ރުޅިވެރި ނަޒަރަކުން ލިވްޔާ މަލްހާއާއި ދިމާއަށް ބަލައިލިއެވެ. އޭރު މަލްހާ ހުރީ އޭނާގެ ފޮށި ނަގައިގެން އަލަމާރީގައިހުރި އޭނާގެ އަންނައުނުތަށް ފޮށްޓަށް އަޅާށެވެ. “ދޮންތާ ޔޫ އަރ ނޮޓް ޑުއިންގް ރައިޓް. އަހަރެން އަދި އަންނާނަން. އެނބުރިއަންނާނަން. އަހަރެންގެ މިފަޟީހަތުގެ ބަދަލު ހިފާނަން. ޖަސްޓް ވެއިޓް އެންޑް ވޮޗް.” މަލްހާއާާއި ދިމާއަށް ބަލަންހުރި ލިވްޔާގެ ހިތުގައިވިއެވެ. އެއާއެކު ނުލަފާ ހިނުތުންވުމެއް އެތުންފަތްމަތީގައި ދުވެލިއެވެ. ** ** ** އެރޭ ފަތިހުފުރި ދޯނިން މަލްހާ ލިވްޔާ ރަށަށް ފޮނުވައިލިއެވެ. […]
ތުރުތުރުއަޅަމުންދިޔަ އަތުން ފެންޖަގުނެގިއިރު އެހިތްނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ރޭގައި ފެނުނު ހުވަފެނާއި ނޫރާގެ ވާހަކަތަކުން އޭނާގެ ސިކުނޑި ގައިދުކޮށްލައިފައިވިއެވެ. އަތުގެ ނުފުށުން މޫނުމަތި ފުހެލަމުން ފުންނޭވާއެއްލުމަށްފަހު މަލްހާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލީ ހިތްދަތި ގޮތަކަށެވެ. “އައި ޑިޑިންޓް އެކްސްޕެކްޓް ދިސް ފްރޮމް ޔޫ ރާދު. ޔޫޓޫ ލިވީ.” ދޮރާއި ދިމާއަށް ބަލަންހުރި މަލްހާގެ ހިތްވީ އެެދެމީހުންނަށްޓަކައި ޝަކުވާއިން ފުރިފައެވެ. ލަސްފިޔަވަޅުތަކެއްގައި މަލްހާ ދޮރާއި ދިމާއަށް ހިނގައިގަތީ ކޮންމެފަދަ މަންޒަރެއް ފެނުނަސް ހިތްވަރުކުރަން ނިންމައިގެންހުރެއެވެ. މަޑުމަޑުންދޮރު ހުޅުވައިލަމުން […]
“ލިވްޔާ.” މަލްހާގެ ބާރު ހަޅޭކުގެ އަޑު މުޅި ގޭގައި ގުގުމައިގެން ދިޔައެވެ. ރާއިދްގެ އުނގުގައި އޭނާގެ މޭގައި ބޯއަޅައިގެންއޮތް ލިވްޔާ ސިހިފައި އެއަޑަށް އިސްއުފުލައިލައި ބަލައިލިއެވެ. ތެޅިގަންނަމުން ރާއިދަށްވެސް ލިވްޔާ ދުރަށްޖައްސައިލުމަށްފަހު އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. ފަތިސްނަމާދުގެ ބަންގީގެއަޑުން މާހައުލު ގުގުމައިގަތްގަޑީ ނޫނެކޭ ކިޔައި ހަޅޭލަވައިގަންނަމުން މަލްހާއަށް ތެދުވެވުނެވެ. ވަށައިގެން އެކިދިމާ ހޯދަމުން ދިޔައިރު މުޅިމީހާއިނީ ދާހިތްލާ ފޯވެފައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމާއެކު މަލްހާއަށް އަވަސްވެފައިވާ އޭނާގެ ހިތާއި ދިމާލުގައި އަތްއަޅައި ބާރުކޮށްލެވުނެވެ. ނޫރާ ދެއްކިވާހަކަތަކާމެދުގައި އޭނާއަށް […]
ނޫރާއަށް އަނެއްކާވެސް ލިވްޔާގެ މޫނަށް ބަލައިލެވުނެވެ. އޭރު އިސްޖަހައިގެން ދެއަތްދެއަތާއި މޮޑެން ލިވްޔާހުރިއިރު އެމޫނުމަތީގައި ކުދިކުދި ދާތިކިތައްބަބުޅަމުން ދިޔައެވެ. ނޫރާއަށް ގަބޫލުކުރަންވެސް އުނދަގޫވިއެވެ. ރާއިދް މަލްހާއަށް ބޭވަފާތެރިއެވަނީ މަލްހާގެ އަމިއްލަ ކޮއްކޮއާއި އެއްކޮށްހެއްޔެވެ؟ ލިވްޔާވެސްމީ ކޮންކަހަލަ ކޮއްކޮއެއްހެއްޔެވެ؟ އަމިއްލަ ދައްތައަށް އެހައިބޮޑު ދެރައެއްދޭނީ ގައިމު އެކުއްޖާގެ ހިތުގައި މަލްހާއާާއި މެދުގައި ކުޑަވެސް އޯގާތެރިކަމެއް ނެތީމައިނޫންހެއްޔެވެ. މިހުރިހައިކަމަކުން މަލްހާއަށް ލިބޭނެ ދެރައާއި މެދުގައި ދެމީހުންކުރެ އެކަކުވެސް ވިސްނައިނުލަނީބާވައެވެ؟ ނޫރާއަށް ބޯހޫރުވައިލެވުނެވެ. އަދި ހަމްދަރުދީގެ ނަޒަރަކުން ހެވިފައި ޓީވީއަށް ބަލަންއިން […]
ފެނުނު މަންޒަރުން ދެލޯބޮޑުކޮށްލަމުން ޔާނިކްއަށް އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. ހުއްޓުން އަރައިފައި އެއަންހެންކުއްޖާގެ މޫނަށް ބަލަމުންދިޔަގޮތުން އެންމެންގެ ނަޒަރުތައް ހައިރާންކަމާއެކު ޔާނިކްއާ ދިމާއަށް ހުއްޓިފައިވިއެވެ. އެކުއްޖާވެސް ކަންބޮޑުވެފައި ޔާނިކްގެ މޫނަށް ބަލަމުން ދިޔައީ ހަދާނެގޮތެއް ނުވިސްނިފައިއިން މީހަކުހެންނެވެ. “ނޫރާ.” ޔާނިކްއަަށް ބޭއިޚުތިޔާރުގައި އެނަން ކިޔައިލެވުނެވެ. “ސަރ.” ނޫރާއަށްވެސްވީ އެވަރެވެ. ސަރގެ ނަމުން ގޮވައިލުން ފިޔަވައި ބުނާނެ އެއްޗެއް އެސިކުނޑިއަކަށް ނައެވެ. ދެމީހުންގެ މޫނަށް ބަލައިލަމުން ލުތުފީ ޔާނިކްގެ އަތުގައި ހިފައި އޭނާ ކުރިންއިންތަނުގައި ބެއިނދިއެވެ. އިތުރަށް އެއްވެސް […]
މަލްހާގެ ކޮޓަރި ހުރަސްކުރިވަގުތު ކުޑަކޮށް ހުޅުވިފައިހުރި ދޮރު ފެނުމުން މަލްހާ އެތެރޭގައި ހުރެދާނެ ކަމަށް ލިވްޔާ އެދޮރު އިތުރަށް ހުޅުވައިލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯބޮޑުވެގެންދިޔައެވެ. އާޝޯޚުވެފައި ކޮޓަރިތެރެއަށް ބަލަންހުރި ލިވްޔާގެ ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އޭރު އޭނާގެ މުޅި މޫނުވަނީ ރަތްވެފައެވެ. ހަށިގަނޑުގައި އުފެދުނު މަޑު ތުރުތުރާއެކު ލިވްޔާއަށް ތުންފަތުގައި ދައިގަނެވުނެވެ. ކޮޓަރީގެ ދޮރަށް ފުރަގަސްވާގޮތަށްހުރެ ބޮލުގައި ޖެލްލަމުންދިޔަ ރާއިދްއަކަށް ފަހަތުގައި އޭނާގެ ހަރަކާތްތަކަށް ބަލަންހުރި ލިވްޔާއެއް ނުފެނެއެވެ. […]
ފުންނޭވައެއް ދޫކޮށްލަމުން ފޫހިގޮތަކަށް ފޯންނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ލިވީ. ވަޓްސް ރޯންގް ވިތް ޔޫ؟ ކީއްވެ އަހަރެންނާާ ދުރުވާންބޭނުންވެގެން ތިއުޅެނީ؟” މާޔޫސީ ރާގަކަށް ނަވީން އަހައިލިއެވެ. “އަހަރެން ކުރިންވެސް ބުނިންދޯ ނަވީނާ އެކީ އުޅޭކަށް މިހާރު ބޭނުމެއް ނޫނޭ. ދެން އަހަރެންނަށް އުނދަގޫކުރުން ހުއްޓާލަންވީނު.” ހަރުކަށި ރާގަކަށް ލިވްޔާ އެހެން ބުނުމާއެކު އެއީ ކީއްވެހޭ ކިޔައި ނަވީން ހަޅޭލަވައިގަތެވެ. “ކިތައްފަހަރުތަ ބުނަންވީ؟ އަހަރެން ނަވީންދެކެ ލޯތްބެއްނުވޭ މިހާރު. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. އަހަރެން ބޭނުންވަނީވެސް ހަމައެކަނި […]
އޮފީހުގެ ކުރިމަތީއޮތް ކާރަށް ޔާނިކް އެރުމާއެކު ޑްރައިވަރ ކާރު ދުއްވައިލިއެވެ. ފަހަތު ޝީޓްގައި މަލްހާގެ ބޯ އޭނާގެ އުނގުގައި ބާވައިލައިގެން އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިލައިގެންއިން ޔާނިކް އިނީ ނުތަނަވަސްވެފައެވެ. ބަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން މަލްހާ އުޅެމުންދިޔަ ހާލު ފެނުމުން ޔާނިކްގެ ދެލޮލުންވެސް ކަރުނަ ފާއްދައިލިއެވެ. ހިތާހިތުން މަލްހާއާއި އެތުއްތު ފުރާނަ ރައްކާތެރިކޮށްދެއްވުންއެދި ޔާނިކްއަށް ދުޢާކޮށްލެވުނެވެ. އެވަގުތު ޔާނިކްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއްގޮސް މަލްހާގެ މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ބޮސްދިނީ ލޯތްބާއި އޯގާތެރިކަމާއެކީއެވެ. ބާރު ދުވެލީގައި އައި […]
“ނޫން. ލައްކަދުވަހު އަޅުގަނޑަށް ސިއްރުކުރެވިއްޖެއެއްނު. ދެން ކިޔައިދީ.” ނުރުހުންވެފައި އީނާލް ބުނެލިގޮތުން ޔާނިކް ކަންބޮޑުވިއެވެ. މަލްހާއަކީ ދުވަހަކުވެސް އޭނާއަށް ލިބެންނެތް ނަސީބެއްކަން އިނގޭއިރު އެވާހަކަ ދައްކާކަށް ޔާނިކް ބޭނުމެއްްނުވެއެެެވެ. އެހެނަސް އީނާލް ގޮތްދޫނުކުރާނެކަން އޭނާއަށް އިނގެއެވެ. އެހުރިހައި ވާހަކައެއް އިނގުމުން އީނާލްގެ ހިތަށްއަރާނީ ކީކޭކަމެއްވެސް ނޭނގެއެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ފުންނޭވައެއްލަމުން ޔާނިކް އީނާލްގެ މޫނަށް ބަލައިލިއެވެ. ޔާނިކްގެ ޖަވާބެއްގެ އިންތިޒާރުގައި އިން އީނާލްގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ޔާނިކް ވާހަކަ ދައްކަން ފެށިއެވެ. […]