Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯތްބަށް އެދެވޭތީ… (ބޯނަސް އެޕިސޯޑް)

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
March 29, 2025 9 Mins Read
55 Comments

ނޯޓް: މިއީ ބައެއް ކިޔުންތެރިންގެ އެދުމުގެ މަތިން ޝަޔާމް އާއި ޔަލީން، އަދި ޒައުލް އާއި އާރާގެ ދިރިއުޅުުގެ ބޮޑު ހިއްސާއެއް ވެސް ހިމެނޭ ގޮތަށް ގެނެސްދޭ އިތުރު (ބޯނަސް) އެޕިސޯޑެކެވެ.

 

**ތިން އަހަރު ފަސް**

 

“މިހާ ހިސާބުން މިގަޑީގެ ޚަބަރުތައް ދަންނަވާ ނިމުނީ.. ޚަބަރު ބެއްލެވީތީ ޝުކުރިއްޔާ.. އެންމެ ބޭފުޅުންނަށް ވެސް ބާއްޖަވެރި، އަމާން، ރައްކާތެރި ރެޔަކަށް އެދެމުން ވަކިވެލަން.. ވައްސަލާމުޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހް..” އެންމެ ފުރިހަމަ ހިނިތުންވުމަކާއި އެކު ޔަލީން އަލްވަދާޢު ކިޔައިލުމާއެކު، ކެމެރާތަކުގެ ފްލެޝް ކެނޑިގެން ދިޔައެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލަމުން، ޔަލީން ގޮނޑިން ތެދުވެ ލައިގެން ހުރި ކޯޓުގައި ޖަހާފައި އިން ކުޑަ މައިކް ނައްޓައިލިއެވެ.

“މަންމީ!!” ތަންކޮޅެއް ދުރުން ގޮވައިލި އަޑާއި އެކު ޔަލީންގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. އޭރު ސްޓޫޑިއޯ ތެރޭގައި ހުރި ޝަޔާމްގެ އުރުގައި އިން ދެ އަހަރުގެ ކުޑަކުޑަ ޝެލިން އެންމެ މައުސޫމު ހިނިތުންވުމަކާއި އެކު އަތް ޖަހަޖަހާފައި ހެމުން ދިޔައެވެ. ޝެލިން އުރާލައިގެން ހުރި ޝަޔާމް ވެސް ހިތްގައިމު ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން، އެ ދަރިފުޅުގެ ދޮންދޮން ކޯތާފަތުގައި ތުންފަތް ޖައްސައިލިއެވެ.

“ބައްޕިއާ ދެކުދިން ސްޓޫޑިއޯ އަށް އައި ރެޔެއްތަ..؟” އައި ގޮތަށް އައިސް ޝެލިން އުރައިލަމުން ޔަލީން އަހައިލި އިރު، އެ ހިތް އުފަލުން ފުރެމުންދާ ކަހަލައެވެ.

“މަންމިއަށް ސަޕްރައިޒްއެއް ދޭން ވެގެން ބައްޕިއާ ދެކުދިން ހެދި ޕްލޭން އެކޭ މީ ދޯ ޝެލީ..؟ އެހެން ނޫނަސް ޝެލީ ބުނީ މަންމި ޚަބަރު ކިޔާތަން ޓީވީ އިން ބެލުމަށް ވުރެ ސްޓޫޑިއޯއަށް އައިސް ބެލުން މާ ސަޅިއޯ.. ދޯ ބައްޕި ދޫނި..؟” ޝެލިންގެ ކޮލުގައި ހިފައިލަމުން ޝަޔާމް އަހައިލުމާއެކު ޝެލިން ވަގުތުން ލައްބައޭ ކިޔައި ޔަލީންގެ ކަރުގައި އޮޅުލައިގަނެފިއެވެ.

“ދެން ހިނގާ ދޯ އަވަހަށް ގެއަށް ދާން.. މިރޭ ފެމިލީ ޑިނަރ ވެސް އެބަ އޮތެއްނު.. މިހާރު އާޒް ހުންނާނެ ޝެލީ ނައިސްގެން..” ފުރާނަ ފަދައިން ލޯބިވާ ދަރިފުޅުގެ ކުޑަކުޑަ ހަށިގަނޑުގައި ބައްދައިލަމުން ޔަލީން ބުނެލިއެވެ.

“ޔޭސް މަންމި ޝެލީ ބޭނުން އާޒް ކައިލިއަށް ދާން.. ޒާލު ދޮންބެއާ ޔަޒޫ ދޮންތި ވެސް އަންނާނެ ދޯ..؟” އާރިޒްގެ ވާހަކަ ހަމަ ބުނުމާއި އެކު ޝެލީން އޭނާގެ ތުއްތުތުއްތު މައުސޫމު ބަހުރުވައިން ބުނެލިއެވެ. ޝެލީނަށް އެރި ފޯރި ފެނުމާއި އެކު ޔަލީން އާއި ޝަޔާމް ކައިރިއަށް ވެސް ހިނި އައެވެ.

“އައިމް ސޯ ޕްރައުޑް އޮފް ޔޫ ޑާރލިން.. ހާދަ ހާދަ އުފަލެއް ވެޔޭ މިއަދު ޔަލްގެ ހުވަފެންތައް ހާސިލްކުރާތަން ފެނުނީމަ.. ޓީވީން ފެންނަ ކޮންމެ ފަހަރަކު އުފަލުން ހިނިތުންވެވޭ.. ޔަލް ދައްކާފަ އެންމެން ކައިރި ބުނާހިތްވޭ އެއީ އަހަރެންގެ އަނބިމީހާއޭ..” ޔަލީންގެ ނިތުގައި ބޮސްދެމުން ޝަޔާމް ކޮށްލި ތަޢުރީފުން ޔަލީނަށް ހިނިތުންވެވުނެވެ.

“ޝަޔާމްއާ ނުލައި އަހަންނަށް މިއިން އެއްވެސް ކަމެއް ނުކުރެވުނީސް.. ތެންކްޔޫ ސޯ މަޗް ބޭބީ، ފޯރ އޯލްވޭޒް ބީއިން ދެއަރ ފޯރ މީ އެންޑް ސަޕޯޓިން މީ.. އައި ލަވް ޔޫ ސޯ މަޗް.. އަހަންނަށް އަބަދުވެސް އެދެވޭ ލޯތްބަކީ ތީ..” އުރުގައި އިން ޝެލިންއާއި އެކު ޝަޔާމްގެ މޭތެރެއަށް ބޮނޑިވެލަމުން ޔަލީން ބުނެލީ ހިތުގެ އަޑިންނެވެ. ކުޑައިރުއްސުރެ ދުށް ހުވަފެން މިއަދު ކާމިޔާބު ކުރެވުނީ، ހަގީގަތުގައި ވެސް އޭނާގެ ފިރިމީހާ ދިން ހިތްވަރުގެ ސަބަބުންނެވެ. ދެގޮތެއް ނުވެ އަބަދުވެސް ކައިރީގައި ހުރެ، އޭނާ ދެކެ ޝަޔާމް ވީ ލޯބީގެ ވަރުގަދަ ކަމުންނެވެ.

“އައި ލަވް ޔޫ މޯރ ޑާލިން.. ޔަލްއާ އަހަރެމެންގެ ލޯބިލޯބި ޝެލީއާ އެކީ އަހަރެންގެ މުޅި ދިރިއުޅުން ފުރިހަމަވެއްޖެ.. އިންޝާﷲ ދުވަހަކުވެސް ވަތްކެއް ނުވާނަން.. އަބަދުވެސް، އަހަންނަށް އެންމެ މުހިއްމު ވާނީ ޔަލް.. އެއީ ޔަލްއަށްޓަކައި ވަޤުފުވެފައިވާ އަހަރެންގެ މި ހިތަށް އަބަދުވެސް ތިޔަ ލޯތްބަށް އެދެވޭތީ..” ޔަލީން އާއި ޝެލިންގެ ގައިގައި އެކީ ދެ އަތް ވަށައިލަމުން ޝަޔާމް އިއްވައިލީ އެ ހިތުގެ އަޑެވެ.

ޝެލިންއަށް ޔަލީންގެ އަތުތެރޭގައި އިނދެވުނީ އިރުކޮޅަކަށެވެ. ދެތިން މިނެޓު ފަހުން ބައްޕި ކައިރިއަށް ދާށޭ ކިޔައި، ޝަޔާމްއާ ދިމާއަށް އަތް އުކަން ފެށުމުން ޝަޔާމް ޝެލިން އުރައިލިއެވެ. ކަނާއަތުން ޝެލިންގެ ކުޑަކުޑަ ހަށިގަނޑު ޝަޔާމް ހިފަހައްޓައިލުމާއެކު، ޔަލީން ޝަޔާމްގެ ވައަތުގެ މުލައްދަނޑީގައި ހިފައިލިއެވެ. އެ ކުޑަކުޑަ ޢާއިލާ އެކުގައި ސްޓޫޑިއޯއިން ނުކުމެގެން ދިޔަ އިރު، އެ ޢާއިލާގެ ފުރިހަމަކަމަށް ތައުރީފު ނުހޮވޭ އެއްވެސް ދުލެއް ނެތެވެ.

*** ** ***

“އާޒް ދަރިފުޅު ދެން އާދޭ އަވަހަށް ކާން..” އާރިޒްގެ ފަހަތުން ދުވަމުން އާރާ ގޮވަމުން ދިޔަ އިރުވެސް، އާރިޒަށް އިވޭ ކަމަކަށް ވެސް ނުވެއެވެ. އެންމެ ފަހުން އާރާއަށް އާރިޒް އަތު ނުވުމުން ތަންކޮޅެއް ބާރަށް ޒައުލްއަށް ގޮވައިލީ، ދެން އާރިޒް އަތުވާނީ ޒައުލްއަށް އެކަނިކަން އެނގޭތީއެވެ.

“އާނ މި އޮތީ ބައްޕި ދޫނި އަތުލާފަ.. ދެން ކޮންތާކަށް ދަރިފުޅު ދާނީ..؟” އާރިޒްގެ ކުޑަކުޑަ ހަށިގަނޑު އުރައިލާފައި، މައްޗަށް ހިއްލައިލަމުން ޒައުލް ބުނެލިއެވެ. ޒައުލްގެ އެ ޢަމަލުން މަޖާވީ ވަރުން އާރިޒްގެ ލޯބިލޯބި މައުސޫމު ހުނުމުގެ އަޑު އިވިލިއެވެ. އެއާއެކު ޒައުލް އާއި އާރާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވި އިރު، އާރިޒް ލޯބިކަމުން ދެމީހުންގެ ހިތް ވެސް ފުރިގެން އައި ކަހަލައެވެ.

“އިރުތަކެއް ވެއްޖޭ އާޒްއަށް ކާން ނުދެވިގެން އުޅޭތާ.. ދެން ހިނގާ އަވަހަށް ކާން ދާން.. އާދޭ މަންމި ލޯބީ..” ޒައުލްގެ އަތުތެރޭގައި އިން އާރިޒް އާދޭތޯ އާރާ އަތް ދިއްކޮށްލުމާއެކު، އާރިޒް ޒައުލްގެ ކަރުގައި އޮޅުލައިގަތީ ކާން ބޭނުން ނުވާތީއެވެ.

“އާޒް ކާނީ ޝެލީ އައިމަ މަންމީ ދެން ޕްލީޒް..” ޒައުލްގެ ކޮނޑުގައި މޫނު ފޮރުވާލައިގެން އޮވެ އެހެން ބުނެލި އިރު، އާރިޒަށް ގިސްލެވެން ފަށައިފިއެވެ.

“ދެން އާޒް ދަރިފުޅު ނުރޯނެޔޭ.. އެހާ ކުދިކުދި ކަންކަމުގަ ކުދިން ނުރޯނެ ދޫނި.. އަވަހަށް ހުއްޓައިލާ.. ތީ މަންމިގެ ސްޓްރޯންގް ބޯއިއެއްނު..” އާރިޒް ރޯން ފެށުމާއި އެކު، ދަރިފުޅުގެ ބުރަކަށީގައި ފިރުމައިލަމުން އާރާ ބުނެލިއެވެ.

“އޯކޭ ދަރިފުޅު ކާނީ ޝެލީ އައީމަ.. ދެން އަވަހަށް ހުއްޓައިލާ..” އާރިޒްގެ ފަށުވިކޮޅެއް ފަދަ އިސްތަށިކޮޅުގައި ފިރުމައިލަމުން ޒައުލް ބުނެލީ، ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ހިތްހަމަޖައްސައިދިނުމަށެވެ. އެ ދަރިފުޅަށް ކުޑަ ނަމަވެސް ދެރައެއް ލިބުމަކީ، ޒައުލްގެ ހިތް އެކުގައި ޒަޚަމް ކޮށްލާނޭ ކަމެކެވެ. އެ ކުޑަކުޑަ ދެ ތުންފަތް ފޫއަޅުވައިލާފައި ނުކުންނަ އެންމެ ގިސްލުމުގެ އަޑަކުން ވެސް ޒައުލް މުޅިން ބަލިކަށި ކޮށްލާ ފަދައެވެ.

ޒައުލް އޭނާ ބޭނުންވާ ގޮތަށް ކަންތައް ކުރުމުގެ ހުއްދަ ދިނުމާއި އެކު، އާރިޒް ހީވީ ދެޢީދު އެއްފަހަރައި ލައިގަތް ހެންނެވެ. ޒައުލްގެ ކޮލަށް ދޮނެއް ދެމުން އެ އަތުތެރެއިން މިނިވަން ވުމަށް ގަދަ ހަދައިލިއެވެ. އެއާއެކު ޒައުލް އާރިޒް ތިރީގައި ބެހެއްޓުމުން، އަނެއްކައިވެސް ހީހީފައި ދުވަން ފަށައިފިއެވެ.

“ދެން ޒައުލް އަބަދު ތިހެން ހަދަންޏާ އާޒް އެންމެ ފަހުން ހަމަ ހަލާކު ވާނީ.. ބުނާހައި ކަމެއް ކޮށްދޭ އެއްޗެއް ނޫނޭ..” ޒައުލް ކަންތައް ކުރި ގޮތުން ހިތްހަމަނުޖެހިފައި ހުރެ، އާރާ މޫނު ކުނިކޮށްލިއެވެ. އާރިޒް ދެކެ ޒައުލް ވާ ލޯތްބަކީ އާރާއަށް ވެސް، އަދި އެމީހުންނާ އެކުގައި އުޅޭ އެހެން މީހަކަށް ވެސް އޮޅިފައިވާ އެއްޗެއް ނޫނެވެ. އެހެނަސް އާރާ ބިރުގަންނަނީ މިހާރު ބުނާހާ ކަމެއް ކޮށްދީގެން ފަހުން ގޮތްދޫނުކުރާ، ބޯހަރު ކުއްޖަކަށް އާރިޒް ވެދާނެތީއެވެ.

“އިޓްސް އޯކޭއޭ ލަވް.. އަހަރެމެންގެ އާޒްއަކަށް އެހެންނެއް ނުވާނެ.. އެހެންނޫނަސް އަހަންނަށްވުރެ ބޮޑަށް ޔައިބެމެންނާ މަންމަމެން މިހާރު ވެސް އާޒް ސްޕޮއިލް ކުރޭ..” އާރާގެ އަތުގައި ހިފައި ގެނެސް އެ މޭގައި ޖައްސައިލަމުން ޒައުލް ބުނެލިއެވެ.

“ދެން އޯކޭ.. ޒައުލްހާ އާޒް ވެސް ބޯހަރު.. ހަމަ ބައްޕި ކަހަލަ ކުއްޖެއް!” ޒައުލްގެ ކޮލުގައި ހިފައިލަމުން އާރާ ބުނެލުމާއި އެކު ޒައުލްގެ ފިރިހެންވަންތަ ހުނުމުގެ އަޑު އިވިލިއެވެ.

“އަހަރެން ދެކެ އެހައި ލޯބިވާ، އަހަރެންގެ ދެވަނަ ކޮޕީއެއް ދުނިޔެއަށް ގެނެސްދިނީތީ އާރޫއަށް ވަރަށް ވަރަށް ބޮޑަށް ތޭންކްސް! އަހަރެންގެ އާރޫ ދެކެ އަހަރެން ވަރަށް ލޯބިވޭ..” އާރާގެ ނޭފަތުގައި ނޭފަތް ޖައްސައިލަމުން ޒައުލް ބުނެލިއެވެ. އެތައް އަހަރެއް ފަހުން، އަދިވެސް ޒައުލްގެ ދުލުން “އަހަރެންގެ އާރޫ” އޭ ބުނެލުމާއި އެކު އާރާގެ ހިތުގެ ހިނގުމަށް ބަދަލު އައިއްސިއެވެ. އެ ތުންފަތަށް އެފަދަ ދެވަނައެއް ނުވާ ފުރިހަމަ ހިނިތުންވުމެއް ވެރިކޮށްލައިފިއެވެ.

“ޒައުލްއާ އާޒް އަކީ އަހަރެންގެ މުޅި ދިރިއުޅުން.. އަހަރެން ވެސް ވަރަށް ލޯބިވޭ.. އަބަދުވެސް އަހަރެން ދެކެ ހަމަ ތިހާ ލޯބި ވައްޗޭ..” ޒައުލްގެ މޭތެރޭގައި ބޮނޑިވެލަމުން އާރާ ހާމަކޮށްލީ އެ ހިތުގެ އެދުމެވެ.

“އިންޝާﷲ އަބަދުވެސް.. އަހަންނަށް އަބަދުވެސް އެދެވޭ ލޯތްބަކީ ތީ.. އަބަދުވެސް ވާނީ އާރޫއާ އެކީ.. އެއީ އަހަންނަށް އަބަދުވެސް ތިޔަ ލޯތްބަށް އެދެވޭތީ..” އާރާގެ ހަށިގަނޑުގައި ދެއަތް ވަށައިލަމުން ޒައުލް ބުނެލީ އެ ހިތުގައި އޮތް ގޮތަށެވެ. ޒައުލްގެ ބަސްތަކުން ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އާރާގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވެގެން ދިޔަ އިރު، އަދިވެސް އިތުރަށް ޒައުލްގެ މޭތެރޭގައި ބޮނޑިވެލިއެވެ.

އެކަކުއަނެކަކުގެ އަތުތެރޭގައި ތިބި ދެމަފިރިންނަށް ސިހުމެއް ލިބުނީ ގޭގެ ބެލް އަޅައިލި އަޑު އިވިފައެވެ. އެހެނަސް އެދެމީހުންނަށް ވުރެ ކުރިން “ޝެލީ” އޭ ކިޔަމުން ގޮސް ދޮރު ހުޅުވައިލީ އާރިޒްއެވެ.

ކުރިމަތީގައި ތިބި ޔަލީން އާއި ޝަޔާމްގެ އަތުގައި ހިފާލައިގެން ހުރި ޝެލިން ފެނިފައި އާރިޒްގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. ވަގުތުން ޝެލިންގެ އަތުގައި ހިފައިގެން ގޭތެރެއަށް ދުއްވައިގަތުމާއި އެކު، ދެކުދީންގެ ހުނުމުގެ އަޑު އެއްފަރާ އިވިލިއެވެ.

“ފޯރި ހުންނަ ދެމީހުންނޭ ދޯ..” ހިނިތުންވަމުން ޔަލީން ބުނެލުމާއި އެކު، ދެން ތިބި ތިން މީހުން ވެސް އެކަމާ އެއްބަސްވިއެވެ.

“އިރުތަކެއް ވެއްޖޭ ކާން ދޭން އުޅޭތާ.. އެކަމް ހަމަ ޝެލީ ނާންނަނީސް ނުކާނަމޭ ކިޔާފަ ބޮޑާހާކާލައިގެން އެ ހުންނަނީ..” އާރާ ބުނެލީ ސަކަރާތް ޖަހަމުން ދިޔަ އާރިޒް އާއި ޝެލިންނަށް ނަޒަރެއް ދެމުންނެވެ.

“ކޮބާތަ އަޒް ދޮންތިމެން..؟ އަދިވެސް ނާދޭ..؟” ޝަޔާމް އަހައިލުމާއި އެކު އާރާ ބޯޖަހައިލިއެވެ.

“އާދެވޭނީ ކަމަނާފާނަށް އަވަހަށް ތައްޔާރު ވެވިގެންނު.. ދެންމެ ޔައިބެ ގުޅާފަ ބުނެފި ކުޑަކޮށް ލަސްވެދާނެޔޯ.. މަހާރާނީ އަދިވެސް ނާނޭނޭފުޅު ފިއްލަވަނީއޯ.. ތުރުކުރައްވާނޭ ހެދުންކޮޅު ވެސް އިސްތިރި ކުރަން ޖެހުނީ މަށަށޯ..” ޒައުލް ބުނެލި ވާހަކައިން އެންމެން ކައިރިއަށް ވެސް ހިނި އައެވެ. އަޒަލްއާ ދިމާކޮށްލަން ލިބޭ ފުރުސަތެއް ޒައުލް ދުވަހަކުވެސް ދުލެއް ނުކުރާނެއެވެ. ފުރުސަތެއް ލިބޭ އިރަށް އަޒަލް ރުޅިއަރުވައިލުމަކީ އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމައަށް ވެސް ޒައުލްއަށް ބޮޑު އުފަލެއް ލިބޭ ކަމެއް ކަހަލައެވެ.

ޔައިލް އާއި އަޒަލްއަށް އެގެއަށް އާދެވުނީ އޭގެ ވިއްސަކަށް މިނެޓު ފަހުންނެވެ. އެދެމީހުން ހަމަ އައިސް ވަނުމާއި އެކު ޔަލީން އާއި ޒައުލް އެތިވަރު ގޮވައިގަތެވެ. ރައްދުގައި އަޒަލް ވެސް ފެންވަރުގެ ބަސްބަސް ބުނެލިއެވެ. އެ މަޖާ ކޯޅުންގަނޑު ބަލަން ތިބި ޔައިލްއާއި އާރާގެ އިތުރުން ޝަޔާމް ތިބީ ހިންޏާ ބިނދިފައެވެ.

“ދެން މަށަށް އެނގޭ މި އަންހެނާއާ ޒުވާބު ކޮށްގެން މޮޅެއް ނުވާނެކަން.. ރާއްޖޭގަ ހުރި އެންމެ ގާބިލު އެއް ވަކީލު.. މަށަށް ކޮން މޮޅެއް ވެވޭނީ..” ޒައުލް ބުނެލީ ދެރަ ގަބޫލު ކުރަމުންނެވެ.

“ކިރިޔާވެސް ކަމެއް ވަންޏާ ވާނީ ޔަލްއަށް.. މޮޅު ނޫސްވެރިއެއް ވިއްޔަ.. އަނގައިގަ ވަރު ހުންނާނީ ދޮންތި އެކަންޏެއް ނޫނޭ..” އާރާ ވެސް ބައިވެރި ވިއެވެ.

“ނޫނޭ މަށަކަށް ނެތޭ ދޮންބެދައްތައާ ދިމާއަށް އެއްޗެކޭ ބުނެވޭކަށް.. އަހަންނަށް އެންމެ ފަސޭހައިން ގާނޫނީ ދާއިރާގެ ހަބަރުތައް ދޭ ކަންމަތި އާންޓީ ވިއްޔަ އެއީ.. މީނާ ނެތް ނަމަ ކިހިނެއްތަ އެހައި މޮޅު ރިޕޯޓުތައް އެހައި ފަސޭހައިން މަ ލިޔާނީ..” ޔަލީން ބުނެލުމާއި އެކު އެންމެން ވެސް ހޭން ފަށައިފިއެވެ.

ހަގީގަތުގައި ވެސް އަޒަލް އާއި ޔަލީން ގުޅިގެން ކުރާ މަސައްކަތްތަކަކީ ގައުމުގެ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ކަންތައްތަކެވެ. އެތައް ބަޔަކަށް އިންސާފު ހޯދައިދިނުމުގައި އެދެމީހުން ގުޅިގެން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފައެވެ. ޔަލީން މަސައްކަތް ކުރަނީ ގާނޫނީ ދާއިރާގެ ނޫސްވެރިއެއްގެ ގޮތުގައި ކަމަށް ވުމުން، އަޒަލް ފަދަ އެވަނަ ދެވަނައެއް ނެތް ކުޅަދާނަ ވަކީލެއްގެ އެހީތެރިކަން ވެފައިވަނީ ރަނަށް ވުރެ އަގުހުރި އެއްޗަކަށެވެ. މީގެ ހަތަރު އަހަރު ކުރިން “ނިޔާމަ” ޓިވީ ޗެނަލްގައި ޔަލީން ފެށި ދަތުރުގެ މިހައި ހިސާބަށް އާދެވުނު އިރު، މިއަދު އޭނާ އަކީ ސީނިއަރ ޖަރނަލިސްޓެކެވެ. މިއަދު ޔަލީން މުހައްމަދު މިލާންގެ ނަން ބުނުމުން އެއީ ކާކުކަން ނޭނގޭ އެއްވެސް މީހަކު މި ދިވެހިރާއްޖޭގައި ނުހުންނާނެ ކަން ގައިމެވެ.

ޔައިލް ވެސް މިއަދު އޭނާގެ ބައްޕަގެ ކުންފުންޏާ ހަވާލުވެފައިވާ އިރު، ދުވަހަކަށް ވުރެ ދުވަހެއް ވިޔަފާރި ދަނީ ފުޅާވަމުންނެވެ. ޔައިލް ސީއީއޯގެ ގޮތުގައި ހުރެ، އަދި ޒައުލް ސީއޯއޯގެ ގޮތުގައި ހުރެ، އެ ކުންފުންޏަށް ގިނަގުނަ ކާމިޔާބީތަކެއް ވަނީ ހޯދައިދީފައެވެ. “އެމް ވައި ޓެކް ކޮމްޕެނީ” އަކީ މިއަދު ބައިނަލްއަޤުވާމީ ލެވެލްގައި ފުޅާވަމުން އަންނަ، ދިވެހިރާއްޖޭގެ އެންމެން ވެސް ދަންނަ، އެންމެ މަޝްހޫރު އެއް ކުންފުންޏެވެ.

އާރާ ވެސް މިއަދު ކެއަރލޫޕް ހޮސްޕިޓަލުގައި ރެޖިސްޓަރޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދާ އިރު، އެ މަޑުމައިތިރިކަމާއި ހިތްހެޔޮ ކަމުން އެތައް ބައެެއްގެ ހިތްތައް ވަނީ ފަތަޙަ ކޮށްފައެވެ.

ޝަޔާމަކީ މިވަގުތު ރާއްޖޭގެ ސިފައިންގެ ޚިދުމަތުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ނަމެވެ. އޭނާގެ ފަރުވާތެރިކަމާއި، ޒިންމާދާރު ކަމާއި، ހަރުދަނާކަމުން އެތައް ބައެއްގެ ލޯތްބާއި އިހުތިރާމާއި އިތުބާރު ޝަޔާމް ވަނީ ހާސިލް ކޮށްފައެވެ.

އެންމެންގެ ހުވަފެންތައް ވެސް މިއަދު ހަގީގަތަކަށް ވެފައިވާ އިރު، އެކަމުގެ ފޮނިމީރުކަން އިހުސާސް ނުކުރެވޭ އެއްވެސް ހިތެއް ނެތެވެ. އެންމެ ލޯބިވާ މީހުންނާ އެކީ ދިރިއުޅުމުގެ ހަރުފަތްތައް ގިރާކޮށް، ކާމިޔާބީއާ ހަމައަށް ވާޞިލްވާނޭ ފުރުސަތު ލިބުމަކީ، ދެއްވި އަގުރުހުރި ނިޢުމަތެއް ކަމަށް އެ އެންމެން ވެސް ދެކެއެވެ.

އަޒަލްމެން އެކިއެކި ވާހަކަތައް ދައްކަމުން ދިޔަ އިރު، ކުދިވެރީން އުޅެމުން ދިޔައީ އެކުދީންގެ އަމިއްލަ ދުނިޔޭގައެވެ. ޔަޒާލް އާއި ޔަޒާ ދެން ތިބި ދެކުދީންނަށް ވުރެ ބޮޑުވުމުން، އެދެކުދިން އުޅެމުން ދިޔައީ ޝެލިން އާއި އާރިޒަށް ބަލަމުންނެވެ. އެހެނަސް ޔަޒާ ބައެއް ފަހަރު އާރިޒް ޖަހާ ސަކަރާތުގައި ބައިވެރިވެ، އާރިޒަށް ވުރެ ވެސް ސިޔާސަ ވެލައިގެން އުޅެއެވެ. އެދެކުދިން އުޅޭ ގޮތުން ދެކުދިންނަށް ކަމެއް ވެދާނެތީ ޔަޒާލް ހުންނާނީ ހާސްވެފައެވެ. ޝެލިން މަޑުމަޑުން ހުރި ނަމަވެސް، ބައެއް ފަހަރު މަޖާވެގެން ހީހީފައި ޔަޒާ އާއި އާރިޒަށް ހިތްވަރު ދޭނެއެވެ.

އެކުއެކީގައި އުޅެބޮޑުވި މި ހަތަރު ކުދިންގެ މެދުގައި އޮންނަނީ ދެބެންގެދެދަރި ކަމުގެ ގުޅުމަށް ވުރެ ބޮޑަށް، އެއްބަނޑުއެއްބަފާވަންތަ ކަމުގެ ގުޅުމެވެ. ޔަޒާލާއި ޔަޒާ އަކީ ފެށުނީއްސުރެ ވެސް އާރިޒް އާއި ޝެލިންގެ ދޮންތި އާއި ދޮންބެއެވެ. ހުރިހައި ކުދިން އެހައި ކުޑަ އިރުވެސް، އެއް ކުއްޖަކު އަނެއް ކުއްޖަކު ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ.

“މަންމަމެން ގުޅި މިއަދު.. އެންމެން އެއްކޮށް ތިބެގެން ގުޅީ.. ވަރަށް ވާހަކަ ދެއްކި.. ބޭބީސްކޮޅު މަތިން މިސްވާ ވާހަކަ އެންމެ ގިނައިން ދެއްކީ..” އަޒަލް ދެއްކީ ޔައިނާމެންގެ ވާހަކައެވެ. ދާދި އިހަކަށް ދުވަހު އެންމެން ރިޓަޔަރ ވުމުން، އަޒަލްމެންގެ ފަރާތުން އެ ހަ މީހުންނަށް ހަދިޔާއެއްގެ ގޮތުން ޢުމްރާ ދަތުރެއް ހަމަޖެއްސީ، ދަތުރުގެ ހުރިހައި ޚަރަދެއް އަޒަލްމެން ހަ މީހުން ވެގެން ހަމަޖައްސާ ގޮތަށެވެ. މިލާން، ޔައިނާ، އަފާން، ޒާރާ، އަޒާން އަދި ލައުރާއާ ހަ މީހުން އެއްކޮށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުުރުމަށް ދާން ލިބުމުން އެ އެންމެން ވެސް ތިބީ އުފަލުން ފޮޅިފައެވެ. މަންމަމެންގެ މޫނުމަތިން އެ ހިނިތުންވުން ދުށުމަށްޓަކައި ޤުރުބާންވާން ތައްޔާރަށް ތިބި ދަރީންތައް ތިބީ، އެ ހިތްހަމަޖެހުން ހޯދައިދެވުނީތީ ނުހަނު އުފަލުންނެވެ.

“މަންމަމެން ގުޅާ ކޮންމެ ފަހަރަކު ދައްކާނެ ކުދިންކޮޅު މަތިން މިސްވާ ވާހަކަ.. އެހެންޏާ ފަހެ އާދައިގެ ލޯތްބެއް ނޫނޭ އެކުދިން ދެކެ ވަނީކީ.. މިހާރުވެސް އެބަ އުޅޭ މި މީހުންނަށް އަންނައުނާ ކުޅޭ އެއްޗެއްސާ އެއްޗެހި ގަނެދީގެން.. އަދި ޔަޒޫއަށާ ޝެލީއަށް ހުސް ރަން ޖުވެލަރީސް ގަނެފަ ހުރި އެތަނުން.. ހަމަ ހުވާ މަންމަމެން އެކުދިން ސްޕޮއިލް ކުރާ ވަރުން ވެސް ނެތް އުޅެވޭކަށް.. ބުނާހާ އެއްޗެއް އެބަ ގަނެދެޔޭ..” ޔަލީން ދެއްކި ވާހަކައާ އެންމެ ފުރަތަމަ ވެސް އެއްބަސްވީ އާރާއެވެ.

“އަދި ވަކި މީހެއްގެ ދަރިއެއް ބަލައިލުމެއް ވެސް ނޯވެޔޭ.. ގެންނަންޏާ ހަދިޔާ ގެނެސްދޭނީ ވެސް ހަތަރު ކުދިންނަށް އެއްކޮށް..” އާރާ އެހެން ބުނި ނަމަވެސް އެ އަޑުގައިވީ އުފާވެރިކަމެވެ. އެއްވެސް ކުއްޖަކާއި މެދު ތަފާތުނުކޮށް ޔައިނާމެން އަބަދުވެސް ކަންތައް ކޮށްދޭތީ، އެ ހަ މީހުން ނުހަނު ހިތްހަމަޖެހެއެވެ. ހުރިހައި ކުދިންނަކީ ވެސް އެމީހުންގެ އަމިއްލަ މާމަކާފަ ދަރިން ކަމުގައި ދެކިގެން އުޅޭތީ، ފެންނަ އާއިލީ މަންޒަރުތައް އަބަދުވެސް ނުހަނު ފުރިހަމައެވެ. ޝެލިން އާއި ޔަޒާގެ އިތުރުން ޔަޒާލް ވެސް އަޒާން އާއި ލައުރާއަށް ކުޑަމާމަ ކުޑަކާފަ ކިޔާ އިރު، އާރިޒް ވެސް ޔައިނާ އާއި މިލާންއާ މުޚާތަބު ކުރަނީ ހަމަ އެހެންނެވެ. ހައްތަހައި ވެސް ދަރީން ކަމުގައި ދެކިގެން އެންމެން ވެސް އުޅޭތީ، އެ ތުއްތުތުއްތު މައުސޫމު މޫނުތަކުން އަބަދުވެސް ފެންނަނީ ހިނިތުންވުމެކެވެ.

ޔައިނާމެން އެކުދީންނާއި އެކީ އުޅޭ ވަގުތުތަކުގައި ޝަޔާމް އޭނާގެ ބައްޕަ މަތިން ހަނދާން ވަނީ އިންތިހާއަށެވެ. ޝިޔަލް މިއަދު ދުނިޔޭގައި ހުރި ނަމަ އޭނާގެ ޝެލިންއަށް އުނި ނުވާ ވަރަށް ކާފައެއްގެ ލޯބި ދިނީސްކަން ޔަގީނެވެ. ލޯބިން އެ ދަރިފުޅުގެ ހިތް ފުރައިލަދިނީސްކަން ގައިމެވެ. އެ ދަރިފުޅަށް ޓަކައި މުޅި ދުނިޔެ ވެސް ހޯދައިދިނީހެވެ. އެހެނަސް، ތަގުދީރު އޭނާގެ ބައްޕައަށް އެ ފުރުސަތު ނުދިނީއެވެ. އެހެނެއްކަމަކު، ޖަންނަތުން ބައްޕައާ ދިމާވެ، އޭނާގެ ކުޑަކުޑަ ދަރިފުޅާ ބައްޕައާ ޖަންނަތުން ބައްދަލު ކޮށްދެއްވުން އެދި ޝަޔާމް އަބަދުވެސް ދުޢާ ކުރެއެވެ. ބައްޕައަށް ޓަކައި ޝަޔާމްގެ ދުލުން އަބަދުމެ ބޭރުވަނީ ތައުރީފާއި، ހެޔޮ ދުޢާއެވެ.

“ދެން އެކަމް ދުވަސްކޮޅަކުން ހަތަރު ކުދިންނެކޭ ނުކިޔޭނެ.. ދެން ކިޔަން ޖެހޭނީ ފަސް ކުދިން..” ކުއްލިއަކަށް ޔައިލް ބުނެލި ވާހަކައަކުން އެންމެންގެ ބަސް ހުއްޓުނެވެ. އެންމެން ވެސް ޔައިލް ބުނި އެއްޗެއް ނަގައިގަންނަން މަސައްކަތް ކުރަމުން ދިޔަ އިރު، ޔައިލް އާއި އަޒަލް އިނީ ހީލަހީލައެވެ.

“ދޮންތި.. ބަނޑުބޮޑުތަ..؟” އެންމެ ފުރަތަމަ ހަރަކާތް ކުރަން ފެށީ އާރާގެ ހިއްސުތަކެވެ. ފުޅާ ހިނިތުންވުމަކާއި އެކު އަޒަލް ބޯޖަހައިލުމުން އެންމެން އެއްފަރާ އަރައިގަތް ފަދައެވެ. އަޒަލް އާއި ޔައިލްއަށް މަރުޙަބާ ކިޔައި، ސަލާމްކޮށް، ބައްދަބައްދާފައި އުޅުނު އިރު އެންމެން ވެސް ތިބީ ހިތުގެ އަޑިން އެދެމީހުންނަށް ޓަކައި އުފާވެފައެވެ.

“ޔަޒޫއާ ޒާލުއަށާ ވަރަށް ފޯރި އަރާނެ ދޯ..” ހިނދުކޮޅެއްގެ އުފާވެރިކަމަކަށް ފަހު ޝަޔާމް ބުނެލިއެވެ.

“އާނ.. އެކަމް އަދި އެދެކުދިން ކައިރިޔަކު ނުބުނަން.. އަހަރެމެންނަށް ވެސް އެނގުނީ އިއްޔެ..” އަޒަލްގެ މޫނުމަތީގައިވީ ނުފިލާ ފަދަ ހިނިތުންވުމެކެވެ. ޔައިލް ވެސް ހުރިހައި ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އިން އިރު، ބައްޕަ ކިޔާނޭ ތިންވަނަ ދަރިއަކު ލިބެން އުޅޭތީ އެ ހިތް ވަނީ އުފަލުން ފުރިފައެވެ.

“މި ފަހަރު ކޮން ކަހަލަ ކުއްޖެއްބާ.. ދެން އޯކޭއެއްނު ކޮންމެ ކަހަލަ ކުއްޖަކަސް.. މިހާރުވެސް ވައްތަރަކުން އެކެއް އެބަ ތިބި ވިއްޔަ.. ޔައިބެ ހަމަ ކުޅަދާނައީއޭ!” ޒައުލްގެ ވާހަކައިން އެންމެން ކައިރިއަށް ހިނި އައި އިރު، އަޒަލް ލަދުން އިނދެފައި ވެސް ޒައުލްގެ ގައިގައި ބޮނޑިއެއް އަޅައިފިއެވެ. ދެން އެތަނުގައި ދެކެވެން ފެށީ މުޅީން ވެސް އެ ވާހަކައެވެ. އާރާ އާއި ޔަލީން އަންހެން ކުއްޖަކު ބޭނުންވެގެން އެ ވާހަކަ ފެށި އިރު، ޒައުލް އާއި ޝަޔާމް ފިރިހެން ކުއްޖަކު ބޭނުންވާ ވާހަކަ ދެއްކިއެވެ. އެމީހުންގެ ކޯޅުންގަނޑު ބަލަން ޔައިލް އާއި އަޒަލް ތިބީ ހީލަހީލައެވެ.

ޔައިލްމެން އެމީހުންގެ އަމިއްލަ ވާހަތަކުގައި ތިބި އިރު، ކުދިވެރީން ވެސް ތިބީ އެކުދީންގެ އަމިއްލަ ވާހަކަތަކުގައެވެ. އޭރު ޔަޒާ އާއި އާރިޒް ސޯފާމައްޗަށް އަރައި ތިބެގެން ފުންމާތީ، އެދެކުދިން ކައިރީ ފައިބާށޭ ޔަޒާލް ކިޔަމުން ދިޔައެވެ. އެ ހުރިހައި އިރަކު ޔަޒާލް ކައިރީގައި އަނގަމަތީގައި އަތް އަޅާލައިގެން ހުރެ، ޝެލިން ހެމުން ދިޔައީ ޔަޒާމެން އުޅެމުން ދިޔަ ގޮތުން މަޖާވެ ހުރެއެވެ.

“ޔަޒްކޮ ދެން ފައިބާ.. އާޒް ވެސް.. ދެކުދިން ވެއްޓިދާނޭ..” ޔަޒާލް އޭނާގެ ޅަ އަޑުން ބުނެލި ނަމަވެސް، އެ އަޑުގައިވީ ވިސްނޭކަމާއި ހާސްކަމެވެ. އެހައި ކުޑަ އިރުވެސް ޔަޒާލް ހިކުމަތްތެރިކަމާ އެކީ ކަންކަމާ ދޭތެރޭ ވިސްނާ، ޢަމަލު ކުރާ ގޮތުން އެތައް ބަޔަކު ހައިރާންކޮށްލާހައި ވެއެވެ.

“ދޮންބެ ނޯ ދެން ވަރަށް މަޖަލޭ!!” އާރިޒްއާ އަތުގުޅުވާލައިގެން ހުރެ ފުންމަމުން ދިޔަ ޔަޒާ ބުނެލީ ޔަޒާލް ބުނި އެއްޗަކަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ.

“މާމަ މިއަދު ޝެލީއަށް ގުޅާފަ ބުނި ބާވަލު ގިފްތްސް ގެންނަމޯ.. އެކަމް ބަސްއަހަންނާއޯ ގިފްތް ދޭނީ..” ޝެލިން އޭނާގެ ތުއްތު ބަހުރުވައިން ބުނެލި ވާހަކައިން ޔަޒާ އާއި އާރިޒްގެ ސަމާލުކަން ވަގުތުން ދަމައިގަތެވެ. ދެކުދިން އަވަސްއަވަހަށް ސޯފާއިން ފައިބާފައި ރީތިކޮށް އިށީނދެލީ “ބަސްއަހަން” ވެގެންނެވެ. ހާސްވެފައި ހުރި ޔަޒާލަށް ހަމަނޭވާއެއް ލެވުނީ ދެނެވެ.

“ބަލާބަ އަޅެ އެކުދިން ލޯބިކަން..” ސޯފާގައި އިށީނދެގެން ތިބެ އެކިއެކި ވާހަކަތައް ދައްކާފައި ހެމުން ދިޔަ ހަތަރު ކުދީންނަށް ލޯބިން ފުރިގެންވީ ނަޒަރެއް ދެމުން ޔަލީން ބުނެލިއެވެ.

“އަސްލުވެސް.. މަންމަމެންގެ މެދުގަ އޮތް ފްރެންޑްޝިޕް އަހަރެމެންނަށް ވާރުތަވެ، މިހާރު އެކުދިންނަށް ވެސް ވާރުތަ ވެއްޖެ.. ތިންވަނަ ޖެނަރޭޝަންއެއް ދޯ މި އުޅެނީ..” ޔައިލްގެ އަޑުން އެކަނިވެސް އޭނާ އުފާވެފައިވީ މިންވަރު އެނގޭހައި ވެއެވެ.

“އިރާދަކުރެއްވިިއްޔާ އަހަރެމެންގެ ކުދިން ވެސް ބޮޑުވާނީ ހަމަ މި އެކުވެރިކަން މަތީގަ.. އަހަރެމެންގެ މަންމަމެންނާ އަހަރެމެން ވެސް އުޅޭ ގޮތަށް.. ބަލާބަ މިހާރު ވެސް ގުޅިގެން އުޅޭ ވަރު.. އިންޝާﷲ އަބަދުވެސް ތިބޭނީ އެހެން..” އަޒަލް ވެސް ބުނެލީ ހިތުގެ އަޑިން އުފާވެ އިނދެއެވެ.

ހަ މީހުން ވެސް އެމީހުންގެ ދިރިއުޅުން އަލިކޮށްދިން ލޯބިލޯބި ކުދީންތަކަށް ބަލަހައްޓައިގެން ތިބި އިރު، އެއިން ކޮންމެ ހިތެއް ވެސް ދިޔައީ ލޯބިން ފުރެމުންނެވެ. އަޒަލް ގޮސް ޔައިލްގެ ކައިރީގައި އިށީނުމާއި އެކު ޔައިލް އަޒަލްގެ ގައިގައި އަތް ވަށައިލާފައި، އެ އޮމާން ކޯތާފަތުގައި ތުންފަތް ޖައްސައިލިއެވެ. ޝަޔާމް ވެސް ކުދީންތަކަށް ނަޒަރު ހުއްޓާލައިގެން އިން ޔަލީންގެ ގޮނޑި އޭނަޔާ ކައިރިއަށް ޖައްސައިލާފައި، އެ ކޮނޑުގައި ދަތްދޮޅި އަޅުވައިލިއެވެ. ޒައުލް އާރާގެ އަތުގައި ހިފައި ދަމައިލާފައި ގެނެސް އެ ތަނަވަސް މޭގައި ތަތްކޮށްލި އިރު، އާރާގެ މޫނުމަތީގައި ލަދުރަކި ހިނިތުންވުމެއް ކުޅެލީ އެންމެ ފުރަތަމަ ދުވަހެކޭ ވެސް އެއްފަދައިންނެވެ.

އެކަކު އަނެކަކުގެ އަތުތެރޭގައި ތިން ޖޯޑުވެސް ތިބި އިރު، އެންމެންގެ ނަޒަރު ވެސް ހުއްޓިފައިވަނީ އަމިއްލަ ދުނިޔެއެއްގައި އުޅެމުން ދިޔަ މައުސޫމު ތުއްތު ތުއްތު މޫނުތަކަށެވެ. ބަލައި ފޫހިނުވާނޭހައި ހިތްގައިމު މަންޒަރެކެވެ. މާޒީގައި ކުރިމަތިލާން ޖެހުނު އެތައް އަޑިގުޑަންތަކަކަށް ފަހު މިއަދު އެ އެންމެންނަށް ވެސް ފުރިހަމަ، އުފާވެރި ދިރިއުޅުމެއް ލިބިފައިވީ އިރު، އެކަމަށް ޓަކައި ޙަމްދު ނުކުރާ އެއްވެސް ހިތެއް ނުވެއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި ތިބެގެން ފުރާނަ ފަދައިން ލޯބިވާ މައުސޫމު ދަރީންތަކަށް ނަޒަރު ހުއްޓާލައިގެން ތިބި އިރު، ކޮންމެ ހިތެއްގައި ވެސް ޖަހަމުން ދިޔައީ އެއް ވިންދެކެވެ. ކުރަމުން ދިޔައީ އެއް ދުޢާއެކެވެ. ބުނަމުން ދިޔައީ އެއް ވާހަކައެވެ. އެކަކު އަނެކަކުގެ ލޯތްބަށް އެދެވޭ ވަރެވެ.

 

ނިމުނީ

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އެކްޓަރ(ޕާޓް 3)

Next

މި ވާވަރު ބުނެދޭހިތްވޭ-1

Next
March 29, 2025

މި ވާވަރު ބުނެދޭހިތްވޭ-1

Previews
March 29, 2025

އެކްޓަރ(ޕާޓް 3)

55 Comments!

  1. Nayaa Nayaa says:
    March 29, 2025 at 12:38 am

    Hello everyone!
    Baeh kudhinge fav couples (Shayaam & Yaleen) and (Zaul & Aaraa) ge life ge baeh ves balaalan beynunvaathii i thought why not write a bonus episode?? Hehe..
    Consider this as an Eid gift from me and I hope you all enjoyed this bonus episode! Eid Mubarak everyone! Love y’all! ❤️

  2. aanaa says:
    March 29, 2025 at 1:10 am

    masha allah vrh vrh reethi
    mihaa thanah kiyunu enme reethi vhk mii
    vrh dheravey miha avahah mi vhk nimunyma😭
    hama heevany vhk ge thereyga ulheveyhn
    ur so tallented nayoo
    bunedheykah vs neyge
    abadhuvs alhuganduge spt nayoo ah libeyne
    tc n ly nayoo
    eid mubarak❤

  3. Its just me says:
    March 29, 2025 at 1:26 am

    Wow 😍 didn’t expect this but still too gud Ma Sha Allah ♥️v miss vaane sis ge story mathin 🥺 waiting hama ehn stry eh kiyaalan libeyne irakah ♥️take care ♥️Eid Mubarak to u too fav author 🥰♥️

    1. Nayaa Nayaa says:
      March 29, 2025 at 12:51 pm

      Thank youu ❤️
      Aww alheyy Nayaa ves varah miss vaane hurihaa readers mathin
      Eid Mubarak!!
      Awww it’s such a privilege to be your fav author 🥰❤️

  4. 💋 says:
    March 29, 2025 at 2:02 am

    Alheyyy heeves nukoh hutta milibuny anekkaa vc kiyaalan. Vrh ufaa vejje anekkaa vc mi vhk kiyaalan libunyma. Mi vhk nimmaali fahun midhedhuvahu ehkon vai vgn ulhefa mi balaili . Mi part fenunyma hama dhaiy thah fenna vrh heynfeshuny 😂 komme akas mi part vc vrh reethi. Masha Allah 😘 mi dhedhuvahu vc nayaa sis mathin vrh miss vi 😭😂 break ah fahu anekkaa vc vrh reethi vhk akaa ekii fennaane kamah ummeedhu kuran

    1. Nayaa Nayaa says:
      March 29, 2025 at 12:53 pm

      Hehe surprise vejje dho
      Alheyy dhen thihaa varah miss vanyyaa nayaa akah ves nukereyne thi kudhin dhookohlaafa dhaakah ves :((
      Yess In Sha Allah fennaane ❤️

  5. Ishu says:
    March 29, 2025 at 4:07 am

    Dhen break ah fahu 3 vana generation ge story genesdheeba plsssssss
    I mean the kids… Yaz, aaz, zaalu n shelly
    Just a suggestion ingey…
    mi part fenuneema ais huri nidhi ves heevy fili hen
    Heeves nukuran dhen mi vhk ge bonus eh kiyaalan libeyne kamakah
    Anyways mi part ves varah varah varah reethi
    I really enjoyed reading this story
    Nayaa ge ehen vhk eh kiyaalan libeyne kamah unmeedhu kuran
    Lyssssssm

    1. Nayaa Nayaa says:
      March 29, 2025 at 12:54 pm

      season 3 ey subuhanallah nayaa ves visnaafa ves neh gotheh thee hehe..
      Thank youuu dearr ❤️
      In Sha Allah adhi libeyne ❤️

  6. na.ell says:
    March 29, 2025 at 4:32 am

    Hama vrh vrh surprised vehjje mi part fenifa ves furathama
    Vhk kiyamun dhee iru e v ufaa bunedheyn ves neyge ♥️🥺
    Anehkaa ves shayaam AA shiyal ge vhk ai hisaabun kiriyaa nuroevuny😭
    Vaki hisaabakun yail e gohvaali bomeh dhw mi kiyan indhefa baarah halheyves lavai gane vehjje😬😅
    And the last part dhw alhe haadha lwbi ey babies kolhu ehaa cute 😭♥️♥️
    Alhe hama vhk nimuny ey dhw 😭😭
    Vrh vrh reethi mi vhk Masha allah ♥️🥺
    Keep it up siss ♥️
    Anehkaa ves break eh negumah fahu genes dheyne aneh vhk akh hama mi inthizaaru kurany
    One of your biggest fan mee hama 😭♥️

    1. Anonymous says:
      March 29, 2025 at 4:34 am

      Na.ell jahaafa inas mee hama girl eh inge name in heevedhaane boy ekey dhw siss 😭

    2. na.ell says:
      March 29, 2025 at 4:35 am

      Anonymous Koh edhiyaee ves 😭😭

    3. Nayaa Nayaa says:
      March 29, 2025 at 12:57 pm

      Much thankss nael loves!! 💋
      Aww yess shayaam and his dad dhwww.. asluves varam dhera
      Hehe yail eii hama hurefa ekahala bon govvaa meehennnu 🤭
      Thank youu againn❤️
      Alheyyy that means a lot 🥹❤️
      Ahaa yeah dhen i wasn’t sure but aammukoh girls dho mikahala stories kiyaani.. varah varah madhu faharaku boy reader akaa dhimaa vanii

  7. Vampire girl says:
    March 29, 2025 at 5:43 am

    OMG 😮….. mi story nimunyma vrh foohivefa mihiry…..
    ehnu vaany konme dhuvahaku genes dhee dheefa vihya nimmaaly…..
    hiyeh vx nukuran bonus episode eii kiyan libeyne kamah ❤️❤️❤️❤️❤️
    mi part fenifa v goii vx neynge 😅😅😅
    I was like what is this… dhn vrh hiyy avas vefa hurefa elhu v 🤣🤣😅
    Anyways this part is also very beautiful…❤️❤️❤️
    Dhn anna vaahaka eii ga azal menge kudhin genesdhehcheyyy 🙏🙏🙏🙏
    Eyrah vrh salhi vaane😊😊😊😊
    Love you nayaa , miha bodu surprise eii dhinyma❤️❤️❤️❤️❤️❤️❤️❤️
    EID MUBARIK

    1. Nayaa Nayaa says:
      March 29, 2025 at 12:59 pm

      Aww hehe mi othii kiyaalan libifa dho heenukoh huttaa
      Azal men ge kudhin anekkaa gennan veema dhen yaina men thibeynii maa bodah muskulhi vefa ennu 🫣🫢
      Dhen hingaa dho aa vaahaka eh gennamaa 🥰
      Love youu!! ❤️
      Eid Mubarak!!

  8. Aysherr says:
    March 29, 2025 at 10:08 am

    Maasha’Allah heeves nukuran bonus episode eh kiyaalan libeyne kamakah. Hama Varah surprise inge…
    Anyways vrh reethi mi part ves Maasha’Allah
    Siss you said dhw u will be really happy alhugandu ge story eh fenuniyyaa.
    Aysherr ge name ga in I’d akun fennane alhugandu ge stories thah..
    I’ll be really really happy siss e vaahaka thah kiyaalaafa improve kohllan jehey kankan bunela dhiniyya
    <<333

    1. Nayaa Nayaa says:
      March 29, 2025 at 1:00 pm

      Thank youuu ❤️
      Labba i would definitely read them inge kiyaalaafa comment eh kohlaanan..no dhen improve kuran jehey kanthah nuhunnaane im sure hama varah molhu vaane kan darl ❤️
      Much loves ❤️❤️

  9. KALHU SORU says:
    March 29, 2025 at 10:42 am

    Azal menge babies gevaahaka 3rd season ehggeh gothuga genes dheeba pls😍😍🥰🥰lysm you are my 😍 💕💕

    1. Nayaa Nayaa says:
      March 29, 2025 at 1:01 pm

      3rd season eh gennan nayaa nuves visnan hehe.. dhen mifaharu hingaa dho mulhin aa vaahaka eh gennamaa 🥰
      lym ❤️

  10. leeshaa says:
    March 29, 2025 at 10:42 am

    nayu sis mi part kiyaalaafa hama ufalun rovihjje 💗
    can’t wait for your next story
    lysssm nayu sis 💗

    1. Nayaa Nayaa says:
      March 29, 2025 at 1:01 pm

      Aww tyy ❤️
      Lymm ❤️

  11. Mar Sha Mar Sha says:
    March 29, 2025 at 12:37 pm

    hi Nayaa, ep 42 open kohfa 2 days fahun adhi kiriya kiyaalevuny miadhu, comment kollan ulhefa balaali iru bonus ep eh inyma mi kiyaaly. this was such a nice surprise. thank u for this and the whole story. varah varah rythi story eh mee. liyuntherikamuge hunaru huri molhu author eh thy. bookshops in Nayaa ge stories gannan libeyne dhuvahakah wait kuran, inshaAllah it will happen. adhi Nayaa ge ithuru vaahakathah fennaane dhuvahakahves waiting. Good luck! and Eid mubarik! lots of ❤️

    1. Nayaa Nayaa says:
      March 29, 2025 at 4:26 pm

      hii Marsha
      Alheyy it’s always a pleasure and a privilege marsha kahala molhu liyuntheri ehge support and compliments libun.. marsha story reehchey buniima dhen eyge maana akii story hama asluves salhi ey, hehe 🤭❤️
      Sameee In Sha Allah marsha ge thi unmeedhu adhi konmes dhuvahakun haasil vaane.. nayaa varah masakkaiy kuraanan ❤️
      Eid Mubarak!
      Lots and lots of loveee!! ❤️❤️

  12. unknown gurll says:
    March 29, 2025 at 12:49 pm

    mi part ves vrh reethi maasha allah heeves nukuran bonus episode eh kiyaalan libeyne kamakah ves waiting for ur next storys eid mubarik my fav author lysm nayooo

    1. Nayaa Nayaa says:
      March 29, 2025 at 1:02 pm

      Alheyyy so glad to be your fav author 🥹❤️
      Eid Mubarak!!
      Much love moree ❤️

  13. Yaiii says:
    March 29, 2025 at 1:24 pm

    Yeh mee too I thought adhi nimumuge kurin riaan ahnaany kamah 😅
    Yal,shayaam,aara and zaul ge life in ethikolheh vx nulibeyne kamah hutta libuny mi dhw
    Really loved the gift
    Eid Mubarak to you too
    Waiting for another story of yours, still gonna miss your stories everyday
    And thank you for the motivating words, really appreciate it ❤️

    1. Nayaa Nayaa says:
      March 29, 2025 at 1:42 pm

      Dhen azz kahala kulhadhaana vakeelaku riaan jalah leema eyna ah salaamaiy vumuge change is 0 ennu, hehe 🤭
      Glad you loved this!!
      Eid Mubarak!
      Aww You’re most welcome ❤️❤️

    2. Yaiii says:
      March 29, 2025 at 8:32 pm

      Yeah really wish to become a great lawyer like her oneday IA

  14. aanaa says:
    March 29, 2025 at 1:56 pm

    masha allah mi vhk vrh vrh reethi
    ur so talented
    bunaane ehcheh vs neynge
    rovihje mi part kiyaafa
    ehaa avahah nimunyma
    nayoo ge ehn vhk akh vrh inthizaar kurevey
    proud of uu
    abadhuvs alhuganduge spt nayoo ah libeyne
    login vefa kuri cmmnt avahah submit nuvaanethy login nuve mi cmmnt kury
    eh dhuvahakun nayoo r dhimaa vaane kmh unmeedh kuran
    vh asar gadha reethi vhk eh kiyaalan libeyne kmh unmeedh kuran break ge fahun
    tc lyssmmm nayoo❤️
    eid mubarak❤️

    1. Nayaa Nayaa says:
      March 29, 2025 at 1:59 pm

      aww thank youuu aanaa!! ❤️
      alheyyy varah varah ufaa vejje mi comment kiyaalaafa!
      aanaa akii ves hama varah varah talented kujjeh masha allah! you have a rally bright future as an author im sure! ❤️
      Nayaa ves unmeedhu kuran aanaa aa meet vaane kamah.. one day, In Sha Allah
      Lymm ❤️
      Eid Mubarak!

  15. Tabassum says:
    March 29, 2025 at 6:47 pm

    Mihaar vaahaka nimuniim mi page ah vannahyves nuve! Vaahaka kiya hyy ves neyy! Ehnve ehnu miha lahun vaahaka mi fenuniives 17hrs ago yw ….seyyyydddd

    1. Nayaa says:
      March 29, 2025 at 8:11 pm

      Alheyyy mi page ga eba huttey hama varah varah reethi vaahaka adhives.. maash, rifoo, Shihaa, aanaa, mi kudhinnaa adhives hama eba ulhe varah talented kudhin Masha Allah! You should read their stories!! 🥰

  16. Thunthun mathin! says:
    March 29, 2025 at 6:57 pm

    Zeviaar eba ulhey yail gelligen…. Lubaina ge case ga suspect vgn… Mitha ulhey yail tha ee?
    Esfiya page ge aneh storyga in vaahaka ehga eba ulhey yail hwdhan….

    1. Nayaa says:
      March 29, 2025 at 8:09 pm

      Hahaa I can guarantee you that it’s not the yail here.. azal ge yail ekahala kameh nukuraane.. Shihaa kairi ahaabala yail ge full name.. eyrunnennu anekkaa yageen kohlan ves ingeynii 😉🤭
      (I love these types of comments they always make me laugh haha)

  17. Nayaa Nayaa says:
    March 31, 2025 at 12:32 am

    Hello everyone! Not sure if anyone’s gonna see this comment anytime soon since the story is finished and not many will be back reading it but yeahh hehe
    First of all Eid Mubarak everyone! May Allah swt accept all our good deeds of this ramadan and let us be blessed enough to witness the next Ramadan!
    Now, what I wanted to say. I just needed some opinions regarding my next story. Since some of y’all have been asking me to write a horror thriller, and since I’ve been coming up with a really good plot, I thought why not try? Since I’ve never tried writing a horror story before this could be a great chance to increase my writing skills in different varieties and tastes. Sooo I am planning to write a teen horror thriller fiction next and I wanted to see how many of y’all wanted this genre. Let me know your thoughts 🥰❤️

    1. Lily says:
      March 31, 2025 at 3:00 am

      Hello Nayaa❤️
      Mi part ves reethi Masha Allah❤️
      Unmeedhu ves nukoh huhtaa kiyaalan libunyma vrh ufaa vehje
      Vrh lahun dhw mi cmnt kurevuny
      Vrh bodah sorry ingey neyngeynennu bonus episode eh libeyne kameh
      Secret eh bunan tha?? Alhugandu like eh nuvey horror stories eh😭
      Ekm nayaa liyefihyaa hama yageenun ves alhugandu kiyaanan Insha Allah❤️❤️
      Dhera nuvahchey ingeyy😭
      Unmeedhu kuran alhugandu horror stories kiyan hih jehey kahala gothakah Nayaa liyaa vaahaka kuriah gendhaane kamah😭🤣
      Eid Mubarak <3

    2. aanaa says:
      March 31, 2025 at 3:20 am

      eid mubarak
      yess vrh kiyaahih vefa mi huhnany horror stry eh
      n egey konme genre ehge vhk viyas nayoo liyaa vhk thah hama vrh vrh reethi vaane kan
      ❤

    3. Nayaa Nayaa says:
      March 31, 2025 at 3:47 am

      Thank youu lily dear ❤️
      Yeahhh baeh kudhinnah kamudhanii hama romantic stories dho horror stuff nueh hingaa mikahala site thakaku adhi.. I’m pretty sure my views are gonna decrease if I write a horror one but then again I really wanna try hehe.. and it’s gonna be a mix of horror, thriller, fun, and romance as well! So ehaa boring eh nuvaane ig???yesss dhen dhera eh nuvaane ennu hiyaalu faalhu kohleema hama vrh happy vejje ❤️

      Awww thank youu aanaa lovee yess dhen hingaa dho balamaa hehe ❤️

  18. leeshaa says:
    March 31, 2025 at 11:54 am

    nayu i would love to read a horror thriller eh…
    can’t wait now to read it….
    go for it nayu sis i bet it would be interesting like the other stories….
    you will get 100% support from me..
    you can do it 👊
    lysssm nayu sis 💗

    1. Nayaa Nayaa says:
      April 1, 2025 at 12:06 am

      Thank you leesh ❤️

  19. Nish says:
    March 31, 2025 at 5:16 pm

    Alhugandah kamudhany romantic stories 😭

    1. Nayaa Nayaa says:
      April 1, 2025 at 12:06 am

      My current horror one is going to be hama romantic story eh ☺️

  20. Hey! Naya! says:
    March 31, 2025 at 10:51 pm

    I have something on my mind. Private koh ves bunevidhaane but how? It’s kinda fantasy vahtharu , dhn biruveri ves romantic comedy ah vss hedheyne dhw . Eba ulhey idea eh ekm liyan neinge.. vaahaka liya kujjakah dhey hithun hunnatha zamaaneh vejje

    1. Nayaa Nayaa says:
      April 1, 2025 at 12:07 am

      Heyy thereee yess let me know!
      Private koh bunelan beynun vanyyaa you can give me your insta and I’ll dm!

  21. Girly says:
    April 1, 2025 at 12:24 am

    Fiction vaahaka thah I like…
    hure eiinu dhw jinni dheke loabi vaa oa human r jinni aa marry kohgen dhn e dhimaavaa mahsala…
    it’s like one story I read that type hiraas by annora…. ekahala gothakah knmx gothakah humans therey ulhevey gothah… I don’t like maa biruveri stories… ekahala vaahaka kiyaafihyaa nidheyny romantic or fun story eii kiyaigen… hure ehnu humans ah powers libifa knmx gothakah or jinni vaahaka vx vrh reethi biruveri noon gothakah… like laaraa liyaane e kahala series… e kahala gothakah thafaathu vaahaka eii I want… try kohlahchey… I don’t know how to explain… kohdhevey gothakah explain mi kohdhiny…

    1. Nayaa Nayaa says:
      April 1, 2025 at 5:47 pm

      oohh yess i get what you mean and im pretty sure what i have on my mind rn is smth similar.. dhen let’s seeee dhoo🥰

  22. ReeshA CoronA ReeshA CoronA says:
    April 1, 2025 at 4:14 pm

    MANJEYYYY😁
    MANJEGE UNMEEDHU HAAASIL KOHDHEYN MA MIAEEE HAMA ENME FAHU EPISODE AH COMMENT EH KOHLAAA HITHUNNN🥰🥰🥰
    EPISODE FESHIGEN NIMIGEN DHIYA IRU VES VHK GA ULHEY ENMENGE HITHEKEY EHVARAH MAGEY HIY VES AVAS VAMUN LAS VAMUN LADHU GANNAMUN VIREMUN GANDUVAMUN DHIYAIII😂😂😂 ENMENGE IHUSAAS THAH MASHAH VES VANY VAARUTHA KOHFA EVE.
    HAMA SAHAADHEH MAGEY THUNFATHUN HINITHUN VUN FUHEVIGEN NUDHEY😊
    MANJEGE INGILI THAKUGE KURIN THIYA LIYELI VAAHAKA AH “Tareef Yeh Bhi To Sach Hai Kuch Bhi Nahi” 😘😘
    MANJE HAADHAHAA HUNARUVERI VEHJJEYY HAMA ASLU VES. MANJE GE VAAHAKA THAKUN FENNANEE THAFAATHU VIDHUMEH✨️ AASHOAKHU KOHLAAFADHA IBAARAAIY THAKEH 🤐 MEEHAA DHELOA BODUVE HIY NASHAALAA FADHA FARI HARAKAAIY THAKEH
    HAMA YAGEENUN VES MANJEGE IDEA THIHURY AHARUMENGE FUTURE BAHTAN KURAN BEYNUNVAA GOTHUGE MAHCHAH. EKAHALA EKUVERIN THAKEH. EFADHA LOBUVETHI DHAREEN THAKEH. MA ASLU VARAH DHWRA VEY VHK NIMUNU IRU VES EHKOH KIYAA NULEVEYTHEE. EKM MI EPISODE KIYAALAAFA ENGIJJE SHAYAAM AA BEHEY GOTHUN VES🥹 AHAREN MI INNANEE BADHIGE AH VES NUVADHE HAMA MI EPISODE KIYAAFA NOONEE NUDHAAN VEGEN
    🥰
    KONME AKAS MANJE GE LIYUNTHERIKAMUGE HUNARAH HAMA FAH FASHUN THAAREEFU KURAN 👏👏👏👏💖💖💖 MASHA ALLAH. THIYAEE HAMA ENME ALI GADHA THARI✨️🔥🔥🔥🔥 MAGEY HAYAATHUGA THIYA FADHA KULHADHAANA LIYUN THERI EH LEHVI KAMAHTAKAA ALLAH AH HAMDHAAI SHUKURU KURAN❤️
    ABADHUVES MANJE GE GAATHUGA SUPPORT KURAN HUREDHEYNAN INSHA ALLAH😊
    MANJEGE LIYUN THERIKAMUGE DHIGU DHATHURU GA AARUKAATEE EHGE GOTHUGAI HURUMUGE NASEEBU AHANNAH DHINEETHEEVE VARAH BODAH SHUKURIYYAA😘😘 MANJEGE VAAHAKAIGE CHARACTERS AH NAN KIYAA VHK GE COVER AH FOTO HOADHUMUGE FURUSATHU DHINEETHEE HITHUGE FUN MINHN SHUKURIYYAA😘😘😘
    MI COMMENT LAS VEE THEE NIHAAYATHAH MA AAAFAH VES EDHEN
    😔
    MANJE DHEKE INTHIHAAYAH LOABIVAA AISA

    1. Nayaa Nayaa says:
      April 1, 2025 at 5:28 pm

      ALHEYYYYY AISHAAAAAA HAMA HUVAAA UFALUN ROVIJJE!! 🥹🥹
      thee hama hageegathugai ves mashah levvi rahumatheh fadha ekuveri eh.. meege 5 aharu kurin hama mi site thereyga ufedhunu ekuverikan kurilaa hedhemun gos miadhu thee hageegathugai ves emeehakaa nulaa magey dhiriulhun furihama nuvaane meeheh.. enme furathama real life ga dhimaa velaa, bahdhaalevunu dhuvahu mashah heevee asluves hama huvafeneh hen.. haadha haadha loebbeh vey aisthu 😭😭❤️❤️❤️

      Vaahaka liyumuga mihaa hisaabah aadhevunu aslakee ves thee.. site ah enme furathama liyan feshunee ves hama thi golaa ge sababun.. miadhu mihen vaahaka liye, mubaaraiy thakun vana hoadumuge aslakee ves hama thee.. hama huvaa mi hithuga Aisha ah takaa vaa loabi bayaan kohdheyne gotheh ves neynge.. ehaa ves loabivey 🥹❤️

      Thee ves hama efadha dhevana eh nuvaa kulhadhaana liyuntheri eh.. Masha Allah, manje ge molhu kamah bunaane hama evves baheh neh.. haadha molheyyyy!! 😍😍😍

      Magey vaahakaiga ulhey characters ah nan dhee, cover ah laaneh photo hoadhaidheythii inthihaa shukuriyyaa!! Adhi abadhuves dhegotheh nuve hivvaru dheythee vakin bodah shukuriyyaa! Aisha aa nulaa Shaayaan Shaayaan akah nuvaane adhi Reeshaa aa nulaa Nayaa Nayaa akah ves nuvaane.. varah loabivey

    2. Nayaa Nayaa says:
      April 1, 2025 at 5:33 pm

      Eyyy adhi nunime ingeyy.. olhigen post ah fithaalevunii

      Asluvesss hama kuriyah oiythaa ma ves ulhen beynumvaa goiy hama eii.. In Sha Allah aharumen furaavaruga mi ufedhunu namoonaa ekuveri kan aharumen meehunnaa indhe dharin libi muskulhi vaa dhuvahu ves dhegotheh nuve onnaane.. e dhuvahakun aharumen dhemeehun ge firinnaa dharin ves ulheynii hama mihaa ekugai, In Sha Allah.. Aisha aa ekeega kurimagah kurevey unmeedhuthah varah varah foni ❤️❤️❤️

      Thee aslu magey hama no.1 meehekey bunyyas dhogakah nuvaane.. I can literally be myself with you and I wouldn’t have to worry about being “cringe”.. gothakah bunanyyaa “in a world full of nonchalant wannabes, you’re my cringe partner”.. kihineh dhuvahaku ves shukuru adhaa kurevenii

      Shukuriyyaa hurihaa kamakah ves mariyambaa.. for coming into my life and making it better, for being the bestest friend I could ever ask for, for always being there for me, for helping me to come this far, for all those random video calls, for all those funny storytimes, for all those days where you come to accompany me during my radio programs when my co-host is absent, and just simply for being you! You make my life better fr! Dhen mithaa maa

    3. Nayaa Nayaa says:
      April 1, 2025 at 5:35 pm

      EY ALHE HAMA POST AH FIHTHENEE EY DHERA KAMENNU!
      anyways thank youu aishaaaaaa hama huvaa kiyai nudheveynehaa varah manje dheke loabiveyey! In Sha Allah abadhuves vaanii mihen ekee.. VARAH VARAH VARAH VARAH VARAH BODAHHHHHHH LOABIVEYYYYYY!!!? 🥹❤️💋🫀

    4. Nayaa Nayaa says:
      April 1, 2025 at 5:38 pm

      LAST COMMENTS INGEY MIFAHARU HAMA ASLU KOH

      adhives efaharu shukuriyyaa aisthooo!! Varah varah loabiveyey dhuvahaku ves vakivaakah neydhen..
      އެއީ މުޅި ޢުމުރަށް ވެސް އަހަންނަށް ތިޔަ ލޯތްބަށް އެދެވޭތީ 🤭🥹❤️

    5. ReeshA CoronA says:
      April 1, 2025 at 11:23 pm

      Dhen nuroehbala manjeyyyy manje roathan fenun dhuvahu magey birun halaaku
      Manje thiya dhin hiy varuge bas thakashaai thiya ohsaali thaureef thakah hama fahfashun shukuriyyaa😘😘😘😘 varahhhh loaaabi veyyyyy

  23. Girly says:
    April 1, 2025 at 7:51 pm

    Nayaa radio programs vx husha alhan thr??
    Kon radio eii ga??
    Dhivehi raajjeyge adu thr??

    1. Nayaa Nayaa says:
      April 1, 2025 at 9:28 pm

      Ahaa yess i do!! Labba dhivehi rajjeyge aduga
      Varah baivaru baivaru kanthah kuramey hehe ehenve ennu vaahaka liyumun ves dhuvaskolhakah break eh nagaigen mi ulhenii

  24. Cutie girl says:
    April 5, 2025 at 10:57 pm

    Mi part ves v reethi masha Allah
    Curiously waiting for next story
    Keep it up
    Miyee varah kiyaa hithun kiyaala vaahaka eh
    Alhamdhulilah finally Emmen gulhunee
    They all are made for each other
    Masha Allah yail haadha rangalhey dhw azal ah
    Meege season 2 eh kiyaalan v beynun
    I appreciate your hard work
    Haadha curious kohlaafa thi nimaaly
    Your my fav author ❤️
    Tc ❤️
    Will miss you ❤️
    Ly naayoo ❤️😚

  25. Mar Yam says:
    April 8, 2025 at 11:08 pm

    Alhey nayu i didnt know there was a bonus episode
    Miadhu mi iguny 😭😭
    Vrh reethi masha allah
    Thank u nayu

Comments are closed.



All Right Reserved!