭ ޝަޔާމްގެ ބައްޕަ ދުނިޔޭގަ ހުއްޓާ މަޢާފު ކުރެވުނު ނަމައޭ.. ބައްޕަ ވެސް އެ ހުންނަނީ ޝަޔާމްއާ ދޭތެރޭ ވަރަށް ކަންބޮޑު ވެފަ.. އަނެއްކާ ދޮންބެ ވެސް އެވަރަށް ޝަޔާމްގެ ވާހަކަ އަހާ އެބަ..” ޔަލީން އޭނާގެ ބައްޕަގެ ވާހަކަ ދެއްކުމުން އަނެއްކައި ވެސް ޝަޔާމް ފެންކަޅިވާ ގޮތް ވިއެވެ.

“ޔަލް.. އަހަރެން.. އަހަންނަކަށް ނޭނގެ ކިޔައިދޭކަށް.. ބަޓް އައި ފީލް ލޮސްޓް.. ރިއަލީ ލޮސްޓް.. ކިހިނެއްތަ މި ވަނީ..؟ އިއްޔެ ދުވަހަކު އަހަންނަށް ޔަލީން ގެއްލިފަ، މިއަދު ބައްޕަ ގެއްލިފަ.. އަހަރެން ލޯބިވާ އެންމެން އަހަންނަށް ގެއްލެނީ.. ކަންތައް ވެގެން ދާލެއް އަވަސް ކަމުން އަހަރެން މި ހުންނަނީ ނަގައިނުގަނެވިފަ.. އަހަރެން ކިހިނެއްތަ..؟ ކިހިނެއްތަ މި ހުރިހާ ކަމަކާ އެކަނި ޑީލް ކުރާނީ..؟” ހިތުގައިވީ އުދާސްތަކާއި ޝަކުވާތައް ދުލާ ހަމައަށް ގެންނާނެހައި ހިތްވަރު ލިބުމާއި އެކު، ޝަޔާމްގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ.

“ޝަޔާމް.. ޝަޔާމް އެކަންޏެއް ނުވާނެޔޭ.. އަހަރެން ވެސް މިހުރީނު.. އަހަރެންގެ މަންމައާ ބައްޕަ ވެސް.. ދޮންބެމެން ވެސް.. އާރޫއާ ޒައުލް ވެސް.. މި އެންމެން ވެސް މި ތިބީ ޝަޔާމްއާ އެކީއޭ.. ޕްލީޒް.. ދުވަހަކުވެސް ހިތަށް ނާރުވައްޗޭ ޝަޔާމް ތި ހުރީ އެކަންޏޭ.. ޝަޔާމް އެކަނި އެއްވެސް ކަމެއް ގޯތްރޫ ކުރާކަށް ނުޖެހޭނެ.. އެކަކު ނެތަސް އަހަރެން އަބަދުވެސް ޝަޔާމްއާ އެކީ ވާނަން.. އައިލް ނެވަރ ލެޓް ގޯ އޮފް ޔޫ..” ޔަލީންގެ ބަސްތަކުން ޝަޔާމްގެ ހިތަށް ފިނިކަން ލިބުނު ގޮތެއް ވެސް ނޭނގެއެވެ. ހަމަ މިހާރު މިވަގުތު ޔަލީން އޭނާގެ އަތުތެރޭގައި ވުމަށް އެ ހިތް އެދެން ފެށިއެވެ.

ޝަޔާމްއާ ޔަލީން އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ. ޝަޔާމްގެ ޒަޚަމްވެފައިވީ ހިތަށް ކުޑަ ނަމަވެސް ފަރުވާއެއް ލިބުނީ ޔަލީންގެ ސަބަބުންނެވެ. ޔަލީންގެ ވާހަކަތަކުންނާއި، ހިތްވަރުގެ ބަސްތަކުން ޝަޔާމްގެ ހިތަށް ހަމަޖެހުން ލިއްބައިދީފިއެވެ. ބައްޕަގެ ވަކިވެދިޔުމުގެ ސަބަބުން އެ ހިތުގައިވީ ހުސްކަން ދުވަހަކު ވެސް ފޫނުބެއްދޭނޭ ނަމަވެސް، ޔަލީންގެ ސަބަބުން އެ ވޭނީ އިހުސާސަށް ލުޔެއް ލިބިއްޖެއެވެ. އެ ފަޅުކަން ފިލައި، ހިތަށް ދިރުން ލިއްބައިދީފިއެވެ.

*** ** ***

ދުވަސްތައް ފާއިތު ވަމުން ގޮސް، ދެ ހަފްތާ ވެއަތު ވެގެން ދިޔަ އިރު ޝަޔާމް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ. ޗުއްޓީ ހަމަވެ، އިތުރަށް ދިގުދަންމަން ނެތީތީވެ ޝަޔާމް ޑިޔުޓީއަށް ނުކުންނަން ފެށިއެވެ. އަދިވެސް އެކަނިވާ ވަގުތުގައި ބައެއް ފަހަރު އިހުސާސްތައް ކޮންޓްރޯލް ނުކުރެވި ކަރުނައިގެ ސިފައިގައި ދޫވެގެން ދިޔަ ނަމަވެސް، ޝަޔާމް ކެތް ކުރާން ދަސްކޮށްފިއެވެ. އަބަދާ އަބަަދު ހިތާމަ ކުރުމުގެ ބަދަލުގައި އެންމެ ބުއްދިވެރި ގޮތަކީ ބައްޕަ އަބަދުވެސް އެދުނު ފަދައިން އަޚުލާޤު ރަނގަޅު، ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ، ހެޔޮލަފާ ދަރިއެއްގެ ގޮތުގައި ވުން ކަން ޝަޔާމްއަށް ޤަބޫލު ކުރެވެއެވެ. ކޮންމެ ނަމާދަކަށް ފަހު ބައްޕަގެ ފުރާނައަށް ޖަންނަތުލް ފިރުދައުސް މިންވަރު ކޮށްދެއްވުން އެދި ޝަޔާމް ދުޢާ ކުރަނީ، އެއީ އޭނާގެ ޒިންމާއެއް ކަމުގައި ދެކިގެންނެވެ.

ޝަޔާމް އާއި ޔަލީންގެ ގުޅުން ވެސް އަލުން ކުރިލައި ހެދެމުން ދިޔަ އިރު، އެ ގުޅުމަށް މިލާން އަދި ވަކި އެއްޗެއް ނުބުނެއެވެ. އެކަމާ ދެމީހުން ކޮންމެވެސް ވަރަަށް ހިތްނުތަނަވަސްވެފައި ތިބި ނަމަވެސް، މިލާންގެ ޢަމަލުތައް ހުންނަ ގޮތުން އެ ގުޅުމާ ނުރުހޭނެހެން، އެކަކަށް ވެސް ހީނުވެއެވެ. ކޮންމެއަކަސް، ދެމީހުން ވެސް ދުޢާ ކޮށްލަ ކޮށްލަ ތިބީ، މިލާން އެ ގުޅުމަށް އާނބަސް ދޭތޯއެވެ.

*** ** ***

އޮފީހަށް ދާން ތައްޔާރު ވަމުން ދިޔަ ޔައިލްއަށް ނަޒަރު ހުއްޓާލައިގެން އިން އަޒަލް އިނީ އެނދުމަތީގައެވެ. ހެދުންތަކެއް ފަތް ޖަހަން އިން ނަމަވެސް، އެކަމަށް ސަމާލުކަން ނުދެވި އަޒަލް އިނީ، ޔައިލްއަށް ގެއްލިފައެވެ. ކަޅު ކުލައިގެ ގަމީހަކާ އެކު ކަޅު ކުލައިގެ އޮފީސް ފަޓުލޫނެއްގައި ހުރި އިރު، ޔައިލް ހާދަ ރީއްޗޭ އަޒަލްގެ ހިތަށް އެރިއެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އޮޅައިލާފައި ހުރި އިރު، އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައި، އިސްތަށިކޮޅެއް ނިތް މައްޗަށް ވައްޓައިލާފައި އޮތް ގޮތުން އަޒަލް ފިދާވާހައި ވިއެވެ. އެއީ އޭނާގެ ފިރިމީހާއޭ ހިތަށް އެރުމާއި އެކު ފަޚުރުވެރި ހިނިތުންވުމެއް އަޒަލްގެ ތުންފަތަށް ވެރިވިއެވެ. ޔައިލް އަކީ އޭނާގެ ހައްގެކެވެ. ހަމައެކަނި އޭނާގެ މީހެކެވެ.

ރީތިވާން ހުރި ޔައިލްއަށް ލޯގަނޑުން އޭނާގެ ފަހަތުގައި އިން އަޒަލް ފެނުނެވެ. އަޒަލްގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވެފައި ހުރިކަން އެނގުމާއި އެކު ޔައިލްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.

“ތިވަރަށް ބަލާތީ މިހާރު މަ ވެސް ބިރު ގަންނަން ފަށައިފި އިނގޭ.. ހީވަނީ ދެންމެދެންމެ އަރާ އަހަރެން ކައިލަފާނެހެން ވިއްޔަ..” އަތުކުރީގައި ގަޑި އަޅައިލަމުން ޔައިލް ބުނެލުމާއެކު، އަޒަލްއަށް ހަމަބިމަށް އާދެވުނެވެ. އަނެއްކާވެސް އެނދުމަތީގައި ހުރި އެއްޗެހިތައް ފަތް ޖަހަން ފެށި އިރު، އަޒަލް ނުވާ ކަމަށް ހެދެމުން ދިޔަ ގޮޮތުން ޔައިލް ކައިރިޔަށް ހިނި އައެވެ.

“ދެން މާ ނުވާ ކަމަށް ހެދޭނެ ކަމެއް ނެތް.. އަހަންނަށް އެނގޭ އަހަރެން ރީތި ވީމަ ނުބަލަ ނުހުރެވޭނެކަން.. އައި ނޯ އައިމް އިރެސިސްޓެބަލް..” އަޒަލްއާ ވީ ފަރާތަށް އެނބުރިލަމުން، އެއް ލޯ މަރައިލަމުން ޔައިލް ދިމާކޮށްލިއެވެ.

“ހޫނ ދެން މާ ފޮނި ވާނެ ކަމެއް ނެތް.. މެންދުރު އަހަރެން ބަލައި އަންނާތި.. މިއަދު ލޯވ ފަރމަށް ދާން ޖެހޭ..” ފަތް ޖެހި އެއްޗެހިތައް ހިފައިގެން އެނދުން ތެދުވަމުން އަޒަލް ބުނެލިއެވެ. ރީތިވާ މޭޒު ކައިރި ހުރި އަލަމާރި ދޮރުފަތް ހުޅުވައިލާފައި، އަޒަލް ފަތްޖެހި ހެދުންތައް އަލަމާރި ތެރެއަށް ލިއެވެ.

އަލަމާރި ދޮރު ލައްޕައިލާފައި ދާން އުޅުނު އަޒަލްގެ އަތުގައި ހިފައި، ޔައިލް ކުއްލިއަކަށް އޭނާ ކައިރިއަށް ދަމައިލިއެވެ. ނުވިސްނާ ހުރި އަޒަލް ގޮސް ތަތްވީ ޔައިލްގެ ތަނަވަސް މޭމަތީގައެވެ. އެއާއެކު ޔައިލް ގެނައި ކުއްލި ހަރަކަތާ އެކު، އަޒަލް އަނބުރައިލަމުން ރީތިވާ މޭޒާ އޭނާއާ ދޭތެރޭގައި އަޒަލް ބެހެއްޓީ، ވައިރޯޅިއަކަށް ވެސް އެދެމީހުންގެ ދޭތެރެއަށް ނުވަދެވޭނެެހައި ގާތުގައެވެ.

“ދެން ކޮންތާކަށް ދާނީ..؟” އަޒަލްގެ ދެފަރާތުން ރީތިވާ މޭޒުގައި އަތް ވިއްދައިލަމުން، ޔައިލް ބުނެލީ ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުންނެވެ.

“ދެން ޔައިލްލް! އޮފީސް ގަޑި ޖެހިދާނެ..” ޔައިލްގެ މޭމަތީގައި ޖަހައިލަމުން އަޒަލް ބުނެލީ، ލަދުގަތް ކަން ފޮރުވާށެވެ.

“އަހަރެން ގަޑި ޖެހިގެން އެއްޗެކޭ ބުނާނީ ބައްޕަ އެއްނު.. އަހަރެން ބުނާނަމޭ ބައްޕަ ކައިރި އަހަރެންގެ އަންހެނުންނަށް އަހަރެންގެ މޫނުން ނަޒަރު ވަކިކޮށް ނުލެވިގެންނޭ އަހަރެން ލަސްވީ.. އޭރުން ބައްޕަ އަންޑަސްޓޭންޑް ވާނެ..” އަޒަލްގެ އުނަގަނޑުގައި އަތް ވަށައިލަމުން، އިތުރަށް އަޒަލް އޭނަޔާ ކައިރި ކޮށްލަމުން ޔައިލް ބުނެލި އިރު އެ އަޑުގައި ވަނީ ލާނެތް ކަމެވެ.

“ދެން ނޯ އެހެން ބުނެގެން ނުވާނެ! އަހަރެން ލަދުން މަރުވެދާނެ ބައްޕަ ކުރިމަތީގަ އޭރުން..” އަނެއްކާ ވެސް ޔައިލްގެ މޭމަތީގައި ޖަހަމުން އަޒަލް މޫނު ކުނި ކޮށްލިއެވެ. އެއާއެކު ޔައިލްގެ ލުއިލުއި ހުނުމުގެ އަޑު އަޒަލްގެ ކަންފަތުގައި ގުގުމައިލީ ލުއި މިޔުޒިކެއް ފަދައިންނެވެ. ޔައިލްގެ ދެލޮލަށް ބަލައިލި އިރު، އެ ދެލޮލުގައި ވީ ދަމާ ބާރަކުން އަޒަލްއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވީ އިރު، އަޒަލްގެ ދޫ ބަންދުވެ، އެ ހިތް ބަލިކަށި ކުރުވައިފިއެވެ. އެ ހިތުގެ ވިންދު އަވަސްވެ، އަމިއްލަ ނަފްސުގެ މައްޗަށް އޮތް ބާރު ދޫވާން ފެށިއެވެ. ލަދުވެތިކަން އެއްފަރާތް ކޮށްލާފައި، އަޒަލް ފުރަތަމަ ފަހަރަށް ޔައިލްގެ ކުރިމަތީގައި އިސްނެގިއެވެ. ދެއަތުން ޔައިލްގެ މޫނުގައި ހިފަހައްޓައިލާފައި، ކުޑަކޮށް ކޮރައިލަމުން އެ ތުންފަތުގައި އަޒަލް ބޮސްދިނުމާއި އެކު، ވަގުތު ވެސް އެދެމަފިރިންނަށް ޓަކައި ވަޤުފު ވެގެން ދިޔަ ފަދައެވެ.

ކައިވެނީގައި ފުރަތަމަ ފަހަރަށް އަޒަލްގެ ނެގި އިސްނެގުމާއި އެކު، ޔައިލްގެ ހިތުގައި ތަފާތު ވިންދެއް ޖަހާލައިފިއެވެ. އަދިވެސް އިތުރަށް އަޒަލް އޭނާގެ ގަޔާ ކައިރި ކޮށްލަމުން، ޔައިލް ވެސް އަޒަލްގެ އެ ޢަމަލުގައި ފުރިހަމައަށް ބައިވެރި ވިއެވެ.

އިރުކޮޅެއް ފަހުން ދެމީހުން ދުރުވެލި އިރު، ދެމީހުންގެ ހިތުގެ ވިންދާ އެއްވަރަށް ނޭވާ ވެސް ވަނީ އަވަސް ވެފައެވެ. އަވަސްވެފައިވީ ނޭވާ ހަމައަކަށް އަޅުވައިލަމުން ޔައިލް އަޒަލްގެ ނިތުގައި އޭނާގެ ނިއްކުރި ޖައްސައިލިއެވެ.

“ޔައިލް..” ހަމަ އެ ތިބި ގޮތަށް ދުރު ނުވެ ތިބެ، އިރުކޮޅެއްވީ ފަހުން އަޒަލް ގޮވައިލުމާއި އެކު ޔައިލް ހޫމް އަޅުވައިލިއެވެ.

“އައި ލަ-” ހިތުގައިވީ ބަސް ދުލާ ހަމައަށް ނުގެނެވެނީސް، ކޮޓަރި ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން ދެމީހުން ވެސް އަވަސްއަވަހަށް ދުރުވެލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން ޔައިލް ގޮސް ދޮރު ހުޅުވައިލި އިރު ކުރިމަތީގައި ހުރީ ޔަލީނެވެ.

“މަންމަ ބުނީ އަވަހަށް ސައިބޯން އަންނާށޯ.. ދޮންބެ އޮފީސް ގަޑި ޖެހެނީނު.. މިހާރު ބައްޕަ ވެސް ސައި ބޮއެގެން ގޮއްސި..” ޔަލީން ބުނެލުމާއި އެކު ޔައިލް މިދަނީ ކަމަށް ބުނެފައި، އަޒަލްއަށް އަވަސް ނަޒަރެއް ދިނުމަށް ފަހު ކޮޓަރިން ނުކުތެވެ. ޔައިލް ދިޔުމާއި އެކު، އަޒަލްއަށް ހިތާ ދިމާލުން މޭމަތީގައި އަތް އަޅައިލެވުނީ، އެ ހިތް ތެޅެމުން ދިޔަލެއް ބާރުކަމުންނެވެ.

ޔައިލް ކައިރިވެލާ ކޮންމެ ފަހަރަކު އެ ގޮތް ނޭނގޭ އިހުސާސް އޭނާ ވަށައިލާ، އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ ބާރު ދޫވެގެން ދަނީ ކިހިނެއް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ހިތަށް ކުރެވެމުން އެދާ ފުން އިހުސާސަށް ދޭނެ ނަމެއް ނޭނގުނު ނަމަވެސް، ދެން ޔައިލްއާ ނުލައި ނޫޅެވޭނޭކަން އަޒަލްއަށް އެނގެއެވެ. ދާދި ދެންމެއަކު ދުލުން ބުނެވެން އުޅުނު ލަފްޒު ހަނދާން ވުމާއި އެކު، އަޒަލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިޚުތިޔާރުން ބޭރުގައި ބުނެވެން އުޅުނު އެ ބަހުގައި ވާ ބުރަދަން އިހުސާސް ކުރެވުމާއި އެކު، އަޒަލްގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. އޭނާއަށް ވިސްނައިލެވުނީ ދެނެވެ. ހަގީގަތުގައި ވެސް އޭނާއަށް ޔައިލް ދެކެ ލޯބި ވެވުނީ ބާވައެވެ؟

ހިތަށް އެރި އެއްޗަކުން، އެންމެ ސިކުންތެއް ވެސް ލަސްކޮށްލަން ބޭނުން ނުވެ ހުރެފައި އަޒަލް އަވަސްއަވަހަށް ކޮޓަރިން ނުކުތެވެ. ސިޑިން ފައިބަން އުޅެނިކޮށް އަޒަލްގެ ފިޔަވަޅުތައް މަޑުޖެހުނީ ގެއިން ނުކުތް ޔައިލް ފެނިފައެވެ. ޔައިލް ނުކުތް ކަން ޔަގީން ވުމުން އަޒަލް ދެން ދުވެލާފައި ގޮސް ނުކުތީ ބެލްކަންޏަށެވެ.

ސައިކަލަށް އެރި ޔައިލް އެހެން ކޮންމެ ދުވަހެކޭ ވެސް އެއްފަދައިން ބެލްކަންޏަށް ބަލައިލީ، ކައިވެނީގެ ފަހުން ކޮންމެ ދުވަހަކުވެސް އޭނާ އޮފީހަށް ދާއިރު، އަޒަލް ބެލްކަނީގައި އޭނާއަށް ހަނާއަޅަން ހުންނާތީއެވެ. ކޮންމެ ދުވަހަކުވެސް އެކަން ތަކުރާރު ވާތީ މިހާރު އެކަން ވެފައި ވަނީ އެދެމީހުންގެ މެދުގައި އޮންނަ ވަރަށް ޚާއްސަ، ލޯބިވެތި އާދައަކަށެވެ.

ޔައިލް ބަލައިލުމާއެކު ބެލްކަނީގައި ހުރި އަޒަލް ލަދުރަކި ހިނިތުންވުމަކާ އެކު ޔައިލްއަށް ހަނާއަޅައިލިއެވެ. ބަދަލުގައި ޔައިލް ވެސް ހިތްގައިމު ހިނިތުންވުމަކާއި އެކު އަޒަލްއަށް “ފްލައިން ކިސް” އެއް ފޮނުވައިލުމުން، އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން މިއަދު ވެސް އަޒަލް ލަދުން ވިރުނު ފަދައެވެ. އަޒަލްއަށް ވީ ގޮތުން ހިނި އައިސްފައި ހުރި ޔައިލް ދެފަރާތަށް ބޯހޫރުވައިލަމުން، ސައިކަލު ދުއްވައިލިއެވެ. ޔައިލް ދިޔަ މަންޒަރު ބަލަން ހުރި އަޒަލް ވެސް ހީލާފައި ދެފަރާތަށް ބޯހޫރުވައިލަމުން، ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

އަޒަލް އަޅައަޅައި ހުރި ފިޔަވަޅުތައް ހުއްޓުނީ، ދެން އިވުނު އަޑަކުންނެވެ. ދެލޯ ބޮޑުވި އިރު، ނުތަނަވަސްވެފައިވީ ހިތަކާއެކު އަޒަލް އެނބުރި، މަގުމައްޗަށް ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އަޒަލްގެ ދެލޮލަށް ވަގުތުން ކަރުނަތައް ބޮނޑިވެގަތް އިރު، ދެއަތުން ރެއިލިންގައި ހިފައި ބާރުކޮށްލެވުނީ، ދެފައިން ވާގި ދޫވާހެން ހީވުމުންނެވެ.

“ޔައިލް..” އަޒަލްގެ ދެތުންފަތް ފޫއަޅުވައިލާފައި ޔައިލްގެ ނަން ނުކުތް އިރު، އެ ދެލޮލުގައި ގައިދުވެފައިވީ ކަރުނަތައް، އެސްފިޔަތައް ފޫއަޅުވައިލާފައި، ކޯތާފަތް މައްޗަށް މިނިވަން ވެއްޖެއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (49)

  1. Nina🤍

    Oh my god this is going crazy alhey yail ah kihinehtha e vee? Also next part kon irakun dhen submit kohleveynee? GOD I LOVE THISSSSS NAAYUUU KEEP IT UP VARAH SALHIIII 🩷

    1. Nayaa
      Nina🤍

      Yail ah vee gotheh ingeynii dhen next part kiyaaleema dhoo
      Next part dhenme submit kohlaifin
      Thank you so much darl ❤️

  2. 💋

    Anekkaa kihineh v baa yail ah
    Yail aa azal dhuru nukurahchey
    Mi part vc vrh reethi Masha Allah
    Keep it up

    1. Nayaa
      💋

      Next part ah wait kohlan jeheynii yail ah v gotheh hoadhan
      Thank you dear ❤️

  3. ❤️

    Alheyy what did js happened?
    Yail ah kameh nukurahche azz roane 😭
    Mi part ves vrh reethi
    Masha allah ❤️
    When is next episode?
    Waiting………

    1. Nayaa
      ❤️

      Thank youu ❤️
      Next part dhenme submit kohlaifin

  4. Azz

    OMG 😱 What did just Happen To Yail..
    Yail and Azz dhuru Nukurahcheyy.. pls Nayu 😭
    Kuree 2 part Kiyaafa adhi comment eh mi kollevuni..
    Mi Part vx varah varah reethi Masha Allah <33
    Story Nimen ulheythee varah dheravey 😭
    Curiously Waiting for Next part<33
    Lysm Nayu<3333

    1. Nayaa
      Azz

      Thank you darla ❤️
      Nayaa ves dhera vey story nimen ulheythii
      Lym ❤️

  5. Aalerrr

    Masha Allah mi part vx vrh reethi ❤️💯
    Alhe yail ah kihinehh evii😭😭
    When’s next part??
    Next part avahah up kohla dhehcheyy 🤍🕊️
    Curiously waiting for the next part 🙂✨
    Btw, vrh ufaavey konme dhuvahaku ves nayaa ge vaahaka kiyaalan libey thee😊🦋

    1. Nayaa
      Aalerrr

      Thank youu ❤️
      Next part dhenme submitted kohlaifin
      Awww that’s so sweet 🫂

  6. lam

    alhe yail ah kihineh tha vee😭
    yail ah gotheh nuhadhahchey nayoo
    curiously waiting for next part💗

    1. Nayaa
      lam

      dhen nayaa eh yail akah gotheh nuhadhaane ennu..hehe.. hurihaa kudhin ge favourite viyya yail akii
      dhenme submit kohlaifin ❤️

  7. gurrrrl

    Alhey yail ah kihineh vv pis pis heyonuvaane dhw faharaku kameh Mishima vanii naayoo when next part yail ah mi inthizaaru kuran ves dhathivehje yaillll i think he accident v hen noo noo 😭😭
    Btw mi part ves vrh reethi when next
    Ly can’t wait hama

    1. Nayaa
      gurrrrl

      asluves dho hama eh kameh nimey irah aneh kameh.. keeh kuraanii dhen dho
      Thank youu ❤️
      Lym ❤️

  8. Mar Yam

    Alhey yail ah kihineh veetha e. Dhn nayu im so curious 😭😭
    Pls azz and yail dhurunukurachey
    Cant wait to read the next part
    Avahah up kohdheeba nayuu
    Lysm nayuu ❤️ ❤️

    1. Nayaa
      Mar Yam

      dhen hingaa dho next part ah inthizaaruga kohlan yail ah vee gotheh hoadhan
      dhenme submitted kohlaifeemey dear
      lym ❤️

  9. Vampire girl

    Alheyyyyyyyyyyyy… yail maraa nulahcheyy…plzzzz…
    Dhn konirakun next part???
    Can’t wait for next part….
    Kihineii wait kuraany nayaa thi knme part eii vx ninmaalanee hiyy thalhuvaalaafa…
    Dhn anna bayah inthizaaru nukurevey kahala curious ending akun….

    1. Nayaa
      Vampire girl

      subuhanallah dhen hingaa dho yail maraa nulaa veythoa balamaa.. hehe
      Next part dhemme submit kohlaifin
      hehe ending curious kohleema ennu dhen anna episode kiyaa hiyy vaanii dho ❤️

  10. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Yail ah dhera gotheh nuhadhachey
    Yail and azal dhuru nukurachey
    Yaleen and shayaam ves
    Aaroo and zaul ves
    They all are made for each other
    Azal ah yail dheke loabi vevuni
    I appreciate your hard work
    Tc ❤️
    Haadha curious kohlaafa thi nimaaly
    Ly naayoo darling ❤️😚

    1. Nayaa
      Cutie girl

      Thank youu dear for this lovely comment❤️
      Lym ❤️

  11. Cutie girl

    And milaan heevey mihaaru yal men gulhen okay vaane hen

  12. Tabassum

    Alhey!
    Eh kamakah fahu aneh kameh!! Mihaar yail ah kihinehba evii… Accident??? 😶

    1. Mar Yam
      Tabassum

      Yh i also think accident v hen yail 😭😭

    2. Nayaa
      Tabassum

      Eh kamakah fahu aneh kameh veema ennu vaahaka akah vaanii.. hehe.. let’s see dho dhen ❤️

  13. A Bibliophile

    Nayaa I love ur stories. This is my first time commitment to a story in my entire life. Last 4 part kiyagen Roe roe dhelo faaruvegen gos kidney fail vejje.

    1. Nayaa
      A Bibliophile

      Awww that’s so sweet!! Thank you love ❤️

  14. girl_621

    Alhe nayyu vrh curious kohlaafa thi nimaalyy 😭😭
    Yail ah kihineh evee
    Kepp up the good work
    Ly<33

    1. Naaya hater 69
      girl_621

      Ehn tha hama ehaa curious tha 🙄
      Blk

    2. yana
      girl_621

      dhn nubalaa 😝

    3. Nayaa
      girl_621

      Thank you dear ❤️
      Lym ❤️

    4. Anonymous
      girl_621

      lol asluvx naseebeii nayaa ge hater ah nuvikan…
      Liyevey eiicheii ingigen comment kohbala dhw😅😅…
      Adhi maa velaafa eba comment kure eiinu….
      Reethi nuvihyaa keehkuran vaguthu huskohgen kiyanee….
      Amigla vagutheiinu thi beykaaru kurany 🤣🤣🤣🤣
      Thivaru ge bodu moya eii nudheken…..

    5. Anonymous
      girl_621

      Average esfiya glazer comeback

  15. Naaya hater 69

    Baa atolhuge naaya kalo

    1. Hooii
      Naaya hater 69

      Naaya ge hater dhw thi
      Naseebeh nayaa ge noonkan
      😭😂✌🏼

    2. leeshaa
      Naaya hater 69

      lol lolol so true @Hooii

  16. Anonymous

    Hooi gui lol hi

  17. Anonymous

    Nayaa glazers are crazy bro shi these chiggas

    1. Naala
      Anonymous

      So true her story isn’t that that good even got bored of it so fast #Nayaa hate

    2. Nayaa
      Anonymous

      Story kamu nudhaa iru ves story view kohlaafa adhi comment eh kohlan vaguthu kolheh heydha kohlevveethee shukuriyyaa.. adhi khiyaalu faalhu kohla dhevveethee ves shukuriyyaa ❤️

  18. Ghost girl 👻

    Nayaaa this is soo good I love this story kiyaa Nimey iru innaani amihla dhuniye therey garagu vefa ehaa ves furihama vrh loabivaa author eh thee nayaa🥰🥹

  19. Jum

    I think azal ge EX ge kameh henn… He said eynu azal ufaluga ulhunaka nudheynamey.. eyna dhuniyeyga huriyyaa

    1. Ghost girl 👻
      Jum

      Yeah jum me too feels the same

  20. Naaya's big fan

    Faadu kiyunmakii libey kuri erumeh! Faadu kiya miihun Kiya Kiya thibey! Kithanme hate kuriyas Eba jehey story kiyan riithi thw balan ves , evarun nufudhign comment ves kuran jehey!
    Hate kurangna naaya aa dhuruga huriima oky vaane!
    Eyrun story kiyaakah ves nujeheyne ehnu!!
    Hate kuraa miiheh dhuruga huriyyatha bolah vez faseyha vaanii…

    Haters kithanme varakah hate kuriyas we love her, we support her and we will… In shA Allah…

    1. Mar Yam
      Naaya's big fan

      Yes insha Allah we will
      We are biggest fans of Nayu dhw hama ❤️

    2. Anonymous
      Naaya's big fan

      Idk what you talking abt I’m a full time hater

    3. Bich
      Naaya's big fan

      Naya aa dhuruga hurey 🙄

  21. Nayaa’s big fan

    Ts isn’t even good not tuff💔💔

  22. Anonymous

    Naya fandom final bosses

    1. Bich
      Anonymous

      Fodi 4

Comments are closed.