Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… 36

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 24, 2025 8 Mins Read
17 Comments

“ޝަޔާމްއަށް ވެސް ޝަޔާމްގެ ބައްޕަގެ އަނދިރި މާޒީ އެނގުނީ އެމީހުން މިގެއަށް އައި ރޭ.. އެރޭ އޭނާގެ ބައްޕަ އޭނާއަށް ހުރިހާ ކަމެއް ކިޔައިދިނީ.. ޝަޔާމްގެ ބައްޕަ އަކީ އަހަރެންގެ މަންމައާ ބައްޕަގެ އެހައި ބޮޑު ކުށްވެރިއަކަށް ވުމަކީ، ޝަޔާމްއަށް އަހަރެމެންގެ އާއިލާގެ ހިއްސާދާރަކަށް ނުވެވޭނޭ ސަބަބެއް ކަމުގައި ބުނީ ވެސް ޚުދު ޝަޔާމް.. ޝަޔާމް އަހަރެން ގާތު ބުނި ބައްޕަ އެކަހަލަ ކަމެއް ކޮށްފައި އޮވެދާނެ ކަމަށް ހީކުރެވިފައި ވެސް ނެތް ކަމަށް.. އެކަމަކު ޝަޔާމްގެ ބައްޕަ ކުރި ކުށުގެ ސަބަބުން، ޝަޔާމްއަށް އަހަރެމެންގެ އާއިލާގެ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލަން ވެސް ނުކެރޭނެ ކަމަށް ބުނި.. އަޒްއަށް އެނގޭތަ..؟ ޝަޔާމް ޔަލްއާ ދުރުވީ އަމިއްލަ އުފާތައް ޤުރުބާން ކޮށްފައި.. އެ ލޯތްބަށް ޝަޔާމް ފުރަގަސް ދިނީ އަމިއްލަ ހިތުގައި އަތް އަޅާފަ.. އެއީ މާޒީގައި ޝަޔާމްގެ ބައްޕަގެ ފަރާތުން މި އާއިލާއަށް ލިބުނު ކަހަލަ ހިިތްދަތި ކަމެއް، ދެވަނަ ފަހަރަށް ޝަޔާމްގެ ސަބަބުން ތަކުރާރު ވުމަށް ޝަޔާމް ނޭދޭތީ.. އެހައި ވެސް ޝަޔާމްއަށް ވިސްނޭ..” ޔައިލް އެންމެ ފަހުން ބުނެލި ޖުމުލައިން މިލާންގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. ފުރަތަމަ ފަހަރަށް، އޭނާއަށް މި ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްތޯ އަމިއްލަ ހިތާ ސުވާލު ކޮށްލެވުނެވެ.

ލަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ގޮސް މިލާން ސިޓިންރޫމުގައި ހުރި ސޯފާގައި ޖައްސައިލިއެވެ. އެއަސްފަހު ޖީބުގައި އޮތް ފޯނު ނަގާފައި އަފާންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

“އަފާން.. އަހަރެން ވަރަށް މުހިއްމު ވާހަކައެއް ދައްކައިލަން ބައްދަލު ކޮށްލަން ބޭނުން..” މިލާން ބުނެލުމާއި އެކު އަފާން ކޮފީއަކަށް ދައުވަތު ދީފައި ފޯނު ކަނޑައިލިއެވެ. ސޯފާ މަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ނަގައިގެން މިލާން މިސްރާބު ޖެހީ ބޭރަށް ދާށެވެ.

ފަނަރަވަރަކަށް މިނެޓުގެ ތެރޭގައި އަފާން ބުނި ކެފޭއަށް ދެވުނު އިރު، އަފާން ވެސް އެތަނުގައި ސައިކަލު ޕާކު ކުރަނީއެވެ. ދެމީހުން އެކުގައި ކެފޭއަށް ވަދެ، ކޮފީއަކަށް އޯޑަރު ކުރި އިރު، އަފާން އިނީ މިލާން ދައްކަން އުޅޭ ވާހަކައެއް އެނގުމަށް ކެތްމަދު ވެފައެވެ.

“މިއަދު ޝިޔަލް އަހަރެމެން ގެއަށް އައި..” ޝިޔަލް ގެއަށް އައި ވާހަކައިން ފެށިގެން، ޔައިލް ދެއްކި ވާހަކަތަކާ ހަމައަށް މިލާން އަކުރެއް ފިއްޔެއް ވައްޓައިނުލައި ހުރިހައި ވާހަކައެއް ކިޔައިދިން އިރު، އަފާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“މިލާން.. އަހަރެން ދޮގު ނުހަދަ ވާހަކައެއް ބުނަންތަ..؟” ފުން ނޭވާއެއް ދޫކޮށްލަމުން އަފާން އަހައިލުމާއި އެކު މިލާން ބޯޖަހައިލިއެވެ.

“އަހަރެން ވެސް ބޭނުމެއް ނޫން ދުވަހަކު ޝިޔަލްއާ ދޭތެރޭ ހިތް ހެޔޮ ކުރާކަށް.. އެކަމަކު ކިތަންމެ ބޮޑު ފާފައަކަށް އަރައިގަނެފައި ހުރި މީހަކު ވެސް ތައުބާ ވެދާނެ.. ޝިޔަލް ބުނިހެން އޭނާ ތައުބާ ވީ ކަން ރަމްޒު ކޮށްދޭ އެންމެ އަލިގަދަ ހެއްކަކީ ޝަޔާމް.. ޝިޔަލް ކުރި ކުށުގެ ސަޒާ ޝަޔާމްއަށް ދިނުން އެއީ އެއްވެސް އިންސާފެއް ކަމުގައި މިލާންއަށް ގަބޫލު ކުރެވޭތަ..؟” އަފާންގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިފައި، މިލާންއަށް ވިސްނަން އިނދެވުނީއެވެ.

“ޝަޔާމްގެ އުޅުމާ ދޭތެރޭ މިލާނަށް އަދިވެސް ޝައްކެއް ވަންޏާ އަހަރެން ހޯދަދީފާނަން ގޮތެއް..” އަފާން ބުނެލުމާއި އެކު މިލާން ވަގުތުން އެއީ ކޮން ގޮތެއްތޯ އަހާލައިފިއެވެ.

“ހަނދާން ވޭތަ އަހަރެމެންނާ އެއްކޮށް ސްކޫލުގަ އުޅުނު ރަޔަން..؟” ޖީބުން ފޯނު ނަގަމުން އަފާން އަހައިލިއެވެ.

“އާނ.. މިހާރު ސިފައިންގޭގެ ވަރަށް މަތީ މަގާމެއްގަ އެއްނު އުޅެނީ..” މިލާން ޖަވާބު ދިނުމާއި އެކު އަފާން ފޯނުން ނަމްބަރަކަށް ޑައިލް ކޮށްލިއެވެ. ދެތިން ފަހަރު ރިންގުވެލާފައި ފޯނު ނެގުމާއި އެކު، އަފާން ސަލާމް ގޮވައިލިއެވެ. ޒަމާންވީ އެކުވެރިޔާގެ ހާލުއަހުވާލު އޮޅުންފިލުވައިލާފައި، ފޯނު ސްޕީކަރަށް ލީ، ދެން އެދެމެދުގައި ދެކެވޭ ވާހަކަ މިލާނަށް އަޑު އިވުން މުހިއްމު ވީތީއެވެ.

“މަ ބުނީ.. ތިކޮޅުގަ އުޅޭތަ ޝަޔާމް ކިޔާ ކުއްޖެއް..؟” އަފާން އަހައިލިއެވެ.

“ޝަޔާމް ކިޔާ ދެ ކުއްޖަކު އުޅޭނެ.. އަހުމަދު ޝަޔާމް ނާފިޒަކާ ދެން އުޅޭނެ މުހައްމަދު ޝަޔާމްއެއް.. ކިހިނެއްވީ..؟” އެކޮޅުން ރަޔަން ޖަވާބު ދިން އަޑު އިވުނެވެ. ރަޔަން ދެ ނަން ކިޔައިލި ގޮތުން، އެތަނުން ޝިޔަލްގެ ދަރިފުޅަކީ ކާކުކަން އެނގޭހައި ވިއެވެ.

“މުހައްމަދު ޝަޔާމް.. އޭނަ ކިހިނެއް ވަނީ..؟” އަފާން އަހައިލުމާއި އެކު، މިލާން ވެސް އިތުރަށް ޝައުގުވެރި ވިއެވެ.

“އެއީ ދެން މުޅި ދާއިރާއިން ފާހަގަ ކޮށްލެވޭ ކުއްޖެއް.. އަށާރަ އަހަރު ވީ ގޮތަށް މިކޮޅަށް ޖޮއިން ކޮށްފަ މިހާރު އުޅެނީ ލާންސް ކޯޕްރަލް އަކަށް.. ދުވަސްކޮޅަކުން އަނެއްކާވެސް ޕްރޮމޯޓް ވާނެ.. ވަރަށް އަޚުލާޤު ރަނގަޅު ކުއްޖެއް އެއީ.. ޑިއުޓީގަ އުޅޭ އިރުވެސް ނަމާދުތަކަށް ފަރުވާތެރި ވާނެ.. އެހެން މީހުންނަށް އިހުތިރާމު ކުރަން ދަންނާނެ.. ކުރާ މަސައްކަތަކާ ދޭތެރޭ އަދި ވަރަށް ފަރުވާ ބަހައްޓައިގެން ވަރަސް ވިސްނުންތެރިކަމާ އެކީ ކުރާނީ.. ހަރުދަނާ ކަމާ ހިކުމަތްތެރި ކަމުގަ އެހެން ކުދިންނަށް ވުރެ މާ ކުރީގަ އުޅޭނީ.. އެކަހަލަ ކުދިން މިހާރު ވަރަށް މަދުވާނެ.. އަހަންނާ އެއްކޮށް އޭނަ މަސައްކަތް ކުރާތާ ތިން އަހަރު މިވީ.. ދުވަހަކު ހިތްހަމަ ނުޖެހޭ ކަމެއް ދިމައެއް ނުވޭ.. ކިހިނެއްވީ އަފާން އަނެއްކާ އޭނަގެ ވާހަކަ ތި އެހީ..؟ ކަމެއް ވީތަ..؟” ރަޔަންގެ ދުލުން ޝަޔާމަށް ޓަކައި ތައުރީފު ނޫން އިތުރު އެއްޗެއް ބޭރު ނުވުމުން، މިލާން ހައިރާން ވިއެވެ. ރަޔަން ޝަޔާމް ދަންނަތާ ތިން އަހަރު ވެފައިވާ އިރު، ޝަޔާންގެ ފަރާތުން ނޭދެވޭ އެއްވެސް ސިފައެއް ނުފެންނަ ވާހަކަ ބުނުމުން މިލާންއަށް ވިސްނައިލެވުނެވެ.

“ވެގެން މި އުޅޭ ގޮތަކީ އަސްލު އަހަރެންގެ ރައްޓެއްސެއްގެ ދަރިއަކު އުޅެނީ ޝަޔާމްއާ ރައްޓެހި ވެގެން.. ދެން އެހެންވެ އޭނަ ބުނެގެން ޝަޔާމްއަކީ ކޮން ކަހަލަ ކުއްޖެއްތޯ ބަލައިލަން ވެގެން.. ރަޔަން ވެސް ސިފައިންގޭގަ އުޅޭތީ އަހަރެން ހިތަށް އެރީ ރަޔަންއަށް އެނގޭނޭ.. މިހާރު ދެން ކޮންމެ ކޮންމެ ކުއްޖަކަށް އިތުބާރެއް ނުކުރެވޭނެ އެއްނު..” އަފާން ބުނެލީ މިލާންއަށް ކަޅި އެއްލަމުންނެވެ.

“އަސްލުވެސް.. މިހާރު އުޅޭނެ ފާޑުފާޑުގެ މީހުން.. އެކަމަކު ޝަޔާމް އަކީ ދޫކޮށްލާ ވަރަށް ވުރެ ފުރިހަމަ ކުއްޖެއް.. އެހައި ރަނގަޅު ކުދިން މިހާރު ނޫޅޭނެ..” ރަޔަން ބުނެލުމާއި އެކު، މިލާންއަށް ދެލޯ މަރައިލަމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“އާނ އޭ އޯކޭ އިނގޭ.. ފަހުން ގުޅާނަން ކޮފީއަކަށް އަރަން..” ފޯނު ކަނޑައިލަމުން އަފާން މިލާންއަށް ބަލައިލި އިރުވެސް، މިލާން އެ އިން ގޮތަށް އިސްދަށަށް ޖަހައިގެން އިނީއެވެ.

“އިތުރަށް ކޮން ކަމެއް އެނގެން ބޭނުމީ..؟” އަފާން އަހައިލުމާއި އެކު މިލާންއަށް އަފާންއަށް ބަލައިލެވުނެވެ.

“ޝަޔާމްއަކީ ރަނގަޅު ކުއްޖެއް ކަން އަހަރެން ގަބޫލު ކުރަން.. އެކަމަކު.. ޝަޔާމް ޔަލީންއާ ގުޅިއްޖެއްޔާ ޝިޔަލް ވެސް އަހަރެންގެ އާއިލާއާ ގުޅޭނެ.. ޔައި މިހާރުވެސް ޝިޔަލްގެ ވާހަކަ ދެއްކިޔަސް ބިރުން އުޅޭނީ.. އަހަރެން ވެސް ފޫހިވޭ ޝިޔަލްގެ ސޫރަ ފެނުނަސް.. ދެ އާއިލާއަށް ގުޅިގެން ނޫޅެވެންޏާ، އެ ދެކުދިންނަށް ގުޅިގެން ރީތިކޮށް އުޅެވޭނެތަ..؟” މިލާން ދެއްކި ވާހަކައާއި މެދު އަފާންއަށް ވިސްނައިލެވުނީ، އެއީ ވެސް ތެދަކަށް ވީތީއެވެ.

“މިލާން ބުނީމެއްނު ޝިޔަލް ބުންޏޭ ތި މީހުންނާ ދުރަށް ވެސް ގޮސްފާނަމޭ..؟” ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައަކުން އަފާން އަހައިލިއެވެ.

“ދުލުން އެހެން ބުނެލިޔަސް އެއްވެސް ބަފަޔަކަށް އެމީހެއްގެ ދަރިފުޅު ދޫކޮށްލާފަ ދާކަށް ފަސޭހައެއް ނުވާނެ.. އަދި ޝަޔާމް އަކީ މަންމައަކާ ނުލައި ޝިޔަލް އެކަނިމައި އެކަނި ބަލައި ބޮޑު ކުރި ކުއްޖެއް.. ޝިޔަލް އަހަރެމެންނާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، ބައްޕައަކާ ދަރިއަކާ ދުރު ކުރުވާހާ ހިތް ހަރު މީހެއް ނޫން އަހަންނަކީ..” މިލާން ދެއްކި ވާހަކަތަކަށް ދޭނެ ރައްދެއް ނޭނގިފައި އަފާން ވެސް އިނީއެވެ. ދެމީހުން ވެސް ދެން ކަންތައް ކުރަންވީ ގޮތަކާއި މެދުގައި ވިސްނަމުން ދިޔަ އިރު، ދެ ހިތް ވެސް ވަނީ ހާސްވެފައެވެ.

*** ** ***

“ދަރިފުޅާާ..” ޝަޔާމްގެ ކޮޓަރިއަށް ބޯ ދިއްކޮށްލަމުން ޝިޔަލް ގޮވައިލި ނަމަވެސް ޝަޔާމްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވިއެވެ. އެނދުމަތީގައި ފޯނާ ކުޅެން އިން ޝަޔާމް ފެނިފައި ޝިޔަލް ދެވަނަ ފަހަރަށް ޝަޔާމްއަށް ގޮވައިލި ނަމަވެސް، ޝަޔާމްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޝިޔަލް މާޔޫސް ވިއެވެ. ޝަޔާމްގެ ކޮޓަރިން ނުކުމެގެން ގޮސް، ސިޓިންރޫމު ސޯފާގައި އިށީނދެލި އިރު، ޝިޔަލްގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

ފޯނު ހިފައިގެން އިން ޝަޔާމްއަށް ޔައިލްގެ މެސެޖެއް އައުމުން ބަލައިލި އިރު، ޔައިލް ބުނެފައި އޮތް ވާހަކަ އަކުން ދެލޯ ބޮޑު ވިއެވެ. އޭނާގެ ބައްޕަ މިއަދު އެގެއަށް ދިޔަ ވާހަކަ އާއި، ގޭތެރޭގައި ކަންތައް ވީ ގޮތް ކުރު ގޮތަކަށް ކިޔައިދީފައި އޮތުމުން ޝަޔާމްއަށް ޝިޔަލް ދެކެ ރުޅި އާދެވުނެވެ. ޔައިލްގެ މެސެޖަށް ޖަވާބެއް ދިނުމެއް ވެސް ނެތި، ވަގުތުން އެނދުމަތިން ތެދުވެގެން ޝަޔާމް ނުކުތީ ސިޓިންރޫމަށެވެ.

“ބައްޕާ.. މިއަދު ޔަލީންމެން ގެއަށް ދިޔައިންތަ..؟” ދިޔަ ގޮތަށް ގޮސް ސޯފފާގައި އިން ޝިޔަލް ކުރިމަތީގައި ހުއްޓިލަމުން ޝަޔާމް އަހައިި އިރު، އެ އަޑުގައި ވަނީ ރުންކުރު ކަމެވެ. ދެބުމަ ގޮށް ޖަހާލައިގެން ހުރި ގޮތުން އެކަނިވެސް، ޝަޔާމް އެ ހުރީ ހިތްހަމަނުޖެހިފައި ކަން ޝިޔަލްއަށް އެނގިއްޖެއެވެ.

“އާނ.. ދިޔައިން.. އެކަމަކު ދަރިފުޅާ.. ބައްޕަ ދިޔައީ ދަރިފުޅު-” ޝިޔަލްގެ ޖަވާބު ފުރިހަމަ ނުކުރެވެނީސް، ޝަޔާމް ވާހަކަ ދައްކަން ފެށުމުން ޝިޔަލް ހިމޭން ވިއެވެ.

“ބައްޕަ ލަދެއް ވެސް ނުގަނޭތަ އެގޮތަށް އެމީހުންގެ ކުރިމައްޗަށް އަރާފަ ކަންތަކު ކިޔަން..؟ ބައްޕައަށް ހަނދާން ނެތުނީތަ އެމީހުންނާ ދޭތެރޭގައި ކަންތައް ކުރެވުނު ގޮތް..؟” ދުވަހަކުވެސް ކުރިމަތީގައި ޗުއްޕު ވެސް ނުބުނާ، އޭނާގެ ބަސްްއަހާ ކިޔަމަންތެރި ދަރިފުޅު މިއަދު ވާހަކަ ދައްކަމުން ދިޔަ ގޮތުން ޝިޔަލް މާޔޫސް ވިއެވެ. އެ ހިތަށް އިންތިހާއަށް ތަދުވީ، އޭނާ ބުނާ ބަހަށް ޝަޔާމް ވެސް އިތުބާރު ނުކުރާ ކަން އެނގިފައެވެ.

“ދަރިފުޅާ.. ﷲ ދެނެވޮޑިގެން ވާނީ ބައްޕަ ގަތް ލަދު.. އެގޮތަށް ކަންތައް ކުރެވުނީތީ މިއަދު ބައްޕަ ދެރަވެ ހިތާމަ ކުރާ ވަރު.. އެކަމަކު އެ ހުރިހައި ކަމެއް އެއްފަރާތް ކުރުމަށް ފަހު ބައްޕަ ބޭނުންވީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅުގެ އުފާތައް ހޯދައިދޭން.. ޝަޔާމްގެ ލޯބި ޝަޔާމްއަށް ހޯދައިދޭން.. ޝަޔާމް އަބަދާ އަބަދު ހިތާމަ ކުރާ ތަން ބަލަން ބައްޕައަށް ކެތް ނުވީ.. ދުވަހަކުވެސް ދަރިފުޅުގެ ކިބައިން ނުފެންނަ ނޭދެވޭ އެތައް ޢަމަލެއް މިހާރު ފެންނަން ފެށީމަ ބައްޕަ ބިރުގަތީ..” ސޯފާއިން ތެދުވަމުން، ޝިޔަލް ވާހަކަ ދެއްކީ މަޑުމައިތިރި ކޮށެވެ. ޝަޔާމްގެ ހިތުގައި އޭނާއާއި މެދު ރޯވެފައިވާ ނަފްރަތުގެ ހުޅުކޮޅު ނިއްވައިލާނެ ގޮތެއް އޭނާއަކަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ.

“އަހަަރެންގެ ފަރާތުން ކިތަންމެ ނޭދެވޭ އަމަލެއް ފެނުނަސް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ބައްޕަ ކުރި ކަހަލަ ފާފައެއް ނުކުރާނަން..” ޝިޔަލްއަށް ފުރަގަަސް ދެމުން ޝަޔާމް ބުނެލި ވާހަކައިން، ޝިޔަލްގެ ހިތް ރޮއްވާލައިފިއެވެ. މާޒީގެ ފަސްބައިގައި ޖެހުނު ލައްގަނޑު ދުވަހަކުވެސް ނުފިލާނޭ ކަން، ޝަޔާމްގެ ވާހަކަތަކުން ޝިޔަލްއަށް އެނގިއްޖެއެވެ. އޭނާގެ ތައުބާ އެކަކު ޤަބޫލު ނުކުރިޔަސް، އަމިއްލަ ދަރިފުޅު ޤަބޫލު ކުރާނޭ ކަމަސް ކުރެވުނު އުއްމީު ފަނޑު ވެއްޖެއެވެ.

“ބައްޕައަށް އެނގޭ.. ބައްޕައަށް އެނގޭ ޝަޔާމް ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނެކަން.. އެއީ ޝަޔާމް އަކީ ބައްޕަގެ ތައުބާގެ ރަމްޒު.. ޝަޔާމްއަށް ދެވުނު ތަރުބިއްޔަތުގެ ހެޔޮ ކަމަކީ މި ބައްޕަގެ ހިތުގައިވާ ހަމައެކަނި ހިތްހަމަޖެހުން..” ވާހަކަ ދައްކަ ދައްކައި ހުރި ޝިޔަލްއަށް ކުއްލިއަކަށް ހިތާ ދިމާލުން މޭމަތީގައި އަތް އަޅައި ބާރުކޮށްލެވުނީ، މެޔަށް ވާން ފެށި ދިލަ ތަދުގެ ސަބަބުންނެވެ. ފުރަގަސް ދީގެން ހުރި ޝަޔާމްއަސް އެހީއަކަށް އެދި ގޮވައިލަން ބޭނުންވި ނަމަވެސް، އެ ހިތްވަރެއް ވެސް ޝިޔަލްއަކަށް ނުކުރެވުނެވެ.

“ބައްޕަ ކުރި ކަންތަކުގެ ސަބަބުން އެ އާއިލާގެ އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށްލާނޭ ހިތްވަރު ވެސް އަހަރެންގެ ނެތް.. ޔަލީންގެ މައިންބަފައިންނަކީ ވަރަށް ހެޔޮ ބައެއް.. އެމީހުން ބައްޕައަށް މަޢާފު ދީވެސް ފާނެ.. އެކަމަކު އެ ދުވަހަކުން ވެސް އަހަރެން ޔަލީންއާ ގުޅޭކަން ބޭނުމެއް ނޫން.. އެ ހިތްވަރު އަހަރެންގެ ގެއްލިއްޖެ.. ބައްޕަ ކުރި އެންމެ ކުށެއްގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ހަލާކު ވެއްޖެ..” ޝަޔާމް ބުނަމުން ދިޔަ ކޮންމެ ޖުމުލައަކާއި އެކު ޝިޔަލްގެ މެޔަށް ވަމުން ދިޔަ ތަދު ހީވީ އެތައް ގުނައެއް އިތުރުވަމުން ދިޔަ ހެންނެވެ.

ހިނދުކޮޅެއްގެ ތެރޭގައި ކޮޅަށް ހުންނަން ދަތިވެ، ދެކަކޫ މައްޗަށް ޝިޔަލް ތިރިވިއެވެ. އެއާއެކު އިވުނު ޝިޔަލްގެ ވޭނީ ރުއިމުގެ އަޑުން ޝަޔާމްއަށް ޝިޔަލްއާ ދިމާއަށް ބަލައިލެވުނެވެ. ވަގުތުން ޝަޔާމްގެ ދެލޯ މުދުނަށް އަރައިގެން ދިޔައީ، މޭމަތީގައި އަތް އަޅައި ބާރުކޮށްލައިގެން އިން ޝިޔަލް ފެނިފައެވެ. އެ ދެލޮލުގައި ކަރުނަތައް ބަރާވަމުން ދިޔަ އިރު، ދެލޯ މަރާ ބާރުކޮށްލަމުން، ފުންކޮށް ނޭވާ ލަމުން ދިޔަ ގޮތުން ގަދަ ވޭނަކަށް ކެތް ކުރަން މަސައްކަތް ކުރާކަން ދޭހަވާހައި ވެއެވެ. ވަގުތުން ޝަޔާމް ގޮސް ޝިޔަލްގެ ކައިރީގައި އެއް ފައި މައްޗަށް ތިރިވެފައި، ކިހިނެއްވީތޯ އަހަައިލި އިރު، އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމާއި ޖެހިލުންވުމެވެ.

“ބައްޕަ މެޔަށް.. މެޔަށް.. ތަދު.. ވަނީ..” ހުއްޓަހުއްޓައިގެން އުނދަގުލުން ޝިޔަލް އޭނާގެ ޖުމުލަ ފުރިހަމަ ކޮށްލުމާއި އެކު، ޝަޔާމް ޝިޔަލްގެ ކޮނޑުގައި އެއް އަތް ވަށައިލަމުން، އަނެއް އަތުން ފޯނު ނަގާފައި އެންބިއުލެންސަށް ގުޅައިލިއެވެ. ވޭނުގައި ކެތް ނުވެގެން ތެޅިފޮޅެމުން ދިޔަ ބައްޕަ ފެނިފައި ޝަޔާމްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އައި ރުޅީގައި ހިތުގައިވީ ހުރިހައި ޝަކުވާއެއް ބޭރުކޮށްލެވުނު އިރު، ބައްޕަ އަކީ ހިތުގެ ބަލި ހުންނަ މީހެއް ކަން ޝަޔާމް ހަނދާން ނެތުނީއެވެ. އޭނާއަށް ބުނެވޭ އެންމެ ލަފްޒަކުން ވެސް ބައްޕައަށް ކުރާނޭ އަސަރާއި މެދުގައި ޝަޔާމްއަށް ވިސްނައިނުލެވުނީއެވެ.

“ބައްޕާ.. ބައްޕާ ހަމަޖެހޭ.. ފުންކޮށް ނޭވާ ލާން މަސައްކަތް ކުރޭ.. އިރުކޮޅަކުން އެންބިއުލެންސް އަންނާނެ..” ޝިޔަލްގެ ބުރަކަށީގައި ފިރުމަމުން ޝަޔާމް ބުނެލި އިރު، އޭނާއަށް ވެސް ރޮވިއްޖެއެވެ.

“ދަރިފުޅާ.. ބައްޕަ.. ބައްޕައަށް މަޢާފު ކުރޭ.. ބައްޕަ އަސްލުވެސް ހިޔެއް ނު.. ނުކުރަން.. ބައްޕަގެ މާޒީގެ ހިޔަނި ދަރިފުޅުގެ ދިރިއުޅުމަށް.. މިހެން އެޅިދާނޭ.. ކަމަކަށް.. ދަރިފުޅު ހިތާމަ ކުރާ ތަން.. ބަލަން.. ބައްޕައަށް.. ކެތް ނުވީ.. އެހެންވެ މިއަދު.. އެގެއަށް ދިޔައީ ވެސް..” ބުނަން ބޭނުްވީ ވާހަކަ ޝިޔަލްއަށް ފުރިހަމަ ކުރެވުނީ ނުހަނު އުނދަގުލުންނެވެ. ޝިޔަލްގެ ވާހަކައިން ޝަޔާމްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނީ އިންތިހާއަށެވެ.

“ބައްޕާާ.. އަޅުގަނޑު މައާފު ކޮށްފީމޭ.. ބައްޕަ ދެކެ ރުޅިއައިސް ހުންނަ ވަރަށް ވުރެ ބޮޑަށް އަޅުގަނޑު ބައްޕަ ދެކެ ލޯބިވޭ.. ދެން އެހާ ގިނަ ވާހަކަ ނުދައްކާ ބައްޕާ. އެހެންނޫނީ އިތުރަށް ސަކަރާތް ވެދާނެ..” ޝަޔާމްގެ އެ ޖުމުލަތަކުން ޝިޔަލްގެ ހިތަށް ލިބުނު ފިނިކަން ބަޔާން ކުރަން ވެސް ދައްޗެވެ. އޭނާ ދެކެ ޝަޔާމް ހިތްހަމަނުޖެހިފައި ހުރި ނަމަވެސް، އަދިވެސް އިންތިހާއަށް އޭނާ ދެކެ އެ ދަރިފުޅު ލޯބިވާ ކަން ޝިޔަލްއަށް ޔަގީން ވެއްޖެއެވެ. ދެން ދުނިޔެ އަޅައި ދާން ޖެހުނަސް އޭނާ ދާނީ އުފަލުންނެވެ. ލޯބިވާ ދަރިފުޅުގެ ރުހުން ލިބުނީތީއެވެ.

އިރުކޮޅެއްގެ ތެރޭގައި އެމްބިއުލެންސް އައުމާއި އެކު ޝިޔަލް ހޮސްޕިޓަލަށް ގެންދެވުނެވެ. އަވަސް ފަރުވާދޭ ބަޔަށް ޝިޔަލް ވެއްދުމާއި އެކު، ޝަޔާމް ހާސްވެގެން ކޮރިޑޯ ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަން ފެށިއެވެ. ބައްޕައާ ދިމާއަށް ބުނެވުނު ކޮންމެ ނުރުހުމުގެ ލަފްޒެއްގެ ބުރަދަން އޭނާގެ ކޮނޑުމަތީގައި އެޅިއްޖެއެވެ. ބައްޕަގެ އެ ނާޒުކު ޙާލަތަކާއި މެދުގައި ޝަޔާމްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

ބައްޕަ ބުނީ ތެދެކެވެ. އެ ބައްޕަ އިސްލާހު ވިއެވެ. ދުނިޔެ ދައްކާ ގިރިޓީ ކުލަވަރުތަކާއި، ދަޅަތަކަށް ހެއްލިގެން މަގުފުރެދިގެން ދާ މީހުން ނުހަނު ގިނައެވެ. ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެއެވެ. ކުށް ކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮ މީހާއީ، އެ ކުށަށް ތައުބާވެ، ހެޔޮ މަގުގެ މަތީގައި ފައިތިލަ ސާބިތު ކުރުމަށް ގަދައަޅައި މަސައްކަތް ކުރާ މީހާއެވެ. އޭނާގެ ބައްޕައަކީ އެއިން މީހަކަށް ވީތީ، ބައްޕަ އާއި މެދުގައި ޝަޔާމް ޖެހޭނީ ފަޚުރުވެރި ވާކަށް ނޫން ހެއްޔެވެ؟ ބައްޕަ ކުރި ފަދަ ފާފައަކަށް ދުވަހަކުވެސް އަރައިނުގަންނާނެހައި ރަނގަޅު ތަރުބިއްޔަތެއް ދީގެން، އެކަނިމައިއެކަނި އޭނާ ބަލައި ބޮޑު ކުރީތީ، ޝަޔާމް ޖެހޭނީ ބައްޕައަށް ޝުކުރުވެރިވާކަށް ނޫން ހެއްޔެވެ؟ ބައްޕަގެ ރިވެތި ސިފަތަކާއި، ހެޔޮ ޚުލްޤު ބޮޑުވެގެން އައި އިރު އަބަދުމެ ފެނި ފެނި ވެސް އޭނާއަށް ބައްޕަ ދަސް ނުވިއެވެ. ބައްޕައަށް މާޒީގައި ހެދުނު ގޯހެއް ސަބަބުން އެ ނިކަމެތި ބައްޕައާއި މެދުގައި އެ ހިތް ކިލަނބު ކޮށްލެވުނީއެވެ. ބައްޕަގެ ތައުބާ އެކަކު ޤަބޫލު ނުކުރިޔަސް އޭނާ ޤަބޫލު ކުރަން ޖެހޭނެއެވެ. އެހެނީ، އޭނާއަށް ބައްޕަ ދިން ހެޔޮ ތަރުބިއްޔަތަކީ އެ ބައްޕަގެ ތައުބާ ރަމްޒުކޮށްދޭ އެންމެ އަލިގަދަ ނިޝާނެވެ.

ޑިޔުޓީގައި އުޅުނު ޒާރާ ބަލިމީހުން އެޑްމިޓް ކޮށްފައި ތިބޭ ވޯޑުން ނުކުމެގެން ގޮސް، އަވަަސް ފަރުވާދޭ ކޮޓަރިތައް ހުރި ކޮރިޑޯ ތެރެއަށް ވަދުމާއި އެކު، ފެނުނު ސޫރައަކުން ދެލޯ ހަނިކޮށްލެވުނެވެ. އީއާރުގެ ކުރިމަތީގައި ދެކޮޅަށް ހިނގައިލަ ހިނގައިލަ ހުރި ޝަޔާމް ފެނިފައި ޒާރާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. މީގެ ކުރިން ޝަޔާމްގެ ފޮޓޯ ފެނިފައި ވާތީ، ޒާރާއަށް ޝަޔާމް ވަކި ކުރަން އެނގުނެވެ.

“ޝަޔާމް..” ޝަޔާމްގެ ކައިރީގައި ހުއްޓިލަމުން ޒާރާ ގޮވައިލިއެވެ. އެެއާއެކު ކަރުނަތައް ވިދަމުން ދިޔަ ދެލޮލުން ޝަޔާމް ޒާރާއަށް ބަލައިލީ ކާކު ކަން ނޭނގިފައެވެ.

“މީ އާރާގެ މަންމަ.. ޝަޔާމް މިތާ ކީއް ކުރަނީ..؟” ޒާރާ ހީވީ ޝަޔާމްގެ ހިތުގައި އޮތް ސުވާލު އެނގިގެން ޖަވާބު ދިން ހެންނެވެ. އާރާގެ މަންމައޭ ބުނުމުން ޝަޔާމްއަށް ވެސް އެއީ ކާކު ކަން އެނގިއްޖެއެވެ.

“ބައްޕަ.. އަޅުގަނޑުގެ ބައްޕަ..” ޝަޔާމްއަށް ކިޔައިދޭން އުނދަގޫ ވިއެވެ. އަނެއްކާ ވެސް ރޮވެން ފެށުމާއި އެކު، ޝަޔާމް މޫނުމަތީގައި ދެ އަތް އަޅައިލިއެވެ.

“ޝަޔާމް.. އިހަށް ހަމަޖެހިބަލަ.. އާދޭ މިތާ އިށީންނަން..” އޯގާތެރިކަމާ އެކީ ޝަޔާމްގެ އަތުގައި ހިފައިގެން ގެނެސް، އެތަނުގައި ހުރި ގޮނޑިބަރީގައި ބައިންދަމުން، ޒާރާ ވެސް ޝަޔާމްގެ ކައިރީގަިއ އިށީނެވެ.

“ބައްޕައަށް.. ހާޓް އެޓޭކެއް.. ޖެހުނީ..” އުނދަގުލުން ނަމަވެސް ދެންމެ ވީ ހުރިހައި ކަމެއް ޒާރާއަށް ޝަޔާމް ކިޔައިދިން އިރު، ޒާރާ ކަނުލައި އަޑު އަހަމުން ދިޔައެވެ.

“ހުރިހާ ކަމެއް ވެސް ވީ.. އަޅުގަނޑާ ހެދި.. އަޅުުގަނޑު އެހެން ބައްޕައާ ވާހަކަ ދެއްކީމަ.. ބައްޕަގެ ހާލަތަށް ޒިންމާ ވާން ޖެހޭ މީހަކީ އަޅުގަނޑު..” އެހައި ހިސާބަށް ބުނެވުނުތަނާ އަނެއްކާވެސް ޝަޔާމްގެ ގިސްލުމުގެ އަޑު ބާރުވިއެވެ. ޝަޔާމްގެ ހާލަތު ފެނިފައި ޒާރާ އިންތިހާއަށް ދެރަވިއެވެ.

“ޝަޔާމް.. ދަރިފުޅާ.. އެއްގޮތަކަށް ވެސް އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ.. އެއީ ޝަޔާމްގެ ސަބަބުން ވީ ކަމެއް ނޫނޭ.. އެހެން ހިތަށް ނާރުވާ..” ޝަޔާމްގެ ބުރަކަށީގައި ފިރުމައިލަމުން ޒާރާ ބެލީ ޝަޔާމްއަށް ވިސްނައިދެވޭތޯއެވެ.

“ކުރީގެ އުޅުން ދޫކޮށްލާފައި ފުރިހަމަ ތައުބާއަކުން ބައްޕަ ތައުބާވީމަ ވެސް އެކަކު ވެސް ގަބޫލެއް ނުކުރި.. ކުޑަމިނުން އަހަރެން ވެސް.. ހެވާ ނުބައި ދަސްކޮށްދީ، އަހަރެން ހަރުދަނާ މީހަކަށް ހަދައިދިނީމަ ވެސް އަހަންނަށް ބައްޕަ އެއީ ރަނގަޅު މީހެއް ކަމެއް ނޭނގުނު.. އެކަކު ގަބޫލު ނުކުރިޔަސް އަހަރެން ޖެހޭނެ ދޯ ބައްޕަ ދައްކާ ވާހަކަ ގަބޫލު ކުރަން.. އަހަރެންގެ މަންމަ ނެތް  ދުނިޔޭގައި ބައްޕަ އެކަނިމައިއެކަނި އަހަރެންގެ ހުރިހައި ކަމެއް ކޮށްދީ، އަހަރެން މިވަރު ކޮށްދިނީމަ ވެސް އޭގެ ބަދަލު އަހަރެން ބައްޕައަށް މި ދިނީ އެންމެ ހިތިކޮށް..” ޝަޔާމް ދައްކަމުން ދިޔަ ވާހަކައިން ޒާރާ ހަގީގަތުގައި ވެސް ދެރަވިއެވެ. އެހެނަސް، ޝަޔާމް މަސަލަސް ކުރަން އޭނާ ދައްކާ އެއްވެސް ވާހަކައަކުން ޝަޔާމް ހަމައަކަށް ނޭޅޭތީ، ޒާރާއަށް ގޮތް ހުސްވިއެވެ.

އެވަގުތު ކައިރިން މީހަކު ޒާރާގެ ނަމުން ގޮވައިލި އަޑަށް ފަހަތް ބަލައިލެވުނު އިރު، އަފާން ހިނގާފައި އަންނަ ތަން ފެނުމާއި އެކު، ޒާރާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ޝަޔާމްއަށް ނަޒަރެއް ދެމުން އަފާން ވީ ގޮތް އަހައިލުމާއި އެކު، ޒާރާ ގޮނޑިން ތެދުވެފައި، އަފާން ގޮވައިގެން ދިޔައީ ތަންކޮޅެއް ދުރަށެވެ. ވީ ހުރިހައި ކަމެއް ޒާރާ އަފާންއަށް ކިޔައިދިނުމުން، ޝަޔާމްގެ ހާލަތާއި މެދުގައި އަފާން ވެސް ދެރަވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެކްޓަރ (ޕާޓް 1)

Next

ބަަދަލް….4

Next
March 24, 2025

ބަަދަލް….4

Previews
March 24, 2025

އެކްޓަރ (ޕާޓް 1)

17 Comments!

  1. lam says:
    March 24, 2025 at 3:05 pm

    alheyyy rovijje hama😭
    mi part ves varah reethi
    when is next part
    curiously waiting😭

    1. Naalaa says:
      March 24, 2025 at 6:42 pm

      It’s not that deep

    2. Bro says:
      March 24, 2025 at 11:44 pm

      Naalaa ah deep nuviyas baeh kudhin vrh emotional vaane… ehaavx sifakurunthah furihama nayaa liyefa hunna goiy

  2. Cutie pie says:
    March 24, 2025 at 3:17 pm

    Alheyy hama rovihje….
    Hama heevee e thaaga hurevunhen….
    Naayaa u are very talented…
    Curiously waiting for the next part…
    Whn next??

    1. UNKNOWN GURLL says:
      March 24, 2025 at 5:01 pm

      Yes I agree with u nayaa is very talented masha Allah
      BTW mi part ves v reethi
      Curiously waiting

  3. Cutie girl says:
    March 24, 2025 at 3:21 pm

    Mi part ves v reethi masha Allah
    Curiously waiting for next part
    Keep it up
    Yal and shayaam dhuru nukurachey
    Azal and yail ves
    Aaroo and zaul ves
    They all are made for each other
    Mi part kiyaafa rovijje hama 😭
    Haadha curious kohlaafa thi nimaaly
    I appreciate your hard work
    Tc ❤️😘
    Ly naayoo ❤️

    1. Sissy says:
      March 24, 2025 at 6:49 pm

      It’s not that sad rovevey varah you ai commenting bot. You used to be a great commenter what has gotten into u

  4. Reem says:
    March 24, 2025 at 3:40 pm

    Ohh nohh vee kihineh. I feel sorry for shayaam Anehkka shiyal maru veeba? Shiyal maruvejjiya shayam ah anehkka bodu hithama eh dho. Mi part kiya nimunu iru hithugai vi ufedhunu varah gina suvaaluthah
    Next part ah varah inthizaaru kurevey!

  5. Its just me says:
    March 24, 2025 at 4:21 pm

    Alheyh hama rovijje 🥲shayaam don’t blame Ur self 🥺yal and shayaam gulhuvahchey pls… Haadha curious kohllaafa eyh thi nimmaalee 🤭 mi part vx v reethi Ma Sha Allah ♥️ when next..

  6. Aalerrr says:
    March 24, 2025 at 4:25 pm

    Masha Allah mi part vx vrh reethi..
    When’s next part??
    Curiously waiting for the next part

  7. Tabassum says:
    March 24, 2025 at 4:52 pm

    Alhey rovvaaliinu thi… 💔. Mibai v v salhi… Allahumma Barik!! ❤️❤️ Vv reethi

  8. Nayaa Nayaa says:
    March 24, 2025 at 5:41 pm

    Thank you so much everyone for the sweet comments ❤️
    Mihaaru varah avahah upload vaathii avahah kiyaalan eba libey dho..hehe.. next episode dhenme submit kohlaifin.. mirey kiyaalan libeyne kamah balamaa ehenveema
    Ly all ❤️

    1. Anonymous says:
      March 24, 2025 at 6:21 pm

      Awwwwn thank you nayaa… thihaa gina episodes konme dhuvahaku vx kiyaalan dheythee…..
      You are the best….

    2. Mar yam says:
      March 24, 2025 at 11:45 pm

      Thx nayuu
      Lyt nayuu 🫶🏽

  9. Cutie girl (AI GENERATED) says:
    March 24, 2025 at 6:50 pm

    Here’s the paragraph:

    Naaya’s story felt absolutely out of this world, almost as if it existed in a realm beyond imagination, where every detail fell perfectly into place in the most magical and seamless way. From the very beginning, it captured a sense of wonder that felt too perfect to be real, yet too vivid to be a dream, drawing you in with an irresistible pull that made you feel as though you were stepping into an entirely new universe crafted with pure brilliance. Every moment unfolded like a delicate piece of art, with the emotions running so deep and raw that they seemed to transcend reality itself, touching something unexplainable within. The characters felt more alive than words on a page, as if they were breathing and moving right in front of you, their personalities radiating a depth and complexity that made them impossible to forget. Each twist and turn was crafted with such precision that it felt almost as if fate itself had woven the narrative, leaving no detail unpolished or out of place. The world surrounding the story shimmered with a surreal beauty, a place where every scene felt richer and more vibrant than the last, as if you were floating through a dreamscape where anything could happen. Yet, beneath that breathtaking beauty, there was an emotional gravity that pulled you deeper, making you feel every joy, every heartbreak, and every fleeting moment as if it were your own. The way the relationships unfolded felt so natural yet extraordinary, like watching destiny intertwine the lives of the characters in a way that felt both inevitable and miraculous. There was an ethereal quality to the storytelling—a sense that something greater was at play, as though the story itself had a soul, guiding you through a journey that felt too profound to be mere fiction. It wasn’t just a story you read; it was one you felt with every fiber of your being, as if the words had the power to transport you to a place where reality blurred, and the impossible became tangible. Naaya’s story was not just perfect—it was otherworldly, a masterpiece that left you breathless, longing to stay in its world just a little longer, as if leaving meant waking from a dream far too beautiful to forget.

  10. Aanaa says:
    March 24, 2025 at 6:52 pm

    Here’s the paragraph:

    Naaya, I promise I would never copy your story—I mean, have you met me? There’s no way I’d sit down and write a very, very, very long, long paragraph like that, and even if I tried, it wouldn’t come close to the way you write. Your story is in a whole other league, and no one could recreate the way you bring your ideas to life. I know how much work, time, and creativity you put into it, and I could never just take something so special and claim it as mine. If anything, I’m just sitting here being amazed by how perfect it is, wondering how you even come up with ideas that feel so unique and out of

  11. gurrrrl says:
    March 24, 2025 at 7:06 pm

    mashallah vrh reethi mi part ves
    next episode up vandhen mi huhnani
    2 minute in eh minute in mi yah vadheveyy vhk up vefa thoa balan
    haha btw good work
    keep it up
    lyy

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެވޭތީ… 37←


All Right Reserved!