ލަންކާގެ އެއާރޕޯރޓްގައި ފްލައިޓް ޖެއްސި އިރު އެމީހުން ބަލާ އައިސް އޮތް ސަރުކާރުގެ ވެހިކަލްގައި ރާނިޔާމެން ނައްޓާލިއެވ. ސްރީލަންކަން އެމްބަސީ ކުރިމަތީ އަންހެން ކުއްޖަކާ އެކު ހުރި އަހާންއަށް އެމްބަސީ ކުރިމައްޗަށް ސައިރެން އަޅަމުން އަންނަ ސްރިލަންކާ ސިފައިންގެ ވެހިކަލަށް ބަލާލެވުނެވެ. ވެހިކަލް މަޑުކޮށްލުމާއެކު މީހަކު އައިސް ދޮރުހުޅުވާލަދިން ދޮރުން ނިކުމެގެން ސިފައިންގެ ޔުނިފޯރމްގަ ރީތިކޮށް ހިނގާފައިގޮސް އެންބަސީތެރެޔަށް ވަން ރާނިޔާ ފެނުމުން އަހާން އަށް ބަލަން ހުރެވުނީ ރާނިޔާގެ ފައި އެއްކޮށް ރަގަޅުވެފައި ވުމުން އުފާވެފަ […]
މައްސަރެއްފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހަކު ރާއިދު އައިސް ރާނިޔާއަށް އާދެސްކުރަމުން ދިޔައެވެ. ގޭދޮށުގައި އިނދެ ރޮއެ ހަޅޭލަވާ ބިރު ދައްކާ ހަދަމުން ދިޔައެވެ. ނަމަވެސް ރާނިޔާ ރާއިދު އާއި އަނގައިންވެސް ނުބުނެއެވެ. މަގުމަތިން ފެނުނަސް ކާރު ކުރިމައްޗައް އަރާ އަހާން އާވެސް ދިމާކުރުން އާދައަކަށް ވެގެން ދިޔައެވެ. ” ރާނިޔާ ހިންގާބަލަ މިރޭ ދުއްވާލަންދާން ކިހާދުވަހެއް ވެއްޖެ ދެމީހުން އެކީ ބޭރަށްވެސް ނުދާތާ ހަމަޖެހިގެން މިހާރު އަހަރެމެންނަކަށް އެއްވެސް ތާކަށް ނުދެވޭ ރާއިދުގެ އުދަނގުލާ ހުރެ އެ […]
އަހާން ފޯނު ކަނޑާލުމުން ދެވަނަ ފަހަރަށް ގުޅަން ރާނިޔާ އަކަށް ނުކެރުނެވެ. އަހާން ފޯނު ކަނޑާލާފައި ގެއައް ދިޔައެވެ. މޭޒު ކާރިގައި ކޮފީއެއް ގިރަން އިން ރާނިޔާގެ ކުރި މަތީގައި އަހާން ގޮސް އިށީނެވެ. ހުދުކުލައިގެ ކުރުތާ އަކާ ކަޅު ޖިންސެއްލައިގެން އިން ރާނިޔާގެ ފަން އިސްތަށި ގަނޑު ވީ މިނިވަން ކަމާ އެކު ދޫކޮށްލާފައެވެ. ނުބަލަން އުޅުނަސް އަހާން އަށް ބެލެނީ އެވެ. ރާނިޔާ މަޑުމަޑުން ގޮސް އަހާންގެ ކާރީގައި ހުއްޓުނެވެ. ” ހާދާ އުޑުމަތި […]
” ރާޔާ ” އެމީހަކު ގޮވާލިއެވެ. ރާނިޔާ ދާން ހިނގައި ގަތުމުން އެމީހަކު ރާނިޔާގެ އަތުގައި ހިފިއެވެ. ރާނިޔާ އަތް ފޮޅުވާލާފައި އެމީހާގެ ކަންކަށިމަތީ އެތިފަހަރެއް އަޅުވާލިއެވެ. ” އަހަރެންގެ ގައިގަ އަތްނުލ ހުރޭ” ރާނިޔާ ބުނެލީ ހިތްހަމަ ނުޖެހިފައެވެ. “ރާޔާ ޕްލީޒް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ ” އެމީހަކު އާދެސް ކޮށްލިއެވެ. ” އަހަރެން ރާއިދު ދައްކާ އެއްވެސް ވާހަކައެއް ނުޖެހޭނެ އަޑުއަހާކަށް މިތަނުން ދާން އުޅޭ” ރާނިޔާގެ އަޑު ބެދިގެން ދިޔައެވެ. […]
ގަޑިއެއްހާ އިރުން ރާނިޔާ ބަލާ އަހާން އައި އިރު ނިދާފަ އޮތް ރާނިޔާ ފެނުމުން އަހާންވެސް ރާނިޔާ އޮތް ފާރާތް ނޫން އަނެއް ފަރާތުގައި ޖައްސާލިއެވެ. އަހާން ވަރަށް ފަރުވާތެރި ކަމާއެކު ރާނިޔާއަށް ބަލާލިއެވެ. ރާނިޔާ ލޯކާރީގައި ހިކިފައި ހުރި ކަރުނަފެނުމުން އަހާންއަށް އުދަނގޫ ވިއެވެ. ރާނިޔާގެ އެއްވެސް ކުށެއްނެތި އަހާންއަށް ކަންތައްކުރެވުނު ގޮތުން ލަދުގަތެވެ. ނިދީގަ ރާނިޔާ އަހާންއާއި ކާރިވެލިއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކާ އެއްވެސް ކަހަލަ ލޯބީގެ ގުޅުމެއް ބާއްވާފައި ނުވާ އަހާން އަށް […]
އަހާންގެ ހަރަކާތްތަކަށް ބަލަން އިން ރާނިޔާ ގޮސް އަހާންގެ ކައިރީގައި އެނދުގައި އިށީނދެ އަހާންގެ އަތުގައި އޮތް ޓައި އަތުލުމަށްފަހު އަހާންގެ ޓައި ވަރަށް ފަރިތަކަމާ އެކު އަޅުވާލަދިނެވެ. ހަފްލާއަށް ވަދެގެން ދިޔައީ ރާނިޔާ،އަހާން އަދި ޒުހުރާ އެކުއެކީގައެވެ. ފުރަތަމަ ދިމާވީ ރާއްޖޭގެ ނަން މަޝްހޫރު މަޖިލިސް މެންބަރަކާއެވެ. އަހާން އޭނާގެ މަންމަ ތައާރަފް ކޮށްދިފައި ރާނިޔާ އާއި ދިމާލަށް ބަލާލާފައި މީ އަޅުގަނޑުގެ އޭ ބުނެވުނުތަނާ އެމީހާ ” ރާނިޔާ ވަރަށް އުފާވެއްޖެ ފެނުނީމާ އެހެން […]
ޑްރެސިންޓޭބަލް ކުރިމަތީ އިށީނދެއިނދެ ހުރެ ބޮލުގައި ޖަހާފައިވާ ހުރިހާ އެއްޗެއްނަގާ ރާނިޔާ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ” އަހާން ދެން ދޭބަލަ ހެދުން ބަދަލުކޮށްގެން އަންނަން” ރާނިޔާގެ އަޑު އިވުމުން އަހާންގެ ރުޅި ގަދަވިއެވެ. އަހަރެން ގެ ކަންތަކާ ރާނިޔާ ނުޖެހޭނެ ބެހޭކަށް ލަދެއްވެސް ނުގަނޭތަ އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލައިގެން އަހަރެންގެ ދިރިއުޅުމަށް އައިސް ހުރެ އަހަރެންނަށް ކަން ކުރަނވީގޮތް ބުނެދޭން އަހަރެން ކިހިނެތް މުޅި އުމުރު ނުކުޅެދޭމީހަކާ އެކީ ވޭތި ކުރަނީ އަހަރެން ލަދުގަނޭ އަހަރެންގެ […]
ހަވީރުގެ ތާޒާ ފިނިން އުފާލިބިގަންނަމުން ގޭގޭ ޓެރަސްގައި ހައްދާފައިވާ މާ ބަގީޗާގައި ބަހައްޓާފައިވާ މޭޒު ކާރީ ޒުހުރާ އަވަދި ނެތި ތެޅެމުން ދިޔައީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކިޔަވައިގެން މިއަދު 5 އަހަރަށް ފަހު މާލެ އަންނާތީ މަރުހަބާ ކިޔުމަށް ތައްޔާރުވުމަށެވެ. ޒުހުރާ އަކީ ހދ ކުޅުދުށްފުށީ މީހެކެވެ. ޒުހުރާ ކައިވެނި ކުރީ މާލޭގެ މުއްސަނދި މީހަކާއެވެ. ޒުހުރާ އުޅެމުން ދިޔަ އުފާވެރި ދިރިއުޅުން ބަނަވީ ޒުހުރާގެ ފިރިމީހާ ޒުހުރާގެ ދަރިފުޅުގެ އުމުރުން 15 އަހަރުގައި […]
” މެހެރީން އަހަރެންގެ ދަރިފުޅަށް އަހަރެން މެހެރީން އާ ދެތެރޭ ކަންތައް ކުރި އަނިޔާވެރި ގޮތް ކިޔާނުދީ އަހަރެންގެ އަގު ހިފަހައްޓާލަ ދިނީތީ ޝުކުރިއްޔާ! ” އަމަން ބުނެލީ ވަރަށް މަޑުމަޑުންނެވެ. ” އަމަން އަހަރެން އަދި ޒެކްވެސް ބޭނުން ނުވީ ޒިވީ އަމަން އާ ދުރުކުރަން އެހެންވެ ހަގީގަތް ކިޔާނުދިނީ ދެން ކުރީގެ ވާހަކަ ނުދައްކާ މިހާރު މީހަކާ އިނދެފިންތަ ވަރަށް އުފާވެއްޖެ އަމަން ރަގަޅު މަގު ހިޔާރުކުރުމުން ” މެހެރީން ބުނެލީ ހިނިތުން ވެލާފައެވެ. […]