“ލިވީ އެ ދައްކަނީ ރިންގް ރީތި ވާހަކަ..” ލުއި ހުނުމަކާ އެކީ ލައިނީ ބުނެލުމުން ލިވްޔާ ރަކިވެފައި އިސްދަށަށް ޖެހި ނަމަވެސް، ރައިހާންގެ ތުންފަތް މަތީގައި ދުވެލީ ފަޚުރުވެރި ހިނިތުންވުމެކެވެ. “މަ ހީކުރީ އެންގޭޖްވާ އިރު މީހުން ދެނީ ސިލްވަރ ރިންގް ކަމަށް..” ލިވްޔާގެ އަނގޮޓިއަށް ބަލައިލަމުން ޔާނިއު ސަމާސާ ކޮށްލިއެވެ. “ޝީ ޑަޒަންޓް ވެއަރ ސިލްވަރ..” ރައިހާން އެހައި ޔަގީންކަމާ އެކު އެހެެން ބުނެލުމާ އެކީ ލިވްޔާއަށް ސިހިފައި ރައިހާންއަށް ބަލައިލެވުނެވެ. އޭނާގެ ހުރިހައި ކަމެއް […]
“ދެމީހުން ވަރަށް ކަންތައް ކޮށްލައިގެން ދޯ ތި ތިބީ..؟” ލާނެތް ހިނިތުންވުމެއް މޫނަށް ވެރިކޮށްލަމުން ރައިހާން ދިމާކޮށްލުމާއި އެކު ލައިނީ ލަދުން އިސްދަށް ޖެހި ނަމަވެސް ޔާނިއު ލޯއަޅައިލާފައި ރައިހާންގެ ކޮނޑުގައި ޖަހައިލިއެވެ. “އޯކޭ އޯކޭ ސޮރީ..” ހިނިގަނޑެއް ޖަހައިލަމުން ރައިހާން މަޢާފަށް އެދިފައި ޔާނިއުގެ ގައިގައި ބައްދައިލިއެވެ. “ކޮންގްރޭޓްސް ޑޭޑް ޓު ބީ.. ދެން މިހާރު ޔާން ގަނޑު ވެސް ބޮޑުވެއްޖޭ ދޯ.. ބައްޕައަކަށް ވަނީ ވިއްޔަ.. ދެން އަވަހަށް ރެޑީވޭ ހަޑި ނެޕީތަކުގެ އަތް […]
މެންދުރު ނަމާދަށް ގޮވަން ދިހަވަރަކަށް މިނެޓަށް ވެފައި ހުއްޓާ އިރުކޮޅަކުން އައިސާމަނިކެ އާއި ރީނާ ނަމާދު ކުރަން ދިޔުމުން ލިވްޔާ އާއި ލައިނީ މަޑުކޮށްލީ މޭޒުމަތި ރަމަތަކޮށްލާފައި ދިޔުމަށެވެ. މިއަދު ތަންކޮޅެއް ލަހުން ކައްކަން ފެށުމުންނާއި، ވާހަކައިގައި ޖެހުމުން މަސައްކަތް ލަސްވީއެވެ. ދެބެން ވެސް ތަފާތު ވާހަކަތަކުގައި މަސްއޫލުވެ ތިބެ މަސައްކަތް ކުރަމުން ދިޔައީ އަވަހަށް މަސައްކަތް ނިންމައިލެވޭތޯއެވެ. މިސްކިތަށް ދާން ވެގެން ތައްޔާރުވެގެން ތިބެ ރައިހާން އާއި ޔާނިއު ބަދިގެތެރެއަށް ބޯދިއްކޮށްލީ އެވަގުތެވެ. ލިވްޔާ އާއި […]
“ތެދެއް ލިވީ..؟ އަދިވެސް ރެންއަށް އާއެކޭ ނުބުނަންތަ..؟ އެކަމު ދެންމެ ނިމްޝާ ކުރިމަތީ ވަރަށް ގަދަވެލާފަ ރެން ވެރިކޮށްލި އިރު ހީވީ އެހެން ފަދަ ކަމެއްހެން..” ލައިނީ ދިމާކޮށްލިއެވެ. “އާއެކޭ ބުނެވޭނީ ރައިހާން ފުރަތަމަ އަހަރެން ގާތު އަހައިގެންނު.. ރައިހާން އަދިވެސް ސީދާ ނުއެއް އަހައޭ..” ލިވްޔާ ހަމަ އެހެން ބުނުމާއެކީ ރައިހާން ހަށިގަނޑު ސީދާކޮށްލާފައި ލިވްޔާގެ އަތްތިލައަށް ފިތައިލިއެވެ. “އެހެންވީރު މިހާރު މި އަހަނީ.. ލިވްޔާ.. އަހަރެން ލިވްޔާ ދެކެ ވަރަށް ވަރަށް ލޯބިވޭ.. ލިވްޔާ […]
“ތި އުޅެނީ ވަރަށް ބޮޑަށް އޮޅިގެންހެން އަހަންނަށް ހީވަނީ.. ރެން އަމިއްލައަށް ބުނެފި ރެން ލޯބިވަނީ އެހެން މީހަކު ދެކެއޭ.. އެހެންވީމަ ރީތިކޮށް ރެންގެ ދިރިއުޅުމާ ދުރުގަ ހުރޭ.. ވާ ވަރަށް މިހާރު ރެންއަށް ދެރަ ދެވިއްޖެއެއްނު.. ދެން ނިންްމައިލާ! ރެންއާ ލިވީގެ ދިރިއުޅުމަށް ނިމްޝާގެ ފަރާތުން އެއްވެސް އުދަގުލެއް ވެއްޖެ ނަމަ އަހަންނެއް މަޑަކުން ނުހުންނާނަން! އަޑު އިވިއްޖެ؟” ކިތަންމެ މަޑުން ޔާނިއު ވާހަކަ ދެއްކި ކަމުގައިވީ ނަމަވެސް އެ އަޑުގައިވީ ހަރުކަށިކަމާއި ނަފްރަތު ދޭހަވާހައިވެއެވެ. […]
ދޮރު ހުޅުވައިލާފައި ވަން މީހާއަށް ރައިހާންގެ ނަޒަރު ދަތުރު ކުރި ވަގުތު އެ ދެލޯ ބޮޑުވެގެން ދިޔައީ ކުއްލިއަކަށެވެ. އެއީ ހަމަ އެ ސޫރައެވެ. އެ ދޮން މޫނުން ފެށިގެން، ހާމައަށްވީ ދޮން ކަނދުރާއާއާއި، ލާފައިވީ ބާރު ހެދުމުން ކަޝްފުވެފައިވީ ފުރިހަމަ ވަނާތަކުން ފެށިގެން، ހާމައަށްވީ އޮމާން ދެފަޔަށް ރައިހާންއަށް އަވަސް ނަޒަރެއް ދެވުނީ އެއީ ހަމަ އޭނަކަން ޔަގީން ކުރުމަށެވެ. ކުރުކޮށް އޮންނަ ފަން އިސްތަށިގަނޑު މިހާރު އުނަގަނޑާ ހަމައަށް އަރާ ވަރަށް ދިގުވެފައިވީ އިރު، […]
“ޕްލީޒް.. ޑޯންޓް ލީވް މީ..” ރުއިމުގެ ސަބަބުން ކުރެހިވެފައިވީ އަޑުން ރައިހާން އާދޭހުގެ ރާގެއްގައި ބުނެލުމާއެކު ލިވްޔާގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ. “ނުދާނަމޭ.. އައިމް ރައިޓް ހިއަރ.. ރައިހާން ބޭނުން އިރެއް ވަންދެން އަހަރެން ހުންނާނަން..” ރައިހާންގެ ބޮލުގައި ތުންފަތް ޖައްސައިލަމުން ލިވްޔާ ބުނެލުމުން އަނެއްކައި ވެސް ރައިހާންގެ ހަށިގަނޑު ލިވްޔާގެ އަތުތެރެއަށް ދޫވެގެން ދިޔައެވެ. “ޕްލީޒް ނުދައްޗޭ.. ޕްލީޒް.. ލިވްޔާ ގޮއްސިއްޔާ އަހަރެން- އަހަރެން މަރުވެދާނެ.. އައި ލަވް ޔޫ ސޯ މަޗް..” އެ އިން […]
އިރުކޮޅަކު ލެއްޕިފައިވީ ލިވްޔާގެ ކޮޓަރީގެ ދޮރަށް ނަޒަރު ހުއްޓާލައިގެން ހުރުމަށް ފަހު ރައިހާން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ މިވަގުތު ލިވްޔާއަށް އެކަނި އެކަމާ ވިސްނައިލަން ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ. ކޮޓަރިއަށް ވަން ގޮތަށް ރައިހާން އެނދުމައްޗަށް ވެއްޓިގަނެފައި ދެއަތުން މޫނު ފޮރުވައިލީ ލިވްޔާގެ ޖަވާބު އަންނާނެ ގޮތަކާ މެދުގައި އިންތިހާއަށް ބިރުގަނެފައި އޮވެއެވެ. ލިވްޔާ އޭނާގެ ލޯތްބަށް އިންކާރު ކޮށްފި ނަމަ އޭނާ ހަގީގަތުގައި ވެސް މޮޔަވެދާނެއެވެ. ލިވްޔާއާ ނުލައި ނޫޅެވޭ ވަރަށް ލިވްޔާ ދެކެ […]
ލިވްޔާގެ ޚިޔާލުތަކުގައި އޮޔާ ބެހެމުން ދިޔަ ރައިހާންއަށް ލޯހުޅުވައިލެވުނީ ކުރިމަތީގައި ހުރި ކޮމްޕިޔުޓަރަށް މެއިލް ނޮޓިފިކޭޝަނެއް އައި އަޑަށެވެ. ލަސްލަހުން ބޯ ހިއްލައިލުމަށް ފަހު ރައިހާން ކޮމްޕިޔުޓަރަށް ނަޒަރު ހުއްޓައިލިއެވެ. މެއިލް ފޮނުވާފައި އިނީ ލިވްޔާކަން އެނގުމާއި އެކު ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ހައިރާންކަމަކާއި އުފާވެރިކަމަކުންނެވެ. އަވަސް ޙަރަކާތްތަކާ އެކުގައި މައުސްއާއި ކީބޯޑުގައި އޭނާގެ އިނގިލިތައް ޙަރަކާތްކުރަން ފެށި އިރު ރައިހާން އެ އީމެއިލް ހުޅުވައިލިއެވެ. އެހެނަސް އެ މެއިލްގެ ފުރަތަމަ ޖުމުލަ ކިޔައިލެވުނު […]