ހިތަށް ކިތަންމެ ތަދުވީ ނަމަވެސް، ނުރޮއެ ވޭތޯ ޔައިނާ ހިތްވަރު ކުރިއެވެ. ކައިވެނީގެ ފަހުން މި ހޭދަވީ ދެމަހެއްހާ ދުވަސްތެރޭ މިލާންގެ އެ ފިނިކަމާ ރުޅިވެރިކަމަށް އޭނާ އާދަވެފައިވާ ކަހަލައެވެ. ފުނެ ނޭވާއެއް ދޫކޮށްލަމުން، ޔައިނާ ގޮސް ގެއިން ނުކުތެވެ. ހޮސްޕިޓަލާ ގެޔާ އެހާ ދުރު ނޫން ކަމުން، ޓެކްސީއަކަށް ނުގުޅައި، ޔައިނާ ބޭނުންވީ ހިނގާލާފައި ދާށެވެ. *** ** *** “ކެއަރލޫޕް” ހޮސްޕިޓަލުގެ ތެރެޔަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޔައިނާއަށް ކުރެވިގެން ދިޔައީ މުޅީން ތަފާތު […]
ހެނދުނު ހަތެއް ނުޖަހަނީސް ލައުރާ ލެޕްޓޮޕް ހިފައިގެން ކާމޭޒު ދޮށުގައި އިނީ އޮފީހުގެ މަސައްކަތެއް ނިންމާށެވެ. އަޒާންގެ ޚިޔާލުތަކާ ދުރުވުމަށް ލައުރާ ބޭނުންކުރާ އުކުޅަކީ އެޔެވެ. ކުރަން އިން މަސައްކަތް ހުއްޓައިލަން ލައުރާއަށް ޖެހުނީ ބެލްގެ އަޑު އިވުމުންނެވެ. ތެދުވެގެން ގޮސް، ދޮރު ހުޅުވައިލި އިރު ބޭރުގައި ޒާރާ ހުރި ތަން ފެނުނެނެވެ. ހިނިތުންވެލުމާއި އެކު، ޒާރާއަށް ވަނުމަށް ތަންދެއްކިއެވެ. ޒާރާ އެތެރެއަށް ވަނުމާއި އެކު ލައުރާ ދޮރު ލައްޕައިލިއެވެ. “ހާދަ ނުގަޑިއެއްގަ.. ސައިބޯން ހިނގާ..” ލައުރާ […]
ލައުރާގެ އެ ކުއްލި ޙަމަލާއާއި އެކު، އަޒާންއަށް ލައުރާއާ ދިމާއަށް ބަލައިލެވުނީ ދެލޯ ބޮޑުވެފައިވާ ޙާލުގައެވެ. އޭރު ލައުރާގެ ދެލޮލުގައިވީ ކަރުނަތަކާއެކު ވިދަމުން ދިޔައީ ނަފްރަތާއި، ރުޅިވެރިކަމެވެ. އެވީ ކިހިނެއް ހެއްޔެވެ؟ ފަސް އަހަރު ފަހުން ލައުރާގެ ފަރާތުން އޭނާ ހިތް އެދޭ ކަހަލަ ޖަވާބެއް ލިބޭނެކަމުގެ އުންމީދީ ހުޅުކޮޅު ރޯވެފައި، ކުއްލިއަކަށް ނިވުނީ ކީއްވެގެން ހެއްޔެވެ؟ ލައުރާގެ ފަރާތުން ނޫނީ ޖަވާބެއް ލިބެން ނެތް އެތައް ސުވާލުތަކެއް އެވަގުތު އަޒާންގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. […]
ފަހަތަށް އެނބުރެވުމާއި އެކު ލައުރާ އިން ގޮތް ފެނި، ވަގުތުން އަޒާންގެ ރުޅިގަނޑު އެކީ ފިލައި ދިޔައެވެ. ހުއްޓުމެއް ނެތި އެ ދެލޮލުން ކަރުނަ އަންނަމުން ދިޔަ އިރު، އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން ގިސްލުމުގެ އަޑު ބޭރެއް ނުވެއެވެ. މުޅި ކުއްޖާ ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނި، ވަގުތުން އަޒާނަށް އެދިމާއަށް ދެވުނެވެ. ލައުރާ ކައިރީގައި، އެއްކަކޫ މައްޗަށް އިށީނދެލާފައި، ލައުރާގެ އަނގަމަތީގައި އަޅާފައިވި ފޮތިގަނޑު މޮހައިލަދިނެވެ. ލައުރާގެ ގިސްލުމުގެ އަޑު ބޭރުވީ ދެނެވެ. […]
“މިލާން.. ކާން އަންނަންވީނު..” ޔައިނާގެ އަޑުގައިވީ މަޑުމައިތިރި ކަމެވެ. “އަހަރެން ކާނީ ބޭރުން..” މިލާންގެ އަޑުގައިވީ ފިނިކަމެވެ. “އެކަމަކު އަހަރެން ގޭގަ ކައްކާފަ ހުއްޓާ-” ޔައިނާގެ ދުލުގައި އޮތް ބަސް ފުރިހަމަ ނުކުރެވުނީ މިލާން ފަސްއެނބުރި، ނުރައްކާތެރި ބެލުމެއް ޔައިނާއަށް ރައްދު ކޮށްލުމުންނެވެ. “އަހަރެން ބުނިންތަ އެއްފަހަރުވެސް ޔައިނާ ކައިރި އަހަނަންނަށް ކައްކައިދޭށޭ..؟ ޔައިނާގެ އެއްވެސް އެހީއެއް އަހަންނެއް ބޭނުމެއް ނޫން.. އެހެންވީމަ ޔައިނާވެސް ދެން ރަނގަޅުވާނީ މީގެ ފަހުން ތި ދަޅަތައް އަހަންނަށް ދައްކަން ނޫޅުނިއްޔާ.. […]
ނަމަވެސް، ލައުރާ ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވި ނަމަވެސް، އަޒާން މިރޭ އޭނާގެ ހިތުގައި ކޮށްޓާލައިފިއެވެ. ލައުރާގެ ހުއްދައެއް ނެތި، އެ ހިތުގެ ތެރެއަށް ދެމިގަނެފިއެވެ. ލައުރާއަށް ނޭނގުނު ކަމަކީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަޒާން އެ ހިތް އެކުގައި މިލްކުވެސް ކުރާނޭ ކަމެވެ. މިއަދު އަޒާން ލައުރާގެ ލޯތްބަށް އެދި އާދޭސް ކުރި ފަދައިން، އޭނާވެސް އަޒާންގެ ލޯތްބަށް އެދި އާދޭސް ކުރަން ޖެހޭ ދުވަހެއް އަންނަން އޮތް ކަމެވެ. *** ** *** […]
ކައިވެނި ކުރެވުނު ދެ ޖޯޑު ދެ ކާރަށް އެރުމާއި އެކު، ކާރު ދުއްވައިލިއެވެ. ދިހަވަރަކަށް މިނެޓުގެ ތެރޭގައި އަފާންއާއި ޒާރާއަށް އެމީހުންގެ މަންޒިލަށް ދެވުނެވެ. ކާރުން ފައިބާފައި، ގެއަށް ވަންނަން ހިނގައިގަތީ ދެމީހުން އެކީއެވެ. ޒާރާ ގޮސް އަފާންގެ ކޮޓަރި ދޮރުހުޅުވާލާފައި، އެތެރެއަށް ވަން އިރު ފެނުނު މަންޒަރަކުން ދެލޯ ބޮޑުވިއެވެ. މިރެއަށް އެ ކޮޓަރި ތައްޔާރު ކުރެވިފައިވާލެއް ނުހަނު ފުރިހަމައެވެ. މުޅި ކޮޓަރި ތެރޭގައި ފިނިފެންމާ ފިޔަތަކާއި، އުއްބަތިތައް ބަހައްޓާފައި ހުރި އިރު، އެނދުމަތީގައިވެސް މަލުގެ […]
ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރަޔަށް ބަލަހައްޓައިގެން ހުރި މިލާން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ޚިޔާލީ ކަނޑުން ބޭރުވާން އޭނާއަށް އެގުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލުމުންނެވެ. ވަގުތުން ފުން ނޭވާއެއް ދޫކޮށްލައި، މީހާ ހަމަޖެހިލިއެވެ. އަދި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި އަފާން ފެނުމުން ކޮނޑުގައި ޖަހައިލާފައި، އެކުވެރިޔާއަށް ތަޢުރީފު ކޮށްލިއެވެ. އަފާންވެސް ހަމަ އެފަދައިން މިލާންއަށް ތަޢުރީފު ކޮށްލާފައި ދާން ވެއްޖެ ކަމަށް ބުންޏެވެ. އެއާއެކު، […]
ރަށުތެރެއަށް އަރައިގެން އައި މިލާންއާއި ޔައިނާއާއި، އަފާންއާއި، ޒާރާގެ އިތުރުން ލައުރާއަށްވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ވޭތުވެގެން ދިޔަ ފަސް އަހަރު ތެރޭ އެ ފަސް މީހުން އަދި ރަށަށް އެ އައީ ފުރަތަމަ ފަހަރަށެވެ. އެ ފަސް މީހުންވެސް ބަދަލުވެފައި ތިބި މިންވަރު ފެނި ގިނަ ބަޔަކު ދިޔައީ އާގަމަ ވަމުންނެވެ. އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓiފައިވަނީ މިލާންއަށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކުރިން ހިކިހިކި އިލޮށްޓެއްހެން ހުންނަ ކުއްޖާ […]