Skip to content
އެސްފިޔަ

ތިޔަ ލޯތްބަށް އެދެވޭތީ… 37

އެވަގުތު ކައިރިން މީހަކު ޒާރާގެ ނަމުން ގޮވައިލި އަޑަށް ފަހަތް ބަލައިލެވުނު އިރު، އަފާން ހިނގާފައި އަންނަ ތަން ފެނުމާއި އެކު، ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޝަޔާމްއަށް ނަޒަރެއް ދެމުން އަފާން ވީ ގޮތް އަހައިލުމާއި އެކު، ޒާރާ ގޮނޑިން ތެދުވެފައި، އަފާން ގޮވައިގެން ދިޔައީ ތަންކޮޅެއް ދުރަށެވެ. ވީ ހުރިހައި ކަމެއް ޒާރާ އަފާންއަށް ކިޔައިދިނުމުން، ޝަޔާމްގެ ހާލަތާއި މެދުގައި އަފާން ވެސް ދެރަވިއެވެ.

“އަހަންނަކަށް ނޭނގެ އެ ކުއްޖާ ހިތްހަމަޖައްސައިދޭން ބުނާނެ އެއްޗެއް ވެސް.. ބަލާބަލަ އަޅެ އޭނަ އިން ގޮތް..” ޝަޔާމްއަށް ނަޒަރު ހުއްޓާލައިގެން ހުރެ ޒާރާ ބުނެލި އިރު، އެ އަޑުގައި ވަނީ މޮޅިވެރިކަމެވެ.

“ޔަލީންއަށް ގުޅަމާ..” ކުއްލިއަކަށް އަފާން ބުނެލި ވާހަކައިން ޒާރާއަށް ލިބުނީ ސިހުމެކެވެ.

“އޭރުން މިލާން ހިތްހަމައެއް ނުޖެހޭނެ.. އެއީ ރަނގަޅު ގޮތަކަށް ނުވާނެ..” ޒާރާ ބުނެލީ ވިސްނައިލާފައެވެ.

“މިލާން ހިތްހަމަ ޖެހުނަސް ނުޖެހުނަސް އަހަންނަށް ހެޔޮ! އަހަރުމެންނާ ޝިޔަލްއާ އޮތް މައްސަލައެއް ބާއްވާފަ އިހަށް އަހަރެމެންގެ ޔަލްގެ ޝަޔާމްއާ ދޭތެރޭގައި ވިސްނާލަބަލަ ޒާ.. އެ ހާލުގަ އެކަނި ބަހައްޓާކަށް ނުވެސް ވާނެ އެއްނު.. ކިރިޔާވެސް ޝަޔާމް ދެން ހިތްހަމަ ޖެހޭނީ ޔަލް ފެނުނީމަ.. އަހަރެމެން ކިތަންމެ ވާހަކައެއް ދެއްކިޔަސް އޭނަ ހަމައަކަށް ނޭޅޭނެ..” އަފާން ބުނި ވާހަކައާއި ދޭތެރޭގައި ޒާރާއަށް އިރުކޮޅެއް ވާންދެން ވިސްނައިލެވުނެވެ.

“އަހަރެން މި ގުޅަނީ އާރޫއަށް..” ފޯނު ނަގާފައި އާރާގެ ނަމްބަރަށް އަފާން ޑައިލް ކޮށްލިއެވެ. ވެގެން އުޅޭ ގޮތް ކުރު ގޮތަކަށް ކިޔައިދިނުމުން އާރާ އެބަ ދަން ކަމުގައި ބުނެފައި ފޯނު ކަނޑައިލިއެވެ. ފަހަތުން ޒައުލްގެ އަޑު ވެސް އިވުމުން، ޒައުލް ވެސް އަންނާނެތީ، އަފާން އިހުނަށްވުރެ ބޮޑަށް ހިތްހަމަ ޖެހުނެވެ.

އިރުކޮޅެއްގެ ތެރޭގައި ޒައުލް ހޮސްޕިޓަލަށް އައިއްސިއެވެ. ޔަލީން ގޮވައިގެން އާރާ އަންނާނޭ ކަމަށް އަފާން ގާތު ބުނެފައި، ޒައުލް ބަލައިލީ ޝަޔާމް އަށެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮޮސް ޝަޔާމް ކައިރީގައި އިށީނދެލާފައި، ޒައުލް ޝަޔާމްގެ ކޮނޑުގައި އަތް ޖައްސައިލަމުން ޝަޔާމްގެ ނަމުން ގޮވައިލިއެވެ. އެއާއެކު ޒައުލްއަށް ބަލައިލި ޝަޔާމްއަށް އަނެއްކާވެސް ރޮވުނީއެވެ.

“ހިތްވަރު ކުރޭ ޝަޔާމް.. އިންޝާﷲ ހުރިހައި ކަމެއް ވެސް ރަނގަޅު ވާނެ..” ޝަޔާމްގެ ގައިގައި ބައްދައިލަމުން ޒައުލް ޝަޔާމްއަށް ހިތްވަރު ދިނެވެ. ޒައުލްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ، ޝަޔާމް އިތުރަށް ރޮމުން ދިޔައީ، އެފަދަ ނާޒުކު ވަގުތެއްގައި މީހެއްގެ އޯގާތެރިކަން ލިބުމުން، ހިތަށް ކުރުވި ފުން އިހުސާސަކުންނެވެ.

*** ** ***

“ޔަލް..” ޔަލީންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އާރާ ގޮވައިލިއެވެ. އެތެރެއިން ވަންނާށޭ ބުނެލި އަޑު އިވުމުން އާރާ ކޮޓަރިތެރެއަށް ވަން އިރު އެނދުމަތީގައި ޔަލީން އިނީ ފޮތެއް ހިފައިގެންނެވެ. އަތްކުރު ޓީޝާޓަކާ ސޯޓެއް ލައިގެން އިނުމުން އާރާ އަަސްއަވަހަށް ޔަލީން ގާތު އެއްޗެހި ބަދަލު ކުރާށޭ ކިޔަން ފެށިއެވެ.

“ކީއް ކުރަންތަ ދެން..؟ އަހަރެން ނުވޭ އެއްވެސް ތަނަކަށް ދާހިތެއް..” ޔަލީންގެ ރާގުގައިވީ ފޫހި ކަމެވެ.

“ޝަޔާމް ކައިރިއަށް ވެސް ނުދާނަންތަ..؟” ދެން އާރާ ކޮށްލި ސުވާލުން ޔަލީންއަށް އާރާއަށް ބަލައިލެވުނީ ދެލޯ ބޮޑު ކޮށްލާފައެވެ.

“ޔަލް.. ވަގުތެއް ނެތް.. އަވަހަށް ޗޭންޖް ކޮށްލައިގެން ރެޑީ ވެބަލަ.. ޝަޔާމް ނީޑްސް ޔޫ ރައިޓް ނައު..” އަލަމާރިން ޔަލީންގެ ހެދުމެއް ނަގަމުން އާރާ ބުނެލިއެވެ. އެއާއެކު ބުނާނެ އެއްޗެއް ނޭނގި ގާވެފައި، ދެންވެސް ޔަލީން އިނީއެވެ.

“ޔަލް! ތި ތިހެން ނީނދެ އަވަސް ކޮށްބަލަ!” ޔަލީންގެ އަތަށް ދަމައިލަމުން އާރާ ބުނެލުމާއި އެކު ޔަލީނަށް ހޭވެރިކަން ވިއެވެ.

“އެކަމަކު ބައްޕަ..” ޔަލީން ބިރުގަތީ މިލާން ރުޅި އައިސްދާނެތީއެވެ.

“މިގަޑީގަ ގެޔަކު ނެތް އެކަކުވެސް.. އެހެންނޫނަސް ޔަލްގެ ބައްޕައަށް މިކަން އެނގުނަސް އަހަރެންގެ ބައްޕަ ބުނި ހުރިހާ ކަމެއް ހޭންޑްލް ކުރާނަމޭ.. ސޯ ޔަލް އެކަމާ ނުވިސްނާ.. ދެންވެސް އަވަހަށް ރެޑީވޭ!” އާރާ ބުނެލުމާއި އެކު ޔަލީން ވެސް ތައްޔާރުވާން ފެށިއެވެ. އެއްޗެހި ބަދަލުކޮށްގެން ދިހަ ވަރަކަށް މިނެޓު ތެރޭގައި ދެމީހުން ގެއިން ނުކުތް އިރު، އާރާ ގުޅައިގެން ގެނައި ޓެކްސީ ގޭ ކުރިމަތީގައި އޮތެވެ. ވަގުތުން ޓެކްސީއަށް އަރައިގެން ދިޔަ އިރު، ދެކުދިންގެ މަންޒިލަކަށް ވެފައި ވަނީ ކެއަރލޫޕް ހޮސްޕިޓަލެވެ. ދިޔަ މަގުމަތީގައި ކަންތައް ވެގެން އުޅޭ ގޮތް ކުރު ގޮތަކަށް އާރާ ޔަލީނަށް ކިޔައިދިނެވެ. އެއާއެކު ޔަލީން ވެސް އިންތިހާއަށް ދެރަވީ، މިވަގުތު ޝަޔާމް ވާނޭ ދެރަ ހިތަށް އަރާފައެވެ.

ކެއަރލޫޕް ހޮސްޕިޓަލަށް ދެވުމާއި އެކު، ދެމީހުން ވެސް އަވަސްވެގަތީ ޒައުލް ބުނި ތަނަށް ދިޔުމަށެވެ. ހާސްވެފައި ހުރި ޔަލީން އުޅެމުން ދިޔަލެއް ހަލުވި ކަމުން އާރާއަށް ދެންމެ ދެންމެ މީހުންގަނޑުގެ ތެރެއަށް ޔަލީން ގެއްލިދާނޭޔޭ ވެސް ހީވެއެވެ.

އީއާރު ކޮރިޑޯއަށް ދެވުމާއި އެކު، ޔަލީންގެ ފިޔަވަޅުތައް ކުއްލިއަކަށް މަޑު ޖެހުނީ ޝަޔާމް ފެނިފައެވެ. ދުވަސްކޮޅެއް ކޮށްލާފައި ޝަޔާމްގެ ސޫރަ ހަމަލޮލަށް ފެނުނު އިރު، ޝަޔާމްއަށް އައިސްފައިވާ ބަދަލުތަކުން ޔަލީންގެ ހިތުގައި ރިއްސައިލިއެވެ. ޒައުލްގެ ކައިރީގައި އިށީނދެ އިނދެ، އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލައިގެން އިން ޝަޔާމްގެ ދުޅަވެފައިވީ ދެލޮލުން އަދިވެސް ހުސް ނުވެ ކަރުނަ ފައިބަމުން ދިޔަ އިރު، އެ މަންޒަރުން ޔަލީންގެ ހިތަށް ތޫނު ތަދެއް އިހުސާސް ކުރެވުނެވެ. އިތުރަށް ކެތް ނުކުރެވުމުން، ޔަލީންއަށް ޝަޔާމްގެ ނަމުން ގޮވައިލެވުނު އިރު، އެއަޑު ވަނީ ކުރަކި ވެފައެވެ.

ދާދި ގާތުން އިވުނު މިޔުޒިކެއް ފަދަ ރީތި އަޑުން ޝަޔާމްއަށް އިސްއުފުލައިލެވުނީ، އެ އަޑު އޭނާއަށް އޮޅިފައި ނުވާތީއެވެ. ދިހަ ވަރަކަށް ފިޔަވަޅު ދުރުގައި ހުރި ޔަލީން ފެނިފައި ޝަޔާމްއަށް ވަގުތުން އިން ތަނުން ތެދުވެވުނެވެ. އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތިކިތަކުގެ ތެރެއިން ޔަލީންގެ ރީތި ސޫރަ އޭނާއަށް ފެނުނީ ފުސްކޮށެވެ. ދުރުގައި ގާތްގަނޑަކަށް މަހެއްހައި ދުވަސް ހޭދަވެފައިވީ އިރު، އެހައި ދުވަސް ކޮށްލާފައި އެ ހިތުގެ މަލިކާ ހަމަ ލޮލަށް ފެނިލުމުން ޝަޔާމްގެ ހިތުގައި ތަފާތު ވިންދެއް ޖަހައިލިއެވެ. އެހެނަސް ތަނާއި ވަގުތާއި ހާލަތުގެ ގޮތުން، ދެން ގެންނަންވީ ހަރަކާތެއް ނޭނގިފައި ޝަޔާމްއަށް ޔަލީންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ޝަޔާމް..” ވައި އަޑުން ޝަޔާމްގެ ނަން ކިޔައިލަމުން، ޔަލީން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޝަޔާމް ކުރިމަތީގައި ހުއްޓުނެވެ. އެހާ ގާތުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއި އެކު، ހިތަށް ކުރި އަސަރަކުން ޔަލީނަށް ކެތް ކުރަން އުނދަގޫ ވިއެވެ. ގެނައި ކުއްލި ހަރަކާތަކާ އެކު ޔަލީން ޝަޔާމްގެ ކަނދުރާގައި ދެއަތް ވަށައިލާފައި، އެ މޭތެރޭގައި މޫނު ފޮރުވައިލުމާއި އެކު، ޝަޔާމްގެ ދެލޮލުން ކަރުނަގަނޑު އޮހިގަތެވެ. ވަގުތުން އޭނާ ވެސް ޔަލީންގެ ގައިގައި ދެއަތް ވަށައިލަމުން، އެ ދެއަތުގެ ތެރޭގައި ޔަލީން ހައްޔަރު ކޮށްލިއެވެ. ޔަލީންގެ ކަނދުރާގައި މޫނު ފޮރުވައިލި އިރު، ޝަޔާމްއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

“ޔަލް.. އަހަރެން.. އަހަރެންގެ ބައްޕަ.. އަހަންނާ ހަދާ.. ބައްޕަ..” ޝަޔާމްއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ.

“ޝްޝް.. ޑޯންޓް ބްލޭމް ޔުއަރސެލްފް ލަވް.. އެއީ ޝަޔާމްއާ ހަދައި ވީ ކަމެއް ނޫނޭ.. އިންޝާﷲ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ..” ޝަޔާމްގެ އިސްތަށިގަނޑުގެ ތެރޭގައި އޭނާގެ ހިމަދިގު އިނގިލިތައް ހިންގައިލަމުން ޔަލީން ބުނެލިއެވެ. ޝަޔާމްގެ ހޫނު ކަރުނަތިކިތަކުން އެ ހިތް ވިރުވާލައިފިއެވެ. ޝަޔާމްގެ ހިތާމައިގެ ބުރަދަން އުފުލަން އެ ހިތަށް ޖައްސައިފިއެވެ.

ޔަލީންގެ މަސައްކަތުން އިރުކޮޅަކުން ޝަޔާމް ހަމައަކަށް އެޅުނު އިރު، އަދިވެސް ޝަޔާމް ހުރީ ނެގިމަޑުވެފައެވެ. ޝަޔާމްއަށް ހިތްވަރުގެ ދެތިން ބަހެއް ބުނެލާފައި ޒާރާ އާއި އަފާން އެތަނުން ދިޔުމުން، އެތަނުގައި ޝަޔާމް އާއި ޔަލީންގެ އިތުރުން ދެން ތިބީ އާރާ އާއި ޒައުލްއެވެ. ހަތަރު މީހުން ވެސް ގޮނޑި ބަރީގައި އިށީނދެގެން ތިބީ، ޝިޔަލްއަށް ފަރުވާ ކުރަމުން ދިޔަ ޑަކުޓަރުންގެ ޓީމުގެ ފަރާތުން އިޝާރާތެއް ވޭތޯއެވެ.

“ޕޭޝަންޓްގެ އާއިލާގެ ބޭފުޅެއް..” އިރުކޮޅެއް ފަހުން އީއާރުން ނުކުތް ޑަކުޓަރަކު ގޮވައިލުމާއި އެކު، ޝަޔާމް ވަގުތުން ތެދުވިއެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޑަކުޓަރުގެ ކުރިމަތީގައި ހުއްޓިފައި، ބައްޕަ ކިހިނެއްތޯ އަހައިިލި އިރު، އެ އަޑު ވަނީ ކުރެހިފައެވެ.

“ވީ އާރ ޓްރައިން އަވަރ ބެސްޓް.. އެކަމަކު އަދިވެސް ވަރަށް ކްރިޓިކަލް.. ހިތްވަރު ކުރޭ.. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ދުޢާ ކުރުން.. އިޖާބަ ކުރައްވާނީ އެފަރާތުން..” ޝަޔާމްގެ ކޮނޑުގައި އަތް ބާއްވައިލަމުން ޑަކުޓަރު ބުނެލިއެވެ.

“މިވަގުތު ބޭނުން ނަމަ ބައްދަލު ކޮށްލެވޭނެ.. އެކަމަކު އެއް ބޭފުޅަކަށް ވަދެވޭނީ..” ޑަކުޓަރު ބުނުމާއި އެކު ޝަޔާމް ވަގުތުން އޭނާ ވަންނަން ބޭނުންވާ ވާހަކަ ބުނެލިއެވެ.

ޑަކުޓަރުގެ ފަހަތުން ޝިޔަލް ބާއްވާފައި އޮތް ރޫމަށް ވަން އިރު، ޝަޔާމްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެނދުމަތީގައި އޮތް ބައްޕަގެ ނިކަމެތި ހަށިގަނޑުގެ އެތަން މިތަނަށް ހޮޅިތަކެއް ގުޅާފައިވާ އިރު، މެޝިންތަކުން އިވެމުން ދިޔަ “ބީޕް”ގެ އަޑުން ޝަޔާމްގެ ނަފްސުގެ ހަމަޖެހުން ނަގާލައިފިއެވެ. ބައްޕަ އޮތް ގޮތުން އެކަނިވެސް، އެ ހަށިގަނޑުގައި މިވަގުތު އެތައް ވޭނެއް އަޅާނޭކަން ޝަޔާމްއަށް އެނގެއެވެ. އެ ހިތަށް އެހައި ތަދުވީ އެހެންވެއެވެ. ބައްޕަ އެ ހާލުގައި އޮންނަ ތަން ބަލަން ޝަޔާމްގެ ހިތަށް ކެތް ނުވަނީއެވެ.

“ދަރިފުޅާ..” އުނދަގޫ ގޮތަކަށް ޝަޔާމްއަށް އަތް ދިއްކޮށްލަމުން ޝިޔަލް ގޮވައިލުމާއި އެކު، ޝަޔާމް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޝަޔާމްގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

“ބައްޕާ.. އަޅުގަނޑަށް މަޢާފު ކުރޭ.. އަޅުގަނޑާ ހަދައި ބައްޕަ މިއަދު..” ޝަޔާމްއަސް އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވި، ގިސްލެވެން ފެށުނެވެ.

“ނޫން ދަރިފުޅާ.. މީ ދަރިފުޅުގެ ކުށެއް ނޫން.. އަމިއްލަ ނަފްސު.. ކުށްވެރި ނުކުރޭ.. ދަރިފުޅާ.. ބައްޕައަށް.. ހަމަ އެންމެ ކަމެއް ކޮށްދީ.. ބައްޕައާ މެދުގައި.. ދަރިފުޅުގެ ހިތް ސާފުކޮށްދީ.. ބައްޕައަށް މަޢާފު ކޮށްދީ.. އޭރުން.. ބައްޕަ މި ދުނިޔެއިން.. ދާނީ ވެސް.. އުފަލުން ހުރެ..” ހުއްޓަހއްޓައިގެން ވިޔަސް ޝިޔަލް އޭނާގެ ވާހަކަ ފުރިހަމަ ކުރުމުން. ޝަޔާމް އިތުރަށް ހިތްދަތި ވިއެވެ.

“ނޫން ބައްޕާ.. ޕްލީޒް.. ތިހެން ނުބުނޭ.. އިރާދަކުރެއްވިއްޔާ ބައްޕަ އަދި މަރެއް ނުވާނެ.. ބައްޕާ.. އަޅުގަނޑު ދޫކޮށްލާފަ ނުދޭ.. ބައްޕައާ ނުލައި އަޅުގަނޑު ކިހިނެއް އުޅޭނީ..؟” ޝިޔަލްގެ އަތް ގެނެސް އޭނާގެ މޫނުގައި ޖައްސައިލަމުން ޝަޔާމް ބުނެލި އިރު އެ އަޑު ވަނީ ކުރެހިފައެވެ.

“ދަރިފުޅާ… މަރަކީ ކޮންމެ އިންސާނަކު ވެސް ތަހައްމަލު ކުރަން ޖެހޭނެ ކަމެއް.. އެކަކަށް ވެސް މަރެއް ނުހުއްޓުވޭނެ.. ބައްޕައާ ނުލައި ވެސް ދަރިފުޅަށް މިއަދު އުޅެވޭނެ.. އެ ހަރުދަނާކަމާ ޤާބިލުކަން ދަރިފުޅުގެ ކިބައިގައި އެބަހުރި.. ބައްޕަ މި ދުނިޔެ ދޫކޮށް ދިޔަޔަސް ދަރިފުޅު ކެތް ކުރައްޗޭ.. ބައްޕަ ދަސްކޮށްދިން ހުރިހާ ކަމެއްގަ ހިފައްޗޭ.. ދުވަހަކުވެސް ނުބައި މަގަކުން ނުދައްޗޭ.. އަބަދުވެސް ބައްޕައަށް ހެޔޮ ދުޢާ ކޮށްދެއްޗޭ..” އެންމެ ފަހުގެ ނަސޭހަތެއްގެ ގޮތުން ޝިޔަލް ބުނެލި ވާހަކަތަކުން ޝަޔާމްގެ ހިތް އިތުރަށް ކުދިކުދީ ފަދައެވެ.

“ބައްޕާ.. ބައްޕަ ދެކެ އަޅުގަނޑު ވަރަށް ލޯބިވޭ.. އަޅުގަނޑަށް ބުނެވުނު ހުރިހާ އެއްޗަކަށް އަޅުގަނޑަށް މަޢާފު ކޮށްދެއްޗޭ..” ހިތް ކުދިކުދިވަމުން ދިޔަ ޙާލުގައިވެސް ޝަޔާމް ދަރިއެއްގެ ވާޖިބު އަދާކުރުމަށް ހަނދާން ނައްތައެއް ނުލައެވެ.

“ބައްޕަގެ ހިތް އަބަދުވެސް ދަރިފުޅާ މެދު ސާފު ވާނެ.. ދަރިފުޅު ވެސް ބައްޕައަށް.. މަޢާފު ކޮށްދެއްޗޭ.. މާޒީގައި ބައްޕައަށް ކުރެވުނު ކުށެއްގެ ސަބަބުން.. ދަރިފުޅުގެ ޙަޔާތް ވެސް އަނދަވަޅަކަށް ވައްޓައިލެވިއްޖެ..” ޝިޔަލް ވާހަކަ ދައްކަމުން ދިޔައީ ނުހަނު އުނދަގުލުންނެވެ.

“ބައްޕަ ދުވަހަކުވެސް އަޅުގަނޑުގެ ކިބައިން މަޢާފަށް އެދޭކަށް ނުޖެހޭނެ.. ބައްޕާ.. މަންމައަކާ ނުލައި މއިަދު އަޅުގަނޑު މިވަރު ކޮށްދިނީތީ ބައްޕައަށް ޝުކުރިއްޔާ.. ބައްޕަ ދެކެ އަޅުގަނޑު ވަރަށް ލޯބިވޭ..” ޝަޔާމްގެ ލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް، އޭނާގެ މޫނުގައި ޖައްސައިލެވިފައިވީ ޝިޔަލްގެ އަތުތެރެއަށް ވިރެމުން ދިޔައެވެ.

“ބައްޕަ ވަރަށް އުފާވެއްޖެ.. ދަރިފުޅުގެ ހިތް.. ބައްޕައާ މެދުގައި ސާފުކަން އެނގުނީމަ.. ބައްޕަ ވެސް ދަރިފުޅު ދެކެ ވަރަށް ވަރަށް ލޯބިވޭ.. ބައްޕަ ނެތް ދުނިޔެއެއްގައި ވެސް ދަރިފުޅު ރަނގަޅަށް އުޅެއްޗޭ.. ދަރިފުޅާ.. ޔަލީންގެ މަންމައާއި ބައްޕަ.. ދަރިފުޅާ ޔަލީންގެ ގުޅުމަށް އާނބަސް ދީފި ނަމަ.. ޔަލީންއާ ގުޅެއްޗޭ.. ފަހަރެއްގައި ވެސް ބައްޕައަށް ކުރެވުނު ކަމުގެ ސަބަބުން.. ދަރިފުޅު ލަދުގަނެ.. ޔަލީންއާ ގުޅެން ނުކެރިފައި ނުހުންނައްޗޭ.. އިނގޭ..؟” ޝިޔަލްއަށް އެހައި ހިސާބަށް ބުނެވުނު ތަނާ، މެޝިންތަކުގެ އަޑު ބާރުވިއެވެ. އެއާއެކު ޝިޔަލްގެ ނޭވާ ވެސް އަވަސް ވެގެން ދިޔުމާއި އެކު، ޝަޔާމްގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދަތުރު ކޮށްލިއެވެ.

“އިހަށް ބޭރަށް ވަޑައިގަންނަވާ..” ނަރުސް ކުއްޖަކު އައިސް ބުނުމާއި އެކީ ޝަޔާމް ވަގުތުން ދެފަރާތަށް ބޯ ހުރުވައިލާފައި ދެކޮޅު ހެދިއެވެ. ބައްޕަ އެ ޙާލުގައި އޮއްވައި ފަޅި ސިކުންތަކަށް ވެސް ލޯ ކުރިމަތިން ބައްޕަގެ ސޫރަ ގެއްލުމަކީ ޝަޔާމްއަށް ބަރުދާސްތު ކުރެވޭނޭ ކަމެއް ނޫނެވެ.

“ބައްލަވާ.. އަޅުގަނޑުމެންނަށް ޕޭޝަންޓް ސަލާމަތް ކުރެވޭނީ ތިބޭފުޅާގެ އެއްބާރުލުން ލިިބިގެން.. އެހެންވީމަ އަވަހަށް ބޭރަށް ވަޑައިގަންނަވާ..” ނަރުސް ކުއްޖާ ތަކުރާރު ކޮށްލުމާއި އެކު، މަޖުބޫރުވެފައިވީ މީހެއް ފަދައިން ޝިޔަލްއަށް ނަޒަރެއް ދިނުމަށް ފަހު، ޝަޔާމް އެތަނުން ނުކުތް އިރު، އެ ފިޔަވަޅުތައް ވަނީ ބަރުވެފައެވެ.

“ޝަޔާމް.. ކިހިނެއް ވަނީ.. ބައްޕަ ރަނގަޅުތަ..؟” ޝަޔާމް ނުކުތުމާއި އެކު، ޔަލީން އަވަސްއަވަހަށް ޝަޔާމްގެ އަތުގައި ހިފައިލަމުން އެއްސެވެ. އެއާއެކު ޖަވާބެއް ދޭން އަނގަ ހުޅުވައިލި ނަމަވެސް، ޝަޔާމްގެ ދޫ ހަރަކާތެއް ނުކުރިއެވެ. ޔަލީންގެ ސުވާލަށް ޖަވާބު ދިނީ، ޝަޔާމްގެ އެސްފިޔަތައް ފޫއަޅުވައިލާފައި ކޯތާފަތުގައި ބޮސްދޭން ފެށި ކަރުނަތިކި ތަކުންނެވެ.

“ޝަޔާމް.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅު ވާނެ.. ހާސްނުވޭ..” ޝަޔާމްގެ ބުރަކަށީގައި ފިރުމައިލަމުން ޒައުލް ވެސް ބެލީ ޝަޔާމްއަށް ހިތްވަރު ދެވޭތޯއެވެ. އެހެނަސް، އެކެއްގެ ބަހުން ވެސް ޝަޔާމްގެ ހިތަށް ތަސައްލީއެއް ނުލިބުނު ތާނގައި، އޭނާގެ އުންމީދުގެ ހުޅުކޮޅު ވެސް ދިޔައީ ކަނިވަމުންނެވެ.

ފަނަރަވަރަކަށް މިނެޓު ފަހުން ޑަކުޓަރު ނުކުތުމާއި އެކު، އެންމެންނަށް އެއްކޮށް އެދިމާއަށް ދެވުނެވެ. ބައްޕަ ކިހިނެއްތޯ އަވަސްވެފައިވީ ހިތަކާއި އެކު ޝަޔާމްއަށް އަހައިލެވުނު އިރު، ޑަކުޓަރުގެ މޫނުމަތީގައިވީ އަސަރުތަކުން، މާ ކުރިން ވެސް އެ ހިތް މާޔޫސް ވެއްޖެއެވެ. ލިބޭނެ ޖަވާބަކީ ކޮބައިކަން އެނގޭ އިރުވެސް، އެގޮތަށް ކަންތައް ނުވޭތޯ ހިތާހިތުން ދުޢާ ކުރެވުނީ، ބައްޕަ ބޭނުންވާލެއް ބޮޑު ކަމުންނެވެ. އެ ބައްޕަ އަތުން ބީވެގެން ދާން އެ ހިތް ނޭދޭ ވަރުންނެވެ. މުޅި ޢުމުރަށް ބައްޕަ ވަކި ވުމުގެ އެންމެ ޚިޔާލަކުން ވެސް، އެ ހިތް މުޅީން ކުދިކުދި ވާތީއެވެ.

“އައިމް ސޮރީ.. ވީ ޓްރައިޑް އަވަރ ބެސްޓް.. ބަޓް ހީޒް ނޯ މޯރ..” ޑަކުޓަރުގެ ދުލުން އިވުނު ލަފްޒުތަކާ އެކީ ޝަޔާމްއަށް ދެކަކޫ މައްޗަށް ތިރިވެވުނު އިރު، އެ ހިތް ކުދިކުދި ވެއްޖެއެވެ. އެ ޖުމުލަތައް އިވުމުގެ ކުރިން ކަންފަތުގެ އިވުން ގެންދެވި ނަމައޭ ވެސް ޝަޔާމްގެ ހިތަށް އެރި ހިތަށް އަދަދު ވެސް ނޭނގެއެވެ.

ޝަޔާމްއަށް ވީ ގޮތް ބަލަން ތިބި ޔަލީންގެ އިތުރުން ޒައުލް އާއި އާރާގެ ހިތުގައި ވެސް ހަމްދަރުދީ އުފެދުނީ އިންތިހާއަށެވެ. ވަކިން ޚާއްސަކޮށް އެންމެ ލޯބިވާ ފަރާތް އެވަރުގެ ބޮޑު ހިތާމައެއް ކަޑައްތު ކުރާތަން ބެލުން، ޔަލީންއަށް ކުޅަދާނައެއް ނުވިއެވެ. ޝަޔާމްގެ ޙާލަތު ދެކެން ހުރި ޔަލީންގެ ދެލޮލުގައި އިސާހިތަކު ކަރުނައިގެ މުތީތައް ވިދަން ފެށި އިރު، އެ ހިތް އެކުގައި ފިސްފިސްވެގެން ދިޔަ ފަދަ ދިލަ ތަދެއް އިހުސާސް ކުރެވުނެވެ.

“ޝަޔާމް..” ޝަޔާމްގެ ކައިރީގައި އެއްފައި މައްޗަށް އިށީންނަމުން ޔަލީން ގޮވައިލި އިރު، އެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. ޔަލީންގެ އަޑު ކަންފަތުގައި ހަމަ ޖެހުމާއި އެކު، ޝަޔާމް ޔަލީންގެ ގައިގައި އޮޅުލައިގަނެފިއެވެ. އިސާހިތަކު ޝަޔާމްގެ ހޫނު ކަރުނަތިކިތަކުން ޔަލީންގެ ކަނދުރާ މަތިން ބުރުގާ ތެމެމުން ދިޔަ އިރު، ޝަޔާމްގެ ގިސްލުމުގެ އަޑު ވެސް ބާރުވިއެވެ. ޝަޔާމް މަސަލަސް ކުރަން ބުނާނެ އެއްޗެއް، ކޮށްދޭނެ ކަމެއް ނުވިސްނިފައި އިން ޔަލީން އެ އިން ގޮތަށް އިނދެ، ޝަޔާމްގެ ބޮލުގައި ފިރުމަމުން ދިޔައެވެ. ޝަޔާމްގެ ހިތާމަތައް ލުއިކޮށްދޭން ކޮށްދެވޭނޭ އެއްވެސް ކަމެއް ނެތޭ ހިތަށް އެރުމުން ޔަލީންއަށް އަމިއްލަ ނަފްސު ދެކެ ވެސް ރުޅި އާދެވުނެވެ.

ކައިރީގައި ހުރި އާރާ ވެސް ރޮވިފައި ހުރި ޒައުލްގެ ގައިގައި ލައްވެލި އިރު، ޝަޔާމްގެ ހާލާއި މެދުގައި އާރާ ވެސް ދެރަވިއެވެ. ޒައުލް ވެސް އާރާގެ ހަށިގަނޑުގައި އަތް ވަށައިލި އިރު، ގިސްލަގިސްލާފައި ރޮމުން ދިޔަ ޝަޔާމް ފެނި، އެ ހިތަށް ނުހަނު އަސަރު ކުރިއެވެ. ވަކިން ޚާއްސަކޮށް ޝަޔާމް ފަދަ ހިތްވަރު ގަދަ ފިރިހެނަކު އެގޮތަށް ނިކަމެތިވެފައި ރޮމުން ދިޔުމުން، ދެމީހުންގެ ހިތް ވެސް ކޮށެވިގެން ދިޔަ ފަދައެވެ.

*** ** ***

“ކީކޭ؟!” އަފާން ބުނެލި ވާހަކައިން މިިލާންއަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާގެ އަަޑު އެހައި ބާރަށް ނުކުތީ އެހެންވެއެވެ.

“ހަމަ އަސްލުވެސް ޝިޔަލް ނިޔާވީތަ..؟ ކިހިނެއް..؟” ގޮނޑިން ތެދުވަމުން މިލާން އަހައިލި އިރު އެ ނިތަށް ރޫތައް ގިނަވެފައި ވެއެވެ.

“ހާޓް އެޓޭކެއް ޖެހިގެން.. މިލާން.. ޝަޔާމް އެކަނިމައިއެކަނި އޭނާގެ ބައްޕަގެ މަރުގެ ޚަބަރު ލިބުމުން އިހުސާސް ކުރެވުނު ވޭން ތަހައްމަލް ކުރަމުން އެ ދަނީ.. އޭނާއަށް ހިތްވަރުދީ، އަޅައިލާނެ މީހަކު ނެތް.. އަހަންނާ ޒާރާއާ ވާހަކަ ދައްކައިގެން ވެސް އޭނަ ހަމައަކަށް ނޭޅުނު.. ދެން އެހެންވެ އަހަރެން ޔަލް ގެނައީ..” އަފާން ބުނެލި ވާހަކައިން މިލާންގެ މޫނަށް ވެރިވި ކުލަވަރު ތަފާތު ވެލިއެވެ.

“އަހަންނަށް އެނގޭ މިލާން ހިތްހަމަ ނުޖެހޭނެކަން ވެސް.. އެކަމަކު ޝަޔާމް ކިރިޔާ ވެސް ހަމައަކަށް އެޅުނީ ޔަލް ގެނެސްގެން.. ޝިޔަލްގެ ޖަނާޒާގެ ކަންތައް ނިމެން ދެން ޝަޔާމް ކައިރީ ޔަލް ބަހައްޓައިލަދީ..” އަފާން އެދުމާއި އެކު، މިލާން ފުން ނޭވާއެއް ދޫކޮށްލަމުން ފޯނު ކަނޑައިލިއެވެ. ކަންތައްތައް ވެގެން ދާލެއް އަވަސް ކަމުން، ފުރަތަމަ އޭނާ ވެސް ޖެހުނީ ހުރިހައި ކަމަކާ ދޭތެރޭ ފުންކޮށް ވިސްނައިލާށެވެ.

ފަނަރަވަރަކަށް މިނެޓު ފަހުން މިލާން ސައިކަލުގެ ތަޅުދަނޑި ހިފައިގެން އޮފީހުން ނުކުތީ ގެއަށް ދިޔުމަށެވެ. ޔައިނާގެ އޮފް ދުވަހެއް ކަމުން މިއަދު ޔައިނާ ގޭގައި އުޅޭނޭ ކަން އޭނާއަށް އެނގެއެވެ.

ގެއަށް ދެވުމާއި އެކު، ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރަމުން މިލާން ގޮސް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު އަލަމާރިތެރެ ތަރުތީބު ކުރަން ހުރި ޔައިނާ ފެނިފައި މިލާން ޔައިނާއަށް ގޮވައިލިއެވެ. ހިނިތުންވެލާފައި ޔައިނާ ކިހިނެއްވީތޯ އަހައިލުމުން މިލާނަށް ހިންދިރުވައިލެވުނެވެ.

“ޝިޔަލް.. ޝިޔަލް ނިޔާވެއްޖެ..” މިލާން ބުނެލި ވާހަކައިން ޔައިނާގެ އަތުގައި ފަތް ޖަހާފައި ހުރި ޓީޝާޓުތައް އަތުން ދޫވިއެވެ. ދެލޯ ބޮޑުކޮށްލެވުނު އިރު، ހަމަ އަސްލުވެސް ހެއްޔޭ އަހައިލެވުނީ އެ ވާހަކަ ގަބޫލު ކުރަން އުނދަގޫ ވުމުންނެވެ.

“ހޫމް.. ހާޓްއެޓޭކެއް ޖެހިގެންނޯ.. ދާދި ދެންމެއަކު ނިޔާވީ..” އެނދުމަތީގައި އިށީންނަމުން މިލާން ހަވާބު ދިން އިރު އެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ ނުތަނަވަސް ކަމެވެ.

“ޝަޔާމް.. ޝަޔާމް ކޮބާ..؟ އޭނަ ރަނގަޅުތަ..؟” ދެން ޔައިނާ ކޮށްލި ސުވާލުން މިލާންއަށް ޔައިނާގެ ދެލޮލަށް ބަލައިލެވުނެވެ. ޒާރާ އާއި އަފާންއެކޭ އެއްފަދައިން، މިފަދަ ވަގުތެއްގައި ޔައިނާގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ޝަޔާމް ވެގެން ދިޔުމަކީ، އެ ހިތުގައި ޝަޔާމްއަށް ދެވިފައިވާ ލޯތްބާއި ކުލުނު ސާބިތު ކޮށްދޭ ހެއްކެއް ކަން މިލާނަށް ޔަގީން ވިއެވެ.

“މިލާން.. ޝަޔާމް.. އެ ކުއްޖާ ފަކީރު ހާދަ ދެރަވާނެޔޭ.. އޭނަ އެކަނި ހުރިހާ ކަމަކާ އުޅެން ޖެހޭނީ.. އިތުރު މީހަކު ހުންނާނީކީ ވެސް ނޫން..” ޝަޔާމްގެ ޙާލަތާއި މެދު ވިސްނަމުން ދިޔަ ޔައިނާގެ ދެލޯ އިސާހިތަކު ފެންކަޅި ވެއްޖެއެވެ.

“އަފާންއާ ޒާ އެބަ އުޅެ ޖަނާޒާގެ ކަންތަކުގަ.. ޒައުލްއާ އާރޫ އެބަ ތިބި ޝަޔާމް ކައިރި.. ދެން.. ޔަލް ވެސް..” މިލާން އެންމެ ފަހުން ބުނެލި ވާހަކައިން ޔައިނާއަށް މިލާންއާ ދިމާއަށް ބަލައިލެވުނީ ގަބޫލު ނުކުރެވިފައި ހުރެއެވެ. ޔަލީން އެތަނަށް ދިޔުމަށް މިލާން ހުއްދަ ދޭނެހެން ޔައިނާއަށް ހީވެފައި ނުވާތީއެވެ.

“އާރޫ މިގެއަށް އައިސް ޔަލް ގެންދިޔައީ.. އަފާން ދެންމެ އަހަންނަށް ގުޅާފަ ބުނީ.. މަށަށް ޔަގީން މި ޚަބަރު ލިބޭ އިރަށް ޔައިލްއާ އަޒް ވެސް ދާނެކަން..” މިލާން ހީވީ ޔައިނާގެ ހިތުގައި އޮތް ސުވާލު އެނގިގެން ޖަވާބު ދިންހެންނެވެ.

“އަހަރެން ވެސް ބޭނުން ދާން..” ހިނދުކޮޅެއްގެ ހިމޭން ކަމަކަށް ފަހު ޔައިނާ ބުނެލުމުން މިލާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޝިޔަލްގެ މޫނު ދެކެން ވެސް ޔައިނާ ބޭނުން ނުވާނެޔޭ އޭނާ ހީކުރުމަށް ފަހު، ކަންތައް ވަމުން މި ދާ ގޮތުން މިލާން އަންތަރީސް ވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (39)

  1. lam

    mi part ves hama varah reethi
    curiously waiting for next part😭😭

    1. Nayaa
      lam

      thank you dear <3
      next part liye nimifa inii.. thi kudhin buniima hama submit kohlan ready ga inii hehe

  2. Anonymous

    Mi part vx varah varah reethi….
    Alhey haadha sad ey dhw😭😭😭😭😭
    Dhn milaan vx rulhi nais hama jehilaigen visnan vehje eii nu 😭😭😭😭
    When next??

    1. Nayaa
      Anonymous

      thank you dear <3
      yeahh shayaam ah v goiy varah dhera dho
      next part hama thi kudhin buneli irakun upload kuran ready ga inii hehe

  3. Reem

    Nayaa darling.. Alhey shayaam haadha dhera vaane ey dho. Mi part kiyaafa Aslah vee hama rovijje. I feel really sorry for shayaam. Anyways mi part ves varah reethi.
    Waiting for next part. Good luck and lots of love

    1. Nayaa
      Reem

      labba reem darlingg
      shayaam ah v goiy asluves vrh dhera dho.. nayaa ves varah dhera vey
      more nd more love dear<33

  4. Tabassum

    💔💔💔💔

  5. Aalerrr

    Masha Allah mi part vx vrh reethi
    When’s next part?
    Curiously waiting for the next part

    1. Nayaa
      Aalerrr

      thank you dear <33
      next part ves hama nimifa inii.. i just finished writing the entire story today.. so dhen hama hurihaa part eh ekee ves submit kohlan vii hama.. hehe 😉

    2. Anonymous
      Aalerrr

      Next part please 🥺🥺🥺

  6. lam

    you wrote the entire story???😭😭😭😭😭
    OMG IM SO SO CURIOUSSS
    LY NAYAA FOR THE HARD WORK💕

    1. Nayaa
      lam

      labba i just got done with writing the enitre story.. mihaaru mi kuh filuvaafa edit kuranii
      aww hehe ilym for all the support <333

  7. Aara

    When’s next part……can u upload next part mirey
    Ly❤️

    1. Nayaa
      Aara

      thank you aara <3
      next part mirey thankolheh las kohlaafa submit kohlaanan inge.. maa avas avahah hurihaa part thakeh kiyan libenyyaa thi kudhin foosseh nuvaane tha? hehe
      lym <33

  8. gurrrrl

    Alhey next part puleex shayaam haadha dhera eh vaane gurrrl ah ves rovihjje hama hehe
    When next part can’t wait hama

    1. Nayaa
      gurrrrl

      next part mirey thankolheh dhan kohlaafa submit kuran kamah mi ulhenii

  9. Its just me

    Alheyh hih Bali kamun vx dhw hama rovijje 😭v reethi mi part vx ♥️ when next..

    1. Nayaa
      Its just me

      mihaa hiyybali kudhin story kiyanyyaa dhen story kudakoh happy kohlan vii kanneynge dho.. hehe.. thank you darl <3
      mirey submit kohlaanan <3

  10. girl_621

    Mi part vx vrh reethi
    Dhn milaan vx visnan vehjehnu dho
    Btw i haven’t commented on this story for a while sorryy..
    Can’t wait for the next part
    Avahah submit kohla dhechey
    Ily nayyu ❤️🙂

    1. Nayaa
      girl_621

      thank you darla <33
      oh no its totally okay comment nukuriyas story kiyaalanyyaa hama i'll be very happy
      ilym <3

  11. Cutie girl

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Shayaam dhera vaane hithah araafa rovijje 😭
    Yal ge support beynun vaani mivaguthu shayaam ah
    Yal and shayaam dhuru nukurachey
    Azal and yail ves
    Aaroo and zaul ves
    They all are made for each other
    Milaan ge visnun badhalu vedhaane
    Shayaam don’t blame yourself
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Tc ❤️😘
    Ly naayoo darling ❤️😚

    1. Nayaa
      Cutie girl

      thank you so much darala <3
      means a lot <333
      lym <333

  12. Naksu ⚡

    Mi vhk kiyan kaaku tha foohi vaany naayu.
    Ehaaa ves furihama.
    Vhk ge inthizaarge kandakah mi funmaalii 😅😅😅

    1. Nayaa
      Naksu ⚡

      aww alheyy you guys keep spoiling meeeee!!
      tyssssmm dearr <33
      alheyy ahaha kanduga gharagu vegen thiyumuge kurin next part submit kohlany mi ingey.. hehe

  13. Her/she

    It’s amazing.. Masha Allah you r sooo talented, Nayaa… Your stories are Hama varah reethi, and you know how to grab your readers attention.. It’s hama perfect…
    Btw gurl, do you use insta? If you do, what’s your insta id?

    1. Nayaa
      Her/she

      awww tysm darl <333
      alheyy this is si sweet <3
      why dont you gimme ur insta..? eyrun i'll drop a follow!

  14. Vaahaka moya

    Beynun mihaarun mihaarah vx story kiyan….
    Yes nayaa avas avahah kiyan libunyma foohseii nuvey… vany ufaa…
    Ehn nu vaany i’m Crazy with stories…
    Kiriyaa mi faharu vx phone suspend nuve mihury😂😂😂
    Manma buny midhiya term test ge eii maahdhaa in viyas fail vehjehyaa athulaanamoa 😂😂😂😂
    Kurin filaavalhu dhas nukoh hamaa vaahaka kee…
    Enme fahun test feshen hafthaa akah v ma filaavalhu dhas kuran feshee….
    Naseebakun hurihaa maadhas akun faasvi 🤣🤣
    Ingey thr friends vx abadhu thiulheny fictional world ga ey… real life ah aadhe balaashey….
    Ehnu vaany boy eiige vaahaka dhehkiyas dhahkaanee vaahaka thakuga ulhey boy kahala kudhinge vaahaka🤣 🤣🤣🤣🤣
    Dhn enme fahun e meehuna dhimaalah bunevuny meehakaa innan rankiyas ran kiyaany vaahaka fothashey🤣🤣🤣🤣🤣🤣
    Maa comment dhigu veheje dhw🤣🤣🤣
    Dhn hurihaa part eii ehfaharaa submit kohlan v nu??
    I’m waiting curiously 😂😂😂

    1. Nayaa
      Vaahaka moya

      awww hehe.. dhen ekam studies ah ves focus kuran vaane ennu.. nayaa ah ves gina faharah vanii hama thikahala gotheh.. ekm mhr imrrove kureveythoa mi ulhenii hehe
      hehe hurihaa parts eh ekkoh submit kohliima kamaku nudhaane ennu.. nayaa ehaa bura masakkatheh kuriima dhen readers ves vaane kudakuda inthizaareh kohlan 😉 konme dhuvahaku 2 episodes veema okay tha? hehe
      thanks <33

  15. Anonymous

    Hey naayu …
    Are you participating Dhivehi raajeyge adun genna kuru vaahaka mubaaraaii ga???
    BTW story ehkoh submit kohdheyn v nu???

    1. Nayaa
      Anonymous

      heyy
      labba yes i did mifaharu.. mihaaru radio in adu ves ivvaifi.. mamma kiyaa varun baiveri v aslu baiveri nuvaan hurefa ves hehe.. muhdhadthu hama vumuge eh dhuvas kurin vaahaka liyelaafa record kohlii.. ehaa avadhi nethi ulhemun liyuniima dhen neynge vaane gotheh.. but lets hope for the best dho
      aww haha dhen ehenneh nuhedheyne ennu.. konme dhuvahaku 2 part submit kohladhiifaanan ekam

  16. Ghost girl 👻

    Masha Allah 😍 vrh reethi mi story..storyge cover page fenna irah dhaithah ves dhanee seylu elhigen 😁dhelo dhanee muthunah araigen…😳 Dhen kiyaa nimey iru innani rove rove gos dheloluga hunna karunathah husvefa😭…. Ehaa ves furihama ey mi story Naya hama huvaa I’m feeling really really happy mi story kiyaaleveythee😊 unmeedhakee mihaa furihama vhk eh liyefa alhuganduge lolun Karuna thah dhaa mi storyge author aa ehdhuvahalun bahdhaluvun .. vrh loabivey Nayaa 🥹

    1. Nayaa
      Ghost girl 👻

      aww darlingg this is such a sweet comment!! tysm love! <333
      nayaa ves varah ufaa vey mikahala loabi loabi comments kiyaalan libeythii
      aww in sha allah adhi eh dhuvahakun dhimaa vaane <3
      loabivey more nd moreee <333

  17. Millicent

    Vrh rythi mi vaahaka😊
    Waiting for the next part🥺

    1. Nayaa
      Millicent

      thank you dear <33

  18. 💋

    Alheyyy hama roe roe halaaku vejje mi part kiyaafa
    Hama vhk thereyga ulhefa mi nukumevuny
    Mi vhk ah fahu ithuru vhk liyaanan thr
    Nayaa ge vhk thakah vrh inthizaaru kurevey abadhu vc
    Mi part vc vrh reethi Masha Allah 😍

    1. Nayaa
      💋

      alheyy sorry rovvaalevuniima.. mi kudhin thah maa varakah roveyey kiyaathii mhr nayaa ves eba dhera vey
      mi vaahaka ninmaalaafa kuda varegge break eh nagan kamah mi visnanii.. but ekkoh hutta eh nulaanan.. in sha allah adhi dhimaa vaane hama ehen story akun ves.. but dhen bodah heevanii story liyaanii alevel nimuniimahen
      thankyouu <333

  19. Nina 🤍

    Girlllllll oh my god i swear i’m literally in love with the plot of this story hama huvaa kiyaahithun iruirukolhaa beley upload kohfithoa. Nayaa dhen next part upload kohba please. Milaan ge ehera boaharukan dhoovaa kahala gothakah next part ga baindhahchey i love this aaaah 🩷

  20. Mar yam

    Alhey nayuu haadha curious koshey thi nimmaalee 😭 sifakurunthah Hama vrh furihama 💯 I can imagine the story while reading it .
    Nayu story ekkoh submit kollaba alhugadumen foosseh nuvaane.ufaa vaany 😂😁
    I can’t wait next episode kiyan
    Irukolhukolhaa eba esfiya balan vhk upload vitho balan😭😂
    Lysm nayuuu❤️❤️

  21. Her/she

    Sure.. My insta id is @Eyesherth_eyesher

Comments are closed.