Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 2

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
November 8, 2025 8 Mins Read
9 Comments

“ލިވީ ކިތަންމެ ޖޭ ވިޔަސް ކުޑާ ވާނީ ބައްޕަގެ ފުރަތަމަ ދަރިފުޅަށް.. ފުރަތަމަ ދަރިފުޅު އަބަދުވެސް ރަންވާނެ..” ދޫ ނެރެލަމުން ލައިނީ އިތުރަށް ލިވްޔާ ރުޅި އަރުވައިލިއެވެ. އެއާއެކު ފެށުނު ދެބެންގެ ކޯޅުން ބަލަން އަނީސް އޮތީ ހެވިފައެވެ. މިޒަމާނުގައި މައިންބަފައިން މުސްކުޅިވެ ބަލިވާ ދުވަހު ނުބަލަން ވެގެން ދަރީން އެއްކުއްޖަކު އަނެއް ކުއްޖަކާ ޖައްސާލައިގެން އުޅޭ އިރު، އޭނާގެ ދެ ދަރީން ކޯޅެމުން އެ ދަނީ އޭނާއަށް އެންމެ ބޮޑަށް ޚިދުމަތް ކޮށްދިނުމުގެ ޝަރަފު ލިބިގަތުމަށް ޓަކައެވެ. މަންމައަކާ ނުލައި ދެ ދަރީންނަށް ދެވުނު ތަރުބިއްޔަތާއި މެދުގައި އަނީސަށް ފަޚުރު ވެވެނީ އޭގެ އިންތިހާއަށެވެ.

*** ** ***

“އަހަންނަށް ބުނެވުނީ ބޮޑު ވާހަކައެއް ލިޔެގެން ގެންނާށޭތަ؟ މިއީ ރިޕޯޓެއްތަ؟” އަތުގައި އޮތް ގަނޑުތައް މޭޒުމައްޗަށް ހޫރައިލަމުން ރައިހާން ބުނެލި އިރު އެ ނިއްކުރިއަށް ވަނީ ރޫތައް ގިނަވެފައެވެ.

“ސޮ.. ސޮރީ ސަރ.. އަޅުގަނޑު ރަނގަޅު ކޮށްލާނަން..” ރައިހާންގެ ކުރިމަތީގައި އިސްޖެހިފައި ހުރި މުވައްޒަފު ބުނެލި އިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރެއް އެކުލެވިގެން ދިޔައެވެ.

“މިއަދު ހަތަރެއްގެ ކުރިން އަހަރެން މި ރިޕޯޓު ބޭނުން.. އެގޮތަށް އެކަން ނުވެއްޖެ ނަމަ ވަޒީފާއިން ވަކި ކުރާނަން!” ރައިހާން ފަހުބަސް އިއްވައިލުމާއި އެކު އެ މުވައްޒަފު އަވަސްއަވަހަށް މޭޒުމައްޗަށް އުކައިލާފައި ހުރި ގަނޑުތައް ނަގައިގެން އެ ކެބިންއިން ނުކުންނަން ހިނގައިގަތެވެ.

ރައިހާން އަކީ ފެށުނީއްސުރެވެސް ބުނާ ފަހުގައި ވަރުގަދައަށް ހިފައިލާފައި ހުންނަ މީހެއްކަން ނޭނގޭ މީހަކު އެ އޮފީހުގައި ނޫޅޭނެއެވެ. ކިތަންމެ ކުޑަކުޑަ ކަމަކާ ހަދައި ވެސް މީހަކު ވަޒީފާއިން ވަކި ކުރުމަކީ ރައިހާންއަށް ނޭވާއެއް ދޫކޮށްލުންހައި ފަސޭހަ ކަމެކެވެ. ހުރިހައި ކަމެއް ވެސް ވާން ޖެހެނީ އޭނާ ހިތް އެދޭ ގޮތަށެވެ.

“އެކަމަކުވާ ރެން.. ތީ ދެން ތަންފުކެއް ބޮޑުވަރު ދޯ..” އެ ކެބިންގެ އެއްފަރާތުގައި ހުރި ސޯފާގައި އިން ޔާނިއު ބުނެލީ ރައިހާންގެ ޢަމަލުތަކުން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހި އިނދެއެވެ.

“ޔާންއަށް ވެސް އެއްޗެކޭ ބުނީމަ ގޯސް ވާނީ މަ.. އެމީހުން ހީވަނީ ހަމަ މަށަށް ޖެއްސުމަށް މަސައްކަތަށް ފަރުވާ ކުޑަ ކުރަނީހެން.. އަނެއްކާ މާދަން އަންހެނުން އުފަން ދުވަހޭ ކިޔާފައި މަދީހުވެސް މާދަމާ އޮފް ނަގައިފި.. ފެން އަންހެނުން އުފަންދުވަހޭ ކިޔާފަ އެވަރު ވާން ޖެހޭތަ؟ ކޮންމެ އަހަރަކުވެސް އަންނަ ދުވަހެއް ވިއްޔަ.. އޭނަޔަށް އެނގޭނެ މާދަމާ އޮންނަ މީޓިންއަށް އެންމެ މުހިއްމު ވާނީ އޭނަކަން.. މި ޑީލް ގެއްލިއްޖެއްޔާ ހުރިހައި ލޮސްއެއް އަހަންނަށް..” ގޮނޑިން ތެދުވެފައި ލައިގެން ހުރި ކަނޑުނޫކުލައިގެ ސޫޓް ރަނގަޅު ކޮށްލަމުން ރައިހާން ކުދިކިޔައިގަތެވެ. އެ ފިރިހެންވަންތަ، ވަރުގަދަ ހަށިގަނޑަށް ލައިގެން ހުރި ސޫޓް ހިފައިލާފައި ހުރި އިރު، ގޮނޑިން ތެދުވުމާއި އެކު ދެމިލި ދިގު އިސްކޮޅު އެ ފުރިހަމަ ހަށިގަނޑުގެ ފިރިހެންވަންތަކަން އިތުރު ކުރުވައިފިއެވެ. އޭރު ހިތްހަމަނުޖެހިފައި ހުރުމުގެ ސަބަބުން ކަތުރުކަށިގަނޑަށް ވާންވެފައި ހުރި އިރު ދެއަތް ވެސް ވަނީ މުއްކެވިފައެވެ. އައިސްފައި ހުރި ރުޅި ފިނިކުރަން ދެތިން ފަހަރަކު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ރައިހާން އޭނާގެ ރޭގަނޑެއް ފަދަ ކަޅުކަން ގަދަ ފަން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ. ލޯމަތީގައި އޮތް ނަންބަރު އައިނު ނެގުމާއި އެކު ފުން ކަނޑެއް ފަދަ ކަޅުކަން ގަދަ އެ ދެލޮލުގެ ވިދުވަރު އިތުރަށް ގަދަވެލައިފިހެން ހީވެއެވެ. އެ ދެލޮލަށް ހިޔާ އަޅާފައިވާ ދިގު އެސްފިޔަތަކަށް ވެސް އެ ރީތި ދެލޮލުގެ ޖާދުލަށް ހުރަހެއް ނޭޅުނެވެ.

“އެންމެންނަކީ ރެން ގޮތަށް އަބަދު މަސައްކަތުގެ ތެރޭ ބޯގާނާ މީހުންނެއް ނޫނޭ.. އެމީހުންގެ ޕަރސަނަލް ލައިފެއް ވެސް އޮންނާނެ.. އާއިލާއަކާ ރައްޓެހިން ވެސް ތިބޭނެ.. އަނބިންނާ ދަރިން އުފާކޮށްދޭން ވެސް ބޭނުން ވާނެ..” ޔާނިއު ހީވީ އިތުރަށް ރައިހާން ރުޅިއަރުވައިލަން އުޅުނު ހެންނެވެ. އެހެނަސް ރައިހާން ރުޅިއައިސްދާނެތީ ކަންބޮޑުވެގެން ޔާނިއު ނޫޅުނީ، ރައިހާންއަށް އޭނާ ދެކެ ރުޅި ނާދެވޭނޭކަން ޔަގީން ވާތީއެވެ. އުމުރުން ވީހާ ދުވަހަކު ރައިހާންއާއި އެކުގައި އޭނާގެ ދެބެންގެ ދެދަރި ބޭބެގެ ގޮތުގައި އުޅުނު އިރު ރައިހާންގެ މިޒާޖު ޔާނިއު ވަރަށް ރަނގަޅަށް ދަސްކޮށްފިއެވެ.

“ދެން ޔާން ތި ބުނަނީ އަހަރެންގެ ޕަރސަނަލް ލައިފެއް ނެތޭތަ..؟” ދެބުމަ ގޮށް ޖަހައިލަމުން ރައިހާން އަހައިލި އިރު އެ ދެލޮލުގައިވީ ރުޅިވެރިކަމުން މީހަކު ފިއްސައިލަފާނެހެން ވެސް ހީވެއެވެ.

“އާނ އެހެން މި ބުނީ.. ރެން އަކީ އާއިލާއަކަށް ރައްޓެއްސަކަށް ބަލާ މީހެއް ނޫން.. މުޅި ދުވަސް ކޮމްޕެނީގަ ހޭދަ ކުރެވުނީމަ އެ ނިމުނީ..” ރައިހާންގެ މޭޒުމަތީގައި އިށީންނަމުން ޔާނިއު ބުނެލީ އެ އަމަލުން ރައިހާން އިތުރަށް ރުޅި އަންނާނެކަން އެނގި ހުރެއެވެ.

“މަ މި އުޅެނީ އަބަދު ކަލޭ ގޮވައިގެން ނޫންތަ..؟ ދޮންތައާ މާމައަށް މަ ބަލާ ވަރަށް ބަލާނެ އެކަކުވެސް ނުހުންނާނެ.. ދެން މަގޭ އަނބިދަރިން ނެތް އިރު ކޮން ވަގުތެއްތަ ހުސްކުރަންވީ..؟” ޔާނިއުއާ ދިމާއަށް ލޯއަޅައިލަމުން ރައިހާން އޭނާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ. އޭރުވެސް އެ ވަރުގަދަ ދެބުމަ ގޮށް ޖެހިފައި ވީ އިރު ދެ ލޮލުގައިވީ އަނގުރު އަލިފާން ފަދަ ރުޅިވެރިކަމެވެ.

“ތި ވައްތަރަށް ލޯ އެޅިޔަސް މަ ބިރުގަންނާނޭ ހީނުކުރައްޗޭ.. އާދޭ ލަންޗަށް ދާން.. މަގޭ ޓްރީޓެއް..” މޭޒުމަތީގައި އޮތް ގަލަމެއް ނަގައި ރައިހާންއާ ދިމާއަށް އެއްލަމުން ޔާނިއު ބުނެލީ ލާނެތް ހިނިތުންވުމަކާ އެކީއެވެ. ގަލަން ގޮސް ރައިހާންގެ މޫނުގައި ޖެހުމުން ރައިހާން މޫނަށް ވައްތަރެއް ޖައްސައިލިއެވެ. ޔާނިއުއާ ދިމާއަށް އެއްޗެކޭ ބުނަން އުޅެފައިވެސް ރައިހާން ދޫ ބަންދުކޮށްލީ ޔާނިއުގެ ކުރިމަތީގައި އަނގައިން ގަދަނުވެވޭނެކަން އެނގޭތީއެވެ. ހިތާހިތުން ޔާނިއުއަށް ކުދި ކިޔަމުން ރައިހާން ޔާނިއުގެ ފަހަތުން ގޮސް ކެބިން އިން ނުކުތެވެ.

ދެ ޒުވާނުން އެކުގައި ލިފްޓަށް އަރައިގެން ގޮސް އެންމެ ތިރީ ފްލޯރގެ ކޮރިޑޯ ތެރެއިން ލާފައި ހިނގަމުން ދިޔަ އިރު އެތައް ބައެއްގެ ނަޒަރު ދިޔައީ ދެމީހުންނަށް ހުއްޓެމުންނެވެ. ބަލައިލާ ކޮންމެ މީހަކަށް ހިތްހެޔޮ ހިނިތުންވުމެއް ރައްދު ކުރަމުން ޔާނިއު ދިޔަ ނަމަވެސް ރައިހާން ހުރީ ބުދެއް ފަދައިންނެވެ. ޖީބަށް އަތް ޖަހާލައިގެން، ދެބުމަ ގޮށް ޖަހާލައިގެން ހުރި އިރު އެ ދެލޮލުގައިވާ ރުޅިވެރިކަމުން މީހަކު އަޅިއަށް ހަދައިލަން ވެސް ފަސްނުޖެހޭނެކަން ގައިމެވެ. އެތައް އަންހެން ކުދީންތަކެއްގެ ނަޒަރު އެ ދެ ޒުވާނުންނަށް ހުއްޓެމުން ދިޔަ އިރު އެކަމުން ޔާނިއުއަށް ވުރެ ބޮޑަށް އުނދަގޫވީ ރައިހާންއަށެވެ.

ދެ ޒުވާނުން އެކުގައި “އޭ.އާރް މެމޯރިއަލްސް” އިން ނުކުތް އިރު ވަމުން ދިޔަ ދިލަ ހޫނުން އެހައި އަވަހަށް ފިއްސައިލި ފަދައެވެ. ވަމުން ދިޔަ ހޫނަށް ކެތް ނުވެގެން ރައިހާން ވަގުތުން ލައިގެން ހުރި ސޫޓް ބާލާފައި އަތުގެ މުލައްދަނޑީގައި އަޅުވައިލިއެވެ. ދެ ޒުވާނުން އެކުގައި ގޮސް ރައިހާންގެ ކާރަށް އެރި އިރު ކާރުތެރޭގައި ހިފައިލާފައިވީ އޭސީގެ ފިނިކަމުން ރައިހާންއަށް ވަގުތުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

ކާރު ގޮސް ލެމަން ގްރާސް ކައިރީގައި ޕާކުކޮށްލުމަށް ފަހު ދެ ޒުވާނުން އެކީގައި ކާރުން ފައިބާފައި ރެސްޓޯރެންޓަށް ވަންނަން ހިނގައިގަތެވެ. މަތީ ފްލޯއިން މޭޒެއް ނެގުމަށް ފަހު ވެއިޓަރަށް އޯޑަރު ދީފައި ދެމީހުންވެސް ހަމަޖެހިލިއެވެ. އިސާހިތަކު ދިރިއުޅުމުގެ އެކިއެކި ވާހަކަތަކުގައި ޖެހި ދެމީހުން ވެސް އޮލަ ވާހަކަ ދައްކަން ފެށިއެވެ. ކުޑަ އިރުއްސުރެ އެކުގައި އުޅެބޮޑުވުމުން އެދެމެދުގައި ވަނީ ދުވަހަކުވެސް ވަކި ނުކުރެވޭ ފަދަ ގުޅުމެކެވެ. ދެބެންގެދެދަރި ކަމުގެ ގުޅުމަށްވުރެ ބޮޑަށް އެދެމެދުގައި ވަނީ ރަހިމުގެ ގުޅުން ފަދަ މާތް ގުޅުމެކެވެ. އުމުރުގައި ވެސް މާ ބޮޑު ފަރަގެއް ނެތުމުން ހުރިހައި ވާހަކައެއް ވެސް އެދެމެދުގައި ހިއްސާ ކުރެވެނީ އެއްވެސް ޖެހިލުންވުމަކާ ނުލައެވެ.

“ކޮބާ ޔާންގެ ވެޑިން އޮތީ ކޮންއިރަކުންތަ..؟ ކުރިން ދުވަހު އެ ވާހަކަ ދެއްކީމަ އަހަރެން ހީކުރީ ވަރަށް އަވަހަށް އިންވިޓޭޝަން ލިބޭނެ ކަމަށް..” ކުރިމަތީގައި ހުރި އެކްސެލް ދަޅުން އެތިފޮތެއް ބޯލަމުން ރައިހާން އަހައިލިއެވެ.

“އަދި ނޭނގެ.. ލައިގެ ބައްޕަ ބަލިކަމުން ހައްތަހައި ވެސް މި މަޑު ކުރަނީ.. އަހަރެން ހާދަ ވަރަކަށް އެބަ ކިޔަމޭ މެރީ ކޮށްގެން ބައްޕަ ގޮވައިގެން ބޭރަށް ދާން ހިނގާށޭ.. އެކަމް އޭނަ ބުނަނީ އަހަރެންގެ ލާރިން ބައްޕަގެ ބައްޔަށް ބޭސް ކުރާކަށް ބޭނުމެއް ނޫނޭ..” ޔާނިއު ދައްކަމުން ދިޔަ ވާހަކަތައް ރައިހާން އަޑުއަހަމުން ދިޔައެވެ.

“އެއީ މައްސަލައެއް ނޫނެއްނު.. އެހެން ނޫނަސް ކައިވެނި ކުރީމަ ފިރިމީހާ ދޯ ހަރަދު ކުރަން ވާނީ ވެސް.. ލައި އެއްބަސް ކުރެވޭތޯ ބަލާބަލަ..” ރައިހާން އޭނާގެ ޚިޔާލު ފައުޅުކޮށްލިއެވެ.

“އަހަރެން ހާދަ ވަރަކަށް އެބަ ބަލަމޭ އެއްބަސް ކުރެވޭތޯ.. އެކަމް ލައި އެއްބަސް ވެގެންނު.. ދެން ތިއެއް ނޫނޭ.. ރެން ކޮން އިރަކުންތަ ބިޓެއް ނަގަނީ..؟” ޔާނިއު އެ ސުވާލު ކުރި އިރުވެސް ރައިހާންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގެއެވެ. ކަން ވީވެސް އެހެންނެވެ. ރައިހާން ދެކޮނޑު އަރުވައިލާފައި އިސްދަށަށް ޖެހީއެވެ.

“ރެން އަދިވެސް ނިމްޝާ އެނބުރި އަންނާނެ ކަމަށްތަ ތި ހުންނަނީ..؟” ޔާނިއު ދެން ކުރިމަތި ކުރުވި ސުވާލުން ރައިހާންގެ މުޅި ހަށިގަނޑު ހަރުދަނޑިވެގެން ދިޔަ ފަދައެވެ. މުޅި މީހާ ހުއްޓުން އެރި އިރު ހަރަކާތެއް ކޮށްލަން ވެސް ނޭނގިފައި އިނެވެ. އިސާހިތަކު ނިމްޝާގެ ޚިޔާލުތަކުގައި ރައިހާންގެ ސިކުނޑި އޮޔާބެހިގެން ދިޔަ އިރު، އެ ތޫނު ދެލޮލުގައިވީ އަސަރުތައް ފުން ވެލައިފިއެވެ.

“ރެން.. ކިތަންމެ އިންތިޒާރެއް ކުރިޔަސް ނިމްޝާ ދެން އެނބުރިއެއް ނާންނާނެ.. އެހެން ނޫނަސް އޭނަ ކުރި ކަންތައް އެހައި އަވަހަށް ހަނދާން ނައްތައިނުލައްޗޭ ރެން.. އެފަދަ މީހަކަށް ދެވަނަ ފުރުސަތެއް ހައްގެއް ވެސް ނުވޭ.. ރެންގެ އުމުރުން ވެސް މިހާރު ފަންސަވީސް އަހަރު މިވީ.. ދިރިއުޅުމެއް ފަށަން ވިސްނަން ޖެހޭނެ.. ރަނގަޅު ކުއްޖަކު ހޯދައިގެން ނިމްޝާގެ މަތިން ހަނދާން ނައްތައިލަން މަސައްކަތް ކުރޭ ރެން..” ޔާނިއު ބެލީ ފުރާނަ ފަދައިން ލޯބިވާ ކޮއްކޮ، އަދި އެންމެ ގާތް އެކުވެރިޔާއަށް ވިސްނައިދެވޭތޯއެވެ. ކުރީގައި ރައިހާންގެ މޫނުމަތީގައި ފަނޑުވުމެއް ނެތި އަބަދުމެ ކުޅެލާފައި ހުންނަ ހިތްގައިމު ހިނިތުންވުން އަނބުރައި ރައިހާންއަށް ހޯދައިދޭން ޔާނިއު ނުހަނު ބޭނުންވެއެވެ. އެހެނަސް އެކަމަށް ރައިހާންގެ އެއްބާރުލުމެއް ނުލިބޭހައި ހިނދަކު އެކަން ކާމިޔާބު ވުމަކީ ނާދިރު ކަމެކެވެ.

“ކިތަންމެ ދުވަހެއް ވިޔަސް ނިމް ނޫން ކުއްޖަކަށް އަހަރެންގެ ހިތެއް ނުދެވޭނެ.. އަހަރެން ލޯބި ވީ ނިމް ދެކެ އެކަނި.. ކުރިޔަށް އޮތް ތަނުގަ ލޯބި ވާނީ ވެސް ނިމް ދެކެ އެކަނި.. ނިމް އަހަރެންގެ ކައިރިއަށް އަނބުރައި އައި ދުވަހަކުން ނޫނީ އަހަރެން މީހަކާ އިނުމުގެ ޚިޔާލެއް ވެސް ނުކުރާނަން..” ރައިހާންގެ ސީދާ ސާދާ ޖަވާބުން ނުތަނަވަސްކަން ލިބުނީ ޔާނިއުގެ ހިތަށެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ފުން ނޭވާއެއް ދޫކޮށްލި އިރު ހިތާހިތުން ރައިހާންއަށް ވިސްނޭނެ ނަމައޭ ޔާނިއުގެ ހިތަށް އެތައް ފަހަރަކު އެރިއެވެ.

“ކާކަށް އެނގެނީ ކުރިމަގުގައި ކަންތައް ވާން އޮތް ގޮތެއް..؟ ރެންގެ ތި ހުރިހައި ވިސްނުމެއް މުގުރައިލާ، ތި ގެންގުޅޭ ހުރިހައި އުސޫލުތަކަކުން ބޭރުކޮށްލައި، ކުރިން ރެންގެ މޫނުމަތީގައި ހުންނަ އުފާވެރިކަން އަނބުރައި ގެނެވޭ ފަދަ ކުއްޖަކާ ހަމަ މާދަމާ ވެސް ދިމާވެދާނެ އެއްނު..” ޔާނިއު އެ މައުޟޫއަށް ވާހަކަ ދައްކަމުން ދިޔައީތީ ރައިހާންގެ ޝައުގުވެރިކަން ދިޔައީ ކުޑަވަމުންނެވެ. އެހެނަސް ޔާނިއު އެންމެ ފަހުން އެ ބުނި ޖުމުލައިގެ ތެދުކަން މިވަގުތު ރައިހާންއަށް ވިސްނޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟

އެ ދެމެދަށް ވެރިވި ހަމަހިމޭން ކަމުގެ ސުކޫތަށް ނިމުމެއް އައީ ޔާނިއުގެ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ އެ ހިތުގެ މަލިކާ ކަމަށް ވުމުން ރައިހާންއަށް އަވަސް ނަޒަރެއް ނީފައި ޔާނިއު ކަންފަތުގައި ފޯނު ޖަހައިލިއެވެ.

“މިއަދު ހަވީރު..؟ އާނ އޯކޭ.. ދާނަން ބަލައި..” ލައިނީއާ ވާހަކަ ދެއްކުމަށް ފަހު ޔާނިއު ފޯނު ބޭއްވުމުން ރައިހާން ލާނެތް ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްލިއެވެ.

“ފަހަރި ދޯ..؟ ކީކޯ ބުނީ..؟” އެއްބުމަ ހިއްލައިލަމުން ރައިހާން އަހައިލި އިރު އެ އަޑުގައި ވަނީ ލާނެތް ކަމެވެ.

“ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބަ އޮތޯ.. ހަވީރު ބައްދަލު ކޮށްލަން ބޭނުމޯ..” ރައިހާންއަށް ލޯއަޅައިލަމުން ޔާނިއު ޖަވާބުދާރީވިއެވެ.

“ސުބުހާނަﷲ.. ތި އުޅެނީ ރަނގަޅަށް ވާކަށް ނޫން.. ވަރަށް ބޮޑު ކަމަކު ވަރަށް އަވަހަށް ބައްދަލު ކޮށްލަން ބުނާނީ ހަމަ ރުޅިވާން ވެގެން..” ރައިހާން ކޮށްލި ސަމާސާއާއި އެކީ ޔާނިއުގެ ދެލޯ ބޮޑުވެގެން ދިޔައީ އެ ހިތަށް ވާންވެލައިގެން ދިޔަ ފަދަ އިހުސާސެއް ކުރެވެމުންނެވެ. ދުވަހެއްގެ ކޮޅުން ވެސް ލައިނީ އޭނާއާއި ވަކިވެއްޖެ ނަމަ އޭނާ މަރުވެދާނެއެވެ.

“އޭ ރެން ދެން މަޖަލަކަށް ހަދާފަވެސް ތިކަހަލަ އެއްޗެހި ނުކިޔަބަލަ.. އަހަރެން ކުޑަކޮށް ބިރުވެސް ގަންނަން ފަށައިފި މިހާރު..” ލައިނީއާ ގުޅުވައިގެން ސަމާސާއެއް ކޮށްލާ އިރަށް ޔާނިއުއަށް ވީ ވަރު ފެނިފައި ރައިހާންއަށް ނުހީ ނީނދެވުނެވެ.

“ސާބަހޭ ޔާން.. ލޯބި ވިޔަސް ބޮޑު ވަރު.. ތިހާ ލޯބި ވަންޏާ ދެންވެސް އަވަހަށް އަތުން ދޫވުމުގެ ކުރިން އިންނަން އުޅޭ..” ގޮނޑީގައި ލެނގިލަމުން ރައިހާން ބުނެލުމާއި އެކު ޔާނިއުއަށް ވެސް ވިސްނައިލެވުނެވެ. ވީހާވެސް އަވަހަކަށް ލައިނީ އޭނާގެ ހައްގަކަށް ހަދަން އޭނާ ބޭނުންވާ ވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ލައިނީ އޭނާއަށް އިތުބާރުކޮށްފައި އެ ފުރުސަތު ދޭނެ ނަމައެވެ.

*** ** ***

އެދުވަހު ހަވީރު ބަރާބަރު ހަތަރުގަޑި ބަޔަށް ޔާނިއު ސައިކަލުގައި ލައިނީ ބަލައި ދިޔައެވެ. ލައިނީ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ސައިކަލު މަތީގައި އިށީނދެ އިން އިރު، އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަނީ ލައިނީ ދެކިލުމަށް ކެތްމަދުވެފައި އިނދެއެވެ. ހުދުކުލައިގެ ގަމީހަކާ އެކު އައިސްބްލޫ ޖިންސެއްގައި އިން އިރު އެހެންޏާ ފެންނަ ވަރަށް ވުރެ ނުރަސްމީކަމަށް ދައްކައެވެ. ކަންފަތު ފޫޅާ ހަމައަށް ދިގުކޮށްފައި އޮތް އިސްތަށިގަނޑު ޖެލްގެ އެހީގައި ރީތިކޮށް ސްޓައިލް ކޮށްލާފައި އޮތުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. ލޮލުގައި އަޅާފައިވީ އަވި އައިނުން އެ މަޑުމުށި ކުލައިގެ އަސަރު ގަދަ ދެލޯ ފޮރުވައިލެވިފައިވީ ނަމަވެސް ޔާނިއުގެ ރީތިކަމަށް އެއްވެސް އުނިކަމެއް ނާދެއެވެ. ލައިގެން ހުރި ގަމީސް އެ ވަރުގަދަ ހަށިގަނޑަށް ހިފައިލާފައި ހުރި އިރު، ޔާނިއުގެ ކޮންމެ އަދާއަކުން ވެސް ފެންނަމުން ދިޔައީ ފިރިހެންވަންތަކަމުގެ އިންތިހާއެވެ.

އިރުކޮޅެއް ފަހުން ފަރި ހިނގުމެއްގައި ގެއިން ނުކުމެގެން އަންނަމުން ދިޔަ ލައިނީ ފެނި ޔާނިއުގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފެހިކުލައިގެ އަބާޔާއަކާ އެކީ ހަމަ އެކުލައިގެ ޝޯލްއެއް އަޅާފައި ހުރި އިރު އެ މޫނުމަތީގައި ލިޕްގްލޮސްއެއް ފިޔަވައި އިތުރު މޭކަޕެއް ނުވެއެވެ. ލައިނީގެ އެ ސިފަ އޭނާއަށް ކަމުދަނީ އިންތިހާއަށެވެ. އަބަދުވެސް އެންމެ ރިވެތި ފޭރާމުން ނިވާވެގެން ހުންނަ އިރު، އެހެން މީހުންގެ ނަޒަރުތަކުން ސަލާމަތް ވުމަށް ކުރެވެން ހުންނަ ހުރިހައި ކަމެއް ކުރާތީ ހިތުން ލައިނީއަށް ތައުރީފު ކުރެވެނީ އިންތިހާއަށެވެ.

“ޔޫ ލުކް ގޯރޖަސް ލަވް.. ވަރަށް ވަރަށް ރީތި މާޝާﷲ..” ލައިނީގެ މަޑު އަތްތިލައިގައި ހިފައިލަމުން ޔާނިއު ކޮށްލި ތައުރީފާއި އެކު ވަގުތުން ލައިނީ އިސްދަށަށް ޖެހި އިރު، އެ ތުންފަތުގައި ކުޅެލި ރަކި ހިނިތުންވުން ފެނިފައި ޔާނިއު ދީވާނާވާހައި ވިއެވެ. ލައިނީގެ އެ ލަދުވެތި ކަމަކީ ޔާނިއުއަށް އެންމެ ކަމުދާ އެއް ސިފައެވެ. ލަދު ގަތުމުން އެ ދޮން މޫނަށް ޖަންބުކުލަ ވެރިވެގެން ދާ ގޮތާއި، އިސްދަށަށް ޖަހައިލާ ގޮތް ބަލައިބަލައި އޭނާ ދުވަހަކުވެސް ފޫއްސެއް ނުވާނެއެވެ.

ދެމީހުން އެކުގައި ގޮސް ވަނީ ބޭރުމަގުގައި ހުންނަ ރެސްޓޯރެންޓަކަށެވެ. ފިނި ބުއިމަކަށް އޯޑަރު ނަގާފައި ވެއިޓަރު ދިޔުމުން ޔާނިއު ލައިނީއަށް ބަލައިލި އިރު އެ ނަޒަރުގައިވީ އިންތިހާ ދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ.

“ކޮން ވާހަކައެއްތަ ލައި ދައްކަން ބޭނުންވީ..؟” މޭޒުމަތީގައި އޮތް ލައިނީގެ އަތް މަތީގައި އޭނާގެ އަތް ބާއްވައިލަމުން ޔާނިއު އަހައިލިއެވެ. އޭރު ލައިނީގެ އަތް ގަނޑުފެންކޮޅެއްހައި ފިނިކަމުން ލައިނީ އިނީ ކޮންމެވެސް ވަރަކަށް ހާސްވެފައިކަން ޔާނިއުއަށް އެނގުނެވެ.

“ޔާން.. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް މެރީ ކުރަން..” ލައިނީ ބުނެލި ވާހަކައިން ޔާނިއުގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވި އިރު، ލައިނީގެ އަތް ގެނެސް ތުންފަތުގައި ޖައްސައިލާފައި އެ އަތަށް ނުުހަނު ލޯބިން ބޮސްދިނެވެ.

“އަހަރެން ވަރަށް ވަރަށް އުފާވެއްޖެ ލައި.. ކިހައި ދުވަހެއް ލައި އިންނަން އެއްބަސްވޭތޯ އަހަރެން ހުންނަތާ.. އަހަރެން ހާދަ ދުއާއެއް ކުރީމޭ..” ޔާނިއުގެ ކޮންމެ ޖުމުލައަކުން ވެސް ދޭހަވަމުން ދިޔައީ އޭނާ ލައިނީ ދެކެ ވާ ލޯތްބެވެ. އެ ހިތް ލައިނީއަށް އެދޭ ވަރެވެ.

“އެކަމަކު.. ބައްޕަ..” ލައިނީ ފެށި ވާހަކަ އިތުރަށް ކުރިއަށް ނުގެންދެވެނީސް ޔާނިއު ވާހަކަ ދައްކަން ފެށިއެވެ.

“ލައި ޕްލީޒް.. ލައިގެ ބައްޕައަކީ އަހަރެންގެ ވެސް ބައްޕަ ފަދަ.. ދެމީހުން މެރީކޮށްގެން ހަމަޖެހިލައިގެން ބައްޕަ ގޮވައިގެން ބޭރަށް ދާނީ ބޭސް ކުރަން.. އަހަރެންގެ އަތުގަ އިރާދަ ކުރެއްވީތީ ލައިގެ ބައްޕައަށް ބޭސް ކުރެވޭހައި ތަނަވަސްކަން އެބަ ހުރި.. ނޫނެކޭ ނުބުނާތި ލައި.. ޕްލީޒް.. އަހަރެން ދެކެ ލޯބިވަންޏާ މިގޮތަށް އެއްބަސްވެދީ..” ޔާނިއުގެ ދެލޮލުން ފެނުނު އާދޭހުގެ ކުލަވަރުން ނޫނެކޭ ބުނަން ހަރަކާތް ކޮށްލި ލައިނީގެ ދުލުގައި ވަގުތުން ތަޅެއް އެޅުވިގެން ދިޔަ ފަދައެވެ.

ޔާނިއުވެސް އެބުނީ ތެދެކެވެ. މިދާ ވަރުން ދަންޏާ ބައްޕަގެ ބައްޔަށް ފަރުވާކުރެވޭ ވަރަށް ފައިސާ އެއްކުރެވޭ އިރު ހުންނާނީ އެތައް އަހަރެއް ފާއިތު ވެފައެވެ. އެހީވާން ޔާނިއު ނިކަން ބޭނުންވެއެވެ. ވީއިރު އެ ފުރުސަތު އޭނާ ޔާނިއުއަށް ނުދޭންވީ ކީއްވެގެން ހެއްޔެވެ؟ އެކަނިމައިއެކަނި ހުރިހައި ކަމެއް ކުރުމަށް އާދަވެފައިވީ ނަމަވެސް، ޔާނިއުގެ އެހީތެރިކަމަށް ދުވަހަކު ނޫނެކޭ ބުނެވޭ ވަރަށް ވުރެ އެ ހިތް ޔާނިއުއަށް އެދެއެވެ. އިރުކޮޅަކު ވިސްނަން އިނުމަށް ފަހު ލަސްލަހުން ލައިނީ ބޯޖަހައިލުމާއި އެކު ޔާނިއުގެ ތުންފަތް ދެމިލީ ހިތްގައިމު ހިނިތުންވުމަކުންނެވެ.

“ލައި މަޑުކުރައްޗޭ މިތާ.. އަހަރެން ވަރަށް އަވަހަށް އެބަ އަންނަން..” ލައިނީ ގާތު އެހެން ބުނެފައި ލައިނީއަށް ޖަވާބެއް ނުދެވެނީސް ޔާނިއު ދުއްވައިގަތެވެ. ޔާނިއު ގޮސް ރެސްޓޯރެންޓުން ނުކުތް މަންޒަރު ބަލަން ލައިނީ އިނީ ޔާނިއު ކުރަން އެ އުޅޭ ކަމެއް ނޭނގިފައެވެ.

ރެސްޓޯރެންޓުން ނުކުތް ގޮތަށް ޔާނިއު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ހުއްޓުނީ އޭނާގެ ސައިކަލު ކައިރީގައެވެ. ސައިކަލުގެ މަޑި ހުޅުވައިލުމަށްފަހު އޭގެތެރެއިން ނެގި ރަތްކުލައިގެ ކުޑަ މަހުމާ ފޮއްޓަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރި އިރު، އެ ތުންފަތުގައި ކުޅެލާފައިވީ ހިތްގައިމު ހިނިތުންވުމެކެވެ. އެ އަނގޮޓި ގަނެގެން ދެތިން މަސްވީ އިރުވެސް ޔާނިއުއަށް އޭގެ ބޭނުން ކުރަން ނުކެރެނީ ލައިނީގެ ފަރާތުން ކައިވެނީގެ މަޢުޟޫއަށް މާ ބޮޑު އެއްބާރުލުމެއް ނުލިބޭތީއެވެ. އެހެނަސް މިއަދު ހުރިހައި ކަމެއް ބަދަލުވެއްޖެއެވެ. އެ އަނގޮޓި ސައިކަލުގެ މަޑިދަށުގައި ބޭއްވުނުކަން މީ ނަސީބެކޭ ޔާނިއުގެ ހިތަށް އެރި އަދަދު ވެސް ނޭނގެއެވެ.

ދުވެލާފައި އައިސް ރެސްޓޯރެންޓަށް ވަން ޔާނިއު ފެނިފައި ލައިނީގެ ނަޒަރު ވަގުތުން އެ މޫނަށް ހުއްޓުނެވެ. އަވަސްވެފައިވީ ނޭވާ ހަމައަކަށް އަޅުވައިލަމުން ޔާނިއު އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި އައިސް ލައިނީގެ ކުރިމަތީގައި އެއް ކަކޫ މައްޗަށް އިށީނެވެ. ވަމުން މި ދަނީ ކީއްކަން ނޭނގިފައި އިން ލައިނީގެ ދެލޯ ބޮޑުވެގެން ދިޔައީ ޔާނިއު އަތުގައި އޮތް ކުޑަ މަހުމާ ފޮށި ހުޅުވައިލުމާއެކު ބަބުޅަން ފެށި އަލިމަސް ޖެހި ރިހި އަނގޮޓި ފެނުމުންނެވެ.

“ލައި އެއްބަސްވާނެ ކަމުގެ ޔަގީންކަން ލިބެންދެން އަހަރެން ރަސްމީކޮށް ނާހަ މި ހުންނަނީ… އެކަމަކު ދެން ބޭނުމެއް ނޫން އެންމެ ސިކުންތެއް ވެސް ލަސްކުރާކަށް.. ލައި ނޫން އެހެން ކުއްޖަކު އަހަރެންގެ އަނބިމީހާގެ މަގާމަށް ގެންނާކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން.. އަހަރެންގެ ހިތް އަބަދުވެސް އެދޭ މަންޒިލަކީ ތީ.. އަހަރެން ވަރަށް ލޯބިވޭ ލައި.. އަބަދުވެސް ލައި އުފަލުގައި ބަހައްޓަން އަހަންނަށް ކުރެވުނު ކޮންމެ ކަމެއް ވެސް ކުރާނަން.. ލައި.. މުޅި އުމުރަށް އަހަރެންގެ ހައްގަކަށް ވެދޭނަންތަ..؟” ޔާނިއުގެ ކޮންމެ ޖުމުލައަކާއި އެކުގައި ލައިނީގެ އެސްފިޔަތައް ފޫއަޅުވައިލާފައި ފައިބަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އަވަސްއަވަހަށް ލައިނީ ބޯޖަހައިލުމާއި އެކު ޔާނިއުގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވިއެވެ. ލައިނީގެ ވައަތު ކަށިއިނގިލީގައި އެ އަނގޮޓި އަޅުވައިލުމަށް ފަހު ޔާނިއު އެ އަތުގައި ތުންފަތް ޖައްސައިލަމުން ބޮސްދިނެވެ. ޔާނިއުގެ ތުންފަތުގެ ހޫނު ބީހިލުން އޭނާގެ ގަނޑުފެންކޮޅެއްހައި ފިނި އަތްތިލައަށް އިިހުސާސް ކުރެވުމާއި އެކު، ލައިނީގެ ދެލޯ މެރިގެން ދިޔައީ އެ ހޫނުގައި ވިރިގެން ދާން އެ ހިތް އެދުނު ވަރުންނެވެ.

“އަހަރެން ބޭނުމެއް ނޫން އެންމެ ދުވަހެއް ވެސް ލަސް ކުރާކަށް.. އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން..” ތެދުވެފައި އެ އަތުގެ ތެރެއަށް ލައިނީ ގެންނަމުން ޔާނިއު ހާމަކޮށްލީ އެ ހިތުގެ އެދުމެވެ.

“އަހަރެން ވެސް..” ޔާނިއުގެ ތަނަވަސް މޭތެރޭގައި ބޮނޑިވެލަމުން ލައިނީ ލަދުން ހުރެވެސް އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ. އެ ވަރުގަދަ ދެ އަތުގެ ތެރެއިން އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ހިމާޔަތާއި ރައްކާތެރިކަމެވެ. ނިމުމެއް ނުވާ ލޯތްބާއި އޯގާތެރިކަމެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ވިހަ ލޯބި 18

Next

އެކުގައިވާނަން-15

Next
November 8, 2025

އެކުގައިވާނަން-15

Previews
November 8, 2025

ވިހަ ލޯބި 18

9 Comments!

  1. Alana says:
    November 8, 2025 at 11:17 am

    Mi part vess Vara reethi
    Aww lainy and yaaniu is engaged soo cute 🥰
    And raihaan ge character is soo cool vara dark vibes dhey🤭like mafia CEO type
    Alhugadu mi nayaa dhahtha ge vaahakathah kurin surenvess kiyamun aa kujjeh and kurin nukerun comment kuraakah ladhun……haha ekam mi faharu hama nuhurevunu nukosheh
    Vara reethi vaanekan igeythee i want u to know I’m always supporting u 💖
    Alhugadu ge ehmeh fav author theekee
    Lysm ♥️

    1. Nayaa Nayaa says:
      November 9, 2025 at 11:28 pm

      aww thank youu alana💕💕
      hehe yesss i lovee raihaan ge character toooo

      alheyyy that’s so sweeeetttt☹️💕 thank you so so so muchhhhh i love youuuu💕💕💕

  2. Shiu says:
    November 8, 2025 at 12:36 pm

    Mi part vx varah Reethi Masha Allah.
    Raihaan adhives Past in arai nuganevigen dhw e ulheny.
    Nimsha keeh baa kury ?? Cheat kury baa ?? 🤔
    Yayyy Laii ebbas vejje dhw Yaan aa marry kuran.
    Yaan And Lai Sooo loabi
    Curiously waiting for the next part
    Lysm Nayu 💗

    1. Nayaa Nayaa says:
      November 8, 2025 at 10:09 pm

      aww thankyou shiu💕💕
      nimsha kuri kameh ingeynee dhen vaahaka kuriyah dhaa varakun dho

      lym💕

  3. Alana says:
    November 8, 2025 at 6:30 pm

    Mi part vess Vara reethiiiii
    Yayy lainy and yaaniu is engaged
    Raihaan ge character Vara cool he is giving dark Mafia vibe🤭
    Alhugadu akee abadhuvess nayaa dhahtha liyaa vaahaka thah kiyamun Anah kujjeh and kurin nukerun comment kuraakah ladhun…haha but mifaharu nuhurevunu nukosheh I Just want u to know I’m always supporting u 💖
    Lysm ♥️

  4. hiyaalu says:
    November 8, 2025 at 7:30 pm

    Masha allah..hama vrh habeys

    1. Nayaa Nayaa says:
      November 8, 2025 at 10:09 pm

      shukuriyyaa!💕

  5. White rose White rose says:
    November 10, 2025 at 7:31 am

    Woww. Haadha nala sifakurunthakekey 😍😍 Dhen oiy bai kiyaahithun haalaaku vany mi. When’s next.

    1. Nayaa Nayaa says:
      November 10, 2025 at 12:56 pm

      thank youu darling💕💕

      next part mhr ebain upload vefa. enjoy💕

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 3←


All Right Reserved!