
ފިރިހެންވަންތަ ހިނގުމެއްގައި އައިސް ނިކްޔަލް މިއުޝީންގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި ލަދުވެތިކަމުގެ ސަބަބުން ރަތްވެފައިވާ އެދޮންމޫނަށް ހިތްގައިމު ގޮތަކަށް ބަލައިލިއެވެ. އެތަންފެނި މިއުޝީންގެ ހުރިހައި ލޯލިތަކެއް ކޮޅަށް ޖެހިގެންދިޔައެވެ. ކޮންފަދަ ހިތްގައިމު ފިރިހެނެއް ހެއްޔެވެ؟ އެރީތިކަމަށް ބަލައި ފޫހިނުވާނެކަން ހަމަ ޔަގީނެވެ. ނިކްޔަލްގެ ލޯބިލިބޭނީ ހަމަ ޔަގީނުންވެސް ނަސީބުގަދަ ކުއްޖަކަށެވެ. އެހަޔާތުގެ ބައިވެރިއަކަށް ހޮވާ ކުއްޖަކަށް އުފަލުގެ ކޮޅެއް ނެތެވެ. އޭނާއަށް އެހިތުން ޖާގައެއް ލިބޭނޭ ނަމައެވެ. ހިތަށްއެރި އެއްޗަކުން ދެލޯބޮޑުކޮށްލަމުން މިއުޝީން ދެފަރާތަށް ބޯހޫރުވައިލިއެވެ. ކިތަންމެ ބޭނުންނުވިއަސް މިފާއިތުވި ދުވަސްތަކުގައި އޭނާއަށް ނިކްޔަލްއާއި ގަޔާވެވޭކަން އެހިތް އަންގަން މަސައްކަތްކުރަމުން ދިޔައެވެ.
“ހިނގާ ދާން.” މިއުޝީނަށް ހިނިތުންވެލަމުން ނިކްޔަލް ހިނގައިގަތީ ދޮރާ ދިމާއަށެވެ. އޭނާ ގާތުގައިހުރި ކުއްޖާއަށް ހިނިތުންވުމެއް ދެމުން މިއުޝީންވެސް ނިކްޔަލްއާއެކުގައި ހިނގައިގަތެވެ.
ކާރަށް އެރުމަށްފަހު ނިކްޔަލް ގަޑިއަށް ބަލައިލަމުން ކާރު ދުއްވައިލިއެވެ. “ނިކް. ކޮންތާކަށް މިދަނީ؟” އަތުގެ އިނގިލިތަކާ ކުޅެމުން މިއުޝީން އަހައިލިއެވެ. “ރެސްޓޯރެންޓަކަށް. މިރޭ ނުވެސްކަމެއްނު. ކައިގެންދެން ގެއަށްދާނީ.” މިއުޝީންގެ މޫނަށް ބަލައިލަމުން ނިކްޔަލް ހިނިތުންވެލުމަށްފަހު ބުނެލިއެވެ. އެވަގުތުވެސް އޭނާއަަށް ހިތައި ހިތައި މިއުޝީންގެ ރީތިކަމަށް ތައުރީފުކޮށްލެވުނެވެ.
** ** **
ކޮލެޖުގެ ދޮރުމަތީ މަޑުކޮށްލައިގެން އާކިލް ހުރީ އިޒާނާގެ އިންތިޒާރުގައެވެ. މަގުގެ ދެފަރާތް ހޯދަމުންދިޔަ އާކިލްއަށް ކުއްލިއަކަށް ގޯޅިއަކުން ލަނބައިލުމަށްފަހު އެދިމާއަށް އަންނަ އިޒާނާ ފެނުނެވެ. އިޒާނާގެ ލޮލުގައިވެސް އާކިލް އަޅައިގަތުމާއެކު ދެފަރާތަށް ބޯހޫރުވައިލަމުން ސިއްރު ސިއްރުން ހިނިތުންވެލިއެވެ. މިއީ ކިހިނެއްވެގެން އުޅޭ މީހެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ. މިހާރު އޭނާގެ ފަހަތުން އާކިލް އެހެން އުޅޭތާ ދެހަފްތާވަނީއެވެ. އަދިވެސް ހަމަހިލާ އޭނާ އާކިލްއަކާ އަނގައަކުން ނުބުނެއެވެ. އެހެނަސް އެނުދަންނަ ޒުވާނާއާއި އޭނާއަށްވެސް ގަޔާވެވެމުން ދިޔައެވެ.
“ހެއި އެންގްރީބާރޑް.” އިޒާނާ ފެނުމާއެކު އޭނާއާއި އަރައި ހަމަކުރަމުން އާކިލް ގޮވައިލިއެވެ. އެނަމަކީ އިޒާނާ އަބަދު ރުޅިއައިސްފައިހުންނާތީ އާކިލް އޭނާއާއި ދިމާއަށްކިޔާ ނަމެކެވެ. “ޕިސްޕިސް. ތިނަމުން ނުގޮވަފާނަންތަ؟ ތީ އަހަރެންގެ ނަމެއްނޫނޭ.” ހިނިއައިނަމަވެސް ދެފަރާތަށް ބޯހޫރުވައިލަމުން އިޒާނާ ބުނެލިއެވެ.
“ދެން އެހެންވީއިރު ނަން ބުނަންވީނު. އޭރަށް އެނަމުން ނުގޮވާނީ.” ފާރުގައި ކުޑަކޮށް ލެގިލަމުން އާކިލް ނިތްއަރުވައިލައިފައި ބުނެލިގޮތުން އިޒާނާ ރަކިވިއެވެ. އަދި ގަޑިޖެހެންވަގުތު އޮތުމާއެކު އިޒާނާވެސް އެތަނުގައި މަޑުކޮށްލިއެވެ. “ނަން ދޯ. ފަސްޓް ޔޫ.” ހަށަންބަނދެލަމުން އިޒާނާވެސް ދޫނުކުރާފަދަ ރާގަކަށް ބުނެލިއެވެ. އެހެންބުނުމާއެކު އާކިލްގެ ތުންފަތްމަތީގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.
“އައި އެމް އާކިލް. ތީ؟” ސަލާމަށް އަތްދިށްކޮށްލަމުން ހެވިފައި އާކިލް ތައާރަފުވެލިއެވެ. އިރުކޮޅަކު އެއަަތަށްބަލަން ހުރެފައި ހިނިތުންވެލަމުން އިޒާނާ ވެސް އެއަތުގައިހިފައި ސަލާމް ކޮޮށްލިއެވެ. “އިޒާނާ.” ރަކިހިނިތުންވުމަކާއެކު އިޒާނާވެސް އޭނާގެ ނަން ބުނެލިއެވެ.
“ދެން ދަނީ. ގަޑި ޖެހެނީ.” އަތުކުރީގައި އޮތް ހިމަ ފަށެއްކަހަލަ ރަން ގަޑިއަށް ނަޒަރު ހިންގައިލަމުން އިޒާނާ ބުނެލުމުން އާކިލް ބޯޖަހައިލިއެވެ. އިޒާނާގެ ނަން އެނގުމުން އޭނާ ހުރީ އެކަމާާ ވަރަށް ހިތްހަމަޖެހިފައެވެ. އިޒާނާާ ދަމުން ފަސްއެނބުރި ބަލައިލުމަށްފަހު ހިނިތުންވެލިތަންފެނި އާކިލްވެސް ހިނިތުންވެލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ސައިކަލާ ދިމާއަށް އޭނާ ހިނގައިގަތީ ގެއަށްދިއުމުގެ ބޭނުމުގައެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. ފާއިތުވި ދުވަސްތަކުގައި އާކިލް އާއި އިޒާނާގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް ވަނީ އަރައިފައެވެ. އޭގެފަހުން އިޒާނާ ކޮލެޖަށް ގެންގޮސް ހަދައިދެނީވެސް އާކިލްއެވެ.
އާކިލްގެ ރިވެތި އަޚްލާގުފެނި އެކަމާ ފާތުންވެސް ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. މަދުމަދުން ނަމަވެސް އާކިލް އެގެއަށްގޮސް ހަދަނީ ފާތުންގެ އެދުމުގެ މަތިންނެވެ. އެގުޅުމަށް އާކިލްގެ އާއިލާވެސް ރުހި ގަބޫލުވީ އިޒާނާ އަކީ ގެވެހި، ހެޔޮލަފާ އަންހެންކުއްޖަކަށް ވީމައެވެ.
މައިންބަފައިންގެ ރުހުން އެގުޅުމަށް ލިބުމުން ދެމީހުންވެސް ތިބެނީ ވަރަށް ހިތްހަމަޖެހިފައެވެ. އުފަލާއި ހިތްހަމަޖެހުމާއެކު ކޮންމެ ދުވަހެއްވެސް ފާއިތުވަނީ އައު ކުލަތަކެއް އެދެމީހުންގެ ދިރިއުޅުމުގައި ޖައްސައިދެމުންނެވެ.
** ** **
ސޯފާގައި ޓީވީ ބަލަން އިން މިއުޝީން ދޮރުން ވަދެގެން އައި ނިކްޔަލް ފެނުމާއެކު ހިނިތުންވެލިއެވެ. ދެއަތް ފުރަގަހަށް ލައިގެންހުރެ ނިކްޔަލް އައިސް މިއުޝީން ގާތުގައި އިނށީނެވެ.
“ކޯޗެއް މާވަރަކަށް ތިފޮރުވަނީ؟” ނިތަށްރޫއަރުވައިލަމުން މިއުޝީން އަހައިލިއެވެ. ފަނޑުހިނިތުންވުމަކާއެކު ނިކްޔަލް މިއުޝީންގެ މޫނަށް ބަލަން އިނެވެ.
“ދެލޯ މަރައިލަބަލަ.” ހެވިފައި ނިކްޔަލް އެހެން ބުނުމުން ވައްތަރެއް މޫނުމައްޗަށް ޖައްސައިލުމަށްފަހު މިއުޝީން ދެލޯމަރައިލިއެވެ. “ދެން އޯކޭ ހުޅުވިއަސް.” އަތުގައި އޮތް ކަރުދާސްތައް މިއުޝީންގެ އަތަށް ލައިދެމުން ނިކްޔަލް ބުނެލިއެވެ. އަވަސް އަވަހަށް ދެލޯހުޅުވައިލި މިއުޝީން އަތުގައި އޮތް ކަރުދާސްތަކަށް ނަޒަރު ހިންގައިލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވެގެން ދިޔައެވެ. ހައިރާންކަމާއެކު ނިކްޔަލްގެ މޫނަށް ބަލައިލިއިރު ހެވިފައި މިއުޝީންގެ މޫނަށް އެލިކުލަވަރުބަލަން ނިކްޔަލް އިނެވެ.
“މީ. މީ. ނިކް. މީ.” އުފަލުންގޮސް ދެލޯފެންކަޅިވި މިއުޝީނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ޔެސް. މިއު އަބަދުވެސް ބުނަމެއްނު ފެޝަން ޑިޒައިނަރއަކަށޭ ވާންބޭނުމީ. ސޯ ތިއޮތީ ކޯހުގެ އެޕްލައި ފޯމް ނަގައިފަ. ދެން އަވަހަށް ތީތި ފުރާލަ އިނގޭ. ނެކްސްޓް މަންތްގަ ކޯސްފެށޭނެ. އެކަމަކު އަހަރެންނަކަށް ދެން ނެތް މިކޮޅު ހުރެވޭކަށް. ސޯ އަންނަ ހަފްތާގަ އަހަރެން ފުރަން ރާއްޖެދާން. މިއު ދެން ރާއްޖެ އަންނާނީ އެއްކޮށް ކިޔަވައި ނިމުނީމަ އިނގޭ. މިގޭގަ މިއުއަަށް ހުރެވޭނެ. އީރައްތަ ގޭތެރޭގެ ހުރިހައި ކަމެއް ކުރާނެ. ކޮންމެ ދުވަހަކު ޔުނިވާރސިޓީއަށް ގެންގޮސް ގެއަށް ގެނެސްދެންދާނެ އަހަރެންގެ ޑްރައިވަރ. އޯކޭ އެއްނު. ހެޕީތަ؟” އެއްފައްޗަކަށް ނިކްޔަލް ހުރިހައި ވާހަކައެއް އަމުނައި ލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި މިއުޝީން އިނީއެވެ.
“ނިކް ކީއްވެ ތިހުރިަހައި ކަމެއް ތިކޮށްދެނީ؟ އަހަރެންނަށް ނިކްއަށްޓަކައި އެއްވެސް ކަމެއްކޮށެއްނުދެވޭ. އަހަރެންވެސް ބޭނުން ނިކްއަށްޓަކައި ކޮންމެވެސް ކަމެއް ކޮށްދޭން. ޕްލީޒް.” ރޮވިފައި މިއުޝީން ބުނެލިގޮތުން ނިކްޔަލްއަށް ވަރަށް އަސަރުކުރިއެވެ.
“މިއު އަހަރެން ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭނަންތަ؟” އިރުކޮޅަކު ވިސްނައިލުމަށްފަހު ނިކްޔަލް ބުނެލިގޮތުން މިއުޝީންގެ ހިތް އަވަސްވިއެވެ. އަނެއްކާ ނިކްޔަލް އޭނާގެ ފަރާތުން އެެެދެން އެއުޅެނީ ކޮންކަމަކަށް ހެއްޔެވެ؟ ފުންނޭވާއެއްލަމުން މިއުޝީން ބޯޖަހައިލީ އެއީ ކޮންމެފަދަ ކަމަކަށްވިއަސް އެއްބަސްވުމުގެ ގޮތުންނެވެ.
“އޯކޭ. ސޯ އަހަރެންނަށްޓަކާ މުޅި ކޯހުން މިއު އެއްވަނަ ހޯދަންވީ. އެއީ އަހަރެންގެ އެދުމަކީ. އެއްވަނަ ހޯދައިގެން އެނބުރި ރާއްޖެއާދޭ. އޭރަށް ވަރަށް ރަނގަޅު ހަދިޔާއެއް ދޭނަން.” ހެވިފައި އެއްލޯމަރައިލަމުން ނިކްޔަލް ބުނެލިއެވެ. މިއުޝީންގެ ހިތް އުފަލުން ފުރުނެވެ. އެހައި ހިތްހެޔޮ ރަނގަޅު ޒުވާނެއް އޭނާ ނުދެކެއެވެ. ނިކްޔަލް އޭނާދެކެ ލޯބިނުވިއަސް އޭނާއަށް ނިކްޔަލްދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. ކޮންއިރަކު ކިހިނެއްކަމެއް ނޭނގެއެވެ. އެނގޭހައިވެސް އެއްޗަކީ ކެތްނުވާވަރަށް ލޯބިވެވުނުކަމެވެ. ނިކްޔަލް ފުރުމުގެ ކުރިން ނިކްޔަލްއަށް ލޯބިހުށައަޅަން މިއުޝީން ނިންމީ ކޮންމެގޮތަކަށް ކަންތައްވިޔަސް ހެޔޮކަމަށެވެ.
** ** **
ގޭގެ ސިޓިން ރޫމްގައި ހުރި ސޯފާގައި ފިރިހެނެއްގެގައިގައި ތަތްވެގެން ލީޒް އިނެވެ. ބަދިގެތެރޭގައި ކައްކަން އުޅުނު ހަރީރާއަށް މިއިން އެއްވެސް ކަމެއް ނޭނގެއެވެ.
އަވަދިނެތި އުޅުމަށްފަހު ހަޑިވެފައިހުރި ތެލިތައްހިފައިގެން އަތިރިއަށްގޮސް އެދޮވެލަން ހަރީރާ ނުކުތެވެ. ދެތެލި އަތުން ހިފައިލަމުން ބަދިގެއިން ނުކުތްތަނާ ސިޓިންރޫމްއިން ހީހީފައި ލީޒް ވާހަކަދައްކާއަޑުއިވެމުން ދިޔައެވެ. ފޯނުން ގުޅައިގެން މީހަކާ ވާހަކަ ދައްކަނީކަމަށް ހީކޮށް އަޅައިނުލާ ހަރީރާ ހިނގައިގަތެވެ.
ހުރިހައިކަމެއް ނިންމައިލުމަށްފަހު ގައިގައި ރިއްސާވަރުން ފެންވަރައިލައިގެން އަރާމުކޮށްލުމުގެ ނިޔަތުގައި ހަރީރާ ކޮޓަރިއަށް ދިއުމުގެ ގޮތުން ގޭތެރެއަށް ވަނެވެ.
އެވަގުތު ފެނުނު މަންޒަރަކުން ހަރީރާާގެ ބޮލަށް އެނބުރުން ނޭރީ ހަމަކިރިޔާއެވެ. ފިރިހެނެއްގެ އުނގުތެރެއަށްވަދެ އެމީހާގައިގައި އޮޅުލަމުންދިޔަ ލީޒްއާ ދިމާއަށް ހަރީރާ ބަލައިލީ ރުޅިވެރިނަޒަރަކުންނެވެ.
“ލީޒް” ހަރީރާގެ އަޑަށް ސިހިފައި ލީޒް ބަލައިލީ ފަރުވާކުޑަ ގޮތަކަށެވެ. ތުންއަނބުރައިލުމަށްފަހު ހަރީރާ ފެންނަކަމަށްވެސް ނުހަދައި އެމީހާ ގައިގައި ލީޒް ބައްދައިލިއެވެ. އެތަންފެނިފައި ހަރީރާގެ ލޭކެކިގަތެވެ. ހާދައި ގޮތްކުޑަ ކުއްޖެކެވެ. ގެއިން ބޭރަށް ދިއުން މަނާކުރީމައި މިހާރު އޭނާއަށް ނޭނގި ގެއަށް ފިރިހެނުން ވައްދަންފެށީއެވެ.
ދުންޖަހައިފައި ހަރީރާ ގޮސް ލީޒްގެ ކަންފަތުގައި ހިފައި އިންތަނުން ނެގިއެވެ. އަދި ގައިގައިހުރި ބާރެއްލައިފައި ލީޒްގެ ކަންކަށިމަތީގައި އަތުން ޖެހިއެވެ. ވީތަނުން އައްދޯއިއޭ ބުނަމުން ހަރީރާއާއި ދިމާއަށް ލީޒް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ.
“އޭތް ކަލޭ މޮޔަވީތަ؟” ހަރީރާޖެހިތަނުގައި ފިރުމައިލަމުން ލީޒް އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. “އަހަރެންތަ އަދިވެސް މޮޔައީ؟ ބަލާބަލަ ހުރި ގޮތްކުޑަކަން. ލަދެއްވެސް ނުގަނޭތަ އަހަރެންގެ ކުރިމަތީގައި ތިވައްތަރަށް އުޅޭކަށް.” ލީޒްގެ ފަހަތުގައި ނުލަފާ ފާޑަކަށް ހެވިފައި އެމަންޒަރުބަލަންހުރި ޒުވާނާއަށް ލޯއަޅައިލަމުން ހަރީރާ ލީޒްއާއި ދިމާއަށް ހަޅޭލަވައިގަތެވެ.
“ކަލެއަށް ކީއްތަ މަ ކޮންމެ ވައްތަރަކަށް އުޅުނަސް. މިއީ ކަލެއާބެހޭކަމެއް ނޫނޭ. މިއީ ހަމަ އަހަރެންގެވެސް ގެ. ބޭނުންވަގުތަކު ބޭނުންމީހަކު މިގެއަށް ވެއްދޭނެ. ކަލޭހުރޭ މަޑުން. ބޮޑު އުނދަގުލެކޭ މިއީ. މިހާރު ދިރިއުޅެން އުނދަގޫވާވަރުވެއްޖެ ކަލޭގެ އުނދަގޫބޮޑުކަމުން. ބަލަ މިގޭގަ ކަލޭގެ ޖާގައަކީ ބަދިގެ. ގޮސް އެތަނުގައި އޮވޭ. ކެވިން ޕްލީޒް މިހުރި ކަލޭގެ މިތަނުން ބޭރުކޮށްބަލަ.” ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަޑުގެ ނެތްތަނަށް ހަރީރާއާއި ދިމާއަށް ހަޅޭލަވައިގަތުމަށްފަހު އޭނާގެ ފަހަތުގައި ހުރި ފިރިހެންމީހާއަށް އިޝާރާތް ކޮށްލަމުން ލީޒް އެހެން ބުނުމާއެކު އޭނާ ބަލާކަށްނުހުރެ ހަރީރާގެ އަތުގައިހިފައި ދަމައިގަތެވެ. އޭރު ހަރީރާހުރީ ލީޒްގެ ބަސްމަގުހުރިގޮތުން ހުއްޓުންއަރައި ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
“އައްދޯއި. ދޫކުރޭ.” އޭނާގެ އަތުގައިހިފައި ދަމަމުންދިޔަ ފިރިހެންމީހާގެ މޫނަށް ބަލައިލަމުން ހަރީރާ ބުނެލިއެވެ. ނަމަވެސް އެއަޑު އޭނާއަށް އިވުނުކަމަކަށް ނުވިއެވެ. ހަރީރާ ކޮށްޕައިލުމަށްފަހު ތަޅުންގަނޑުމަތީގައި ދަމައިކޫއްތަމުން ގެންގޮސް ސިޓިންރޫމް ދޮރުން ބޭރަށް ހޫރައިލިއެވެ. އެދިޔަ ބާރުމިނުގައި ހަރީރާ މޫނުވަތަށް ވެލިގަނޑުގައި ޖެހި މޫނުގެ ބޮޑުބައެއް ފަޅައިގެންގޮސް ވަގުތުން ލޭއަންނަންފެށިއެވެ.
ދެލޯބޮޑުކޮށްލަމުން ރޮވިފައި ހަރީރާ އެނބުރި ފަހަތްބަލައިލިއިރު ދޮރުމަތީގައި މަލާމާތުގެ ހިނިތުންވުމަކާއެކު ލީޒް ހުއްޓެވެ. ހަރީރާ ބަލައިލުމާއެކު ނިތްއަރުވައިލަމުން ތުންއަނބުރައިލައިފައި ދޮރު ބަންކިޔާފައި ޖެހިއިރު އެހިތަށްހަމަ ރަހުމުގެ ކަންފުޅެއްވެސް ނުވަނީބާވައޭ ހަރީރާގެ ހިތަށް އެރިއެވެ.
ރޮމުން ގިސްލަމުން އޮތްތަނުން ތެދުވެ ބަދިގެއާއި ދިމާއަށް ހަރީރާ ހިނގައިގަތީ މޫނުމަތިން މަށައިގެންގޮސްފައިވާ ތަނުން އަންނަމުންދިޔަ ލޭތަށް ދޮވެ ސާފުކޮށްލުމުގެ ނިޔަތުގައެވެ.
ބާވެފައިއޮތް ފޮތިގަނޑެއް ތެންމައިލަމުން މޫނުމަތީގައި އެފޮތިގަނޑު ޖައްސައިލި ހަރީރާގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުންދިޔައެވެ. “މަންމަގެ ދަރިފުޅާ. ހެޔޮނުވާނެ މަންމަ މިތަނުން ގެންދޭ. ހެޔޮނުވާނެ.” ގިސްލައިރޮމުން މިއުޝީންމަތިން ހަނދާންކުރަމުން ހަރީރާ ދިޔައެވެ. އެކުއްޖާފުޅު ދެކިލާހިތުން މިހާރު އެހިތަށް ކެތްވަނީއެއްނޫނެވެ.
މޫނުމަތި ސާފުކޮށްލުމަށްފަހު ވެފައިހުރި ވަރުބަލީގެ ސަބަބުން ބަދިގޭގެ ތަޅުންގަނޑުމަތީގައި ހަރީރާ އޮށޯވެލިއެވެ. އޭނާއަކީ ކޮންފަދަ ބަދުނަސީބު މަންމައެއް ހެއްޔެވެ؟ އެންމެ ލޯބިން ބަލައިބޮޑުކުރި ދަރި އޭނާއަށް ޖައްސާ ހާލު ނިކަން ދެކިބަލާށެވެ. މިހުރިހައި ކަމަކީވެސް އޭނާއަމިއްލައަށް ލިބިގަތް ކަންކަމެވެ. މިއުޝީނަށް އެހެން ނުހެދުނު ނަމައެވެ. އެހެން ހިތަަށް އެރުމާއެކު ހަރީރާގެ ގިސްލުން އިތުރުވިއެވެ. މުޅި ބަދިގޭގައިވެސް އެނިކަމެތި މަންމަގެ ގިސްލުމުގެ އަޑު ގުގުމަގުން ދިޔައެވެ.
** ** **
މާދަމާއަކީ ނިކްޔަލް ފުރަން ހަމަޖެހިފައި އޮތް ދުވަސްކަމުން ކޮންމެގޮތެއް ހަދައިފައިނަމަވެސް މިރޭ ނިކްޔަލް ގާތުގައި ލޯބިވާ ވާހަކަ ބުނަން މިއުޝީން ނިންމިއެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި މިއުޝީން ހުރީ އޭނާގެ ހާސްކަން ފިލައިތޯއެވެ. އެންްމެފަހުން ގަޑިއަށް ބަލައިލަމުން ފުންނޭވާއެއްލުމަށްފަހު މިއުޝީން ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލިއެވެ. ހިތްހަމަޖެހޭވަރުވުމުން ހިނިތުންވެލުމަށްފަހު ކޮޓަރިން ނުކުތެވެ.
މަޑުހިނގުމެއްގައި ގޮސް ނިކްޔަލްގެ ކޮޓަރީ ދޮރުމައްޗަށް ހުއްޓިލަމުން ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރެއިން ނިކްޔަލްގެ އެއްވެސް ޚަބަރެއް ނުވުމުން މަޑުމަޑުން ތަޅުގައިހިފައި އަނބުރައިލިއެވެ. ހުޅުވިގެންދިޔަ ދޮރުން ހުސްކޮށްހުރި ކޮޓަރިފެނުމުން ނިކްޔަލް އެތަނުގައި ނެތްކަން މިއުޝީނަށް އެނގުނެވެ. ހަމަގައިމުވެސް ނިކްޔަލް މިގަޑިއަކު ގެއިން ބޭރަކަށް ނުދާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާވާނީ އީރާގެ ކޮޓަރީގައިކަން ޔަގީންވުމުން މަޑު ހިނގުމެއްގައި އެކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
އީރާގެ ކޮޓަރިއާއި އަރައިހަމަވި މިއުޝީންގެ ފައިގައި ކަސްތަޅު ލެވުނު ކަހަލައެވެ. ހުޅުވިފައިވާ ދޮރުން ކޮޓަރީގެ ސޯފާގައި ދޮރަށް ފުރަގަސްދީގެންތިބި އީރާ އާއި ނިކްޔަލް ވަރަށް ރީތިކޮށް ފެނެއެވެ. އޭރު މުޅިކޮޓަރީގައި ގުގުމަމުންދިޔައީ ނިކްޔަލްގެ މަޑު ގިސްލުމުގެ އަޑެވެ. ކަންބޮޑުވެގައި އީރާ ނިކްޔަލްގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ. ދޮރާއި ނިވައިވެލަމުން އެދެމީހުން ދައްކަމުންދިޔަ ވާހަކައަކަށް މިއުޝީން ސަމާލުވެލީ ނިކްޔަލް ރޯންވީ ސަބަބެއް އެނގެން ބޭނުންވެފައި ހުރިވަރުންނެވެ. ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ނިކްޔަލް ބުނެލި ޖުމުލަތަކުން މިއުޝީންގެ ހިތް ފިސްފިސްވެގެން ދިޔައެވެ. ވަގުތުން ދެލޯފުރި ހޫނު ކަރުނަތައް ބަންޑުންވާންފެށިއެވެ. ހިތަށްއެެރި ތޫނު ތަދާއެކު އެދިމާލުގައި މިއުޝީނަށް ހިފަހައްޓައިލެވުނީ ބޭއިޚުތިޔާރުގައެވެ. އޭނާއަށް އަބަދު މިހެންވަނީ ކީއްވެހެއްޔެވެ؟
71 Comments!
Comments are closed.
Salaam everyone.. Here is the 15th part of the stry.. Hope all will like this part too.. Let me knw the mistakes.. N enjoy reading.. Nxt part in sha allah tmrw..Have a nice day.. Ly all..❤?
Thanks dear… avahah kiyaalan vee dhw
Hehe.. Yes dear
Varah varah reethi
Thanks mai
Mee first dhw?
varah reethi mi vaahaka
masha allah?
comment nukuriyas gavaaidhun mi vaahaka kiyan❤?
next part ah varah inthizaaru kurevey
Awwn.. Thanks alot dear..?❤
No I don’t like this part. Hamaekani mathimathin balailee mi. Dhen mi vaahaka liyun nimunee mi. Meege kurin konmme gotheh hadhaafaives kiyan. Ekamaku dhen nukiyaanan. Sorry.
Alhey dear.. Adhi stry nimen gaaivx nuvey.. This is a lil lng stry.. So kihineh ingeny kuriah oihthaaga vaany kihineh kamehvx.. Btw stil m sry that u didnt like this part.. Thanks for te comment..?
Abadhu ehen vegen nuvaanehnnun. Edhemyhun gulhuvabah pls. Eirun story furihama vaany
Thanks dear.. Lets see dhw..
Varah reethi❤
Can’t wait for the next part
Thanks dear❤
V reethi dhen kONIRKU
Thanks.. In sha allah tmrw
miusheen ah kihineh tha v alhe?
Nxt part ga ingeyne.. Thanks dear
Dhen ehaavarah nik dhera nukohba ? nd miu ves..
Story vv reethi?
Waiting for a next part..
Thanks chim.. Hehe.. Adhi bodu bai othy kuriah.. ❤
Alhey kihineh v nau plx edhemeehun gulhuvahchey
Thanks dear.. Hingaa dhw balamaa..
V reethi miry new part libeyne dho
Thanks dear.. Nxt part tmrw ga
alhey miu dheke loabi vaa vaahaka niku lahvaa bunuvabaa dhen ahna part ga …❤❤❤
Hehe.. Lets see.. Thanks dear..❤❤
i don’t like it either .. nikyal aa miu nugulheythee kada ee .. foohi .. mivaaahakaige fahubaiga vaa gotheh balaafa dhen kiyaani ..
Hehe.. Thanks kiaa.. M sure u will like it.. So kyp waiting..?
Nau….story v salhi….nick aa miu gulhuvaba avahah…miu shayaan dheke loabi vaa vaahak dhw eara kairy a buny..miu dhrke nick loabi viyas miu shayaan dheke loabi vaa vaahaka eara kairy dhakkani koh miu ah a adu ivuny dhw nau…
Hehe.. Thanks sidhu.. Lets see dhw..
Wow.. v v v v v v v v reethi.. keep it up.. bt thankolheh dhigukoh geness dheeba plzzz..
Thanks mai.. Ya will try ingey
Nau this part is hama super plx avahah nick aa miu gulhuvaba plx plx Nau….
Kobaa mihaaru shayaan?
Keep it up Nau dhoonnii???????????????
Thanks sana dhoonii.. Shayaan ge bai annaane adhi fahun.. So kyp waiting..??
alhe next part mirey up konba plx plx… vara reethi
Thanks shalu dear
Alhey dhn vaanee kihineh baa…
Lets see.. Thanks lam
Dhean nau thigothah nuninmaaba?. Its hard to wait ey. Maadhan hendhunun vias upkollaathi??????❤️
Hendhunakun noon. Mirey??. Pls.
Yes dear.. In sha allah tmrw.. Thanks jjey❤
Masha allah varah reethi… dhen bayah varah eba inthixaaru kurevey ingey
Thanks nerz
Mibai varh reethi next part avahah up kohladeefiyaa varh raglhu this story very nice keepet up
Thanks dear
this story is fantastic.. I luv it ..
nau keep it up ..
my fav writer
Thanks dear
Masha Allah, wow wow nau, haadha furihamaey mibaives.. Ehbayah vure anehbai rythi.. Haadha molhey nau.. Hama thivareh nethey buneveyny.. Story kuriah gendhaa goeh v ves rythi.. Luv u nau
Awwnn.. Thanks alot dear
dhen avahah up kohdheeba warah reeethi
Yes dear.. Thanks
Kihineh baa evee dho, waiting for the next part, mi part ves varah reethi?
Ya dhw.. Lets see.. Thanks dear
Vahaka v reethi thanks nau an love you bodukoh
Thanks dear.. Luv u too
Waahaka so beautiful ?.. nd nau next part awaha up kohdehchey
Thanks dear..
Alheyy anekka miu ah kameh vefa hureetha… Kon vaahaka eh tha dhakkan thibee emeehun..
Mi story haadha reechchey… Seriously.. u should publish this one fothegge gothah dear..
Awwwwnn.. Thanks alot dear.. Ya in sha allah thnking of it.. Hehe..
konmes nubaa ehcheh e adu ivunee…
Hehe.. Lets see.. Thanks dear
varah kiyaa hithun indhaa animuny…. vvvv rythi mi parts ves nau….
Thanks zaam
Mi part ves v Reethi ?
Thanks dear?
Salaam all.. Nxt part in sha allah tday havyru ingey..?
Nau plx thankolheh avahah up kohdheeber kehmadhuvefa mi inny
M trying dear
Alhey dhn lwbi vaa vaahaka bune bilaa nik kaareega…..
Hehe. Keikohlaa dear.. Adhi so many thns r gonna hppn.. Adhi hama othy kuriah
varah reethi mi story.. i like this story…..avahah e dhemeehun gulhuvba eyrun story maa reethi vaane…. waiting
Thanks dear. Jst kyp waiting.. Adhi thihisaabahvx dhaane..hehe..?