Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނިޔާ 4

Nadhoo
Nadhoo Level 1
May 23, 2024 5 Mins Read
7 Comments

ގަޑިއެއްހާ އިރުން ރާނިޔާ ބަލާ އަހާން އައި އިރު ނިދާފަ އޮތް ރާނިޔާ ފެނުމުން އަހާންވެސް ރާނިޔާ އޮތް ފާރާތް ނޫން އަނެއް ފަރާތުގައި ޖައްސާލިއެވެ. އަހާން ވަރަށް ފަރުވާތެރި ކަމާއެކު ރާނިޔާއަށް ބަލާލިއެވެ. ރާނިޔާ ލޯކާރީގައި ހިކިފައި ހުރި ކަރުނަފެނުމުން އަހާންއަށް އުދަނގޫ ވިއެވެ. ރާނިޔާގެ އެއްވެސް ކުށެއްނެތި އަހާންއަށް ކަންތައްކުރެވުނު ގޮތުން ލަދުގަތެވެ. ނިދީގަ ރާނިޔާ އަހާންއާއި ކާރިވެލިއެވެ. ދުވަހަކުވެސް އަންހެން ކުއްޖަކާ އެއްވެސް ކަހަލަ ލޯބީގެ ގުޅުމެއް ބާއްވާފައި ނުވާ އަހާން އަށް އެކަމުން ކުރީ ވަރަށް ތަފާތު އިހްސާސެކެވެ. ރާނިޔާގެ މޫނަށް އެޅިފައިވާ އިސްތަށިކޮޅު އަހާން މަޑުމަޑުން ދުރުކޮށްލިއެވެ. އަދި ކަޅި ޖަހާނުލާ ރާނިޔާއާއި ދިމާލަށް ބަލަން އެހެން އެތައް އިރަކު އަހާންއަށް އޮވެވުނެވެ. ރާނިޔާގެ ފޯނު ރިންގުވާން ފެށުމުން ރާނިޔާއަށް ހޭލެވުނެވެ. ކައިރީގަ އޮތް އަހާން އާއި ދިމާލަށް ބަލާލެވުނެވެ. ރާނިޔާއަށް ފޯނު ނެގުނު އިރު ފޯނު ކެނޑިއްޖެއެވެ. “އަހާން ގޮވާލި ނަމަ 2 އެ ޖެހީ އަހަރެން ވަރަށް ގިނައިރުވެއްޖެ ދޯ ނިދާފައި މަންމަ އެ ގުޅާނީ އަހަރެންގެ ހަބަރެއް ނުވެގެން ހިނގާ އަވަހަށް ގެޔަށްދާން” ރާނިޔާ ތެދުވެ ހެދުން ރަގަޅުކޮށްލަމުން ބުނެލިއެވެ. ” ނިދާފައި އޮތް އަރާމުކަމުން ނުކެރުނީ ގޮވަން ” އަހާން ބުނެލިއެވެ. އެތައް ދުވަހެއް ފަހުން ބޮޑު އެނދެއް ލިބުނީމާ ނިދުނީ އޭ” ބުނެވުނު އެތި ރާނިޔާއަށް ވިސްނުނީ ބުނެވުނު ފަހުންނެވެ. ” ހިންގާ ކައިގެން ދޯ ގެޔަށް ދާނީ ރާނިޔާ ތިހިރީ ހެނދުނު ސާވެސް ނުބޮއެ މަންމައަށް ގުޅާލާނަން” އަހާން ފޯނުނަގާފައި އޭނާގެ މަންމައަށް ގުޅާލިއެވެ. ” މަންމާ ކިހިނެތް ވީ ރާނިޔާ އަށް ތި ގުޅީ؟ ” އަހާން އަހާލިއެވެ. ” 10 ޖެހިއިރު ދިޔަގޮތައް ހަބަރެއްނުވާތީ މިއަދު އެހާ ލަސްވަނީ ކިއްވެ ކަމެއް ގޯސްވީތަ؟ ޒުހުރާއަށް އަހާލެވުނެވެ. ” ނޫނޭ މަންމާ އަހަރެން އައީ ރާނިޔާ ގޮވައިގެން ހުޅުމާލެޔަށް ގެސްޓުހައުސް އަށް ކުޑަކަމަކު އަހަރެން ކުޑަކޮށް ބިޒިވުމުން ރާނިޔާ އަށް އަހަރެންގެ ކެބިން ރޫމުގައި ނިދުނީ ދެންމެ އެ ހޭލެވުނީ މަންމަ ގުޅީމަ އެބަދަން އަހަރެމެން ދާނީ ކައިގެން އިނގޭ މަންމާ ” އަހާންގެ ވާހަކަ އަހާފައި ޒުހުރާ އުފާވީ އެހާ ގިނައިރު ދެމީހުން އެކީގާ ތިބީމައެވެ. ” ހިންގާ މިތާ ރެސްޓޯރެންޓަށް ކާން ދާން އަހަރެންވެސް ވަރަށް ހައި އަހާން ބަނޑުގައި އަތް ހާކާލިއެވެ. ފާހާނާޔަށް ވަދެލާފައި ދެމީހުންވެސް ގޮސް ޓެރަސްގައި ހުރި ރެސްޓޯރެންޓްގެ ބުފޭ ކާރީ މަޑުކޮށްލިއެވެ. ” ކޯޗެއް ކާނީ” އަހާން އަހާލީ ރާނިޔާ ކާރިންނެވެ. ޗިކަން ރައިސް ރާނިޔާ އަވަހަށް ޖަވާބުދިނެވެ. “ރާނިޔާ ގޮސް އެތާ އިންނާނެ އަހާން ޖަހާފައި އިން ޓެބަލް އެއެއް އެތާ އިށީނދެލާ! ” އަހާން ބުނުމުން ރާނިޔާ ގޮސް އިށީނދެ އަހާން ކާއެއްޗިހި އަޅަމުން ދިޔަ މަންޒަރު ބަލަން ހުއްޓެވެ. އަހާންގެ ފަހަތުން ވޭޓަރު ކުއްޖަކު ވެސް އައެވެ އޭނާ އައީ ޕާސްތާ ހިފައިގެންނެވެ. އަހާން ރާނިޔާ ކުރިމަތީ ތަށި ބަހައްޓަފައި އިށީނެވެ. ވޭޓަރު އަހާންގެ ތަށި ބަހައްޓާލަ ދިނެވެ. ” ޑްރިންކްސް ؟” ވޭޓަރު އަހާލިއެވެ. “ބްލެކްޓީ” ދެމީހުންނަށް ވެސް ބުނެވުނީ އެކު އެކީގައެވެ. ވޭޓަރު ހީލާފައި ދިޔައެވެ. ކައިނިމިގެން ދެމީހުން ގެޔަށް ދާން ކާރު ކާއިރިޔަށް ދެވުނުތަނާ މީހާކު ގޮވާލުމުން އަހާން ފަހަތައް ބަލާލިއެވެ. ” ޒާއިލް! ހޭ ކޮންއިރަކު މާލެ އައީ؟ އަހާން އުފަލުން ބައްދާލާފައި އެހިއެވެ. ރޭގަ އައީ  ޒާއިލް ޖަވާބުދިނެވެ. ” ޒާއިލް މީޓް މައި ވައިފް ” އަހާންގެ ދުލުން ފުރަތަމަ ފަހަރަށް ވައިފް އޭ ބުނުމުން ރާނިޔާއަށް ކުރެވުނީ ވަރަށް އެހެން ކަހަލަ އިހްސާސެކެވެ. ” ހާއި ރާނިޔާ އަހަރެމެންގެ ހީރޯއިން އެއްނު ހަނދާންވޭތަ އެދުވަހު ހޭނެތިފައި އޮތް މީހަކު ސަލާމަތް ކުރީމެއް ނު އެއީ އަހަރެންގެ ބައްޕަ އެތާ ސުޕަވެއިޒާރ އަކަށް އުޅުނީ ތެންކިޔު ރާނިޔާ ފޯ ސޭވިން ހިޒް ލައިފް” ޒާއިލް ބުނެލިއެވެ. ” ނޫން ޒާއިލް އަހަރެންނަށް ޝުކުރު އަދާ ނުކުރޭ އަހަރެން އަދާކުރީ އަހަރެންގެ ވާޖިބް” ރާނިޔާ ހީލާފައި ބުނެލިއެވެ. ފަހުން ގުޅާނަން ދެން ދަނީ ޒާއިލް ދިޔުމުން އަހާން ވެސް ރާނިޔާ އަރަން ދޮރު ހުޅުވާލަ ދިނުމަށް ފަހު ގޮސް ކާރަށް އެރިއެވެ. ދަތުރުމަތީގައި ދެމީހުން ވާހަކައެއް ނުދައްކައެވެ. ” މަންމާ” ރާނިޔާ ގެޔަށް ވަދެ ގޮވާލިއެވެ. ” ކީކޭ ޑޮކްޓަރ ބުނީ ޒުހުރާ އަހާލީ ރާނިޔާ އާއެކީ ސޯފާގައި އިށީންނަމުންނެވެ. ” މަންމާ ދެން ރާނިޔާ ގޭގަ ކަސްރަތު ކުރާނީ އަދި ކޮންމެ ދުވަހަކު މޫދަށްވެސް ދާންވާނެ އޭރުން އަވަހަށް ރެޒަލްޓް ފެންނާނެ ކަމަށް ޑޮކަޓަރު ބުނީ އަހަރެން މިދަނީ ދެން ފެން ވަރާ ނަމާދުކޮށްލަން ރާނިޔާވެސް އަވަހަށް ދެން ނަމާދުކޮށްލާތި އިނގޭ” އަހާން ދިޔުމުން ޒުހުރާއަށް ބަލަން ހުރެވުނެވެ. ” ދަރިފުޅާ ރާނިޔާ މަންމަގެ އަހާން އަށް ކީއްވެފަ އެހެރީ” ޒުހުރާ އަހާލިއެވެ. ” މަންމާ އަހަރެންނަކަށް ވެސް ނޭންގޭ އެކަމަކު މިއަދު ވަރަށް ނައިސް ކޮށް އުޅުނީ ހުރިހާ ވަހަކައެއް ކިޔާ ދިނުމުން ޒުހުރާ ވަރަށް އުފާވިއެވެ.

ރާނިޔާއަށް ހޭލެވުނީ އަހާން ގޮވީމައެވެ. ” ފަތިސް ނަމާދުކޮށްގެން ހިނގާމޫދަށް ދާން “އަހާން ބުނެލުމުން ރާނިޔާ އަވަހަށް އަބަދުވެސް ނަމާދުކުރަން އިށީންނަ ގޮޑީގައި އިށީނދެ ނަމާދުކޮށްލައިގެން ރެޑީވިއެވެ. އަހާން ރާނިޔާ ގޮވައިގެން ދިޔައީ ސައިކަލުގައެވެ. ރާޅު ޖަހާ ހިސާބުގައި ރާނިޔާ މަޑުމަޑުން އިށީނީ އަހާންގެ އެހީ އާ އެކުއެވެ. އަހާން ރާނިޔާއަށް ކުރަން ވީ ކަސްރަތު ތައް ބުނެދިނެވެ އަދި ރާނިޔާގެ ފައި މަސާޖްވެސް ކޮށްދިނެވެ. ” ރާނިޔާ ފަތަން އެނގޭތަ އަހާން އަހާލުމުން ރާނިޔާ އަށް ހެވުނެވެ. ” މަޖާ އެއްޗެއްތަ މި އަހާލެވުނީ؟” އަހާން އަހާލިއެވެ. ” އަހަރެން މީ އެތަށްފަހަރަކު ކަޑަށް ފުންމާފައި ހުރި މީހެއް ދެން ފަތަން ނޭންގި ހުރެދާނެތަ ” ރާނިޔާ އަށް ބުނެވުނީ ވެސް ހެވިލާފައެވެ. ” އޯ ހަނދާން ނެތުނީ އޭ ލެފްޓިނެންޓް ކާނަލް ރާނިޔާކަން ” އަހާންވެސް ހީލިއެވެ.

މައްސަރެއް ފާއިތުވެގެން ދިޔައިރު ރާނިޔާއަށް އަސާޔާ ނުލާ ހިނގެންފެށިއެވެ. ނަމަވެސް އަދިވެސް މުޅިން ރަގަޅު ނުވާތީ ކުޑަކޮށް ކޮރެއް ޖަހާފައި ނޫނީ ނުހިނަގެއެވެ. ފާއިތުވެގެން ދިޔަ އެއްމަސް ތެރޭ އަހާން އާއި ރާނިޔާގެ ދެމެދުގައި އެކުވެރިކަން އުފެދިގެން ދިޔައެވެ،އަހާންއަށް ކުރެވުނު ހުރިހާކަމެއް ރާނިޔާ ގެ ފައި ރަގަޅު ކުރުމަށް ކުރަމުން ދިޔައެވެ. ” ރާނިޔާ ވާހަކައެއް ބުނެލަން ތަ؟” އަހާން އައިސް އަހާލިއެވެ. ” ރާނިޔާ ބޭނުން ނަމަ އެނދުގައި ނިދިޔަސް އަހަރެންގެ ނެތް މައްސަލައެއް ” ރިއަލީ؟ ” ރާނިޔާއަށް އުފަލުން އަހާލެވުނެވެ. ” އަހާން ބޯ ޖަހާލިއެވެ ” ރާނިޔާ ކީއްވެ ތިހާ ރަގަޅީ؟ އަހަރެން އެހާ ގޯސް ކޮށް ކަންތައް ކުރި އިރުވެސް ދުވަހަކުވެސް އަހަރެންނާ ދިމާލަކަށް އެއްޗެކޭ ނުބުނަމެއްނު އެ ވެސް ރާނިޔާގެ އެއްވެސް ކުށެއް ނެތި ރާނިޔާ ގެ އެއްވެސް ހަގީގަތެއް ނޭންގިހުރެ އެހުރިހާކަމަކަށް އަހަރެން ރާނިޔާގެ ކިބައިން މާފަށް އެދެން އައި އެމް ވެރީ ސޮރީ މަންމަ ގެ ކުށްވެސް ރާނިޔާގެ ބޮލަށް ލައިގެން ހުރީ އަހަރެން މަންމަ އާއި ދުރުވެދާނެތީ ” އަހާންގެ ފަހު ޖުމްލަ އަހާފައި ރާނިޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އަހާން އަށް އިނގޭތަ އެކަން ؟ ރާނިޔާއަށް އަހާލެވުނެވެ. “އާނ ރާނިޔާ އަހަރެންނަށް އިނގޭ މަންމަ ކަން އަހަރެންނަށް ރާނިޔާގެ ހާލަތު ސިއްރުކުރީ އެކަމަކު މިހާރު ނެތް އެއްވެސް ޝަކުވާއެއް އެކަމަކު އަދިވެސް ރާނިޔާގެ ދިރިއުޅުމުގައި އަހަރެންނަށް ނޭންގޭ ކަންތައް އެބަހުރި އަހަރެން ބޭނުން އެގެން ރާނިޔާ އަހަރެންނަށް ކިޔާ ދޭނަންތަ؟ އަހާން އަހާލީ ރާނިޔާގެ ދެލޮލަށް ބަލާލަމުންނެވެ. ” ތިބުނީ ކޮން ވާހަކައެއްތަ؟ ރާނިޔާ ހައިރާންވެގެން އަހާލިއެވެ. ” މިބުނީ ރާނިޔާގެ ދިރިއުޅުމުގައި އެހެން މީހަކު ހުރިއެއްނު ސާފުކޮށް ބުނާނަމަ ބޯއިފްރެންޑެއް ” އަހާން އަހާލީ މަޑުމަޑުންނެވެ. ” އާން ހުރި އެކަމަކު އަހަރެން މީ ނުކުޅެދޭ މީހަކަށް ވުމުން ދޫކޮށްލާފަ ދިޔައީ އަހަރެން އަސްލު އެވާހަކަ ދައްކާކަށް ބޭނުމެއް ނޫން އެއީ ނިމިފައި އޮތްކަމެއް ” ބަޓް ޔޫ ސްޓިލް މިސް ހިމް އެއް ނު” އަހާން އަނެއްކާވެސް ބުނެލިއެވެ. “ނޫން އަހާން އަހަރެން މިހާރު ނުވޭ ހަނދާނެއް އޭނާ މަތިން އެކަމަކު ވަރަށް މިސްވި ދުވަސްކޮޅެއްވެސް ދިޔަ އެކަމަކު މަޑުމަޑުން ހަނދާންނެތިގެން ” ރާނިޔާ ބުނެލީ ފުން ނޭވާއެއް ދުކޮށްލާފައެވެ. ” ބަޓް ސްޓިލް ރާނިޔާގެ ފޭސްބުކް އެން އިންސްޓާރ ގަ އެބަހުއްޓެއްނު އަތުގުޅުވާލާފައިވާ ތި ދެމީހުންގެ އަތުގެ ފޮޓޯ ތައް މިސް ޔޫ ޖަހާފައި ހުރި ” އަހާން ބުނި އެއްޗަކުން ރާނިޔާ އަށް އަހާން އާއި ދިމާލަށް ބަލާލެވުނެވެ. ” އަހާން އަހަރެންގެ ފޭސްބުކް ހޭވީ ދޯ؟ ރާނިޔާ އަހާލުމުން އަހާން އިސް ޖަހާލިއެވެ. ރާނިޔާ ލެޕްހިފައިގެން އައިސް އެ ފޮޓޯ ޑިލީޓްކޮށްލިއެވެ. ” އަހާން އެއީ އަހަރެން އެ ހާދިސާއަށް ފަހު ހޭ އަރައިގެން ހަފްތާއެއްހާ ދުވަސްފަހުން ކުރި ޕޯސްޓެއް ބަޓް އޭރުވެސް އޭނަ ހުރީ އަހަރެން ހުރިހާ ސޯޝަލް މީޑިޔާ އެކައުންޓަކުން ބްލޮކްކޮށްފައި، ބައިދަވޭ މިސްޓަރ ހަޒްބެންޑް ހަމަ އެކަނީ އެފް ބީ ހޭވީ ދޯ ނުކެރުނެއްނު ފްރެންޑް ރިކުއެސްޓެއް ފޮނުވާކަށްވެސް ރާނިޔާ އަހާން އާއި ދިމާކޮށްލިއެވެ. ” އެކްސެޕްޓް ކުރާނެހެން ހީ ނުވާތީ ނުކެރުނީ؟ އަހާން ބުނެލީ ލަދުންނެވެ. ” އޯ ރިއަލީ އަހަރެންގެ ލައިފްގަ ވެސް އަހާން އެކްސެޕްޓް ކޮށްގެން މިހިރީ ދެން ކީއްވެ ނުކުރަން ވީ ރާނިޔާއަށް އެހެން ބުނެވުނުތަނާ ހެން އަހާން އޭނާގެ ފޯނު ނަގާފައި ރިކުއެސްޓު ފޮނުވާލިއެވެ. ރާނިޔާ ވަގުތުން އެކްސެޕްޓްކޮށްލާފައި ރިލޭޝަންޝިޕް ސްޓޭޓަސްވެސް މެރިޑް ޖަހާ ޗޭންޖްކޮށް އަހާން އަށް ޓެގް ކޮށްލިއެވެ. ” އަހާން ރާނިޔާއަށް ބަލާފައި އަހާން ހީލިއެވެ. ” އަހާން މާދަމާ މަންމަ އެބަ އާދޭ މާލެ އަހާން ދާނަންތަ މަންމަ ވަރަށް އުފާވާނެ ރާނިޔާ އަހާލުމުން އަހާން ބޯ ޖަހާލިއެވެ. ރާނިޔާ ގޮސް އެނދުގައި އޮށޯތެވެ. އަހާންވެސް އަނެއްފަރާތުގައި އައިސް އޮށޯތެވެ.

އާދައިގެ މަތިން މިއަދުވެސް ރާނިޔާ އަހާން އަށް އޮފީހަށްލާން ހެދުމެއް ނަގާފައި އިނެވެ. އަހާން ފުރަތަމަ ފަހަރަށް ރާނިޔާ ނަގާފައި އިން ގަމީހާއި ފަޓްލުނު ލައިގެން އޮފީހަށްދާން ރެޑީ ވެގެން ބޭރަށް ދިޔައެވެ. އަހާން ފެނުމުން ރާނިޔާ އުފާވީ އޭނާ ނެގި ހެދުން ލައިގެން އައުމުންނެވެ.

” ރާނިޔާ ކޮން އިރަކުތަ މަންމަ އަންނަނީ ؟” އަހާން އަހާލިއެވެ. ” ރާނިޔާ އަގަމަތީ އަތް ޝަހާދަތް އިނގިލި އަޅާ ޝްޝް އޭ ބުނެލިއެވެ. މަންމަ ބުނީ އަހާންގެ މަންމަކާރީ ނުބުނައްޗޭ ސަޕްރައިޒެކޭ! 0430 ގައި އިނީ ޖައްސަން ރާނިޔާ ބުނެލީ ވަރަށް ސިއްރުންނެވެ. ” އޯ ކޭ އަހަރެން އަންނާނަން ބަލާ ރެޑިވެގެން ހުންނާތި 4 އިން ރާނިޔާ އާއެކޭ ބުނެލުމުން އަހާން ނިކުމެގެން ދިޔައެވެ.

ރާނިޔާގެ މަންމައަށް ކުޑަކޮރެއް ޖަހަމުން ނަމަވެސް ރާނިޔާ އަސާނުލާ ހިންގާތީ ފެނުމުން އުފަލުން ރޮވުނެވެ. ރާނިޔާއަށްވެސް ވީ އެވަރެވެ. ކާރު ގޮސް އަހާންމެންގެޔަށް މަޑުކޮށްލާފައި އަމީނާ ބެލް އަޅާލިއެވެ. ދޮރު ހުޅުވާލި ޒުހުރާއަށް އަމީނާ ފެނުމުން އުފަލުން އެކުވެރިޔާ ގެ ގައިގަ ބައްދާލިއެވެ. ނުވެސް ބުނެއޭ ތި އައީ ހިނގާ އަވަހަށް ސާ ބޯން ” ޒުހުރާ ބުނެލިއެވެ. އެރޭ 9 ވެސް ޖެހިފަހުން އަމީނާ ގެޔަށްލާފައި އަންނަމުން ރާނިޔާ ކުރުނބާ ބޯން ބޭނުންވެގެން ގާޑިޔާ އެއްކާރިޔަށް އަހާން މަޑުކުރިއެވެ. ރާނިޔާވެސް ފަހަތުން ފޭބިއެވެ. އާހާން ހިންގާ އަވަހަށް ގަނެގެން ކާރަށް އަރަން ދާން ވާރޭވެސް ވެހެން އެފެށީ ކުރުނބާ ހިފައިގެން ކާރާ ދިމާލަށް ދާން އެނބުރުނު ރާނިޔާގެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތީ ހުރި މީހާކު ފެނުމުންނެވެ. ރާނިޔާގެ އަތުން ކުރުނބާވެސް ވެއްޓުނެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…31

Next

ކުށަކީ ކޮބާ – 27

Next
May 26, 2024

ކުށަކީ ކޮބާ – 27

Previews
May 23, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ…31

7 Comments!

  1. RIFSHA says:
    May 23, 2024 at 9:15 am

    Wooww
    Kaakubaa e fenuny.
    Nadhoo hama Rifoo curious kohlaafa ey dho thi ninmaali.
    Anyway story varah reethi Masha Allah
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    Love you so much darling 💋

    1. Nadhoo Nadhoo says:
      May 26, 2024 at 12:14 pm

      love you too Rifoo,
      kaakukan engeyne varah avaha….. miadhu submit kohlaanan

  2. Lily says:
    May 23, 2024 at 9:50 am

    Heyy nadhooo
    Masha Allah Mi vahaka vrh reethi💓 But there is some mistakess ingeyy.. Rangalhu kohleeema adhi vakin furihama vaane..
    ލިޔާއިރު އިންނާނީ ސާ ބޯން އެގޮތަކަށް ނޫން އިނގޭ.. ސައި ބޯން މި ގޮތަށް… ނޫނީ ވެދާނެ ނަދޫ މެން ކިޔާ އުޅޭ ގޮތް ކަމަށް ވެސް އެއީ.. ދެން ލިލީ އާށް ފާހަގަވި ހުސް ނޫނު ހުންނަން ޖެހޭ ބައެއް ތަންތަނުގައި ނޫނު ސުކުން ބޭނުން ކޮށްފައި ހުރިކަން.. ދެން އެބަހުރި ޑައިލޮގު ފެށޭތަނުގައި ކޮމާ ޖަހާފައި ނިމޭ އިރު ނުޖަހަ😭 އުންމީދު ކުރަން ރަނގަޅު ކޮށްލާނެ ކަމަށް
    Kon irakun next episode kiyaalan libeynii??

    1. Nadhoo Nadhoo says:
      May 23, 2024 at 12:26 pm

      thank you for the comment varah ufaavey thihen bunela dhineethi. ragalhu kohlaanan sunday ga up veytho will try school feshey dhuvas kolhu veema varah buxy

  3. Mrs.viaan says:
    May 23, 2024 at 10:43 am

    Hi my dear nadhoo
    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama
    Lysm nadhoo

    1. Nadhoo Nadhoo says:
      May 23, 2024 at 12:27 pm

      sunday ga up koh leveytho balaanan

  4. sajuu says:
    May 24, 2024 at 9:07 pm

    this part is vry nice… waitin 4 the nxt prt

Comments are closed.

Next Episodeރާނިޔާ 5←


All Right Reserved!