**ހަތަރު އަހަރު ފަސް**
ގޭތެރޭގައި ދުވަމުން ދިޔަ ހަތަރު އަހަރުގެ ކުޑަކުޑަ ޔަޒާލް އާއި ޔަޒާގެ ސަކަރާތުގެ އަޑު ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. އެ ދެކުދީންގެ ފަހަތުން ދުވަމުން ދިޔަ އަޒަލް ހުރީ، ވަރުބަލިވެގެން ގޮސް ނޭވާ ހުސްވެފައިވާ ވަރު ވެފައެވެ.
“ޒާލުު.. ޔަޒޫ.. ދެން ދެކުދިން އަވަހަށް އާދެބަ ތިއްތިވާން.. މިހާރު ޕާޓީއަށް ދާ ގަޑި ޖެހެނީއޭ..” ވަރުބަލިވެފައިވާ ޙާލު އަޒަލް އަރިކަށީގައި އަތް ވިއްދައިލަމުން ބުނެލިއެވެ. އެއާއެކު ޔަޒާލް ދުވެފައި އައިސް އަޒަލްގެ އަތުތެރެއަށް ވަދެފައި، މަންމާއޭ ކިޔައި ގޮވައިލުމާއެކު އަޒަލްގެ ހިތް ފުރިގެން އައެވެ. ވަގުތުން ހިނިތުންވެފައި ޔަޒާލްގެ ކުޑަކުޑަ ހަށިގަނޑުގައި ބައްދައިލާފައި އުރައިލުމާއެކު ޔަޒާލް އަޒަލްގެ ކޮލަށް ދޮނެއް ދިނެވެ. އަޒަލް ވެސް އެ ޢަމަލު ތަކުރާރު ކޮށްލަމުން، ދެން ބަލައިލީ ސޯފާ މަތީގައި ކޮޅަށް ހުރެގެން ފުންމަމުން ދިޔަ ޔަޒާއަށެވެ.
“ޔަޒޫ.. ދޫނި.. ދެން އަވަހަށް އާދޭ މަންމިއާ އެކީ ރީތިވާން ދާން.. މިހާރު ޔަޒޫގެ ފަހަތުން ދުވެދުވެ މަންމި ވަރުބަލިވެއްޖެ..” އަޒަލް ގޮވައިލުމުން ޔަޒާ އިވޭ ކަމަށް ވެސް ނުހެދިއެވެ.
“ޔަޒޫ ލީތިވާނީ ބައްޕިއާ އެކީ.. މަންމި ގުލާބަ ބައްޕިއަށް..” ތަންކޮޅެއް މައިތިރި ވެލަމުން ޔަޒާ އޭނާގެ މައުސޫމު ބަހުރުވައިން ބުނެލުމާއެކު، އަޒަލް ދެފަރާތަށް ބޯ ހޫރުވައިލީ މިއީ ބައްޕައަށް ނިކަން ފޯރި ހުންނަ ކުއްޖެކޭ ހިތަށް އަރާފައެވެ.
“ބައްޕިއަށް އާދެވޭނީ ތަންކޮޅެއް ލަހުންނޭ ދަރިފުޅޫ.. ބައްޕި އޮފީހުގަ ކުޑަ ކަމެއް ދިމާވެގެން ލަސްވާނޭ ބުނީ.. ދެން އަވަހަށް އާދޭ ބައްޕި އަންނަންވާ އިރަށް ރީތިވެލަން..” ޔަޒާލް އުރާލައިގެން ހުރެ، އަޒަލް އައިސް ޔަޒާގެ އަތުގައި ހިފައިލަން އުޅުމުން ޔަޒާ ވަގުތުން ދުރަށް ޖެހުނެވެ. އަޒަލް ކިޔައިކިޔައި ވެސް، ހަމަ ހިލާ ޔައިލް އައުމުގެ ކުރިން ރީތި ވާން ދާކަށް ޔަޒާ އެއްބަހެއް ނުވިއެވެ.
“ޔަޒޫ މި އުޅެނީ ކޮންކަމަކާ ބޮޑާހާކާލައިގެންތަ..؟” އެވަގުތު ގޭގެ ދޮރު ހުޅުވައިލާފައި އެތެރެއަށް ވަން ޔައިލް ފެނުމާއި އެކު ޔަޒާ ވަގުތުން ބައްޕީއޭ ކިޔައި، ސޯފާއިން ފުންމާލައިގެން ގޮސް ޔައިލްގެ ދެފައިގައި އޮޅުލައިގަތެވެ. ޔައިލް ވެސް ލުއި ހުނުމަކާއެކު ޔަޒާ އުރައިލާފައި، އެ ކޮލަށް ބޮސްދިނެވެ.
“ހަމަ ބައްޕި ނާންނަނީސް ރީތިވާން ނުދާ ކުއްޖެކޭ މި އިންނަނީ.. ބައްޕިއާ އެއްކޮށޯ ރީތިވާނީ..” ޔައިލް ކައިރިއަށް އަންނަމުން އަޒަލް ބުނެލުމާއި އެކު، ޔައިލް ހިނިތުންވެފައި ޔަޒާ ގާތު އެއީ ތެދެއް ހެއްޔޭ އަހައިލުމާއެކު، ޔަޒާ ވަގުތުން ހިނިއައިސްފައި ބޯ ޖަހައިލިއެވެ.
“މީ ބައްޕި ކުއްޖެކޭ ދޯ..؟” ޔަޒާގެ ކޮނޑާ ހަމައަށް އަރާ ރާޅުބާނި އިސްތަށިކޮޅު ހާވައިލަމުން ޔައިލް ބުނެލުމާއި އެކު، ޔަޒާ ލައްބައޭ ކިޔާފައި ޔައިލްގެ ކަރުގައި އޮޅުލައިގަނެފިއެވެ.
“ހިނގާ އަވަހަށް ދެކުދިން ރެޑީވާން ދާން.. މިހާރު ޕާޓީއަށް ދާ ގަޑި ޖެހެނީނު.. ދެކުދިން ލަހުން ގޮއްސިއްޔާ ދޮންތިމެން ދެރަވާނެ..” އެއް އަތުން ޔަޒާ އުރާލައިގެން ހުރެ، އަނެއް އަތުން ޔައިނާގެ އަތުގައި އިން ޔަޒާލް ވެސް އުރައިލަމުން، ދެކުދިން ގޮވައިގެން ގޮސް ޔައިލް ވަނީ އެދެކުދިންގެ ކޮޓަރިއަށެވެ. ޔަޒާ އާއި ޔަޒާލް އެކުގައި އުރާލައިގެން ދިޔަ ޔައިލްއަށް ބަލަހައްޓައިގެން ހުރި އަޒަލްގެ ތުންފަތުގައިވީ ހިނިތުންވުން ފުންވެގެން ދިޔުމާއި އެކު، އެ ހިތަށް ލިބުނު ހަމަޖެހުމަކުން، ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރަނގަޅު ފިރިއެއްގެ އިތުރުން ރަނގަޅު ބައްޕައަކަށް ވުމުގެ ވާޖިބު ވެސް އޭނާގެ ޔައިލް އަދާކުރަމުން ދާލެއް ފުރިހަމަ ކަމުން، އަޒަލް ފަޚުރުވެރިވެއެވެ.
އެ ދެކުދިން ތައްޔާރު ކުރުވަން ޔައިލް ދިޔުމާއި އެކު، އަޒަލް އަވަސްއަވަހަށް ގޮސް ތައްޔާރު ވާން ފެށިއެވެ. މިއަދު އޮންނަ ޝަޔާމް އާއި ޔަލީން، އަދި ޒައުލް އާއި އާރާގެ ކައިވެންޏަށް ދާން ތައްޔާރުވާން ފަށަން މިހާރު ވެސް މާ ލަސް ވެއްޖެއެވެ. ބަރާބަރު ހަތަރެއް ޖަހާ އިރު، ކައިވެނީގެ ޙަފްލާ ފެށޭ އިރު، މިހާރު ގަޑިން ތިންގަޑި ވިހި ވެސް ވެއްޖެއެވެ. ކައިވެނީގެ ކަންތަކުގައި އެހީވުމަށް ފަހު، އަޒަލްއަށް ތައްޔާރުވާން ގެއަށް އާދެވުނު އިރު ހުރީ ތިނެއް ވެސް ޖަހާފައެވެ.
ކައިވެނީގެ ކުލަ ކަމަށްވާ ކަނޑު ނޫކުލައިގެ ހެދުމަކާ އެކު، ހަމަ އެ ކުލައިގެ ޝޯލްއެއްގައި ހުރި އިރު، އަޒަލްގެ ރީތިކަން މިއަދު ދެގުނަވެފައި ވާހެން ހީވެއެވެ. މޫނުމަތީގައި ލުއި މޭކަޕެއް ކޮށްލުމާއި އެކު، އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނުވައިދީފިއެވެ. ހެދުމުގެ ބަނޑާ ދިމާލުން ބަންދެއް އިން އިރު، އަތްކުރި ފުޅާކޮށް އިނުމުން ވަރަށް ރީއްޗެވެ. މާ ގޮތްބޮޑު ހެދުމަކަށް ނުވިޔަސް، އެ ހެދުން އަޒަލްއާ ނުހަނު ގުޅެއެވެ.
ތައްޔާރުވެ ނިމިގެން، ގަޔަށް ސެންޓުކޮޅެއް ބުރުވައިލާފައި އަޒަލް ގޮސް ކޮޓަރިން ނުކުތެވެ. ޔަޒާލް އާއި ޔަޒާގެ ކޮޓަރިއަށް ވަން އިރު، އެނދުމަތީގައި އިން ޔަޒާލް އިނީ ރީތިކޮށްލާފައެވެ. ޔަޒާގެ ބޮލުގައި ފުނާ އަޅުވަން ޔައިލް ހުރި އިރު، މިއަދު ވީ ހުރިހައި ކަމެއް ޔަޒާ ދިޔައީ ޔައިލްއަށް ކިޔައިދެމުންނެވެ.
“ޒާލު މިއަދު ހީވަނީ ހަމަ ބައްޕިހެން.. މަންމިގެ ދޫނި ހާދަ ހޭންސަމްއޭ..” ބަސްއަހައިގެން އެނދުމަތީގައި އިން ޔަޒާލްގެ ކޮނލުގައި ހިފައިލަމުން އަޒަލް ބުނެލިއެވެ. އެއާއެކު ޔަޒާލް ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިކޮށްލަމުން، “ތެންކްޔޫ މަންމީ” އޭ ބުނެލި ގޮތުން އަޒަލް އާއި ޔައިލްގެ ހިތް އެކީ ފުރިގެން އައެވެ.
ހުދު ކުލައިގެ ގަމީހަކާއި އެކު ކަނޑު ނޫކުލައިގެ ސޫޓަކާ ފަޓުލޫނެއް ލައްވާފައި އިން އިރު، ކުޑަކުޑަ ޔަޒާލް ވަރަށް ލޯތްބެވެ. ޖެލް ލައިގެން ޔައިލް ރީތި ގޮތަކަށް ޔަޒާލްގެ އިސްތަށިގަނޑު ސްޓައިލް ކޮށްލުމުން، އަދި ވަކިން ލޯތްބެވެ. ޔަޒާލް ހީވަނީ ހަމަ ކުޑަކުޑަ ޔައިލްއެއް ހެންނެވެ. އެ ޢުމުރުގައި ޔައިލް ހުރި ގޮތާ، މިހާރު ޔަޒާލް ހުރި ގޮތާ އެއްވެސް ތަފާތެއް ނެތޭ އެންމެން ވެސް ބުނެއެވެ. ޔަޒާލް ހުންނާނީ ވެސް ވަރަށް މަޑުމަޑުންނެވެ. އެހެނަސް ބައެއް ފަހަރު ޔަޒާގެ ސަކަރާތްގަދަ ކަމާ ހުރެ، ޔަޒާލް ވެސް އެކަމުގެ ތެރޭގައި ބައިވެރި ކުރުވާނެއެވެ. އަންހެން ކުއްޖަކަށް ވިޔަސް، ޔަޒާ އުޅޭނީ ޔަޒާލަށް ވުރެ ސިޔާސަ ކޮށެވެ. އެކަމާ ހަދައި ޔަޒާއަށް އަނިޔާ ލިބޭ ފަހަރުތައް މަދެއް ނޫނެވެ. ކޮންމެވެސް ތަނަކަށް ތަދުވެގެން ޔަޒާ ރޯން ފެށުމާއި އެކު، އެންމެ ފުރަތަމަ ވެސް މަލަން ފޮށި ހިފައިގެން ގޮސް ޔަޒާ ގާތުގައި އިންނާނީ ޔަޒާލްއެވެ. އެހައި ކުޑައިރުވެސް ޔަޒާގެ ބޭބެގެ ގޮޮތުގައި ޔަޒާލް ޔަޒާއަށް ބަލަމުން އުޅެނީ، ޔައިލް ވެސް ކުޑައިރު ޔަލީންއާ އެކީ އުޅޭ ގޮތަށޭ ޔައިނާމެން އަބަދުވެސް ކިޔާނެއެވެ.
ޔައިނާމެން ވެސް ތިބެނީ ޔަޒާއަށާއި ޔަޒާލަށް ގެއްލި ހުސްވެގެންނެވެ. ފުރަަތަމަ މާމަކާފަ ދަރީންނަށް ވުމުން، ޔައިނާ އާއި މިލާންގެ އިތުރުން ޒާރާ އާއި އަފާން ވެސް އެދެކުދިން ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ބުނާހާ ކަމެއް ކޮށްދީގެން ލޯބިން އެކުދީން ހަލާކު ކޮށްލަން ވެސް އަފާންއާއި މިލާން ތިބެނީ ތައްޔާރަށެވެ. ޔައިނާ އާއި ޒާރާ ވެސް އެދެކުދިންނާ ހަދައި އުޅޭ ގޮތުން، އެދެކުދިންނަށްޓަކައި ޖާނުން ފިދާވާން ތައްޔާރަށް ތިބޭހެން ވެސް ހީވެއެވެ. އަޒާން އާއި ލައުރާ ވެސް ހަމަ އެފަދައެވެ.
އަދި އާރާ އާއި ޔަލީން ވަކިން ބޮޑަށް އެދެކުދިންނަށް ފޯރި ހުންނަ ހެން ހީވެއެވެ. ކިރިޔާ ހުސް ވަގުތެއް ވާ އިރު އެދެކުދިން ތިބެނީ ޔަޒާ އާއި ޔަޒާލް ކައިރިއަށް އައިހެވެ. އަޒަލް އާއި ޔައިލް އެއް ވަގުތެއްގައި ޑިއުޓީއަށް ދާން ޖެހޭ ދުވަހެއް ނަމަ އެދެކުދިން ބަލައިދޭނީ ވެސް އާރާ އާއި ޔަލީނެވެ. އެދެމީހުންނާ އެކީ ގިނަ ފަހަރަށް ޒައުލް އާއި ޝަޔާމް ވެސް އަންނަ އިރު، އެދެމީހުން ވެސް ތިބެނީ މުޅި ހިތް އެކުގައި ކުޑަކުޑަ ޔަޒާއަށާއި ޔަޒާލަށް މިލްކުކޮށްލައިގެން ހެން ހީވެއެވެ. އެ ސަބަބާ ހުރެ ޔަޒާ އާއި ޔަޒާލް ވެސް އެދެކުދިންގެ ދޮންތިމެންނާއި ދޮންތިބެމެން ދެކެ ލޯބިވަނީ ވަކި ވަރަކަށް ނޫނެވެ.
“ޔަޒޫ ވެސް ނިމުނީ މި..” ޔަޒާގެ އިސްތަށިގަނޑު ވެސް ރީތިކޮށް ސްޓައިލް ކޮށްލާފައި، ޔައިލް ހިންދެމިލިއެވެ. ހަމަ ނިމުމާއި އެކު، ޔަޒާ ދުވެލާފައި ގޮސް ލޯގަނޑު ކުރިމަތީ ހުރެފައި ފަރި ބަލަން ފެށިއެވެ. ލައިގެން ހުރި ކަނޑުނޫކުލައިގެ ވައްތިރިއަށް ބޮޑުކޮށް އިން ހެދުން ރީތިކޮށްލަމުން، ޔަޒާ އިސްތަށިގަނޑާ ވެސް ކުޅެލިއެވެ. ފަރާތްފަރާތަށް އެނބުރެމުން ޔަޒާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަމުން ދިޔަ އިރު، އެ މަންޒަރުން ޔައިލް އާއި އަޒަލް ކައިރިއަށް ހިނި އައެވެ.
އެއްމާބަނޑު ދެކުދީންނަށް ވިޔަސް، ޔަޒާލް އާއި ޔަޒާ އުޑާ ބިމާހާ ތަފާތެވެ. ދެކުދިންނަށް ބަލައިލާފައި އެއްމާބަނޑު ދެކުދިންނޭ ހީވެސް ނުވާނެއެވެ. ޔަޒާލްއަށް ބޮޑަށް ޔައިލްގެ ސިފަތައް ލިބިފައިވާ އިރު، ޔަޒާއަށް ލިބިފައި ވަނީ އަޒަލްގެ ސިފަތަކެވެ. ސިފަތަކާ އެއްވަރަށް މިޒާޖު ވެސް ހުރީ ހަމަ ދާދި އެއްގޮތަކަށެވެ. ޔަޒާއަށް ބޮޑަށް އަޒަލްގެ ސިފަތައް ލިބިފައިވީ އިރު، ޔައިލްގެ ސިފަތައް ވެސް ކޮންމެވެސް ވަރަށް މޫނުމަތިން ފެންނަން ހުރެއެވެ. އެހެނަސް ޔަޒާލްއަކީ ހަމަ ސީދާ ޔައިލްގެ ކާބަން ކޮޕީއެކެވެ. އަޒަލްގެ އެއްވެސް ސިފައެއް ލިބިފައި ނުވާ އިރު، ހުންނަ ގޮތުންނާއި، އުޅޭ ގޮތުން ވެސް މީހަކަށް ސިފަ ވާނީ ހަމަ ޔައިލްއެވެ. އެހެނަސް ޔަޒާލް ބޮޑަށް ދޯޅައީ އަޒަލްއާއެވެ. ޔަޒާ ދޯޅައީ ޔައިލްއާއެވެ.
“މަންމިގެ ޔަޒޫ ވެސް ހާދަ ރީއްޗޭ މިއަދު މާޝާﷲ.. ޔޫ އަރ ސޯ ޕްރިޓީ ބޭބީގަރލް..” އަޒަލް ގޮސް ޔަޒާ އުރައިލަމުން ބުނެލުމާއި އެކު، ޔަޒާ “ތެންކްޔޫ” އޭ ބުނެލަމުން އަޒަލްގެ ކޮލަށް ދޮނެއް ދިނެވެ. އެއަށްފަހު އަޒަލްގެ އަތުތެރެއިން މިނިވަންވެގެން ގޮސް، ޔަޒާލްގެ ކައިރީގައި އިށީނެވެ. ސައިޑް ޓޭބަލް މަތީގައި ހުރި ބޯޑް ގޭމެއް ނަގައިގެން ދެކުދިން ކުޅެން ފެށުމާއި އެކު، އަޒަލް އާއި ޔައިލްއަށް އެ މަންޒަރުން ހިނިތުން ވެވުނެވެ.
“ދެން ޔައިލް ދޭބަ އަވަހަށް ރެޑީވާން.. މިހާރުވެސް މާ ލަސް ވެއްޖެ..” ގަޑިއަށް ބަލައިލަމުން އަޒަލް ބުނެލީ ޔައިލް އަދިވެސް ތައްޔާރު ނުވެ ހުރުމުންނެވެ.
ޔައިލް ގާތު ތައްޔާރުވާން ދާށޭ ކިޔާފައި، ޔަޒާލްމެން ކައިރިއަށް ދާން އަޒަލް އަޅައިލި ފުރަތަމަ ފިޔަވަޅާ އެކުގައި، ޔައިލް އަޒަލްގެ އަތުގައި ހިފައި އޭނާ ކައިރިއަށް ދަމައިލިއެވެ. ނުވިސްނާ ހުރި އަޒަލް ގޮސް ޖެހުނީ ޔައިލްގެ މޭގައެވެ. ހަތަރުކަޅި ހަމަވުމާއި އެކު، ޔައިލްގެ ދެލޮލުގައި ވީ އަސަރަކުން އަޒަލްއަށް ލަދުން އިސްޖަހައިލެވުނީ، ކައިވެންޏަށް ހަތަރު އަހަރު ވީ އިރުވެސް، ޔައިލްގެ އެންމެ ބަލައިލުމަކުން ވެސް އަދިވެސް އެ ހިތުގެ ވިންދު އަވަސް ވެގެން ދާތީއެވެ.
“އަހަރެންގެ އަންހެނުން އެހައި ރީތި ވެގެން ހުރި އިރު އެޑްމަޔަރ ވެސް ކޮށްނުލައި އަހަރެން ވީ ދާންތަ..؟” އަޒަލްގެ އުނަގަނޑުގައި ހިފައިލާފައި އަދިވެސް އިތުރަށް ކައިރި ކޮށްލަމުން ޔައިލް ބުނެލިއެވެ.
“ދެން ޔައިލްލް.. އެކުދިން ވެސް އެބަ ތިއްބޭ..” ލަދުން ޔައިލްގެ މޭގައި ޖަހައިލާފައި އަޒަލް ބުނެލި އިރު، އެ މޫނަށް ވަނީ ޖަންބު ކުލަ ވެރިވެފައެވެ.
“އެކުދިން ތިބިއްޔާ ވަކިން ރަނގަޅެއްނު.. އެކުދިންނަށް ވެސް އެނގެން ވާނޭ މަންމައާ ބައްޕައާ އެކަކު އަނެކަކު ދެކެ ލޯބިވާ ވަރު..” އަޒަލްގެ އުނަގަނޑުގައި ވަށައިލެވިފައިވީ ދެއަތް އިހުނަށްވުރެ ވެސް ބާރުކޮށްލަމުން ޔައިލް ބުނެލިއެވެ.
“ދެން އެކަމް މިގަޑިއަކު ނޫން ޔައިލް.. އިހަށް ދޭ ރެޑީ ވެގެން އަންނަން.. ލަސްވެއްޖެއްޔާ ޔަލްމެން ރުޅި އަންނާނެ..” ޔައިލްގެ މޭގައި އަތް އަޅަލާފައި، އަޒަލް މަޑުމަޑުން ކޮއްޕައިލިއެވެ.
“މިގަޑީގަ ތިހެން ދުރަށް ދެވުނަސް މިރޭ ދިޔަކަ ނުދޭނަން އިނގޭ.. ރެޑީ ވެގެން ހުންނައްޗޭ..” ލާނެތް ރާގެއްގައި އެހެން ބުނެފައި ޔައިލް އެއް ލޯ މަރައިލުމުން، އަޒަލް ކުރިއަށް ވުރެ ވެސް ބޮޑަށް ލަދުގަތެވެ. އަޒަލްއަށް ވީ ގޮތް ފެނިފައި ހެމުން ހެމުން ޔައިލް ކޮޓަރިން ނުކުމެގެން ދިޔުމާއި އެކު، އަޒަލްއަށް ވެސް ހިނިތުން ވެފައި ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
ވެއަތުވެގެން ދިޔަ ހަތަރު އަހަރުގެ ތެރޭގައި ޔައިލް އާއި އަޒަލްގެ ދިރިއުޅުމަށް ބަހާރު މޫހުން އައިސްފައިވާ ފަދައެވެ. ކައިވެންޏަށް އަހަރެއް ވީތަނާ ލިބުނު ލޯބިލޯބި ޔަޒާ އާއި ޔަޒާލްއާއި އެކުގައި، އެ ދަތުރު އިތުރަށް އުފާވެރިވެފައިވީ ފަދައެވެ. ޙަޔާތުގެ ބައިވެރިއަކަށް ޔައިލް ޚިޔާރު ކުރެވުނީތީ، އެކަމާ އަޒަލް އުފާ ނުކުރާ އެންމެ ދުވަހެއް ވެސް ނުދެއެވެ. އޭނާ ދެކެ އެހައި ލޯބިވާ، އެހައި ފުރިހަމަ ފިރިއަކާ، ދެމީހުންގެ ދަރީންނަށް އެހައި ފުރިހަމަ ބައްޕައެއް މިންވަރު ކުރެއްވީތީ، އަޒަލް ތާއަބަދު ﷲއަށް ޙަމްދު ކުރެއެވެ. މާޒީގައި ކުރިމަތިލާން ޖެހުނު ހިތާމަތަކާއި، އަޑިގުޑަންތަކަށް ފަހު، މިއަދު އުފާވެރިކަމުގެ ކުލައިން އޭނާގެ ޙަޔާތް ފަޅުފިލާފައި ވާ އިރު، ދުވަހަކުވެސް މިހައި އުފާވެރި ދިރިއުޅުމެއް ލިބިދާނޭ ކަމަށް، އަޒަލް ހުވަފެނުން ވެސް ދެކިފައި ނުވެއެވެ.
*** ** ***
ޔައިލް އާއި އަޒަލްގެ ކުޑަކުޑަ ޢާއިލާއަށް ކައިވެނީގެ ޙަފްލާ އޮންނަ މާހައުލަށް ދެވުނު އިރު، ބަރާބަރު ހަތަރެއް ޖެހީއެވެ. ޔައިލްގެ އަތުގެ މުލައްދަނޑީގައި ހިފާލައިގެން އަޒަލް ހުރި އިރު، އަޒަލްގެ އަނެއް އަތުގައި ހިފަހައްޓާލައިގެން ޔަޒާލް ހުއްޓެވެ. ޔަޒާ ވެސް ޔައިލްގެ އަތުގައި ހިފާލައިގެން ހުރި އިރު، އެ ފުރިހަމަ ޢާއިލާ ފެނިފައި ތަޢުރީފުގެ ބަހެއް ބޭރުނުވާ އެއްވެސް ދުލެއް އެތަނަކު ނުވެއެވެ.
ކައިވެނި ކުރެވޭ މޭޒުދޮށުގައި އިން ޝަޔާމް އިރުއިރުކޮޅާ ސިޑިއާ ދިމާއަށް ބަލައިލަނީ، އެ ހިތުގެ މަލިކާ ކައިވެނީގެ ހެދުމުގައި ހުއްޓާ ދެކިލުމަށް އެދި އެ ހިތް ބޭޤަރާރު ވަމުން ދާތީއެވެ. އެތައް ދުވަހެއް ފަހުން އޭނާގެ މިލްކަކަށް ޔަލީން ހެދުމުގެ ހުވަފެން ޙަޤީގަތަކަށް ވެގެން ދާތީ، ޝަޔާމްގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެވެ. ހުދުކުލައިގެ ގަމީހާއި އެކު ކަނޑުނޫކުލައިގެ ކޯޓުފަޓުލޫނުގައި ހުރި ޝަޔާމް މިއަދު ވަކިން ރީތިހެން ހީވެއެވެ. ކުރުކޮށް ކޮށާލާފައި އޮތް އިސްތަށިގަނޑު ވެސް ރީތިކޮށް ސްޓައިލް ކޮށްލާފައި އޮތް އިރު، ވަކިން ސްމާޓް ކަމަށް ދައްކަމުން ދިޔައެވެ.
އިރުކޮޅެއް ނުވެ ކައިވެނީގެ ހެދުމުގައި އަންނަމުން ދިޔަ ރާނީއެއް ފަދަ އެ ހިތުގެ މަލިކާ ފެނިފައި ޝަޔާމް އާގަމަވިއެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި ޔަލީން ހުރި އިރު، އެނޫން ދިމާއަކަށް ބަލައިލަން ވެސް ޝަޔާމް ނުކުޅެދުނު ފަދައެވެ. އިސްޖަހާލައިގެން ހުރެ ފަރި ހިނގުމެއްގައި އައިސް އޭނާ ކައިރީގައި ޔަލީން އިށީން އިރުވެސް، ޝަޔާމަށް ޔަލީންގެ މޫނުން ނަޒަރު ވަކިކޮށްލާކަށް ނޭނގުނެވެ.
“ދެން އިހަށް ބެލުން ހުއްޓާލާފަ އިނދެވޭތޯ އުޅެންވީނު ދޯ..؟” ޝަޔާމްގެ ކޮނޑުގައި ކޮށްޓައިލަމުން ނަވީން އާދައިގެމަތިން ދިމާކޮށްލުމާއި އެކު ޝަޔާމަށް ހަމަބިމަށް އާދެވުނު ފަދައެވެ.
“ޔޫ ލުކް ގޯރޖަސް ޑާލިން..” މޭޒު ދަށުން ޔަލީންގެ އަތްތިލައިގައި ހިފައިލަމުން ޝަޔާމް ބުނެލުމާއި އެކު، ލަދުވެތިކަން ޔަލީންގެ ނަފްސު ވަށާލައިފިއެވެ. ޖަންބު ކުލަ ވެރިވި މޫނު އިސްޖަހައިލަމުން ޔަލީން ހިނިތުންވެލި އިރު، އެ މަންޒަރުން ޝަޔާމްގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.
ގާޒީ ކައިވެނީގެ ޚުތުބާ ކިޔަމުން ދިޔަ އިރު، ޝަޔާމް އާއި ޔަލީން ވެސް ކަނުލައި އަޑު އަހަމުން ދިޔައެވެ. ގާޒީ އަނބި ގަބޫލުކޮށްފިންތޯ އެހުމާއި އެކު، ޝަޔާމް އާއި ޔަލީންގެ ނަޒަރު ބައްދަލުވެގެން ދިޔައެވެ.
“އަނބި ޤަބޫލުކޮށްފިން..” ސީދާ ޔަލީންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެ ޝަޔާމް ބުނެލި ވަގުތު، ޔަލީންގެ ބަނޑުގައި ކޮކާ އުދުހުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލީ، މިހާރު އޭނާ އަކީ ހަމައެކަނި ޝަޔާމްގެ ޙައްޤެކޭ ހިތަށް އަރާފައެވެ. މާޒީގައި އެދެމީހުންގެ ގުޅުމަށް ކުރިމަތިވި އެތައް ގޮންޖެހުންތަކަކަށް ފަހު، މިއަދު އެކަކު އަނެކެއްގެ ޙައްޤަކަށް ވެވުމުން، ދެމީހުން ވެސް ތިބީ ނުހަނު އުފާވެފައެވެ.
ޝަޔާމް އާއި ޔަލީންގެ ކައިވެންޏަށް ފަހު ދެން ކުރެވުނީ ޒައުލް އާއި އާރާގެ ކައިވެންޏެވެ. އާރާ ފެނުމާއި އެކު ޒައުލްއަށް ވެސް ވީ ހަމަ ޝަޔާމަށް ވީ ވަރެވެ. ކަޅިޖަހައިނުލައި އާރާއަށް ބަލަން އިނދެވުނީ، ކައިވެނީގެ ބޮޑު ހެދުމުގައި އާރާ ހަގީގަތުގައި ވެސް ރާނީއަކައި ވައްތަރު ވުމުންނެވެ. އެއީ އޭނާގެ އާރާއެވެ. އެ ހިތުގައި އަބަދުމެ ރަނިކަން ކުރާނޭ ފަރި ރާނީއެވެ.
“އަނބި ގަބޫލުކޮށްފިން..” ޒައުލްގެ ދުލުން އެ ލަފްޒުތައް ނުކުތުމާއި އެކު، ހިތަށް ކުރި ފުން އަސަރުން އާރާގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރައިލިއެވެ. އެހިނދު ޒައުލް ނުހަނު ލޯބިން އާރާގެ ކަރުނަތައް ފުހެލައިދީފައި، އެ ނިތަށް ބޮސް ދިނީ އެވަގުތު އެތަނުގައި އިތުރު މީހުން ތިބިކަން ވެސް ހަނދާން ނައްތައިލަމުންނެވެ.
ކައިވެނި ކުރެވުމާއި އެކު، ކާރުތަކުގައި ބައިބަޔަށް އެންމެން ވެސް ދަތުރު ފެށީ ކައިވެނީގެ ވަލީމާ އޮންނަ ތަނަށް ދިޔުމަށެވެ. ރާއްޖޭގެ މަޝްހޫރު ހޮޓަލެއްގެ އެންމެ މަތީ ފްލޯގައި ވަލީމާ އޮތް އިރު، އެތަން ވަނީ ކައިވެނީގެ ޕާޓީއަށް ޓަކައި ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. ކައިވެނި ކުރެވުނު ދެ ޖޯޑު ގޮސް، އެމީހުންނަށް ޚާއްސަ ކުރެވިފައިވާ ސްޓޭޖް ކޮޅުގައި ހުއްޓުނު އިރު، ދެ ޖޯޑު ވެސް ފުރިހަމަ ކަމުން މާޝާﷲ އޭ ބުނާހައި ވެއެވެ.
ފެންކަޅިވެފައި ހުރި އަފާން އެތައް ފަހަރަކު ޒައުލް ކުރެން އާރާ ރަނގަޅަށް ބަލައިދިނުމަށް އެދުނެވެ. އަޒަލް ޔައިލްއާ ކައިވެނި ކުރެވުނު ދުވަހު ކުރެވުނު އިހުސާސް، މިއަދު އާރާގެ ކައިވެނީގައި ވެސް އޭނާއަށް ކުރެވުނެވެ. މިލާން އާއި ޔައިލް ވެސް ތަކުރާރުކޮށް ޝަޔާމް ގާތު ޔަލީން ރަނގަޅަށް ބަލައިދިނުމަށް އެދެމުން ދިޔަ އިރު، އެ ޔަޤީންކަން ޝަޔާމް ދިޔައީ އެތައް ފަހަރަކު އެމީހުންނަށް ދެމުންނެވެ.
“ކޮންގްރޭޖުލޭޝަންސް ހުރިހާ ކުދިން.. ވީ އަރ ސޯ ހެޕީ ފޯރ ޔޫ ލަވްސް..” އަޒަލް އައިސް ފަހަރަކު މީހެއްގެ ގައިގައި ވަކިވަކިން ބައްދައިލަމުން ބުނެލިއެވެ.
“ކޮންގްލޭތްސް ޔަލް ދޮންތި އެންޑް އާލޫ ދޮންތި.. ޒައުލް ދޮންތިބެއާ ޝަޔާމް ދޮންތިބެއަށް ވެސް..” އަތުގައި ޕާރުސަލް ދިއްކޮށްލަމުން، ޔަޒާ އޭނާގެ މައުސޫމު، ޅަ އަޑުން ބުނެލުމާއި އެކު، އެންމެންގެ ހިތްތައް ފުރިގެން އައި ފަދައެވެ.
“ޒާލު ވެސް ބޭނުން ކޮންގްލޭތްސް ކިޔަން..” ޔަޒާލް ވެސް އަތުގައި އޮތް ޕާރުސަލް ދެމުން ބުނެލީ، ލޯބިން ފުރިގެންވީ އަޑަކުންނެވެ.
“ތެންކްޔޫ ދެކުދިން.. ދޮންތިމެން ވަރަށް ހެޕީ ވެއްޖެ ދެކުދިން ގިފްޓް ދިނީމަ..” ޔަލީން ޔަޒާ އުރައިލި އިރު، އާރާ ޔަޒާލް އުރާލައިފިއެވެ. ޒައުލް އާއި ޝަޔާމް ވެސް ދެކުދިންގެ ކޮލުގައި ހިފައިލަމުން ލޯބި ކޮށްލި އިރު، އެމީހުންގެ ކޮންމެ ޢަމަލަކުން ވެސް ދައްކުވައިދެމުން ދިޔައީ، ޔަޒާލް އާއި ޔަޒާ ދެކެ އެމީހުން ވާ ލޯތްބެވެ.
“އަޅެ ބަލާބަލަ އަހަރެމެންގެ ކުދިން ލޯބިކަން..” ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ހުރި ޔައިނާ ވާހަކަ ދެއްކީ ކައިރީގައި ހުރި މިލާންއާއެވެ.
“އަސްލުވެސް ދޯ.. ހާދަ އުފާވޭ އެކުދިންނަށް އެހައި ރަނގަޅު ބައިވެރިންތަކެއް ލިބި، އެހައި ގުޅިގެން އަދިވެސް އުޅޭތީ..” ޔައިނާގެ ކޮނޑުގައި ހިފައި، ގަޔާ ކައިރިކޮށްލަމުން މިލާން ބުނެލިއެވެ. ފެންކަޅިވެފައިވީ ޔައިނާ ވެސް މިލާންގެ ގައިގައި ލައްވެލަމުން، އެ ކޮނޑުގައި ބޯ އަޅައިލިއެވެ.
“ޔަލްގެ ވެޑިންގަ ވެސް ރޮމޭންސް ކުރަން މި އުޅެނީ މިދެމީހުން.. ނޫނޭ ވާ ކުޅަދާނަ..” ޒާރާ ބުނެލީ އެދެމީހުންނާ ދިމާކޮށްލުމަށެވެ.
“ޒާ ހިނގާބަ އަހަރެމެން ދެމީހުން ވެސް ރޮމޭންސް ކޮށްލަން ދޯ..؟” ޒާރާއަށް އެއްލޯ މަރައިލަމުން އަފާން ބުނެލުމާއި އެކު، ޒާރާ ލަދުގަތް ނަމަވެސް އެކަން ފޮރުވޭތޯ ބެއްޔެވެ.
“ޗީޑި އަފާން ގަނޑާ.. ދުރުގަ ހުރޭ..” ލަދުން ގޮސް މުޅި މޫނު ޓޮމާޓޯއަކަށް ވެފައި ހުރި އިރުވެސް، ޒާރާ ރުޅިއައި ކަމަށް ހެދެން އުޅުމުން، އެންމެން ކައިރިއަށް ވެސް ހިނި އައެވެ.
ޒާރާ އުޅުނު ގޮތުން މަޖާވެފައި ހުރި އަފާން، ޒާރާގެ އަތުގައި ހިފައި ގެނެސް ބައްދައިލުމާއި އެކު، ޒާރާ ލަދުން އަފާންގެ މޭތެރޭގައި މޫނު ފޮރުވައިލީ، އެންމެ ޅަދުވަހެކޭ ވެސް އެއްފަދައިންނެވެ.
އެ މަންޒަރު ބަލަން އަތުގުޅުވާލައިގެން ހެވިފައި ތިބި އަޒާން އާއި ލައުރާގެ ދެލޮލުން ވެސް ފެންނަމުން ދިޔައީ، އެކަކު އަނެކަކަށްޓަކައިވީ މާތް، މަތިވެރި ލޯތްބެވެ. ލޯބިވެތި ގުޅުމަކުން ދެއްކި ރިވެތި މިސާލުން ނަމޫނާ ލިބިގަނެގެން މިއަދު އެ އެންމެންގެ ދަރީން ވެސް އެ ވަނީ، ބާއްޖަވެރި ޒަވާޖީ ޙަޔާތަކަށް ދަތުރު ފަށާފައެވެ.
*** ** ***
ދާދި ދެންމެއަކު އިސްތިރި ކުރި ޔަޒާ އާއި ޔަޒާލްގެ އަންނައުނުކޮޅުތައް ހިފައިގެން އަޒަލް އެދެކުދިންގެ ކޮޓަރިއަށް ދިޔައީ، އެ އެއްޗެހި އެދެކުދީންގެ އަލަމާރިއަށް ލުމަށެވެ. އެހެނަސް ކޮޓަރި ދޮރު ހުޅުވައިލި އިރު އިވުނު އަޑުންނާއި، ފެނުނު މަންޒަރުން، ވަގުތުން އަޒަލްގެ ޙަރަކާތްތައް މަޑުޖެހުނު އިރު، އެ ދެލޮލުގައިވީ ވިދުވަރު ގަދަވެލައިފިއެވެ.
ޔަޒާ އާއި ޔަޒާލް ނިންދަވަން އެކުދިންގެ ކައިރީގައި އޮތް ޔައިލް ދިޔައީ ހިމޭން ނާނާއެއް ކިޔައިދެމުންނެވެ. ޔައިލްގެ އެއް އަތް މަތީގައި ބޯއަޅާލައިގެން ޔަޒާލް ދެލޯ މެރިމެރި އޮތް އިރު، ޔައިލްގެ މޭމަތީގައި އޮތް ޔަޒާ އޮތީ އަދިވެސް ދެލޯ ތަންމިނަށް ހުޅުވާލައިގެންނެވެ. މުޅި ދުވަހު ދުވެދުވެފައި ސަކަރާތުގައި އުޅުނު އިރުވެސް އެ ކުޑަކުޑަ ހަށިގަނޑަށް ވަރުބަލިކަން އިހުސާސްކުރެވުނުހެން ހިއެއް ނުވެއެވެ. މިނިވަންކޮށް އޮތް އަތުން ޔައިލް ޔަޒާގެ ފަށުވިކޮޅެއް ފަދަ އިސްތަށިކޮޅުގައި ފިރުމަމުން ދިޔައީ، ޔަޒާ އަވަހަށް ނިދާތޯއެވެ.
ކުޑަކުޑަ ދަރިފުޅު ރޯލުމުން، ހިތަކަށް މަގޭ ހަމަ ކެތްނުވޭ
ކުޑަކުޑަ ލޮލަކުން ކަރުނަ ފެނުމުން، ހިތުގަ މަގޭ ހަމަ ޖެހިދެޔޭ
އެންމެ ހަނދާންވާ ވަގުތަކީ، ވަންނަ ވަގުތު ގޭ ދޮރުމަތިން
ބައްޕާއޭ ކިޔައި އަންނާނޭ، ބައްދާލާފާ ބުނާނެ އުރާލާ، އުރާލާ
ކުލަގަދަ އަގުހުރި ރަންމުތޭ، ލެއްވި މަށަށް މީ ރަޙުމަތޭ
ކުޑަކުޑަ ހިތުގާ ވާ އަސަރުތައް މިހިތުގެ ވިންދާ ގުޅިފަވޭ
އެންމެ އުފާވާ ކަންކަމީ، ވަންނަ ވަގުތު އައިސް އުނގުތެރޭ
ހީލާފާ މަޖާ ކޮށްލާނޭ، ޝަކުވާ ދެން ތުންދަމާފަ ކުރާނޭ، ކުރާނޭ
ކުޑަކުޑަކޮށް އެބަ ބޮޑުވޭ، ހެދިބޮޑުވެ ފުރާވަރުވެދޭ
ހިރެމުން ހެލެމުން ފަރިވެ ފޮޅެމުން ގުލްޝަންގަ އެ ޝާމިލްވެދޭ
ގައިމު ކުށެއް ނެތް ނަފްސެކޭ، ގައިގެ ލެއިން އައި ޖިސްމެކޭ
ރައްކާތެރިކޮށް ބަލަން ވާނޭ، ދައްކާ ހެޔޮ މަގު ބުނަން ވާނޭ
އަސްތާއޭ މީ ކުރާނޭ ސުވާލޭ، ކުރާނޭ
ބައްޕަގެ ދެކުދިން އަޑު އަހާ، ބައްޕަގެ އުއްމީދެއް ވެޔޭ
ބައްޕަގެ ނޭވާ ހުރި ވަގުތުގައި، ބައްޕަގެ ހެޔޮބަސް ހަނދުމަކުރޭ
ސަޖިދަ ކުރުމުގާ ދެމިހުރޭ، ދީނުގަ ސާބިތުކޮށް ހުރޭ
ހެޔޮ މީހުންނާ އެކީ ވައްޗޭ، ހެޔޮ ވާހަކަތައް އަޑު އަހައްޗޭ
ހެޔޮ ޢަމަލެއް ނަމަ އެ ދޫ ނުކުރައްޗޭ، ކުރައްޗޭ
ނެތަކަސް ދުނިޔޭން ބައްޕަމެން، ދެކުދިން ނިކަން ރަނގަޅަށް އުޅޭ
އޮތަކަސް ލިބިފާ ދުނިޔެ ހިތަކަށް ފިކުރު ނިކަން ރަނގަޅަށް ކުރޭ
ބައްޕަ ދުޢާކޮށް ދަންނަވަން، ޖަންނަތުގަ ވުމަށް އެކުއެކީ
އިސްލާމީ ޢިލްމު ކިޔަވައްޗޭ، އިސްލާމެއް ގޮތުގަ މަރުވައްޗޭ
ގިސްލާ ރޮއެފާ ކުރާ މި ވަޞިއްޔަތް، އަހައްޗޭ
ކުޑަކުޑަ ދަރިފުޅު ރޯލުމުން، ހިތުގަ މަގޭ ހަމަ ޖެހިދެޔޭ
ކުޑަކުޑަ ލޮލަކުން ކަރުނަ ފެނުމުން، ހިތަކަށް މަގޭ ހަމަ ކެތް ނުވޭ
ކުޑަކުޑަ ލޮލަކުން ކަރުނަ ފެނުމުން، ހިތަކަށް މަގޭ ހަމަ ކެތެއް ނުވޭ
ޔައިލް ނާނާ ކިޔައި ނިމުނު އިރު، އޭނާގެ މޭމަތީގައި އޮތް ޔަޒާގެ ދެލޯ ވެސް ވަނީ މެރިފައެވެ. ކައިރީގައި އޭނާގެ އަތުގައި ބޯއަޅާލައިގެން މައުސޫމްކޮށް ނިދާފައި އޮތް ޔަޒާލް ފެނި، ޔައިލް ޔަޒާލަށް ހޭނުލެވޭނޭހައި މަޑުމަޑުން، ޔަޒާލްގެ ބޯދަށުން އަތް ދަމައިލިއެވެ. އެއަށްފަހު ޔަޒާއަށް ނިދިފައި އޮތް ކަން ޔަގީން ކުރަމުން ޔައިލް ފަރުވާތެރިކަމާއެކު ޔަޒާ އޭނާގެ މޭމަތިން ނަގާފައި، އެނދުގައި ބާއްވައިލިއެވެ. އަދި ނިދިފައި އޮތް ޔަޒާލް އާއި ޔަޒާގެ ގައިމަތީގައި ކުއިލްޓް އަޅައިލަމުން، އެދެކުދިންގެ ނިތުގައި ބޮސްދިނެވެ.
“ގުޑްނައިޓް ބައްޕިގެ ޕްރިންސް އެންޑް ޕްރިންސެސް..” ވައިއަޑުން އެހެން ބުނެލާފައި އެނބުރުނު ޔައިލްއަށް ދޮރުމަތީގައި ހުރި އަޒަލް ފެނުމާއި އެކު ހިނިތުންވެވުނެވެ. ބަދަލުގައި އަޒަލްވެސް ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން، އަތުގައި ހުރި އެއްޗެހި ގޮސް އެ ކޮޓަރީގައި ހުރި އަލަމާރި ތެރޭގައި ތަރުތީބުން ބަހައްޓައިލިއެވެ.
އަޒަލްގެ މަސައްކަތް ނިމުމާއި އެކު، އެ ކޮޓަރީގެ އަލިކަން ފަނޑުކޮށްލަމުން ދެމީހުން އެކުގައި ނުކުތީ، ނިދާފައި ތިބި އެދެމީހުންގެ ލޯބީގެ ނިޝާންތަކަށް ފުން ނަޒަރެއް ދިނުމަށް ފަހުގައެވެ. އެ ތުއްތު ތުއްތު ދެ ފުރާނައަކީ، ޔައިލް އާއި އަޒަލްގެ ހިތުގެ ވިންދެވެ. އެ މައުސޫމު އަދާތަކާއި، ލޯބިވެތި ޢަމަލުތަކަކީ އެ ދެމީހުން ބަލިކަށި ކުރުވާ ވަރުގަދަ ހަތިޔާރެކެވެ. ދުވަހަކުވެސް ކުޑަކުޑަ އަނިޔާއެއް ނުވަތަ ދެރަ ގޮތެއް އެ ދެކުދިންނަށް މެދުވެރި ވުމަކީ، ޔައިލް އާއި އަޒަލްގެ ހިތް އެކުގައި ޒަޚަމް ކޮށްލާނޭ ކަމެކެވެ. އިންތިހާއަށް ލޯބިވާ ޔަޒާލް އާއި ޔަޒާއަށް ޓަކައި، ފުރާނަ ހިބަކުރަން ޖެހުނަސް، އެކަން ވެސް އެ ދެމަފިރިން ކުރާނެއެވެ.
ޔަޒާލް އާއި ޔަޒާގެ ކޮޓަރިން ނުކުމެގެން ގޮސް ޔައިލް އާއި އަޒަލް ނުކުތީ އެ ގޭގެ ބެލްކަންޏަށެވެ. އެ ގެއަކީ ޔަޒާލް އާއި ޔަޒާ ލިބުމަށް ފަހު، އެ ކުޑަކުޑަ ޢާއިލާއަށް ޚާއްސަކޮށް ޔައިލް ގަތް ގެއެކެވެ. އެ ކުޑަކުޑަ ޢާއިލާއަށް އެކުގައި ހޭދަކުރާނޭ އެތައް ވަގުތެއް ހިބަވެފައިވާ އެ ގޭގައި، ޔައިލް އާއި އަޒަލްއާއި، އެދެމީހުންގެ ލޮލުގެ ނޫރު ކަމުގައިވާ ޔަޒާލް އަދި ޔަޒާ އުޅެނީ ނުހަނު އުފަލުގައެވެ.
ބެލްކަންޏަށް ނުކުމެފައި ރެއިލިންގައި އަތް އަޅުވައިލި އަޒަލް ދެލޯ މަރައިލަމުން ފުން ނޭވާއެއް ދޫކޮށްލީ، މާ ދުރުން ދަތުރު ކޮށްލާފައި އަންނަމުން ދިޔަ ވައިރޯޅިތަކަށް އެ ހަށިގަނޑުގައި ބީހުމަށް ފުރުސަތު ދެމުންނެވެ. މަހުގެ ސާދަވަނަ ވިލޭރޭ ކަމުން ލިބުނު ފަހި ފުރުސަތުގެ ބޭނުން ހިފާލައިގެން، އުޑުމަތީގައިވީ ޝާހީ ހަނދު ދިޔައީ ރޭގަނޑުގެ ރަނިކަން ކުރަމުންނެވެ. އެ ހަނދާ ބައިވެރިވެގެން ފިޔަޖަހަމުން ދިޔަ އަލިގަދަ ތަރިތަކުގެ ބެބުޅުމުން، ބަލާ ކޮންމެ މީހެއްގެ ދެލޯ ވެސް ވިދައިލާހާ ވެއެވެ. ހަނދުވަރުގެ އަލިކަމާއި އެކު، ބެލްކަނީގައި ހުރި ގަސްތަކާއި މައުތަކަށް ވެސް އާދަޔާޚިލާފު ވިދުވަރެއް އެޅިފައިވާ އިރު، އާޝޯޚުވާހައި ވެއެވެ.
އެހެނަސް، ހަނދުވަރުގެ އެ ރީތިކަމަށް ވުރެ ބޮޑަށް ޔައިލްގެ ނަޒަރު ހުއްޓުނީ އޭނާގެ ލޯބިވާ އަންހެނުންގެ ރީތި ކަމަށެވެ. ހަނދުވަރުގެ އަލިން އަޒަލްގެ އެ އޮމާން މޫނުގައި ވީ ވިދުވަރުން ޔައިލް ބަލިކަށި ކޮށްލައިފިއެވެ. ޖެހެމުންދާ ލުއިލުއި ވައިރޯޅިތަކާ އެކުވެގެން، އެ ދިގު ރާޅުބާނި އިސްތަށިގަނޑު އަޒަލްގެ އޮމާން ކަނދުރާއަށާ މޫނަށް ޙަމަލާ ދެމުން ދިޔަ ގޮތް ބަލައި ފޫހިނުވާހާ ހިތްގައިމެވެ. ހުދުކުލައިގެ ތުނި ގަމީހަކާ، ކަކޫ ނުފޮރުވޭ ވަރުގެ ސޯޓެއްގައި އަޒަލް ހުރި އިރު، އެފަދަ ދެވަނައެއް ނުވާ އަންހެންވަންތަކަމާއި ރީތި ކަމުން ޔައިލް އަނެއްކާވެސް އާޝޯޚު ކުރުވައިފިއެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން ޔައިލްއަށް އަޒަލްއާ ދިމާއަށް ދެވުނު އިރު، އެ ދެލޮލުގައިވީ ތަފާތު ވިދުވަރެކެވެ.
އޭނާގެ އުނަގަނޑުގައި މީހަކު އަތް އަޅުވައިލި ކަމުގެ އިހުސާސް ކުރެވިގެން ސިހުނު އަޒަލްއަށް ހަމަޖެހިލެވުނީ، ދެވަނަ ސިކުންތުގައި ނޭފަތުގެ ހިނދުރިއަށް އެނގުން ވެލައިގެން ދިޔަ ޔައިލްގެ ސެންޓުގެ ވަހުންނެވެ. ވަގުތުން ނޭފަތް އެތެރެއަށް ދަމައިލެވުމާއި އެކު، އޭނާގެ ބަނޑާ ދިމާލުން ވަށައިލެވިފައިވީ ޔައިލްގެ އަތުގައި އަޒަލް އޭނާގެ އަތްތިލަ ބާއްވައިލިއެވެ.
“ޔައިލް..” ޔައިލްގެ ނަމުން އަޒަލް ގޮވައިލި އިރު، އެ އަޑުގައި ތަފާތު އަސަރެއް އެކުލެވިގެން ވިއެވެ.
“ހޫމް..” އަޒަލްގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލަމުން ޔައިލް ބުނެލީ، އޭނާގެ މޫނުމަތީގައި ކޭއްތެމުން ދިޔަ އަޒަލްގެ އިސްތަށިގަނޑުން ދުވަމުން ދިޔަ މީރު ވަހުން ހިތްފުރޭހައި ވަރު ވެފައި ހުރެއެވެ.
“ތެންކްޔޫ.. އަހަރެން ދެކެ ތިހާ ލޯބިވާތީ.. އަހަރެން ލިބޭނެ ކަމުގެ އުއްމީދެއް ނެތް އިރުވެސް އަހަންނަށް އިންތިޒާރު ކުރީތީ.. ތިހާ ޕަރފެކްޓް ފިރިއަކަށް ވީތީ.. އަދި އަހަރެމެންގެ ލޯބިލޯބި ޒާލުއަށާ ޔަޒޫއަށް އެހައި ޕަރފެކްޓް ބައްޕިއަކަށް ވީތީ..” ޔައިލްއާ ވީ ފަރާތަށް އެނބުރިލަމުން، އަޒަލް ބުނެލީ ސީދާ އެދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ހަތަރުކަޅި ހަމަވީ ވަގުތު، ޔައިލްގެ އެ ފުން ދެލޮލުގައިވީ ޖާދޫއަކުން އަޒަލް ބަލިކަށި ކުރުވިއެވެ.
“ނޯ.. ތެންކްޔޫ އަޒް.. ޔަގީން ނުވެ ހުރެފައި ވެސް އަހަންނަށް އިތުބާރު ކޮށްފައި އަޒް ދެކެ ލޯބިވާން އަހަންނަށް ފުރުސަތެއް ދިނީތީ.. އަޒް ވެސް އަހަރެން ދެކެ ހަމަ އެހާ ލޯބިވާތީ.. އަހަރެމެންގެ ލޯބިލޯބި ދެކުދިންނަށް ތިހާ ޕަރފެކްޓް މަންމިއަކަށް ވީތީ.. ކޮންމެ ކަމެއްގަވެސް ދެގޮތެއް ނުވެ އަހަންނާ އެކުގައި ވާތީ..” އަޒަލްގެ މޫނުގައި ދެއަތުުން ހިފަހައްޓައިލަމުން، ޔައިލް އެ ނިތަށް ބޮސްދިނެވެ. ކުރުވި ފުން އިހުސާސަކުން ވަގުތުން އަޒަލްގެ ދެލޯ މެރިގެން ދިޔަ އިރު، އެ ތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލިއެވެ.
“ބައްޕަމެން ބުނެއެއްނު ޔައިލް ކުޑަ އިރުވެސް ވަރަށް ގިނައިން ބުނާނޭ ބޮޑުވެގެން މެރީ ކުރަން ބޭނުމީ އަހަންނާއޭ..” ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން އަޒަލް ބުނެލީ ހިނިއައިސްފައެވެ.
“އެހައި ކުޑަ އިރުވެސް އަހަންނަށް އެނގޭ އަހަރެން ބޭނުންވާ މައުޝޫގާ އަކީ ތީކަން.. އައި ޖަސްޓް ނިއު ވީ ވަރ މެންޓް ޓު ބީ..” އެއްލޯ މަރައިލަމުން ޔައިލް ކޮށްލި ސަމާސާއިން، އަޒަލް ކައިރިއަށް ހިނި އައެވެ.
“ކުޑަ އިރު އަޒްއާ އެކީ ވާން ބޭނުންވި ގޮތަށް މިއަދު ވެސް އަހަރެން މިހުރީ ދެގޮތެއްނުވެ އަބަދުވެސް އަޒްއާ އެކީ ވާން ތައްޔާރަށް.. ދުވަހަކުވެސް އަޒްއާ ވަކިން ނޫޅެވޭ ވަރަށް އަހަރެން އަޒް ދެކެ ލޯބިވޭ.. އެންޑް މައި ލަވް ފޯރ ޔޫ ކީޕްސް އިންކްރީސިން ޑޭ ބައި ޑޭ.. އައި ލަވް ޔޫ ސޯ މަޗް، މައި ޕްރިންސެސް.. އިރާދަކުރެއްވިއްޔާ އަބަދުވެސް އެކީ ވާނަން.. އަހަރެމެންގެ ދިރިއުޅުން ފުރިހަމަކޮށްދިން ކުޑަކުޑަ ޔަޒޫއާ ޒާލުއާ އެކީ.. އެއީ އަހަންނަށް އަބަދުވެސް ތިޔަ ލޯތްބަށް އެދެވޭތީ..” އަދިވެސް އިތުރަށް އަޒަލް އޭނާގެ ގަޔާ ކައިރިކޮށްލަމުން ޔައިލް ބުނެލިއެވެ. އެ އަޑުގައިވީ ޔަގީންކަމާއި، ލޯބިވެތިކަމުން ވަގުތުން އަޒަލްގެ ލޮލުގައި ކަރުނައިގެ މުތީތައް ވިދަން ފެށި އިރު، އުޑުގައި ބަބުޅަމުން ދިޔަ ތަރިތަކަށް އެ ރީތި ދެލޯ ދޫނުކުރެއެވެ.
“އައި ލަވް ޔޫ މޯރ ބޭބީ.. އަހަރެން ވަރަށް ވަރަށް ލޯބިވޭ ޔައިލް ދެކެ.. ދުވަހަކު ވަކިވާކަށް ބޭނުމެއް ނޫން.. ޔައިލްއާ އަހަރެމެންގެ ލޯބިލޯބި ޔަޒޫއާ ޒާލުއާ އެކީ އަހަރެންގެ މުޅި ލައިފް ކޮމްޕްލީޓް ވެއްޖެ.. އިންޝާﷲ އަބަދުވެސް ވާނީ އެކީ.. އެއީ އަބަދުވެސް، އެހެން ހުރިހާ އެއްޗަކަށް ވުރެ ވެސް ބޮޑަށް، އަހަންނަށް ތިޔަ ލޯތްބަށް އެދެވޭތީ..” ޔައިލްގެ ކަނދުރާގައި އަތް އަޅުވައިލަމުން، އަޒަލް ބުނެލީ އިތުރަށް ޔައިލްއާ ކައިިރިވެލަމުންނެވެ. އެހިނދު ޔައިލްގެ ކަނޑެއް ފަދަ ފުން ދެލޮލުން ފެނުނު އަސަރަކުން، އެ ދެލޮލުގެ ތެރެއަށް އަޒަލް ގެނބިގެން ދިޔަ ފަދައެވެ.
މަޑުމަޑުން ޔައިލް އާއި އަޒަލްގެ މޫނު ކައިރިވަމުން ދިޔަ އިރު، ދެމީހުންގެ ފުން ނޭވާތައް ވެސް އެކުވަމުން ދިޔައެވެ. ދެ ހިތުގެ ތެޅުން ވެސް އެއްހަމައެއްގައި ފައިހަމަ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ އިރު، ހިނދަކަށްވުރެ ހިނދެއް ދެ ހިތުގެ ވިންދު ވެސް ދިޔައީ އަވަސް ވަމުންނެވެ. ދެމަފިރިންގެ މެދުގައި ބަދަލު ކުރެވުނު ލޯބީގެ ކޮންމެ ހަދިޔާއަކާއި އެކު، ދެހިތުގެ ބުނުން ވެސް ދިޔައީ އިތުރަށް ސާފުވަމުންނެވެ. ދެހިތުގައި ވެސް ކުޅެވެމުން ދިޔައީ އެއް ރާގެކެވެ. ބުނަމުން ދިޔައީ އެއް ވާހަކައެކެވެ. އެކަކު އަނެކަކު ދެކެ ލޯބިވާ ވަރެވެ. އެކުގައި އަބަދުމެ ލެއްވުމަށް އެދި ކުރެވޭ ދުޢާއެވެ. އެކަކު އަނެކަކުގެ ލޯތްބަށް އެދެވޭ ވަރެވެ.
ނިމުނީ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
66 Comments!
Comments are closed.







nooooooooooo why Did it finish?
i need more of your stories
vrh kiyaa hithun kiyaa ninmaa milevunee vrh perfect story eh
for that nayu thankx
but still can’t believe the whole story just finished 😭
I am kindly going crazy right now 😭
thank you so much nayu mikahala reethi reethi vhk eh nayu ve readers aa hama ah foaru kohdhineethee
gonna miss you very much nayu sis ❤️
lyssssssssm n more sissy 😘
konme kamakah ves feshumakaa nimumeh onnaanethii mi vhk ah ves nimumeh onnan vaane ennu dhw..hehe
thank youu dear.. leesh ge comments abadhuves kiyanii varah kiyaa hithun..thii vrh loabi loabi reader eh 🥰
I’ll miss you moreee, in sha allah kuru vaahaka akun viyas avahah dhimaa vaane adhi
lym nd moreee ❤️ ❤️ ❤️
maashaa allah i feel like this. and finally this was the end of the story.i hope you can write more beautiful loving stories. keep it up
thank youuu ❤️
yess break akah fahu adhi hama othii kuriyah ❤️
Hellooo everyone!!
Finallyyyy mi vaahaka ves nimijje. Alhamdhulillah, mee varah bura masakkatheh. Mee alhugandu esfiya site ah liyunu 3 vana dhigu vaahaka. Alhugandu kurin liyunu 2 vaahaka ah libunu support mi vaahaka ah ves libigen dhiyumakii alhugandu varah varah ufaa kuraa kameh. Alhugandah tharuheebu dhevvaa, alhugandu dheke loabivaa hurihaa kiyuntherinnah varah bodah shukuriyyaa! Couldn’t have come this far without you guys! Love y’all so much.
I started writing to esfiya 4 years ago when I was just 13 and actually can’t believe how far I’ve come. I started my journey as a writer with many hesitations and as just a 13 year old kid. But Alhamdhulillah, my writings started improving day by day and I got top 10 in gaumee vaahaka liyumuge mubaaraiy saanavee ginthin in 2022 and 18 aharun dhashuge umuru furaa in 1 vana the last gaumee vaahaka liyumuge mubaaraiy (which was in 2024). Esfiya ah liyan fashaigen libunu practice ge sababun hageegathuga ehaa hisaabah mi aadhevunii. Ehaa bodi kaamiyaabee eh libi, liyuntheri akah vumah alhugandu dhekey huvafen hageegathakah hedumugai enme is dhaureh adhaa kury hama esfiya ah libigen libunu practice. Veemaa mi furusathuga esfiya admin team ashaa, alhugandu ge loabi loabi kiyunthrinnashaa, alhugandah vaahaka liyumun kuriyah dhaan hivvaru dhey hurihaa ekuverinnah fah fashun shukuru adhaa kuran. Shukuriyyaa hurihaa enmen! ❤️
Alhugandu ithuru vaahaka eh dhen genesdheyn fashaanii kuda break akah fahu. Mi dhuvaskolhuge gothun kiyevumaa ehen hurihaa kamakah ves balaafa alhugandu mi visnanii ihah vaahaka liyumun break eh nagan. Ehen namaves, adhi dhimaa vaane, In Sha Allah. Hurihaa kiyuntherin mathin ves varah handhaan vaane! Varah loabivey! ❤️
proud of u gurlll❤️
Ly❤️
Thank youu girlll!! ❤️
Lymm ❤️
Masha Allah mi part vx vrh reethi ❤️💯
Alheyy nimunee dhw 😭😭
Vrh kiyaa hithun Kee vrh reethi vaahaka ehh Mii.. Masha Allah
Nayaa ge new story eh kiyaalan libeyne kamah ummeedhu kuran 🙂 ✨
Nayaa ge vaahaka eh kiyaa nulaa alhugandu ge dhuvas furihama eh nuveyy..
Vrh Gina faharu belihjje mi part up vefa in thww..ehaa ves kiyaa hithun huree
You are one of my fav author
Keep it up 👏,
IA alhugandu ge support abadhuvess libeyne..
Thank you so much Aalaa ❤️
Thii ves Nayaa varah bath balaiganna kiyuntheri eh.. Aalaa ge comments kiyaalaafa hama abadhuves varah ufaavey 🥹
Words can’t even describe how thankful I am for your support. Varah loabivey ❤️
masha allah mi vhk vs vrh reethi
tc n ly nayaa
thank you so much aanaa ❤️
aanaa ge story ves varah kiyaalaa hithun mihurii hama.. whens first part??
and I just wanna say don’t listen to haters and do your own thing!! I’ll always support you love ❤️
lym ❤️
alheyyyyyyyyyy nimuny ey dhwwww
hama beynun vi kahala twins ekey e libuny dhwww
wowww vrh vrh reethi mi part ves mikahala eha reethi nayuu ge stories adhi kiyan libeyne kamh ummeedhu kuran
vaki hisaabaah dhiya thanaa mi hithah arany kobaa baaey laura aa azaan ge dharin eheheh dhn uhli akh kury vhk e baithah handhaan ves v hehe
ekm haaadha avahakahshe mi nimuny vhk 🙁
vrh avahah ehn vhk eh iyan libeyne amh mi balany
i realllyyy want to read your stories
mi story aa meege kuryge story mi hama fav stories mihaa thanah kiyunu
keep it up siss <3333
Here is another one of my favourite readers!!
Huge thanks nael for your continuous support! Truly means a lot to me ingey hama varah varah ufaavey nael ge comments kiyaalaafa. Thanks for always showing me sm love 🥹❤️
yesss in sha allah adhi othii hama kuriyah ithuru vaahaka thah ves BUTTT after a break..hehe
once again thanks dear ❤️
Same Aalerrr! Iru iru kolha hama belenii.. upload vefa inthw! Hihi… Dhn v foohi vaane naya ge story eh nukiyengna!
Adhi othii ey hama kuriyah ithuru stories.. hehe
Thank you Tabassum for your lovely comments throughout the story ❤️
Nayu ge vaahaka thah free koh kiyan libeythii v happy. Ehn hunna salhi salhi story books mi jehenii ganegn kiyan n eha agu bodu! Dhevana vaahaka akah v inthizaaru kurevey eba! ❤️❤️ Love you naya! ⭐
Thi gothah amilla foiy thah nerumakii nayaa ge varah bodu huvafeneh.. In Sha Allah adhi ehisaabah dhaanan.. Thank you soo muchhh for this lovely comment darling❤️
Love you more! ❤️
Maashaa Allah mi part vx , mi story vx varah varah reethi…… Thiee kiyuntheringe shaugu verikan hoadhan ingey, ithubaaru hifey, vrh loabi , vrh kind liyuntheriyeh….. eh vaahakain aneii vaahaka ah improve kuraa liyuntheriyeh……. kiyuntherin ge khiyaalu balaigane kiyuntherin beynunvaa gothah story kuriah gendhan masahkaiyy kuraa liyuntheriyeh kan ufalaa ekee faahaga kuran….. nayaa ge vaahaka thah kiyaairu hama heevany vaahak therey ulhevey hn…. and mi story ga vrh bodah vx egothah feel vi….. adhi dhera scene thakuga rovey, ufaaveri scene thakuga hevey…… hama heevanee alhugandah dhimaa vaa kanthah thakeii hn… vaahaka genes dheefa huri gothun….. nayaa vaahaka liyumun break eh nagaafa ehkoh nugehlehcheyyy….. dhn liyaa vaahaka eii miah vure vx reethi vefa asaru gadha vaane kamah ummeedhu kuran…. nayaa ah abadhuvx kaamiyaabee ah edhen… adhi eii dhuvahakun nayaa aa dhimaa vaane kamah ummeedhu kuran…. varah loabivey….
awwww mi comment kiyaalaafa asluves hama fenkalhi vejje 🥹
Thank you so so sooo muchhhh darling.. your comments hama abadhuves varah varah loabi and this comment is THE LOABIESTTT hama!! In Sha Allah abadhuves kiyuntherin ge khiyaalu balaigane, ekuveri ehge gothuga kuriyah dhaan masakkaiy kuraanan ❤️
Nayaa ves varah unmeedhu kuran vampire girl aa dhimaa vaane dhuvahakah.. Loabivey more and moreeee!! ❤️❤️❤️
Mi part vx varah varah reethi Masha Allah <333
Nimuny dhw story 😭💔
Mi kahala reethi ithuru vaahaka akah inthizaaru ge kandah fummaaly mi 😂
Nayu ge mathin varah Miss vaane <33
Your one of My fav Author <33
Lysm Nayu <33333
Thank youuuu azz loabiii!! ❤️
Aachaa haadha molhu sifa kurumuge ibaaraatheh!! Salhi ingey hehe 😅❤️
Azz mathin Nayaa maa bodah miss vaane ☹️💔
Lym dhooni ❤️
mashallah naaya mi vhk aki hama ehnme perfect alhugandhu kee hurihaa vaahaku tehereyn ves ehme reethi vhk thakuge thereyga mi story himeneyy i appreciate your good work
n uhmeedhu kuran faagathi musthagubalehga adhi naaya ge ethakeh vhk thakeh kiyaalan libeyne kamah you are one of my fav
ly naayoo sis
awww tysm for all your sweet comment throughout the story.. much lovesss❤️
yess in sha allah adhi hama othii kuriyah after break
lym nd more love ❤️❤️❤️
Wowwwww mi vhk ves Dhen mi nimuny dhww
please write another one
enemies to lovers ehcheh 😭😭😭
i love your stories so much
i read all of your stories 💗💗
can you follow me
my id is @lamm._______
yesss dhen nimunii 🥲🥲
hehe enemies to lovers eii Nayaa enme kiyaa hithun kiyaa AND enme liyaa hithun liyaa trope.. ekam kurii vaahakaiga ves innaane enemies to lovers ehcheh.. zaara and afaan ge.. dhen ekam eyah vure bodu kohlaafa ves liyevidhaane adhi..dhen lets see dho
yesss i just requested insta in!! balaalahchey ❤️
Wooww Maasha allah mee Varah varah varah furihama vaahaka eh.. thiyaee hunaru veri molhu liyun theri eh Maasha allah thabaarakallah.. hope to read more stories from you.. thiee varah kind, kiyuntheringe ithubaar hoadhan masahkkaiy kuraa liyun theri eh kan faahaga kuran.. abadhu ves edheny kaamiyaabee ah 🙂
Nayaa sis ge vaahaka thakun vaahaka liyan Varah Varah Varah inspirations libun..
thikuraa bura masahkkathuga may allah barakaaiy lahvvaashi..<33
Tysm mihaa reethi vaahaka eh genesdhiny thy.
<33
thank youuu loveee!! ❤️
i love love loveee this comment!! varah loabi asluvess.. varah varah happy!! 🥹❤️
abadhuves enme ufaa vany nayaa kairin inspire vegen kudhin story liyaa vaahaka buniima.. go for it darling im sure you’d do way better than me! I’ll always always support you!! ❤️
This is a reply to @Aysherr’s comment
Is there any nayaa sis aa contact kureveyne insta noon
i mainly use insta.. snap ves innaane but snap ga thibeynii dhanna meehun ekani.. dhen innaanii tiktok although i don’t use it much, you can give me your tiktok if you use it and I’ll drop a follow! 😊
Alheyy anehkaa mi vaahaka ves nimuny dhw
Comment nukurevunas alhugandah vy varakun kiyaalan hurihaa part eh ves
Ekm dhn ingeynu mi part fenunihyaa alhugandah comment eh nukoh nuhureveyne kann
Vrh miss vaane mi vaahaka
Uhun enme bodah miss vaany loabi loabi nayaa sis mathin ingey
Alhugandu mi hury hama bunaane ehcheh ves neyngifa
Ehaa ves shauguveri vefa furihama vaahaka eh mee Masha Allah
Alhugandu abadhu ves edheny sis ah kaamiyaaby ah❤️
Unmeedhaky raajjeyga thibi enme funnaibu us liyuntheringe listun nayaa sis ge nan ves fenun
Sis ah ekan vaan ves vaane Insha Allah❤️❤️
Bas ahain kiyavaigen molhu kuhjakah vahcheyyy <3
Vrh loabi veyyy <3
Vrh vrh vrh misss vaane <33
awwwhhh hiii lily dhooniiii ❤️
I missed your comments sm!! vrh vrh ufaa vejje lily ge comment eh last ep ga libuniima 🥹
Alheyyy sis ves varah miss vaane sis ge loabi loabi lily mathin ☹️
Asluves varah varah varah ufaa vejje mi comment kiyaalaafa. Thank you so so sooo muchh lily loveee!! 🥹❤️
In Sha Allah lily ge thi unmeedhu furihama kohdheveythoa sis varah masakkaiy kuraanan
Lily ves bas ahaigen kiyavahchey!!
Will miss you moreee and love you more and more and more and moreeee loabi ❤️❤️❤️
Wowww masha allah vrh vrh vrh reethi mi vhk mi vhk ekanyeh noon nayaa ge hurihaa vhk eh vc vrh reethi
Emme kurinsure vc nayaa ge vhk thah gavaaidhun kiyan komme faharaku comment nukurevunas. Thiee hama alhugandu ge fav author .vrh vc asaru gadha nayaa ge vhk thah. Umurun 13 aharun feshign thikuri massakathuga abadhu vc allah barakaaiy lavvaashi. Thiee hurihaa kiyuntherin ge vc khiyaalu thah balaiganna liyuntheri eh.
I appreciate your hard work
Kuriah oii thaanga mi dhaairaa in nayaa ge huvafen thah hageegathakah vgn dhaane insha allah
Adhi nayaa hoadhi kaamiyaaby thakah maruhaba kiyan
I also baiverivin thi dhe mubaarathuga vc ekm vana eh nulibun ekm school mubaaraiy thakun libey
Thihaa busy koh ulhemun vc vhk kiyaalan libeythy vrh vrh ufaavey
Adhi vc nayaa ge ithuru vhk thakah inthizaaru kurevey
Vrh miss vaane dhn nayaa mathin vc mi vhk mathin vc hehe 😘😍
Awww this sweet comment really brought tears into my eyes!! 🥹
Varah varah varah bodah shukuriyyaa loabi!! Tysm for your support throughout all my stories.. varah varah ufaa vejje asluves ❤️
Awh alheyy it’s okay in sha allah adhi vana eh libeyne.. school mubaaraiy thakun libuneema that’s also really really good Masha Allah..adhi kuda practice akaa ekii gaumee mubaarathun ves vana hoadheyne In Sha Allah 🥹❤️
Nayaa ves varah varah miss vaane thi hurihaa loabi loabi readers mathin 💔
Naayu vrh reethi vhk nabaa naayuge vhk abadhuves kiyani vrh kiyaahithun your stories inspired me really thnks I will miss you very much
Hope I will yet a new story from you soon insha allah
Love you🥰
Thank youuu nabaa!! ❤️
So glad we became friends and im so grateful for your love and support!! ❤️
Love you more nd moreee ❤️
Hey darling. Azz and yail eiy varah loabi couple eh. Special yail eiy hama all mens ah huri perfect example eh hama. Yail kahala meehaku libeyne nama. Btw story nimuny thee varah dhera vey. Ekam enmenah enmenge loabi kaamiyabu kurevunythee ufaavey.
Nayaa varah hiyvaru kohfikan ingey komi dhuvahaku 2 or 3 parts up vaathee. Varah udhagoo kameh aslu kiyavaa kujjakah egothah time hoadhaigen story ninman one month thereyga. But you did it well hama. Proud of you darling.
Reem ah yageen nayaa ge talent thiyah vure bodah show kohfiyaa you will be a professional story writer akah. Ekamaku keekuraanee raajjeyga noavey viyya ekahala platform thah ves.
Miah vureh perfect story eh kiyunu hen hiyeh nuvey. Story liyan effort dhey varah kiyevumah ves ehaa effort laane kamah unmeedhu kuran. Dua akee nayaa mi kuraa mashakathugai Allah barakaaiy levvun adhi kome ves dhuvahakun nayaa professional writer akah vun.
Wish you all the best darling. Adhi ehn story akun nayaa aa dhimaa vaane kamah unmeedhu kuaran. Take care. Family proud vaa varah Molhah kiyavaathi 💗
Awwwhhh miyoh loabi loabi comment eh Reemmmmm!!
yess asluves yail is so perfect dho hama hehe.. well we all know men written by women are perfect kan haha
Yess I tried my best this roadha mahuga and focused fully on this so that i can completely focus on my studies after this chuttee
Alheyyy thank you soo muchh reem dearr means a lottt ingeyy hama ❤️
Yess adhi dhimaa vaane In Sha Allah.. Yesss In Sha Allah will do 🥰❤️
Alhey Mioh reethi vhk Mioh nimuny dhw
Nayu i wanna thank u sm
Haadha reechey nayu ge vhk thah. I love it.
Vrh kiyaa hithun kee vhk eh mee.
Nayu gr hurihaa vhk eh vx alhugadu keen.
Hama vrh furihama. Nayu dhn liyaa vhk ahvx vrh inthizaaru kurevey.
Very proud of u nayu💋
Keep it up
Lysm 💋❤️❤️
Thank youu Maryam love for all your sweet comments throughout the story!! I loved every community of you ❤️
Thanks again darl ❤️
Lym nd more ❤️
Varah miss vaane ingey nayaa mathin!!
Brk ah fahu ge come back varah salhi vaane kamah unmeedhu kuran. Hope for the best 💗
I’ll miss you moreee!!
Yess In Sha Allah hama varah reethi story akaa ekii annaanan ❤️
Mi story vx nimuny dhw
Vrh reethi mi story vx ur other stories too
Eha short notice ehga upload kuraathy vrh salhi
Glad to hear about your kaamiyaabei from writing stories
I once wrote stories too hama 13 ga due to some cicumstances I couldn’t continue
I also took part though I never got anything ekam,Ive taken a break long ago and now I write other things
However you really motivate me
Waiting for a new captivating story of yours
yesss mi nimunii dhen mi story vess
Awww thank youu so muchh darling ❤️
You should totally get into writing again hama im pretty sure you’d do AMAZING!
thank you for your support throughout our the story love.. It really really means a lot to me ❤️
Naaya your my fav author in esfiya
Loved this stroyyyy
Gurlll we need a season 2😭😭
M
Ly❤️💗
Aww thank youuu Aaraa ❤️
Hehe this was a season 2 of my previous story “hoadhan neydhen loebbeh thiya noon” so dhen aa vaahaka eh fashan kamah mi visnanii..hehe
Lym ❤️
Nayaaa story nimuny dhoo. Alhey haadha haa vaa loabi ey. Nayaa thee hama best dhen neyngey kiyaa dheyney gotheh vx. Shayaam ge bai kiyaalaafa vx hama hiyy rony dhen meehun thibyma nu eh roe rifoo akah 😭 hehe ekam hama hiyy rony ingey.aslu Rifoo vaahaka thah kiyaa iru madhu story eh kiyaafa ingey ehaa faseyhain roeveny. You’re stories are one of them 😊. Story nimun fahun comment eh kohlevunyma sorry ingey .
I wish shayaam and yal ge and aroo and zaul ge baeh kiyaalan libeyne nama ey. Ingey tha nayaa ah stories ge vaahaka dhahkaigen vampire girl rifoo kairy buni keehve ho hurihaa authors in vx main ah twins dheny. Dhen mi story ga yail and az ah twins dhinyma dhen dhimaa vaa dhuvahakun bunaane kobaa keekey hey vampire girl buny 😂
Dhen neyngey rifoo bunaane ehcheh vx nayaa ge stories hama ehaa kamudhey. Sifa kohdheefa hunna iru hureveny vaahaka ge thereyga. Baeh faharu heven vx hevey and sometimes roven vx rovey. And kudhin thah loabi kamun vx vaahaka kiyaalan indhefa hinithun vumeh verivey. Thedhah bunanyya you are my favourite author 🥰.
Your stories resonate with me in a way that no other author’s work does. The depth, the emotion, the complexity—each word you write feels like it’s been crafted just for me. You’re not just my favorite author; you’ve become a constant source of inspiration and understanding. There’s a magic in your writing that feels both rare and essential
I find myself completely in love with your stories they captivate me every time I read them. Each time I dive into your words, it feels like discovering something new, yet familiar, all over again. I can’t help but return to them, reading them again and again, because they never fail to leave me in awe. Dhuvahaku vx Rifoo nayaa ge vaahaka kiya kiyaa vx foosseh nuvey. Hama neynge nayaa he ehen stories thah vx kiyunu adhadheh. Hama foohi vaa irah or kamakaa hiyy hama nujehunas gina faharah hama nayaa ge vaahaka thah kiyeny.
Hieh nuvey kithanme bahakun nayaa ah thaureef kuriyas nayaa ge hunaru huri minvaraa gaathah vx thaureef kureveyne heneh.
Dhen comment ninmaalamun bunevey ny abadhuves nayaa ah kaamiyaabee ah edhemey. Thi noon author eh dheke dhuvahaku vx loabi eh mihaa bodakah nuvamey. Thi noon author akaa real lifa ga bahdhalu vaakah adhi mihaa varakah beynumeh vx nuveyey. And thee abadhuves Rifoo ge favourite author ey. And thi author ge stories kiyaa hithun nuves hureve yey. And i love you 😘😘😘
Hiii Rifooooo!!
Yesss story ves nimunii mi dhen
Awww alheyyy you’re too sweett!!🥹❤️
Miyoh dhigu comment ah dheyn beynun vanii ves varah dhigu reply eh ekam neynge bunaane ehcheh ves hama.. asluves im speechless mi comment loabi kamun
This is actually so loabi hama tysssmm rifooo dhooni!!
Nayaa miadhu varah varah ufaavey nayaa ge sababun story liyan feshi kujjaku thihaa kuri araigen dhathii.. I feel a sense of proudness hama rifoo ge story kiyaalaa iru.. always keep it up and I’ll always support you! Lots and lots and lots of loveee!! ❤️❤️❤️
Alheyy mi story ves nimuny dhw….
Ur such a talented author nayaa
I get inspired by u and my dream is to be an author like u oneday
I really enjoy reading ur stories ☺️
Keep up the gud work gurll
Hope we will get to read another amazing story of yours
Lysssm darling <3
Yesss ishuu mi story ves mi dhen nimunii
Awww alheyyy i just loveee it when i inspire you lovelies it’s the sweetest feeling everrr istg!! 🥹❤️
Thank youu dhooni ❤️
Lym nd moreee darling ❤️
Alheyyyyyyy nayooo story ninmaalee dhw it’s too good 💯 vrh reethi yail n azz perfect couple ever.. finally shayam got yaleen.. aaroo n zaul vrh nice mihaa furihama vhk eh liyeveynee vrh visnun thoonu writer akh it’s yu 🫵🏻 nayaa
LYSM nayaa 🫶🏻😊
Yess darling story nimunii mi dhen
Awwhh thank youu so muchh ingeyy for all your support throughout the story hama thee varah faahaga kohkevey kyiuntheri eh 🥹❤️
Lym ❤️
Hey nayoo..
I’m speechless ingey hama.. Mi story vrh furihama maasha allah.. Hurihaa episode vx shaugu veri kamaaeku kiyaalevey.. Story kiyaa hithun hureema heevany maa avahahshey nimuny hehe.. Aslu vx vrh vrh reethi mi story maasha allah.. You were an inspiration for me to write.. I’m really proud of ur hard work and dedication.. I wish you an amazing future as an author.. I will dearly miss ur stories.. I hope to see a new story from u soon.. Love you darlinggg💜🦋
omggg hii maash ❤️
missed youuuu sm
alheyyy tysm ingeyyy varah varah loabi kujjeh thee asluves thanks for all the love and support you showed me throughout 🥹❤️
you are a very talented authority yourself masha allah varah varah proud very!! ❤️
Love youuu moreee ❤️
alheyy story nimuny dhw mi story akee asfiya in kiyunu anme reethi vaahaka and nayoo ge other storys too comment nukurias abadhuevs kiyan naya ge hurihaa story eh ves your very talented author masha allah hope we can get new storys from you and we will miss you lots of love from me lysm nayoooo
Thank youuu so much dear ❤️
In Sha Allah adhives hama kiyaalan libeyne ❤️
Lym nd moree darling ❤️
Varah reethi mi vaahaka I’m really gonna miss this story you should try to write like a teen horror flick I’m really into thriller stuff but I’m just giving suggestion eh ingey btw can I have ur insta girlie 💓
Thank youuu ❤️
Nayaa ves varah varah miss vaane hurihaa readers mathin
Omg I’ve actually been trying to write one hehe.. i never really tried horrors thriller liyan but mihaaru dhen veythoa mi ulhenii..who knows my next story could be a horror.. hehe
yess ofcc gimme ur insta and I’ll drop a follow! ❤️
Yes it’s _mai.iii_ hope to see ur story soon girlie 💗
I just requested to follow you!
Enme fahun mi vhk ves nimunii dhww.
Break nimmaafa aa dhigu vhk liyelan vaane. Liyunu varakah improve vaane. Varah inthizaaru kureveyne naayu alun vhk laane vaguthakah. Naayu liyaa vhk thah reeethi kamun alhugandu bas hutteyne. Nimmaalun ves hama ehaa salhi. Vhk ge haadhisaaa thakah emotions genesdheefa hunnaleh furihamakamun heevanii mi vhk kiyaa iru ethanuga personally hureveyhen. Sifakurunthakaa ibaaraaiy kurunthah hama habeyyyys.
Sorry ingey lahun comment kohlevuniiima. Roagaa jehigen ulheythii las vee 😢😢😢
Lysm 💕💕💕
Wishing you a long and successful journey in writing stories.
White rose ge support abadhuves naayu ah libeyne IA.
Yesss nimunii mi vhk ves dearr
In Sha Allah yess adhives hama liyaanan 🥰
Awww thank youuu soon much asluves varah varah ufaa vejje 🥹❤️
Awee it’s okayy adhi laheh nuveynu and shafakillah my dear ❤️
I wish you the same and I’ll always support you asw in sha Allah
Lym ❤️
Mee koche
Hadi Valahaka
vaahaka hadi viyakas username ga “nayaa big fan” jahaalaafa adhi comment eh ves kohleethee thanks 🥰❤️
I was just joking lol this whole story reading it was legendary
Ohh Glad you enjoyed it! Thank you ❤️