Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނިޔާ 8

Nadhoo
Nadhoo Level 1
June 9, 2024 5 Mins Read
5 Comments

ލަންކާގެ އެއާރޕޯރޓްގައި ފްލައިޓް ޖެއްސި އިރު އެމީހުން ބަލާ އައިސް އޮތް ސަރުކާރުގެ ވެހިކަލްގައި ރާނިޔާމެން ނައްޓާލިއެވ.

ސްރީލަންކަން އެމްބަސީ ކުރިމަތީ އަންހެން ކުއްޖަކާ އެކު ހުރި އަހާންއަށް އެމްބަސީ ކުރިމައްޗަށް ސައިރެން އަޅަމުން އަންނަ ސްރިލަންކާ ސިފައިންގެ ވެހިކަލަށް ބަލާލެވުނެވެ. ވެހިކަލް މަޑުކޮށްލުމާއެކު މީހަކު އައިސް ދޮރުހުޅުވާލަދިން ދޮރުން ނިކުމެގެން ސިފައިންގެ ޔުނިފޯރމްގަ ރީތިކޮށް ހިނގާފައިގޮސް އެންބަސީތެރެޔަށް ވަން ރާނިޔާ ފެނުމުން އަހާން އަށް ބަލަން ހުރެވުނީ ރާނިޔާގެ ފައި އެއްކޮށް ރަގަޅުވެފައި ވުމުން އުފާވެފަ ކަޅި ޖަހާ ނުލާ ބަލަން ހުރެވުނެވެ. ” އަހާން ހިންގާބަލަ އަވަހަށް އެމްބަސީއަށް ވަންނަން ” އަހާން ކާރި ހުރި އަންހެން ކުއްޖާ ބުނެލުމުން އަހާންއަށް ހަމަބިމަށް އާދެވުނުކަހަލަ އަހާން ގޮސް އެކުއްޖާ އާއެކީ އެތަނަށްވަނެވެ. ކައުންޓަރު ކާރި އެކުއްޖާ ވާހަކަ ދައްކަން މަޑުކޮށްލުމުން އަހާން ވެސް މަޑުކޮށްލިއެވެ. ގަޑިއްހާއިރުފަހުން އަހާން މެން ނިމިގެން ދާން އެނބުރުވަގުތު ކުރިމަތިން ހިނގާފައި އައި ރާނިޔާ ފެނިފައި އަހާންގެ ފައިގަ ކަސްތަޅު އެޅުނު ކަހަލައެވެ. ކުރިޔަށްވުރެން ހަށިގނޑު ރީތިވެފައިވާ ރާނިޔާއަށް ބަލަށް ހުރުން ނޫން ކަމެއް އަހާންއަކަށް ނުކުރެވުނެވެ. ރާނިޔާއަށް ވެސް އަހާން ފެނުނީ އެވަގުތުއެވެ. ރާނިޔާ އައިސް އަހާންގެ ކުރިމަތީ މަޑުކޮށްލިއެވެ. އަހާން އާއި ދިމާލަށް ބަލަން ރާނިޔާއަށް ހުރެވުނީ ކަރުނުން ދެލޯފުރިފައިވާ ހާލުގައެވެ. ނަމަވެސް ރާނިޔާ އެހެރީ ޔުނިފޯރމްގައި ޕްރޮފެޝަނަލް ކަމެއްގައިކަމުން ކަމުން ތުންފަތުގައި ދަތް އަޅާފައި ކަރުނަ އޮއްބާލިއެވެ. ރާނިޔާ އަށް އަހާންގެ ކާރީ އިން އަންހެން ކުއްޖާއަށް ބަލާލެވުނެވެ. އަދި އަހާންގެ އަތަށް ކާރޑެއް ދިއްކޮށްލާފައި ރާނިޔާ ގޮސް ވެހިކަލަށް އެރިއެވެ. ރާނިޔާ އެހާދުވަސް ކޮށްފައިފެނުމުންވެސް އަނގައިން ނުބުނުމުން އަހާން އަށް ބަލަން ހުރެވުނީ ދެރަވެފައެވެ. ” ރާނިޔާ އަނެއްކާ އަހަރެން ދެކެ ރުޅިން ބާ އެދިޔައީ ” އަހާންއަށް ބުނެވުނެވެ. ރާނިޔާ ދިށްކޮށްލި ކާރޑަށް އަހާން ބަލާލިއެވެ. ހޮޓެލްއެއްގެ އެޑްރެހެވެ. އަހާންއަށް ހިނިތުންވެވުނީ ރާނިޔާ ބައްދަލުކުރަން ބޭނުންވާކަން އެނގުމުންނެވެ.

ރޭގަނޑު ވުމުން އަހާން ތައްޔާރުވެގެން ރާނިޔާ ދިން ހޮޓެލްއަށް ދިޔައެވެ. އަދި ރާނިޔާގެ ރޫމް ނަމްބަރު އެހުމުން އެމީހުން އެއީ ވީއައިޕީ ވީމަ ނުދިނެވެ. ” ރާނިޔާއަށް ގުޅާލާފައި އަހާލަދިނުމަށް އެދުމުން ގުޅާލުމުން ރާނިޔާ އޯކޭކަމަށް ބުނުމުން އެމީހުން އަހާންގެ ފުލްބޮޑީ ޗެކްކުރުމަށް ފަހު ރޫމާ ހަމަޔަށް ގެންގޮސްދިނެވެ. ބެލް ޖެހުމުން ރާނިޔާ ދޮރު ހުޅުވާލުމުން އަހާން ވަނެވެ. އެހާދުވަސްކޮށްފައި އަހާން ފެނުމުން ރާނިޔާ އަކަށް ކެތެއްނުކުރެވުނެވެ. ރާނިޔާ އަހާންގެ ގައިގަ ބައްދާލިއެވެ. އަހާންއަށްވެސް ބާރަށް ބައްދާލެވުނެވެ. އިރުކޮޅަކުން ރާނިޔާ އިސް އުފުލާލާފައި އަހާންގެ ތުންފަތުގައި ބޮސް ދިނުމުން އަހާން ލޯމަރާލެވުނެވެ. ރާނިޔާ އަހާންގެ ގަމީހުގެ ހުރިހާ ގޮތްތައް ނައްޓާލާފައި އަހާންގެ މޭމަތީގައި ލޯބިން ފިރުމާލިއެވެ. އަހާން އަކަށްވެސް އިތުރަކަށް ކެތެއްނުކުރެވުނެވެ. ރާނިޔާ އިސްތަށި ގަނޑު ތެރެޔަށް އަށް މާހާލުމަށް ފަހު ރާނިޔާގެ ތުންފަތުގައި ވަރަށް ލޯބިން ކިސްކޮށްލުމަށްފަހު ރާނިޔާ އުރާލައިގެން ގޮސް އެދުގައި ބޭއްވިއެވެ. ދެމީހުންގެ އަމަލުތައްވެސް ހުރީ ވަރަށް ހަލުވިކޮށްނެވެ. ހީވަނީ ފާއިތުވެދިޔަ ހުރިހާ ދުވަސްތަކަށް ވާވަރަށް ލޯބި ހޯދަން އުޅޭ ހެންނެވެ.

އަހާންގެ އަތްމަތީ ބޯ އަޅާލައިގެން ރާނިޔާ އޮތެވެ. ” ރާނިޔާ ހަމަ އެއްވެސް ޝަކުވާއެއް ނުކުރާނަން؟ ރުޅިއެއްވެސް ނައަންނާނަން ؟ މިއަދު އަހަރެން ފެނުނީވެސް އަންހެން ކުއްޖަކާއެކީއެއްނު އެކަމާވެސް ސުވާލެއް ނުކުރާނަންތަ؟ އަހާން އަހާލިއެވެ. ” ރާނިޔާ އަހާންގެ މޫނަށް ބަލާލިއެވެ. ” އަހަރެން އަހާންއަށް އެއަވުރެން އިތުބާރުކުރަން އިނގޭ ބޭވަފާތެރިއެއް ނުވާނެކަން ޝަކުވާކުރާނީ ކިހިނެތް އަހާން ފެނުމުން ބޭނުންވީ ވަގުތުން ދުވެފައި އަހާންގެ އަތުތެރެޔަށް ދިޔުމަށް ނަމަވެސް އަހަރެންގެ އެވަގުތު ހުރި ހާލަތުން ކެތްކުރަން މަޖްބުރުވީ އެހެންވެ ކާރޑްދީފައި އައީ އަހަރެން ކިހިނެތް އަހާން ދެކެ ރުޅި އަންނާނީ އެއަށްވުރެން މާ ލޯބިވޭ! ރާނިޔާ ބުނެލުމުން އަހާންއަށް އަށް ރާނިޔާ އާއި ދިމާލަށް ބަލާލެވުނީ އިވުނު ވާހަކަ ގަބޫލު ނުކުރެވިފއެވެ. ” އަސްލުވެސް އަހަރެންދެކެ ލޯބިވޭތަ؟ ” އަހާން އަށް އަހާލެވުނެވެ. ” ޔޭސް އަހާން އަހަރެން ވަރަށް ލޯބިވޭ އަހާންދެކެ” ރާނިޔާ ބުނެލިއެވެ. ” އައި ލަވްޔޫ ޓޫ ރާނީ ” އަހާން ރާނިޔާގެ ގައިގަ ބައްދާލިއެވެ. ” އަހަރެން އަހާން ކާރީ ވާހަކައެއް ބުނަން ވަރަށް ބޭނުންވެފައި މިހިރީ މަންމަމެން ކާރީވެސް ބުނަން ބޭނުންވި އެކަމަކު އަހާން ކާރީ ބުނަން ބޭނުންވީ ފުރަތަމަ އެހެންވެ ނުބުނަން އެކަކު ކާރީވެސް މި ދަތުރު ނިންމާލާފައި މަންމަ ކާރި ބުނަން ހުރީ ދެން އެކަމަކު އަހާން އާއި ދިމާވުމުން ބުނަން ބޭނުން ވަނީ ” ރާނިޔާ ބުނެލިއެވެ.

” އަވަހަށް ބުނެބަލަ މިރޭ އިރު އަރަންދެންވެސް އަޑު އަހަން މިހިރީ ” އަހާން ބުނެލިއެވެ.

” އަހާން ފުރައިގެން އައި އަހަރެންނަށް ވަރަށް އަގު ބޮޑު ހަދިޔާ އެއް ދީފައި” އަހާންގެ އަތް ނަގާފައި ރާނިޔާ އޭނަގެ ބަނޑުގައި ޖައްސާލިއެވެ. ” އަހާން! އަހަރެން ޕްރެގް ” އަސްލުވެސްތަ އަހާންއަށް ރާނިޔާ އިތުރަށް ބޮނޑޮކޮށްލެވުނެވެ. “އަހަރެން ހާދަ ބޭނުންވީ ކަމެކޭ މީ އެހެންވެ ދޯ ކުޑަކޮށް ބިސްވެފަ ތިހިރީ އޯ މައި ގޯޑް އަހަރެންނަށް ބޭބީއެއް ލިބެނީތަ؟  ” ކީއްވެ ކުރިން ނުބުނީ؟ އޮފީހަށް ޖޮއިން ކުރި ވާހަކައެއްވެސް ނުބުނޭ ފައި ރަގަޅުވީ ވާހަކަވެސް ބުނީއެއް ނޫން” ބުނެވުނު އެތި އަހާންއަށް ރޭކާލީ ބުނެވުނު ފަހުންނެވެ. ” ސޮރީ ! އަހަރެން ދޯ ފިލީ ރާއިދުގެ ސަބަބުން ޒިންމާ ނަގަންނޭގިގެން” ރާނިޔާ އަހާންގެ ވާހަކަ އަހާފައި އިޓްސް އޯކޭ ކަމަށް ބުނެލިއެވެ. ” ރާނީ އަހަރެން އައިސް އެކަނި މާއެކަނި އުޅުނީ ގެއެއްގަ އަހަރެން އެކަނި އެޅެން ފެށުމުން ރާނީ މަތިން މިސްވާންފެށި އެންމެ ފަހުން އަހަރެންނަށް ލޯބިވެވިއްޖެ ކަން އިހްސާސްވީ ފަހުން އަސްލު ނުކެރުނީ ދާން ރާނީ ވަރި ނެގީކަމެއް ވެސް ނޭގުނީމާ އެކަން އަންގަން ކޯޓަށް ވެސް ނުގުޅޭނެ ވީއްޔާ އަހަރެންނަކާއެއް އެހެން އެކަނި ހުރެ ލޯބިން ކިޔަން ފެށުނު ނަމެއް ރާނީ އަކީ އަހާން ވާހަކަ ދައްކަމުން ދިޔައެވެ.

ދެން މިއަދު އެ އަންހެން ކުއްޖާއަށް އަހަރެން ހެލްޕްވީ އޭނާގެ ދަބަސް މިހަކު ފޭރިގަތީ ޕާސްޕޯރޓްވެސް އޮތީ އެގައި ކަމުން ރާއްޖެ ނުދެވިފައި،ލާރިއެއްވެސް ނެތް އެހެންވެ އޭނާ އާއެކީ އެމްބަސީއަށް ދިޔައީ، މިއަދުތަ ރާނީ އައީ؟ ” ހޫމް މިއަދު އައީ ” ރާނިޔާ ބުނެލީ އަހާންގެ ތުނބުޅީގައި ފިރުމާލަމުންނެވެ. ” އަހަރެން ވަރަށް އުފާވި ރާނީ ފެނުމުން ހާދަ ރީއްޗޭ މިހާރު ކުރިޔަށް ވުރެންވެސް ރީތީ” އަހާން ބުނެލުމުން ރާނިޔާގެ މޫނު ރަތްވެގެން ދިޔައީ އަހާން ދުވަހަކުވެސް އެހެން ތައުރީފްކޮށްފައި ނުވާތީއެވެ. ” އޭ އަހަރެން ދެން ދަނީ އިނގޭ މާދަމާ އަންނާނަން ރާނީ ފްރީވެގެން ގުޅާލާ މިހާރު ގުޅޭނެ ވައިބާއިންވެސް ނަމްބަރު އިންނާނެ ރާނީއަށް ވައިބާރ ކޮށްފައި، ހުވާ މިބުނީ އަހަރެން ނޫނީ ނުހުންނާނެ ފުލް ބޮޑީ ޗެކް ކޮށްފައި އަނބިމީހާގެ ރޫމަށް ވެއްދި މީހެއް” އަހާން އެހެން ބުނުމުން ރާނިޔާ ބާރަށް ހޭން ފެށިއެވެ. ރާނިޔާ ހޭން ފެށުމުން އަހާންއަށް ބަލަންހުރެވުނެވެ. ” ނިކަން ގޮސްބަލަ އަހަރެން ކުރަންޖެހޭނީ އެންމެ ކޯލެއް ޖެހޭނީ އަނބުރާ އަންނަން ” ރާނިޔާ ފޯނުނަގާފައި ރިސެޕްޝަންއަށް ގުޅާލާފައި ރޫމުގައި ހުރީ ރާނިޔާގެ ހަޒްބެންޑްކަމަށް ބުނެލިއެވެ. ” ރާނީ ކޮންދުވަހަކު ފުރަނީ؟ އަހަރެންވެސް ދާނަން ރާނީ އާއެކީ ރާއްޖެ އެކަމަކު މަންމަމެން ކާރީ ނުބުނާތި އެއްވެސް ވާހަކައެއް ދެމީހުން އެކީ ގޮސް ބުނާނީ ޕްރެގް ވާހަކަވެސް”  އަހާން ބުނެލުމުން ރާނިޔާ ހީލާފައި ބޯޖަހާލިއެވެ. ” ރާނީ ބައިދަވޭ ރާއިދު ކޮބާ އަދިވެސް އުދަނގޫ ކުރޭތަ؟ އަހާން އަހާލިއެވެ. ” ނޫން! ދެން އެދުވަހު ކަންތައްވީގޮތް އަހާންއަށް ރާނިޔާ ކިޔާލަދިނެވެ. “އަހަރެން ފުރާނީ އަދި ދެދުވަސް ފަހުން  އަހާންއަށް ވެސް އޯކޭ އެއްނު ” އަހަރެން ޖެހޭ ހެނދުނު ހަޔަކަށް އެމްބަސީއަށް ދާން ދެން ހިންގާ ދޯ ނިދަން ” ރާނީ ނިދާ އަހަރެން މިރޭ ބޭނުންވަނީ ތި ލޯބި މޫނަށް ބަލަން އޮންނަން ” އަހާން ޖަވާބުދިނެވެ.

މަސައްކަތްތައް ނިންމާލާފައި ރާނިޔާ އާއި އަހާން އަނެއްދުވަހު އެކި ތަންތަން ބަލާ ދުއްވާލަން ދިޔައެވެ. ” ރާނީ ހިނގާބަލަ އަހަރެމެން ދެމީހުން ހަނީމޫނަށްދާން އަދި ނުދަމެއްނު ” އަހާން ބުނެލީ ލޯބިން ރާނިޔާގެ އަތުގައި ހިފާލަމުންނެވެ. ” ހޫން ހަނީމޫނަށް ދާންވީ ދުވަސް ފާއިތުވެގެން ގޮއްސި ދެން ޖެހޭނީ ބޭބީ މޫން އަކައްނު ދާން ” ރާނިޔާ ބުނެލީ ހީލާފައެވެ. ” އަހަރެންނަށް އޯކޭ އޭ ކޮންމެ މޫންއަކަސް ރާނީ އާ އެކީ ދެވުނީމާ ނިމުނީ ” ” އަހާންއަށް ހީވޭތަ މަންމަމެން ޕްރެގްކަން އެނގުމަށްފަހު ފޮނުވާނެހެން އެއްވެސް މޫންއަކަށް؟” ރާނިޔާ ބުނެލުމުން އަހާން ބޯހަލުވާލިއެވެ. ” އޯކޭ ދެން ބޭބީ ގޮވައިގެން ދާނީ ދޯ ” އަހާންބުނެލިއެވެ. “އަހަރެން އެހެރަ ސިޑީން އެންމެ މައްޗަށް އަރާފައި އެބަ އަންނަން ” ކުރިމަތީ ހުރި ވަރަށް އުސް ސިޑިތަކެއް ދައްކާލުމަށްފަހު ރާނިޔާ އަހާލިއެވެ. “ނޫން ވަރަށް ވަރުބަލިވާނެއެއްނު ” ނޫން އަހަރެން ހަމަ ވަރަށް ދާހިތް އެބަވޭ ރާނިޔާ ދާންފެށުމުން އަހާން ނޫނޭ ބުނެ ހާސްވެފައި ބައްދާލިއެވެ ” އަހާން ކިހިނެތްވީ ހާދަ ހާސްވީ ” ރާނިޔާ އަހާލިއެވެ. ” ރާނީ އަށްކަމެއްވެދާނެތީ ބިރުގަތީ ” ހަމަ އެހާ ލޯބިވޭތަ ؟”ރާނިޔާ އަހާލުމުން އަހާން ރާނިޔާ އިތުރަށް ބޮނޑިކޮށްލިއެވެ. ” އާން ވަރަށް ލޯބިވޭ ” އަހާން ބުނެލީ ރާނިޔާގެ ބޮލުގައި ބޮސްދިފައެވެ. ” އެކަމެއް ނޭގުން އަހަރެންގެ އެކްސް ބޯއިފްރެންޑް އައިމަ އޭނަޔަށް އަހަރެން ދީފައި ފިލީ ” ރާނިޔާ އަހާން އާ ދުރުވާން އުޅުނެވެ. ” “ދީފައެއް ނޫން އިނގޭ އައީ އަހަރެންގެ މީހެއްކަމުގެ ސިއްކަ ޖަހާފައި އައީ އެނޫނަސް ވަރަށް ޔަގީންކަން އޮތް ރާނީ ރާއިދުއާއެކީ ނުދާނެކަމުގެ ” އަހާން ފޮނިވެލިއެވެ. “ދެން އެހެން އަހަރެން ދޫކޮށްލާފަ ފިލައިފިނަމަ އައި ވިލް ކިލްޔޫ ” ރާނިޔާ އަހާންގެ ބުރަކަށީގައި ލޯބިން ޖަހާލިއެވެ. ” ” ރާނީ ހޮޑުލަވާ ވަރުބަލިވެ އެކަހަލަ އެއްވެސް ކަމެއްނުވޭތަ؟ ޔޫ ލުކް ސޯ ފިޓް ” އަހާން އަހާލިއެވެ. ” ޔޭސް ނުވޭ! މަންމިގެ ދޫނި ވަރަށް ބަސްއަހައޭ ދޯ ރާނިޔާ އޭނާގެ ބަނޑުގައި ފިރުމާލިއެވެ.

ފްލައިޓް ޖައްސާލައިގެން ބޭރަށް ނިކުތް އިރު ރާނިޔާމެން ބަލާ ވެހިކަލް އައިސް އޮތުމުން އަހާންވެސް އެޔަށް އެރިއެވެ. ފުރަތަމަ ދިޔައީ ރާނިޔާގެ އޮފީހަށެވެ. އެތަނުން ރާނިޔާ ނިމެންދެން އަހާން ރާނިޔާގެ ކެބިންގައި މަޑުކުރިއެވެ. އެތާ ހުރި ރާނިޔާގެ ކާމިޔާބީތައް ބަލަމުން ދިޔަވަރަކަށް އަހާން ފަހްރެވެރިކަން އިހްސާސްކުރެވެމުން ދިޔައެވެ. ” ހެލޯ ސާރ ! މޭމް ބުނުއްވީ ސާރ ވަރަށް ފޫހިވާނެކަމަށް އެހެންވީމާ ކުޑަކޮށް އެންޓާޓެއިން ކޮށްލަދޭށޭ! ” ދާރިންގެ ޖަވާބު އަހާފައި އަހާންއަށް ހެވުނެވެ. ” ކޮބާތަ މެޑަމް މިހާރު މިސްވާންވެސް ފަށައިފި ” އަހާންވެސް ބުނެލީ ލާނެތް ފާޑަކަށެވެ. އަހާން ދާރިން އާއެކީ ކޮފީ ބޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ” އޯހޯ ހީވަނީ ހަމަ އަހަރުތަކެއް ފަހުން ދެ ރަހްމަތްތެރިން ދިމާވެގެން އުޅޭހެން ދޯ ރާނިޔާ ދިމާކޮށްލިއެވެ. “މި ދައްކާނީ ދާރިންގެ ރާނިޔާގެ ވާހަކަ ދޯ ދާރިން ” އަހަރެން މީ މިހާރު ރާނިޔާ މޭމްގެ އެއްވެސް މީހެއް ނޫން ޕްރެގްވާހަކަވެސް އެ ބުނީ އަހާން ވީއްޔާ ދާރިން ޝަކުވާކޮށްލުމުން ރާނިޔާއަށް ހެވުނެވެ. “ދެން ދަނީ ދާރިން މާދަން ދެން އަންނާނީ އޮފީހަށް ” ރާނިޔާގެ ފަހަތުން ގޮސް އަހާންވެސް ނިކުތެވެ. “ކާރަކަށް ގުޅާމާ ދޯ ؟ ކޮބާ ފޮށިތައް” އަހާން އަހާލިއެވެ. ނޫނޭ އަރާ ޖިޕްގަ ދާނީ ފޮށިވެސް އަރުވައިފި ރާނިޔާ ސިފައިންގެ ޖިޕުގެ ޑްރައިވާރ ސީޓަށް އެރިއެވެ. އަހާން މަޑުން ހުރުމުން ރާނިޔާ ބަލާލިއެވެ ” ދެން ނާހާތި ދުއްވަން އިނގޭހޭ؟ ” ރާނިޔާ ހީލާފައި ބުނުމުން އަހާން އަށްވެސް ހެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…37

Next

ތެމި ވާރޭގައި ވީމޭ 9 & 10

Next
June 9, 2024

ތެމި ވާރޭގައި ވީމޭ 9 & 10

Previews
June 9, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…37

5 Comments!

  1. Zahira Hasan says:
    June 9, 2024 at 1:58 pm

    Reethi vaahaka

    1. Nadhoo Nadhoo says:
      June 10, 2024 at 10:20 am

      shukuriyya

  2. Cutie girl says:
    June 9, 2024 at 4:12 pm

    Mi part ves v reethi masha Allah
    Can’t wait for next part
    Keep it up.

    1. Nadhoo Nadhoo says:
      June 10, 2024 at 10:21 am

      thank you so much. maadhama submit kohlaanan thihaa kiyaahithun hureema

  3. Mrs.viaan says:
    June 11, 2024 at 9:21 pm

    Mi part vex varha reethi Masha Allah
    Can’t wait for next part kiyaalan

Comments are closed.

Next Episodeރާނިޔާ 9←


All Right Reserved!