“މާމާ.. މި.. މި.. ނަމާދު.. ކުރަނީ… ކިހި.. ކިހިނެއްތަ؟” ޖެހިލުންވެފައި އިނދެ ތުންފަތްހަފަމުންދިޔަ ޝަޔަމް މުހުސިނާއަށް ބަލަން ނުކެރި މަޑުމަޑުން އަހައިލިއެވެ. މާމަ ދަރިފުޅުގެ ސުވާލާއެކު މުހުސިނާއަށް ލިބުނީ ހައިރާންކަމެވެ. ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި މުހުސިނާއަށް ޝަޔަމް އަށް ބަލަން އިނދެވުނީ ދުވަހަކުވެސް އިވިދާނެކަމަށް ހީވެފައިނެތް ސުވާލެއް ޝަޔަމްގެ ފުށުން އިވުމުންނެވެ. މީގެ ކުރިންވެސް އެތައްފަހަރަކު ނަމާދުކޮށްހެދުމަށް މުހުސިނާ ވަނީ އޭނާގެ މާމަ ދަރިންނަށްވެސް ހަނދާންކޮށް ބުނެދީފައެވެ. އެހެނަސް އޭރުވެސް ޝަޔަމްގެ ފަރާތުން އެކަމަށް އެއްވެސް […]
“ތެންކްސް..” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް ލަމްޔާ ބުނެލިއެވެ. އެއާއެކު ލަމްޔާއަށް ފުރަގަސްދީގެންހުރި ޒާއިންއަށް ލުއި ގޮތަކަށް ހީލެވުނެވެ. ހިތަށްލިބިގެންދިޔަ ހަމަޖެހުމަކުން ޒާއިންއަަށް ދެލޯމަރައިލަމުން ޓީޝާޓުގައި ލަމްޔާގެ ކަރުނުން ތެމިފައިވި ހިސާބުގައި ފިރުމައިލެވުނެވެ. މަޑުހިނގުމެއްގައިގޮސް ސޯފާގައި އިނށީދެ ހަމަޖެހިލަމުން ޝައުގުވެރިކަމާއެކު ލަމްޔާގެ ހަރަކާތްތަކަށް ޒާއިން ބަލަން އިނެވެ. ސަބަބު ނުވިސްނުނެއްކަމަކު ލަމްޔާ ނަމާދުކުރަމުންދިޔަ މަންޒަރުން ނުތަނަވަސް ވެފައިވި އޭނާގެ ހިތަށާއި ނަފުސަށް ހަމަޖެހުން ލިބިގެންދިޔައެވެ. އެގޮތުގައި ލަމްޔާ ނަމާދުކޮށް ނިމެންދެން އޭނާ ބަލަން އިނެވެ. ނަމާދުކޮށްނިމި މުސައްލަ އަލަމާރީގެ […]
“އަހަރެންގެ ހިތުން ޚާއްސަކަމެއް ހޯދި ކުއްޖަކީ ޝަޔަމްއޭ ބުނެފިއްޔާ…” ދެތިންފިޔަވަޅު އެޅިތަނާ ފަހަތުން އިވުނު ނުހައިކްގެ އަޑުން ޝަޔަމްގެ ދެފައި ބިންމަތީގައި ތަތްލިކަހަލައެވެ. ދެލޯ ބޮޑުވެގެންދިޔައިރު ހިތުގެ ހިނގުންވެސް ކުއްލިއަކަަށް އަވަސްވެގެންދިޔައެވެ. ހުއްޓުން އަރައިފައި ޝަޔަމްއަށް ހުރެވުނީ ދެން ކަންތައްކުރާނެ ގޮތެއް ނުވިސްނިފައެވެ. ނުހައިިކްގެ ފަރާތުން އިވިގެންދިޔަ ބަސްތަކުން ހިތަށް ފިނިކަމެއް އިހުސާސުވެގެންދިޔައެވެ. އެނބުރި ނުހައިކްއަށް ބަލައިލާކަށްވެސް ޝަޔަމް އަކަށް ނުކެރުނުވެ. ޝަޔަމް އެހެން ހުއްޓައި ތެމިފޯވެގެންހުރި ނުހައިކް އައިސް އޭނާ އާއި ކުރިމައްޗަށްވާގޮތަށް މަޑުކޮށްލިއެވެ. އޭރުވެސް […]
“ލޯބި.. އަހަރެންނަަށް ލޯބި ވެވިއްޖެ.. އާން.. އަހަރެންނަށް ހަގީގަތުގައިވެސް ނުހައިކްދެކެ ލޯބި ވެވިއްޖެ..” ލަދުވެތި އިހުސާސުތަކެއް ވެރިވަމުންދިޔަ ޝަޔަމްގެ ޟަމީރުގެއަޑު އޭނާގެ ކަންފަތްބުޑުގައި ގުގުމައިގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅައިލި ޝަޔަމް ނުހައިކްއާއި ގާތްވެލުމަށްފަހު އޭނާގެ ކޯތާފަތުގައި ބޮސްދިނެވެ. “އައި ލަވް ޔޫ ނުހައިކް.. އައި ލަވް ޔޫ ސޯ މަޗް..” އެހިދު އަމިއްލަ އިޚުތިޔާރުން ބޭރުގައި ޝަޔަމްގެ ދެތުންފަތް ދެމެދުން އެހިތުގެ ސިއްރު ފައުޅުވެގެންދިޔައެވެ. އިރުކޮޅަކު ނުހައިކްއަށް ބަލަން އިނުމަަށްފަހު ޝަޔަމް އޭނާ ލައިގެންއިން ކޯޓު ބައިލަމުން […]
މިއީ ދުނިޔެއެވެ. މިތަނުގައި ދިމާވާ ކޮންމެ ކަމަކީވެސް އަހަރެމެންނަށް ކުރިމަތިކުރުވާ އިމްތިހާނެކެވެ. ކެތްތެރިވާންވީ، ކެތްތެރީންނާއި އެކުގައި ﷲ ވޮޑިގެންވާނެކަން އެނގި އެކަލާނގެއަަށް ވަކީލުކުރާ ހާލުއެވެ. ކެތްތެރިންނަަށް އަދަދު ނުކުރެވޭހައި ގިނަގުނަ ޘަވާބާއި ދަރުމަ ހުރިކަން އަމިއްލަ ނަފުސަށް ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ. އަރައިގެން އައި އިރުގެ ހޫނުކަމުން މުޅިފަޒާ ހޫނުކުރަމުން ދިޔައިރު ގޯތިތެރޭގައި ހުރި ކުޑަ މޭޒެއްގެ ދޮށުގައި ފުންޚިޔާލަކަށް ގެއްލިފައި ލަމްޔާ އިނެވެ. ހާމަވެގެންދިޔަ ހިތި ހަގީގަތާއި ކުރިމަތިލާނެ ގޮތެއް އެސިކުނޑިއަކަށް ނުވިސްނުނެވެ. ހަޔާތަށް އައި ބޮޑު […]
ޝަޔަމް ބުނަންއުޅޭ ވާހަކައަކަށް ޝައުގުވެރިކަން ފައުޅުކޮށްލަމުން ނުހައިކް އޭނާގެ ހުރިހައި ސަމާލުކަމެއް ޝަޔަމްއަށް ހުއްޓައިލިއެވެ. ހިތުގެ ހިނގުން އަވަސްވަމުންދިޔަ ޝަޔަމް ކުޑަކޮށް ކަރުކެހިލަމުން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. “މިވަގުތަކު ނޫން. ކިހިނެއްވާނެ ލަންޗް ބްރޭކްގަޑީގަ؟ މިކޮޅުން މެންދުރުގެ ކެއުން ނަގަން..؟ ވަރަަށް ހަމަޖެހިގެންތިބެ އެވާހަކަދައްކަން އަހަރެން ބޭނުމީ..” ހަމަޖެހިލަން މަސައްކަތްކުރަމުން ޝަޔަމް ބުނެލިއެވެ. އެންމެ ރަނގަޅޭބުނެ ނުހައިކް އެކަމަށް އެއްބަސްވެލިއެވެ. ގަޑިން މެންދުރު އެކެއްޖެހުމާއެކު މަސައްކަތްކުރަމުންދިޔަ މީހުންވެސް އެމީހުންގެ މަސައްކަތްތައް ހުއްޓައިލުމަަށްފަހު ބްރޭކަށް ދިޔައެވެ. ޝަޔަމް އެވަގުތުވީ ގެއަށްގޮސްކަމުން […]
ނަފުސަށްވެރިވަމުންދިޔަ އުނދަގޫ އިހުސާސުތަކާއެކު ފައިމަތީގައިއޮތް ދެއަތް މުށްކަވައިލަމުން ކުއްލިއަކަަށް ގޮނޑި ދުރަަށްޖައްސައިލުމަަށްފަހު ޒާއިން ތެދުވިއެވެ. އެތަންފެނި ސުވާލުގެ ނަޒަރަކުން ގާޒީ ޒާއިންއާއި ދިމާލަށް ބަލަމުންދިޔައިރު، ސާރާގެ ފަހަތުން ވަދެގެންއައި ތޮއިބާގެ ދެލޯވެސް ބޮޑުވެގެންދިޔައީ ހާސްވީވަރުންނެވެ. ހުއްޓުންއަރައިފައި ލަމްޔާއާއި ދިމާލަށް ބަލަންހުރި ޒާއިންގެ ގާތަށް އަވަސް އަވަހަށް އައިސް ހުއްޓިލަމުން ޒާއިންގެ ފަހަތުން އަތްޖައްސައިލުމަށްފަހު ތޮއިބާ އޭނާއަށް ގޮވައިލިއެވެ. ތޮއިބާގެ އަޑަށް ސިހިފައި ޒާއިންއަށް ހަމަބިމަށް އާދެވުނުކަހަލައެވެ. “ކިހިނެއްވީ ޒާން؟” ވައިއަޑުން ތޮއިބާ ކަންބޮޑުވެފައި އަހައިލިއެވެ. ވަކި އެއްޗެކޭނުބުނެ […]
ޝަޔަމްއަަށް ނޭނގިނަމަވެސް އެހިތުގައި ވަނީ ނުހައިކްގެ ތަސްވީރު ކުރެހެން ފަށައިފައެވެ. އެހިތުގައި ޖަހަމުންދިޔަ އައު ވިންދުތަކަށް ދޭނެ ނަމެއް ނޭނގުނެއްކަމަކު އޭނާއަށް މަޑުމަޑުން ނުހައިކްގެ ކޮންމެ ސިފައަކާއި ގަޔާވެވެމުންދިޔައެވެ. ނުހައިކްގެ ޚިޔާލުތަކު ތެރޭގައި ގެނބެމުންދާ ވަގުތުތަކުގައި ނުހައިކްއަށްވެސް އެފަދަ އިހުސާސުތައް ކުރެވޭނެތޯ އޭނާގެ މޮޔަހިތާއި ޝަޔަމް ސުވާލުކުރެއެވެ. ޖަވާބު ނުލިބުނަސްއެވެ. އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް މިއަދުވެސް ނުހައިކް އޮފީސްތެރޭގައި އުޅެމުންދިޔައީ އެކި މީހުންގެ މަސައްކަތްތައް ކުރިއަށްދަމުންދިޔަ ގޮތް ބެލުމުގައެވެ. އޭނާގެ ފަސްފަހަތުން ޝަޔަމްވެސް އުޅެމުންދިޔައިރު ނުހައިކްއަށް ނޭނގޭނޭހެން […]
ގޯޑް. އަހަރެންނަަށް ކިހިނެއްތަ މިވަނީ؟ މީ..މީ ދުވަހަކުވެސް އަހަރެންނަށްވީ ގޮތެއްނޫން. ގޯޑް.. އައި.. އައި ކާންޓް ސްޓޮޕް އިމޭޖިނިންގް ދޯސް އައީސް.. އުގްގްގް… ޝަޔަމް.. ސްޓޮޕް އިޓް.. ކާމް ޑައުން..” ތުންފަތުގައި ދައިގަންނަމުން އަމިއްލަ ނަފުސަށްއެކަނި އަޑުއިވޭވަރަަށް ޝަޔަމް ބުނެލިއެވެ. ފުންނޭވާއެއްލައި ނަފުސް ހަމަޖައްސާލަމުން މަޑުމަޑުން ނުހައިކްހުރި ދިމާލަށް ޝަޔަމް ބަލައިލިއެވެ. ލައިގެންހުރި ފަޓުލޫނުގެ އެއްޖީބަށް އަތްޖަހައިލައިގެންހުރެ އަނެއްއަތުން އިޝާރާތްތަކެއްކުރަމުން ގާތުގައިހުރި މީހާއަށް ނުހައިކް ކޮންމެވެސް އެއްޗެހިތަކެއް ކިޔައިދެމުން ދިޔައެވެ. އިރުކޮޅަކު ނުހައިކްއާއި ދިމާލަށް ބަލަންހުރުމަށްފަހު ޝަޔަމް […]