ހުކުރު ދުވަހު މެންދުރު ކާން ދިޔައިރު ގަސްތުގައި ޖެނީ ގޮވައިގެން ރީޝާ ރާއިލް މެންގެޔަށް ދިޔައެވެ. ” މަންމާ ދޮންބެވެސް މީހަކާ ދެވަން ހިނގާބަލަ ދޯ ؟” ރީޝާ އަހާލިއެވެ. ” ރިއަލީ ރީޝާ ތީ މަންމަގެ ފެވަރިޓް ޓޮޕިކް އެކަމަކު އަހަރެން ވެސް އެބަ ވިސްނަން މީހަކާ އިންނަށް ” ރާއިދު އެހެން ޖެނީގެ މޫނަށް ބަލަން އެހެން ބުނުމުން ޖެނީގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔަތަން ފެނުމުން ރާއިދު އަށް ހިނިތުންވެވުނެވެ. ” ކުއްޖަކު […]
ރޫމަށް ވަދެވުމާ އެކު ހުރިހާއިރު ހިފަހައްޓައިގެން އިން ކަރުނަތައް އޭގެ މަގާމު ދޫކޮށް ޖެނީގެ ކޯތާފަތް މަތިން ފައިބަމުން ދިޔައެވެ. މޫނުގައި ބާލިސް އަޅާލީ ރުއިމުގެ އަޑު އެހެން މީހަކަށް ނީއްވުމަށެވެ. ނަމަވެސް ދޮރުމަތީ ހުރި ރާއިދުއަށް ރަގަޅަށް އެ އަޑު އިވި ހިތުގައި ރިއްސާލިއެވެ. ދޮރުގައި ޓަކި ޖަހާލުމުން ޖެނީ ދޮރު ހުޅުވާލި އިރު ކުރިމަތީގައި އިން ރާއިދު ފެނުމުން އަވަހަށް ދޮރު ލައްޕާލަން އުޅުނު ނަމަވެސް ރާއިދު ގެ ހުށިޔާރުކަމުން ޖެނީއަށް ދޮރު ނުލެއްޕުނެވެ. […]
ރީޝާ ގޮސް ވަހީދުގެ ދެމަފިރިން ކުރިމަތީ ހުއްޓުނެވެ. ” ތިހާ ލޯބިވާ ކުއްޖަކު ލިބުނު ކަމީ ރާއިލްގެ ނަސީބު ” ވަހީދު ރީޝާގެ ބޮލުގައި ފިރުމާލިއެވެ. “ފުރަތަމަ ޝަރުތަކީ ދެން ދަރިފުޅުވެސް ކިޔަންވާނީ މަންމަ އަދި ބައްޕަ ރާއިލް ބައްޕަ އެއް ނޫން ” ވަހީދު ބުނެލީ ހީލާފައެވެ. ” އަޅުގަނޑު ގަބޫލު މަންމާ ބައްޕާ” ރީޝާ ބުނެލީ ދެލޯ ފޮހެލަމުންނެވެ. ” ދެވަނަ ޝަރުތަކީ މި ދަރިފުޅު އުރާލެވޭނެތަ؟ ” ވަހީދު އަހާލުމުން ރީޝާގެ ދެލޯ […]
” ކާކާތަ ވައްތަރީ؟” އަޔާޒް އަހާލުމުން ޑޮކްޓަރު އަދި ލާރާ އަށް ވެސް ބާރަށް ހެވުނެވެ. “އަޔާ ރީން ކާރިޔަށް ގޮސްލާފައި ދޯ ގެޔަށް ދާނީ؟ ” ލާރާ ބުނެލުމުން އަޔާޒް ބޯޖަހާލިއެވެ. ” އަނހާ ދަރިފުޅުމެން ބައްޕަ އެ ކިޔަނީ ހަވީރު ހިނގާށޯ ލާރާ ކާރިޔަށް ނުވެސް އާދެޔޭ ” މަރީނާ ބުނެލީ ލާރާގެ ގައިގަ ފިރުމާލަމުންނެވެ. ” މަންމާ ކޮބާ ރީން އާ ބޭބީސް ” އެބަ އުޅޭ މަންމަ ކޮޓަރީގަ ދޭ ބަލަ” […]
އެހެން ސަކަރާތް ޖަހަން އެތެއްއިރަކު ތިބުމަށްފަހު ގެޔަށްދިޔައެވެ. ” ލާރާ މަންމަ އަންނާނެ ނެކްސްޓް ވީކްގަ ބޮޑުބެ ދައްތަ މިހާރު ރަގަޅު ކެންސާރ ސެލްތަކެއް ނެތޯ މިހާރަކު ” އަޔާޒް ބުނުމުން ލާރާ ވަރަށް އުފާވިއެވެ. މާފު އެދެން ބޭނުން ވިޔަސް އަޔާޒް އަކަށް އެ ހިތްވަރު ނުކުރެވުނެވެ. ކޮންމެ ދުވަހަކު ލާރާ ގެޔަށް ދާތީ އަޔާޒްވެސް މެންދުރު ކާން ދަނީ އެގެޔަށެވެ. އެންމެންގެ ތެރޭގައި ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ނުލިބެއެވެ. ރޭގނޑު އަންނައިރު ލާރާ […]
އަޔާޒް ގޮސް ހޮސްޕިޓަލަށް ވަން އިރު ލަޔާން ހުއްޓެވެ. ” އަޔާޒް ދޭ ލާރާ ކާރިޔަށް ރޭއްސުރެން ބޭބީގެ އެއްވެސް މޫވްމެންޓެއް ނެތް އެކަމަކު ވިންދު އެބަހުރި ކަމަށް ޑޮކްޓަރު ބުނަނީ ލާރާ ވަރަށް އެބަ ރޮއެ ދޭ އަވަހަށް އޭނަ ކާރިޔަށް އެއްވެސް އެއްޗެއް ނުވެސް ކައި ” ލަޔާން އަށް ބުނެވުނީ ވަރަށް ދެރަވެފައެވެ. އަޔާޒް ގޮސް އެނދުގައި އިސްޖަހާލައިގެން އިން ލާރާގެ އެނދު ކާރިގައި ހުއްޓިލިއެވެ. ލާރާއަށް އަޔާޒް ފެނުމާ އެކު ބަޑިފަޅައިގެން […]
-ނޯޓް- ބަލިވެ އުޅޭތީ މި ފަހަރު މި ޕާރޓް އަޕް ކުރެވުނީ ވަރަށް ލަހުން އެހެން ކަމުން ހުރިހާ ކިޔުންތެރިންގެ އަރިހުން މާފަށް އެދެން. ހެނދުނު ތެދުވެގެން ސައި ހެދުމަށް ފަހު ތައްޔާރު ވެގެން ލާރާ އޭނާގެ މަންމަ އަށް ގުޅާލައިގެން ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔައެވެ. ” މަންމާ ކިހާއިރަކު ޖެނީ އަންނާނީ؟” ” މިރޭ 8 ޖަހާ އެހާކަން އިރު އާދެވޭނެކަމަށް ރަޝާދު ބުނި ” ލާރާގެ ބޮލުގައި މަރީނާ ލޯބިން ފިރުމާލިއެވެ. ” […]
ރޭގަނޑު 8 ޖެހި އިރު އޮފިސް ނިންމާލާފައި ގެޔަށް ގޮސް ކޮޓަރިޔަށް ވަން އަޔާޒްއަށް ދެލޯ ބޮޑޮކޮށްލެވުނެވެ. މުޅި ކޮޓަރި ވަނީ ރަތްކުލައިގެ ހާރޓް ބެލޫންސް އިން ފުރާލާފާއެވެ. އެނދުގައި ހުދު ކުލައިގެ ބެޑް ޝީޓެއް އަޅާފައި ރަތްކުލައިގެ ފިނިފެންމާ ފިޔަތަކުން ލަވްޔޫ އަޅާފައި އިނެވެ. ވެނީލާ ކެންޑްލްގެ މީރު ވަސް މުޅިތަނުގައި ހިފާފައި ހުއްޓެވެ.ފާހާނާގެ ދޮރު ހުޅުވާލާފައި ރަތްކުލައިގެ ކުރުކުރު ނައިޓީއެއްލައިގެން ނިކުތް ލާރާ ފެނިފައި އަޔާޒުވެފައިވާ ވަރުބަލިކަންވެސް ހަނދާންނެތުނެވެ. ލާރާގެ ދިގު ފަން އިސްތަށިގަނޑުވީ […]
” ގެސްޓް ރޫމްގަ ދޯ ނިދާނީ އަޔާ ؟” ލާރާ އަހާލި އަޑު އިވުމުން ރީނާ ގާތަށް އައީ ލާނެތް ހިންޏެކެވެ. ” ކިހިނެތްވީ ކަމަނާގެ ކޮޓަރީގައި އަޔާޒް އަށް ނުދައްކަން ކޯޗެއް ހުރީ އަޔާޒް ކޮންމެހެންވެސް ލާރުގެ ރޫމުގައި ނިދާތި” ރީނާ ބުނެލުމުން ލާރާ ރީނާ އާއި ދިމާލަށް ލޯ އަޅާލިއެވެ. އަޔާޒް ގޮސް ދޮރު ހުޅުވާލާފައި ލާރާގެ ކޮޓަރިޔަށް ވަނެވެ. ކޮޓަރީގައި އަޔާޒްގެ އިސްކޮޅުވަރުގެ ބޮޑު ފޮޓޯ އެއް ހުއްޓެވެ. އަދި މުޅި ފާރުގައި […]