ނިޝްޔާގެ އަތުގައި ނުޖެހުމަށް ދުވަމުން ކާކޮޓަރިން ނުކުތް އައިކްގެ ހުނުމުގެ އަޑުވަނީ މުޅިގޭގައި ހަރުލައިފައެވެ. ފަހަތުން ނިޝްޔާވެސް ހެމުން ނުކުތީ އައިކް ހިފެހެއްޓުމުގެ ގޮތުންނެވެ. އެމަންޒަރުބަލަން ކާކޮޓަރީގެ ދޮރުމަތީގައި ހާޝިމާވެސް ހިނިތުންވެފައި ހުއްޓެވެ. ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މާބޮޑެތި ކަންތައްތަކެއް ބަދަލުނުވިނަމަވެސް އެމީހުންގެ ދިރިއުޅުން މިހާރުވަނީ ކުރިއެކޭ އެއްގޮތަށް އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް ބަދަލުވެފައެވެ. އައިކްގެ ކަންތައް ގިނަވަގުތު ކޮށްދެނީ ހާޝިމާއެވެ. އެހެނަސް ނިޝްޔާ ގޭގައި އުޅޭ ވަގުތެއްނަމަ ހާޝިމާއަށް ނުޖައްސާ އައިކްގެ ކަންތައް […]
މެންދުރުއްސުރެ އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. އިރެއް އިރަކަށް ޖެހެމުންދިޔަ ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ހީވަނީ ގަސްތައްވެސް މުލުން ލުހެލައިފާނެހެންނެވެ. މުޅި ދުނިޔެ ކަޅު ސާލެއް އޮޅައިލައިގެން އޮތް ފަދައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އަނދިރިކަމެވެ. ވެހެމުންދިޔަ ބޯވާރޭގަނޑުގެ ތެރޭގައި ހުއްޓުންއަރައިފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަން ހުރީ އެތަނުންދާން ބޭނުންނުވެފައެވެ. ދާނީވެސް ކިހިނަކުންހެއްޔެވެ؟ ދާދި ދެންމެއަކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރެއަށްލައި ފަސްއެލެވުނީ އޭނާގެ އަލަތު ލޯތްބެވެ. އުފަލާއި […]
ވެހެމުންދިޔަ ބޯވާރޭގަނޑުގެ ތެރޭގައި ހުއްޓުންއަރައިފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަން ހުރީ އެތަނުންދާން ބޭނުންނުވެފައެވެ. ދާނީވެސް ކިހިނަކުންހެއްޔެވެ؟ ދާދި ދެންމެއަކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރެއަށްލައި ފަސްއެލެވުނީ އޭނާގެ އަލަތު ލޯތްބެވެ. އުފަލާއި ހިތްހަމަޖެހުމެވެ. އެކުގައި އަބަދަށް އުޅުމަށް ވައުދުވި އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. މުޅި ދުނިޔެއަށް އަރްޒަން އެކަނިކޮށްލުމަށްފަހުއެވެ. އެންމެފަހަރަކުވެސް އެލޯތްބާނުލައި އޭނާ އުޅޭނީ ކޮންފަދަ ހިތްދަތި ހާލެއްގައިކަން ޔޫލީއަށް ނުވިސްނުނީހެއްޔެވެ؟ އަރްޒަން ޔޫލީއަށް އެންމެ ބޭނުންވިދުވަހު އޭނާ މުޅި އުމުރަށް ލޯމަރައިލީ މިއަނިޔާވެރި […]
ބާރު ސްޕީޑްގައި ދުއްވަމުންދިޔަ ލާންޗްއިން ކަފަމުންދިޔަ ކަނޑުގެ ލޮނުގަނޑަށް ގެއްލިފައި އަހަރެން ހުރީ ފުންވިސްނުމެއްގައެވެ. އިރުގެ ރަންދޯދީގެ ސަބަބުން ކުދިކުދި ޖަވާހިރުތަކެއްފަދައިން ލޮނުގަނޑު ވިދައި ބަބުޅަމުން ދިޔައެވެ. މިއިން އެއްވެސް ކަމަކަށް އަހަރެންގެ ޝައުގެއްނެތީ އެވަގުތު އަހަރެންގެ ސިކުނޑި ހާސްކުރުވަމުންދިޔަ އެކިއެކި ޚިޔާލުތަކުގެ ސަބަބުންނެވެ. “އަރާޝް” އަހަރެންގެ ގާތުގައިއިން އަހަރެންގެ އަންހެނުންގެ އަޑަށް ސިހިފައި އަހަރެންނަށް ބަލައިލެވުނެވެ. “ރަށަށް މިއޮއް އާދެވުނީއެއްނު. ކޮންޚިޔާލަކަށް ގެއްލިފަ؟.” ލޯތްބާއެކު އަހަރެންގެ އަތުގައި ފިރުމައިލަމުން ރަވާ އަހައިލިއެވެ. ރަވާ އެހެން ބުނުމުން […]
އޭނާ މަލްހާ ދޫކޮށްލީ ބޭނުންނުވެގެންނެވެ. ވީއިރު މިއަދު އެނިޔަނެތި އަންހެންކުއްޖާއާއި ދޭތެރޭ އެހައިވަރަށް ވިސްނެންވީ ކީއްވެހެއްޔެވެ؟ އެހިނިތުންވުން ފެނުމުން އޭމާއަށްވެސް ހިނިތުންވެވެނީ ކީއްވެހެއްޔެވެ؟ އަބަދު ޒީވާނާއި އެކުގައި މަލްހާ ހީސަމާސަކުރާތަން ބަލަންހިތް އެދެނީ ކީއްވެހެއްޔެވެ؟ ހައްތަހަިއިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ. ** ** ** މަލްހާގެ ކައިވެންޏަށް ވަލީ ހޯދަން ގުޅީއްސުރެ ސަލީމްގެ ސިކުނޑީގައިވީ މަލްހާގެ ޚިޔާލުތަކެވެ. އެދުވަހު ރޮއިރޮއިފައި އާބިދާ ދެއްކި ވާހަކަތައްވެސް އެސިކުނޑިން ފިލައިގެން ދާގޮތްވަނީ ނުވެފައެެވެ. އާބިދާގެ ވާހަކަ ތަކުގައި ކޮންމެވެސް ހަގީގަތެއްވާކަމަށް […]
މަލްހާގެ މިހަރަކާތާއެކު ޔާނިކްގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. ފަނޑު ހިނިތުންވުމެއް އެތުންފަތްމަތީގައި ދުވެލީ ބޭއިޚުތިޔާރުގައެވެ. އިންތަނުން ތެދުވަމުން ލަސްފިޔަވަޅުތަކެއްގައި ޔާނިކް މަލްހާއާއި ދިމާއަށް މިސްރާބުޖެހިއިރު ދެހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައެވެ. ޔޭއި އޭ ކިޔައިލަމުން ޒީވާން ދެއަތްޖަހަައިލަމުން ހީލިއަޑު އިވުނެވެ. މަލްހާ ގާތުގައި އިނށީދެލަމުން ޔާނިކް އިސްޖެހިފައިއިން މަލްހާގެ މޫނަށް ނަޒަރުހިންގައިލިއެވެ. އަދި ތުންފަތުގައި ދަތްއަޅައިލަމުން ލަސްލަހުން ގުދުވެ ޖަންބުކުލަ އަރަމުންދިޔަ މަލްހާގެ ދޮންކޯތާފަތުގައި އޭނާގެ ތުންފަތް ޖައްސައިލިއެވެ. ލަދުރަކި ހިނިތުންވުމަކާއެކު މަލްހާއަށް ދެލޯމަރައިލެވުނީ ހިތްހަމަޖެހިފައިއިނދެއެވެ. އެތަންބަލަން އިނުމަށްފަހު […]
“ރާދު ވީ ޝުޑްބީ ހެޕީ. އަހަރުމެންގެ ދިރިއުޅުމުން ދޮންތަގެ ހިޔަނި އަބަދަށްފިލީ. ދެން ކީއްވެ ރާދު ތިފާޑަށް ތިއިންނަނީ؟ މިއެއްނޫންތަ އަހަރުމެން ބޭނުންވިގޮތަކީ.” ހިތްހަމަނުޖެހިފައި ލިވްޔާ ބުނެލިއެވެ. އެއާއެކު އެއްދިމާއަކަށް ގެއްލިފައިއިން ކަހަލަ ގޮތަކަށްއިނދެފައި ރާއިދް ލިވްޔާަގެ މޫނަށް ބަލައިލަމުން އިންތަނުން ތެދުވިއެވެ. “އައި ނޯ ލިވީ. އައި ނޯ ވީ ޝުޑްބީ ހެޕީކަން. އެކަމަކު ނޭނގެ ކީއްވެކަމެއް އަހަރެންނަކަށް އެއްވެސް އުފާވެެެރިކަމެއް އިހުސާސެއްނުވޭ. އަދިވެސް ތިޚަބަރު ގަބޫލުކުރަން އަހަރެންނަށް ދަތިވަނީ.” އެހެންބުނެލަމުން ލިވްޔާއަށް ވާހަކަ ދައްކާނެ […]
“ދެންހިނގާ އެތެރެއަށް. އިރުއޮއްސެނީ. ޒީވާންއަށް ކާންދޭގަޑި ޖެހެނީ.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު މަލްހާ އަނެއްކާވެސް ބުނެލިއެވެ. އާއެނކޭ ބުނަމުން ޔާނިކްވެސް އިންތަނުން ތެދުވެ ގެއާއި ދިމާއަށް ހިނގައިގަތެވެ. މަލްހާގެ ފަހަތުން ހިނގަމުންއައި ޔާނިކް ގޭތެރެއަށް ވަނުމުގެކުރިން އުޑާއި ދިމާއަށް ބަލައިލަމުން ހިނިތުންވެލީ ހީވެސްނުކޮށްހުއްޓައި އޭނާގެ ހުވަފެންތަކުގައި ކުލަޖެހެމުންދާތީއެވެ. ދާދި އަވަހަށް މަލްހާ އޭނާގެ ހައްގަކަށްވާނެއެވެ. އެދުވަހަކުން މަލްހާގެ ދިރިއުޅުމަށް ހިތާމައިގެ ކުޑަވެސް ހިޔަންޏެއް އެޅުނަކަ ޔާނިކް ނުދޭނެއެވެ. ހުރިހައި ހިތާމަތަކަށް މަލްހާ ފޮރުވައިލާނެއެވެ. މުޅި އުމުރަށެވެ. ލޯތްބާއެކު މަލްހާގެ […]
ޒީވާނަށް ބަލަންތިބުމަށްފަހު ދެމީހުން އެހިސާބުގައިހުރި ސިމެންތި ގޮނޑިއެއްގައި އިނށީނެވެ. އިރުއިރުކޮޅާ މަލްހާއަށް ޔާނިކްގެ މޫނަށް ބަލައިލެވެނީ ވާހަކައެއްބުނަން ބޭނުންވެފައިހުރި މީހަކުފަދައިންނެވެ. އެކަން ޔާނިކްއަށް ފާހަގަވީ ކަންނޭނގެއެވެ. މަލްހާގެ މޫނަށް ބަލައިލަމުން އޭނާ ނިތްއަރުވައިލީ ކިހިނެއްވީހޭ އަހައިލާފަދަ ގޮތަކަށެވެ. “އޫމް. ޔާނިކް. އަހަރެން. އަހަރެން ވާހަކައެއް ބުނަންކަމަށް.” އުނދަގުލުން މަލްހާ އެހެންބުނެލުމާއެކު ނިތަށް ރޫއަރުވައިލަމުން ޔާނިކްް މަލްހާއާއި ދިމާއަށް އެނބުރިލީ އޭނާ ބުނަން އެއުޅޭވާހަކައެއް އަޑުއެހުމުގެ ޝައުގު ހިތުގައި އުތުރިއަރައިގަތްވަރުންނެވެ. “ޔެސް މަލް. ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް.” […]