އެވަގުތު ބޭބީ ރޯލުމުން ބޭބީ އުރާލައިގެން ލާރާ އައިސް އަޔާޒްގެ ކާރި އިށީނެވެ. ” ބޭބީ ވަރަށް ލޯބި ދޯ ރިޝް އާ ވައްތަރީ ލާރާ ބޭބީ ގެ ނިތްކުރީގައި ބޮސްދިނެވެ. ” ހޫމް ތިއްތިބެގެ ދޫނީ އޭ ދޯ މީ” އަޔާޒް ބޭބީ އުރާލިއެވެ. ” ހިންގާ ގޮވައިގެން ދާން މިހާރު ބަނޑުހައިވެގެން އުޅޭނީ” ލާރާ އާއި އަޔާޒު ދިޔައިރު ރީޝާވެސް ސައިބޮއިގެން ނިކުންނަނީއެވެ. ” ނިންމާލިތަ؟ އަން ދޭ ފީޑްކޮށްލަން ” ލާރާ ރީޝާގެ […]
އަޔާޒް އަށް ލާރާ އާއި ދިމާލަށް ދެވުނީ އަމިއްލަ އިހްތިޔާރުން ބޭރުގައެވެ. އަޔާޒް ލާރާގެ މޫނުގައި ހިފާލަން އަތްހިއްލާލިއެވެ. އަޔާޒްގެ އަތް ފޮޅުވާލާފައި ލާރާ ގޮސް އެނދުގައި އިށީނެވެ. އަޔާޒް މަޑުމަޑުން ގޮސް ލާރާގެ ކައިރީ ބިންމަތީ އިށީނެވެ. ” ލާރާ ކީއްކުރަން މިކައިވެނި ކުރަން އެއްބަސްވީ ؟ އަހަރެން ހިކުރީ ލާރާ އަށް އަހަރެން ލިބުމުން ރަގަޅުވާނެކަމަށް އުފާވާނެކަމަށް އެކަމަކު ކަންތައް މިވީ މުޅިން އެހެން ގޮތަކަށް ލާރާ އަހަރެންނާ ވާހަކައެއް ނުދައްކާ އަހަރެންނާ އެކީ […]
ލާރާ ގޮސް އެނދުގައި އިށީނެވެ. އަޔާޒްވެސް ގޮސް ލާރާގެ ކައިރީގައި އިށީނެވެ. ” ލާރާ އުފާވޭތަ އަހަރެންގެ ވައިފްއަކަށް ވެވުނީމާ ؟ ” އަޔާޒް ސުވާލުކޮށްލިއެވެ. ” އަޔާޒް އަހަރެންގެ ބޮލުގައި އެބަ ރިއްސާ އަހަރެން ބޭނުންމީ ނިދަން ” ލާރާ ބުނެލީ މުޅިން އެހެން އެއްޗެކެވެ. ފުރަތަމަ ފަހަރަށް އަޔާ ގެ ބަދަލު ގައި އަޔާޒް ކިޔާ މުހާތަބް ކުރުމުން އަޔާޒް ދެރަވިއެވެ. ” ލާރާ ނިދާ ލެފްޓް ސައިޑުގައި” އަޔާޒް މަޑުމަޑުން ބުނެލިއެވެ. ފާހާނާޔަށް […]
ލާރާ ދިޔުމުން ލަޔާން ލާރާގެ އޮފީހުގެ މަސައްކަތާ ހާވާލުވިއެވެ. ލާރާ ދިޔަފަހުން މައްސަރެއް ފާއިތުވެގެން ދިޔައިރުވެސް އަޔާޒަކަށް ލާރާގެ އެއްވެސް ހަބަރެއް ނުލިބުނެވެ. ބަލާލި ކޮންމެ ދިމާލަކުން ލާރާގެ ހަނދާންތައް އަޔާޒު ކުރެވެމުން ދިޔައެވެ. ހެނދުނު ދުވަންދާ ގަޑީގަވެސް ލާރާ ފެނޭތޯ އެކި ދިމާދިމާލަށް ބެލެއެވެ. އޮފީހުގައިވެސް ލާރާގެ ކެބިން ކާރިޔަށް އެތައްފަހަރަކު ދެވެއެވެ. ގޭގޭ ކޮޓަރިގައިވެސް ލާރާ އުޅުނު ގޮތް އަޔާޒު ހަނދާންވެއެވެ. އަބަދު އަޔާޒުގެ ފަހަތުން ލާރާ އުޅުނު އިރު އެކަމާ އަޔާޒް ފޫހިވިޔަސް […]
އަޔާޒުއަށް ކާރިޔަށް ދެވުނު އިރުވެސް ލާރާ ބިންމައްޗައް ވެއްޓިއްޖެއެވެ. ” ލާރާ! އަޔާޒު ދެތިން ފަހަރަކު ގޮވާލިއެވެ. ނަމަވެސް ލާރާ އޮތީ ހޭ ނެތިފައެވެ. ވަދެގެން އައި ރީނާއަށް ލާރާ އޮތް ހާލު ފެނުމުން ތެޅިގަނެވުނެވެ. ” އޯ މައި ގޯޑް ލާރު ކެބިންއަށް ގެންދަން ހެލްޕް ދީބަލަ ” ރީނާ ބުނުމުން އަޔާޒު ލާރާ ނަގައިގެން ގޮސް ލާރާގެ ކެބިންގައި ހުރި ސޯފާގައި ބާއްވާލިއެވެ. ” ރީނާ ފެން ތައްޓެއް ނަގާ ފެން ހޭކުމުން ލާރާ […]
ލަޔާން ރީނާގެ އަތުގައި ހިފައިގެން ހުރި ގޮތަށް ގޮސް ގޮސް ސޯފާގައި އިށީނެވެ. ” ރީންގެ ބައްޕަމެން އައުމުން އަހަރެންގެ މަންމަމެން ގޮވައިގެން އަންނާނަން ރީން ގެ ބައްޕަ ކާރިޔަށް ރީން ހޯދަން ” ލަޔާން ބުނެލީ ރީނާގެ އަތުގައި ބޮސް ދެމުންނެވެ. ” ރީން ބޭނުންތަ އަހަރެންނާ މެރީކުރަން އަދި މާ އަވަސް ތަ އަނެއްކާ؟ ލަޔާން ސުވާލުކުރިއެވެ. ” އަހަރެން މިހާރުވެސް ލަޔާންގެ ވައިފް އަކަށް ވާން ތައްޔާރު މި ދުނިޔެއިންވެސް ލިބޭނެ އެންމެ […]
ދުވަހު ގެ ފުރަތަމަ ހާ ގޮވާލުމާއެކު މޯޅިޔަކަށްދެމިލާފައި ތެދުވެ އެނދުގެ ތަންމަތި އަޅާ ރީތިކޮށްލުމަށްފަހު ލާރާ ގޮސް ފާހާނާޔަށްވެނެވެ. ފަތުސް ނަމާދުކޮށްލައިގެން އައިސް ދުވަން ދާން ލާރާ ތައްޔާރުވަމުން ދިޔައެވެ. ހިމަ ތޮޅި ދޮން ރީތި ހަށިގަނޑަކާއި ހެޔޮވަރެއްގެ އިސްކޮޅެއް ލިބިފައިވާ ލާރާ އަކީ ބަލާލި ކޮންމެ ފިރިހަނެއް ހިތް ކިޔާ ކަހަލަ ރީތި ސިފަތަކެއް ގުދުރަތުން ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. ދުވަމުން ގޮސް ލާރާ ބޭރުމަގުގައި މަޑުކޮށްލައިގެން ހުރެ އެކި ދިމަދިމާލަށް ބަލަމުން ދިޔަ […]
3 އަހަރު ފަސް ލޮނު ޒިޔާރަތް ކޮޅުގެ ހިތްފަސޭހަ މާހައުލުގައި ބޭއްވެމުން ދިޔައީ ކުޑަ ކުޑަ ނިހާގެ 3 ވަނަ އުފަން ދުވަހުގެ ޕާރޓީއެވެ. ” ދަރިފުޅާ ރާނިޔާ މި މަންޖެ ނުވޭ މައިތިރިއެއް ހަމަ ދުވަނީ ” ޒުހުރާ ނިހާ އުރާލައިގެން ހުރެ ބުނެލިއެވެ. ” މަންމަ އަހާންވެސް އުޅުނީ މިހެންތަ ކުޑަ އިރު މިހާ ހަލަނި ތަ؟ ރާނިޔާ ސުވާލިކޮށްލިއެވެ. ” ނޫނޭ ދަރިފުޅާ އަހާން ވަރަށް މަޑުން ހުންނާނީ ” ޒުހުރާ ޖަވާބު […]
ދެމީހުން މަޖާ ވާހަކަތައް ދައްކަމުން ގޮސް ގެ ކާރިޔަށް މަޑުކުރެވުމުން ފަހަތުން އައި އެހެން ޖިޕެއްގަ ތިބި މީހުންނާ ތަޅުދަނޑި ހަވާލުކުރުމުން ފޮށިތައް ވާއްދާދިފައި އެމީހުން ދިޔުމުން ރާނިޔާގެ އަތުގައި ހިފާލައިގެން ގޮސް އަހާން ދޮރު ބެލް ޖަހާލުމުން ދޮރުހުޅުވާލި ޒުހުރާއަށް އަހާން ފެނުމުން ރޮވުނެވެ. “މަންމާ!” އަހާން އޭނާގެ މަންމަގެ ގައިގަ ބައްދާލިއެވެ. ރާނިޔާގޮސް އޭނާގެ މަންމަގެ ކާރީ އިށީނެވެ. އޭރު އަހާންވެސް އޭނާގެ މަންމަޔާ އެކީ އައިސް ރާނިޔާގެ ކައިރީގައި ސޯފާގައި އިށީނެވެ. “މަންމާ […]