Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަދީނީލޯބި

ފޮތް

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
August 25, 2025 10 Mins Read
28 Comments

ރީއްޗެވެ. ހާދަހައި ރީއްޗެވެ. ހާދަ ފުރިހަމައެވެ. އެ ލަދުރަކި ހީލުމެވެ. ހިތިފަތު ބުމައެވެ. ކުރަނގި ދެލޮލެވެ. ދިގު އެސްފިޔަތަކެވެ. މާ ދޮން ނުވިޔަސް އޮމާން މޫނެވެ. މޭކަޕެއްގެ އެހީއާ ނުލައި ވެސް އެއީ ހަމަ އެންމެ ފުރިހަމަ ފަތްމިންޏެކެވެ. އަބަދު ވެސް ލާފައި ހުންނަ ދޫ ހެދުންތަކާއި، އަޅާފައި ހުންނަ ބޮޑު ބުރުގާތަކުގެ ސަބަބުން ހަށިގަނޑުގެ ވަނާތައް ވަންހަނާ ކުރެވިފައި ވުމަކީ އަހަރެންގެ ސަމާލުކަން އިތުރަށް އޭނާއަށް ހުއްޓުނު ކަމެކެވެ.

ފުރަތަމަ އަހަންނަށް އޭނާ ފެނުނީ އޭނާ ދާ ކޮލެޖު ކައިރިންނެވެ. އަހަރެންގެ އެކުވެރީންނާ އެކީ އެތާ ކައިރީގައި ލާޗާރުބިޗާރަށް އެނބުރެނިކޮށެވެ. އަތުގައި ހުރި ފޮތްތައް މޭމަތީގައި ޖައްސާލައިގެން އޭނާ ހިނގާފައި ދިޔައީ ސީދާ އަހަރެމެންގެ ކުރިމަތިން ލާފައެވެ. ކިރިޔަ ކިރިޔާ ނޭފަތަށް އެނގުން ވެލައިގެން ދިޔަ އެ ލުއިލުއި، މީރު ސެންޓުގެ ވަހާ އެކީ އެދިމާއަށް ދެވުނީ އަހަރެންގެ ނަޒަރެވެ. އެންމެ ފަހަރަކު ވެސް އިސްއުފުލައި ނުލައި ހުރި އިރު، އެ އޮމާން މޫނުމަތީގައިވީ ލަދުރަކި ކަމުން ފިދާވާހައި ވިއެވެ.

ހިނދުކޮޅަކަށް ވެސް މަޑެއް ނުވަމެވެ. ތުމުން ފުމެލީމެވެ. އޭނާ ބަލައެއް ނުލިއެވެ. ވަގުތުން އަހަރެންގެ އެކުވެރީންގެ މަލާމަތާއި ފުރައްސާރަ ކުރިމަތިވިއެވެ. ރުޅި އައީ އެހިސާބުންނެވެ. މީގެ ކުރިން އަހަރެންގެ އެފަދަ އިޝާރާތަކަށް ނޫނެކޭ ބުނާ އެއްވެސް އަންހެން ކުއްޖަކާ ދިމާވެފައި ނުވާ އިރު، މި އަންހެން ކުއްޖާއަށް އަހަރެންގެ އެދުމުގައި ކޮޅުފައިން ޖެހުމަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

އަތުގައި އޮތް ސިނގިރޭޓު ބިންމައްޗަށް އެއްލައިލާފައި އޭގެ މައްޗަށް ފައިން އަރާފައި ޗިސްޗިސް ކޮށްލީމެވެ. “ބަލަން ހުންނާށޭ، އަހަންނަށް ކާމިޔާބު ވާނޭ” ކިޔައި ރައްޓެހިން ކުރިމަތީ ފޮނި ކެނޑުމަށް ފަހު އަހަރެން ގޮސް އެ އަންހެން ކުއްޖާއާ އަރައި ހަމަ ކުރީމެވެ.

“ހެއި.. އަހަންނަށް ކިޔަނީ ޒެއިން.. ތީ ކޮން ކުއްޖެއް..؟” އަހަރެން ތަޢާރަފްވީ ނަމަވެސް، އެ އަންހެން ކުއްޖާ ކަހައި ތަން ހިރުވައި ވެސް ނުލިއެވެ.

“ދޫންޏާ.. ކޮން ނަމެއްތަ ކިޔަނީ..؟” ދެން ވެސް ޚަބަރެއް ނުވިއެވެ. ކުޑަ ނަމަވެސް ޢިޝާރާތެއް ނުވިއެވެ. އިސްއުފުލައި ބަލައިނުލިތާ، މަޑެއް ވެސް ނުވިއެވެ. އެކަމުން އަހަރެންގެ ހިތުގައި އޮތް ޢަޒުމު ވީ ވަރުގަދައެވެ. މި އަންހެން ކުއްޖާ ޙާސިލް ކުރާނަމެވެ.

“ބަލައި ވެސް ނުލާނަންތަ..؟” ލަދުވެތިކަމުގެ ކަންފުޅެއް ވެސް ނެތި، އިސްލާމީ ރިވެތި ފޭރާމުން ނިވާވެގެން ހުރި، މި ލަދުރަކި، މަޑުމައިތިރި އަންހެން ކުއްޖާއާ އަހަރެން ފޮށެމުން ދިޔައީ މި ކުރެވެނީ ކިހައި ވަރެއްގެ ފާފައެއް ކަން ނޭނގޭ ޙާލުގައެވެ.

އެ އަންހެން ކުއްޖާގެ އެއްވެސް ޢިޝާރާތެއް ނުވުމުން އަހަރެން އިތުރަށް ރުޅިގަދަވާން ފެށިއެވެ. މީގެ އިރުކޮޅެއް ކުރިން ބޭނުން ކުރި ތަކެތީގެ އަސަރު ސިކުނޑިއަށް ވާޞިލްވާން ފެށީ އޭގެ އެންމެ ނުރައްކާތެރި ގޮތުުގައެވެ. އިތުރަށް ކެތް ނުވެގެން އަހަރެން އޭނާގެ ކޮނޑުގައި ހިފައި އަހަންނާ ދިމާއަށް އަނބުރައިލީމެވެ. އެވަގުތު ލިބުނު ސިހުމުގައި އޭނާގެ ދެލޯ ބޮޑުވި އިރު އަތުގައިހުރި ފޮތްތައް ބިންމައްޗަށް ވެރުނެވެ. އަވަސްއަވަހަށް އަހަރެންގެ އަތް ފޮޅުވައިލާފައި އަހަންނާ ދުރަށް ޖެހުނު އިރު، އެ ބޮޑުބޮޑު ދެލޮލުން ފެނުނު ބިރާއި ސިހުމުން އަހަރެންގެ ހިތަށް ވާންވެލީ ކީއްވެގެން ކަމެއް ނޭނގުނެވެ. އިތުރަށް އޭނާއާ ގާތްވާކަށް ނުކެރުނެވެ. އެ ސާފު، ސާދާ ހިތުގައި ކޫރުމެއް އަޅުވައިލަން ނުރުހުނެވެ.

ދެން ވެސް އެއްޗެކޭ ނުބުނެ އެކުއްޖާ އަވަސްއަވަހަށް ގުދުވެފައި ފޮތްތައް ނަގަން ފެށިއެވެ. އަތުޖެހުނު ހުރިހައި ފޮޮތެއް ނަގައިގެން އަވަސް ފިޔަވަޅުތަކެއްގައި އޭނާ ހިނގައިގަތް ނަަވެސް، މިފަހަރު އަހަންނަށް ފަހަތުން ދާކަށް ނުކެރުނެވެ. އަހަރެންގެ ކުޑަކުޑަ ޢަމަލަކުން ވެސް އެ މުށިކުލައިގެ ކަޅީގެ ތެރެއިން ފެނުނު ބިރުވެރި ކަމުގެ އަސަރުތައް ދެވަނަ ފަހަރަށް ދެކޭނެހައި ހިތްވަރެއް އަހަރެންގެ ނެތީއެވެ.

ކަރުއެލުވައިލަމުން ހިނގައިގަންނަން އުޅުނު ތަނާ އަހަރެންގެ ފިޔަވަޅުތައް މަޑުޖެހުނީ ވެއްޓިފައި އޮތް ފޮތެއް ފެނުމުންނެވެ. ގުދުވެލާފައި، އެ ފޮތް ނަގާފައި އޭނާއަށް ދޭން ވެގެން ބަލައިލި އިރު އެ އަންހެން ކުއްޖާ ޖެހުނުތާ ލަކުނެއް ވެސް ނެތެވެ. އަނެއްކައި ވެސް އެ ފޮތަށް ބަލައިލެވުނެވެ. ބޭރު ގަނޑުގައި “ދިރިއުޅުމަށް އިސްލާމީ ނަޒަރަކުން” ޖަހާފައި އޮތް ތަން ފެނުމުން އެއީ އިސްލާމީ ފޮތެއް ކަން އެނގުނެވެ. އަހަރެން ހައިރާނެއް ނުވަމެވެ. އެ ފަތްމިންޏަށް އެންމެ ނަޒަރެއް ދީފައި ވެސް އެއީ ދީނަށް ލޯބިކުރާ ޒުވާނެއް ކަން ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ.

ފޮތުގެ ނަން ކިޔައިލާފައި އަހަރެން ވަގުތުން ފޫހިވިއެވެ. އެހެނަސް، ފޮތް ހުޅުވައިލި އިރު ފުރަތަމަ ގަނޑުގައި ޖަހާފައި އޮތް ނަން ފެނުމުން އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“އިންޝާ…” އެ ނަން އަހަރެންގެ ދޫމަތީގައި ފުރޮޅިލީ އިރު އަހަރެންގެ ހިތުގެ ތެޅުމަށް ބަދަލު އައިކަން އަމިއްލައަށް ވެސް އިހުސާސް ކުރެވުނެވެ. ކުއްޖާއާ އެއްވަރަށް ނަން ވެސް ރީއްޗެވެ. ދުލަށް ފަސޭހައެވެ. ހިތަށް ފިންޏެވެ.

“ސާބަހޭ ޒެއިން.. ތިވަރު ވާކަށް ނުވާނެ.. ދެން މާ ރީތި މަންޖެއެއް ވެސް ނޫނޭ އޭނަ ފަހަތުން ތި ދުވަނީ..” އެވަގުތު ފަހަތުން އިވުނު އެކުވެރި ނާޒިލްގެ އަޑަށް އަހަންނަށް ހަމަބިމަށް އާދެވުނެވެ.

“ތެދެއް.. ދެން ކައެގެ ޓައިޕެއް ވެސް ނޫނެއްނު.. ހީވަނީ ބޮޑު ފޮތި މާއްޔަކަށް އެރިގެން ހުރިހެން.. އެއްޗެއް ފެންނަނީކީ ވެސް ނޫނެއްނު.. ޒެއިންއަށް މާ ރީތި ކުދިން ވާނެ..” ރާއިދުގެ ވާހަކައިން އަހަންނަށް ރުޅި އާދެވުނީ އިޚްތިޔާރަކައި ނުލައެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އަހަންނަށް ނުރުހުހެވެނީއެވެ. ހިތްހަމަނުޖެހެނީއެވެ. އިންޝާގެ ނަމާ ގުޅުވައިގެން އެފަދަ އެެއްވެސް ބަހެއް މީހެއްގެ ދުލުން ބޭރުވާން ނޭދެވެނީއެވެ. އެހެނަސް އެހެން ބުނާނެހައި ހިތްވަރެއް ނުކުރެވުނެވެ. އެމީހުން ދިމާކުރާނެތީއެވެ. މަލާމަތް ކުރާނެތީއެވެ.

“މިރޭ ޕާޓީން ފެންނާނެ ހެއްސަ ސަޅި ކުދިން.. މި ނުވާނެ ކުނޑިފުށަކަށް ވެސް.. ދެން މިތާ ކަޑަވެފަ ނުހުރެ ހިނގާ ދާން..” އަހަރެންގެ ކޮނޑުގައި އަތް އަޅުވައިލަމުން ކިޔާން ބުނެލުމާ އެކު އަހަރެން ވެސް ދެކޮޅު ހެދުމަކައި ނުލައި އެމީހުންނާ އެކީ ހިނގައިގަތީމެވެ. ސައިކަލާ އަރާ ހަމަވެފައި އިތުރު މީހަކަށް ފެނުމުގެ ކުރިން އަތުގައި އޮތް ފޮތް ސައިކަލުގެ މަޑި ދަށަށް ލީމެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެ ފޮތް އަހަރެންގެ އަތުގައި ބާއްވަން އެދުނީއެވެ. އަލުން އިންޝާއާ ދިމާވެދާނެ ކަމުގެ އުއްމީދުގައެވެ.

*** ** ***

އެރޭގެ ޕާޓީގައި އަހަންނަށް ހުރެވުނީ ނެގިމަޑުވެފައެވެ. އަހަރެންގެ އެކުވެރީންނާއި، ދަންނަ މީހުންނާއި، ނުދަންނަ މީހުން ހީހީފައި މަޖާ ނަގަމުން ދިޔަ އިރު ވެސް، އަހަންނަށް ހުރެވުނީއެވެ. އެކި އެއްޗެހި ބޮއެބޮއެފައި، މަސްތުގެ ޙާލުގައި ތިބެ މިޔުޒިކާ އެއްވަރަށް ފައިހަމަކުރަމުން ދިޔަ މީހުން ތެރޭގައި އަހަންނަށް ބުދެއް ފަދައިން އިނދެވުނީއެވެ. ހަށިގަނޑުގެ ވަނާތައް ފައުޅުވާ ފަދަ ބާރު، ކުރު އެއްޗެހި ލައިގެން ތިބި އަންހެން ކުދީން ފެނިފައި ވެސް އަހަންނަށް މިރޭ އެއްވެސް އަސަރެއް ނުކުރިއެވެ.

“ޒެއިން.. އޭނދަ މަންޖެ އެބަ އަހާ ކައެ ވާހަކަ..” އަހަރެންގެ ގާތަށް އައިސް ރާއިދު ބުނެލުމާއެކީ އަހަންނަށް އެދިމާ ބަލައިލެވުނެވެ. ކިރިޔާ ފޫކޮޅު ފޮރުވޭ ވަރުގެ ކުރު ހެދުންކޮޅެއްގައި އިން އަންހެން ކުއްޖާ ހީލާފައި ހަނާ އަޅައިލި ނަމަވެސް އަހަންނަށް ސަމާލުކަމެއް ނުދެވުނެވެ. އެ ކުއްޖާ ވެސް ރީއްޗެވެ. ދޮނެވެ. ލޫޅާފައްޗެވެ. އެހެނަސް ހިތެއް ނޭދުނެވެ. ހިތަށް ވެރިވީ އިންޝާއެވެ. އެ ލަދުރަކިކަމެވެ. އެ މަޑުމައިތިރިކަމެވެ.

“ބުނޭ އަހަރެން ބޭނުމެއް ނުުވެޔޭ..” އަހަރެންގެ ޖަވާބުން ރާއިދު ހައިރާންވީ އަހަންނަކީ ލިބޭހައި ފުރުސަތެއްގައި އަންހެން ކުދީންނާ ދޯޅަވާ މީހެއްކަން އޭނާއަށް އެނގޭތީއެވެ.

“ކިހިނެއް ވެގެންތަ ކައެ ތި އުޅެނީ..؟ މިއަދު ހެނދުނު އެ މަންޖެ ފެނުނު ފަހުން މިއަދު އެއްކޮޮށް ކައެ ތި ހުންނަނީ ތިހެން.. ޒެއިން ތީ ކައެ ކުރިން އުޅުނު ގޮތެއް ނޫން ގައިމު.. އެ މަންޖެއާ ހަދައިތަ ތިވަރެއް ތި ވަނީ ކައެއަށް..؟ އެއީ ދެން ތާކު ހުރި-” އަނގައި ބަސް އޮއްވައި އަހަރެން ރާއިދުގެ ގިރުވާނުގައި ހިފައިފައި، އަލިފާނުން ފިއްސައިލާ ވަރުުގެ ނަޒަރެއް ދިނީމެވެ.

“ދެން އޭނައޭ ކިޔައިގެން ތި ދުލުން އެންމެ އެއްޗެއް ބުންޏަސް ނިމުނީ!” އަހަރެންގެ އިންޒާރުން ރާއިދު ވަގުތު މައިތިރިވެއްޖެއެވެ. ޚަރާބުވި މޫޑާ އެކީ އިތުރަށް އެތަނުުގައި ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ވަގުތުން އެތަނުން ނުކުމެ، ސައިކަލަށް އަރައިގެން ގެއަށް ދިޔުމަށް މިސްރާބު ޖެހީ. ބަދަލުވަމުން ދިޔަ އަހަރެންގެ ޠަބީޢަތާ މެދު އަމިއްލައަށް ވެސް ސުވާލު އުފެދިފައި ހުރެއެވެ.

ގެއަށް ދިޔަ ގޮތަށް ގޮސް އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ. ބޮލުގެ ރިހުމަށް ކެތް ނުވެގެން ދެލޯ މަރައިލި އިރަށް ހަމަ އެ ސޫރަ ފެނިއްޖެއެވެ.އެ އޮމާން މޫނެވެ. ބޮޑުބޮޑު، މައުސޫމު ދެލޮލެވެ. އިސްޖަހައިގެން ހުރި އިރު އެ ފިޔާތޮށި ތުންފަތުގައިވީ ލަދުރަކި ހިނިތުންވުމެވެ. އިޚްތިޔާރަކައި ނުލައި އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނޭނގޭ ބާރަކުން ހިތަށް ހަމަޖެހުން ލިއްބައިދީފިއެވެ.

ކުއްލިއަކަށް އަހަރެން އެނދުން ތެދުވެ ގޮސް ޑްރެސިން ޓޭބަލް ކުރިމަތީގައި ހުއްޓުނީމެވެ. ވަތްގަނޑު ހުޅުވައިލާފައި އޭގެ ތެރޭގައި އޮތް ފޮތް ނެގީމެވެ. ފޮތް ހިފައިގެން ގޮސް އެނދުމަތީގައި އިށީނދެފައި، ފޮތް ހުޅުވައިލީމެވެ. ފުރަތަމަ ގަނޑުގައި ލިޔެފައި އޮތް އިންޝާގެ ނަމުގައި ފިރުމައިލި އިރު، އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިތަށް ހަމަޖެހުން ލިއްބައިދިނެވެ.

ޚުދު އަހަންނަށް ވެސް އަހަންނަށް މި ކުރެވޭ ކަމެއް ނޭނގުނެވެ. އަހަންނަކީ ދުވަހަކު ދީނީ ފޮތެއްގައި އަތްލި މީހެއް ނޫނެވެ. އެންމެ ފަހުން ޤުރުއާން އަކުރެއް ވެސް ކިޔަވައިލީ ސްކޫލުގައި އުޅުނު އިރުއެވެ. އަމުދުން ނަމާދެއް ކޮށްލަން ހިތަށް އެރި ދުވަހެއް ވެސް ހަނދާނެއް ނުވެއެވެ. ރަލާއި މަސްތުގެ ދުނިޔޭގައި، މާތްﷲ ޙަރާމް ކުރެއްވިހައި ފާފައަކަށް އަރައިގަންނަމުން ދިޔައީ އޮތް ހަމައެކަނި ދުނިޔެއަކީ މިއީ ނޫން ކަން ހަނދާން ނައްތައިލާފައެވެ. ލިބުނު ނުބައި އެކުވެރީންނާ އެކުގައި މި ޙަޔާތް ވެއަތުކުރަމުން ދިޔައީ ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް އޮތް ކަން ހަނދާން ނައްތައިލާފައެވެ. އެހެނަސް މިއަދު…

މިއަދު އަހަރެން މި އިނީ ދީނީ ފޮތެއް ކިޔާށެވެ. އެ ފޮތުގައި މުސްލިމުންގެ ދުވަހީ ދިރިއުޅުމެއް އިސްލާމީ ނަޒަރަކުން އޮންނަން ވާނެ ގޮތް ލިޔެފައި އޮތް އިރު، ކިޔަމުން ދިޔަ ލަފްޒަކުން އަހަރެންގެ ހިތަށް ލިބެމުން ދިޔައީ ބަޔާން ކުރަން ދަތި އުނދަގޫ ކަމެކެވެ. ފޮތުގައި އޮތް އެއްވެސް ކަމަކާ އަހަރެންގެ ދިރިއުޅުމާ އެއްވެސް ގުޅުމެއް ނެތެވެ. އަހަންނަކީ ހެނދުނު އޮފީހަށް ގޮސް، ހަވީރު ރައްޓެހިންނާ އެކީ މަގުމައްޗަށް ނުކުމެ މީހުންނަށް ފުރައްސާރަ ކޮށް، ރީތި އަންހެން ކުދީންނާ ފޮށެ، ރޭގަނޑުގެ މަސްތުގެ ކަނޑުގައި ޣަރަޤުވަމުން ދާ މީހެކެވެ. ނަމާދު ކުރުމެއް، ޤުރުއާން ކިޔެވުމެއް، ޛިކުރު ކުރުމެއް އަހަންނަކަށް ނެތެވެ. އެކަންތައްތައް އަހަންނަށް ވެފައި ވަނީ ނުހަނު ބީރައްޓެހި ކަމަކަށެވެ.

ފޮތުގެ ވަކި ހިސާބަކަށް ކިޔުމަށް ފަހު އަހަރެން ފޮތް ލައްޕައިލާފައި މޫނުގައި އަތް އުނގުޅައިލީމެވެ. ކިޔުނު ބަސްތަކުގެ ސަބަބުން އަހަރެންގެ ހިތަށް ބަދަލު އައިސްފިއެވެ. ނުހަނު ބޮޑަށެވެ. ކީއްވެ ކަމެއް ނޭނގުނެވެ. މީގެ ކުރިން ވެސް އެތައް ބަޔަކު ނަސޭޙަތް ދިން އިރު ބަދަލު ނުވި ހިތެއް، އަންހެން ކުއްޖަކު މެދުވެރިވެގެން ލިބުނު ފޮތެއްގެ ސަބަބުން ބަދަލުވުމަށް މެދުވެރިގެން ހިނގައްޖެއެވެ. ނޭނގޭ ހައިޖާނުގަނޑެއް ސިކުނޑީގައި އުފެދި، އުޅެވޭ ގޮތާއި މެދު، ފުރަތަމަ ފަހަރަށް ހިތުގައި ސުވާލު އުފެދިއްޖެއެވެ.

*** ** ***

ޖެހިގެން އައި ދުވަހު އަހަރެން އިއްޔެ ވެސް އިންޝާއާ ދިމާވި ވަގުތަށް އޭނާގެ ކޮލެޖު ކައިރިޔަށް ދިޔައީމެވެ. މާ ގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އެ ރީތި، ސާފު، ސާދާ ސޫރަ ފެނުމާ އެކީ އަހަރެން އެ ނަމުން ގޮވައިލީމެވެ. ވަގުތުން އިންޝާ އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލާފައި ހިނގައިގަތުމުން އަހަންނާ ދުރަށް ދާން އުޅެނީކަން އަހަންނަށް އެނގުނެވެ. އެކަމުން ހިތަށް ތަދުވީ ނަމަވެސް ފަހަތުން ދާކަށް ނުކެރުނެވެ. އިއްޔެ ކަންތައް ކުރެވުނު ގޮތުން ލަދު ގަތީއެވެ. ނުކެރުނީއެވެ.

ލޯކުރިމަތިން އިންޝާގެ ސޫރަ ގެއްލުމާ އެކީ އަހަރެން ފުން ނޭވާއެއް ދޫކޮށްލާފައި އަތުގައި އޮތް ފޮތަށް ބަލައިލީމެވެ. މިއަދު އަހަރެން މިތަނަށް އައީ އެ ފޮތް ރައްދުކުރަން ކަމުގައިވީ ނަމަވެސް، އެކަން ނުކުރެވުނީއެވެ.

އެނބުރި އަހަރެން ގެއަށް ދިޔައީ އެ ފޮތް ހިފައިގެންނެވެ. ގެއަށް ގޮސް، ރޭގައި ހުއްޓައިލި ހިސާބުން ފެށިގެން އަނެއްކައި ވެސް ކިޔަން ފެށީމެވެ. އެ ބޯ ފޮތުގެ ދެތިން ޞަފްޙާ ކިޔައިލާފައި، ހިތަށް އުނދަގޫ ވެގެން ކެތް ނުވާ ވަރު ވުމުން އަނެއްކައި ވެސް ހުއްޓައިލާފައި ފޮތް ބޭއްވީމެވެ. މާދަމާ ހަމަ ޔަގީނުން ވެސް އިންޝާއަށް އެ ފޮތް ރައްދު ކުރާނަމޭ ބުނެ އަމިއްލަ ނަފްސަށް ވަޢުދު ވީމެވެ.

އެހެނަސް، ޖެހިގެން އައި ދުވަހު ވެސް ކަންތައް ވީ ހަމަ އެހެންނެވެ. އަހަންނަށް އިންޝާއާ ހަމައަށް ދެވުމުގެ ކުރިން ހަލުވި ފިޔަވަޅުތަކެއްގައި އިންޝާ ގޮސް އަހަރެންގެ ލޯކުރިމަތިން ގެއްލެއެވެ. ފަހަތުން ދާން އަހަންނަށް ނުކެރެނީ ފުރަތަމަ ދިމާވި ދުވަހު ކަންތައް ކުރެވުނު ގޮތުން ދެރަވެ، ލަދުގަންނާތީއެވެ.

މިގޮތުގައި ތިން ހަފްތާ ވެއަތުވެގެން ދިޔަ އިރު ވެސް، ކަންތައް އޮތީ ހަމަ އޮތް ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް އަހަރެން އިންޝާ ކޮލެޖަށް ދާ ވަގުތު އެ ކޮލެޖު ކައިރިއަށް ދަމެވެ. އެހެނަސް އިންޝާއަށް ފޮތް ރައްދުކޮށްލާނެ ފުރުސަތެއް ނުލިބެނީސް، އިންޝާ ލޯމަތިން ގެއްލެއެވެ. ދެން ގެއަށް އައިސް އެ ފޮތުގެ އެހެން ޞަފްޙާއެއް ކިޔައިލަމެވެ. އަމިއްލަ ޢަމަލުތަކުން ދެރަވެ، ލަދުގަންނަ ވަރު ވުމުން ފޮތް ލައްޕައިލަމެވެ. އަނެއްކައި ވެސް ހަމަ އެކަން އޭގެ އަނެއް ދުވަހު ތަކުރާރު ވެއެވެ. އެގޮތުގައި ތިން މަސް ވެއަތުވެގެން ދިޔަ ދުވަހަކީ އަހަރެން އެ ފޮތް އެކުގައި ކިޔައި ނިމުނު ދުވަހެވެ.

ފޮތް އެއްކޮށް ކިޔައި ނިމުނު އިރު އަހަރެންގެ ދިރިއުޅުމަށް އަންނަމުން ދިޔަ ބަދަލުތައް އަހަންނަށް ވުރެ ވެސް ކުރިން ފާހަގަ ކުރެވުނީ މަންމައާއި ބައްޕަގެ އިތުރުން ހެޔޮއެދޭ ޢާއިލާ މެންބަރުންނަށާއި ރައްޓެހިންނަށެވެ. ޚުދު އަހަންނަށް ވެސް އެކަން ފާހަގަ ކުރެވުނީ އެމީހުން އުފާވެފައި އެވާހަކަ ދައްކަން ފެށުމުންނެވެ.

އަހަންނަށް މިހާރު ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެވެއެވެ. ކޮންމެ ދުވަހަކު މަދުވެގެން ޞަފްޙާއެއް ނަމަވެސް ޤުރުއާނުން ކިޔެވެއެވެ. ކުރިން އުޅުނު ގޯސް އެކުވެރީންނާ އެކީ އުޅުން ހުއްޓައިލެވިއްޖެއެވެ. އަތްފަޔާއި ކަރުގައި އަޅާ ޗެންޗޭނުތައް ގެއްލި، ދިގުކޮށްފައި އޮތް އިސްތަށިގަނޑު ވެސް ބަދަލުވގެން ހިނގައްޖެއެވެ. ލާޗާރުބިޗާރަށް މަގުމަތީގައި އުޅުން ހުއްޓައިލެވިއްޖެއެވެ. ކުރިން އަންހެނަކު ފެންނަ އިރަށް ފޮށެ އުޅުނަސް، މިހާރު ބެލުން ތިރިކުރެވެއެވެ. އުނދަގޫވީ ނަމަވެސް ވަރަށް ބޮޑުތަނުން މަސްތުވާ ތަކެތީގެ ވަބާއިން ވެސް ސަލާމަތް ވެވިއްޖެއެވެ. ސިނގިރޭޓު ބުއިން ވެސް ހުއްޓައިލެވިއްޖެއެވެ. ފުރަތަމަ މި ބަދަލަށް މަސައްކަތް ކުރަން ފެށި އިރު އިންތިހާއަށް އުނދަގޫވީ ނަމަވެސް، މި ހުރިހައި ކަމެއް ވެސް މިހާރު ކުރެވެނީ ޚުދު އަހަންނަށް ވެސް ނޭނގިއެވެ.

ހެޔޮ މަގުގެ މަތީގައި ސާބިތުވެ ހުންނަން އުނދަގޫވާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަންނަނީ އިންޝާއެވެ. އެ ރީތި ސޫރައެވެ. އެ ލަދުރަކި ހިނިތުންވުމެވެ. އެ މަޑުމައިތިރިކަމެވެ. އެ ސޫރައިން އަހަންނަށް ހިތްވަރު ލިބެނީ ޚުދު އަހަރެން ވެސް ހައިރާން ކޮށްލަމުންނެވެ.

ހަތަރު ވަނަ މަސް ފެށުނު ދުވަހެވެ. އެދުވަހު ވެސް އަހަރެން އިންޝާގެ ކޮލެޖު ކައިރިޔަށް ދިޔައީމެވެ. އިންޝާ ފެނުމާ އެކީ ގޮވައިލީ މިފަހަރު ވެސް އެނބުރި އަހަންނަށް ބަލައިލާނެ ކަމުގެ އުއްމީދެއް ނެތިއެވެ. އެހެނަސް…

އެހެނަސް، އިންޝާ އެނބުރި އަހަންނާ ދިމާއަށް ބަލައިލާފައި، ހީލަމުން އިސްދަށަށް ޖަހައިލި މަންޒަރު ފެނުމާ އެކީ އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މިއީ ހުވަފެނެއް ނޫން ބާވައޭ ހިތަށް އެރި އިރު އަހަރެންގެ ހިތުގެ ވިންދު އެތައް ގުނައެއް އަވަސްވެގެން ދިޔައެވެ. ދެން ގެންނަންވީ ޙަރަކާތެއް ނޭނގިފައި، އަހަންނަށް ހުރި ފިޔަވަޅު މަތީގައި ހުރެވުނީއެވެ.

އަހަންނަށް ހަމަބިމަށް އާދެވުނީ އިންޝާ އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުމުންނެވެ. އަހަންނާ ދެތިން ފިޔަވަޅު ދުރުގައި ހުރެފައި އަތް ދިއްކޮށްލުމާ އެކީ އަހަރެން ކަރުކެހިލީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށެވެ. އިންޝާގެ ދިއްކޮށްލެވިފައިވީ އަތަށް ބަލައިލާފައި އަހަރެން ބުމަ އަރުވައިލީ އެއިން ނަގަންވީ މާނައެއް ނޭނގިފައެވެ. އެއާއެކީ އިންޝާ އަހަރެންގެ އަތުގައި އޮތް ފޮތަށް ބަލައިލުމުން އަހަންނަށް އިންޝާ ބުނަން އުޅުނު އެއްޗެއް ދޭހަވެއްޖެއެވެ.

“މި ފޮތް އަހަރެންގެ އަތުގަ އޮތް ކަން އިންޝާއަށް މި ހުރިހައި ދުވަހަކު އެނގޭތަ..؟” އިންޝާގެ އަތަށް ފޮތް ދެމުން އަހަރެން އަހައިލުމާ އެކީ އިންޝާ ބޯޖަހައިލިއެވެ.

“މި ހުރިހައި ދުވަހަކު ޒެއިން މިތަނަށް އައީ އަހަންނަށް މި ފޮތް އަނބުރައި ދޭން ކަން ވެސް އަހަންނަށް އެނގޭ..” އެއީ އިންޝާގެ އަޑު އަހަންނަށް އިވުނު ފުރަތަމަ ފަހަރެވެ. މާޝާﷲ އެވެ. އެ އަޑުގައި އެހުރި އޮމާން ކަމާ ރީތިކަމާއެވެ. އަހަރެން މޮޔަވެދާނެއެވެ. އިތުރަށް އިންޝާ ދެކެ ލޯބިވެވުނު ސަބަބެއް ކަމުގައި އެ އަޑު ވެއްޖެކަން ގައިމެވެ.

“ދެން.. ކީއްވެ.. މި ހުރިހައި ދުވަހަކު.. އަހަރެން ގޮވީމަ ދަނީ..؟ އަހަރެން މި އުޅެނީ ފޮތް އަނބުރައި ދޭން ކަން އެނގޭ އިރު…” އަހަންނަށް އަހައިލެވުނީ ޤަބޫލު ނުކުރެވިފައެވެ.

“އެއީ އަހަންނަށް ވުރެ ބޮޑަށް ޒެއިންއަށް ތި ފޮތް ބޭނުންވާކަން އެނގޭތީ..” އިންޝާ ޖަވާބު ދިނީ އެ ހުރި ގޮތަށް އިސްޖަހާލައިގެން ހުރެއެވެ. އެކަމުން އަހަރެންގެ ހިތުގައި އިންޝާއަށް ދެވިފައިވީ ދަރަޖަ އެތައް ގުނައެއް އިތުރުވީހެން ހީވެއެވެ.

“ދެން.. ކީއްވެ މިއަދު ފޮތް އަތުލަން މަޑުކުރީ..؟” އަހަރެން ވެސް މިފަހަރު ސުވާލު ކުރީ އިސްޖަހައިލަމުންނެވެ. ކިތަންމެ ވަރަކަށް އެ ރީތި ސޫރަ ދެކެން ބޭނުންވި ނަމަވެސް، އެގޮތަށް ހިލޭ އަންހެނަކަށް ބަލަން ހުރުމަކީ ރަނގަޅު ކަމަކަށް ނުވާނެތީއެވެ.

“މިއަދު އަހަންނަށް ޔަގީންވެއްޖެ މި ފޮތުގެ ބޭނުން ޒެއިންއަށް ހާސިލްވެއްޖެކަން.. ޒެއިންއަށް ބަލައިލާފަ އެކަނި ވެސް ޒެއިންއަށް އައިސްފަ ހުރި ބަދަލު އަހަންނަށް އެނގިއްޖެ.. މި ފޮތުން ލިބުނު ނަސޭޙަތުގަ ހިފައިގެން، އަބަދު ވެސް ތިގޮތުގަ ހުންނަން މަސައްކަތް ކުރާނެ ކަމަށް އަހަރެން އުއްމީދު ކުރަން.. މާތްﷲ ޒެއިންއަށް ތެދު މަގު ދެއްކެވީތީ އަހަރެން އުފާކުރަން..” އިންޝާގެ ވާހަކަތަކުން އަހަރެންގެ ހިތަށް ވެރިވީ ބުނެދޭން ނޭނގޭ އިޙުސާސްތަކެކެވެ.

“ކީއްވެ.. ކީއްވެ އިންޝާ.. އަހަންނަށް..” ހިތުގައި އޮތް ސުވާލު ދުލާ ހަމައަށް ގެންނަން އަހަންނަށް އުނދަގޫވިއެވެ.

“ދެވަނަ ދުވަހު މި ފޮތް ރައްދު ކުރަން ޒެއިން އައި ދުވަހު އަހަންނަށް އެނގިއްޖެ ޒެއިންއަށް އައިސްފައި ހުރި ބަދަލު.. މީ އަސްލު ވަރަށް އަސަރުގަދަ، ޢިބްރަތްތެރި ފޮތެއް.. އެދުވަހު އަހަންނަށް އެނގިއްޖެ މި ފޮތް އެކުގައި ކިޔައިފި ނަމަ ޒެއިން ތައުބާވެ، ރަނގަޅުވާނެކަން.. އެހެންވެ އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އަހަރެން ޒެއިން ގޮވާ އިރަށް ދަނީ.. މި ފޮތް ކިޔަން ޒެއިންއަށް ފުރުސަތު ދޭން ވެގެން..” ކޮން ފަދަ މާތް، މަތިވެރި އަންހެން ކުއްޖެއް ހެއްޔެވެ؟ އަހަރެންގެ ހިތުން މިވަރަށް މީހަކަށް އިޙްތިރާމް ކޮށް، ލޯބިވެވޭނެ ކަމަކަށް ދުވަހަކު ވެސް އަހަރެން ހިއެއް ނުކުރަމެވެ. އެހެނަސް އިންޝާ އެ ހުރިހައި ކަމެއް ބަދަލު ކޮށްލައިފިއެވެ.

“އަހަރެން.. އަހަންނަކަށް ނޭނގެ ޝުކުރު އަދާކުރާނެ ގޮތެއް ވެސް.. އިންޝާ ތި ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް.. އަހަރެން ޢުމުރު ދުވަހު ޝުކުރުވެރި ވާނަން..” އަހަންނަށް ބުނެވުނީ އިޚްތިޔާރެއް ނެތިއެވެ.

“ޝުކުރު އަދާކުރާނެ ގޮތް ވަރަށް ފަސޭހަ.. އަބަދު ވެސް ތިގޮތަށް ހެޔޮލަފާ ރަނގަޅު މުސްލިމެއްގެ ގޮތުގަ ދެމިހުރޭ.. އެވަރު އަހަންނަށް ފުދޭނެ..” އިންޝާގެ ކޮންމެ ބަހަކުން އަހަރެންގެ ހިތުގައި އިންޝާއަށް ދެވިފައިވީ މަޤާމު މަތިވަމުން ދިޔައެވެ.

“ފުރަތަމަ އިންޝާއާ ދިމާވި ދުވަހު.. ކަންތައް ކުރެވުނު ގޮތަށް މަޢާފަށް އެދެން.. އަހަރެން އަސްލު ވެސް މިއަދު ވަރަށް ލަދުގަނޭ އެދުވަހު އުޅެވުނު ގޮތުން..” އަހަރެން ހަމަ އެހެން ބުނުމާ އެކީ އިންޝާ ބޯހޫރުވައިލިއެވެ.

“ޒެއިން ތައުބާވީ ދުވަހު އަހަރެންގެ މަޢާފު ޒެއިންއަށް ލިބިއްޖެ.. އުއްމީދު ކުރަން ޒެއިން އަބަދު ވެސް ތިގޮތުގަ ހުންނާނެ ކަމަށް..” އެހެން ބުނެފައި އިންޝާ އަހަންނަށް ފަސްދީފައި ހިނގައިގަތުމާ އެކީ އަހަރެންގެ ހިތަށް ވާންވެލައިގެން ދިިޔައެވެ. އަހަރެންގެ ދިރިއުޅުން އެކުގައި ބަދަލު ކޮށްލި، އަހަރެންގެ ހިތް އެކުގައި ފަތަޙަ ކުރި އަންހެން ކުއްޖާ ލޯކުރިމަތިން ގެއްލޭތަން ބަލަން އަހަންނަށް ކެތްވާނީ ކިހިނަކުން ހެއްޔެވެ؟

“އިންޝާ..” ބޭއިޚްތިޔާރުގައި އަހަންނަށް ގޮވައިލެވުނު އިރު އިންޝާގެ ފިޔަވަޅުތައް މަޑުޖެހިއްޖެއެވެ. ލަސްލަހުން އެނބުރި ބަލައިލި އިރު އެ ރީތި މޫނުމަތީގައިވީ ސާދާކަމުން އަނެއްކައި ވެސް އަހަރެންގެ ހިތް ކަތިލެވިގެން ހިނގައްޖެއެވެ.

“އަހަރެން ބޭނުން އިންޝާއާ ކައިވެނި ކުރަން..” ހިތްވަރުކޮށްލާފައި އަހަރެންގެ އެދުން ފައުޅުކޮށްލުމާ އެކީ އިންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“އަހަރެން ބޭނުން އިންޝާ ކަހަލަ ހެޔޮލަފާ ރަނގަޅު އަތންބެއް އަހަރެންގެ ޙަޔާތަށް ގެންނަން.. އިންޝާ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވެސް އަހަންނަށް އިންޝާ ދެކެ ލޯބިވެވިއްޖެ.. އިންޝާގެ ފިރިމީހާގެ މަޤާމު ފުރައިލަން ލިބިއްޖެ ނަމަ އިންޝާﷲ އަބަދު ވެސް އިންޝާ އުފަލުގަ ބަހައްޓާނަން.. އަހަރެން ބޭނުން ވަނީ ޙަލާލު ގޮތުގައި އިންޝާއާ ގުޅި، މާތްﷲގެ ބަރަކާތުން ކައިވެނީގެ ޙަޔާތް ފަށަން..” އިރުކޮޅަކު އަހަރެންގެ ވާހަކަ ޤަބޫލު ނުކުރެވިފައި ހުރި ކަހަލަ ގޮތަކަށް ހުރެފައި، އިރުކޮޅަކުން ފެނުނީ އެ ތުންފަތް ހިނިތުންވުމަކުން ދެމިލި ތަނެވެ. އެއަށްފަހު ދަބަހުން ކަރުދާސްކޮޅަކާ ގަލަމެއް ނަގާފައި އޭގައި އެއްޗެއް ލިޔެލުމަށް ފަހު އަހަންނަށް ދިއްކޮށްލިއެވެ.

“މިއީ.. އިންޝާގެ ނަމްބަރުތަ..؟” ޤަބޫލު ނުކުރެވިފައި އަހަންނަށް އަހައިލެވުނީ އޭގައި ނަމްބަރެއް ލިޔެފައި އޮތީމައެވެ. އިންޝާ ފަދަ ކުއްޖަކު ހިލޭ ފިރިހެނަކަށް ނަމްބަރު ދީފާނެ ކަމަށް ހީނުވާތީއެވެ. އަހަރެމެން ދެމީހުންގެ މެދުގައި އެތައް ކަންތައްތަކެއް ހިނގައި ދިޔަ ނަމަވެސް، އަދި ވެސް އަހަންނަކީ އިންޝާއަށް ހިލޭ ފިރިހެނަކަށް ވާތީއެވެ.

“ނޫން.. ބައްޕަގެ..” އިންޝާގެ ޖަވާބުން އަހަރެންގެ ހިތް އުފަލުން ފުރުނު އިރު، އެ އުފާވެރިކަން އަހަރެންގެ ތުންފަތާ ހަމައަށް ވެސް ވާޞިލް ވެއްޖެއެވެ. އިންޝާގެ އެ ޢަމަލުން އިންޝާ ވެސް އަހަންނާ ގުޅެން ބޭނުންވާކަން އެނގުމުންނެވެ. ވަގުތުން އަހަރެން ބޯޖަހައިލާފައި ބައްޕައަށް ގުޅާނެ ކަމުގެ ޔަޤީންކަން ދިނުމުން އިންޝާ އަނެއްކައި ވެސް ހިނިތުންވެލާފައި ފަސްއެނބުރި ދިޔަ މަންޒަރު ބަލަން އަހަންނަށް ހުރެވުނީ ދީވާނާއެއް ފަދައިންނެެވެ.

*** ** ***

މިއަދުު އިންޝާއަކީ އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. ކައިވެންޏަށް ދެ އަހަރުގައި އަހަރެމެންނަށް ލިބުނު ލޯބިލޯބި ޒީޝާގެ މަންމައެވެ. އިންޝާ ފަދަ ހެޔޮލަފާ އަތންބެއް ދެއްވުމުގެ ނަޞީބު އަހަންނަށް މިންވަރު ކުރެއްވި ކަމަށް ޓަކައި އަހަރެން ކޮންމެ ދުވަހަކު ﷲއަށް ޙަމްދު ކުރަމެވެ. އަހަރެމެންގެ ކައިވެނީގެ ޙަޔާތް އިތުރަށް ބާއްޖަވެރިކޮށްދިން އެހައި ލޯބިލޯބި ދަރިޔަކު ދެއްވިކަމަށް ޓަކައި ޝުކުރު ކުރަމެވެ.

ދަމުނަމާދު ކޮށް ނިމިގެން، ވިތުރި ކޮށްލާފައި އަހަރެން ސަލާމް ދިނުމާ އެކީ ފަހަތުގައި އިން އިންޝާ ވެސް ސަލާމް ދިނެވެ. ދުޢާކޮށް ނިމިގެން އަހަރެން އިންޝާއަށް ބަލައިލުމާ އެކީ އިންޝާ ހިނިތުންވެލާފައި އައިސް އަހަރެންގެ ކޮނޑުގައި ބޯއަޅައިލިއެވެ. އަހަރެންގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވި އިރު، އިންޝާގެ ކޮނޑުގައި އަތް ވަށައިލާފައި، އެ ނިތަށް ބޮސްދިނީމެވެ. އެވަގުތު ވެސް އެ ރީތި މޫނުމަތިން ލަދުރަކިކަން ފެނުނީ އެންމެ ފުރަތަމަ އަހަންނަށް އިންޝާ ފެނުނު ދުވަހެކޭ ވެސް އެއްފަދައިންނެވެ.

ކައިރީގައި ހުރި އެނދުގައި ލޯބިކޮށް ނިދައިލާފައި އޮތް އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނަށް ނަޒަރެއް ދިނުމަށް ފަހު އަހަރެން އިންޝާ އިތުރަށް ގަޔާ ކައިރިކޮށްލީމެވެ. އެއީ އަހަރެންގެ ޙައްޤެކެވެ. އަހަރެންނަށް ތެދު މަގު ދެއްކުމުގެ މެދުވެރިޔަކަށް ވުމަށް މާތްﷲ މިންވަރުކުރެއްވި އަހަރެންގެ ލޯބިވާ އަނބިމީހާއެވެ. އަހަރެންގެ ލޯބިވާ ދަރިފުޅުގެ މަންމައެވެ. ފާފައިގެ ކަނޑުގައި އޮޔާ ބެހެމުން ދަނިކޮޮށް ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދިން، އަހަރެންގެ މައުޝޫގާއެވެ. އެދުވަހު އަހަންނަށް އެ ޚާއްސަ ފޮތް ދިއްކޮށްލި ލަދުރަކި އަންހެންކުއްޖާއެވެ. އަހަރެންގެ ކަޅު، އަނދިރި މާޒީއަށް ބެލުމެއް ނެތި، އަހަރެންގެ މުސްތަޤުބަލު އުޖާލާ ކޮށްދީ، ހެޔޮމަގުގައި ސާބިތުވެ ހުރުމަށް މެދުކެނޑުމެއް ނެތި ހިތްވަރު ދޭ، އަހަރެންގެ ލޯބިވާއެވެ. އަހަރެންގެ އިންޝާއެވެ.

 

ނިމުނީ

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

މާޒީގެ ހިތިހަދާންތައް …3

Next

ހިތުގެ ރިހުން (21)

Next
August 26, 2025

ހިތުގެ ރިހުން (21)

Previews
August 25, 2025

މާޒީގެ ހިތިހަދާންތައް …3

28 Comments!

  1. shihaamaa ali shihaamaa ali says:
    August 25, 2025 at 11:39 am

    Hey Nayaa,
    dhuvass kolhakah fahu Naya ge vaahaka eh kiyaalan libunyma varah varah ufaa vejje.
    Allahumma baarik mi vaahaka vrh vrh reethi.. vrh iburaiytheri.. sifa kurun thah and everything vrh vrh reethi ma sha allah allahumma baarik 🫶🏻
    this story is hama amazing ingey shihaa ge hithuge emme hima naaraa vess kulhilaifi. varah varah reethi. may allah grant everyone this life. hope to read more stories from you
    Ilyysmm🫶🏻❤️

    1. Nayaa says:
      August 25, 2025 at 2:20 pm

      Jazakah allhah khairan shihaa insha allhah I will try to write stories buxy veema nuliyevigen mi ulheny deythere akun vaguthu hoadhaigen vhk eh liyaanan insha Allah Vrh ufaavehje shihaa ah mi vhk kamu dhiyaeema☺️umeedhu kuran shihaa ge full support alhugadu liyaa vhk thakah libeyne kamah Adhi vrh Avahah story eh kiuntherin aa hisaabah genes dheveytho blaanan🙂
      Lysm❤️

    2. Nayaa Nayaa says:
      August 25, 2025 at 2:50 pm

      hii shihaa
      dhuvaskolhakah fahu shihaa aa bahdhal veema nayaa ves varah varah ufaa vejje alhamdhulillah
      Jazakillah khairan, varah bodah shukuriyyaa shihaa💗
      yess Nayaa ge dua aky ves hama thy
      labba kuriyah othy hama mihaaru nayaa ge dhigu vaahaka eh ves liyan fashaigen mi ulheny.. vaguthu vee varakun liyamun liyamun gos mihaaru medhakaa hisaabah gossa othy.. ekkoh liye nimunuhaa avahakah esfiya pro readers ge usoolun upload kuran fashaanan In Sha Allah 🥰
      Ilym💗

  2. 🍁 says:
    August 25, 2025 at 1:22 pm

    Masha Allah vrh vrh furihama vaahaka eh💯🔥
    Nayaa ge story eh kiyaalan libunyma vrh ufaa vejje😊✨
    Mikahala iburaiytheri gina vaahaka thakeh kiyaalan libeyne kamah ummeedhu Kuran🤍
    Keep it up 👋

    1. Nayaa says:
      August 25, 2025 at 2:23 pm

      Jazakah allhah khairan dear insha Allah I will try to write stories Vrh ufaavehje mi vaahaka kamudhiya eema☺️

    2. Nayaa Nayaa says:
      August 25, 2025 at 2:52 pm

      Jazakillah khairan dear.. varah ufaa vejje 💗
      Nayaa ves varah ufaa vejje mi vaahaka kiyuntherinnah kamu dhiyaeema🥰

  3. Shiu💜 says:
    August 25, 2025 at 1:52 pm

    Yayyyy finalllyyyy.. Nayaa is back.😊
    Varah ufaa vejje Nayu ge story eh kiyaalan libuneema 🥰
    Story varah Reethi Masha Allah… Varah iburaytheri… Sifa kurun thah vx varah Reethi Masha Allah…
    Your One of My best and Fav Authors 🥰
    Lyssssssm Nayaa 💜

    1. Nayaa says:
      August 25, 2025 at 2:25 pm

      Jazakah allhah khairan shiu
      Yeah finally i am back with writing story’s this comment made me so happy ☺️
      Lysm❤️

    2. Nayaa Nayaa says:
      August 25, 2025 at 2:54 pm

      yayyy finally hehe
      varah ufaa vejje shiu ah mi story kau dhiya kan enguneema ves 💗
      awww that means a lot to me thank youuu darling.. In Sha Allah shiu ge favourite author ge gothuga demi hurumah masakkaiy kuraanan 🥰
      Lym💗

  4. Nayaa says:
    August 25, 2025 at 2:29 pm

    Salaam Reader’s
    Alhugandhu vrh gina dhuvahah fahu story eh mi liyelee dhw ehen veema story ga huri rangalhu koh lan jehey kanthah thah benela dhinun edhen I except both positive and negative comments hope I will get full support from readers

  5. Lamtty Lamtty says:
    August 25, 2025 at 2:35 pm

    Ma Sha Allah haadha reehchey mi vhk.Loved it ❤️

    1. Nayaa Nayaa says:
      August 25, 2025 at 7:44 pm

      Thank you love 💗

  6. Nayaa Nayaa says:
    August 25, 2025 at 2:44 pm

    Assalam alaikum hurihaa kudhin
    Mihaaru Nayaa ge namuga comment thakah reply kuramun e dhany alhugandeh noon.. whoever is doing that I kindly request to stop bc readers confuse vaane 🥰

    1. Nayaa Nayaa says:
      August 25, 2025 at 2:51 pm

      to reduce confusion I’ve put a pfp now so mi pfp nethiyyaa eyge maana aky comment kurany Nayaa eh nooney🥰

  7. Nayaa Nayaa says:
    August 25, 2025 at 3:01 pm

    Salaam dear readers
    Dhuvas thakakah fahun anekkaa ves kiyuntherinnaa dhimaa veema varah ufaa vejje, alhamdhulillah.. missed you all so much
    I would love to know how everyone is doing in the comments 🥹
    Alhugandu mihaaru dhigu vaahaka eh ves liyan fashaifin.. vaahakaige bodu bai mihaaru othy ves nimifa.. ekkoh liye nimunuhaa avahakah In Sha Allah kiyuntherinnaa hamayah vaahaka genesdheynan.. bodah heevany vaahaka feshey varu vaany anna aharu kuree kolhu hen.. Im giving my very best for that story so In Sha Allah it’s gonna be way better than the stories I’ve written so far 💗
    Mihaaru Nayaa ninmaafa onnaany esfiya pro feature ge dhashun e vaahaka genesdheyn.. eii esfiya admin team ge faraathun libunu offer eh.. hurihaa kudhin ves mihaaru familiar vaane kanneynge.. konme episode akah 2 rf dhakkaigen e vaahaka kiyaalan jeheynee.. hope to see you guys soon on that story.. Varah loabivey 🥹💗

  8. Aysherr says:
    August 25, 2025 at 3:52 pm

    Heyy
    Maa sha Allah nayaaaa 🤍🎀 neih bunaane baheh ves 😭 hama ehaa ves reethi vrh vrh furihama heevee loa kurimatheega manzaru kulheli hn hope to read more stories from you
    <33

    1. Nayaa Nayaa says:
      August 25, 2025 at 5:12 pm

      Hii dearr
      Aww jazakillah khairan darling. Thank you so so much 💗

  9. Maash Maash says:
    August 25, 2025 at 6:33 pm

    Heyy nayoo
    Mi story vx vrh reethi maasha alllah.. sifa kurunthaka hurihaa ehchehvx.. waiting for your next story.. lyssm darling 💜🦋

    1. Nayaa Nayaa says:
      August 25, 2025 at 7:46 pm

      Hii maash 💗
      Thank you so so much dear.. my next series story next year feshey kolhu kiyaalan libeyne In Sha Allah.. inthizaaru kohlaa
      lym

  10. Lamtty says:
    August 25, 2025 at 7:13 pm

    Ma Sha Allah… mi vaahaka vrh reethi ❤️
    I’m touched!
    Ibaaraiy kurun n sifa kurun vrh vrh kamudhey ❤️

    1. Nayaa Nayaa says:
      August 25, 2025 at 7:46 pm

      Thank youuu darling 💗

  11. Aminath says:
    August 25, 2025 at 8:11 pm

    Hiii nayooo
    Haadha gina dhuvaheh fahunney nayoo ge vhk eh kiyaalan mi libuny
    Masha Allah vrh reethi mi vhkvs
    Vrh iburaitheri
    Enme furathama cover fenuniimvs hadhaanvy nayoo mathin..neynge kiihvgn kmhvs…
    Ekm vrh kiyaahihvey nayoo ge next stry…ekm pro ah lanya nueh kiyeyne dhww… IA vhk nimey fahun kiyey thw balaanan..eyrah olevel vs nimeyne kmh mi balany
    Varaha bodukoh love youuuu🥰

    1. 💜 says:
      August 26, 2025 at 3:05 pm

      Same, cover fenuneema handhaanvy Nayaa mathin

    2. Nayaa Nayaa says:
      August 26, 2025 at 4:35 pm

      hii darlinggg
      Awww thank youuu 💗💗
      Ahaha eii keevvegen anekkaa? Maa ginain Nayaa ah cover ga ekahala pics beynun kureveny dho
      aw alheyy.. gina kudhinnah nukiyenyyaa pro story ah laakah ves beynumeh noon assu dhen visnaalany mi adhi
      Varah bodu koh love you more 🥹💗

  12. Mar Sha Mar Sha says:
    August 26, 2025 at 9:13 am

    hi Nayaa, how r u, read a story of yours after a long time, varah rythi mi vaahaka, and the name of the girl is very beautiful, my niece shares the name, Nayaa ge pro story ge inthizaaruga mihaarun feshigen mi hury.

    1. Nayaa Nayaa says:
      August 26, 2025 at 4:38 pm

      hii Marsha.. varah miss vi ingey hama..
      im good alhamdhulillah hbu??
      aww ehen tha.. thank you so much Marsha..
      marsha ge pro story ves adhi nayaa ah kiyaa nulevey.. ekam varah avahah kiyaalaanan in sha allah💗

  13. Lyn says:
    September 28, 2025 at 6:49 pm

    Vrh reethi vhk but whyyyy pro I can’t read

    1. Nayaa Nayaa says:
      October 17, 2025 at 8:33 pm

      aww alheyy.. gina kudhinnah pro story nukiyenyyaa i might just bring it as a normal one pay kuran nujehey gothah.. i’ll think about it okayyy? and thankyouuu

Comments are closed.



All Right Reserved!