Skip to content
އެސްފިޔަ

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 28

އެނދުމަތީގައި ވާހަކަ ފޮތެއް ކިޔަން އިން ޔައިނާއަށް ސިހިފައި ބަލައިލެވުނީ އެތެރެއަށް ވަން މިލާން ފެނިފައެވެ. ވަގުތުން އެނދުން ތެދުވެވުނީ މިލާން އެތަނަށް އައި ބޭނުމެއް ނުވިސްނޭތީއެވެ. އެތެރެއަށް ވަނުމަށްފަހު، މިލާން ދޮރު ލައްޕައިލުމުން ޔައިނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެން ފެށިއެވެ. “ޔައިނާ ކިހިނެތް.؟” މިލާން އަހައިލިއެވެ. “ރަނގަޅު..” ޔައިނާ ޖަވާބު ދިނީ ކުރުކޮށެވެ. “އަހަރެން މާ ވާހަކަ ދިގެއް ނުކުރާނަން.. މި އައީ އެންމެ ސުވާލެއް ކޮށްލަން ވެގެން..” މިލާން އެހެން ބުނުމުން ޔައިނާގެ ނޭވާ އަވަސްވިއެވެ. މިލާން އަނެއްކާ އަހަން އެ އުޅެނީ ކީކޭބާވައޭ ހިތަށް އެރިއެވެ. “ޔައިނާ އަހަންނާ ކައިވެނި ކުރަންވީނު..؟” ކުއްލިއަކަށް މިލާން ކޮށްލި ސުވާލުން ޔައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޔައިނާގެ ކޮޓަރީގެ ބޭރުގައި އެ ދެމީހުން ދައްކާ ވާހަކަ އަޑު އަހަން ތިބި އަފާންއާއި ޒާރާގެ ދެލޯވެސް ދިޔައީ މުދުނަށް އަރައިގެންނެވެ.

“ވަ.. ވަޓް..؟” ޔައިނާއަށް އަހައިލެވުނީ ހަމައެކަނި އެހެންނެވެ. “ޔައިނާ އަހަންނާ އިންނާނަންހޭ..؟” މިލާން އަނެއްކާވެސް އެ ސުވާލު ތަކުރާރު ކޮށްލިއެވެ. ދެންވެސް ޔައިނާއަށް ޤަބޫލެއް ނުކުރެވުނެވެ. “އެ.. އެކަމް.. އެ ދުވަހު…” ޔައިނާ ބޭނުންވީ އެ ދުވަހުގެ ޙާދިސާ މިލާންއަށް ކިައޔިދީގެން ދެނމީހެން އެކީ މައްސަލަ ޙައްލު ކުރާށެވެ. ނަމަވެސް، އޭނާއަށް އެ ވާހަކަ ދައްކަން އުނދަގޫ ވިއެވެ. “އެ ދުވަހުގެ ވާހަކަ ދައްކާނީ ފަހުން.. މިވަގުތު މުހިންމީ ކައިވެނި ކުރުން.. ބުނެބަލަ.. ޔައިނާ އަހަންނާ އިންނާނަންތަ..؟” މިލާން ތިންވަނަ ފަހަރަށްވެސް އެ ސުވާލު ތަކުރާޜު ކޮށްލިއެވެ. ޔައިނާ ޖަވާބެއް ނުދީ ފުން ވިސްނުމަކަށް ގެއްލިފައި ހުއްޓެވެ. މިއަދު އަނެއްކާ މިލާންއަށް މި ވީ ކިހިންތެ ހެއްޔެވެ؟ އެ ދުވަހުގެ މަތިން މިލާން ހަނދާން ނެތުނީ ހެއްޔެވެ؟ ނޫނީ މިލާން ޔައިނާއަށް މަޢާފް ކުރީ ބާވައެވެ؟

ޔައިނާ ޖަވާބެއް ނުދީ ހުންނަން ފެށުމުން މިލާންއަށް އުނދަގޫ ވިއެވެ. ނަމަވެސް، ކަންތައް ވެފައި އޮތް ގޮތުން މިވަގުތު ޖަވާބެއް ދޭންވެސް ޔައިނާއަށް އުނދަގޫވާނެކަން މިލާންއަށް އެނގެއެވެ. އޭނާވެސް ޔައިނާއާއި އެ ސުވާލު ކުރީ ކަށީގައި ނެތް ހިތްވަރު ލައިގެންނެވެ.

“ޔައިނާއަށް މިވަގުތު ޖަވާބެއް ނުދެވެންޏާ އެންމެ ރަނގަޅު.. ޔައިނާގެ ޖަވާބަކަށް އަހަރެން އިންތިޒާރު ކުރާނަން..” މިހެން ބުނުމަށްފަހު މިލާން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ޔައިނާ އޭނާގެ އަތުގައި ހިފައ، ހުއްޓުވުމުންނެވެ. ޔައިނާގެ އެ ކުޑަ ޢަމަލުންވެސް މިވަގުތު މިލާންއަށް ދިޔައީ އުނދަގޫ ވަމުންނެވެ. ޔައިނާ ކުރި ކަންތަކަށްފަހު، އެގޮތަށް އޭނާގެ ގައިގައި އިނގިލި ކުރި ޖައްސައިލަންވެސް މިލާންއަކަށް ނުރުހެވޭނެއެވެ. ނަމަވެސް، ދެލޯ މަރައިލަމުން އެ އިޙްސާސްގެ މައްޗަށް މިލާން ބާރު ފޯރުވައިލީ ކުޅަދާނަކަމާ އެކީއެވެ. ފަހަތަށް އެނބުރި، ޔައިނާއާއި ހަތަރުކަޅި ކޮށްލަމުން، އެއްބުމަ މައްޗަށް އަރުވައިލީ ކިހިނެއް ވީ ހެއްޔޭ އަހާ ފަދަ ގޮތަކަށެވެ.

“އަހަރެން ޤަބޫލު..” ފުން ނޭވާއެއް ދޫކޮށްލާފައި ޔައިނާ ބުނެލި ޖުމުލައިން މިލާންގެ ހިތަށް ނޭނގޭ އިޙުސާސްތަކެއް ވެރިވެގަތެވެ. އެއްފަހަރު އުފާވާހެން ހީވި ނަމަވެސް، ދެވަނަ ސިކުންތުގައި އެ ހިތް މިލާމޯޅިވަނީ އެހެން ފިރިހެނެއްގެ އަތުތެރޭ ޔައިނާ އޮތް ގޮތް ހިތަށް އަރުވައިލެވުމުންނެވެ. ނަމަވެސް، އެއަށްވުރެ ބޮޑަށް މިލާންގެ ހިތުގައި އުފެދިފައިވަނީ ސުވާލު މާކެކެވެ. ޔައިނާ އެހާ ފަސޭހައިން އޭނާއާއި ކައިވެނި ކުރަން އެ ނިންމީ ކީއްވެގެން ބާވައެވެ؟ ވެނިމިދިޔަ ހުރިހާ ކަންތައްތަކަކަށް ފަހުވެސް، މިލާން އެގޮތަށް ކަންތައް ކުރީ ކީއްވެގެން ކަމާއި މެދުގައި ޔައިނާ ސުވާލުވެސް ނުކުރަނީހެއްޔެވެ؟ މިފަދަ އެތައް ޚިޔާލުތަކުން މިލާންގެ ސިކުނޑި ފުރި ބާރުވަމުން ދިޔަ ވަގުތު، ހަމަބިމަށް އާދެވުނީ ޔައިނާ ދެފަހަރަކު އޭނާއަށް ގޮވައިލި އަޑު އިވުމުންނެވެ.

“މިލާން.. މިލާން..” ޔައިނާގެ އަޑަށް މިލާން ކުޑަކޮށް ނަމަވެސް، ސިހުނެވެ. “މިލާން ކިހިނެއް ވެފަތަ..؟” ޔައިނާ އަހައިލިއެވެ. “ކަމެއް ނުވޭ.. މީ.. އަހަރެން މިވަގުތު ގޮސްލަނީއޭ އިނގޭ.. ކައިވެނީގެ ކަންތައް މަޝްވަރާ ކުރަން އަހަރެން ކޮންމެސް އިރަކުން އަދި އަންނާނަން.. ވީހާވެސް އަވަހަކަށް ކައިވެނި ކުރަން އަހަރެން ބޭނުން..” އެހެން ބުނުމަށްފަހު، ޔައިނާއާއި ދިމާލަށް ބަލައިލުމެއްވެސް ނެތި މިލާން ނުކުމެގެން ދިޔައީއެވެ.

މިލާންގެ ފިޔަވަޅުތަކުގެ އަޑު އިވުމުން އަފާންއާއި ޒާރާ ދޮރު ކުރިމަތިން އެއްފަރާތް ވެލިއެވެ. ކޮޓަރިން ނުކުމެފައި މިލާން އަފާންއަށާއި ޒާރާއަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް، އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ ވޭނާއި، ހިތްދަތިކަން އެނގޭ މީހެއްގެ ހިތް މިވަގުތު ކުދިކުދިވާނެކަން ގައިމެވެ.

“މިލާން..” އެ ގެއިން ނުކުންނަން ހިނގައިގަތް މިލާންއަށް ހުއްޓެން މަޖުބޫރުވީ އަފާން އޭނައަށް ގޮވައިލުމުންނެވެ. މިލާން އޭނާގެ ފިޔަވަޅުތަައް މަޑުޖައްސައިލި ނަމަވެސް، ފަހަތަށް އެނބުރި ބަލައެއް ނުލައެވެ. އަފާން ކުރަން އެ އުޅޭ ސުވާލު މިލާންއަށް މާ ކުރިންވެސް އެނގެއެވެ. “މިހާ ކުއްލި ގޮތަކަށް މިލާން ތިފަދަ ނިންމުމެއް ތި ނިންމީ ކީއްވެތޯ އަހަންނަށް އަަހައިލެވިދާނެތަ..؟” އަފާންގެ ސުވާލުން މިލާން ދެޖީބަށް އަތް ޖަހައިލިއެވެ. އަދި ފަހަތަށް އެނބުރި އަފާންއަށް ބަލައިލީ ހިނިތުންވަމުންނެވެ. “ޔައިނާ އުފަލުގައި އުޅޭތަން ބަލަން އަފާން ބޭނުމެއް ނުވޭތަ..؟” މިލާންވެސް ކޮށްލީ ސުވާލެކެވެ. “ބޭނުންވޭ.. ވަރަށް ބޮޑަށް ބޭނުންވޭ.. އެކަމް މިލާން ތިގޮތަށް ކަންތައް ކޮށްގެން ޔައިނާއަށް ލިބޭނީ ކޮން އުފަލެއް..؟” އަފާންގެ ބަދަލުގައި ޖަވާބު ދިނީ ޒާރާއެވެ. “މިވަގުތު އަހަރެންގެ ޙައްޤަކަށް ވުމަށްވުރެ ބޮޑު އުފަލެއް ޔައިނާއަށް ކޮބާ..؟” މިފަހަރުވެސް މިލާން ކޮށްލީ ސުވާލެކެވެ. “މިލާންއާ ކައިވެނި ކޮށްގެން ޔައިނާއަށް އުފަލެއް ލިބިދާނެ.. އެކަމް މިލާންގެ ފަރާތުން ޔައިނާއަށް ލިބެން ޖެހޭ ލޯތްބާއި އަޅައިލުން ޔައިނާއަށް ލިބޭ ކަމުގެ ޔަޤީންކަން ކޮބާ..؟” މި މީހުން މި ވާހަކަ ދައްކަނީ ހުސް ސުވާލުންނެވެ. އެންމެ ފަހަރަކުވެސް ޖަވާބެއް ދިނުމަކީ މިއިން އެކަކަށްވެސް ވާނޭ ކަމެއް ނޫން ކަންނޭނގެއެވެ. “އެކަމާ އަފާން ނުވިސްނާ.. އަހަރެން މި ބުނީ އަހަރެން ބޭނުމޭ ޔައިނާއާ ކައިވެނި ކުރަން.. ޔައިނާވެސް އަހަންނާ ކައިވެނި ކުރަން އެއްބަސް ވެއްޖެ.. ވީއިރު މައްސަލައަކީ ކޮބާ..؟” މިލާންގެ ސުވާލަށް ދޭނެ ޖަވާބެއް އަފާންއަކަށްވެސް، ޒާރާއަކަށްވެސް ނޭނގުނެވެ. އެގޮތުގައި ތިރީހަކަށް ސިކުންތު ވޭތުވެގެން ދިޔައީ ހިމޭންކަމާ އެކީއެވެ.

“މިވަގުތު އަހަރެން ގޮސްލަނީ..” އެހެން ބުނުމަށްފަހު މިލާން އެގެއިން ނުކުމެގެން ދަންދެންވެސް އަފާންއާއި ޒާރާއަށް ބަލަހައްޓައިގެން ތިބެވުނީއެވެ. މިލާން ނުކުތުމާއި އެކު، އަފާންއާއި ޒާރާއަށް އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ. އެކެއްގެ ހިތުގަ އޮތް އެއްޗެއް އަނެކަކަށް އެނގުނީ ކަންނޭނގެއެވެ. ލޮލުން ބަދަލު ކުރެވުނު ސިއްރު މެސެޖާއި އެކީ، ދެމީހުން އެކުގަައި ހިނގައިގަތީ ޔައިނާގެ ކޮޓަރިއާއި ދިމާލަށެވެ. ދެތިން ފަހަރަކު ޓަކި ޖަހައިލުމަށްފަހު، ދޮރު ހުޅުވައިލި އިިރު، ޔައިނާ އެނދުމަތީގައި އިށީނދެލަައިގެން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ޒާރާ ގޮސް ޔައިނާގެ ކައިރީގައި އިށީނދެލި އިރު، އަފާން ޖީންސްގެ ޖީބަށް އަތް ޖަހައިލަމުން ފާރުގައި ލައްވެލައިގެން ހުރީ ހުރިހާ ކަމެއް ޒާރާގެ އަތްމައްޗަށް ދޫކޮށްލަމުންނެވެ.

“ޔައީ.. ކީއްވެ އޭނައާ އިންނަން އެއްބަސްވީ..؟” ޔައިނާގެ ކޮނޑުގައި އަތް ބާއްވައިލަމުން ޒާރާ އެއްސެވެ. “އަހަރެން އޭނަ ދެކެ ލޯބި ވާތީނު..” އެއްވެސް އަސަރެއް ނެތް ކަހަލަ ގޮތަކަށް ޔައިނާ ބުނެލީ ޒާރާއާއި ދިމާލަށް ބަލައިލުމެއްވެސް ނެތިއެވެ. “ދެން އޭނަ ޔައިއަށް ހެދި ގޮތޯ..؟ އެހާ އަވަހަށް ޔައި އެކަންތައް މަތިން ހަނދާން ނެތުނީތަ..؟” އަފާން އަހައިލިއެވެ. ވަގުތުން ޔައިނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެ ހަނދާންތައް އައުވުމުންނެވެ. “މިލާން އެގޮތަށް ކަންތައް ކުރުމުގެ ފަހަތުގަ ސަބަބެއް ވޭ..” ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުން ޔައިނާ ބުނެލިއެވެ. “ތި ބުނީ..؟” ޒާރާ އަހައިލީ ނޭނގި އިނދެފައެވެ. “ޔައި ދެން ވެއްޖެ އެއްނު ތި ދެމީހުންގެ ދޭތެރޭގަ ވީ ހުރިހާ ކަމެއް އަހަރުންނާ ޝެއަރ ކުރަން.. އޭރުން ދޯ އަހަރުމެންނަށްވެސް އެހީއެއް ވެވޭނީ..” އަފާން ބުނެލީ ޔައިނާ އަދިވެސް އޭނައާއި މިލާންގެ ދޭތެރޭގައި ވީ ކަންތައް އެދެމީހުންނަށް ކިޔައިދޭން ގަސްތު ނުކުރާތީއެވެ. “ތެދެއް ޔައީ.. އޭރުން ދޯ ތި ހިތަށް ކުޑަ ހަމަޖެހުމެއް ނަމަވެސް ލިބޭނީ.. މި ހުރިހާ ދުވަހަކު އަހަރުމެން މި ތިބީ ޔައި އަދި އެ ވާހަކަ ކިޔައިދޭން ރެޑީ ނޫން ކަމަށް ނިންމައިގެން.. އެކަމަކު ދެން މިހާރު ތި ފަދަ ބޮޑު ނިންމުމެއް ނިންމާ އިރު އަހަރުމެންގެ ލަފާ ހޯދުންވެސް މުހިއްމުވާނެ ކަންނޭނގެ ދޯ.. ނިކަން ބުނެބަލަ.. ކިހިނެއްތަ ވީ ތި ދެމީހުން ދޭތެރޭގަ..؟ މިލާން ޔައި ދޫކޮށްލަން ޖެހުނު ސަބަބަކީ ކޮބައިތަ..؟” ޒާރާގެ ވާހަކަ ނިމުނުތަނާހެން ޔައިނާގެ ބަޑި ފަޅައިގެން ދިޔައެވެ. ވަގުތުން ޒާރާގެ ގައިގައި ބައްދައިގަނެފައި ރޯން ފެށީ އިތުރަށް އެ ހިތަށް ކެތް ނުވުމުންނެވެ. “ޝްޝް.. އިޓްސް އޯކޭ ޔައީ.. ހަމަޖެހިލާފަ އަހަރުންނަށް ކިޔައިދީބަ..” ޔައިނާގެ ބޮލުގައި ފިރުމަމުން ޒާރާ ބުނެލިއެވެ. ޔައިނާއަށް ކުޑަވެސް ހިތްވަރެއް ލިބުނީ ދެނެވެ. ޒާރާއާއި ދުރުވެލުމަށްފަހު، ކަރުނަތައް ފުހެލާފައި، ނޭފަތް ދަމައިލިއެވެ. ވަރަށް ހިތްވަރުކޮށްފައި އޭނާ ނިންމީ ޙަޔާތުގައި ދިމާވި އެ އަނދިރި ޞަފްޙާތައް އެންމެ ގާތް ދެ އެކުވެރިންނާއި ޙިއްސާ ކުރާށެވެ. ޒާރާއާއި އަފާންއާއި ދޭތެރޭ އޭނާ މި ވީހާ ދުވަހަކު ދެކެމުން އައީ އުފަން ދައްތައާއި ބޭބެ ފަދައިންނެވެ. ވީއިރު، އޭނާގެ ޙަޔާތުގައި ހިނގާ އެފަދަ އެއްވެސް ކަމެއް އެދެމީހުންނަށް ފޮރުވާފައި ބާއްވާކަށް ޔައިނާ ބޭނުމެއް ނުވެއެވެ. އެ ކަޅު މާޒީގެ ޞަފްޙާތައް ޒާރާއާއި އަފާންގެ ކުރިމަތީގައި ނިއުޅުވައިލަން އޭނާ ނިންމީ އެހެންވެއެވެ. ވަރަށް ހިތްވަރުކޮށްފައި އެ ރޭގެ ވާހަކަތައް ކިޔައިިދޭން ފެށި އިރުވެސް ޔައިނާގެ ލޮލުން ކަރުނަ ފައިބައެވެ.

ޔައިނާގެ ވާހަކަތައް ނިމުނު އިރު ޒާރާއާއި އަފާން ތިބީ ހުއްޓުން އަރާފައެވެ. ޒާރާއަށް ކުރި އަސަރު ހެކިކަން ދެނީ އެ ރީތި ދެލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކެވެ. ޔައިނާވެސް އިސްޖަހައިލައިގެން އިނދެ ދިޔައީ ގިސްލަގިސްލާފައި ރޮމުންނެވެ. އަފާންގެ ހިއްސުތައް މަސައްކަތް ކުރަން ފެށުމުން ފުރަތަމަވެސް އިސްކުރެވުނީ ރުޅިއެވެ. އެއްބަނޑުއެއްބަފާ ކޮއްކޮއެއް ގޮތުގައި ދެކެމުން އައި ޔައިނާއަށް ޝިޔަލް ހަދާލި ގޮތް ހިތަށް އެރުމުން އައި ރުޅީގައި ގޮށްމުއްކަވާފައި ފާރުގައި ޖެހުނެވެ. އޭރު އަފާންގެ ދެލޮލުން ހީވަނީ އަލިފާން ކަނި ބުރާހެންނެވެ. އެވަރުން ހިތް ނުފުރިގެން ދެވަނަ ފަހަރަށްވެސް އަފާން އޭނާގެ ރުޅި ބޭލީ ފާރަށެވެ. އެއާއެކު، އަފާންގެ އަތުގެ އިނގިލިތަކުގެ ހުޅުތަކުން ދިޔައީ ލޭ އަންނަމުންނެވެ. މި މަންޒަރު ފެނުމުން ޒާރާ އަވަހަށް އައިސް އަފާންގެ އަތް އޭނާގެ އަތުތެރެއަށް ލިއެވެ. އަފާންއަކީ ޢާއްމުކޮށް އެހާ އަވަހަށް ރުޅި އަންނަ މީހެއް ނޫނެވެ. ކުދިކުދި ކަންތަކާ ރުޅި އައިސްގެން ކުނި މޫނު ހަދައިގެންނެއް އަފާން ނޫޅޭނެއެވެ. ނަމަވެސް، ރުޅި އައިސްފި ނަމަ، އަފާންއަށްވުރެ ރުޅިގަދަ މީހަކު ނުހުންނާނެކަން ޒާރާއަށް އޮޅިފަކައި ނެތެވެ. އެހެންކަމުން އަވަސްއަވަހަށް އަފާން ގޮވައިގެން އެތަނުން ބޭރަށް ނުކުތީ މިވަގުތު އިތުރަށް ޔައިނާއަށް ނަފްސާނީ ގޮތުން އަސަރު ކުރިޔަ ނުދޭންވެގެންނެވެ.

އަފާން ސޯފާގައި ބައިންދާފައި، ޒާރާ ގޮސް އައީ ފަރސްޓް އެއިޑް ކިޓް ހިފައިގެންނެވެ. ޒާރާ އައިސް އަފާންގެ އަތުގައި ބޭސް އަޅައިދިން އިރުވެސް އަފާން އިން ގޮތަށް އެއްޗެކޭ ނުބުނެ އިނީއެވެ. އޭނާގެ އަނެއް އަތް މުއްކެވިފައިވާ އިރު، ދެ ދަތްިލަ ޖައްސާ ބާރުކޮށްލައިގެން އިން ގޮތުން އެ ތޫނު ކަތުރުކަށިގަނޑު ފާޅުވާން ހުއްޓެވެ. ދެބުމަ ގޮށްޖަހައިލެވިފައިވާ އިރު، ދެލޮލަށްވެސް ހުރީ ކުޑަ ރަތްކަމެއް ވެރިވެފައެވެ. އަތް މުއްކަވައިގެން އިނުމުގެ ސަބަބުން އެ ވަރުގަދަ އަތުގެ ނާރުތައް ހުރީ އެނގޭށެވެ. އެވަގުތުކޮޅުވެސް އަފާންގެ ފިރިހެންވަންތަކަމަށް ޒާރާއަށް ހިތާހިތުން ތަޢުރީފުކޮށްލެވުނެވެ. ކުރިން އަފާންގެ މި ރީތިކަން އޭނާއަށް ފާހަގަ ނުވީ ކީއްވެގެންބާވައޭވެސް ހިތަށް އެރިއެވެ.

“އަފާން.. ރުޅި އައިސްގެން ގޮސް އަމިއްލަ ނަފްސަށް އަނިޔާ ދިނުމަކީ ހައްލެއް ނޫން ދޯ..” ބޭސް އަޅައި ނިންމައިލުމަށްފަހު، ޒާރާ އަފާންއާއި ވާހަކަ ދެއްކިއެވެ. “ޝިޔަލް ކީކޭ ހިތަށް އަަރއިގެންތަ އެހެން އެ ކަންތައް ކުރީ..؟ ހަމަ ހުވާ މި ބުނީ އަހަރެންގެ އަތުގަ އެ ފިރިހެނާ ޖެހިއްޖެއްޔާ ދުލެއް ނުކުރާނަން..” އިތުރަށް ދަތްކުނޑި ވިކައިލާފައި އަފާން ބުނެލި ގޮތުން އެ ފިރިހެންވަންތަކަށް އިތުރުވީ ފަދައެވެ. މޫނާއިި ކަނދުރާއިން ނާރުތައް ފާޅުވެގެން ދިޔަ ގޮތް ފެނުމުން ޒާރާގެ ހތުގެ ތެޅުން އެތައް ގުނައެއް އިތުރުވިއެވެ. ކުޑަ ހިނިތުންވުމެއް ޒާރާގެ ތުންފަތަށް ވެރިވި ނަމަވެސް، ނިކަން އަވަހަށް އެ ފަރުދާ ކޮށްލީ މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަން އެނގުމުންނެވެ. “ތި ދައްކަނީ މުޅިން އެހެން ވާހަކައެއްނު..” ޒާރާ ބުނެލިއެވެ. “ޝިޔަލްއަށްވުރެ މިލާން ގޯސް ކަންނޭނގެ.. ހަމަ ކަމެއްވާ އިރަށް ތާކުންތާކުން ނުޖެހޭ ފިރިހެއްގެ ބަހަށް ހެއްލިގެން އޭނަ ވެއްޖެ ޔައިނާ ދޫކޮށްލަން.. ކުޑަވެސް އިތުބާރެއް އޭނަގެ ހިތުގަ ޔައިނާއާ ދޭތެރޭގައި ނެތީތަ..؟” އަފާން އަދިވެސް ދައްކަމުން ދިޔައީ އެ ވާހަކައެވެ. “އަފާން.. ރުޅި މަޑުކޮށްބަލަ.. ވެދާނެއްނު މިލާން ޔައިއާ މެރީކުރަންވެސް އެ ނިންމީ ޔައިއަށް އިތުބާރު ކުރާތީ ކަމަށް.. މިލާންއަށް ވިސްނޭނޭ އަދި ޝިޔަލް.. އެ ދެމީހުން މެރީ ކުރީމަ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާﷲ.. ޔައިވެސް އެ ބުނީނު އޭނަ މިލާންއާ އިންނަން އެއްބަސްވީ އަލުން މިލާންގެ ޙަޔާތުން ޖާގައެއް ހޯދާށޭ.. އަލުން މިލާންގެ އިތުބާރު ހޯދާށޭ.. އޭނަ އެކަން ކުރާނޭ.. ދެން ޝިޔަލްގެ ކަންތައް.. އެކަމާ ނުވިސްނާ.. އޭނަ ރާއްޖެ އައީމަ އަހަރެމެން އޭނަ ހައްޔަރު ކުރުމުގެ މަސައްކަތް ފަށާނަން.. އިންޝާﷲ ކާމިޔާބު ވާނެ.. ޔައިއާ މިލާންގެ ދިރިއުޅުން ވަރަށް އަވަހަށް އުޖާލާވެގެން ދާނެ އިންޝާﷲ..” ޒާރާގެ ވާހަކަތައް ނިމުނު އިރު އަފާންގެ ހިތަށް ކުޑަ ނަމަވެސް، ހަމަޖެހުމެއް ލިބުނެވެ. ތެދެކެވެ. މިލާންއާއި ކައިވެނި ކުރީމައި ޔައިނާއަށް އަލުން މިލާންގެ އިތުބާރު ހޯދަން ފަސޭހަ ވާނެއެވެ. އެކަން އެންމެ ރަނގަޅުވާނީ ޔައިނާގެ އަތް މައްޗަށް ދޫކޮށްލިއްޔާއެވެ. ޒާރާ ބުނާހެން ﷲ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް މަޑުމަޑުން ހަމައަކަށް އެޅިދާނެއެވެ. ނަމަވެސް، ދެންވެސް އަފާންގެ ހިތުގެ ހަމަޖެހުން ނަގައިލީ ޝިޔަލްއެވެ. މިވަގުތުވެސް އޭނާގެ ދެއަތުން ޝިޔަލްގެ ކިބައިން ބަދަލު ހިފަން ބޭނުން ވިއެވެ.

އަފާންގެ ރުޅި އަދިވެސް މަޑު ނުވާހެން ހީވުމުން ޒާރާ އަފާންގެ މޫޑު ރަނގަޅު ކުރާނެ ގޮތަކާއި ދޭތެރޭގައި ވިސްނައިލިއެވެ. އެވަގުތު ހިތަށް ވެރިވި ޚިޔާލުން ލަދުވެތިކަން އިޙްސާސް ކުރެވުނު ނަމަވެސް، އޭގެ މައްޗަށް ކުރި ހޯދީ ޒާރާގެ ކެރުންތެރިކަމެވެ. އަފާންގެ މޫނުގައި އޭނާގެ ކުޑަކުޑަ ދެއަތުން ހިފަހައްޓާލާފައި، އޭނާއާއި ހަތަރުކަޅީ ހަމަ ކުރުވިއެވެ. “ޑޫ ޔޫ ހޭވް އެނީ އައިޑިޔާ… އޮފް ހައު ހޮޓް ޔޫ ލުކް ރައިޓް ނައު..؟ ރުޅި އައިއްސަ ހުންނަ އިރު އަފާން އަދި މާ ރީތި..” އަފާންގެ ދެލޮލަށް ފުން ނަޒަރެއް ދެމުން ޒާރާ ކޮށްލި ސުވާލުން އަފާންގެ ދެލޯ ހިސާބަކަށް ބޮޑުވީ ޒާރާގެ ފަރާތުން އެފަދަ ޢަމަލެއް ފެނިދާނެ ކަމަށް ހީކުރެވިފައިވެސް ނެތުމުންނެވެ. ވަގުތުން އަފާންގެ ރުޅި އެކީ ފިނިވެގެން ދިިޔަ އިރު އެއްމިޔަކަނިން ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. “އޯހ.. އައި ސީ.. ސަމްވަން އިޒް ފީލިން އެކްސްޓްރާ ކަރޭޖަސް ޓުޑޭ..” މަޑުމަޑުން ޒާރާގެ މޫނާއި މޫނު ކައިރުކޮށްލަމުން އަފާން ބުނެލީ މަޑުމަޑުންނެވެ. އަފާންގެ އެ ބަރު، ފިރިހެންވަންތަ އަޑު، ޒާރާގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރު ކުރުވިއެވެ. އަފާން އޭނާއާއި ކައިރިވަމުން ދިޔަވަރަކަށް އެ ހިތުގެ ތެޅުން ދިޔައީ އެތައް ގުނައެއް އަވަސް ވަމުންނެވެ. އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބަށް އަފާން އައުމުން އަފާންގެ މޭގައި، ދެއަތުން އަޅާ، ކޮއްޕައިލިއެވެ. އެއަށްފަހު، ތެދުވެގެން ގޮސް ޔައިނާގެ ކޮޓަރިއަށް ވަން އިރު، އެ ތުންފަތުގައި ކުޅެލާފައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ޒާރާ ދިޔަ ދިމާލަށް ބަލަން އިން އަފާން ހިނިތުންވަމުން އަތް މުއްކަވާލާފައި، ނިތުގައި މަޑުމަޑުން ޖަހައިލިއެވެ. ޒާރާގެ ދުލުން އެފަދަ ތަޢުރީފުގެ ބަހެއް އަޑު އިވުމުން ފިރިހެނަކަށް ވިޔަސް، އަފާން ލަދުގަތެވެ. ޒާރާގެ އެ ލަދުވެތިކަމުގެ ސިފަ އަފާންއަށް ނުހަނު ކަމުގޮސްފިއެވެ. ލަަދު ގަތުމުން އެ ރީތި މޫނަށް ޖަންބުކުލަ ވެރިވާ ގޮތް އަފާންގެ ހިތާ ހަމަ ރަނގަޅަށްވެސް ކުޅެލައިފިއެވެ.

*** ** ***

ސޯފާގައި ޓީވީ ބަލަން އިން މިލާންއަށް ތެދުވަަން ޖެހުނީ މީހަކު ބެލް އެޅި އަޑު އިވުމުންނެވެ. މިގަޑީގައި އަންނާނީ ކާކުބާވައޭ ހިތަށް އެރި ނަމަވެސް މިލާން ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ލައުރާ ފެނުމުން މިލާންއަށް ކުޑަވަރެއްގެ ހައިރާންކަމެއް ލިބިގން ދިޔައެވެ. އެހެނީ، އެއީ ކައިވެނީގެ ވާހަކަ ދެއްކުމަށްފަހު، ލައުރާ ރުޅި އައިސްގެން އަދި އޭނާ ފެންނަ ހިސާބަށްވެސް ނާންނާތީއެވެ.

“އެތެރެއަށް ވަންނާކަށް ނުބުނާނަންތަ..؟” ހިތްގައިމު ހިނިތުންވުމެއް ހަދިޔާކޮށްލަމުން ލައުރާ އެއްސެވެ. ލައުރާގެ މި ބަދަލުވެފައިވާ މިޒާޖުން މިލާން ހަމަ ރަނގަޅަށްވެސް ހައިރާން ވެއްޖެއެވެ. “ނޫނޭ.. އަވަހަށް ވަދޭ..” މިލާން ލައުރާއަށް ދަޢުވަތު ދިނެވެ.

“މިއްލޫ.. އައިމް ސޮރީ.. އަސްލު އެ ދުވަހު އަހަންނަށް ކަންތައް ކުރެވުނީކީ ރަނގަޅަކަށް ނޫން.. މިއްލުއާ ދިމާލަށް ބުނެގެން ނުވާނޭ އެތައް އެއްޗެއް އެ ދުވަހު އަހަންނަށް ބުނެވުނު.. އައިމް ސޮރީ..” ލައުރާ މަޢާފަށް އެދުނެވެ. “ނޯ.. އިޓްސް ފައިން.. ލައު ނުޖެހޭނެ މާފަށް އެދޭކަށް.. އަހަންނަށް އެނގޭ ލައު އެގޮތަށް ކަންތައް ކުރީ އަހަންނަށް ރަނގަޅަކަށް ކަން..” މިލާން ލައުރާގެ މަޢާފު ބަލައިގަތީ ހެޔޮ ހިތުންނެވެ. “އޯވްނ.. ތޭންކްސް.. އެނީވޭސް.. އެ ވާހަކަ ނުދައްކަމާ ދޯ.. އަހަރެން މިރޭ މި އައީ މިއްލުއަށް އޮފަރއެއް ދޭން ވެގެންނޭ..” ލައުރާ ބުނެލިއެވެ. “އޮފަރ އެކޭ..؟” މިލާންއަކަށް ނޭނގުނެވެ. އެއާއެކު ލައުރާ ދަބަހުން ނެގި ކާޑެއް މިލާންގެ އަތަށް ދިނެވެ. “މިޔޯ..؟” އަތުގައި އޮތް ލައުރާގެ ބިޒްނެސް ކާޑަށް ބަލައިލަމުން މިލާން ސުވާލު ކޮށްލިއެވެ. “އޯހ ކަމޯން.. މިއްލު އަޅެ ހަމަ އެހާ މޮޔައީތަ..؟ ޕިސް.. ތީ މަގޭ ބިޒްނެސް ކާޑެއްނު.. އައި ވޯންޓު ޕްލޭން ޔުއަރ ވެޑިން.. އަހަންނަށް އެ ފުރުސަތު އެބަ އޮތްތަ..؟” ލައުރާ އެހުމުން މިލާން އުފާވީ ވަރުން ލައުރާގެ ގައިގައި ކުޑަކޮށް ބައްދައިލިއެވެ. “ޔެސްސްސް މައި ބެސްޓީ.. ތިއަށްވުރެ ވަކި ރަނގަޅުު މީހަކު ލިބޭނެތަ މަގޭ ވެޑިން ޕްލޭން ކުރަން..” މިލާން އެހެން ބުނުމާއި އެކީ ލައުރާގެ ލުއި ހުނުމުގެ އަޑު އެތަނުގައި ގުުގުމައިލިއެވެ. “ބައިދަވޭ ލައޫ.. އައި ހޭވް އަ ރިކުއެސްޓް..” މިލާން އެހެން ބުނުމުން ލައުރާ ކޮންކަމެއް ހެއްޔޭ އަހައިލިއެވެ. “އަހަރެން ޔައިނާއާ އިންނަން މި އުޅެނީ ޔާސިރުބެގެ އެދުމަކަށޭ އެއްވެސް މީހެއް ގާތުގައި ނުބުނައްޗެ.. ޕްލީޒް..” މިލާން އެހެން ބުނުމުން ލައުރާގެ ހިތުގައި އެތައް ސުވާލުތަކެއް އެއްފަހަރާ ފުނި ޖެހިގެން ދިޔައެވެ. ނަމަވެސް، ހިނިތުންވަމުން ބޯ ޖަހައިލީ ތިމަންނައަށް އިތުބާރު ކުރާށޭ ބުނާ ފަދައަކުންނެވެ. އެރޭ ލައުރާ އެގެއިން ނުކުތީ އެތައް އިރަކު މިލާންއާއި ވާހަކަ ދައްކަން އިނުމަށް ފަހުއެވެ.

*** ** ***

ޒާރާގެ ގޭ ދޮރުމަތީގައި ހުރި އޭނާގެ ކަޅުކުލައިގެ ސައިކަލުގައި އިށީނދެލައިގެން އަފާން އިނީ ފޯނާ  ކުޅޭށެވެ. އެގޮތަށް އިން އިން އިރު، އަފާން ކިތަންމެހާވެސް ފުރިހަމަކަމަށް ދައްކައެވެ. ކަނޑުނޫކުލައިގެ ގަމީހާއި، ކަޅޫކުލައިގެ ޖިންސުގައި އަފާން ފެންނަލެއް ވަރަށް ހިތްގައިމެވެ. ގަމީހުގެ އަތުކުރި ހުރީ އަބަދުވެސް ހުންނަ ގޮތަށް އުޅަނބޮއްޓާ ހަމައަށް އޮޅާލާފައެވެ. އެހެން އިން އިރު، މަގުމަތިންދާ އެތައް އަންހެން ކުދީންނެއްގެ ނަޒަރު އޭނައަށް އަމާޒު ވަމުން ދިޔައެވެ. ނަމަވެސް އެކަމަށް އޭނަގެ ފަރުވާލެއް ނެތެވެ. އޭނާ އެ އިނީ މީހެއްގެ އިންތިޒާރުގައެވެ. އެ ހިތުގެ ރާނީގެ އިންތިޒާރުގައެވެ.

ފޯނަށް ގެއްލިފައި އިން އަފާންއަށް ނޭފަތް އެތެރެއަށް ދަމައިލެވުނީ ދުވި އަންފޮރގެޓެބްލް ސެންޓުގެ ލުއިލުއި މީރު ވަހުންނެވެ. އެ ސެންޓު ޖަހާ އުޅޭނީ އޭނާ ދަންނަ އެންމެ މީހެކެވެ. އިސްއުފުލައިލަމުން ކުރިމައްޗަށް ބަލައިލެވުނު އިރު އަފާންއަށް ދެވަނަ ފަހަރަށްވެސް ނޭފަތް އެތެރެއަށް ދަމައިލެވުނީ އެ ވަހުގެ މީރުކަމުންނެވެ. ކުރިމަތީގައި ކަނޑުނޫކުލައިގެ ކުރުތާއަކާ އައިސްބްލޫ ކުލައިގެ ޖިންސެއްގައި ހުރި ޒާރާ ފެނިފައި ވަގުތުން އަފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރީތި ގޮތަކަށް އަޅާފައިވި ކަޅުކުލައިގެ ޝޯލްއިން އެ އޮމާން މޫނު އިތުރަށް އުޖާލާކަމަށް ދައްކައެވެ. ނަމަވެސް، ޒާރާގެ މޫނުމަތީގައިވީ އުފާވެރިކަމެއް ނޫނެވެ. ދެބުމަ ގޮށްޖަހާލައިގެން، ދެކޯ ފުއްޕައިލައިގެން ހުރި ގޮތުން އެ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައިކަން އެނގެއެވެ. ވަގުތުން އަފާން ސައިކަލުން ފައިބައިގެން ގޮސް ޒާރާގެ ދެކޮނޑުގައި ހިފަހައްޓާލާ، ވަރަށް ލޯބިން ވީ ކީއްތޯ އަހައިލިއެވެ.

“ހުރިހާ އެންމެން ކީއްވެތަ އަބަދު އަފާންއަށް ބަލަނީ..؟ އެމީހުންނަކަށް ނޭނގޭތަ އަފާން ތީ ހަމައެކަނި މަގޭ ހައްގެއް ކަމެއް.. ހޮސްޕިޓަލުގަވެސް އަބަދު އެންމެން އަފާން ފަހަތުން.. އަނެއްކަ މަގުމަތީގަވެސް..” ހަށަން ބަނދެލަމުން ޒާރާ ތުންކޮޅު ހަދައިލިއެވެ. ޒާރާގެ މައުސޫމް ބަސްތަކުން އަފާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އިރު، ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. “ބޭބީ.. ޑޯންޓް ވޮރީ.. އައިމް އޯލް ޔުއަރސް..” އެއްލޯ މަރައިލަމުން އަފާން ބުނެލިއެވެ. އެވަރުންވެސް ޒާރާގެ ރުޅި މަޑެއް ނުވިއެވެ. “ޒާރާ ހިތްހަމަ ނުޖެހެންޏާ އަހަރެން މީ ޒާރާގެ މީހެކޭ ކިޔާފަ ގައިގަ ކަރުދާސްގަނޑެއްވެސް ތަތްކޮށްފާނަމޭ.. އެގޮތް އޯކޭނު..” މިފަހަރު ޒާރާއަށްވެސް ހެވެވުނެވެ. އެއާއެކު، އަފާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. “އެނީވޭސް.. މިރޭ ވަރަށް ރީތި އިނގޭ..” އެއްލޯ މަރައިލަމުން އަފާން ޒާރާއަށް ތަޢުރީފު ކޮށްލިއެވެ. “މިރޭ އެކަނިތަ..؟” އެއްބުމަ ހިއްލައިލަމުން ޒާރާ އެއްސެވެ. “ނޫނޭ.. އަބަދުވެސް.. ތިއަށްވުރެ ރީތި ކުއްޖަކު އަހަރެން ދުވަހަކުވެސް ނުދެކެން.. ނުވެސް ފެންނާނެ..” ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އަފާން ބުނެލިއެވެ. ވަގުތުން ޒާރާގެ މޫނު ޖަންބެއްހާ ރަތްވެގެން ދިޔަ އިރު، އިސްޖަހައިލެވުނެވެ.

“ޕިސް ޕިސް.. މިހާރު މި އުޅޭ ކުދިންނަށް ނޯވޭ މަގުމައްޗެއް ދުވާރެއް އެހެން ތަނެއް.. މާފޮޅުވަން ވެއްޖިއްޔާ ހަމަ ފޮޅުވަންވީ.. ގައިމު އަހަރެމެން ޅައިރު އުޅޭ ގޮތެއް ނޫނިއްޔަ..” އެވަގުތު އެތާ ހުރި ކަންމަތީ ފިހާރައިން ނުކުތް މެދު ޢުމުރުގެ އަންހެނަކު ބުނި އަޑު އިވުމުން ޒާރާއާއި އަފާން ކައިރިއަށްވެސް ހިނި އައެވެ. ދެފަރާތަށް ބޯ ހޫރުވައިލަމުން އަފާން ގޮސް ސައިކަލަށް އަރާ، ޒާރާއަށް އެރުމަށް ޢިޝާރާތް ކޮށްލިއެވެ. ޒާރާވެސް އަފާންގެ ފަހަތަށް އަރައި، ހަމަޖެހިލުމުން އަފާން ސައިކަލު ދުއްވައިލިއެެވެ.

އަފާން ގޮސް ސައިކަލު މަޑުކޮށްލީ އާރޓިފިޝަލް ބީޗު ކުރިމައްޗަށެވެ. ސައިކަލުން ފައިބައިގެން އަފާން ޒާރާގެ އަތުގައި ހިފައިގެން އެތަނަށް ވަންނަން ހިނގައިގަތެވެ. ޒާރާވެސް ހިނިތުންވެލައިގެން އަފާންއާއި އެކީ ދިޔައީ އަފާން އެ ކުރަން އުޅޭ ކަމެއް ނޭނގޭ ޙާލުގައެވެ. ޒާރާ ގޮވައިގެން އަފާން ވަކި ހިސާބަކަށް އައިސް ޖީބުން ކަޅުކުލައިގެ ކުޑަ ފޮތިކޮޅެއް ނެގިއެވެ. ސުވާލުގެ ނަޒަރަކުން ޒާރާއަށް އަފާންއަށް ބަލައިލެވުނީ އަފާން އެ ކުރަން އުޅޭ ކަމެއް ނޭނގުމުންނެވެ.

“ވަރަށް އަވަހަށް އިނގޭނެ..” ޒާރާގެ ލޯމަތީގައި އެ ފޮތިކޮޅު އައްސައިލަމުން އަފާން ބުނެލިއެވެ. އެއާއެކު ޒާރާވެސް އެއްވެސް ސުވާލެއް ނުކޮށް ހުރީ އަފާންއަށް ކުރެވޭ އިތުބާރުގެ ބޮޑުކަމުންނެވެ. “ކުރިޔަށް ހިނގާ..” ޒާރާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އަފާން ބުނެލިއެވެ. “އަ.. އަފާން.. ދޫކޮށްނުލައްޗޭ..” އަފާންގެ އަތްމަތީގައި އަތްތިލަ ބާއްވައިލަމުން ޒާރާ ބުނެލީ އޭނާއަށް އެެއްވެސް ތަނެއް ނުފެންނާތީއެވެ. “އަހަރެން އެބަ ހުރީމޭ ޒާރާ.. ޓްރަސްޓް މީ..” އަފާން މަޑުމަޑުން ބުނެލިއެވެ. އަދި ޒާރާ ގޮވައިގެން ތަންކޮޅަކަށް ގޮސް ހުއްޓުނެވެ. “ދެން ތި ފޮތިކޮޅު ނަގާ..” އަފާން އެދުނެވެ. އެއާއެކު، ޒާރާ އޭނާގެ ލޯމަތީގައި އައްސާލާފައި އޮތް ފޮތިކޮޅު ނައްޓައިލިއެވެ. އަދި ކުރިމައްޗަށް ބަލައިލީ އޭނާގެ ހިތް އެދޭ ފަދަ މަންޒަރެއް ފެންނާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް، ކުރިމަތިން އޭނާއަށް ފެނުނީ ހާމައަށް އޮތް މާ ކަނޑެވެ. އެތަނުން އެއްވެސް ޚާއްސަކަމެއް ފެންނަން ނެތުމުން ޒާރާ ފަހަތަށް އެނބުރުނީ އަފާންއަށް ގޮވައިލަމުންނެވެ. އެއާއެކު، ކުރިމަތިން ފެނުނު މަންޒަރުން ޒާރާގެ ހައިރާންކަން ވީ އިތުރެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. ReeshA CoronA

    Kuimathin fennaane manzarakyyyyyy….
    rihi kulaige alimas jehi angotti eh zaaraa aai dhimaalah dhihkohlaigen ehfai mahchah thirive in afaan eve.
    Tahtadaaaaa…
    Ma molheh noon tha alhe… Yageen mihen vaany.. (ey ekm yageeneh noon🙄)
    Klw ma gaathah haadha hingneh ayey e muwkulhi dhaithage dialogue kiyaafa.. 🤣🤣🤣aan ekeyy ulhey faadekey hithah araeyy.. Mafolhuvan veefa nikan gos gey gifili there ah vadhebala dhw dhaithaaa… Aharumen vx ladhuganey viyya… 🤣🤣🤣🤣
    Anyywaayyysss brooowwwsss heessaaa miss ingeyyy.. Heskiyaaha loabi vxveymaaiy ﷲ ah takaa… (islam fothuga ithy meehaku dheke loabi vangnaa maaiy ﷲ ah takaa loabi vaashey…)
    Eyy vrh salaamey dhen brww okkeyyyy..
    Buhthari boegen nidhahklchey.
    Kulhi roshi thelulaan fuhgandu modedheyn dhaanan konmes dhuhukun
    Ainnn keekey mikiyany🤔
    Oaaakkkkeeeeeyyy
    Baaaiiii anywaysssss

    1. Nayaa
      ReeshA CoronA

      Ey brw why such a long cmnt? 😭😭.. Manje mennah mhr vs vaguthu veythr mivaru ge cmnts liyan.. Test thah ais neyfathu kuryga jehuny viyya mioh.. Arn dhn nethey maa bodu ehcheh buneveykah.. Dhenme school in mi aee.. Adhi nuvs kan.. Dhn bunelan othy vrh bodah shukuriyyaa ey thi dhey support ah.. Thankiu brothahhhh.. Much luvssss🖤🖤🖤

  2. Ammmu

    Masha allah vrh reethi Vaahaka eh 😍

    1. Nayaa
      Ammmu

      Thankiu Ammmu🖤🖤

  3. Ice-cream 🍦

    Your stories are amazing ❤️ ❤️ The way you describe every character in your story is so unique 😍 I also want to be a writer like you 😭 i just loved it! Keep writing ❤️

    1. Nayaa
      Ice-cream 🍦

      Awwwwn thankiu so muchh dearrr😍😍.. Really means a lot to me inge🖤🖤🖤.. Why not? I’m sure ur going to be a much more talented writer than me darlx.. U can start now also.. I’ll help u in anyway I can.. Insha Allah one day ur gonna be a famous author🖤.. Once again thank you for this absolute sweetest comment darling 🖤🖤.. This is going to be one of my fvrt comments.. Really glad to be able to inspire u sweetheart🖤🖤.. Hope ur gonna start working for ur dream soon 😊😊😊

  4. 🌹YEOJA🌹

    Helwww naayuu👋
    Long timeee dhw
    Anyway stry Hama vrh reethi Masha Allah keep it up dear . Hama mihaaru vrh curious vamun dhany kuri ah dhaane goi
    Can’t wait to read the next but no hurrys since examss around the corner
    Misss yah brww
    Lyssmmm❤️

  5. RAVEN

    ❤️❤️❤️

    1. Nayaa
      RAVEN

      <3

  6. shahaa

    Maadhan Allah Ur so talented ❤️❤️ when is next part so curious to read 😭btw ragalhah kiyavahchey

    1. Nayaa
      shahaa

      tysssssm dearr.. next part insha allah maa lasthakeh nuve kiyaalan libidhaane.. exams fesheythy im very bxy mi week ga.. yesss insha allah varah rangalhah kiyavaanan.. thanks again <3

  7. Nayaa

    in reply to @YEOJA
    heiii sisyyyyy
    yeaaa its been a looong time dhww
    awwwn thankiu soooo muchhh darlinggg
    yea exams feshumuge kurin 1 part upload kohlaafa dhn exams nimunyma upload kuran fashan mi visnany
    miss u morrreee dhoonyyy
    lymmmmmmmm <33333

  8. Boy

    Varah Reethi vaahaka eh keep it up
    ❤️❤️❤️❤️when is next….

    1. Nayaa
      Boy

      thankiu Boy.. nxt prt miadhu noony maadhamaa submit kohlaanan insha allah.. keep waiting

  9. Ammmu

    Curiously waitinn 😭

    1. Nayaa
      Ammmu

      will submit it today or tmrw for sure..exams fesheythy kudakoh bura vgn mi ulheny

  10. Shaleen

    Nagaa!!!
    Story v v reethi ingey. Waiting Hama part 29 ah …
    Dhen kihineibaa ey vaanee …????
    Shaleen hithah araa Nayaage Vaahakathah kiyaalaafa Hama …. Dhen nenge bunaakahves. V interesting ey buneveynee.

    1. Nayaa
      Shaleen

      Shaleen sis.. Tyssssm darling
      Dhn vaane gotheh ingeyny storyge kuriyah huri baithah kiyaalevuneema dhw.. Hehe
      29 submit kohlaifin.. Admin approval libunuhaa avahakah kiyaalan libeyne..
      Awwn thanksssss.. Means a lot to me inge

Comments are closed.