Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 6

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
November 15, 2025 8 Mins Read
13 Comments

ކުޑައިރުއްސުރެ އަމިއްލަ ވިޔަފާރިއެއް ފެށުުމުގެ ހުވަފެން ދެކެމުން އައި ޔާނިއު އެ ހުވަފެން ކަފުންކޮށް ވަޅުލާފައި، ލޯބިވާ ބޮޑުބޭބެ ހަމައެކަނި ހަނދާން ކަމުގައިވާ “އޭ.އާރް މެމޯރިއަލްސް” ގައި މަސައްކަތް ކުރަން ފެށީ އެއްބަނޑުއެއްބަފާ ކޮއްކޮގެ ގޮތުގައި ދެކެމުން އައި ރައިހާންގެ އެދުމުގެ މަތިންނެވެ. ބިމުއަޑީގައި ވަޅުލެވެމުން ދިޔަ “އޭ.އާރް މެމޯރިއަލްސް” އަލުން ނަގައި ކޮޅަށް ޖެހުމުގައި އެއް އަހަރު ވާންދެން ހޭބޯނާރައި މަސައްކަތް ކުރި މީހަކީ އޭނާއެވެ. ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެއްގެ ގޮތުން އެންމެ އުހުގައި ފިޔަޖަހަމުން ދިޔަ ތަރިއަކަށް އެ ކުންފުނި ވެގެން ދިޔަ އިރު، އެކަމުގެ ހަގީގީ މޭސްތިރިއެއްގެ ގޮތުގައި ލޭބަލްވެގެން ދިޔަ މީހަކީ ރައިހާންއެވެ. އެކަމާ ޔާނިއުގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހެނީ އޭނާ އެ ކުންފުންޏަށްޓަކައި ކޮށްދިން ކަމެއް ވިއްޔައި ކޮށްދިނީ ރައިހާންއަށްޓަކައެވެ. ވެލީގެ ދާނުގައި ކަފުން ކުރެވިފައިވާ ލޯބިވާ ބޮޑުބޭބެއާއި ބޮޑުދައިތަގެ ހަނދާނުގަވެ. މަޝްހޫރުކަމާއި ފައިސާގެ ދަހިވެތިކަމަކު ނޫނެވެ. އެހެނަސް އެއިން އެއްވެސް ގުރުބާނީއެއް ރައިހާން ފަދަ ހިލަ ހިތެއްގެ ވެރިއެއްގެ ކުރިމަތީގައި ކުނޑިފުށަކަށް ވެސް ނުވާނޭކަން މިއަދު ޔާނިއުއަށް ރަނގަޅަށް އެނގިއްޖެއެވެ.

“އޯކޭ.. ރެންގެ ބިޒްނެސް.. ރެންގެ ކޮމްޕެނީ.. ހަދަންވީ ގޮތް އެނގޭނީ ރެންއަށް.. ރެންގެ ކޮމްޕެނީގަ ކަންތައް ކުރަން ޖެހޭ ގޮތާ މެދު ފާޑު ކިޔުނީތީ އަހަރެން މައާފަށް އެދެން..” ހަމައެކަނި އެހެން ބުނެލާފައި ރައިހާންއަށް ބަލައިލުމެއް ވެސް ނެތި ޔާނިއު އެ ކެބިންއިން ނުކުމެގެން ދިޔުމާއި އެކު ރައިހާންގެ އެތެރެހަށީގައި އަނދަމުން ދިޔަ ހޫނު އަލިފާނުގެ އެތިފަހަރެއް ވީއްލައިލެވުނީ ކުރިމަތީގައި ހުރި މޭޒަށެވެ.

*** ** ***

ނުވައެއް ޖެހި އިރު “ރޯޒްވުޑްސް”ގެ މުޅި އާއިލާ އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ އިރު އެހެން ރޭރޭ މޭޒުމަތިން އިވިލައި ވާހަކަތަކާއި ހުނުމުގެ އަޑު ވަނީ ކެނޑިފައެވެ. އަބަދުވެސް އެގޮތަށް މުޅި އާއިލާ އެއްތަންވާ ވަގުތެއް ނަމަ އެންމެ ގިނައިން ވާހަކަ ދައްކައި، އެކަކު އަނެކްކާ ދިމާކޮށް މަޖާކޮށް ހަދާނީ ޔާނިއު އާއި ރައިހާންއެވެ. އެހެނަސް މިއަދު ހެނދުނު އޮފީހުގައި ހިނގައިދިޔަ ދެބަސްވުމަށް ފަހު އެދެމެދުގައިވަނީ މަރުފަދަ ހިމޭންކަމެކެވެ.

“ޔާންއާ ރެންއާ ދެކުދިން މިތިބީ ރުޅި ހަދާލައިގެންތަ..؟” ޔާއިނު އާއި ރައިހާންގެ ދެމެދުގައިވީ ހިމޭންކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ހަލީމަށެވެ. ހަލީމް ހަމަ އެހެން އަހަައިލުމާއި އެކު ފަޅި ސިކުންތަކަށް ޔާނިއުއާއި ރައިހާންގެ ނަޒަރު ސީދާވި ވަގުތުކޮޅަށް ފަހު ދެމީހުން ވެސް ދުރު ބަލައިލަމުން ދެފަރާތަށް ބޯހޫރުވައިލީ އެކީގައެވެ.

ރައިހާން އާއި ޔާނިއު އުޅެމުން ދިޔަ ގޮތުން އެދެމެދުގައި ކޮންމެވެސް ކަމެއް ވެއްޖަކަން ހަލީމްގެ ތޫނު ސިކުނޑިއަށް ނަގައިގަންނާކަށް އިރުތަކެއް ނުނެގިއެވެ. އެހެނަސް އެދެކުދީންގެ ކަންތައްތައް ހައްލު ކުރާނީ އެދެކުދީން އަމިއްލައަށޭ ހިތަށް އަރުވައިލަމުން ހަލީމް ދެން ފެށީ އެހެން ވާހަކައެވެ.

“ދަރިފުޅާ ރީން.. ނާއިފް އަދިވެސް އަންނާކަށް ނޫޅޭތަ..؟” ހަލީމް އަހައިލީ އޮފީސް ކަމަކު ނާއިފް ކައިރި ރިސޯޓެއްގެ މަސައްކަތު ސައިޓެއް ބަލަން ދިޔަ ގޮތަށް މާލެ ނައިސް ދެ ހަފްތާ ވާން ކައިރިވެފައި ވާތީއެވެ.

“ލައްބަ ދޮންބޭ.. އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ބުރަވީހެން..” އަތުގައި އޮތް އުލުން ތަށީގައި ހުރި ކާއެއްޗެހި ހާވަން އިނދެފައި ރީނާ ބުނެލިއެވެ.

“ކޮމްޕެނީ ފަރާތުން އޭނަ އެކޮޅަށް ދިޔައީ އެންމެ ހަފްތާއަކަށް.. މާލެ ނައިސް ދެ ހަފްތާ ވެގެން ދިޔަ އިރު ކުޑަމިނުން ލަސްވި ސަބަބު ވެސް ކޮމްޕެނީއަށް އަންގާފަކައި ނެތް.. މަސައްކަތުގެ ތެރޭގަ އާއިލާއަކަށް ރައްޓެއްސަކަށް އަހަންނެއް ނުބަލާނަން.. ދޮންތަ ވެސް އޭނަ ކައިރި ނާހަންތަ ލަސްވީ ކީއްވެތޯއެއް..؟” ރައިހާންގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ދިޔަ ނަމަވެސް އެތަނުގައި ތިބި އެއްވެސް މީހަކު އެކަމަކާ ހައިރާން ނުވީ، ނާއިފްގެ ވާހަކައެއް ދައްކާ ތަނެއްގައި ނަމަ ރައިހާންގެ އަޑު އަބަދުވެސް ދެގުނަ ބާރުވެގެން ދާތީއެވެ.

ފެށުނީއްސުރެވެސް ރީނާގެ ފިރިމީހާ ނާއިފަކީ ރައިހާން މާ ގަޔާވާ މީހެއް ނޫނެވެ. ބައްޕަ ދުނިޔޭގައި ނާއިފް ރީނާއާ ރައްޓެހި ވެގެން އުޅުނު އިރު އެތައް ފަހަރަކު ބައްޕަ އާއި މަންމަ ވަނީ ރީނާއަށް ނާއިފްވާ ދުރުވާން ނަސޭހަތްތެރިވެފައެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށްވީ ނާއިފްގެ ކަންނެތްކަމާއި ހަރުދަނާކަމެއް ނެތްކަމެވެ. ޒިންމާ އުފުލަން ނޭނގުމާއި ފަރުވާކުޑަވުމެވެ. އެހެނަސް ނާއިފް ދެކެ ވެވުނު މާތް، މަތިވެރި ލޯބީގެ ސަބަބުން ނާއިފާ ދުރުވުމަކީ ރީނާއަށް ކުރެވުނު ކަމަކަށް ނުވިއެވެ. ނާއިފަށް އެތަކެއް ނަސޭހަތެއް ދީގެން ބައްޕަގެ ކުންފުނިން ވަޒީފާ ހަމަޖައްސައިދިނީ ވެސް ޚުދު ރީނާއެވެ. ފުރަމަ އަފާފް އެކަމަށް ކިތަންމެ ދެކޮޅު ހެދި ނަމަވެސް، ލޯބިވާ އަންހެން ދަރިފުޅުގެ އެދުން ބޮލާލައި ޖަހާނޭހައި ހިތްވަރު އަފާފަށް ނުކުރެވުނީއެވެ. މަސައްކަތުގެ މާހައުލުގައި ނާއިފްގެ ފަރާތުން ފެންނަމުން ދިޔަ ފަރުވާކުޑަކަމާއި ކަންނެތްކަމާއި އެކުވެސް އަފާފް އާއި ރައިހާންގެ އިތުރުން ޔާނިއު ކެތްކޮށްލައިގެން ތިބީ ރީނާއަށްޓަކައެވެ.

ރައިހާން ނާއިފް ދެކެ ރުޅިއަންނަ އަނެއް ސަބަބަކީ ރީނާއާ ދޭތެރޭގައި އޭނާ ކަންތައް ކުރަމުން ދާ ގޮތެވެ. ރީނާ ދެކެ ރައިހާން ވާ ލޯތްބަކީ އެ އާއިލާގެ އެއްވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ. މިހާރުވެސް ރީނާގެ ހުރިހައި ޚަރަދުތަކެއް ބަލަހައްޓަމުން ދަނީ ރައިހާންއެވެ. ނާއިފަށް ލިބޭ މުސާރަ ހޭދަވަނީ ކޮން ކަމަކަށް ކަމެއް، އަދި ދަނީ ކޮންތާކަށް ކަމެއް އެނގޭ އިންސާނަކު ވެސް ނެތެވެ. ނުވިތާކަށް ނާއިފް އާއި ރީނާގެ ޒުވާބުގެ އަޑު ރައިހާން ވަނީ އެތައް ފަހަރެއްގެ މަތިން އަހާފައެވެ. އެއިން ކޮންމެ ފަހަރަކު ރީނާގެ ދިފާއުގައި ރައިހާން އަޑު އުފުލި ނަމަވެސް، އެކަމުން ރައިހާންއަށް ކުރިމަތިލާން ޖެހެނީ ރީނާގެ ނުރުހުމުގެ ބަސްތަކާއެވެ. ނާއިފް ދެކެ ވާ ކަނުލޯބީގެ ސަބަބުން ނާއިފްއާ ދިމާއަށް އެއްވެސް މީހަކު އެއްޗެއް ބުނާ އަޑު އެހުމަކީ ރީނާގެ ހިތަށް ބަރުދާސްތު ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

“ރެން.. ތަންކޮޅެއް ރީތިކޮށް ވާހަކަ ދައްކަބަލަ.. އެއީ ރެންގެ ދޮންތަބެއޭ!” ރީނާ ވެސް އަޑަށް ހަރުކަށިކަން ވެރިކޮށްލަމުން ބުނެލީ ފިރިމީހާގެ ދިފާއުގައެވެ. އެއަށް އެއްވެސް ރައްދެއް ނުދީ ރައިހާން ކެއުމައިގެން ކުރިއަށް ދިޔައީ ރުޅި އައިސްގެން ރީނާއާ ދިމާއަށް އެއްޗެކޭ ބުނަން ބޭނުން ނުވާތީއެވެ. ދޮންތަ ކުރިމަތީގައި އަޑުއުފުލައި ވަރަށް ވުރެ އޭނާ ދޮންތަ ދެކެ ވާ ލޯބި ވަރުގަދަވެފައި، ކުރާ އިހުތިރާމު ބޮޑެވެ.

ކެއުމަށް ފަހު ޔާނިއު ގޯތިތެރޭގައި އޮތް ބަގީޗާއަށް ނުކުމެލީ ހިތުގައިވީ އުދާސްތައް ފިލުވައިލާ، ސިކުނޑިއަށް ހަމަޖެހުމެއް ލިބޭތޯއެވެ. ފެހިކަން ގަދަ ވިނަތަކުގެ މަތިން ހިނގައިލާފައި ގޮސް އެތަނުގައި ހުރި ބެންޗެއްގައި ޔާނިއު އިށީނދެލިއެވެ. ވަޔާއި އެކުގައި ނަށަމުން ދިޔަ އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލަމުން، އުޑުމައްޗަށް ނަޒަރު ހުއްޓައިލި ވަގުތު އުޑުގައި ރަނިކަން ކުރަމުން ދިޔަ ނަލަ ހަނދު ފެނިފައި ޔާނިއުއަށް ޗޮކެއް ކަނޑައިލެވުނެވެ.

އެ ހަނދަކީ ދެން ކޯއްޗެއްހެއްޔެވެ؟ އޭނާގެ ލައިނީ ފެނިފައި އެ ހަނދުވެސް ލަދުން ވިލާތަކައި ނިވާވާނެކަން ޔަގީނެވެ. އެ ހިތުގެ ރާނީއާ އަޅައިބަލާ އިރު އެ ހަނދަނީ އޭނާއަށް ކުނޑިފުކެއް ފަދައެވެ. ދުނިޔޭގައިވާ އެއްވެސް އެއްޗަކާ ލައިނީގެ ރީތިކަން އަޅައިނުކިޔޭ ވަރަށް އޭނާއަށް ލައިނީ ރީތިވެފައި ނަލައެވެ. އެހައިމެ ޚާއްސައެވެ.

ލައިނީ މަތިން ހަނދާންވުމާއި އެކު ޔާނިއު ސޯޓުގެ ޖީބުގެ އޮތް ފޯނު ނަގާފައި ލައިނީގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ލައިނީގެ ލުއިލުއި މިޔުޒިކެއް ފަދަ ރީތި އަޑު ކަންފަތުގައި ޖެހުމާއި އެކު ޔާނިއުގެ ތުންފަތަށް ވެރިވީ ފިދާވާހައި ހިތްގައިމު ހިނިތުންވުމެކެވެ. ލައިނީއާ އެކިއެކި ވާހަކަ ދައްކަމުން ގޮސް ޔާނިއު ފޯނު ބެއްވީ ލައިނީ ކާން ދިޔުމުންނެވެ.

*** ** ***

ކޮޓަރީގައި ލެޕްޓޮޕް ހިފައިގެން އިނދެ މަސައްކަތް ކުރަމުން ދިޔަ ރައިހާންއަށް އެއްވެސް ވަރަކަށް މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވެއެވެ. މިއަދު ހެނދުނު އޮފީހުގައި ޔާނިއުއާ ދިމާއަށް ކިޔުނު އެއްޗެހި ހިތަށް އަރާފައި ދެރަ ވަނީއެވެ. ޔާނިއު ނެތް ނަމަ މިއަދު އެ ވިޔަފާރި އޮންނާނީ ބިމާހަމަވެފައި ކަމާއި މެދުގައި ރައިހާންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ވިޔަފާރި އަޑިޖެހެމުން ގޮސް އެންމެ ފުލުގައި އޮތް ނާޒުކު ދަނޑިވަޅުގައި އަލުން ވިޔަފާރި ނަގައި ކޮޅަށް ޖަހައިދިނީ އެކަމުގައި އެއް އަހަރު ވާންދެން ހޯބޭނާރައި މަސައްކަތް ކުރި ޔާނިއުއެވެ. ދިމާވި ކަންތައްތަކާއި ހުރެ އޭނާ އެންމެ ބަލިކަށިވީ ދުވަސްކޮޅު އޭނާއަށް އަޅައިލާ، ވިޔަފާރީގައި އޭނާ އަދާކުރަން ޖެހޭ ދައުރު ޔާނިއު އަދާކުރީ އެތައް ކަންތައްތަކެއް ޤުރުބާންކޮށްފައެވެ. ބަދަލުގައި އެއްވެސް އެއްޗަކަށް ނޭދެއެވެ. ބައްޕަ އުމުރު ދުވަހު މަސައްކަތް ކޮށްގެން ފުޅާކުރި ވިޔަފާރި ބިމާހަމަވި އިރު، ބައްޕަގެ އުފަން ދަރިފުޅަށް ވެހުރެ އޭނާއަށް ނުކުރެވުނު މަސައްކަތް ކުރީ ޔާނިއުއެވެ. މިއަދު ބައްޕަ ދުނިޔޭގައި ހުރި ނަމަ ޔާނިއުއާ މެދުގައި ހާދަ ފަޚުރުވެރިވީހެވެ.

ވީއިރު މިއަދު ޔާނިއުއާ ދިމާއަށް ބުނި ފަދަ އެއްޗެއް ބުނުމަށް ރައިހާންއަށް އޮތީ ކޮން ހައްގެއްހެއްޔެވެ؟ “އޭ.އާރް މެމޯރިއަލްސް” ބިލްޑިން މިއަދު ކޮޅަށް ހުރުމުގެ އަސްލަކީ ޔާނިއުއެވެ. މިވީހާ ތަނަށް ވެސް މަސައްކަތުގެ ދާއިރާގައި ޔާނިއުގެ ކިބައިން އެނާއަށް ފެނިފައި ވަނީ މުޅީންވެސް ތެދުވެރިކަމާއި އިޚުލާސްތެރިކަމެވެ. ކެރުންތެރިކަމާއި ހިކުމަތްތެރިކަމެވެ. ޒިންމާދާރުކަމާއި ހަރުދަނާކަމެވެ.

ވިޔަފާރިއަށް ގެއްލުންވާނޭ ގޮތަށް އޭނާ އަޅަން އުޅުނު ކިތަންމެ ފިޔަވަޅެއް ހުއްޓުވީ ޔާނިއުއެވެ. އެހެންމީހުންގެ ލޯކުރިމަތީގައި ކުންފުނީގެ މޭސްތިރިއަކީ ރައިހާން ކަމުގައި ވިޔަސް، ގިނަ ފަހަރަށް ކަން ކުރަންވީ ގޮތުގެ އިރުޝާދު ރައިހާންއަށް ދޭ ފަރާތަކީ ޔާނިއުއެވެ. އެހެނަސް މިއަދު ޔާނިއު އޭނާގެ ޚިޔާލު ފާޅު ކުރުމުން އެކަމާ ބޮލާލައި ޖަހައި، އޭނާގެ މައްޗަށް ބަސް ކިޔުމުގެ އެއްވެސް ހައްގެއް ނެތް ކަމުގައި ބުނެވުނު ހަނދާން ވުމުން ރައިހާންއަށް ދެލޯ މަރައި ބާރުކޮށްލެވުނީ އަމިއްލަ ނަފްސު ދެކެ އިންތިހާއަށް ރުޅި އާދެވުމުންނެވެ. އޭނާ ދެކެ އެހައި ލޯބިވާ ބޭބެއަކާ އެފަދަ ގޮތަކަށް ވާހަކަ ދެއްކުނީތީ ހަގީގަތުގައިވެސް ރައިހާން ދެރަވިއެވެ.

ޔާނިއުގެ ކިބައިން މައާފަށް ނޭދި، އެ ގުޅުން ރަނގަޅު ނުކޮށް މިރޭ އޭނާއަށް ލޮލުފިޔައެއް ވެސް ނުޖެހޭނެކަން ޔަގީންވުމާއި އެކު ރައިހާން ލެޕްޓޮޕް ލައްޕައިލާފައި އެނދުމަތިން ތެދުވިއެވެ. ލައިގެން ހުރި ކަޅުކުލައިގެ ސޯޓު މައްޗަށް އަރުވައިލަމުން އެނދުމައްޗަށް އެއްލައިލާފައި އޮތް އަޅިކުލައިގެ ޓީޝާޓު ބޮލަށް މަހައިލަމުން ރައިހާން އޭނާގެ ކޮޓަރިން ނުކުތެވެ.

ގޭތެރެއިން ޔާނިއު ފެންނަން ނެތުމުން ރައިހާން ބަގީޗާތެރެއަށް ނުކުތެވެ. އެވަގުތު އަނބުގަސް ކައިރީގައި ހުރި ބެންޗުގައި ޔާނިއު އިށީނދެ އިނދެގެން ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ދިޔައެވެ. ޔާނިއުއާ ކައިރިވީ ވަރަކަށް އެ ތުންފަތްމަތީގައިވީ ހިނިތުންވުމާއި މޫނުމަތީގައިވީ އުޖާލާކަމުން ޔާނިއު ގުޅައިން އިނީ ކާކާ ކަން ރައިހާންއަށް އެނގިއްޖެއެވެ. އެހެންކަމުން ޔާނިއުއަށް އުނދަގޫ ކުރުމެއް ނެތި ދިހަވަރަކަށް މިނެޓު ވާންދެން ޔާނިއުގެ ފަހަތުގައި ރައިހާން ހުއްޓިލައިގެން ހުރީ ޔާނިއުގެ ފޯނުކޯލު ނިމެންދެނެވެ.

“ޔާން..” ޔާނިއު ފޯނު ބޭއްވުމާއި އެކު ރައިހާން ގޮސް ޔާނިއުގެ ކައިރީގައި އިށީންނަމުން ގޮވައިލި އިރު އެ އަޑުގައިވަނީ މަޑުމޮޅިކަމެވެ. ރައިހާންގެ އަޑުގައިވީ ތަފާތު އަސަރާއިއެކު ޔާނިއު ރައިހާންއަށް ބަލައިލި ނަމަވެސް އެ ހިތްގައިމު މޫނުމަތިން އެއްވެސް އަސަރެއް ނުދައްކައެވެ.

“ޔާން.. އެނގޭ ތިހުރީ އަހަރެން ދެކެ ހިތްހަމަނުޖެހިފަކަން.. އެންޑް އިޓްސް އޯލް މައި ފޯލްޓް.. މިއަދު ޔާންއާ ދިމާއަށް އަހަންނަށް ކިޔުނީ އެއްގޮތަކަށްވެސް ކިޔައިގެން ވާނޭ އެއްޗެއްސެއް ނޫން.. އައިމް ސޮރީ މޭން..” ޔާނިއުގެ މޫނަށް ބަލައިލަމުން ރައިހާން ބުނެލި އިރު އޭނާގެ އަޑުން އެކަނިވެސް ކުރެވުނު ކަންތަކާއި ދޭތެރޭގައި ނުހަނު ހިތާމަކުރާކަން އެނގުނެވެ.

“އަސްލު އަހަރެންގެ ކޮމްޕެނީއެއްގެ ގޮތުގައި އޮތަސް އެއީ ހަމަ ޔާންގެވެސް ކޮމްޕެނީއެއް.. ޔާން އެހީ ނުވި ނަމަ ޑޭޑް އެޔޮށް ވަރުން ފެށި ވިޔަފާރި މިއަދު އޮންނާނީ ބިމާހަމަވެފަ.. ބިޒްނެސްގަ ކަންތައް ކުރަންވީ ގޮތް އަހަންނަށް އަބަދުވެސް ކިޔައިދޭ މީހަކީ ޔާން.. ދަސްވި އެއްޗެއް އަހަންނަށް ދަސްވީ ޔާންގެ ފަރާތުން.. މިއަދާ ހަމައަށްވެސް ޔާން ކުރި ކޮންމެ ކަމެއް ވެސް ކުރީ ހަމަ ކޮމްޕެނީއަށް ރަނގަޅަކަށް.. ލިވްޔާ ދެކެ އައިސްފައި ހުރި ރުޅިން ވިސްނައިނުލައި އަހަންނަށް ޔާންއަށް ޑައުޓް ކުރެވުނީ.. މިއަދު ޑޭޑް ހުރި ނަމަ އަހަރެން ޔާންއާ ވާހަކަ ދެއްކި ގޮތުން އަހަރެން ދެކެ ރުޅިވެސް އަންނާނެ.. ޑޭޑްގެ ހުވަފެން މިއަދު ކާމިޔާބުކަމާއެކީ ދެމިހުރުމުގެ ސިއްރަކީ ޔާން.. ހީ ވުޑް ބީ ސޯ ޕްރައުޑް އޮފް ޔޫ..” އޭނާ މައާފަށް އެދުމުން ވެސް ޔާނިއު ޖަވާބެއް ނުދިނުމުން ރައިހާން ދެރަވެފައި އަނެއްކައިވެސް ވާހަކަ ދެއްކިއެވެ. ނިޔާވެފައިވާ ބައްޕަގެ ވާހަކަ ދެއްކި އިރު ރައިހާންގެ ފުން ދެލޮލުގެ ތެރޭގައި ކަރުނައިގެ މުތީތައް ފެނުމާއިއެކު ޔާނިއުގެ ހިތަށް ވެސް އަސަރު ކުރިއެވެ. ގޮތުގައި ހިފަހައްޓަން ބޭނުންވީ ނަމަވެސް އެކަމަށް ހުރަސްއެޅީ ރައިހާންގެ މޫނުމަތީގައި އޮޅިފައިވީ ހިތާމައިގެ ސާލެވެ.

“އިޓްސް އޯކޭ ރެން.. އަހަންނަށް އެނގޭ ރެން ގަސްތުގައި ކީ އެއްޗެއްސެއް ނޫންކަން.. އެކަމަކުވެސް ރެންގެ ތި ރުޅިގަނޑު އެބަ ޖެހޭ ތަންކޮޅެއް މައިތިރި ކުރަން.. އަންނަ ރުޅީގަ ބުނެވޭ އެންމެ ބަހަކުން ވެސް ތިމާގެ ލޯބިވާ މީހުންގެ ހިތުގައި އުމުރަށް ޒަޚަމެއް ލައްވައިލެވިދާނެ..” ޔާނިއުގެ ބަސްތައް މާނަފުންވެފައި ނުހަނު ވަރުގަދައެވެ. ޔާނިއުގެ ނަސޭހަތްތައް އަޑުއަހަން އިން ރައިހާން އިރުއިރުކޮޅާ ބޯޖަހަނީ އެ ނަސޭހަތްތައް ތިމަންނައަށް ނުހަނު މުހިއްމޭ ބުނާ ފަދައަކުންނެވެ.

“ދެން އަހަރެން އަބަދުވެސް ބުނަން ދޯ ރެން ގާތު ވޯރކް ލައިފްއާ ޕަރސަނަލް ލައިފް ވަކިކުރާށޭ.. ޕަރސަނަލް ލައިފްގަ ލިވްޔާއާ ޖެހުނު މައްސަލަގަނޑެއްގެ ސަބަބުން ވޯރކް ލައިފްއަށް އޭގެ އަސަރު ކުރަން ފުރުސަތު ދިނީމަ އެއިން އެ ދައްކުވައިދެނީ ރެންގެ ހުރި އަންޕްރޮފެޝަނަލްކަން.. ދެންވެސް އެކަހަލަ ކަމެއް ނުކުރައްޗޭ..” ޔާނިއުގެ ނަސޭހަތް އަޑުއަހަން އިނދެފައި މިފަހަރުވެސް ރައިހާން ބޯޖަހައިލީއެވެ.

“މިވީހާ ތަނަށްވެސް ކޮމްޕެނީއަށް ގެއްލުންވާ ގޮތަކަށް ޔާން އެއްވެސް ކަމެއް ކޮށްފަކައި ނެތް.. އަހަރެން އަބަދުވެސް ޔާންއަށް ފުރިހަމައަށް އިތުބާރު ކުރަން.. މިކަމުގަވެސް ޔާން ބޭނުން ގޮތަކަށް ނިންމާ.. ލިވްޔާ ވަޒީފާއަށް ނެގިޔަސް އަހަރެންގެ އެއްވެސް މައްސަލައެއް ނެތް..” ރައިހާން ދެން ބުނެލި ވާހަކައިން ޔާނިއުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވި އިރު ރައިހާންއަށް ވިސްނުނީތީ އުފާކުރިއެވެ. ޔާނިއު ހެޔޮހިތުން އޭނާއަށް މައާފު ކުރުމުން ހަގީގަތުގައިވެސް ރައިހާންގެ ހިތަށް ލިބުނު ހިތްހަމަޖެހުން ބަޔާންކުރަން ދައްޗެވެ.

“އަ ހަގް..؟” ދެ އަތް ފުޅާކޮށްލަމުން ރައިހާން އަހައިލި އިރު އެ އަޑާއި މޫނުމަތީގައިވީ މައުސޫމުކަމުން ކުޑަކުއްޖެއް ފަދައެވެ.

“ކަމް ހިއަރ ޑޫޑް!” ހިނިގަނޑެއް ޖަހައިލަމުން ޔާނިއު އޭނާގެ އަތްވެސް ފުޅާކޮށްލުމުން ރައިހާން ވަގުތުން ޔާނިއުގެ ގައިގައި ބައްދައިލިއެވެ. ރައިހާން އުޅުނު ގޮތުން ހިނިއައިސްފައި ހުރެ ޔާނިއު ރައިހާންގެ ބުރަކަށީގައި ޖަހައިލިއެވެ.

އެއީ ކުޑައިރުވެސް އެދެމީހުންގެ އާދައެވެ. ދެމީހުން ޒުވާބެއް ކޮށްލައިގެން މައްސަލަ ހޫނުވާ ހިސާބަށް ދިޔައީމައި ރުޅިމޫނު ހަދައިގެން ވާހަކަ ނުދައްކައި ތިބޭނެއެވެ. އެހެނަސް އެގޮތުގައި ދެމީހުންނަށް ވެސް ކެތްވާނީ ދެތިން ގަޑިއިރެވެ. އެކަކު އަނެކަކުގެ ކިބައިން މަޢާފަށް އެދިފައި، ބައްދައިލުމަކީ މައާފް ކުރުމުގައި އެދެމީހުން ގެންގުޅޭ އުސޫލެވެ. ދެމީހުންގެ ބައްޕަމެން ވެސް އެގޮތަށް ކަންތައް ކުރާތަން ފެނިފައިވާތީ އެ މިސާލުން ދެ ޒުވާނުންވެސް ނަމޫނާ ލިބިގަތީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ.

“ރެން އަހަރެން ގާތުން މައާފަށް އެދޭހައި ފަސޭހައިން އެހެން މީހުން ކައިރިން ވެސް މައާފަށް އެދޭނެ ނަމަ.. ކުރިން ދުވަހުވެސް ލިވްޔާ ކައިރިން މައާފަށް އެދެން ޖެހުނީމަ މީހާ ރުޅިއައިސްގެން ގޮސް ހުރީ ފުފިފައި ވިއްޔަ..” ރައިހާންއާ ދުރުވެލަމުން ޔާނިއު ބުނެލުމާއި އެކު ރައިހާން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

“ހަމަ ހުވާ ހާދަ ރުޅިއެކޭ އެ އަންހެން ކުއްޖާ ދެކެ އަހަރެން އަންނަނީ.. ބައެއް ފަހަރު ހިތަށް އަރާ ކޮށާފައި ކާޅަށް ކާންދީފާނަމޭވެސް.. ތިމާވަރުގެ މީހަކު ނެތިގެން އަހަރެންގެ ކުރިމަތީގައި އަނގަގަދަ ކުރަން ލަދެއްވެސް ނުގަނެޔޭ އަދި..” ދެލޯ ހަނިކޮށްލަމުން ރައިހާން ލިވްޔާއަށް ކުދިކިޔައިގަތުމާއި އެކު ޔާނިއު ހޭން ފެށީ މަޖާވީ ވަރުންނެވެ.

“އެކަމެއް ނޭނގެ މިއަދުވެސް އޮފީސްތެރޭ ދެމީހުން ޝެއަރކޮށްލި ރޮމޭންޓިކް ވަގުތުކޮޅު ހީވީ ހަމަ ފިލްމެއްގެ ސީންއެކޭ.. ރެންގެ އަތުތެރޭ ލިވީ.. ދެމީހުން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފަ.. ޕިސް.. މަށާ ލައިއަށް ވެސް އަދި ތިކަހަލަ ރޮމޭންޓިކް އެކްސިޑެންޓަކައި ލައްވައެއް ނުލައި..” ޔާނިއު ދައްކަމުން ދިޔަ ވާހަކައިން ރައިހާން އިތުރަށް މޫނު ކުނިކޮށްލިއެވެ.

“ޗީޑީ! އައި ޖަސްޓް ފެލްޓް ބޭޑް ފޯރ ހަރ.. ރުޅިގަދަވިޔަސް މަށަކީ ޔާން ހީކުރާހައި ހިތްހަރު މީހެއް ނޫނޭ.. އެ ކުއްޖާގަނޑު ވެއްޓެން ދިޔައީމަ ހިފެހެއްޓީ.. ދެންވެސް ދުރުވާން ނޫޅުނީމަ ރުޅިއައިސްގެން މަ އޭނަ ގައިން ދޫކޮށްލީ..” އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ރައިހާން ބުނި ނަމަވެސް، ކަންތައްވީ އެހެން ނޫންކަން އޭނާގެ އަމިއްލަ ހިތަށް ވެސް އިހުސާސް ކުރެވެއެވެ. އެހެނަސް ރައިހާން ފަދަ މީހަކު ދުވަހަކުވެސް ހިތުގެ ގޮވުމަށް އިޖާބަދޭނެ ހެއްޔެވެ؟

———

“އާއެކޭ! ދެން މީނަގަނޑު މަގޭ ގައިން ދޫކޮށްލީމަ ގޮސް ޖެހުނީ ބިންމައްޗަށް.. ހަމަ ހުވާ އަހަރެންގެ އުނަގަނޑަށް ހާދަ ތަދެއް ވިޔޭ.. އަދި މީއްޗަކު ބަލަބަލާފަ ފެށީ ހޭން!” ސޯފާގައި އިނދެގެން ލިވްޔާ ޝަކުވާ ކުރަމުން ދިޔައީ ކައިރީގައި އިން ލައިނީ ގާތުގައެވެ.

“ދެން އެކަމް ހާދަ ރޮމޭންޓިކް މޫމެންޓެކޭ ތި ދިޔައީ.. ކުޑާ އަދި ޔާންއަށް ގުޅައިގެން ރެންގެ ސައިޑް ވެސް ހޯދާނަން..” ހެވެމުން ދިޔަ ވަރުން ލައިނީއަށް ރަނގަޅަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ.

“ނޫން ދެން އޭރުން ޔާންބެވެސް އަހަންނާ ދިމާއަށް އެއްޗެހި ކިޔާނީ.. މިއަދުވެސް އެތާ ހުރެގެން ހުސް ހެވުނީ..” ލައިނީގެ އުނގުގައި ބޯއަޅައިލަމުން ލިވްޔާ ކުސްތަޅައިލިއެވެ.

“ސާބަހޭ.. ހޫމް ތިއެއް ނޫނޭ ދެން.. އިންޓަވިއު ކިހިނެއްތަ ދިޔައީ..؟ ޖޮބް ލިބޭނެހެން ހީވޭތަ..؟” ލިވްޔާގެ ބުޅި އިސްތަށިގަނޑާ ކުޅެލަމުން ލައިނީ އަހައިލިއެވެ.

“ހީވަނީ ލިބޭނެހެން.. އަސްލު ޔާންބެ އިންޓަވިއު ކުރީމަ ވަރަށް ކޮމްފޮޓެބްލް.. އެހެންވެ އެހެން އިންޓަވިއުތަކާ ބަލާފަ މާ ބޮޑަށް ކޮންފިޑެންޓްވެސް ވެވުނު.. ވަރަށް ހީވޭ ޖޮބް ލިބޭނެހެން.. އެކަމަކު އެ ފޮނިބޮޑާ ފިރިހެނާ އުޅެފާނެ އަހަންނަށް ވަޒީފާ ނުދޭންވެސް.. އަދި ވަރަށް ފޮނިވެލާފަ ބުންޏޭ.. އަހަރެންގެ އޮފީހޯ މިއީ.. ދެން އޭނަގެ އޮފީސް ވީމަ އެހެން މީހަކަށް އެތަނުގެ ތެރެއަށް ފިޔަވަޅެއްވެސް ނޭޭޅެނީ ތޯއްޗެއް.. އެތަނަށް ވަޒީފާއަށް ދާހިތް ވެސް ކެނޑިއްޖެ..” ލިވްޔާ ވާހަކަ ދައްކަމުން މޫނަށް ޖައްސަމުން ދިޔަ ވައްތަރުތައް ފެނިފައި ލައިނީގެ ހުނުން ހިނދުކޮޅަކަށްވެސް މެދުކެނޑިގެން ނުދެއެވެ.

“އެކަމަކުވެސް ލިބިއްޖެއްޔާ ދާން ވާނެ އިނގޭ.. މިހާރު ވަޒީފާއެއް ހޯދުމަކީވެސް އެހައި އުނދަގޫ ކަމެއް.. އަނެއްކައި އެހައި ރަނގަޅު ކޮމްޕެނީއަކުން ލިބިއްޖެއްޔާ ދޫކޮށްލައިގެން އެއްގޮތަކަށްވެސް ކަމަކު ނުދާނެ.. އެހެންނޫނަސް ޔާންބެވެސް އެތާ ވޯރކް ކުރާނެއެއްނު.. އޭރުން ކުޑާވެސް ހިތްހަމަޖެހޭނެ..” ލައިނީ ބުނެލީ އޭނާ ބޭނުންވާ ގޮތެވެ.

“ދެން ދާނީ ދޯ.. އެކަމަކު ކޮންމެ ދުވަހަކު އެ ފިރިހެނާ ދެކެން ވެއްޖެއްޔާ މަގޭ ދެލޮލަށް މިރުސް އެޅިދާނެ.. މިވަރުން ދަންޏާ ކިހިނަކުންބާ މަ އެ އޮފީހުގަ މަސައްކަތް ކުރާނީ..؟” މޫނުގައި ދެއަތް އުނގުޅައިލަމުން ލިވްޔާ އަނެއްކާވެސް ރައިހާންއަށް ކުދިކިޔަން ފެށިއެވެ.

———

“ނޭނގެ އަހަންނަކަށް ވެސް! އެ އަންހެނާ ނުފެންނަ ހިސާބުގަ އުޅެވޭތޯ އަބަދު ބަލަން ޖެހޭނީ.. އެ މޫނު އެއްފަހަރު ފެނުނަސް މަގޭ މުޅި ދުވަސް ޚަރާބުވެގެން ހިނގައިދާނެ..” ޔާނިއު ދިމާކުރަން ފެށުމައިއެކު ރުޅިއައިސްފައި އިނދެ ރައިހާން ދިޔައީ ހިތާހިތުން ލިވްޔާއަށް އެތިވަރު ގޮވަމުންނެވެ.

“މިހާރު އެ މޫނު ފެންނަ އިރަށް ދުވަސް ޚަރާބު ވިޔަސް ދުވަސްކޮޅެއް ފަހުން އެ މޫނު ނުފެނި ރެންގެ ދުވަސް ފުރިހަމަވެސް ނުވާނެ ކަންނޭނގެ..” އެއްލޯ މަރައިލަމުން ޔާނިއު ދިމާކޮށްލުމާއި އެކު ރައިހާން ވަގުތުން ޔާނިއުއަށް ލޯއަޅައިލިއެވެ.

“އަހަރެން މި ދަނީ ނިދަން.. ވަރަށް ނިދި އައިއްސި.. ގުޑްނައިޓް..” ޔާނިއުގެ ދިމާކުރުންތައް ނުހުއްޓޭނެކަން އެނގޭތީ ރައިހާން އެތަނުން ތެދުވެގެން ގޮސް ގެއަށް ވަނެވެ. ރައިހާން ގޭތެރެއަށް ވަން މަންޒަރު ބަލަން އިން ޔާނިއު ލުއި ހުނުމަކާއި އެކު ދެފަރާތަށް ބޯހޫރުވައިލީ ރައިހާން އުޅެމުން ދިޔަ ގޮތުން މަޖާވެ ހުރެއެވެ.

އެހެނަސް ހިތުގެ ކަނަކުން ޔާނިއު ދިޔައީ ރައިހާން އާއި ލިވްޔާ ގުޅޭތޯ ދުޢާ ކުރަމުންނެވެ. ނިމްޝާގެ ސަބަބުން ރައިހާންގެ ހިތުގައިވީ ޒަޚަމްތަކުގެ ފަރުވާއަކަށް ލިވްޔާ ފުދޭނެކަން ޔާނިއުއަށް ޔަގީންވެއެވެ. އެހެނަސް ރުހުމުގެ ލޮލަލުން ލިވްޔާއާ ދިމާއަށް ބަލައިވެސްނުލާން ހުވާކޮށްގެން ރައިހާން ހުރި އިރު، އެދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ގޮތެއް ހޯދުމުގައި ޔާނިއުގެ ތޫނު ސިކުނޑި ވެސް މިފަހަރު ވީ ނާކާމިޔާބެވެ.

ޔާނިއުއެކޭ އެއްފަދައިން ލައިނީ ވެސް ބޭނުންވަނީ ހަމަ އެގޮތެވެ. އޭރުން ޔާނިއުއާ ކައިވެނި ކުރުމަށް ފަހުވެސް ލައިނީގެ ގާތުގައި ލިވްޔާއަށް ހުރެވޭނެއެވެ. އެދެމީހުންނާއި އެކުގައި ބައްޕަ ވެސް އެގެއަށް ގެނެވޭނެއެވެ. ކައިވެނި ކުރުމަށްފަހު ދެން ވާނޭ ގޮތާއި މެދު އެ ހިތުގައި އޮތް ހާސްކަމަށް ހައްލެއް ވެސް ލިބުނީއެވެ. އެހެނަސް ރައިހާންއާ ގުޅުވައިގެން ލިވްޔާގެ ދުލުން ބަދުބަހެއް ނޫނީ ބޭރު ނުވާ އިރު، އެދެމީހުން ގުޅުވާނެ ގޮތެއް ހޯދުމުގައި ޔާނިއުއެކޭ އެއްފަދައިން ލައިނީ ވެސް ނުކުޅެދުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ނަފްރަތު(6)

Next

މައީރިން 1

Next
November 15, 2025

މައީރިން 1

Previews
November 14, 2025

ނަފްރަތު(6)

13 Comments!

  1. K says:
    November 15, 2025 at 11:43 am

    Vrhhhhhhhh salhi. Next part ves avahah up kohdheycheyyy.

    1. Nayaa Nayaa says:
      November 15, 2025 at 12:59 pm

      thank youuu
      In Sha Allah will do

  2. Nai_73 says:
    November 15, 2025 at 12:28 pm

    Hey Nayuu
    Mi part ves Vrh reethi insha Allah Adhi livya aaa raihaan gulheyne meehun beune ulhe ehnu nafrathaky Loabeege feshumey ehen kanynge vanyy dhw Curiously waiting for the next part when’s next you are a talented author keep shining
    Lyyy💋❤️

    1. Nayaa Nayaa says:
      November 15, 2025 at 1:00 pm

      thankyouuu💕💕
      lym💕💕

  3. Shiu says:
    November 15, 2025 at 1:00 pm

    Mi part vx varah Reethi Masha Allah..
    I knew Ren akah maa ginairu Sorry nubune nuhureveynekan. 😅
    Ren and Liv ge Koalhun gandu dhw 🤣 I love it.
    Ren aaa Liv aaa Adhi gulheyne IA.
    Yaan really loves Lainy🥰
    Yaan and Lai ekanyeh noon, I also want Liv and Ren gulhuvan sooooo badly 😅
    Curiously waiting for the next part…
    Sorry kury 2 parts ah comment nukurevuneema 😔 but story kiyan hama baraabarah.😊
    Lysm Nayu 💗

    1. Nayaa Nayaa says:
      November 15, 2025 at 1:18 pm

      aww thankyouu 💕💕

      hehe let’s see dho dhen vaa gotheh

      it’s okayy comment nukuriyas kiyaali kan enguneema varah ufaa vejje💕

      lym shiu💕

  4. ~Ellly~ says:
    November 15, 2025 at 1:07 pm

    Woww MA!!!! This is Soo good nayuu!!! Sifakurunthah is hama top tier!!!! I’m literally dying to read the next part:))). Tc&much luv to you darling<3

    1. Nayaa Nayaa says:
      November 15, 2025 at 1:19 pm

      thankyouuu dearr💕💕

      love youu back💕💕

  5. Anonymous says:
    November 15, 2025 at 2:26 pm

    Ren ah visnuneema Vrh ufaa vi
    I desperately want Ren and livi gulhen.
    Whn nxt????

    1. Nayaa Nayaa says:
      November 16, 2025 at 5:07 am

      Miadhu submit kohlaanan Insha Allah

  6. Anonymous says:
    November 15, 2025 at 10:35 pm

    Vrh reethi mi part ves mashallah alhe ren dhw🤣🤣 haadha maja eyy midhemeehun ulhey goiii 🤣🤣🤣 a also want ekahala life ehh hehe furathama rulhi ulhefa fahun 🤝😄
    Btw mi part ves vrh furihama when next
    Vrh curious next part ah
    Love you nayaa 🫶🏻🥹🩷

    1. Nayaa Nayaa says:
      November 16, 2025 at 5:09 am

      thankyouu dear

      ahaha In Sha Allah dear ah libeyni ekahala love story eh.. nayaa dua kohdheynan inge😉

      Next part miadhu submit kohlaanan In Sha Allah

      love you tooo

  7. Cutieee says:
    November 17, 2025 at 12:21 pm

    Nayuu ,when’s the next part? ☺️I’m so curious

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 7←


All Right Reserved!