“ވަރަށް އަވަހަށް އިނގޭނެ..” ޒާރާގެ ލޯމަތީގައި އެ ފޮތިކޮޅު އައްސައިލަމުން އަފާން ބުނެލިއެވެ. އެއާއެކު ޒާރާވެސް އެއްވެސް ސުވާލެއް ނުކޮށް ހުރީ އަފާންއަށް ކުރެވޭ އިތުބާރުގެ ބޮޑުކަމުންނެވެ. “ކުރިޔަށް ހިނގާ..” ޒާރާގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އަފާން ބުނެލިއެވެ. “އަ.. އަފާން.. ދޫކޮށްނުލައްޗޭ..” އަފާންގެ އަތްމަތީގައި އަތްތިލަ ބާއްވައިލަމުން ޒާރާ ބުނެލީ އޭނާއަށް އެެއްވެސް ތަނެއް ނުފެންނާތީއެވެ. “އަހަރެން އެބަ ހުރީމޭ ޒާރާ.. ޓްރަސްޓް މީ..” އަފާން މަޑުމަޑުން ބުނެލިއެވެ. އަދި ޒާރާ ގޮވައިގެން ތަންކޮޅަކަށް ގޮސް ހުއްޓުނެވެ. “ދެން ތި ފޮތިކޮޅު ނަގާ..” އަފާން އެދުނެވެ. އެއާއެކު، ޒާރާ އޭނާގެ ލޯމަތީގައި އައްސާލާފައި އޮތް ފޮތިކޮޅު ނައްޓައިލިއެވެ. އަދި ކުރިމައްޗަށް ބަލައިލީ އޭނާގެ ހިތް އެދޭ ފަދަ މަންޒަރެއް ފެންނާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް، ކުރިމަތިން އޭނާއަށް ފެނުނީ ހާމައަށް އޮތް މާ ކަނޑެވެ. އެތަނުން އެއްވެސް ޚާއްސަކަމެއް ފެންނަން ނެތުމުން ޒާރާ ފަހަތަށް އެނބުރުނީ އަފާންއަށް ގޮވައިލަމުންނެވެ. އެއާއެކު، ކުރިމަތިން ފެނުނު މަންޒަރުން ޒާރާގެ ހައިރާންކަން ވީ އިތުރެވެ.
ދެޖީބަށް އަތްޖަހައިލައިގެން އަފާން ހުރި ގޮތަށް ހުރި އިރު އެ މޫނުމަތީގައި އެއްވެސް އަސަރެއް ނުވާ ކަހަލައެވެ. ޒާރާގެ ބޮލުގައި ސުވާލުމާކެއް އެޅުނީ އަފާން ދެންމެ އެ ކުރި ކަންތަކުން ނަގަންވީ މާނައެއް ނޭނގިފައެވެ. އެގޮތަށް ޒާރާގެ ލޮލުގައި ފޮތިގަނޑެއް އަޅައިގެން ގެންނަންވީ ކީއްކުރަން ހެއްޔެވެ؟
“އެދިމާ ބަލާބަ..” ޒާރާގެ ހިތުގައިވީ ސުވާލުތައް އަފާންއަށް އެނގުނީ ކަންނޭނގެއެވެ. އޭނާގެ ކަނާތް ފަރާތަށް ޢިޝާރާތް ކުރަމުން އަފާން ބުނެލިއެވެ. ވާނުވާ ނޭނގި ހުރެ، ޒާރާ އެދިމާލަށް ބަލައިލިއެވެ. އެއާއެކު، ޒާރާގެ ދެލޯ ފެންކަޅިވެގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ލަސް ޙަރަކާތްތަކާ އެކީ އަނގަމަތީގައި އަތް އަޅައިލެވުނީ އިޚްތިޔާރަކާ ނުލައެވެ. އެދިމާލުގައި ހަތަރު މީހުން ކޮޅަށް ތިބި އިރު ކޮންމެ މީހެއްގެ އަތުގައިވެސް ރަންކުލައެއްގެ ބޮޑު ބްރެސިލް ބޯޑެއް އޮތެވެ. އޭގައި ލިޔެފައިވީ ލިޔުންކޮޅު ކިޔާލެވުނު އިރު ޒާރާގެ ހިތުގެ ތެޅުން އެތައް ގުނައެއް އަވަސްވީ މިއިން ދުވަހަކުވެސް ނުތެޅޭހާ އަވަހަށެވެ. “ވިލް ޔޫ މެރީ މީ” ޖަހާފައި އިން އެ ހަތަރު ބްރެސިލް ބޯޑު ފެނުމުން ޒާރާގެ ހިތުގައި އުފާވެރިކަމުގެ ރީތި ރާގެއް ކުޅެވެން ފެށިއެވެ. ދެން އަފާންއާއި ދިމާލަށް ބަލައިލި އިރު އެއްކަކޫ މައްޗަށް ތިރިވެ އިން އަފާން ފެނުމުން އެ އުފާވެރިކަން އެތައް ގުނައަކަށް އުފެދިގެން ދިޔައެވެ. އަފާންގެ އަތުގައި އޮތް މެރޫންކުލައިގެ އަލިމަސް ޖެހި ރިހި އަނގޮޓި ފެނި އެ އުފާވެރިކަން އިތުރު ވިއެވެ.
“ޒާރާ.. އެންމެ ފުރަތަމަ ޒާރާއާ ދޭތެރޭ ތަފާތު ގޮތަކަށް ދެކެވެން ފެށީ ކޮންއިރަކު ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގެ.. އެނގޭހާވެސް އެއްޗަކީ މިހާތަނަށް ލޯބި ވެވުނު ހަމައެކަނި އަންހެން ކުއްޖަކީ ތިއީކަން.. އަހަރުމެންގެ ގުޅުން ފެށުނީ ނަފްރަތުން.. އެކަކު އަނެކަކަށް އޭރު އަހަރެމެން ދެމީހުންވެސް އިންތިހާއަށް ނަފްރަތު ކުރިން.. އޭރު މީހުން ބުނޭނު އެވަރަށް އަހަރެމެން އެކަކު އަނެކަކަށް ނަފްރަތު ކުރަންޏާ އަދި އެއް ދުވަހަކުން އެކަކު އަނެކަކު ދެކެ ލޯބިވެސް ވެވިދާނޭ.. އެއީ ތެދެއްކަން މިއަދު އަހަންނަށް ޔަގީން ވެއްޖެ.. އޭރު ޒާރާ ދެކެ އައި ރުޅި އެއީ މިއަދު އަހަރެން ޒާރާ ދެކެ ވާ ލޯތްބާ ބަލާފަ އެއްވެސް އެއްޗެއް ނޫން.. އަހަރެން ޒާރާ ދެކެ ލޯބިވޭ.. ވަރަށް ވަރަށް ވަރަށް ލޯބިވޭ.. މާޒީގަ ކަންތައް ވެފަ އޮތް ގޮތުން އަހަންނަށް ޒާރާ ނުލިބޭނޭ ހީކުރިން.. އެކަމަކު އަހަރެން ކުރި މިންނެތް މަސައްކަތުން މިއަދު ޒާރާ ތީ އަހަރެންގެ މީހެކޭ އަހަރެން ބުނާނީ ވަރަށް ފަޚުރުވެރި ވެލާފަ.. ފަސް އަހަރު ޒާރާ.. ފަސް އަހަރު އެއީ ކުރު މުއްދަތެއް ނޫން.. މި ފަސް އަހަރު އަހަރެން ޒާރާއަށް ކުރީ ވަރަށް ދިގު އިންތިޒާރެއް.. ރެޔާ ދުވާލު ނިމިގެން ދަނީ ޒާރާގެ ތި ރީތި މޫނު ދެކިލާހިތުން ކެތް މަދުވެފައި ހުރެ.. މި އަތުތެރޭގައި ޒާރާ ހައްޔަރުކޮށްލަން އިންތިހާއަށް ބޭނުންވެފައި ހުރެ.. ދުވަހަވެސް ދޫކޮށްނުލާނޭހެން ޒާރާއަށް ލޯބި ދޭން ބޭނުންވެފައި ހުރެ.. މިއަދު އަހަރެންގެ ދިގު އިންތިޒާރަށް ނިމުމެއް އައިއްސި.. ދެން އަހަރެން އެންމެ ސިކުންތެއްވެސް ލަސްކުރާކަށް ބޭނުމެއް ނޫން ޒާރާ.. ބޭނުންވަނީ ޒާރާ ވީހާވެސް އަވަހަކަށް އަހަރެންގެ މިލްކަކަށް ހަދަން.. އަހަރެންގެ ޙައްޤަކަށް ހަދަން.. އެހެން މީހަކު ޒާރާއާ ދިމާލަށް ބަލައިލުމަކީވެސް އަހަންނަށް ރުހެވޭނެ ކަމެއް ނޫން.. ސޯ ޓެލް މީ.. އެ ފުރުސަތު ޒާރާ އަހަންނަށް ދޭނަންތަ..؟ މުޅި އުމުރަށް އަހަރެންގެ ހައްގަކަށް ވެދޭނަންތަ..؟ އަހަރެންގެ އަނބިމީހާގެ މަޤާމު ފުރާލަދޭން ޒާރާއަށް ކެރޭނެތަ..؟” އަފާންގެ ވާހަކަތައް ނިމުނު އިރު ޒާރާ ހުރީ އުފަލުން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
“ޒާރާ.. އިތުރަށް އަހަރެން އިންތިޒާރުގަ ނުބަހައްޓާ.. މިހާރުވެސް ވާ ވަރަށް އިންތިޒާރު ކުރެވިއްޖެ.. ދެން އިތުރަށް ނުވާނެ.. ޕްލީޒް.. އަހަރެންގެ ހިތް އުފާވާ ކަހަލަ ޖަވާބެއް ދީބަލަ.. ތި ދުލުން ބުނެލާ އަޑު އަހާލަން ހާދަ ބޭނުމޭ..” ޒާރާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން އަފާން އަނެއްކާވެސް ބުނެލިއެވެ. ޒާރާއަށް ހަމަހޭވެރިކަންވީ ދެނެވެ. ވަގުތުން ބޯ ޖަހައިލެވުނު އިރު އެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް ކޯތާފަތް މައްޗަށް ފައިބައިގަނެފިއެވެ. ޖަވާބަކީ އާއެކޭ ބުނެ މުޅި ދުނިޔެއަށް އަޑު އިވޭ ވަރަށް ހަޅޭލަވައިގަންނަން ޒާރާ ބޭނުންވިއެވެ. “ޔެސް ޔެސް ޔެސް އަފާން.. އަ ހަންޑްރެޑް ޓައިމްސް ޔެސް..” އަވަސްއަވަހަށް އެހެން ބުނަމުން ޒާރާ އޭނާގެ ވައަތް އަފާންއަށް ދިއްކޮށްލިއެވެ. އެއާއެކު، އަފާންގެ ތުންފަތުގައިވީ ހިނިތުންވުން ފުންވެގެން ދިޔަ އިރު، އެ އަނގޮޓި ޒާރާގެ ކަށި އިނގިޔަށް ހެޔޮވަރު ކޮށްލިއެވެ. އަދި އެއަށްފަހު، ތެދުވެ، ޒާރާގެ ގައިގައި ބައްދައިލީ ނިކަން ބާރަށެވެ. ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ.
“ދެން ނުރޮއި.. އަހަރެން ބުނީމެއްނު އަހަރެން ބޭނުމެއް ނޫނޭ ޒާރާގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭ ތަން ބަލާކަށް..” ވަރަށް ލޯތްބާއެކު ޒާރާގެ ކަރުނަތައް ފުހެދެމުން އަފާން ބުނެލިއެވެ. “އެއީ އުފަލުންނޭ..” ޒާރާގެ ބުނެލިއެވެ. އަނެއްކާވެސް އަފާންގެ މޭތެރޭގައި ފޮރުވިގަތީ އެ ހިމާޔަތަށް ފެންބޮވައިގަނެވިފައިވާ ޙާލުގައެވެ.
“ވާއު ވާއު.. ކޮންގްރޭޖުލޭޝަންސްސްސް!!!” އެވަގުތު އަތްޖަހަމުން އައީ އެ ބްރެސިލް ބޯޑުތައް ހިފައިގެން ތިބި ފިރިހެން ކުދީންތަވެ. އެއީ އެމީހުންނާއި އެކީ ސްކޫލުގައި ކިޔެވި އެކުވެރީންކަންވެސް ޒާރާއަށް އެނގުނީ ދެނެވެ. ލިބިފައިވީ އުފާވެރިކަން އިތުރުވީ އިރު، ގޮސް ކޮންމެ މީހަކާ ވަކިވަކިން ސަލާމް ކޮށްލިއެވެ. “ތިމީހުންވެސް އެބަ އުޅެން ދޯ.. ދުވަސް ވެއްޖޭ ނުފެންނަތާ.. ކިހިނެއްތަ..؟” ޒާރާ އެއްސެވެ. “އަހަރުމެން ރަނގަޅޭ.. މި އަފޭ ބުނީމަ ހުރިހާ ކަމެއްވެސް ކޮށްދޭން ޖެހޭނު.. އެހެންވެ މިރޭ މިގަނޑެއް ގަންނަން މި ޖެހުނީވެސް.. ބްރޯ ކެއުމަކަށް ދަރާފަ އިނގޭ ކަލޭ ތި ހުރީ..” ރަޔަން ބުނެލިއެވެ. “ޔަގީނެއްނު.. ކެއުން ލިބޭނޭ..” އަފާން ބުނެލީ ހިނިތުންވެ ހުރެއެވެ. “މަ ބުނީ.. ކުއްޖަކު ބުނި ދޯ ދުނިޔޭން ފިރިހެނުން ހުސްވިޔަސް އަފާންއަކާ ނީންނާނަމޭ.. ކޮބައިތަ އޭނަ މިހާރު..” އަރީން ދަތްދޮޅީގައި އަތް ކާތާލަމުން ބުނެލީ ޒާރާއަށް ޖެއްސުމަށެވެ. އެއާއެކު ދެން ތިބި އެންމެންވެސް ހޭން ފެށިއެވެ. “ތެދެއް.. އަފާންއާ ދިމާލަށް ފިހުނު އަލުތްވެކޭ ކީ މީހެކޭ ދޯ މީ..” ރާކިންވެސް ޒާރާއާ ދިމާކޮށްލިއެވެ. އެއާއެކު ޒާރާ އަނގަ ސަކަރާތް ވިއެވެ. “އޭ އެއީ ދެން.. އޭރު ނޭނގެޔޭ އަފާން ދެކެ ކަމެއް ލޯބި ވެވޭނީކީ..” އިސްޖަހައިލަމުން ޒާރާ ބުނެލި ގޮތުން އަފާން ގާތަށްވެސް ހިނި އައެވެ. އެއާއެކު އަނެއްކާވެސް އެތަނުގައި ގުގުމައިލީ އެންމެންގެ ހުނުމުގެ އަޑެވެ.
އެތަނުގައި އިރުކޮޅަކު ތިބުމަށްފަހު އަރީންމެން ދިޔުމުން ޒާރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދުވަސްގަނޑަކަށްފަހު އެކުވެރިންނާއި ދިމާވުމުން ޒާރާ ހުރީ ވަރަށްވެސް ހިތްހަމަޖެހިފައެވެ. މާ ގިނައިން ހުނުމުގެ ސަބަބުން އޭނާ ހުރީވެސް ނޭވާ ކުރުވެފައެވެ. އަފާންއާއި ދިމާލަށް ބަލައިލި އިރު އަފާންގެ ނަޒަރު އޭނާއަށް ސީދާވެފައި ހުރިތަން ފެނުމުން ޒާރާ ލަދުގަތެވެ. އަފާންގެ އެ ތޫނު ނަޒަރަށް އޭނާ އަދިވެސް އާދައެއް ނުވެއެވެ. ވެލިގަނޑު މަތީގައި ޒާރާ އިށީނުމުން އަފާންވެސް ޒާރާ ކައިރީގައި އިށީނެވެ.
“ޒާރާ..” އަފާން ގޮވައިލުމުން ޒާރާ ހޫމް އަޅުވައިލިއެވެ. “އަހަރެން ބޭނުމެއް ނޫން ދެން ލަސްކުރާކަށް.. ޒާރާ އޯކޭވިއްޔާ ޔައިއާ މިލާންއާ ކައިވެނިކުރާ ދުވަހުން އަހަރެންވެސް ބޭނުން ކައިވެނި ކުރަން.. އެގޮތް ކިހިނެއް ވަނީ..؟” އަފާންގެ ޚިޔާލު ޒާރާއަށް ވަރަށް ކަމުދިޔައެވެ. އެންމެ ގާތް އެކުވެރިޔާއާއި އެއް ދުވަހަކު ކައިވެނި ކުރަން ފުރުސަތު ލިބުމުން ޒާރާ ވަރަށްވެސް އުފާ ވިއެވެ. “ވަރަށް ސަޅިވާނެ.. އައި ކާންޓް ވެއިޓް..” ޒާރާގެ އަޑުންވެސް އޭނާ އުފާވެފައި ހުރި ވަރު ހާމަވެގެން ދިޔައެވެ. ޒަރާގެ އެ އުފާވެރިކަން ފެނި އަފާންގެ ހިތަށް ވަނީ ބުނަން ނޭނގޭ ހަމަޖެހުމެއް ލިބިފައެވެ.
“ބައިދަވޭ.. ރިންގް ވަރަށް ރީތި.. ތެންކްސް..” ވައަތުގެ ކަށިއިނގިލީގައި އަޅާފައި އޮތް އަނގޮޓިއަށް ނަޒަރު ހުއްޓާލައިގެން އިނދެ ޒާރާ ބުނެލިއެވެ. އޭނާގެ އެންމެ ރީތި ކުލައިގެ އަލިމަހަކުން އެ އަނގޮޓި ޖަރީކުރެވިފައި ވުމުން ޒާރާ ވަރަށް ހިތްހަމަ ޖެހުނެވެ. އަފާންއަށް އޭނާގެ ހުރިހާ އެއްޗެއްވެސް ވަރަށް ރަނގަޅަށް ދަސްވެފައިވާކަން ޒާރާއަށް ޔަޤީން ވިއެވެ. “އެހާ ރީތި އަނގޮޓިއެއް ދިނީމަވެސް ހަމައެކަނި ތެންކްސްތަ..؟” އަފާން އަހައިލީ ޒާރާއާ ދިމާލަށް ބަލައިލަމުންނެވެ. އޭރު އެ މޫނުމަތީގައިވަނީ ލާނެތްކަމުގެ ކުލަވަރުތަކެވެ. “އައި ލަވް ޔޫ އަފާން.. ލަވް ޔޫ ސޯ މަޗް..” ކުއްލި ޙަރަކާތަކާއެކު ޒާރާ އަފާންގެ ކޮލުގައި އޭނާގެ ތުންފަތް ޖައްސައިލަމުން ބުނެލިއެވެ. އެއަށްފަހު ވަގުތުން އެތަނުން ތެދުވެ ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް، އެކަމަށް ހުށިޔާރު ވެގެން އިން އަފާން ޒާރާގެ އަތުގައި ހިފައި، އޭނާއާ ކައިރިޔަށް ދަމައިލިއެވެ. އެއާއެކު ޒާރާ ގޮސް ޖެހުނީ އަފާންގެ އެ ތަނަވަސް މޭމަތީގައެވެ. “މިހާރު ތިހެން ދެވުނަސް އަހަރެންގެ ހައްގަކަށް ވީމަ ދެނެއް ނުދެވޭނެ އިނގޭ.. މިސިސް އަފާންއަށްވީމަ ދެން އިރުކޮޅަކަށްވެސް އަހަރެން ކައިރިން ދުރަށް ދިޔަކަ ނުދޭނަން..” އެއް މިޔަކަނިން ހިނިތުންވަމުން އަފާން ބުނެލީ ލާނެތް ގޮތަކަށެވެ. އެއާއެކު، ވަގުތުން ޒާރާއަށް ލަދުން އިސްޖަހައިލެވުނެވެ. ލުއި ހުނުމަކާއެކު އަފާން ޒާރާގެ ރަތްވެފައިވާ ކޯތާފަތުގައި އޭނާގެ ތުންފަތް ޖައްސައިލާ، ބޮސްދިނެވެ. ކުރެވުނު ފުން އިޙުސާސަކުން ޒާރާއަށް ދެލޯ މަރައިލެވުނު އިރު، އިތުރަށް އަފާންގެ މޭގައި ބޮނޑިވެލިއެވެ. އަފާންވެސް ޒާރާގެ ގައިގައި ވަށައިލެވިފައިވީ އޭނާގެ ދެއަތް އިތުރަށް ބާރުކޮށްލަމުން މޫދަށް ނަޒަރު ހުއްޓައިލިއެވެ. އެކަކު އަނެކަކުގެ އަތުގެ ޙިމާޔަތުގައި ދެލޯބިވެރިން ތިބި އިރު އެ މަންޒަރު ކިތަންމެހާވެސް ހިތްގައިމުވެފައި ލޯތްބެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަކު އަނެކަކުގެ ދާއިމީ ޙައްޤަކަށް ވެވޭނެކަން ހިތަށް އަރާ ކޮންމެ ފަހަރަކު ދެ ހިތަށްވެސް ލިބިފައިވަނީ ބުނަން ނޭނގޭ ފަދަ ހަމަޖެހުމެކެވެ.
*** ** ***
“ސޯ ކްރީމް އެންޑް ވައިޓް ފައިނަލް ދޯ..؟” ލައުރާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އޮފީހުގައި ތިބި ޒާރާއާއި ޔައިނާއާއެވެ. މިވަގުތު އެމީހުން އެވަގުތު އެތަނުގައި އެ ތިބީ އެމީހުން ކައިވެނީގެ ވަލީމާ ރޭވުމުގެ ގޮތުންނެވެ. ކައިވެނި ކުރެވޭ ހަތަރު މީހުންނަށްވެސް ކަމުދިޔުމުން މައިގަނޑު ކުލައަކަށް ހުދާއި ކަޅު ކަނޑައެޅުނެވެ. ޒާރާއާއި ޔައިނާގެ ކައިވެނީގެ ހެދުން ޑިޒައިން ކުރަން ނިންމީވެސް ލައުރާ އަމިއްލއަށެވެ. މިލާންއާއި އަފާންގެ ކޯޓުފަޓުލޫނުގެ ޑިޒައިން ހަމަޖެއްސީ ޝާހާއެވެ. ކައިވެނި ކުރެވެން މިހާރު އޮތީ އެންމެ މަހެކެވެ. ކައިވެނީގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސަނީ ލައުރާގެ ކުންފުނީގެ ފަރާތުންނެވެ. ދެ ކައިވެނި އެއްކޮށަ ކުރެވޭތީ މަސައްކަތް ތަންކޮޅެއް ބުރަވީ ނަމަވެސް، ލައުރާ ހުރީ އޭނާގެ އެކުވެރީންނަށް ކަމެއް ކޮށްދެވޭތީ ވަރަށް އުފަލުންނެވެ. ހަމައެކަނި ދެރަވަނީ ހިތާފުރާނައިން ލޯބިވީ މިލާން އެހެން މީހެއްގެ ޙައްޤަކަށް ވާތަށް ބަލަން ޖެހޭތީއެވެ. ޔައިނާ މިލާންއާއި ދޭތެރޭގައި ކަންތައް ކުރި ގޮތުން ކިތަންމެ ރުޅި އައި ނަމަވެސް، އެކަން ނުދައްކާވޭތޯ ލައުރާ ބަލަމުން ދިޔައެވެ.
“އެހެންމަ ނިމުނީނު.. އިތުރު ކަމެއް އެބަ އޮތް..؟” މަޝްވަރާ ނިމުމުން ޒާރާ އަހައިލިއެވެ. “ނޫނޭ.. މި ދެން ނިމުނީ.. ހެދުމުގެ ޑިޒައިން ފައިނަލްކޮށްލާފަ މެއިލް ކޮށްލާނަން އިނގޭ..” ހިނިތުންވަމުން ލައުރާ ޖަވާބު ދިނެވެ. އެހެންކަމުން ޒާރާއާއި ޔައިނާ ލައުރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި އެތަނުން ނުކުންނަން ހިނގައިގަތެވެ. އޭރުވެސް ޔައިނާ ހުރީ އެއްޗެކޭ ނުބުނެއެވެ. ލައުރާއާ ހުރިިހާ ވާހަކައެއވެސް ދެއްކީ ޒާރާއެވެ. ވޭތުވެގެން މިދިޔަ ދެތިން މަހުގެ ތެރޭގައި ޔައިނާއަށް އައިސްފައިވާ ބަދަލު ޒާރާއަށް ނިކަން ރަނގަޅަށްވެސް ހާމަވިއެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ޒާރާ އެއްވެސް ސުވާލެއް ނުކުރަނީ ޔައިނާއަށް އައިސްފައިވާ ބަދަލުގެ ޙަޤީގަތް އެންމެ ރަނގަޅަށް އެނގެނީ އޭނާއަށް ކަމަށް ވީތީއެވެ. ލައުރާވެސް މިހާރަކަށް އައިސް ޔައިނާއާ އެހާ ވަރަށް ވާހަކަ ނުދައްކަނީ ކީއްވެކަމާއި މެދުވެސް އޭނާގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ޙައްލު ކުރާނީ ޔައިނާ އަމިއްލަ އަށެވެ. ކައިވެނީގެ ފަހުން ޔައިނާ މިލާންއަށްވެސް ހުރިހާ ޙަޤީގަތެއް ކިޔައިދީ، އަލުން މިލާންގެ އިތުބާރު ހޯދާނޭ ކަމުގެ ޔަޤީންކަން ޒާރާއަށް ލިބިފައި ވާތީއެވެ.
“ޔައީ.. ހިނގާ އައިސްކޯން ވިއްކާ ތަނަކަށް ދާން..” ޔައިނާގެ މޫޑު ކުޑަކޮށް ނަމަވެސް ރަނގަޅު ކޮށްލުމުގެ ބޭނުމުގައި ޒާރާ ބުނެލިއެވެ. “ނޫނޭ ޒާ.. ދެން އެހެން ފަހަރަކުން ދޯ.. އިހަށް ހިނގާ ގެއަށް ދާން..” ޔައިނާ ވަގުތުން ދެކޮޅު ހެދިއެވެ. “ދެން ޔައި ޕްލީޒް ޕްލީޒް ޕްލީޒް..” ޒާރާ ދެއަތް ޖޯޑުކޮށްލާފައި އާދޭސްކުރަން ފެށިއެވެ. “ޕިސް ޕިސް.. ޒާވެސް ދޯ.. ތީކީ މިހާރު ދެން ކުޑަ ކުއްޖެއްވެސް ނޫނިއްޔަ ފުއްވާކަށް.. މެރީ ކުރަން އުޅޭ އިރުވެސް ބޮޑެއް ނުވެޔޭ ދޯ..” ލުއި ހުނުމަކާއި އެކު ޔައިނާ ޒާރާއާ ދިމާކޮށްލިއެވެ. އެއާއެކު، ޒާރާ ދެކޯ ފުއްޕާލާފައި، ތުންދަމައިލި ގޮތުން ޔައިނާއަށް ނުހީ ނުހުރެވުނެވެ. މަޑުމަޑުން ނަމަވެސް އެކުވެރިޔާގެ ހާލަތު ރަނގަޅުވަމުން އަންނާތީ ޒާރާ ހެއްދެވި ފަރާތަށް އެތައް ފަހަރަކު ޝުކުރު ކުރިއެވެ.
*** ** ***
އެކި ވައްތަރުގެ މާމެލާމެލިީގެ ގަސްތަކުން ޖަރީވެފައިވި ބެލްކަނީގައި ހުރި އުނދޯލީގައި އަފާން އިށީނދެ އިން އިން އިރު، ދިޔައީ ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަމުންނެވެ. އުނދޯލީގެ ކައިރީގައި ހުރި ބިއްލޫރި ކުޑަ މޭޒުމަތީގައި އަފާންގެ ފޯނާއި، އެއަރޕޮޑްސްގެ އިތުރުން ކޮފީތަށްޓެއްވެސް ހުއްޓެވެ. އެކިވައްތަރުގެ މާމެލީގެ މީރުވަސް މުޅި އެ ސަރަހައްދުގައި ހިފާލާފައި ހުރި އިރު، އެތަނުގައި އިންނަ މީހަކު މޮޔަވެދާހާވެއެވެ. ޖެހޭ ފިނި ވައިރޯޅިތަކުން އަފާންގެ ނިތްމައްޗަށް ވެއްޓިފައިވާ ފަން އިސްތަށިކޮޅުތަކާއި ކުޅެމުން ދިޔަ ގޮތް ކިތަންމެހާވެސް ހިތްގައިމެވެ.
ކުރަމުން ދިޔަ މަސައްކަތަށް ގެއްލިފައި އިން އަފާންއަށް ފޯނާއި ދިމާއަށް ބަލައިލެވުނީ މީހަކު ގުޅަން ފެށުމުންނެވެ. ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާފައި އޭނާ ފޯނަށް ޖަވާބު ދިނީ މުހިއްމު ކޯލަކަށް ވާތީއެވެ.
“ކީކޭ އަޒާން..” ފޯނު ކަންފަތުގައި ޖަހައިލަމުން އަފާން އޭނާގެ ކޮއްކޮއަށް ގޮވައިލިއެވެ. “ތުއްތޫ.. ވަރަށް ކަޑައޭ.. ނެތޭ ތުއްތުގެ ވެޑިންއަށް ދެވޭކަށް..” އެކޮޅުން އިވުނީ އަޒާންގެ އަޑެވެ. “އޭ އުހުން.. އެހެން ހަދައިގެން ނުވާނެ.. ތުއްތު ބޭނުން ކޮންމެހެން ހަދާފަވެސް އަޒާން ވެޑިންގަ ހުންނަން..” އަފާން ވަގުތުން އެދެން ފެށިއެވެ. “އަޅެ މިދުވަސްކޮޅު ވަރަށް ބިޒީއޭ ތުއްތޫ.. އެގްޒާމްސްއާ ޕްރެކްޓިކަލްސްއާ ހުރިހާ އެއްޗެއް އެކީ އޮންނާތީ ޗުުއްޓީއެއް ނުލިބިގެން މި އުޅެނީ..” އަޒާން ބުނެލިއެވެ. “އުހުނ ކޮންމެހެން އިތުރު ބަހަނާއެއް ދައްކާނެ ކަމެއް ނެތް.. އަޒާންއަށް ތިކޮޅަށް ދިޔަ ފަހުން ތިން އަހަރު ވީ އިރުވެސް ރާއްޖެ އާދެވުނީކީ ނޫން.. ގުޅާލެވެނީ ހާލަކުން ފަހަރަކު.. ސޯ ދިސް ޓައިމް ނޯ އެކްސްކިޔުޒް.. އަޒާން ޖެހޭނީ ހަމަ އަންނަން.. ދެޓްސް ފައިނަލް..” އަފާން އޭނާގެ ފަހުގެ ނިންމުން އިއްވައިލިއެވެ. “އަޅެ ތުއްތޫ.. ބުނެފީމެއްނު ނުދެވޭނެޔޭ..” އަޒާން އަނެއްކާވެސް ކުސްތަޅާލިއެވެ. “އަޅެ އަޒާން.. ބުނެފީމެއްނު އަންނާށޭ ޖެހޭނީ..” އަފާންވެސް ހަމަ އަޒާން ބުނެލި ރާގުގައި ބުނެލިއެވެ. “އޯކޭ ދެން މިގަޑީ ތުއްތު ވަރަށް ބިޒީ.. އިހަށް ބާއްވަނީ.. ޔޫ އަރ ކަމިންގ އެންޑް އިޓްސް ފައިނަލް..” އަފާން މިހެން ބުނުމަށްފަހު، ފޯނު ކަނޑައިލީ އަޒާންއަށް އެއްޗެއް ބުނާނޭ ފުރުސަތުވެސް ނުދީއެވެ. އޭނާގެ ޙަޔާތުގައި އަންނަ އެންމެ މުހިންމު ދުވަހު ލޯބިވާ ކޮއްކޮ އޭނާގެ ގާތުގައި ހުރުމަކީ އޭނާ ނުހަނު އެދޭ ކަމެކެވެ. އިރުފާންއާއި އަޒާންއަކީ އޭނާގެ ދިރިއުޅުމުގެ އެއް ބައެވެ. ކުޑައިރުއްސުރެ ކުރި ހުރިހާ ކަމެއް އެކުދިން ކުރަނީ އެކުއެކީގައެވެ. ތިންބެއިންގެ ދޭތެރޭގައި ޢުމުރުގެ މާ ބޮޑު ތަފާތެއް ނެތީތީ ދިރިއުޅުމުގައި ދިމާވާ ހުރިހާ ކަމެއް އެކަކު އަނެކަކާއި ޙިއްސާ ކުރަނީ އެއްވެސް ޖެހިލުންވުމެއް ނެތިއެވެ.
*** ** ***
އޮފީހުގައި އިން މިލާން އިނީ ފުން ވިސްނުމަކަށް ގެއްލިފައިހެން ހީވެއެވެ އެއް އަތް މޭޒުގައި ވިއްދާލައިގެން، އަނެއް އަތުގެ ޝަހާދަތް އިނގިލި ތުންފަތާއި ނޭފަތާއި ދޭތެރޭގައި ހުރަސްކޮށްލައިގެން އިން އިރު ނަޒަރު ހުއްޓިފައިވަނީ ކުރިމަތީގައި ހުރި ކޮމްޕިޔުޓަރު ސްކްރީނަށެވެ. ހުދުކުލައިގެ ގަމީހާއި، ކަޅުކުލައިގެ އޮފީސް ފަޓުލޫނުގައި އިން އިރު، މިލާން ވަރަށްވެސް ފިރިހެންވަންތައެވެ. ބޮލުގެ އިސްތަށިކޮޅު ޖެލްގެ އެހީގައި ރީތި ގޮތަކަށް ސްޓައިލްކޮށްލާފައި ވުމުން ވަރަށް ހިތްގައިމެވެ. އެ އިން ގޮތަށް އިނދެ އިނދެފައި، މިލާން ނުކުމެގެން ގޮސް ހުއްޓުނީ ބެލްކަޏްޏަށް ނުކުމެވެން ހުންނަ ބިއްލޫރި ދޮރުގެ ކުރިމަތީގައެވެ. ދެޖީބަށް އަތް ޖަހައިލައިގެން ހުރި އިރު މިލާންގެ ނަޒަރު ސީދާވެފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ހިތްގައިމު މާހައުލަށެވެ. އޭރު، އެ ހިތް ވަނީ ހާސްކަމުން ފުރިގެން ގޮސް ބަންޑުންވާ ވަރު ވެފައެވެ.
އޭނާ ހަމަ ޔައިނާއާއި ކައިވެނި ކުރާނީ ހެއްޔެވެ؟ ޔާސިރުގެ ފަހުން އެދުން ފުއްދައިދިނުމަށްޓަކައި، އޭނާގެ ދިރިއުޅުން އަމިއްލަ އަތުން ބަރުބާދު ކޮށްލާނީ ހެއްޔެވެ؟ ނޫނެކެވެ. ބަރުބާދު ވާންވީ ކީއްވެހެއްޔެވެ؟ ޔައިނާއަކީ އެންމެ ފުރަތަމަ އެ ހިތް ހިބައިން ދެވުނު ފަރާތެވެ. ވީއިރު، ޔައިނާގެ ފިރިމީހާގެ މަޤާމު ލިބުމުން އޭނާ ވާންވީ އުފާ ނޫން ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއްވެސް ނޫނެވެ. ޔައިނާ އޭނާއަށް ބޭވަފާތެރިވީއެވެ. ހަމައެކަނި ބޭވަފާތެރިވީކީވެސް ނޫނެވެ. މާތްﷲ ޙަރާމް ކުރެއްވި ބޮޑު ފާފައަކަށްވެސް އަރައިގަތީއެވެ. ލޯބީގެ ދޮގު ހުވަފެންތަކެއް ދައްކާފައި ޔައިނާ އޭނާއަށް ދިނީ ކިހާ ބޮޑު ކެއްސެއް ހެއްޔެވެ؟ ދުވަހަކުވެސް އޭނާގެ ހިތުން ޔައިނާއަކަށް މަޢާފެއް ނުދެވޭނެއެވެ. ދުވަހަކުވެސް ނުދެވޭނެއެވެ. މާޒީގެ އެ ހިތި ހަނފާންތައް އައު ކުރި ވަރަކުން އެ ހިތުގައި ލެވިފައިވި ރޯ ފާރުގަނޑުން އިތުރަށް ލޭ ފޭބުން ނޫން ކަމެއް ނުވެއެވެ. އޭނާ ޔައިނާއާ ކައިވެނި ކުރާނީ އެންމެ ސަބަބަކަށްޓަކައެވެ. އެއީ ޔާސިިރުގެ އެދުމަކަށް ވީތީއެވެ. ޔާސިރު އޭނާގެ ކިބައިން ޔައިނާއާއި ކައިވެނި ކުރުމަށް އެދުނީ އޭނާ ނޫން ފިރިހެނެއްގެ އަތް މައްޗަށް ޔައިނާ ދޫކޮށްލަން ބޭނުން ނުވާތީކަން އޭނާއަށް އެނގެއެވެ. އޭނާގެ ފަރާތުން ޔައިނާއަކަށް އެއްވެސް އަނިޔާއެއް ނުލިބޭނެއެވެ. ޔައިނާއަށް ފުރިހަމަ މިނިވަންކަންވެސް އޮންނާނެއެވެ. ނުދެވޭނެ ހަމައެކަނި އެއްޗަކީ ލޯތްބެވެ. އަޅާލުމެވެ. އޯގާތެރިކަމެވެ. ޔައިނާ ބޭނުން ގޮތަކަށް ކަންތައް ކުރަން ވީއެވެ. އެ ޙައްޤު ޔައިނާއަށް ލިބިގެން ވެއެވެ. ނަމަވެސް، އޭނާގެ ފަރާތުން ޔައިނާއަށް ލޯބި ލިބުން ވާނީ ނާދިރު ކަމަކަށެވެ. އެކަން އަބަދުވެސް ދެމި އޮންނާނީ އެގޮތަށެވެ. ޔައިނާ ދެކެ ކިތަންމެ ލޯބިވީ ނަމަވެސް، އެ ލޯބި އަބަދު އަތު ޖެހޭ ހިސާބު ކުރިމަތީގައި ހުރި ނަމަވެސް، ދެނެއް އޭނާ އެ މަޅިއަކު ނުޖެހޭނެއެވެ. އެ ފުރުސަތެއް ދެން އޭނާ ޔައިނާއަކަށް ނުދޭނެއެވެ. އެއީ ޔަޤީން ކަމެކެވެ.
ޚިޔާލިތަކަށް ގެއްލިފައި ހުރި މިލާން ސިހުނީ މީހަކު ދޮރުގައި ޓަކި ޖެހި އަޑަށެވެ. ދެފަހަރަކު ޓަކި ޖަހާލާފައި ވަދެގެން އައީ އޭނާގެ ޕީއޭއެވެ. އެއާއެކު މިލާންވެސް ގޮސް އޭނާގެ ގޮނޑީގައި އިށީނެވެ. އެންމެ ފަހުގެ ޕްރޮޖެކްޓާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުން ދިޔަ އިރު، ދެންމެ ކަމެއް ވެފައި ހުރި މީހެކޭވެސް މިހާރު ހިޔެއް ނުވެއެވެ. ދެފިކުރެއްގައި ހުރެ މިލާން ގޮތެއް ނިންމި އިރު، މާދަމާ ނޫން އަނެއް ދުވަހަކީ އޭނާގެ ކައިވެނި ކުރެވޭ ދުވަސްކަން ހިތަށް އަރާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައިގަނެއެވެ.
*** ** ***
ރަށުގެ ފަޅުތެރެއިން ވަދެގެން އައި ލޯންޗަށް ބަނދަރު މަތީގައި ތިބި ގިނަ ބައެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. ކަނޑު މަޑު، ހިތްގައިމު އެ ދުވަހުގައި، އެއްވެސް ހުރަހެއް ނެތި އައި އެ ލޯންޗު، ބަނދަރާއި ގާތްކޮށްލިއެވެ.
އެންމެ ފުރަތަމަވެސް ލޯންޗުން ފޭބީ ކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އަޅުވައިގެން ހުރި އަފާންއެވެ. ފަރިތަކަމާއި އެކު، ބަނދަރުމަތީގައި އަތް ވިއްދާފައި، ފުންމައިގެން އަރައި، އޭނާ ހަމަޖެހިލިއެވެ. އެއަށްފަހު، އޭނާ އަތް ދިއްކޮށްލީ ޒާރާއަށެވެ. އަފާންގެ އަތުގައި ހިފައިގެން ޒާރާވެސް އެތަނުން އެރިއެވެ. ކަނޑު ދަތުތރެއް ކޮށްފައި ހުރުމުން ޒާރާ ހުރީ ބޮލަށްވެސް އެނބުރުން އަރާފައެވެ. އަބަދުވެސް އެކަން ހަނދާނުގައި ހުންނަ އަފާން ޒާރާ އޭނާގެ ގަޔާއި ކައިރި ކޮށްލީ ޒާރާއަށް ކަމެއް ވެދާނެ ކަމުގެ ބިރަށެވެ. ޒާރާގެ ދަބަސްވެސް ހިފައިގެން ހުރެ، އަފާން މީހުންގަނޑުގެ ތެރެއިން އެއްކައިރިއަކަށް ޖެހިލީ ޒަރާއަށް ސާފު ވައި ހޯދައިދިނުމަށެވެ.
އަޅިކުލައިގެ ދަބަހެއް ކޮނޑުގައި އަޅުވައިގެން ހުރެ މިލާންވެސް ފަރިތަކަމާއެކީ ލޯންޗުން ފޭބިއެވެ. ލައިގެން ހުރި ކަޅުކުލައިގެ އަތްދިގު ޓީޝާޓް ގައިގައި ހިފާލާފައި ހުރި އިރު، އެ ރީތި ހަށިގަނޑުގެ ފިރިހެންވަންތަކަން ހުރީ ހާމަވާށެވެ. އެއްކޮނޑުގައި އަޅުވާލާފައި އޮތް ދަބަސް ރަނގަޅުކޮށްލަމުން މިލާން ލޮލުގައި އަޅާފައި އޮތް އަވިއައިނުވެސް ރަނގަޅު ކޮށްލިއެވެ. އެއަށްފަހު، އަފާންއާއި ޒާރާއާއި ދިމާލަށް ބަލައިލެވުމާއި އެކީ އޭނާގެ ދޫ ބަންދުވިއެވެ. ނުކެރި ހުރެފައިވެސް މިލާން އޭނާގެ އަތް ޔައިނާއަށް ދިއްކޮށްލީ އެވަގުތު އެތަނުގައި މީހުން ތިބުމުގެ ސަބަބުންނެވެ. ދުވަސްތަކަކަށްފަހު ޔައިނާގެ އެ ބީހުން އިޙުސާސް ވުމުން މިލާންއަށް ދެލޯވެސް މަރައިލެވުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލީ މިއީ ވާން ޖެހޭ ގޮތެއް ނޫން ކަން ހިތަށް އަރުވައިލަމުންނެވެ.
ޔައިނާގެ ޙާލަކީތޯއެވެ؟ އެތައް ދުވަހަކަށްފަހު މިލާންގެ އެ ގާތްކަން އިޙުސާސްވުމުން އެ ހިތް އުފަލުން ނަށައިލިއެވެ. އޭނާގެ އަތް މިލާންގެ އަތުތެރެއަށް ލެވުނު ވަގުތު މިލާންގެ މޫނުމަތީގެ ކުލަވަރުތަކަށް އައި ބަދަލު އޭނާއަށް ރަނގަޅަށް ފެނުނެވެ. އެއާއެކު، އެ ހިތަށް ބަޔާން ކުރަން ނޭނގޭ ހިތްހަމަޖެހުމެއް ލިބުނީ މިލާން އަދިވެސް އޭނާ ދެކެ ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާންނަކްން ޔަޤީންވީމައެވެ. މިލާންގެ އަތުގައި ހިފައިގެން ލޯންޗުން ފޭބުމަށްފަހު ޔައިނާ ކޮނޑުގައި އޮތް ދަބަސް ރީތިކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް މިލާންއާއި ދިމާލަށް ބަލައިލެވުނު އިރު، އެ ދެލޯ ފެންކަޅި ވެގެން ދިޔައެވެ. މިލާންގެ އަތުގައި ހިފައިގެން ލޯންޗުން ފޭބި ލައުރާ ފެނި ޔައިނާގެ ހިތުގައި ރިއްސައިލިއެވެ. ނަމަވެސް އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އެދެމީހުން އެއަށްވުރެވެސް ގައިގޯޅިކޮށް އުޅޭ މަންޒަރު ޔައިނާއަށް ވަނީ ފެނިފައެވެ. ކުރިން ނުވާ ގޮތްތަކެއް މިހާރު މި ވަނީ ކީއްވެ ހެއްޔެވެ؟ މިލާން ލައުރާއަށް ބަލައިލާ ހިނިތުންވެލާ ގޮތުން ޔައިނާގެ ހިތަށް އުނދަގޫ ވިއެވެ. މިލާންއާއ އޭނާގެ މެދުގައި ލެވިފައިވި ބޯ ފާރު ނެތިގެން ދާނޭ ދުވަހަކަށް ކުރެވޭ އިންތިޒާރު އަނެއްކާވެސް ކުރެވެން ފެށުނެވެ.
ރަށުތެރެއަށް އަރައިގެން އައި މިލާންއާއި ޔައިނާއާއި، އަފާންއާއި، ޒާރާގެ އިތުރުން ލައުރާއަށްވެސް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ވޭތުވެގެން ދިޔަ ފަސް އަހަރު ތެރޭ އެ ފަސް މީހުން އަދި ރަށަށް އެ އައީ ފުރަތަމަ ފަހަރަށެވެ. އެ ފަސް މީހުންވެސް ބަދަލުވެފައި ތިބި މިންވަރު ފެނި ގިނަ ބަޔަކު ދިޔައީ އާގަމަ ވަމުންނެވެ. އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓފައިވަނީ މިލާންއަށެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ކުރިން ހިކިހިކި އިލޮށްޓެއްހެން ހުންނަް ކުއްޖާ މިހާރު އެ ހުރީ ހަށިގަނޑު ވަރުގަދަ ވެލައި، ފިރިހެންވަންތަކަން ހުސްކޮށްލައިގެންނެވެ. ކުރިޔަށްވުރެވެސް ފިރިހެންވަންތަވެފައިވާ އިރު ގިނަ އަންހެން ކުދީންތަކެއް ދިޔައީ އެ ޖާދޫގައި ޖެހެމުންނެވެ. މިލާންއެކޭ އެއްފަދައިން އަފާންއަށްވެސް އެތައް ބައެއްގެ ބެލުންތަކެއް އަމާޒުވަމުން ދިިޔައެވެ. ޒާރާއަށް ބަލަމުން ދިޔަ ފިރިހެން ކުދިން ފެނުމުން އަފާންއަށް އިތުރަށް ޒާރާ ގަޔާ ކައިރި ކޮށްލެވުނެވެ. މި މަންޒަރު ބަލަން ތިބި ބައެއް މީހުން އެކަކު އަނެކަކުގެ ކަންފަތް ދޮށުގައި ސިއްުން އެއްޗެހި ބުނެލާ ތަން ފެނެއެވެ. މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި އެންމެން އެކީ ހިނގާފައިި ދިޔަ އިރު އެކަކުވެސް އެއްޗެއް ބުނާކަށް ގަސްތެއް ނުކުރިއެވެ. އެންމެ ފަހުން އެ އެންމެން ވަކިވެލީ ދެކަފިވެފައިވާ މަގަކުންނެވެ. އަފާންއާއި ޒާރާ އެއްކޮޅަށް ހިނގައިގަތް އިރު ޔައިނާއާއި މިލާންގެ އިތުރުން ލައުރާގެ މިސްރާބު ހުރީ ދެވަނަ މަގަށެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Ma Sha Allah Nayaa.. v salhi mi part vxx.. curiously waiting for the next… 🥰😊
woww vrh reethi ingey…knmme part eh vx kiyan comment nukuriyas… claahah gossa bunamennu dhw…. anyways e meehun mihaaru marry kureetha?
Masha Allah mi prt ves vrh reethi
Curiously waiting for the next part
tyssssm ammmu.. means a lot.. next part insha allah next week ga
Btw best of luck with your exams
aww thankiu darlx <3..insha allah exams dhaany rangalhah
plz…vrh avahah next part genesdhehchey….vrh curious vefa mihury next part ah
thankiu aal.. next part next week ga insha allah
Kaleyyyy enme fahun inee dhwwww..
Hmm dhn innaane thaaa
Pis ekamaku mashah hama inthizaaru kureveny yai aa milaan ge dhemedhu e oiy boa faaru nethigen gos afaan ge hiy milaan ah Saafu vaane dhuvahakah.. Afaan milaan dheke rulhi annaathy ma enme dhera vany
Ooonm ok ey kobaa a very big surprise is awaiting 😊😁😉👍
Kon dhuvas thakuga tha story up kohlany varah rythi mi part ves kiyaa hithun huta nimeny 😭😭
thankiu so much hazu.. vrh ufaa vejje.. anehhen vaki dhuvaheh neendhe up kuraakah.. liye nimunyma hama submit kohlany..midhuvaskolhu assu exams onnaathy thankolheh undhagoo gavaidhun upload kuran..but I’m trying my best.. hehe kiyaa hithun hutta nimunyma next part maa bodah kiyaa hivvaane ennu dhw.. once again thanks <3
In reply to @shyukkie
omg heyyyy..
hehe arn konme part eh vs kiyaa kan ingey..ehennu vaany konme dhuvahaku vhk upload vaa irah dhimaavefa bunaane viyya vrh reehchey..aneh bai avahah genesdheyshey..lol
yeahhh vrh vrh vrh ufaa vejje thihaa close frnd egge cmnt libunyma..thankiu sooo muchhhhh darlinggg..
alhe marry kuri nama marry kuri vhk liyaane dhw..marry vs kuraaney adhi..kehtheri vebala..lol
anyways once again thanks for the lovely cmnt..see ya at class tmrw
in reply to @ReeshA CoronA
alheyyyyyyy why is everyone thinking that they got married???!!!
noooo broooooo
marry kuri nama mihaa vaikosheh ebayeh nugennaane dhw..kehtheri vebala..dhn oiy part ah inthizaaru kohlaba..eyrun ingeyne
dhn thi hurihaa kameh vs vaguthu jehunyma vaaney koyaa
surprise?? kon surprise ehh?? fani naalhaathi ingey..mhr manje surprise ekey bunaa irah ma biru vs ganey..arn ehengna ekkala dhuvahu vs surprise ekey kiyaafa elly bodu nuclear bomeh viyya..rulhi aisgen araa rathuga ey ma e dhuhu hury..ekahala kameh nukurahchey mifaharu..dhengnaa dheyn vaany vrh salhi surprise eh
in reply to @ Aayaa
tyssssm darlxxx.. next prt anna hafthaaga geneveythoa mi masakkaiy kurany..keep waiting <3
Masha ﷲ This story is getting better and better.. Curiously waiting for the next part. Hope U’ll upload it soon 😁☺️
in reply to @Ramm
aww tysssssmm ramm..next art anna hafthaaga submit kohlaanan insha allah..keep waiting <3
I love this story please can you write more story ☺️🙂🤠 I love it ❤️💕
thankiu so much mariyam.. really appreciate ur support..yes insha allah kuriyah oiy thaa vs hama alhuganduge ithuru vhk thah kiyaalan libeyne
Thanks for your comments 😃😚 I love you so much 💘 nayaa
Thankiu dear.. hehe i luv to read u guys’s cmnts nd reply to them.. lym dear <3
Varah Reethi maasha Allah ❤️❤️
Varah curious
Next part kiyaahithun hureveny ky noon
thankiu Girll.. Means a lot to me inge.. next part insha allah kuriyah oiy hafthaaga genesdheynan
Hi nayaa…
V v salhi ingey mi part ves.
Next part ge inthizaaruga mihaaru.
Hey.
I think aslu mihaaru v madhuvejje dho site ah vadhe vhk kiyaameehun.
Last year aa balaafa ekahala gothei heevaatheeve aslu mi bunelee… Nayaa dhen v active ennu mi platform GA.
Shaleen ah aslu v nuvadhevey site ah .
Also mihaaru vaahaka.com ves v sakarai. Publish nuvey avahahkah ..
Ehnve hamami site ge vaahaka aslu nayaa kairi ahaalaan beynunvee ves
in reply to @shaleen
hey..thanku dearr..next prt maa lasthakeh nuve kiyaalan libidhaane insha allah..keep waiting
yeahh..aslu vs vrh madhu vejje..ur not the only one who thinks that..bodah heevaa gothun mi site ah badhauthakeh genai hisaabun feshigen vhk kiyaa meehun madhu v.. comment kureveny vs login vgn..ehnve maa baivaru cmtn thakeh vs naannaane..but mihaaru sire ge settings change kuri fahun ekan vs eba rangalhu vey..kurinhaa gina nuviyas mihaaru vhk thah kiyaa meehun tihuruvamun dhaakan faahaga kurevey
yess vhk.com ga dhn vvv gina dhuvas vejje ekahal massalathekeh ulheythaa..ehnve nayaa vs e site ah upload nukurany..
assu kiyaa meehun ekangneh noon madhuvyky..vhk liyuvvaa musannifun vs hama ehaa madhu vejje..aslu nayaa mennah vure maa reethi vhk liyuvvvaa, maa hunaruveri beyfulhun kuryga esfiya ah vhk liyuvvaane..nayaa mn aslu adhi vrh young..nayaa mennah vure maa bodah experienced liyuntherin thibbavaane..kiyuntheringe adhadhu madhu v hama molhethi liyuntherin ge adhadhu vs madhuvyma ey alhugandu bunaany..
insha allah, kiyuntherin kiyaa hihvaa kahala vhk thakaigen shaleen mn kahala molhethi musannifun esfiyaige dhirun alun anburaa gennaane kamah mi unmeedhu kurany.. esfiya dhn abadhuvs dhaany kuriyah, insha allah
Yes nayaa ..
Yeah Hama thihen shaleen ahves heevanee.
Yaa
Wowwwwwww
I just loved it!!!
Keep going
Waiting for the next part
Ly
Tc
thank u lily..
rly appreciate ur support..
Lyt
u too tc <3
Mi part ves v reethi… When next part can’t wait for next part❤️ best of luck to your exam❤️
in reply to @Ahu
thankiu Ahu..next part insha allah next week ga genesdheynan
thanksss..insha allah, will get a gud result <3
I love you guys 💗😘
Kaleyyyy neendheyy thlaa? Aaan athuga hifaigen joadeh hen launch in feybeema dphen ma heekury inee kamah.. Kanthah vefa oiy gothun ma heekury vai koh wedding genaee kamah
Eyy kon dhuvahehgevhk thi dhahkany mihaaru?