އޭނައަށް އެނގޭހައިވެސް ކަމަކީ ލަމްޔާ ފެނުމާއެކު ދުވަހަކުވެސް އަންހެންކުއްޖަކު ފެނިގެން އޭނާއަށްނުވާ އެތައްގޮތްތަކެއް ވެއްޖެ ކަމެވެ. ދުވަހަކު ނުކުރެވޭ އައު އިހުސާސުތަކަކުން އެހިތް ބަނދެވިއްޖެކަމެވެ. އެ މައުސޫމުކަމުން ފުރިފައިވާ އަންހެންކުއްޖާ މިލްކު ކުރުމަށްއެދި އޭނާގެ ހިތް ތެޅިފޮޅިގަތްކަމެވެ. ޒާއިން ބަލަންއިންގޮތުން ގަތްލަދެއްގެ ބޮޑުކަމުން އަވަސްއަވަހަށް ލަމްޔާ އިސްޖަހައިލިއެވެ. އެއާއެކު ޒާއިންގެ ލުއި ހުނުމުގެއަޑު އިވިގެންދިޔައެވެ. ޒާއިން ހީލިއަޑުއިވި ހައިރާންވެފައި ތޮއިބާ ޒާއިންއާއި ދިމާލަށް ބަލައިލިއެވެ. އެގޮތަށް ޒާއިންގެ ފަރާތުން ހުނުމެއްގެ އަޑު ނީވޭތާ ހާދަހައި ދުވަހެއްވެއްޖެއެވެ. ތޮއިބާ […]
“ތިކައިވެނި ކުރިއަސް ދުވަހަކުވެސް އަހަރެންގެ ފަރާތުން ތިއަންހެންކުއްޖަކަށް އެއްވެސް ހެވެއްް ނުލިބޭނެ.” އަޑުގެނެތްތަނަށް ޒާއިން ހަޅޭލަވައިގަތީ ލޭއޮހޮރެމުންދިޔަ ދެއަތަށް މުށްކަވައި ބާރުކޮށްލަމުންނެވެ. އައިސްފައިހުރި ގަދަރުޅީގައި އަތުގައި އަޅަމުންދިޔަ ވޭންވެސް އޭނާއަށް އިހުސާސު ނުކުރެވޭކަހަލައެވެ. ކިތަންމެ ހިތްހަމަނުޖެހުނު ނަމަވެސް އޭނާއަށް ތޮއިބާގެ ބަސްގަބޫލުކުރުން ނޫންހެންގޮތެއް ނެތެވެ. އެގެދޫކޮށް އޭނާގޮސް ވަންނާނެ އެހެންތަނެއް ނެތެވެ. އޭނާއަކީ ގާތް އެއްވެސް ރަހުމަތްތެރިއަކުވެސް ހުރި މީހެއްނޫނެވެ. އެހެންނޫނަސް ތޮއިބާ ބުނިފަދައިން މަސައްކަތެއްކޮށްގެން ދިރިއުޅޭނެހައި ހިތްވަރެއްް އޭނާގެ ނެެތެވެ. އަނެއްކާވެސް ޒާއިންއަށް ހަޅޭލަވައިގަނެވުނެވެ. ތިރީގައި […]
ސްވެފައިއިން ލަމްޔާގެނެެސް އޭނާގެ މެޔާލައި ބޮނޑިކޮށްލަމުން ބުރަކަށީގައި ސާރާ ފިރުމަމުންދިޔައެވެ. މަންމަގެ މޭގައި ބޯއަޅައިލައިގެންއިނދެ ލަސްލަހުން ލަމްޔާ ބޯޖަހައިލިއެވެ. ***** “ސީރިއަސްލީ ޝަޔަމް. އަހަރެންނަށް އަންގާވެސްނުލާ.” ގެއަަށްއައިސްވަދެވުމާއެކު ޖިޔާ ބޭނުންވީ ޝަޔަމްއާ ވާހަކަދައްކާށެވެ. އަދިވެެސް އޭނާއަށް ލިބުނު ޝޮކް ފިލައިގެންނުދެއެވެ. ނުވެސްދެނެހުއްޓައި އޭނާގެ ވެރިއެއްގެގޮތުގައި ޝަޔަމް ފެނުމުން ވާނީވެސްއެހެންނޫންހެއްޔެވެ. “މަޑުކޮށްބަލަ. އަހަރެން ޖިޔާއާ ހުރިހާ ވާހަކައެއްވެސް ހިއްސާކުރަމެއްނު. އެހެންމަ އަދި ނުބުނެވިފަ ނެތެއްނު. އެހަށް އަހަރެން ބޭނުމީ މާމައާ ބައްދަލުކޮށްލަން. މިގޮޅަށްއައިގޮތަށް އަހަރެން ދިޔައީ އޮފީހަށް.” އަވަސްއަރުވައިލައިފައި […]
ބަސްހުއްޓި އާނގަމަވެފައި ޝަޔަމްގެ ރީތި ސޫރައަށް އެންމެން ބަލަމުންދިޔައިރު ޝަޔަމްގެ ދެލޯ އަމާޒުވެފައިވީ އޭނާ ފެނުމާއެކު ދެލޯބޮޑުކޮށްލަމުން އަވަސް އަވަހަށް އިސްޖަހައިލި ނުހައިކްއަށެވެ. ވަގުތުން އެތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. “އެއީ.. އެއީ ޝަޔަމްތަ؟ ޝަޔަމް އަޒްހަރް؟” ހައިރާންވެ އަޖައިބުވެފައިހުރެ އަމިއްލަ ނަފުސަށް އަޑުއިވޭވަރަށް ހިޔާމް ބުނެލިއެވެ. އެތަނުގައި ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެފައި ހުރީ ހަމައެކަނި އޭނާއެއްނޫނެވެ. އޮފީސް ދޮރުމަތީގައި އައު ވެރިޔާއަށް މަރުހަބާކިޔަން ހުއްޓިތިބި ގިނަމީހުންގެ ހާލަކީ އެއީއެވެ. ދެލޮލަށް ފެންނަމުން މިދަނީ ހަގީގަތެއްކަމާމެދުވަނީ […]
އެންމެފަހުން ޝަޔަމް ބުނެލި ވާހަކަތައް ޖިޔާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައިރު، އެމޫނުން ފައުޅުވަމުންދިޔައީ ހައިރާންކަމެވެ. އެއްގޮތަކަށްވެސް އެބަސްތަކުގެ ފަހަތުގައި ފޮރުވިފައިވި މާނައެއް ޖިޔާއަށް ވިސްނައިގަންނާކަށް ނޭނގުނެވެ. ***** “ވެލްކަމް ބެކް” ޝަޔަމްގެ ގައިގައި އޮޅުލައިގަންނަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ބުނެލީ ހިނިތުންވެފައިހުރެއެވެ. ދުވަސްގަނޑަކަށްފަހު ޝަޔަމް ފެނުމުން މައިކްގެ ހިތުގައި ޖަހަމުންދިޔަ ވިންދުވެސް އަވަސްވެގެންދިޔައެވެ. ހިތާހިތުން ޝަޔަމްގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ. އުފެދުމުގައިވެސް މަޑު މުށިކުލައެއްހުރި ފަންދިގު އިސްތަށިގަނޑަކީ ޝަޔަމްގެ އެންމެ ރީތި ސިފަކަމުގައި އަބަދުވެސް މައިކް ބުނެއެވެ. […]
ޓްރީޓޮޕް ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއެއްގެ ދޮރު ހުޅުވައިލަމުން ތޮއިބާ އެތެރަށްވަނެވެ. ކޮޓަރީގެ ހަމަހިމޭންކަންނެތިފައިވީ އެކި މެޝިންތަކުން އިވެމުންދިޔަ އަޑުތަކުންނެވެ. ދޮރުކައިރީގައި އިރުކޮޅަކު ހުއްޓިގެން ހުރުމަށްފަހު ލަސްފިޔަވަޅުތަކެއް އަޅަމުން އޭނާ އައިސް ހުއްޓިލީ އެނދުގައިއޮތް ބަލިމީހާ ގާތުއެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނައިގެ މުތީތަށް ފައިބަމުންދިޔައެވެ. މަޑުމަޑުން އެނދުގެ ކައިރީގައިހުރި ގޮނޑީގައި ތޮއިބާ އިނށީދެލިއެވެ. އަދި އެނދުގައިއޮތް މީހާގެ އަތްނަގައި އޭނާގެ ދެއަތުތެރޭގައި ލޯތްބާއެކު ފޮރުވައިލިއެވެ. ލޯބިވާ ފިރިމީހާގެ އަތުގައި ރޮމުން އޭނާ ނިތްޖައްސައިލިއެވެ. މީގެ ހަމަސްކުރިން […]
“އެކްސްކިއުޒް. އަހަރެން މިތަނުގަ އިނށީދެލިއަސް އެންމެ ރަނގަޅުތަ؟” ދާދި ގާތުން އިވިގެންދިޔަ އަންހެންވަންތަ އަޑުން އިސްއުފުލައިލައި ކުރިމައްޗަށް ޒާއިން ބަލައިލިއެވެ. ކުރިމަތީގައި ހުއްޓިހުރީ އޭނާ ދުވަހަކުވެސް ދެކެފައިނުވާ ޒުވާނެކެވެ. އެހެނަސް އެކުއްޖާއަށް އިރުކޮޅަކުބަލަން އިނުމަށްފަހު ޒާއިން ބޯޖަހައިލިއެވެ. ކުޑަކޮށް ހިނިތުންވެލަމުން އެކުއްޖާއައިސް ޒާއިންއާއި ޖެހިގެންހުރި ގޮނޑީގައި އިނށީނެވެ. ލައިގެންއިން ގަޔަށްބާރު ކުރުހެދުމުން އެކުއްޖާގެ ތުނި ހަށިގަނޑުގެ ބޮޑުބައެއްވަނީ ހާމަވެފައެވެ. އެހެނަސް އެކަމަށް އެކުއްޖާގެ މާބޮޑުފަރުވާލެއް ނެތްކަހަލައެވެ. ޒާއިންއަށް އެތޫނު ކަޅިރަވަސީދާކޮށްލައިގެން އިނދެ އޭނާވެސް އަތުގައިހުރި ތަށިނަގައި ތުނބުގައި […]
(ނޯޓް: މި ވާހަކަ އަކީ މީގެ ކުރިން ވާހަކަ.ކޮމް ގައި 2020 ވަނަ އަހަރުގެ އޮކްޓޯބާރ މަހުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ޝާއިއު ކުރެވިފައިވާ ވާހަކައެކެވެ.) ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ސްރިލަންކަން އެއަރލައިންސްގެ އަޑުން މުޅި އެސަރަހައްދު ގުގުމަމުން ދިޔައެވެ. ފްލައިޓް ޖެއްސުމާއެކު ހުރިހައި ދަތުރުވެރިންވެސް ބެލީ އޭގެން އަވަހަށް ފޭބޭތޯއެވެ. ފްލައިޓްގެ ދޮރުކުރިމަތީގައި ހުރި ކެބިން ކްރޫއަށް ހިނިތުންވެލަމުން ސިޑިން ފައިބަންއައި އަންހެންކުއްޖާގެ މޫނުމަތީގައިވީ ބަލައި ފޫހިނުވާނޭފަދަ ހިތްގައިމު […]
އަޅުގަނޑުގެ އައު ދެ ވާހަކައެއް ވަރަށް އަވަހަށް “ދެން” އަދި “ފެށުން” ގައި ޝާއިއުކުރެވޭނެއެވެ.. އަޅުގަނޑުގެ ވާހަކަތަކަށް ތިޔަކިޔުންތެރިން ދެއްވި ލޯތްބާއި ހިތްވަރަށް ހިތުގެ ފުންމިނުން ޝުކުރުވެރިވަމެވެ. އަޅުގަނޑުގެ އެހެން ވާހަކަތަކަށް ދެއްވި ސަޕޯޓް މިވާހަކަތަކަަށްވެސް ދެއްވާނެކަމަށް އުއްމީދުކުރަމެވެ. އަދި ކުރިއެކޭވެސް އެއްފަދައިން އަޅުގަނޑަށް ލިޔެވޭ ކުށްތައް ރަނގަޅުކުރުމަށް އެހީވާނެކަމަށް ހީކުރަމެވެ. އަދިވެސަ އެއްފަހަރު ތިޔަ ލޮބުވެތި ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރުވެރިވަމެވެ. މިސް ޔޫ އޯލް.. ހޮޕް ޓް ސީޔޫ ގާއިޒް.. ❤ ޕްލީޒް ލައިކް […]