އަޅުގަނޑުގެ އައު ވާހަކައެއް މިހާރު ދަނީ ވާހަކަ.ކޮމްގައި ޝާއިއު ކުރެވެމުން.. އަޅުގަނޑުގެ ތިޔަ ލޮބުވެތި ކިޔެތުންތެރިންނާއި ތިޔަ ކިޔުންތެރިން ދެއްވި ލޯތްބާއި ހިތްވަރު އަބަދުވެސް އަޅުގަނޑުގެ ހިތުގައިވޭ. އަދި އެކަމަަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން.. އެހެންކަމުން އަޅުގަނޑުގެ އައު ވާހަކައެއްގެ އިންތިޒާރުގައިތިބި ތިޔަ ލޮބިވެތި ކިޔުންތެރިންގެ ސަމާލުކަމަަށްޓަކައި މި ވާހަކަ ހިއްސާކޮށްލަން.. ވާހަކަ.ކޮމްގައި “ތިޔަ ލޯބީގައި” މިނަމުގައި އަޅުގަނޑު ލިޔަންފެށި ވާހަކައިގެ 9 ބައި މިހާރުވަނީ އެސައިޓަށް އަޕްލޯޑް ކުރެވިފައި.. އަޅުގަނޑުގެ އެހެން ވާހަކަތަކަށް ދެއްވި […]
“ބައްޕާ. ފަހަރެއްގަވެސް އަޅުގަނޑު އެކަން ހަނދާނެއް ނުނެތޭ. އެކަން ހަނދާން ނައްތާލީ މިހިރަ ރަހުމުކުޑަ އަންހެނާ. އަޅުގަނޑު އަތުގަ ހެކި ނެތްނަމަ އަޅުގަނޑުވެސް އެކަން ގަބޫލު ނުކުރީމުސް. އެކަމަކު..” ދެން އަރްޒަން ބުނެލި ވާހަކަތަކުން ހާޝިމާގެ މޭ ނުބައި ގޮތަކަށް ގުޑައިގަތެވެ. އަރްޒަން އެދައްކަނީ ކޮން ހެއްކެއްގެ ވާހަކަ ހެއްޔެވެ؟ އެހެން ވެގެން ނުވާނެއެވެ. އެހާދިސާ އާއި ގުޅޭ އެއްވެސް ހެއްކެތް ނުއޮންނާނެކަން އޭނާއަށް ޔަގީނެވެ. ވާން މިއުޅޭ ގޮތަކާއި މެދުގައި ޔަގީންނުވެފައި ހުރި ހާޝިމާގެ ގައިން […]
“މައްސަލައެއް ނެތް. އަހަރެން ބުނެފާނަން.” ކޮނޑު އަރުވައިލަމުން ޒާވިލް ބުނެލިއެވެ. މިކަމުގައި އޮތީ ހަމައެކަނި އޭނާގެ ކުށެއް ނޫނެވެ. ވީއިރު އޭގެ އަދަބު ހަމައެކަނި އޭނާއަށް ލިބޭކަށް ޒާވިލް ބޭނުމެއް ނުވެއެވެ. “ޔޫލީ މަރައިލީ.. ކަލޭގެ.. ބޮޑުދައިތައާ އޭނާގެ ދަރި ނިޝްޔާ.” ޒާވިލްގެ ޖުމުލަ އަރްޒަންއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ގަބޫލު ނުކުރެވިފައި ހަޅޭލަވައި ގަންނަމުން އަރްޒަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނު އިރު ޔަނާލްއަަށްވެސް އަނގަމަތީގައި އަތްއަޅައިލަމުން އަރްޒަންއަށް ބަލައިލެވުނެވެ. ދުވެފައި އައިސް އެގޭގެ ދޮރުމައްޗަށް މަޑުކޮށްލި ނިޝްޔާވެސް […]
ކަންބޮޑުވެފައި އަރްޒަން ފޯނަށް ބަލައިލިއެވެ. އޭނާއަށް ޔަނާލަށް ގުޅުނު އަދަދެއްވެސް މިހާރު ނޭނގެއެވެ. މިވީ ދުވަސްކޮޅު ތެރޭގައި އޭނާ ގުޅުމުން އެއްފަހަރުވެސް ޔަނާލް ފޯނު ނުނަގާފައެއް ނެތެވެ. ޔަނާލްއަށް ކޮންމެވެސް ކަމެއްވީކަމުގެ އިންޒާރު އޭނާގެ ސިކުނޑިން ދޭން ފެށުމުން އަރްޒަންއަށް އަތުގައިއޮތް ފޯނަށް ބާރުކޮށްލެވުނެވެ. ދޮރުބޮޑަށް ހުޅުވައިލަމުން ޒާވިލް އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޔަނާލްއަށްވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ޔަނާލްގެ އެހަރަކާތުން ޒާވިލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެތެރެއަށް ވަނުމަށްފަހު ދޮރު ލައްޕައި […]
“ހަލޯ.” މަޑުމަޑުން ޔަނާލް ބުނެލިއެވެ. “ޔަނާ. އަހަރެން ފޮނުވި އެއްޗެއް ލިބުނުތަ؟” އަރްޒަންގެ އަޑުން އޭނާ ހިތްހަމަޖެހިފައިހުރިކަން އިނގެއެވެ. “ހޫމް. އެކަމަކު.. މީ.. މީ ކީކުރަން؟” ޔަނާލް ފާޑަކަށް އިނދެ އަހައިލިއެވެ. “ކިހިނެއްވީ؟ ޔަނާއަަށް ކަމުނުދަނީތަ؟” ފާޑަކަށް ހެވިފައިހުރެ އަރްޒަން އަހައިލިއެވެ. “ނޫން. ވަރަށް ރީތި.” ލަދުގަނެފައި ޔަނާލް ބުނެލިއެވެ. އެއާއެކު އަރްޒަންގެ ލުއި ހުނުމުގެ އަޑު ފޯނުގެ އަނެއްކޮޅުން އިވިގެންދިޔައެވެ. “ޔަނާ. މިރޭ 8.30 އަށް ރެޑީވޭ އިނގޭ. ތިހެދުން މިރޭ ޔަނާ ލާން އަހަރެން […]
އެތަންކޮޅު ކިޔައި ނިންމައިލަމުން އަރްޒަންއަށް ފޮތް ލައްޕައިލުމަށްފަހު ގެނެސް މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. “ނޫން ޔަނާ. ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ސޫން ޔޫ ވިލް ބީ މައިން އިންޝާ ﷲ..” ވައިއަޑުން އަރްޒަންއަށް ބުނެލެވުނެވެ. ** ** ** އަރްޒަން އޮފީހުން އައިސް ގެއަށް ވަތްގަޑީގައި ސިޑިން ފޭބި ޝިހާމް އޭނާފެނި ގޮވައިލިއެވެ. ކިހިނެއްވީތޯ އަހައިލަމުން އަރްޒަން ޝިހާމު ގާތުގައި ގޮސް ހުއްޓިލިއެވެ. “ދަރިފުޅު ދޭ އެހަށް ތާޒާ ވެލައިގެން އަންނަން. ބައްޕަ ވާހަކައެއް […]
ނޭފަތް އެތެރެއަށް ދަމައިލަމުން ޔަނާލް އޭނާގެ ވާހަކަ ނިންމައިލިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އަރްޒަން ހިމޭންވެފައި އިނީ އިވުނު ވާހަކަތަކާމެދުގައި ބަސްހުއްޓި އަޖައިބުވެފައެވެ. ގަބޫލުކުރަން ދަތިވެފައެވެ. “އެދުވަހު އަރްޒަންއަށް ފާހަގަ ނުވިއަސް ނިޝްޔާ ފެނުނީމަ އަހަރެން ވަރަށް ޖެހިލުންވި. ބިރުގަނެ ކަންބޮޑުވި. އަހަރެންގެ މާޒީއާއި ގުޅިފައިވާ އެއްވެސް މީހަކާ ބައްދަލުކުރާކަށް އަހަރެން ބޭނުމެއްނުވޭ. އެހެންވެ ވީހައިވެސް ނިޝްޔާއާއި ދުރުން އުޅެން އަހަރެން މަސައްކަތްކުރީ.” ޔަނާލްގެ އަޑަށް އިސްޖެހިފައިއިން އަރްޒަން އިސްއުފުލައިލަމުން ބަލައިލިއެވެ. ނިޝްޔާގެ އަމަލުތައް ހުރިގޮތް އިނގުމުން […]
އެނދުގައި އޮށޯވެއޮތް ޔަނާލް އޮތީ ޒާވިލްއަށް ފުރަގަސްދީގެންނެވެ. އަނގައިން އަޑެއް ބޭރު ނުވިއެއްކަމަކު ހިމޭންކަމުގެ ހޫނު ކަރުނަތިކިތައް ޔަނާލްގެ ކޯތާފަތުގައި ބޮސްދެމުން އޭނާގެ ބާލީސް ތެތްމަމުން ދިޔައެވެ. އަތުން ބާލީހުގެ ބައެއްގައި ބާރަށް ހިފަހައްޓައިލަމުން ޔަނާލް ދެލޯމަރައި ބާރުކޮށްލިއެވެ. އޭރު އެނދުގެ އަނެއްފަރާތުގައި ނިތުގައި އަތްބާވައިލައިގެން ފުންވިސްނުމަކަށް ގެއްލިފަައި ޒާވިލް އޮތެވެ. އޭގެ އަނެއްދުވަހު އޮފީހުން އައުމަށްފަހު ޒާވިލް އޭނާ ރޭގައި ވިސްނިކަންތަކުގެ ވާހަކަ ޔަނާލާއި ހިއްސާކުރިއެވެ. ޔަނާލްއަށްވެސް އެޚިޔާލު ކަމުދިއުމުން އެކަމާ ވަރަށް ފަސޭހައިން އެއްބަސްވެވުނެވެ. […]
ދުވަހަކުވެސް މީހަކަށް އިތުބާރު ނުކުރާ ވަރަށް ޔަނާލް އަރްޒަންއަށް އިތުބާރު ކުރެއެވެ. ދެލޯމަރައިލުމަށްފަހު ފުންނޭވާއެއްލަމުން ޔަނާލް އޭނާގެ ވާހަކަ ފެށިއެވެ. ** ** ** ހުދު ކައިވެނީހެ ހެދުމުގައިހުރި ޔަނާލް މަޑުހިިނގުމެއްގައި ހަނީފާގެ ފަހަތުންގޮސް ޒާވިލްގެ ކޮޓަރިއަށް ވަނެވެ. އޭރު ޒާވިލްއަދި ކޮޓަރިއަށް ނާދެއެވެ. ކައިވެނިޕާޓީ ނިންމައިލައިފައި އައުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއެކުވެސް އަރާމުކޮށްލެވެން ނެތްކަން ޔަނާލްއަށް އެނގެެވެ. އެހެނީ އެރޭގެ ދަންވަރު ފްލައިޓުން ޒާވިލްގެ އާއިލާއާއެކު އޭނާވެސް ފުރަންޖެހޭނެތީއެވެ. އެމީހުންވަނީ މާކުރިންވެސް ޒާވިލްގެ ކައިވެންޏާއެކު މެލޭޝިޔާއަށް […]