Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 4

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
November 12, 2025 8 Mins Read
20 Comments

ލަސްތަކެއް ނުވެ އެމެދުގައި ކައިވެނީގެ މަޝްވަރާތައް ކުރެވެން ފެށުމާއި އެކު ޔާނިއު އާއި ލައިނީގެ މޫނުމަތިން އުޖާލާ ހިނިތުންވުމެއް ފެންނަން ފަށައިފިއެވެ. އިރުއިރުކޮޅާ ދެމީހުން ދެމީހުންނަށް ބަލައިލާ އިރު، އެކަކު އަނެކަކުގެ ހައްގަކަށް ވެވޭތީ އުފާވެފައިވާ މިންވަރު ދެމީހުންގެ ލޮލުން ވެސް ހާމަވަމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ވީ އެންމެ ކުލަގަދަކޮށް ކުރުމަށް އަތުކުރި އޮޅާލައިގެން ތިބި ހަލީމްއާއި ޒީނާގެ ދެފައި ވެސް އެއްތާކު ނުޖެހެއެވެ.

އިރުގަނޑެއް ވާންދެން އެމީހުންގެ ވާހަކައިގައި ބައިވެރިވާން އިނދެފައި ލިވްޔާ ސޯފާއިން ތެދުވީ ފޯނެއް އައުމުންނެވެ. އެކުގައި ކިޔެވި ކުއްޖަކު ވަޒީފާއެއްގެ ވާހަކަ ދައްކަން ފެށުމާއި އެކު އެތަނުގައި އަޑުގަދަ ކަމުން ލިވްޔާ ނުކުތީ ބޭރަށެވެ. ފޯނުގައި ހުރުމުގެ ސަބަބުން ކުރިއަށް ބަލައިލުމެއް ނެތި، ދޮރު ހުޅުވައިލާފައި ނުކުންނަން އުޅުނު ވަގުތު މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔުމުން ލިބުނު ކުއްލި ސިހުމާއިއެކު ލިވްޔާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ދެލޯ މަރައި ބާރުކޮށްލެވުނީ ވެއްޓުމުން ވާނޭ ތަދު ހިތަށް އަރުވައިލެވުމުންނެވެ.

ލެއްޕިފައިވީ އެސްފިޔަތައް ލަސްލަހުން ހުޅުވައިލި ލިވްޔާއަށް ދާދި ގާތުން ފެނުނު ހިތްގައިމު މޫނުން ވަގުތުން މީހާ ގަބުއަރައިގެން ދިޔަ ފަދައެވެ. އޭރު އެ އުނަގަނޑުގައި ބާރުގަދަ އަތަކުން ވަށައިލެވިފައިވީ ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އިރު، ބައްދަލުވެގެން ދިޔަ ކަތި ނަޒަރުގެ ތޫނުކަމުން ހިތުގެ ހިނގުމަށް ބަދަލު އައިކަން ޔަގީނެވެ. ދިގު، ވަރުގަދަ އެސްފިޔަތަކުގެ ފުރަގަހުގައިވީ ރޭގަނޑެއް ފަދަ ކަޅު ދެލޮލުގައި ޖާދޫއެއް ވާ ނަމަ އެ ޖާދޫގައި ހިނދުކޮޅަކަށް ނަމަވެސް ލިވްޔާގެ ހިތް ޖެހިއްޖެއެވެ. ލިވްޔާގެ ހަށިގަނޑު އެމީހާގެ ތަނަވަސް މެޔާލައި ފިތިފައި އޮތް އިރު ދުވަހަކު ނުލިބޭހާ ހިމާޔަތާއި ރައްކާތެރިކަން އިހުސާސް ކުރެވެމުން ދިޔައީ ޚުދު ލިވްޔާއަށް ވެސް ނޭނގިއެވެ.

އަތުތެރޭގައި އޮތް އަންހެން ކުއްޖާގެ އެސްފިޔަތައް ތަޅުވައިލުމާއި އެކު ފެނުނު މުށިކުލައިގެ ފުން ދެލޮލަށް ގެއްލިފައި އޮވެވުނީ އެ ދެލޮލުގައި ކޮންފަދަ ދަމާ ބާރެއް ހުރެގެން ކަމެއް ބުނެދޭކަށް ރައިހާންއަކަށް ނޭނގުނެވެ. އެހެނަސް އެ ދެލޮލުގައި ވަރުގަދަ ސިހުރެއް ވާ ފަދައެވެ. ކަޅިޖަހައިލުމެއް ނެތި އެ ފުން ދެލޮލުގެ ތެރެއަށް ގެނބިފައި ރައިހާންއަށް އޮވެވުނީ އިރުކޮޅަކަށެވެ. އެ ރީތި ދެލޮލުގެ ވެރިޔާ، އެ ދިގު އެސްފިޔަތައް ޖަހައިލުމާއި އެކު ރައިހާންއަށް އެ ކުއްޖާގެ މުޅި މޫނަށް ނަޒަރު ހިންގައިލެވުނެވެ. އެއާއެކު އެ ސޫރައަކީ ކުރިން ދެކިފައިވީ ސޫރައެއްހެން ހީވެ، ރައިހާންއަށް ދެލޯ ކުޑަކޮށްލެވުނެވެ.

ދެވަނަ ސިކުންތުގައި ރައިހާންގެ ދެލޯ ބޮޑުވެގެން ދިޔައީ އެއީ އިއްޔެ މެންދުރު އޭނާއާއި ޖަދަލު ކުރި ބިރުކުޑަ ކުއްޖާކަން އެނގުމުންނެވެ. އިތުރު ވިސްނުމަކަށް ނުގޮސް ވަގުތުން ރައިހާން ލިވްޔާގެ އުނަގަނޑުގައި ވަށައިލެވިފައިވީ އަތް ދޫކޮށްލަމުން އެއް ފިޔަވަޅު ފަހަތަށް އަޅައިލިއެވެ.

ކުއްލިއަކަށް ރާއިން އޭނާގެ ގައިން ދޫކޮށްލުމުން ލިވްޔާ ވެއްޓެން ދިޔަ ނަމަވެސް، ވެއްޓުމުގެ ކުރިން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލެވުނެވެ. ފައިތިލަ ސާބިތުކޮށްލަމުން ކުރިމަތީގައި ހުރީ ކާކުތޯ ބަލައިލުމަށް އިސްއުފުލައިލި ލިވްޔާގެ ދެލޯ މުދުނަށް އަރައިގެން ދިޔައީ ކުރިމަތީގައި ހުރި ޒުވާނާ ފެނިފައެވެ. ވަގުތުން  ދަތްކުނޑި ވިކިގެން ދިޔަ އިރު ރުޅިއައިސްގެން ގޮސް ލިވްޔާ ތުރުތުރު އަޅަން ފެށީ އަނެއްކާވެސް އޭނާ އެ ކިޔައި “ފޮނިބޮޑާ ފިރިހެނާ”އާ ދިމާވުމުންނެވެ.

“ޔޫ ފޮނިބޮޑާ!”

“ޔޫ ޑަމްބް ގާރލް!”

ރައިހާން އާއި ލިވްޔާއަށް ހަޅޭލަވައިގަނެވުނީ އެކުއެކީގައެވެ. އެދެމީހުންގެ ހަޅޭކުގެ އަޑަށް ފެންޑާގައި ތިބި އެންމެން ވެސް އިސާހިތަކު އެތަނަށް އައިސްފިއެވެ. އެހެނަސް އެތަނުގައި އިތުރު މީހުން ތިބިކަން ވެސް ހަނދާން ނައްތައިލަމުން، ރައިހާން އާއި ލިވްޔާ ދިޔައީ އެކަކު އަނެކަކު ރުޅިން ފިއްސައިލާނޭހައި ހޫނު ނަޒަރުތައް ބަދަލުކުރަމުންނެވެ.

“ޔޫ ފޮނިބޮޑާ މީހާގަނޑު މިހާރު އަހަރެންގެ ފަސްފަހަތް ބަލަމުން ސްޓޯކް ކުރަން ވެސް ފެށީތަ؟” އަރިކަށީގައި އަތް ވިއްދައިލަމުން ލިވްޔާ ބުނެލި އިރު އެ ދެލޮލުގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.

“އޯހ ޕްލީޒް! އަހަރެން ކަންނޭނގެ ތި ސުވާލު ކުރަންވީ.. އަހަރެންގެ ފަސްފަހަތް ބަލަމުން ފަހަތުން ދުވި މީހަކަށް ދޯ އަހަރެންގެ ގެއަށް އަންނަން އެނގޭނީ؟” ރައިހާން ވަކި ދޫކުރާނެ ހެއްޔެވެ؟ އޭރު ފެންމަތިވަމުން ދިޔަ ރައިހާން އާއި ލިވްޔާގެ ކޯޅުންގަނޑު ބަލަން ތިބި އެންމެން ވެސް ތިބީ ވާނުވާގައެވެ.

“އަހަރެން ކޮންމެހެން މިގެއަށް އައީކީ މިއީ މިސްޓަރ ފޮނިބޮޑާގެ ގެކޮޅުކަން އެނގިގެނެއް ނޫނޭ! އެހެންނޫނަސް ތިހުރީ އަހަންނަށް ދަރާފަ! ތިމީހާއަކާ ހަދައި އަހަރެންގެ ޖޮބް އިންޓަވިއުއަށް އިއްޔެ ގަޑި ޖެހުނީ!” ރުޅިއައިސް ރަތްވެފައި ހުރެ ލިވްޔާ ދައްކަމުން ދިޔަ ވާހަކައިން ވަމުން މިދާ ގޮތް ލައިނީއަށް ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. ލިވްޔާ އިއްޔެ ގެއަށް އައިސް މާ ރުޅި އައިސްގެން ކުދިކިޔައިގަތީ ޔާނިއުގެ ކޮއްކޮއާ ދިމާއަށްކަން ލައިނީގެ ތޫނު ސިކުނޑިއަށް ރޭކައިލުމަށް އިރުތަކެއް ނުނެގިއެވެ.

“އަދިވެސް އަހަރެން ދޯ ދަރާފަ މިހުރީ.. ތި ކުއްޖާ އިއްޔެ އަހަރެންގެ ގަމީހަށް އެޅި އެއްޗެހީގެ ކުލަ އަދިވެސް ނުފިލައޭ! އަހަންނަށް ގަމީހެއް ގަންދޭން ޖެހޭނީވެސް ހަމަ ތިކުއްޖާ!” ދެން ރައިހާން ބުނެލި ވާހަކައިން ޔާނިއުއަށް ވެސް ވެގެން މި އުޅޭ ގޮތް ސާފުވެއްޖެއެވެ. ލައިނީއަށް ބަލައިލި އިރު ލައިނީވެސް އޭނާއަށް ބަލަހައްޓައިގެން ހުރެ ބޯޖަހައިލީ ތިމަންނައަށް ވެސް އެނގެޔޭ ބުނާ ފަދައަކުންނެވެ. އެއާއެކު އަނެއްކާވެސް ޔާނިއުގެ ނަޒަރު ރައިހާންއަށާއި ލިވްޔާއަށް ދަތުރު ކޮށްލި އިރު، ލާނެތް ހިނިތުންވުމަކުން އެ ތުންފަތް ދެމިލީ ވަމުން މިދާ ގޮތް މަޖާވުމުންނެވެ.

“އޯހް މިސްޓަރ ފޮނިބޮޑާ.. ވަރަށް މައާފާއެކީ ދަންނަވަން ޖެހޭނީ ތިބޭފުޅާ ތުރުކުރައްވާ އަގުބޮޑެތި ބްރޭންޑެޑް ގަމީސް ގަނެދޭނެހައި ލާރިއެއް އަޅުގަނޑު އަތަކު ނެތޭ.. އެކަމަކު ތިބޭފުޅާއަށް ކާރު ދުއްވުމާއި ބެހޭ ކްލާސްތައް ނަގައިދިނުމުގެ ފުރުސަތު ހަމަ ފަހިކޮށް ހުޅުވައިލާފައި އޮތީ..” ރައިހާންއާ ކައިރިއަށް އެއް ފިޔަވަޅު އަޅައިލަމުން ލިވްޔާ ބުނެލީ މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން ހުރެއެވެ.

“އަޅުގަނޑު ވެސް ވަރަށް މައާފާއެކީ ދަންނަވަން ޖެހޭނީ ތި ކުއްޖާ ކަހަލަ ދުވާރުމަތިން ހިނގަން ވެސް ނޭނގޭ ކުއްޖަކު ނަގައިދޭ ކާރު ދުއްވުމުގެ ކްލާހަކަށް ދާނެހައި ބޭކާރު ވަގުތެއް އަޅުގަނޑުގެ ނެތޭ.. ތި ކުއްޖާ ދައްކާ ކޫސަނި ވާހަކަތައް އަޑު އެހުމަށް ވުރެ މުހިއްމު ކަންތައް ދިރިއުޅުމުގައި ކުރަން އެބަހުއްޓޭ..” ރައިހާން ވެސް އެއްފިޔަވަޅު ކުރިޔަށް އަޅައިލަމުން ބުނެލީ ދަތްކުނޑި ވިކައިލަމުންނެވެ. ރުޅިއައިސްގެން ގޮސް އެކަކު އަނެކަކުގެ ގަޔަށް އަރާ ވަރު ވެފައި ތިބި ރައިހާން އާއި ލިވްޔާއަށް އެކަކު އަނެކެއްގެ ރުޅިވެރި ދެލޮލުން ނަޒަރު ވަކިކޮށްލަން އެނގުނީ އައިސާމަނިކެގެ އަޑަށެވެ.

“އާނ ދެން ނިންމައިލާ! ރެން ތީތަ މާމަމެން ދަރިފުޅަށް ވާހަކަ ދައްކަން ދަސްކޮށްދިން ގޮތަކީ..؟” ހިތްހަމަނުޖެހިފައި ހުރެ އައިސާމަނިކެ ބުނެލުމާއި އެކު ރައިހާން ވަގުތުން އިސްދަށަށް ޖެހިއެވެ.

“އެކަމަކު މާމާ.. ފުރަތަމަ ފެށީ އެކުއްޖާއޭ.. އެހެންނޫނަސް އެކުއްޖާ ވެސް ވާހަކަ ދެއްކީ ހަމަ އެހެން.. ދެން ކީއްވެ މާމަ އަޅުގަނޑު ކައިރި އެކަނި-” ރައިހާންގެ ވާހަކަ ފުރިހަމަ ކުރާނޭ ފުރުސަތެއް އައިސާމަނިކެ ނުދިނެވެ.

“މާމަ ބުނާނީ މާމަގެ ދަރިފުޅު ކައިރި.. ދެން ވެސް އަވަހަށް ލިވްޔާގެ ކިބައިން މައާފަށް އެދޭ..” ރައިހާން ދެރަވިހެން ހީވުމުން ރައިހާންގެ ބުރަކަށީގައި ފިރުމައިލަމުން އައިސާމަނިކެ ކުރިޔަށް ވުރެ ލޯބިން އެދުނެވެ. އޭނާ މައާފަށް ނޭދޭނީސް މާމަ ކުރުނުކުރާނެކަން އެނގޭތީ ރައިހާން އިސްއުފުލައިލާފައި ލިވްޔާއަށް ބަލައިލިއެވެ. އެވަގުތު ލިވްޔާ އެއްމިޔަކަނިން ހީލަމުން ބުމަ އަރުވައިލުމާއި އެކު ރައިހާންގެ އަތް މުއްކެވިގެން ދިޔައީ އައި ރުޅިންނާއި ވީ ފޫހިންނެވެ. މައާފަށް އެދެން ވެގެން ހުޅުވައިލި އަނގަ ވެސް ލައްޕައިލީ ކުރިމަތީގައި މިހިރަ ގޮތެއްފޮތެއް ނެތް ނިކަމެތި އަންހެން ކުއްޖާގެ ކިބައިން މައާފަށް އެދިގެން އޭނާގެ ވަރުގަދަ ޝަޚުސިއްޔަތަށް ކިލަނބުކަމެއް ވާން ނޭދޭތީއެވެ. އެހެނަސް ގޮތުގައި ހިފަައްޓައިގެން ރައިހާންއަށް ހުރެވުނީ އިރުކޮޅަކަށެވެ. އަނެއްކާވެސް އައިސާމަނިކެ ރައިހާންގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލުމާއި އެކު ރައިހާން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“ސޮރީ..” ދަތްތައް ބިންދައިގެން ދާނޭހައި ބާރަށް ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ރައިހާން ބުނެލިއެވެ. އެންމެ ދެ އަކުރުގެ އެ ކުރު ލަފްޒު އޭނާގެ ދެތުންފަތް ފޫއަޅުވައިލާފައި ނުކުތީ ނުހަނު އުނދަގުލުންނެވެ. ރައިހާންގެ ދުލުން “ސޮރީ” އޭ ބުނެލި އަޑު ލިވްޔާގެ ކަންފަތަށް އިވުނީ ލުއިލުއި މިޔުޒިކެއް ފަދައިންނެވެ. އެހެން މީހުން ކުރިމަތީގައި މޫނުމައްޗަށް މައުސޫމު ކަމުގެ ކުލަވަރު ވެރިކޮށްގެން ހުއްޓެއް ކަމަކު، ކުރިމަތީގައި އެ ހުރި ބޮޑާ، ކިބުރުވެރި ފިރިހެނާގެ އަނގައިން މައާފަށް އެދުމުން ލިވްޔާގެ ހިތް ކާމިޔާބީ ލިބުނީ ކަމުގައި ނިންމައި، އުފަލުން ނަށަމުން ދިޔައެވެ.

“ނޫން.. މައާފަށް އެދެން ޖެހޭނީ ރެން އެކަންޏެއް ނޫން.. ލިވީ ވެސް..” ލިވްޔާގެ ތުންފަތް މަތީގައިވީ ކާމިޔާބީގެ ހިނިތުންވުން ފަނޑުވީ ދެން ލައިނީގެ ފަރާތުން އިވުނު ޖުމުލައިންނެވެ. ވަގުތުން ލައިނީއަށް ބަލައިލާފައި ލިވްޔާ ދެފަރާތަށް ބޯހޫރުވައިލި އިރު، ރައިހާންގެ ތުންފަތް ކާމިޔާބީގެ ހިނިތުންވުމަކުން ދެމިލައިފިއެވެ.

“ލިވީ.. ތީ ދެން މީހުން އުޅޭ ގޮތެއް ނޫނެއްނު.. ވަރަށް ހަޑިކޮށް ދެންމެ ތި އުޅެވުނީ.. ދެންވެސް އަވަހަށް ސޮރީ ބުނޭ.. މިހާރު ރެން ވެސް ސޮރީއޭ ބުނެފިއެއްނު..” ލިވްޔާއަށް ވިސްނައިދިނުމެކޭ ތިން އަހަރުގެ ކުޑަ ކުއްޖަކަށް ވިސްނައިދިނުމެކޭ ހަމަ އެއްވަރޭ ލައިނީގެ ހިތަށް އެރިއެވެ.

“ދެން ކުޑާ ޕްލީޒް.. އެ ފޮނި ފިރިހެނާ ކައިރިން މައާފަށް އެދެން ވެއްޖެއްޔާ އަހަރެންގެ މުޅި އީގޯ އެކީ ފުނޑުފުނޑު ވެގެން ހިނގައިދާނެ..” ލިވްޔާ ތުންދަމައިލަމުން ލައިނީ ގާތު އާދޭސް ކުރިއެވެ.

“ސޮރީ ބުނުމަކީ އީގޯ ދަށްވާ ކަމެއް ނޫނޭ ލިވީ.. ދެންވެސް އަވަހަށް ސޮރީ ބުނޭ.. ކުޑާއަށް ޓަކައި.. ޕްލީޒް..” ލިވްޔާގެ އަތުގައި ހިފައިލަމުން ލައިނީ އެދުމާއި އެކު ލިވްޔާ ފުން ނޭވާއެއް ދޫކޮށްލީ ބަލި ގަބޫލު ކުރަމުންނެވެ.

“އައިމް ސޮރީ..” ދެދަތްޕިލަ ޖައްސައި ބާރުކޮށްގެން ހުރެ ލިވްޔާ ބުނެލުމާއި އެކު ރައިހާންގެ ތުންފަތަށް ވެރިވެފައިވީ ކާމިޔާބީގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.

ނިމިގެން ދިޔަ ކުޑަ ވަރެއްގެ “ޑްރާމާ” އަށް ފަހު އެންމެން އެނބުރި ފެންޑާއަށް ދިޔުމުން އެތަނުގައި ރައިހާން އާއި ލިވްޔާ އެކަނިވިއެވެ. ރައިހާން ބަލައިލުމާއި އެކު ލިވްޔާ ވަގުތުން ދޫ ނެރެފައި ވައްތަރެއް ޖައްސައިލިއެވެ.

“ކިތަންމެ ވަރަކަށް ދޫ ނެރެނެރެފައި ވައްތަރު ޖެއްސިޔަސް ކުޅިފަސް ލިބުނީ އަހަރެންގެ ކޮޅަށް ނޫން ކަމަކަށް ނުވާނެ.. ހަމަ ހުސްވެސް ފަހަރިގެ ހެޔޮކަން.. މަށަށް ހީވަނީ ދުވަސްކޮޅަކުން ފަހަރި ލިވްޔާއަށް ވުރެ ބޮޑަށް އަހަރެން ދެކެ ލޯބިވާނެހެން..” މަލާމާތުގެ ހިނިތުންވުމެއް ތުންފަތަށް ވެރި ކުރުވަމުން ރައިހާން ބުނެލިއިރު އޭނާގެ މަގްސަދަކަށް ވެފައި ވަނީ ލިވްޔާ ދެރަކޮށް ރުޅިއަރުވައިލުމެވެ. އެކަމުގައި އޭނާ ވަރަށް ރަނގަޅަށް ކާމިޔާބު ވެސް ވެއްޖެއެވެ.

“ފާޑުފާޑު ވާހަކަ ނުދައްކަ ހުރޭ! އަހަރެންގެ ކުޑާ އަބަދުވެސް އެންމެ ލޯބިވާނީ އަހަރެން ދެކެ.. އެހެން ނޫނަސް ކުޅިފަސް ލިބުނީ ރައިހާންގެ ކޮޅަކަށް ނޫން.. އަހަރެންގެ ކޮޅަށް.. އަހަންނަށް ވުރެ ކުރިން ސޮރީ ބުނަން ޖެހުނީ ރައިހާންއަށް.. ދެން ލަލަލާ! ތިއޮށް އީގޯ ވަރުގަދަ ބޭފުޅާގެ އީގޯ މި ނިކަމެތި އަންހެން ކުއްޖާގެ ކުރިމަތީގައި އެވީ ބިމާ ހަމަ!” ރައިހާންގެ މޫނުމަތީގައި އިނގިލި ހޫރައިލަމުން ލިވްޔާ ކޮށްލި މަލާމާތާއި އެކު ވަގުތުން ރައިހާންގެ ތުންފަތް މަތީގައިވީ ހިނިތުންވުން ފަނޑު ވެގެން ދިޔަ އިރު، ރުޅިވެރިކަމުގެ އަސަރުތައް އެ ރީތި މޫނުމަތީގައި ރަސްކަން ކުރަން ފަށައިފިއެވެ. އޭނާއާ ދިމާއަށް ދޫ ނެރެލާފައި ހެމުން ހެމުން ދިޔަ ލިވްޔާއަށް ބަލަހައްޓައިގެން ހުރި އިރު ކަތުރުކަށިގަނޑަށް ވާން ވެލާފައި، އަތުގެ ނާރުތައް ވެސް ފުއްޕާފައި ހުރުމުން ރައިހާން އައިސްފައި ހުރި ބަލައިލި ކޮންމެ މީހަކަށް ވެސް ފެންނާނެއެވެ.

*** ** ***

“ދޮންތީ.. ވާހަކައެއް އަހައިލަންތަ..؟” އެނދުމަތީގައި އިން ލިވްޔާ އަހައިލީ ލޯގަނޑު ކުރިމަތީގައި ފުނާއަޅަން ހުރި ލައިނީ ގާތުގައެވެ. ހޫމް އަޅުވައިލަމުން ލައިނީ އޭނާގެ ފަން އިސްތަށިގަނޑު ފަރިތަމަކަމާ އެކީ ވޫލްކޮޅަކުން ހައްޔަރު ކޮށްލިއެވެ.

“ރައިހާންއާ ރީންތަގެ ޕޭރެންޓްސް ކޮބާ..؟ މިހެން މި އެހީ މިއަދު އެންމެން ތިބި އިރުވެސް އެމީހުންގެ ވާހަކަ އެއްވެސް މީހަކު ނުދެއްކީމަ..” ލިވްޔާ ކުރި ސުވާލު އަޑު އިވިފައި ލައިނީގެ ހަރަކާތްތައް އިރުކޮޅަކަށް މަޑުޖެހިލިއެވެ. އިރުކޮޅަކު އެގޮތުގައި ހުރެފައި ލައިނީ އައިސް ލިވްޔާ ކައިރި އެނދުމަތީގައި އިށީނެވެ.

“ރީއްތައާ ރެންގެ ޕޭރެންޓްސް މީގެ ފަސް އަހަރު ކުރިން ވަނީ ދިމާވި އެކްސިޑެންޓެއްގަ ނިޔާވެފަ.. އެއީ އެންމެ ފުރަތަމަ ކުޑާ ޔާންއާ ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު..” އެނދުމަތީގައި ހަމަޖެހިލަމުން ލައިނީ ކިޔައިދޭން ފެށިއެވެ.

“އޭރު ރެންގެ އުމުރުން ވާނީ ވިހި އަހަރު.. ރެން އޭރު ދިޔައީ ބިޒްނެސް ދާއިރާއިން ކިޔަވަމުން.. ރެންގެ މަންމަމެން މަރުވުމުގެ ކުރިން ރެން އަކީ ވަރަށް ޖޮލީކޮށް ވަރަށް މަޖާކޮށް އުޅުނު މީހެއް.. އެކަމަކު އެ އެކްސިޑެންޓަށް ފަހު ރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ.. ރެންގެ މިޒާޖާ ރެންގެ ގޮތްތައް ވެސް މުޅީން ބަދަލުވެގެން ދިޔަ.. މައިންބަފައިން ވަކިވުމުގެ ފުން ހިތާމަ ރެންއަށް ލިބުނީ އޭގެ އެންމެ ހިތި ގޮތުގައި..” ލައިނީގެ ވާހަކަތަކުން ލިވްޔާގެ ހިތަށް ލޮޅުމެއް އެރިކަން ޔަގީނެވެ. އަބަދުމެ ގޮށްޖަހައިލާފައި ހުންނަ ބުމައާއި އަލިފާން ކަނި ބުރަބުރައި ހުންނަ ދެ ލޮލުގެ ފަހަތުގައި ފޮރުވިފައިވަނީ ވޭނާއި ހިތާމައާއި ކެކުޅުންކަން އެނގުމުން ލިވްޔާގެ ހިތަށް ވާންވެލައިގެން ދިޔައެވެ.

“ރެންގެ ބައްޕަ އަކީ ރާއްޖޭގެ ފާހަގަ ކޮށްލެވޭ މަޝްހޫރު ވިޔަފާރިވެރިއެއް.. ލިވީ އަޑުއަހަންތަ އަހުމަދު އަފާފް ކިޔާ އަޑު..؟” ލައިނީ އަހަައިލުމާއި އެކު ލިވްޔާ ވަގުތުން ބޯ ޖަހައިލިއެވެ. އަހުމަދު އަފާފް އަކީ ކާކުކަން ނޭނގޭ މީހަކު މި ދިވެހި ރާއްޖޭގައި ނޫޅޭނެކަން ޔަގީނެވެ.

“އަހުމަދު އަފާފް އަކީ ރެންގެ ބައްޕަ.. ރައިހާން އަހުމަދު އަފާފް.. ރީނާ އަހުމަދު އަފާފް.. އައިޝަތު ރާއިދާ އެއީ ރެންއާ ރީއްތަގެ މަންމަ.. ރެންގެ ބައްޕަގެ ވިޔަފާރިތައް ބަލަހައްޓަން އުމުރުން އެންމެ ވިހި އަހަރުގައި ރެން އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި އިށީން.. އޭރު ވިޔަފާރިއާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ވެސް ރެންއަކަށް ނޭނގޭނެ.. ހަދާނެ ގޮތެއް ނޭނގި، ކުރާނެ ކަމެއް ނުވިސްނިފައި ހުރެގެން ރެން ކުރި މަސައްކަތްތައް ފުރަތަމަ އަހަރުގެ ތެރޭގައި ދިޔައީ ފެނަށް.. އެއީ މުޅި ކޮމްޕެނީވެސް އެކުގައި އަޑިއަޅައިލި އަހަރެއް.. އެކަމަކު އޭގެ އަހަރެއް ފަހުން ޔާން ވެސް ކިޔަވާ ނިމިގެން އެ ކޮމްޕެނީއަށް ޖޮއިން ކުރި.. ޔާން އާއި ރެން އެކުވެގެން އަލުން އަނބުރައި ރެންގެ ބައްޕަގެ ކޮމްޕެނީ ކޮޅަށް ޖެހޭތޯ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނިވި.. މިއަދު ވެސް ރެންގެ ބައްޕަ ފެށި ވިޔަފާރި އެހުރި ގޮތުގަ ދެމިހުންނަނީ ރެންއާ ޔާންގެ ބުރަ މަސައްކަތުން..” ލައިނީ ކިޔައިދެމުން ދިޔަ އިރު ލިވްޔާ އިނީ ކަނުލައި އަޑުއަހާށެވެ. އިއްޔެއާއި މިއަދު ރައިހާންއާ ދިމާއަށް ކިޔުނު އެއްޗެއްސާއި ބުނެވުނު ބަސްތަކާއި މެދު އެ ހިތުގައި ގިލަންވެރިކަން އުފެދެން ފެށީ ރައިހާންގެ އެ އަނދިރި މާޒީ ކަޝްފުވެގެން ދިޔުމުންނެވެ. މަންމައަކާ ނުލައި އޭނާ ބޮޑުވި ނަމަވެސް އިރާދަ ކުރެއްވީތީ އޭނާ ދެކެ ނުހަނު ލޯބިވާ ބައްޕައަކު ދުނިޔޭގައި އެބަ ހުއްޓެވެ. އެހެނަސް ރައިހާން ދެ ނަސީބުން ވެސް މަހުރޫމުވީއެވެ.

“އެހާ ބައިވަރު ކަންތައްތައް ގޯތްރޫ ކޮށްފައި ހުރީމަތަ މިސްޓަރ ފޮނިބޮޑާ އެހާ ރުޅިގަދައީ..؟” ރައިހާންއާ ގުޅުވައިގެން ބުނި ބަހެއްގައި ލިވްޔާގެ އަޑު ނުކުތްލެއް މަޑުކަމުން ލައިނީ ވެސް ހައިރާން ވިއެވެ.

“އާނ.. އެ އެކްސިޑެންޓް އަނެއްހެން ކަމަކަށް އޮތީ.. ދެން ނޭނގެ މީހުން ކިޔައި އެއީ ގަސްތުގަ ބަޔަކު ކުރި ކަމެކޭވެސް.. އެކަމަކު އެއްވެސް ކަމެއް ސާބިތުވެފަކައި ނެތް.. ދެން އަދި އޭރު ރެން ކުއްޖަކާ ރައްޓެހިވެގެން އުޅުނު ކަމަށް ވަނީ.. އެކަމަކު ރެން އެންމެ ބަލިކަށިވެ، ކޮމްޕެނީ ވެސް އަޑި އަޅައިލައި، އެ ކުއްޖާއަށް ރެން އެންމެ ބޭނުންވި ދުވަހު އޭނަ ރެންއަށް ޗީޓް ކުރީއޭ ޔާން ބުނީ.. ދެން އެކަމެއް ކުޑާއަކަށް ނޭނގެ މާ ރަނގަޅަކަށް.. އެކަމަކު އަންހެން ކުއްޖެއްގެ ކަމެއް ވެސް އުޅުނު..” ލައިނީ އޭނާއަށް އެނގޭ އެއްޗެއް ލިވްޔާއަށް ކިޔައިދެމުން ދިޔަ އިރު، ހަގީގަތުގައި ވެސް ލިވްޔާ އިނީ ރައިހާންއަށް ދިމާވި ކަންތަކާއި މެދު ނިހާޔަތަށް ދެރަވެފައެވެ.

“ޔާންބެގެ ބައްޕަމެން ކޮމްޕެނީ ކަންތަކުގަ ހެލްޕް ނުވޭތަ..؟” ލިވްޔާއަށް އަހައިލެވުނީ ރާއިންއާއި ޔާނިއު އެކަނި އެހައި ބޮޑު ވިޔަފާރިއެއް ފުޅާ ކުރި ވާހަކަ ބުނި އިރު ހަލީމްމެން އެހީނުވެ އޮންނާނޭ ކަމަށް ހީކުރެވިފައި ނެތުމުންނެވެ.

“ހަލީމްބެއަކީ ޑޮކްޓަރެއް.. އެއްވެސް އިރަކު ވިޔަފާރިކޮށް އުޅުނު މީހެއް ނޫން.. ރެންގެ ބައްޕަމެން ނިޔާވުމުގެ މާ ކުރިން ވެސް މުޅި ވިޔަފާރި އެކުގައި ރެންއާ ރީންތަގެ ނަން މައްޗަށް ރަޖިސްޓްރީކޮށްފައި އޮތީ.. އެކަމަކު ރީންތަ އަބަދުވެސް ބުނަމުން ދިޔައީ ރީންތަ އެއިން އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމުގަ.. އެހެން ކިޔާފަ ރެންއާ ރީންތައާ ދެމީހުން ވެގެން ވިޔަފާރީގެ ސާޅީސް ޕަސަންޓް ޔާންގެ މައްޗަށް ރަޖިސްޓްރީކުރީ ޔާން މަނާކޮށްކޮށް ހުއްޓައި.. ކޮމްޕެނީގެ ނަން އަލުން ރޯޝަން ކުރަން ޔާން ކޮށްދިން މަސައްކަތުގެ ބަދަލެއްގެ ގޮތުން.. މިހާރު އޮތް ގޮތުން ސާޅީސް ޕަސަންޓް ޔާންއަށް، ދިހަ ޕަސަންޓް ރީންތައަށް އަދި ފަންސާސް ޕަސެންޓް ރެންއަށް.. ރެންގެ ބައްޕަގެ ކޮންޕެނީ ކޮޅަށް ޖެހުމަށް ފަހު ޔާން އުޅުނީ އޭނާގެ އަމިއްލަ ވިޔަފާރިއެއް ފަށަން.. އެކަމަކު އެކަން ނުވީ ރެން ޔާން ކުރެން އޭނާއާއި އެކުގައި އެ ކޮމްޕެނީގައި މަސައްކަތް ކުރަން އެދުމުން.. ޔާން ހުންނާނީ ރެން ބުނެފިއްޔާ އަަބަދުވެސް ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރަށް.. އެހައި ވެސް ބޮޑަށް ރެން ދެކެ ޔާން ލޯބިވާނެ.. އެހެންވެ މިއަދު އެ ވިޔަފާރީގެ މައި ގޮފިތަކުގެ އެންމެ މަތީގައި ތިބެ ރެން އާއި މަސައްކަތް ކުރަމުން އެ ދަނީ..” ލައިނީ ކިޔައިދެމުން ދިޔަ ވާހަކަތައް އަޑު އަހަން ލިވްޔާ އިނީ ދޫ ބަންދުވެފައެވެ.

“ދެން ލިވީ އަވަހަށް ނިދާ.. މާދަމާ ހެނދުނު ޖޮބް އިންޓަވިއުވެސް އެބަ އޮތެއްނު..” އެނދުމަތީގައި އޮށޯވެލަމުން ލައިނީ ބުނެލުމާއި އެކު ލިވްޔާ ވެސް ލައިނީ ގާތުގައި އޮށޯވެ ގައިމަތީގައި ކުއިލްޓް އަޅައިލިއެވެ. މުޅި ދުވަހު ބޭރުގަ އުޅެއުޅެފައި އައުމުގެ ސަބަބުން ހަށިގަނޑަށް ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔަ ނަމަވެސް އެ ހިތުގައި ވީ ރަހުމާއި ހަމްދަރުދީއެވެ. ދާދި ދެންމެއަކައި ޖެހެންދެން ވެސް ރައިހާންއަށް ޓަކައި އެ ހިތުގައި ރަސްކަން ކުރަމުން ދިޔަ ނަފްރަތާއި ރުޅިވެރިކަން މިހާރު ވަދެ ފިލީ ކޮންތަނަކަށް ކަމެއް ވެސް ނޭނގެއެވެ. ރައިހާންއަށް ދިމާވި ކަންތަކުގެ ވާހަކަ އަޑު އިވިފައި ވޭން އެޅީ އޭނާގެ ހިތުގައެވެ. އެރޭ ލިވްޔާގެ ދެލޮލަށް ނިދި ސަވާރުވެ އެސްފިޔަތައް ލެއްޕިގެން ދިޔަ އިރު، ނިދީގެ ތެރޭގައިވެސް ރައިހާންގެ ޚިޔާލުތައް އެ ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ.

*** ** ***

މުޅިން އައު ދުވަހަކަށް އެރި އިރާއި އެކު ލިވްޔާ ތެދުވެ ތައްޔާރުވާން ފެށީ މިއަދު ހެނދުނު ހަތެއް ޖަހާ އިރު އޮންނަ މީޓީންއަށް ދިޔުމަށް ތައްޔާރު ވާށެވެ. މިއަދު ލިވްޔާގެ އިންޓަވިއު އޮންނަކަން އެނގޭތީ ލައިނީ ސްކޫލަށް ދިޔައީ ހެނދުނު ހެނދުނާ ތެދުވެ ސައި ހަދާފައި، ބައްޕައަށް ސައިދީފައެވެ.

ހުދުކުލައިގެ ބްލައުސްއަކާއި އެކު ކަޅުކުލައިގެ ބެލްސެއްގައި ހުރި އިރު ލިވްޔާގެ މޫނުމަތިން ހަރު ވައްތަރެއް ޖަހަމުން ދިޔައެވެ. ލުއި މޭކަޕަކުން އެ އޮމާން މޫނުމަތި ފަޅުވިލުވައިލުމަށް ފަހު ލިވްޔާ ކަޅުކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް ބޮލުގައި އޮޅައިލިއެވެ. ފަރާތް ފަރާތަށް އެނބުރިފައި ހިތްހަމަ ޖެހޭ ވަރު ވުމުން ލިވްޔާ ގަޔަށް ސެންޓުކޮޅެއް ބުރުވައިލާފައި އެނދުމަތީގައި އޮތް ދަބަހާއި ފޯނު ހިފައިގެން މިސްރާބު ޖެހީ ބޭރަށެވެ.

ނަސީބު ރަނގަޅު ކަމުން ހަމަ ނުކުތުމާއި އެކު ވަރަށް ފަސޭހައިން ޓެކްސީއެއް އަތުޖެހިއްޖެއެވެ. ޓެކްސީއަށް އަރާފައި ދާންވީ އެޑްރެސް ބުނެލުމާއި އެކު ޑްރައިވަރު އޭނާގެ ދަތުރު ފެށިއެވެ. ދާން ބޭނުންވީ މަންޒިލަށް ދެވެންދެން ލިވްޔާ ދެން ކުރި ކަމަކީ އިންޓަވިއުގައި ކުރާނެ ކަމަށް ލަފާކުރެވޭ ބައެއް ސުވާލުތަކަށް ދޭނެ ޖަވާބުތައް ހިތުގައި ރާވައިލުމެވެ.

ބޭނުންވީ މަންޒިލަށް ވާސިލްވެވުމުން ލިވްޔާ ޑްރައިވަރަށް ފައިސާ ދައްކާފައި ކާރުން ފޭބިއެވެ. އެއަށްފަހު ކުރިމަތިން ފެންނަން ހުރި ބާރަ ބުރީގެ އިމާރާތަށް ބަލައިލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ލައިގެން ހުރި ބްލައުސް ރަނގަޅު ކޮށްލަމުން ތިމަންނައަށް މިކަން ވާނެޔޭ ހިތަށް އަރުވައިލަމުން ލިވްޔާ “އޭ.އާރް މެމޯރިއަލްސް”ގެ އިމާރާތަށް އަށް ވަންނަން ދިޔަ އިރު، އެ ހިތަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވެރިވެފައި ވިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ހިތުގެ އަނގުތު – ބާބް 4

Next

ދަތުރުـ13

Next
November 12, 2025

ދަތުރުـ13

Previews
November 12, 2025

ހިތުގެ އަނގުތު – ބާބް 4

20 Comments!

  1. Uk me says:
    November 12, 2025 at 1:15 pm

    Vaa vaa salhi!!!
    Seedha comedy eh lmfao😂😂😂
    Heehee bandah thadhu vejje ren aa livy aa hedhi!!
    Ekm then ninmaalee dhera vegen!! Aslu parents akee libey v.bodu niumatheh!
    Anyways waiting for the next!!

    1. Nayaa Nayaa says:
      November 12, 2025 at 3:09 pm

      thankyouu💕

      yess i try hurihaa raha eh ves gennan in my stories..labba asluves, parents are such a blessing dho alhamdhulillah

  2. Anonymous says:
    November 12, 2025 at 1:33 pm

    Vrh reethi mi part ves.
    Livi and Ren dhn eoh ulhey gotheh dho 😂😂. E dhaavarun dhanya adi eh dhuvahu loading ves vaanee Kan nynge.
    Whn nxt????????

    1. Nayaa Nayaa says:
      November 12, 2025 at 3:11 pm

      thank you so much

      hehe neynge ennu adhi livy aa ren aa kameh aslu couple aky🫢

      next part hama mihaaru ves ready ga iny thi kudhin ready veema hama submit kohlan v hehe

  3. gurrrrl says:
    November 12, 2025 at 2:47 pm

    hahaha this is hilarious 😂 ren n livyy eh dhww
    mivarun dhanyaa adhi ekaku anekaku athun beevegen nudhaavarah loabi ves vaane kanne
    btw when is next this is hama ehnme perfect
    vrh reethi mashallah

    1. Nayaa Nayaa says:
      November 12, 2025 at 3:12 pm

      thank youuu

      next part submit kohlan ready ga iny hama mihaaru ves ekam maa avas avahah parts genesdhineema readers foohi vedhaane dho kiyan..beynun suspense gellidhaane ennu..so how about Friday? Hehe

    2. Anonymous says:
      November 12, 2025 at 6:32 pm

      Alheyy suspense nugelleyne
      Mihaaru ves kiyaa hithun hureveny eh nooney 🥹
      Avas avahah kiyan libenya maa ufaa vaane 🥹❤️

    3. Nayaa Nayaa says:
      November 12, 2025 at 10:02 pm

      ehenveema maadhan submit kohlaanan..egoiy okay ennu😘

  4. Your fav bab Your fav bab says:
    November 12, 2025 at 6:11 pm

    Incredibly inspiring!!!
    Loves the way how you describe the scenes!
    Livy aa ren!! 😂😂😂 heee hee bidhijje!!
    Ego ves bimaa hama vejje dhw?!😹😹😹
    Waiting for the next!
    Ly

    1. Nayaa Nayaa says:
      November 12, 2025 at 10:28 pm

      thankyou so much

      ahaha yess nayaa ge ego ves hama bimaa hamave nimijje🤭😂

      Lym💕

  5. Mar Sha Mar Sha says:
    November 12, 2025 at 7:16 pm

    oh very nice, dhe myhunves hatred in fashaafa mihaaru sympathy ga, next is friendship or straight to love tha? hope livy ge family aa Raihaan ge parents ge death aa evves connection eh noannane kamah.. can’t wait to read dhe myhun like vaan fashaa hisaabu
    great work Layaa

    1. Nayaa Nayaa says:
      November 12, 2025 at 10:29 pm

      aww thank youu marsha loabi!!

      dhenn let’s see dhoo marsha thi buni gorhah veythoa..hehe

  6. Anonymous says:
    November 12, 2025 at 8:51 pm

    Avahah up kohla baaaa
    I just can’t wait. Mi story Kiyan fesheema abadhu kiyaa hih vanee

    1. Nayaa Nayaa says:
      November 12, 2025 at 10:02 pm

      In Sha Allah Maadhan 🥰

  7. NI-KI says:
    November 12, 2025 at 9:21 pm

    Kehdhevva
    Authors are a so humans crystals have a busy schedule
    Don’t get me wrong

    1. Nayaa Nayaa says:
      November 12, 2025 at 10:03 pm

      🥹💕

  8. Anonymous says:
    November 12, 2025 at 11:34 pm

    grown people arguing like this is corny

    1. Nayaa Nayaa says:
      November 13, 2025 at 1:48 am

      aw maybe for you dho dear 🫶🏾

  9. Alana says:
    November 13, 2025 at 12:51 am

    Mi part vess Vara reethiiiii
    Livya and raihaan ge kolhunn thah kiyaagen i was literally on the floor 🤣
    And it’s very sad to know raihaan ge past
    I know what it feels to lose a loved one
    Anyways can’t wait for the next part
    Lysm ♥️

    1. Nayaa Nayaa says:
      November 13, 2025 at 1:49 am

      thank you so much Alana💕💕

      aw i hope you’re okay now☹️ sending all the love💕💕

      lym💕

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 42←


All Right Reserved!