އަފާންގެ އުނގުގައި ބޯ އަޅާލައިގެން ޒާރާ އޮތީ ދެލޯ މެރިމެރިއެވެ. ޒާރާގެ ބޮލުގައި ފރުމަމުން ދިޔަ އިރު، އަފާންގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ނަމަވެސް، އެ ވަގުތުކޮޅަށް ހުރަސް އެޅީ ޒާރާގެ ފޯނު ރިންގު ވުމުންނެވެ. ވަގުތުން ތެދުވެ، ޒާރާ ފޯނަށް ޖަވާބު ދިނީ ގުޅަނީ ބައްޕަކަން އެނގުމުންނެވެ. “ހަލޯ.. ބައްޕާ.. ކޮބާ ޔާސިރުބެ..؟” ޒާރާ އަހައިލީ ކެތް މަދުވެފައި ހުރެއެވެ. ނަމަވެސް، ދެން ޝުޢައިބު ބުނި ބަސްތަކުން ޒާރާއަށް އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ދެލޮލަށް ކަރުނަތައް ގިނަވެއްޖެއެވެ. ދާދި ދެންމެއަކު ވެފައި ހުރި ވަރުބައްޔާއި، އައިސްފައި ހުރި ނިދި ފިލައި ދިޔައީ ކޮންތަނަކަށް ކަމެއްވެސް ނޭނގެއެވެ. ޒާރާގެ އަތުން ވެއްޓުނު ގޮތަށް ފޯނުގެ އެކި ބައިބައި ވަކިވެ، އެކީ ހަލާކުވިއެވެ. ކަންތައްތައް ވަރަށް ގޯސްވެއްޖެކަން އަފާންއަށް ރޭކާލީ އެހިސާބުންނެވެ. ޒާރާ ގެނެސް، ކައިރީގައި ބަންދަމުން ކިހިނެތްވީތޯ އަހައިލިއެވެ. “އަ.. އަފާން.. ޔާ.. ޔާސިރުބެ.. ނިޔާވެއްޖެ..” އެހެން ބުނުމަށްފަހު ޒާރާގެ ބަޑި ދިޔައީ ފަޅައިގެންނެވެ. އަފާންގެ މޭގައި މޫނު ފޮރުވައިގެން އިނދެ ޒާރާއަށް ވިސްނެމުން ދިޔައީ ޔައިނާއާއި ދޭތެރޭގައެވެ. ޒާރާގެ ބޮލުގައި ފިރުމަފިރުމާލަ އިން އަފާންވެސް އިންތިހާޢަށް ކަންބޮޑުވެފައި އިނީ ޔައިނާއާއި މެދުގައެވެ. ޔާސިރުގެ އެ ކުއްލި ވަކިވެދިޔުމުން ޔައިނާއަށް ވާނީ ކިހިނެތް ހެއްޔެވެ؟ ޔައިނާއަށް އެ ޚަބަރު ދޭނީ ކިހިނެތް ހެއްޔެވެ؟
“ހޭ ޒާރާ.. ބަލާބަ މިކޮޅަށް.. އަހަންނާ ދިމާލަށް ބަލާބަލަ.. އެވްރީތިންގ އިޒް ގޮނަ ބީ ފައިން އިނގޭ.. ޔައިނާއަށް އަހަރުމެން ހުރިހާ އެއްޗެއްވެސް ކިޔައިދޭނީ.. އަހަރެންވެސް މި ހުރީނު.. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ އިންޝާ ﷲ.. ހިތްވަރު ކުރޭ.. ޒާރާ ހިތްވަރު ކޮށްގެންނު ޔައިނާއަށް ހިތްވަރު ލިބޭނީ..” ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާ، އަފާންގެ ލޮލާއިލޯ ސީދާކޮށްލަމުން އަފާން ބުނެލިއެވެ. ނަމަވެސް، ދެންވެސް ޒާރާގެ ރުއިމެއް ނުހުއްޓުނެވެ. އަފާންވެސް ޒާރާ އެ މޭގައި ޖައްސާލައިގެން އިނީ ޒާރާ ރޯނެ ވަރަކަށް ރޯން ފުރުސަތު ދީގެންނެވެ.
“ހަލޯ.. އަފާން.. ޒާ ރަނގަޅުތަ..؟ އެއްޗެއް ކައިފިތަ..؟” އެ ގުޅީ ޝުޢައިބެވެ. ޝުޢައިބު އެހެން ބުނުމުން އަފާން ލައްބައޭ ބުނެލިއެވެ. “ޒާ އަދިވެސް ރޮނީތަ..؟” ޝުޢައިބު އަހައިލީ ކަންބޮޑުވެފައި ހުރެއެވެ. “އާނ.. އަދިވެސް ރޮނީ.. އަޅުގަނޑު މި ބަލަނީ ހަމަޔަކަށް އެޅުވޭތޯ..” އަފާން ބުނެލިއެވެ. “ޒާއަށް މިހާވަރު ވަންޏާ އަދި ޔައިނާއަށް ކިހާ ވަރެއް ވާނެބާ..؟” ޝުޢައިބުއަށް ބުނެވުނެވެ. އޭގެ ޖަވާބުގައި ބުނާނެ އެއްޗެއް އަފާން އަކަށް ނޭނގުނެވެ. “ޔައިނާ ކައިރި ބުނެފިންތަ..؟” ޝުޢައިބު އެހީ މިއީ ޔައިނާއަށް ކޮންމެހެންވެސް އެނގެން ޖެހޭ ކަމަކަށް ވީތީއެވެ. “އަދި ނުބުނަން.. ގުޅިޔަސް ނުވެސް އެނގެ ފޯނު ނަގާނެ ކަމެއްވެސް.. މިދޭތެރެއިން އަޅުގަނޑުމެން އެކަކު ގުޅީމަވެސް ފޯނެއް ނުނަގަ..” އަފާން ޖަވާބުދާރީވިއެވެ. “އެއީ ކީއްވެ..؟” ޝުޢައިބަށް އަހައިލެވުނެވެ. “މިލާންއާ ޔައިނާ ރުޅިވި މައްސަލައިގަ ހެން ހީވަނީ..” ފުން ނޭވާއެއް ދޫކޮށްލަމުން އަފާން ތެދަށް ބުނީ އިތުރަށް މިކަންތައް ސިއްރު ނުކުރެވޭނެތީއެވެ. “އެހެން ދޯ.. ކޮންމެވެސް ގޮތަކުން ޔައިނާއަށް އަންގާ.. އެކަން ތިކުދިންނާ ހަވާލު.. ޒާއަށް ބަލައްޗޭ އިނގޭ..” ޝުޢައިބު އެހެން ބުނެފައި ފޯނު ކަނޑައިލީއެވެ. ޝުޢައިބު ފޯނު ކަނޑައިލުމާއެކު އަފާންއަށް ވިސްނުނީ ޔައިނާ ކައިރީ ބުނާނެ ގޮތެވެ. ކިތަންމެ ވަރަކަށް ގުޅިޔަސް ޔައިނާ ފޯނު ނަގާނެ ކަމެއް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް، ޔައިނާއަށް ނާންގާ، ޔާސިރުގެ ކަށުކަމާކެމީގެ ކަންތައް ނިންމޭކަށް ނެތެވެ.
“ޒާރާ.. ހިތްވަރުކޮށްލާފަ އިހަށް ހުއްޓާލަބަލަ.. މިވަގުތު ރުއިމަށްވުރެ މާ މުހިންމެއްނު ޔައިއާ ގުޅޭތޯ ބެލުން.. ދޯ..؟ ހިނގާބަ ޔައިއަށް ގުޅޭތޯ މަސައްކަތް ކޮށްލަން..” އަފާން ޒާރާ އޭނާގެ ގަޔާއި ދުރުކޮށްލަމުން ބުންޏެވެ. ޒާރާ ނޭފަތް ދަމާލާފައި ބޯ ޖަހައިލިއެވެ. “ނައު ދެޓްސް ދަ ސްޓްރޯންގް ޒާރާ އައި ފެލް ފޯރ..” ޒާރާގެ ކޮލުގައި އަތް ޖައްސައިލަމުން އަފާން ބުނެލީ ޒާރާ ކުޑަކޮށް ނަމަވެސް، ހިނިތުންވެލާނޭ ކަމުގެ އުއްމީދުގައެވެ. ކަން ވީވެސް އަފާން ބޭނުންވި ގޮތަށެވެ. ޒާރާގެ މޫނުމަތި ކުޑަކޮށް ނަމަވެސް، އުޖާލާވެގެން ދިޔައެވެ.
“ދެން ހިނގާ ދޯ ޔައިއަށް ގުޅޭތޯ ބަލަން..؟” އަފާން އޭނާގެ ފޯނު ނަގަމުން ބުނެލިއެވެ. ޒާރާވެސް މޫނު ފުހެލުމަށްފަހު، އޭނާގެ ފޯނުން ޔައިނާއަށް މެސެޖު ކުރަމުން ދިޔައެވެ. އަފާން ޔައިނާއަށް ގުޅޭތޯ ބަލަމުން ދިޔަ އިރު، ޒާރާ ދިޔައީ ޔައިނާއަށް މެސެޖު ކުރަމުންނެވެ.
“އަޅެ ޔައިނާ ކީއްތަ ވާނީ އެއްފަހަރުވެސް ފޯނު ނެގިއްޔާ..؟ ނޫނީ މެސެޖަކަށް ރިޕްލައި ކުރިއްޔާ..؟ މިލާން ރުޅިވީއޭ ކިޔާފަ އެހެންތަ އުޅެން ޖެހެނީ..؟ ކޮންމެސް ބޮޑު ކަމެއް ވެގެން ދޯ އަހަރެމެން މިވަރަށް ގުޅާނީ..” ވެފައި ހުރި ދެރައާއި އެކުވެގެން ޒާރާއަށް ރުޅި އާދެވުނެވެ. “ޝްޝް.. ޒާރާ ހަމަޖެހިބަލަ.. ޔައި އިޒް ޖަސްޓް ގޮއިން ތްރޫ އަ ވެރީ ޑިފިކަލްޓް ޓައިމް ރައިޓް ނައު.. ލޯބިވާ މީހަކު އެގޮތަށް ތިމާ ދުރުކޮށްލީމަ އެ ވާ ދެރަ މަށަށްވެސް އިހުސާސް ކުރެވޭ..” އަފާން އެހެން ބުނުމުން ޒާރާއަށް އަފާންއާއި ދިމާލަށް ބަލައިލެވުނެވެ. މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި އަފާން އޭނާގެ ސަބަބުން ހާދަ ދެރަވެފައި ހުންނާނެޔޭ ޒާރާގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމުން ޒާރާ އިތުރަށް ދެރަވެ، ރޮވޭ ގޮތް ވިއެވެ. “އަޅޭ ޒާރާ.. އަހަރެން އެހެން ބުނީ ޒާރާ ރޮއްވާލާކަށް ނޫނޭ.. ހުއްޓާލަބަލަ..” ޒާރާ ރޯން ފެށުމުން އަފާން ދެރަވިއެވެ. އޭނާއަށް އެހެން ބުނެވުމުގެ މޮޔަ ހީވިއެވެ. “އައިމް ސޮރީ އަފާން.. މި ހުރިހާ ދުވަހަކަށް ވަރަށް ބޮޑަށް ސޮރީ..” ޒާރާ ދިޔައީ އަފާންގެ ކިބައިން މަޢާފަށް އެދެމުންނެވެ. “އިޓްސް އޯކޭއޭ ޒާރާ.. އެއީ ކަމެއް ނޫނޭ.. ހާސް ނުވެބަލަ.. އަހަރެން މިހާރު ދުވަހަކު ނުވާ ވަރަށް އުފާވޭ.. ޒާރާ އަހަރެންގެ އަތުތެރޭގަ ވީމަ..” ޒާރާގެ ނިތުގައި ބޮސްދެމުން އަފާން ބުނެލިއެވެ. ޒާރާ އިތުރަށް އަފާންގެ މޭ ތެރޭގައި ބޮނޑިވެލިއެވެ.
ނަމަވެސް، ދެމީހުންގެ އެވަގުތުކޮޅަށް ނިމުމެއް އައީ ޒާރާގެ ރިންގުވާން ފެށި ފޯނުންނެވެ. ވަގުތުން ޒާރާ ފޯނު ނެގިއެވެ. ޔައިނާގެ ނަން އަރާފައި އިނުމުން ޒާރާއަށް ވީ ގޮތްވެސް ނޭނގުނެވެ. ވަގުތުން ފޯނު ނަގައި، ކަންފަތުގައި ޖަހައިލީ ދައްކަން ހުރި ވާހަކަ ގިނަ ކަމުންނެވެ. “ޔައި-”
“ޒާ.. އަހަރެންގެ ބައްޕަ ކޮބާ..؟ ބައްޕަ ކިހިނެތް..؟” ޒާރާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އިވުނީ ޔައިނާގެ ކުރަކިވެފައިވާ އަޑެވެ. އެއްޗެކޭ ނުބުނެ ޒާރާއަށް ބަލައިލެވުނީ އަފާންއަށެވެ. އެ ސުވާލަށް ޖަވާބު ދޭން އޭނާޢަށް އުނދަގޫ ވީއެވެ. އެކަމަށް ހެކިދެނީ ޒާރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކެވެ.
“ޒާ.. ޒާ..! އަހަރެން އެބަ އެއްޗެއް އަހަމޭ.. ކޮބާހޭ ބައްޕަ..؟ ބައްޕަ ރަނގަޅުހޭ..؟!” ޔައިނާއަށް މިފަހަރު އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ. “ޔައި.. ޔައިއަށް.. ކިހިނެތް އެނގުނީ..؟” ޒާރާއަށް އަހައިލެވުނީ އެހެންނެވެ. އެއާއެކު، ޔައިނާގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. “ޚަބަރަކުން… ފެނުނީ.. ރަށުގަ ހިނގާފަ.. އޮތް.. އޮތް ކަމެއް.. ވީމަ ބަލައިލީ.. ދެން.. އެނގުނީ ބައް.. ބައްޕަ ކަން..” އަޅައަޅައިގަންނަމުން ޔައިނާއަށް އެހެން ބުނެވުނު އިރު، ޒާރާއަށްވެސް އަނގަމަތީގައި އަތް އަޅައިލެވުނީ ރޮވެން އުޅޭހެން ހީވުމުންނެވެ. ޒާރާއަށް ވާހަކަ ދައްކަން އުނދަގޫ ވުމުން އަފާން ޒާރާގެ އަތުން ފޯނު އަތުލިއެވެ.
“ޔައީ.. ކޮންތާކު ތި ހުރީ..؟” އަފާން އެއްސެވެ. ” އެއާޕޯޓުގަ.. ހަމަ މިހާރު ތިކޮޅަށް ދާން..” ޔައިނާ ބުނެލިއެވެ. “ޔައީ.. ޔާސިރުބެ…” އަފާންއަށްވެސް ބުނަން އުނދަގޫ ވިއެވެ. ނަމަވެސް، މިއަދު ނުބުނެ ވާކަށް ނެތެވެ. މިކަން ޔައިނާއަށް އެނގެން އެބަ ޖެހެއެވެ. “ބައްޕައަށް ކަމެއް ވީތަ އަފާން..؟ ބުނެބަލަ!!” ޔައިނާ ކުރިއަށްވުރެވެސް ހާސްވިއެވެ. “ޔައީ.. ހިތްވަރު ކުރައްޗޭ.. ޔާސިރުބެ ނިޔާވެއްޖެ..” އަފާން ބުނެލީ ދެލޯ މަރައިލަމުންނެވެ. އެގޮތުގައި އިރުކޮޅެއް ވެދިޔަ ފަހުން އަފާން ދެލޯ ހުޅުވައިލީ ޔައިނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުންނެވެ. “ޔައި.. ޔައީ..؟ ޔައިނާ..؟” އަފާން ދެތިން ފަހަރަކު ގޮވައިލީ ހާސްވެފައި ހުރެއެވެ. “އަހަރެން ފަނަރަ މިނެޓް ތެރޭ ފުރާނަން.. އަހަރެން ދަންދެން ބައްޕަ ވަޅުނުލާތި.. އިހަށް ބާއްވަނީ.. ތިކޮޅަށް ދެވުނީމަ ގުޅާނަން..” އެހެން ބުނެފައި، ދެން އިވުނީ ޔައިނާ ފޯނު ކަނޑައިލި އަޑެވެ. އަފާންއަށާއި ޒާރާއަށް އެކަކު އަނެކަކާއި ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ.
ޔައިނާ ކިހާ ހިތްވަރު ގަދަ ހެއްޔެވެ؟ މިވަގުތު ކަރުނަ އަޅާ، ރުއިމުގެ ބަދަލުގައި ކުރުން އެންމެ ރަނގަޅުކަމަކީ ވީހާވެސް އަވަހަށް ޔާސިރުގެ މޫނު ދެކިލުމަށް އައުން ކަން ޔައިނާއަށް ވިސްނުނެވެ. މިވަގުތު ކަރުނަ އަޅާ، ރުއިމުން ކުރާނެ ފައިދާއެއް ނޯންނާނެކަން ޔައިނާއަށް އެނގުނެވެ. ޔާސިރު ދުނިޔޭގައި ނެތް ނަމަވެސް، ޔައިނާ ރޯތަން ދެކެން ބޭނުން ނުވާނޭކަން ޔައިނާއަށް އިޙުސާސް ކުރެވުނީއެވެ. ހިތާހިތުން ޔައިނާގެ ހިތްވަރުގަދަ ކަމަށް ޒާރާ އަދި އަފާންއަށްވެސް ތަޢުރީފު ކުރެވުނު ޢަދަދުވެސް ނޭނގުނެވެ.
*** ** ***
ފްލައިޓަށް އަރާ، ޔައިނާ ސީޓުގައި ހަމަޖެހިލިއެވެ. ރޮވެން ފެށުނީ ދެނެވެ. ދެތުންފަތް ފިއްތައިލެވުނީ އަޑުން އަޑު ނަގާ، ބާރަށް ރޮވިދާނެތީއެވެ. އަނގަމަތީގައި އަތް އަޅައިލަމުން ރޯން ފެށި އިރު، ޔައިނާ ދިޔައީ އަމިއްލަ ނަފްސު ހުއްޓުވޭތޯ މަސައްކަތް ކުރަމުންނެވެ. ކިތަންމެ ވަރަކަށް ނުރޮއުމަށް އަމިއްލަ ނަފްސަށް އަމުރު ކުރި ކަމުގައި ވީ ނަމަވެސް، އުފަން ބައްޕަ ނިޔާވި ޚަބަރު ލިބުމުން ދެރަ ނުވާނީ ކާކު ހެއްޔެވެ؟ ޔައިނާއަށް އަަދި އޭނާގެ ބައްޕައަކީ ވަކިން ޚާއްސަ މީހެކެވެ. މަންމައަކާއި ނުލާ އެކަނިމާއެކަނި ޔައިނާއަށްޓަކައި އެ ބައްޕަ އުފުލި ބުރަ އެންމެ ގާތުން ފެނިފައިވާނީ ޔައިނާއަށެވެ. އިންސާނަކަށް ކެތް ކުރެވޭނީ އެވަރަށެވެ. މިވަގުތު ޔައިނާގެ ޙާލަތު އެނގޭ މީހެއް ނަމަ، ޔައިނާގެ ހިތްވަރު ގަދަ ކަމަށް އެތައް ހާސް ފަހަރަކު ތަޢުރީފު ކުރާނެކަން ގައިމެވެ.
*** ** ***
ސަތާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު، ޔައިނާއަށް އޭނާގެ އުފަން ބިމަށް އާދެވުނެވެ. ފަސް އަހަރު ފަހުން އުފަން ބިމުގައި ފައި ޖައްސައިލެވުމުން ބުނަން ނޭނގޭ އިޙުސާސްތަކެއް ހިތަށް ކުރެވިގެން ދިޔައެވެ. ނަމަވެސް، އެ ހިތްހަމަޖެހުން އިޙުސާސް ކުރެވޭ ވަރަށް ވުރެ، އެ ހިތަށް ލިބިފައިވާ ހިތްދަތިކަން މާ ބޮޑެވެ. ފްލައިޓުން ފޭބި އިރުވެސް، ގިނަ ބައެއްގެ ލޯތައް އޭނާއަށް އަމާޒުވަމުން ދިޔައީ ގަދަ ރަތްކަމެއް ވެރިވެފައިވީ އެ ދެލޮލުންނާއި، މޫނުންކަން ޔައިނާއަށް އެނގެއެވެ. އެ ރަތްވެފައިވީ ދެލޮލުންނާއި، ތެމިފައިވާ އެސްފިޔަތަކުން ޔައިނާ އެ ހުރީ ވަރަށް ރޮއެފައިކަން ނަގައިގަންނާކަށް އެއްވެސް މީހަކަށް އުނދަގުލެއް ނުވާނެއެވެ.
ފްލައިޓުން ފޭބި ގޮތަށް ޔައިނާ ހިނގައިގަތީ އެއާޕޯޓުން ނުކުތުމަށެވެ. މިވަގުތު ޒާރާމެން އޭނާ ބަލާ އައިސް ތިބޭނެހެން ހީވާތީއެވެ. އޭނާއަށް ހީވީވެސް ރަނގަޅަށެވެ. އަފާން އަތުން ހަނާ އަޅާލިތަން ފެނި، ޔައިނާ އެދިމާލަށް ހިނގައިގަތެވެ. އޭރު އަފާންގެ ކައިރީގައި ޒާރާވެސް ހުއްޓެވެ. އެހިސާބަށް އަރާ ހަމަވެފައި، ޒާރާއަށް ބަލައިލެވުނީ އެ ދެމީހުންގެ ގުޅުވައިލެވިފައިވީ އަތަށެވެ. އެއާއެކު، ﷲއަށް ޙަމްދު ކުރެވުނީ އެކުވެރިޔާގެ ލޯބި ޙާސިލްވެއްޖެކަން އެނގުމުންނެވެ. ހަމަ އެއާއި އެކީ އެ ދެލޯ ފެންކަޅިވެގެން ދިޔައީ އަމިއްލަ މީހާގެ ބަދުނަސީބުވެރިކަން ހިތަށް އަރާފައެވެ. އެންމެ ފުރަތަމަ މިލާން އޭނާ ދޫކޮށްފައި ދިޔައީއެވެ. އެންމެ ފަހުން ބައްޕަވެސް އެ ދިޔައީއެވެ. މުޅި ޢުމުރަށެވެ. ދެން ދުވަހަކުވެސް ނާދެވޭނޭ ގޮތަށެވެ. ޒާރާއާއި ހަތަރުކަޅި ހަމަކުރެވުމާއި އެކު، ވަގުތުން ޔައިނާއަށް ބާށް ރޮއެގަނެވުނެވެ. އެވަގުތު އެތަނުގައި ތިބި މީހުންވެސް ޔައިނާއާއި ދިމާއަށް ބަލައިލި ނަމަވެސް، ޔައިނާގެ ފަރުވާލެއް ނެތެވެ. އެއިން ކަމަކާއި ދޭތެރޭގައި ފިކުރު ކުރެވޭ ވަރަށްވުރެ، ޔައިނާގެ ޙާލު މާ ބޮޑެވެ.
ޔައިނާ ރޯން ފެށުމުން ޒާރާ އައިސް ޔައިނާގެ ގައިގައި ބައްދައިލިއެވެ. ޒާރާ ބައްދައިލުމުން ޔައިނާގެ ރުއިން އިތުރުވީ ފަދައެވެ. އެފަދަ އޯގާތެރިކަމަކަށް ބޭނުންވެފައި ހުއްޓާ، ލިބުމުން ވާނީވެސް އެކަހަލަ ގޮތެކެވެ. “ޝްޝް.. ޔައީ ޕްލީޒް.. ހުއްޓާލަބަލަ..” ޔައިނާގެ ބުރަކަށީގައި ފިރުމަމުން ޒާރާ ބުނަމުން ދިޔަ އިރު، ޚުދު ޒާރާއަށްވެސް ހުރެވުނީ ފެންކަޅިވެފައެވެ. އެކުވެރިޔާޢަށް އެހީޥާނެ ގޮތެއް ނޭނގުމުން ޒާރާގެ ހިތަށް ތަދުވިއެވެ. އެ މަންޒަރު ބަލަން ހުރި އަފާންވެސް ހުރީ އިންތިހާއަށް ދެރަވެފައެވެ. އެވަގުތު ޔައިނާގެ ހިތުގައި އަޅަމުންދާ ވޭން، އަފާންއަށްވެސް އިހުސާސް ކުރެވުނީއެވެ.
“ޔައީ.. ހިނގާ ދާން.. އިރުކޮޅަކުން ވަޅުލާނެ.. މޫނު ބަލައިލަން ދާން ހިނގާ އަވަހަށް..” އަފާން އައިސް ޔައިނާގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. ޔައިނާ ޒާރާގެ ގައިން ދޫކޮށްލި އިރުވެސް، ދިޔައީ ގިސްލަމުންނެވެ. ޒާރާއާއި އަފާންއާއި އެކީ ގޮސް ކާރަށް އެރި އިރުވެސް، އެ ދެލޮލުން ކަރުނަ ހުސް ނުވެއެވެ. އަފާން ދުއްވަން އިން އިރު، ޒާރާ އިނީ ޔައިނާ ގޮވައިގެން ފަހަތު ސީޓުގައެވެ. ޒާރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ، ޔައިނާ ރޮމުން ދިޔަ އިރު، ޒާރާ ދިޔައީ ޔައިނާގެ ބޮލުގައި ފިރުމަމުންނެވެ. ޔައިނާ ހިތްހަމަޖައްސައިދިނުމުގެ ގޮތުން ބުނާނެ އެއްޗެއްވެސް މިވަގުތު ޒާރާގެ ސިކުނޑިއަކަށް ނައެވެ. ކާރު ދުއްވަން އިން އަފާންވެސް އިރުއިރުކޮޅާ ލޯގަނޑުކޮޅުން އެދެމީހުންނަށް ބަލަމުން ދިޔައެވެ.
ކާރު އައިސް ކެއަރލޫޕް ހޮސްޕިޓަލުގެ ކުރިމައްޗަށް ހުއްޓުމުން އެންމެ ފުރަތަމަ ފޭބީ އަފާންއެވެ. އަފާން އައިސް، ފަހަތު ސީޓުގެ ދޮރު ހުޅުވައިދިނުމުން ޒާރާވެސް ޔައިނާ ގޮވައިގެން ފޭބިއެވެ. ޒާރާގެ އަތުގައި ހިފާލައިގެން ޔައިނާ ފޭބުމުން އަފާން ހޮސްޕިޓަލަށް ވަންނަން ހިނގައިގަތެވެ. ޔައިނާއާއި ޒާރާވެސް އަފާންގެ ފަހަތުން ދިޔަ އިރު، އަޅަމުންދާ ކޮންމެ ފިޔަވަޅަކާއި އެކީ، ޔައިނާގެ ހިތުގެ ހިނގުންވެސް ދިޔައީ އަވަސް ވަމުންނެވެ. ޔާސިރު އޮންނާނީ ކޮން ފަދަ ޙާލެއްގައި ބާވައޭ ހިތަށް އަރާ ކޮންމެ ފަހަރަކު ޔައިނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓެއެވެ.
އަފާން ގޮސް މަޑުވެލީ ޔާސިރު ބާއްވާފައި އޮތް ތަނަށް އާދެވުމުންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން، އަފާން ބަލައިލީ ޔައިނާއާއި ދިމާލަށެވެ. “ޔައީ.. ހިތްވަރު ކުރައްޗެ އިނގޭ.. މިހާތަނަށްވެސް ޔައި ހިތްވަރު ކޮށްލައިގެން ހުރީނު ދޯ..؟ ހަމަ އެގޮތަށް މިފަހަރުވެސް ކޮށްލާ.. ޔޫ ކޭން ޑޫ އިޓް..” ޔައިނާއާއި ދިމާލަށް ބަލައިލަމުން އަފާން ބުނެލިއެވެ. ޒާރާވެސް ޔައިނާގެ އަތަށް ފިތައިލީ ޔައިނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެކީގައި ބަޔަކު ހިތްވަރު ދޭން އެބަ ތިބި ކަން އިހުސާސް ކުރެވުމުން ޔައިނާއަށްވެސް ހިތްވަރެއް ލިބުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އެތެރެއަށް ވަނީ ފެނިދާނެ މަންޒަރަކަށް ތައްޔާރުވެގެން ހުރެއެވެ.
ޒާރާގެ އަތުގައި ހިފާލައިގެން ހުރެ، އެތެރެއަށް ވަން ޔައިނާއަށް ދެލޯ ބޮޑުކޮށްލާފައި އަނގަމަތީގައި އަޅައިލެވުނީ ފެނުނު މަންޒަރަކުންނެވެ. ދެންމެ ކުރި ހިތްވަރު ވަޔާ ބުރުއްސައިގެން ދިޔައީ ކޮން ތަނަކަށް ކަމެއްވެސް ނޭނގެއެވެ. އަޑުން އަޑު ނަގާ ރޮއެގަނެވުނީ، ޔާސިރު އޮތް ގޮތުންނެވެ.
ހިނަވާ، ކަފުންކޮށްފައި އޮތް އިރު، ފެންނަން އޮތީ ޔާސިރުގެ މޫނު އެކަންޏެވެ. މޫނުގެ ބޮޑު ބައެއް ފިހިފައިވާ އިރު، ސިފަ ވަކި ކުރަންވެސް އެނގެނީ ކިރިޔާއެވެ. ވަގުތުން ޔައިނާއަށް އަޑުން އަޑުނަގައި ރޮއެގަނެވުނެވެ. ބިންމައްޗަށް ތިރިވެވުނީ ކޮޅަށް ހުންނާނެހާ ވަރުވެސް ނެތުމުންނެވެ. ޒާރާވެސް ޔައިނާއާ އެއްވަރަކަށް ތިރިވެލުމާއެކު، ޒާރާގެ ގައިގައި އޮޅޫލައިގަނެފައި، ޔައިނާ ރޯން ފެށިއެވެ. ޔައިނާގެ ގައިގައި ބައްދާލައިގެން އިން ޒާރާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.
މާހިރުގެ ކައިރީގައި ހުރި މިލާންއަށް ބަލައިލެވުނީ ޔައިނާއާއި ދިމާލަށެވެ. ޔައިނާ ރޮއެގަންނަމުން ބިންމައްޗަށް ތިރިވި ގޮތުން މިލާންގެ ހިތަށް މީހަކު ފިތައިލި ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ޔައިނާއަށް ވެފައި ހުރި ގޮތުން މިލާންގެ ދެލޮލުންވެސް ކަރުނަ ފައިބަން ފެށިއެވެ. އެވަގުތު ގޮސް ޔައިނާގެ ހަށިގަނޑު އެ މޭތެރޭގައި ފޮރުވައިލުމަށް އެ ހިތް އެދުނީ ދުވަހަކުވެސް ނޭދޭ ވަރަށެވެ. ކުރިއަށް ފިޔަވަޅެއް އަޅާފައިވެސް މިލާންއަށް މަޑު ޖެހެވުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެނުނު މަންޒަރު އަނެއްކާވެސް ކުރިމަތީގައި ތަކުރާރު ވުމުންނެވެ. އަތް މުށްކަވާލާފައި މިލާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ. މި މަންޒަރު ކިތަންމެހާވެސް ރީއްޗަށް އަފާންއަށް ފެނުނެވެ. ކިތަންމެ ރުޅި އައި ނަމަވެސް، މިވަގުތު އެއްޗެއް ބުނާކަށް އަފާން ބޭނުމެއް ނުވިއެވެ.
“ޔައީ.. ތެދުވެބަލަ.. ފަހު ފަހަރަށް ބައްޕަ ދެކިލަން ދާކަށް ބޭނުމެއް ނުވޭތަ..؟ ހިތްވަރު ކޮށްލާފަ ތެދުވެބަ..” ޒާރާ ދެމުން ދިޔަ ހިތްވަރުން ޔައިނާ ރުއިން ހުއްޓައިލިއެވެ. އެއަށްފަހު، ޒާރާގެ އެހީގައި މަޑުމަޑުން ތެދުވެ، ޔާސިރު ބާއްވާފައި އޮތް އެނދާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އެތަނުގައި ހުރި މިލާންވެސް ޔައިނާގެ ލޮލުގައި އަޅައެއް ނުގަތެވެ. މިލާން ފެނުނު ނަމަ، އެ ހިތްވަރު ފަނޑުވީސްކަން ގައިމެވެ. ޔާސިރުގެ ގާތަށް އާދެވުމާއި އެކު، ޔައިނާއަށް ދެލޯ މަރައިލެވުނެވެ. ނަމަވެސް، ދެންވެސް ހިތްވަރުކޮށްލާފައި ދެލޯ ހުޅުވައިއެވެ. އަދި ޔާސިރުގެ މޫނުގައި ފިރުމައިލި އިރު، ޔާސިރުގެ ގައިގައި އަޅާނޭ ވޭން ހިތަށް އަރާފައި، އިތުރަށް ދެރަވިއެވެ.
“ބައްޕާ.. ކީއްވެ.. ކީއްވެތަ އަހަރެން ދޫކޮށްލާފަ ތި ދިޔައީ..؟ ބައްޕަ ނޫނީ ދެން އެކަކުވެސް އަހަރެންގެ ނެތް.. ލޯބިވާ އެންމެންވެސް އަހަރެން ދޫކޮށްލާފަ ދަނީ ކީއްވެތަ..؟” ކެތް ނުވެގެން އެންމެ ފަހުން ޔައިނާ ހިތުގައި ހުރި ހުރިހާ ޝަކުވާއެއް ބޭރުކޮށްލިއެވެ. ޔައިނާގެ ވާހަކަ އަޑު އަހަން ތިބި އެންމެންގެ ލޮލުންވެސް ކަރުނަ ނީރައިލިއެވެ. ލޯބިވާ އެންމެން އޭނާ ދޫކޮށްލާފައި ދަނީއޭ ބުނުމުން މިލާންގެ ހިތަށް ތަދުވީ ޔައިނާ ބުނި ބަހުގައި ފޮރުވިފައިވާ މާނަ ނަގައިގަނެވުމުންނެވެ. ނަމަވެސް، އެއީ ޔައިނާ އަމިއްލައަށް ކުރި ކަމެއް ނޫން ހެއްޔެވެ؟ ޔައިނާ އެގޮތަށް ކަންތައް ކުރީ އޭނާއާއި އެކީގައި އުޅެން ބޭނުން ނުވާތީ ނޫން ހެއްޔެވެ؟ ދެން މިއަދު އެގޮތަށް ބުނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ހިތަށްވީ އުނދަގުލާއި އެކު މިލާން ހިނގައިގަތީ އެތަނުން ނުކުންނާށެވެ. ޔައިނާގެ ފަހަތުން ލާފައި، މިލާން އެތަނުން ނުކުންނަން ދިޔަ ވަގުތު ވީ، ޔައިނާ އަނބުރައިގަނެގެން ގޮސް ވެއްޓުނު ވަގުތަށެވެ. އެވަގުތު ޒާރާއަކަށްވެސް ޔައިނާއެއް ނުހިފެހެއްޓުނެވެ. ޔައިނާ ދެމުނީ މިލާންގެ އަތް މައްޗަށެވެ. ވަގުތުން މިލާންގެ ހިތުގައިވީ ހުރިހާ ޝަކުވާއެއް ފުހެވިގެން ދިޔަ ކަހަލައެވެ. ޔައިނާ އަތްދަނޑިމައްޗަށް ނަގައި، އުފުލައިލައިގެން ނުކުތީ، އަވަހަށް ޔައިނާއަށް ފަރުވާ ދިނުމުގެ ގޮތުންނެވެ. މިލާންއާއި އެކީގައި އަފާންއާއި ޒާރާވެސް ނުކުތް އިރު އެކަކުވެސް ޔައިނާއާއި މިލާންގެ ދޭތެރޭގައި ހިނގާ ދިޔަ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. އެއަށްވުރެ، އެންމެންވެސް ތިބީ ޔައިނާއާއި ދޭތެރޭގައި ކަންބޮޑުވެފައެވެ.
ޔައިނާ ގެންގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުމާއެކު، އަފާންއާއި ޒާރާ އެތާ ހުރި ގޮނޑިބަރީގައި އިށީނެވެ. އެއާ ޚިލާފަށް މިލާން ހުރީ ކޮޅަށެވެ. ޔައިނާއާއި ދޭތެރޭގައި ކަންބޮޑުވެފައި ހުރި ވަރުން މިވަގުތު ތަނެއްގައި އިށީންނާކަށްވެސް މިލާން ހަނދާނެއް ނެތެވެ.
އިރުކޮޅެއް ފަހުން ޑޮކްޓަރު ނުކުތުމުން އެންމެ ފުރަތަމަވެސް ގޮސް، ވީ ގޮތް އެހީ މިލާންއެވެ. “އިރާދަކުރެއްވީތީ ހާސްވާ ވަރުގެ ކަމެއް ނުވޭ.. ގައިން މާ ބޮޑަށް ހަކަތަ މަދުވީ.. ލަފާކުރެވޭ މި ވޭތުވެދިޔަ ދުވަސްކޮޅުގައި އެއްވެސް އެއްޗެއް ނުކައި، ރަނގަޅަށް އަރާމު ނުކުރާކަން.. ދެން އެއާ އެކީގައި ބޮޑު ޝޮކެއް ނޫނީ ހިތާމަވެރި ކަމެއް ދިމާވެގެން މެދުވެރިވި ކަމެއް ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ.. ޕޭޝަންޓް ހޭ އެރުމުން ހަށިގަނޑުގައި ވަރު ޖެހޭ ފަދަ ކާ އެއްޗެއްސާ ދިޔާ އެއްޗެހި ދިނުން މުހިންމު.. އަދި ރަނގަޅަށް ނިދުމާއި، އަރާމު ކުރުންވެސް އެހާ މުހިންމު..” ޑޮކްޓަރު އޮޅުންފިލުވައިދިނުމުން ތިން މީހުން އެކީ ބޯ ޖަހައިލިއެވެ. “ކޮންއިރަކުންތޯ ޔައިނާ ހޭ އަރާނީ..؟” މިލާން އަހައިލިއެވެ. “ހޭ އަރާނެ ގަޑިއެއް ލަފާކޮށް ބުނާކަށް ނޭނގޭ.. މިކޮޅުން ޕޭޝަންޓް ޕްރައިވެޓް ރޫމަކަށް ބަދަލު ކުރާނެ މިހާރު.. އޭރުން ޕޭޝަންޓް ހޭ އަރަންދެން ކައިރީގައި ކޮންމެވެސް މީހަކު ހުރުން މުހިންމު..” ޑޮކްޓަރު އެހެން ބުނެފައި ދިޔައީއެވެ.
“އަހަރެން ޔައިނާ ކައިރި މަޑު ކުރާނަން.. އަފާންއާ ޒާރާ އޯކޭ ދިޔަޔަސް..” މިލާން ބުނެލިއެވެ. އެއާއެކު، އަފާންއަށް މިލާންއާއި ދިމާއަށް ބަލައިލެވުނެވެ. “މިހާރު ދެން ކީކޭ ހިތަށް އަރައިގެން ޔައިނާއާ ދޭތެރޭ މާ ވަރަކަށް ތި ވިސްނަނީ..؟ އިއްޔެ ލައުރާއާ ދެމީހުން ޔައިނާއާ ދިމާލަށް ކީ އެއްޗެހި ހަނދާން ނެތުނީތަ..؟” އަފާން ބުނެލީ ރުޅި އައިސް ހުރެއެވެ. “އަފާން.. މިގަޑިއަކު ނޫން.. ޔައިނާ ހަމައަކަށް އެޅުނީމަ އަހަންނާ ދިމާލަށް ކިޔާ އެއްޗެއް ކިޔާ.. އިހަށް ޔައިނާ ރަނގަޅު ވަންދެކަ އަހަރެން އޭނަ ކައިރި ހުރިޔަ ދީ.. ޕްލީޒް..” މިލާން އެދުނެވެ. “މިލާން ކީކޭ ހިތަށް އަރައިގެންތަ-” އަފާން ބުނަން އުޅޫނު ޖުމުލަ ފުރިހަމަ ނުކުރެވުނީ ޒާރާ އަފާންގެ އަތަށް ފިތައިލުމުންނެވެ. ޒާރާއާއި ދިމާލަށް ބަލައިލި އިރު، ޒާރާ ދެކޮަޅަށް ބޯ ހޫރުވައިލީ މިގަޑިޔަކު ނޫނޭ ބުނާ ފަދައިންނެވެ. އެއަށްފަހު، އަފާންގެ އަތުގައި ހިފައިގެން އެތަނުން ދިޔައީ މިލާންއަށް ފުރުސަތު ދެމުންނެވެ.
އަފާންމެން ދިޔަ ދިމާލަށް ބަލަން ހުރި މިލާންއަށް ފާހަގަވީ އަފާންއާއި ޒާރާގެ ގުޅުވައިލެވިފައިވީ އަތެވެ. ޔައިނާއެކޭ އެއްފަދައިން އެކުވެރިޔާއަށްޓަކައި ކިތަންމެ އުފާވީ ނަމަވެސް، އަމިއްލަ ނަފްސަށް އެފަދަ ނަސީބެއް ލިބެން ނެތުމުން ޝަކުވާ ކުރެވުނެވެ. އެގޮތުގައި އިރުކޮޅަކު ހުރެލުމަށްފަހު، މަޢުލޫމާތު ސާފުކޮށްލައިގެން މިލާން މިސްރާބު ޖެހީ ޔައިނާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ދިޔުމަށެވެ.
ޔައިނާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ވަދެ، މިލާން ދޮރު ލައްޕައިލިއެވެ. އެއަށްފަހު، އޭސީ ފިނި މަޑުކޮށްލާފައި، ޔައިނާގެ ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލީ ޔައިނާއަށް ފިނިވެދާނެތީއެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން މިލާން ޔައިނާގެ އެ ރީތި މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެ މޫނުން މިލާންއަށް ފެނުނީ މައުސޫމް ކަމެވެ. އަދިވެސް ކޮލުގައި ނުހިކި ހުރި ކަރުނަތައް ހުރުމުން މިލާންގެ ހިތުގައި ރިއްސައިލިއެވެ. އަމިއްލަ ނަފްސު ދެކެ މިލާންއަށް ރުޅި އާދެވުނީ އަދިވެސް ޔައިނާއަށް ނަފްރަތު ނުކުރެވޭތީއެވެ. ޔައިނާ ކުރި ކަންތަކަށްފަހުވެސް، އެ ސޫރަ ފެނުމަށް އެދެވޭތީއެވެ. އަ އަތުގެ ހިމާޔާތް ޔައިނާއަށް ދިނުމަށް އެދެވޭތީއެވެ. އެފަދަ ނަޒަރަކުން އެހެން އަންހެން ކުއްޖަކާއި ދިމާލަށް ބަލައިލަންވެސް އުނދަގޫވާތީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މިލާން އޭނާގެ ކަކުލުގައި އޮޅަނބޮށި ވިއްދާލާފައި، ދެ އަތުން ބޮލުގައި ހިފަހައްޓައިލިއެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







vrh reethi i loved it honestly it made me a bit emotional i really want yaina and milan to get back together theyre so cutee even tho i dont comment i been reading this since the beginning its one of my favsss every now and then i kept checking mi vaahaka upload kureetho thats how much i was looking forward to read it waiting for the next part avahah up kureveytho balachey keep going sis:)
Awwwwn tyssssm darlx🖤🖤
Insha Allah Yaina and milaan adhi gulheyne..
It’s fine cmnt nukurevunas story kiyaalaakan enguneema hama vrh happy 😊
Alheyy that’s so sweet dearrr.. Yes Insha Allah next part vrh avahah upload kohleveythoa masakkaiy kuraanan.. 🖤🖤🖤
Anmmaaaa
Koyaaa puleeeexxxx alhe milaan aaa yai gulhvaaa.. Thithan kiyaafa ma roefinnnn😭😭😭😭😭😭😭😭
Milaan ah hageegaiy kiyaidheeee
Afaan aa milaan ge ekuverikan alun iyaadha kureyyy
Klwwww maaannnn buroooo aadheyyyysss kohfa mibunanyyyy
Klwww evarah nuroathiii
Arn hoon visnaanan thi kamaa dheytherey ingey
Baaaai
meowwwwwwwwwwwww dhonaaa….. ma rohvvaalaifi… ehaa sad dhuvaskolhegga mi vhk kiyaalevunyma hama vrh emotional vihhje
damn ….
im out…. yai and millu 😭😭😭😭😭 e dhemeehun gulhuvaidheee……. im ok lau ah ehen meeehaku hoadhai dhinas… aaaaaaaaaaaaah…. btw laura is so living my life… i wanna die…..
manmeeeeee….😭😭😭😭
btw dhonaaaa i really love this story and you most of alllll i miss you😭😭😭😭😭
meow….. isa dhen oiy bai……😭😭😭😭
I LOVE YOUUUUUU♥♥♥♥♥♥♥♥♥♥♥💖💖