ރާނިޔާ 6
އަހާން ފޯނު ކަނޑާލުމުން ދެވަނަ ފަހަރަށް ގުޅަން ރާނިޔާ އަކަށް ނުކެރުނެވެ. އަހާން ފޯނު ކަނޑާލާފައި ގެއައް ދިޔައެވެ. މޭޒު ކާރިގައި ކޮފީއެއް ގިރަން އިން ރާނިޔާގެ ކުރި މަތީގައި އަހާން ގޮސް އިށީނެވެ. ހުދުކުލައިގެ ކުރުތާ އަކާ ކަޅު ޖިންސެއްލައިގެން އިން ރާނިޔާގެ ފަން އިސްތަށި ގަނޑު ވީ މިނިވަން ކަމާ އެކު ދޫކޮށްލާފައެވެ. ނުބަލަން އުޅުނަސް އަހާން އަށް ބެލެނީ އެވެ. ރާނިޔާ މަޑުމަޑުން ގޮސް އަހާންގެ ކާރީގައި ހުއްޓުނެވެ. ” ހާދާ އުޑުމަތި ބަނައޭ! ރާނިޔާ އަހާންގެ އަތުގައި ހިފާލިއެވެ. އަހާން އަތް ފޮޅުވާލިއެވެ. ” އަހަރެން މަޖަލަކަށޭ އެހެން ބުނީ އެ ނޫނަސް އެއީ ހަގީގަތެއްނު ” ރާނިޔާ ބުނެލިއެވެ. ” އަހަރެން ސޮރީ ބުނީމެއްނު ދެން ކީއްވެ އެ ވާހަކަ ތި ދައްކަނީ ” އަހާން ބުނެލީ ހިތްހަމަ ނުޖެހިފައެވެ. ” އައި ހޭޓް ތިހެން ފުއްޕާހަމެއްހެން ފުއްޕާފަ ހުންނަ އަހާން ދެކެ ރާނިޔާ ގޮސް އަނެއްކާވެސް ކޮފީ ގިރަން ފެށިއެވެ. އަހާން ތެދުވެގެން ގޮސް ރާނިޔާގެ ފުރަގަހުން ބައްދާލިއެވެ. ބަދިގެޔަށް ވަންނަން އައި ޒުހުރާ އަށް ފެނުނު މަންޒަރުން ހުއްޓުން އެރިއެވެ. އަވަހަށް ފޯނު ނަގާ އެ ދެމީހުންގެ ރީތި ފޮޓޯ އެއް ނަގާ އަމީނާއަށް ފޮނުވަން އަވަސްވެގަތެވެ. ” ރާނިޔާ ވަޓް އެބައުޓް ދިސް އަހާން ؟ އަހާން ރާނިޔާގެ ކޮލުގައި ބޮސް ދިނެވެ. ރާނިޔާ ހީލާފައި އެނބުރި އަހާންގެ ގައިގަ ބައްދާލިއެވެ. ޒުހުރާ ނިކަން ބާރަކަށް ބަދިގެޔަށް ވަދެ ކަރިކެހިލީމާ ދެމީހުން އަވަހަށް ދުރުވެލިއެވެ. ” މީ ދޯ ކޮފީ ތަށި މިހާ ލަސްވާ ކަމަކީ؟” ޒުހުރާ ބުނެލީ ލާނެތް ފާޑަކަށް ހީލާފައެވެ. ” އަހާން މީ އޮފިސް ގަޑިއެއްނު މި ގަޑީގަ ގޭގަ ކީއްކުރަނީ” ޒުހުރާ ދެންވެސް ދިމާކޮށްލިއެވެ. ” މަންމާ އަ އަ އާއާ ” އަހާން އަށް ބުނެވުނީ އެހެންނެވެ. ” ދަރިފުޅު މިހާރު އާ ގަންނަން ވެސް ފެށީތަ ދެންވެސް ޒުހުރާ ދިމާކޮށްލިއެވެ. އަހާން ބާރުބާރަށް ގޮސް އެތަނުން ނިކުތެވެ. ރާނިޔާ ކޮފީތަށި ގިރާފައި މޭޒު މަތި ބެހެއްޓިއެވެ. ” ދަރިފުޅާ ނުވެސް ބުނަމެއްނު ކޮން އިރަކުތަ މަގޭ އަހާން އަތުއަޅުވާލީ އަމިއްލަ ލޮލުން ނުފެނުނު ނަމަ ގަބޫލުވެސް ނުކުރެވުނީސް” ޒުހުރާ އެހެން ބުނެލުމުން ރާނިޔާ ގޮސް ޒުހުރާގެ ގައިގަ ބައްދާލިއެވެ.
ޒުހުރާ ފޮނުވި ފޮޓޯފެނުމުން އަމީނާގެ ހިތް އުފަލުން ނަށައިގަތެވެ. އެތައް ދުވަހަކަށްފަހު ރާނިޔާގެ ހިނިތުންވުން އަނބުރާ އައުމުން އުފާވެރި ކަމުގެ ކަރުނުން އަމީނާގެ ލޯ ތެމިގެން ދިޔައެވެ. އޭނާގެ ދަރިފުޅު އަބަދު އުފަލުގައި ލެއްވުން އެދި ދުއާކޮށްލެވުނެވެ.
ރާނިޔާ ގެ އިންތިޒާރުގައި އިން އަހާން އަށް ވަދެގެން އައި ރާނިޔާ ފެނުމުން ދުރުގައެއް ނުހުރެވުނެވެ. ގޮސް ރާނިޔާ އުރާލިއެވެ. އެކަކު އަނެކަކުގެ އަތުތެރޭގައި ދެމީހުން އެތައް އިރަކު އެހެން ތިއްބެވެ.
ދުވަހަކީ ހުކުރު ދުވަސްކަމުން ރާނިޔާ ކެއްކުމަށް ތައްޔާރުވަމުން ދިޔައެވެ. ބެލް ޖަހާލުމުން ދޮރު ހުޅުވި ޒުހުރާގެ ދެ ލޯ ބޮޑުވެގެން ދިޔައީ ދޮރުމަތީ ތިބި މީހުން ފެނިފައެވެ. ޒުހުރާ ވަންނަން ދައުވަތު ދިނުމުން އެމީހުން ވަދެގެން އައެވެ. އެމީހުން ފެނިފައި ސިޓިން ރޫމަށް ވަން އަހާން އާއި ރާނިޔާގެ ހިތްހަމަނުޖެހުނެވެ. ” ދަރިފުޅާ ރާނިޔާ! ދައްތައަށް މާފުކުރޭ ކުއްވެރިޔަކީ ދައްތަ ރާއިދުގެ އެއްވެސް ކުށެއްނެތް ދަރިފުޅުގެ އެ ހާދިސާގެ އަޑު އިވުމުން ރާއިދުއަށް ޝޮކެއް ޖެހިގެން އެޑްމިޓްކުރި ރާއިދު ހޭ އެރީ 3 ދުވަސް ފަހުން އަދި ދަރިފުޅުގެ ހާލު ރަގަޅު ނުވާކަން ވިޔަސް ވާނީ ނުކުޅޭދޭ މީހަކަށް ކަން އެނގުމުން ދައްތަ ރާއިދު ހޭ އެރުމުން ބުނިން ރާނިޔާ މަރުވެގެން ވަޅުލައިފިޔޭ! އަދި ހުރިހާ ސޯސަލް މީޑިޔާ އެއްޗަކުން ބްލޮކް ކުރުމަށްފަހު ރާއިދުގެ ފޯނުވެސް ދައްތަ ހަލާކުކުރިން ބޭނުން ނުވީ ހުރި އެންމެ ދަރި ނުކުޅެދޭ މީހަކާ އެކީ އުޅޭކަށެއް އަހަރެމެން ދިރިއުޅުން ލަންޑަނަށް ބަދަލުކުރިން ނަމަވެސް ރާއިދު ގެ ދިރިއުޅުމުގެ އަނދިރިކަން ފިލާ ގޮތެއްނުވި އޭނާ ރަގަޅަށް ކަނީއެއް ނޫން ނިދަނީ އެއް ވެސް ނޫން ހުސް ރުއިން ކަމަކީ އަބަދުވެސް ރާއިދުގެ ހިތް ބުނަމުން ދިޔައީ ރާނިޔާ މަރުނުވާކަމަށް ރާނިޔާގެ ހަނދާން ތައްވަނީ މާލޭގައި ކަމުން މާލެ އަންނަން ބޭނުންވީ މިދިޔަ ހަފްތާގައި އަހަރެމެން މާލެ އައީ އައިސް ކޮންމެސް ގޮތަކުން ރާއިދުއަށް އެނގުނީ ރާނިޔާ ދުނޔޭގައި ހުރިކަން އިއްޔެ ރާނިޔާ ފެނިއްޖެ ވެސްމެ މިއަދު އަހަރެންގެ ދަރިފުޅު އަހަރެންދެކެ ވަރަށް ރުޅިން އެހެރީ އެހެންވެ ހަގީގަތް ކިޔާ ދޭން މި އައީ ” ސަކީނާގެ ވާހަކަ އަޑު އަހަމުން ދިޔައިރު އެންމެންގެ ލޮލުންވެސް ކަރުނަ އަންނަމުން ދިޔައެވެ. ރާނިޔާގެ ގިސްލުމުގެ އަޑު މުޅި ތަނުގައި ގުގުމާލިއެވެ. ” ރާއިދު! ސޮރީ ހަގީގަތް ނޭގި އަހަރެން ރާއިދު ގެ މޫނުމަތީ ޖެހުނީތީ އެކަމަކު މިހާރު އަހަރެންނަށް ކޮށްދެވޭނެ ކަމެއް ނެތް ވަގުތު ފާއިތު ވެއްޖެ އަހަރެން މީ މިހާރު އަހާންގެ ވައިފް ” ރާނިޔާ ރޮމުން ރޮމުން ބުނެލިއެވެ. ” ނޫން! ރާޔާ ތިހެން ނުބުނޭ އަހަރެންނަށް އެނގޭ ތި އުޅޭނީ އުފަލުގައި ނޫންކަން ލޯބިން ކުރި ކައިވެންޏެއް ނޫންކަންވެސް އިނގޭ ! އަހަރެން އަދިވެސް ވަރަށް ލޯބިވޭ ރާޔާ ދެކެ މުޅި އުމުރަށްވެސް ލޯބިން ގެންގުޅޭނަން ހިންގާ މަށާ އެކީ އަހަރެމެން މެރީ ކުރާނީ ޕްލީޒް ރާޔާ ރާއިދު ރޮމުން އާދޭސް ކުރަމުން ދިޔައެވެ. ” ސަކީނާ ފެނޭތަ ކަލޭގެ ނުބައި ނުލަފާކަމުން ކަލޭގެ ދަރި ހަލާކުވެގެން ދާތަން ” ޒުހުރާއަށް ބާރަށް ބުނެވުނެވެ. ” ރާޔާ ނުބުންޏަސް އިނގޭ ރާޔާ ވެސް އަހަރެންދެކެ އަދިވެސް ލޯބިވާކަން އެއީ އެހާ ފަސޭހައިން ރާޔާ އަކަށް އަހަރެންނާ ވަކިން ނޫޅޭވޭނެތީ ދުވަހަކުވެސް ތި ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަ ނުދޭނަން ހިންގާބަލަ ވަރިވެގެން އަހާން ލޯތްބެއްވެސް ނުވެއެއް ރާޔާ ދެކެ އެއް!” ރާއިދުގެ ޖުމްލައިން އަހާން އަށް އިހްސާސްކުރެވުނީ އަހާން އަކީ ދެލޯބިވެރިންގެ ދެމެދުގައި ހުރި ހުރަހަކަށް ވެވުނު ކަމެވެ ” ނޫން! ރާއި ހިތްވަރު ކުރޭ މީ އަހަރެމެންގެ ތަގުދީރުގަ ހުރި ގޮތް އަހަރެން ބޭނުމެއް ނޫން ދެން އަހާންއާ ވަކިވާކަށް އަހާން އަކީ ގޯސް މީހެއް ނޫން ރާއީ ދެން ދޭ މިކަން މި ހިސާބުން މި ނިމުނީ އަހަރެންގެ ހިތުން ރުހުމުން ރާއީ އަށް އަދި ރާއީގެ މަންމައަށްވެސް މާފުކޮށްފިން ” ރާނިޔާ ތެދުވެގެން ގޮސް އަހާންގެ ކާއިރީގައި މަޑުކޮށްލާފައި އަހާންގެ އަތުގައި ހިފާލިއެވެ. ” ނޫން ނޫން އަހަރެން ރާނިޔާ ކޮންމެ ގޮތަކުންވިޔަސް ހާސިލްކުރާނަން ތީ ހަމަ އެކަނި އަހަރެންގެ މީހެއް ރާއިދު ހަޅޭލަވައިގަތެވެ. ރާނިޔާ ހޯދަން ކުރެވެން ހުރި ހުރިހާކަމެއް އަހަރެން ކުރާނަން! އަހާން ކަލެޔަށް ޖެހޭނީ މަގޭ ރާޔާ މަށަށް ދޭން އެހެން ނޫނީ ކަލޭ މަރާލަންވެސް ފަހެއް ނުޖެހޭނަން ” ރާއިދުގެ ފަހު ޖުމްލަ އަހާފައި ރާނިޔާގެ ރުޅިގަނޑު ފަޅާއިގެން ދިޔައެވެ. ” ހަމަ މިހާރު މިގެއިން ނިކުމޭ އަހާން ކުރީ ކޮންކުށެއް ކުށް ކުރީ ރާއިދުގެ މަންމަ ރާއިދު މިހާރު ތިހިރީ ހަމަ ހެޔަކު ނޫން ހެން ހީވަނީ އަދިވެސް ހުރީތަ ؟ ” ރާނިޔާ ރާއިދުގެ އަތުގައި ހިފާ އެގެއިން ބޭރުކުރިއެވެ. ސަކީނާވެސް ރާއިދުގެ ފަހަތުން ނިކުމެގެން ދިޔައެވެ. ” ރާނިޔާ ގޮސް ކޮޓަރިޔަށް ވަދެ ބާރަށް ރޯންފެށިއެވެ. އަހާންއަށް ރާނިޔާ ކާރިޔަށްވެސް ދާކަށް ނުކެރުނެވެ. ރާނިޔާއަށް އަހާން ފެނުމާއެކު ގޮސް ބާރަށް އަހާންގެ ގައިގަ ބައްދާލިއެވެ. އަހާންއަށް ރާނިޔާ އޭނާގެ މެޔާލާބޮނޑިކޮށްލެވުނެވެ. ރާނިޔާއަށް ވިސްނުނު އެއްޗަކީ ރާނިޔާއަށް އަހާންގެ އަތުގެ ހިމާޔަތް ލިބުމުން ހުރިހާ ހިތާމައެއް ފިލާދާކަމެވެ. ރާއިދުއަށް ވުރެ މާ ބޮޑަށް އަހާން ހާއްސަވެއްޖެކަމެވެ. އަހާން މަރާލާނަމޭ ބުނުމުން ރާނިޔާގެ ހިތަށް ތަދުވިކަން އިހްސާސްވުމުން ކުރިޔަށްވުރެންވެސް ބާރަށް ރާނިޔާ އަހާންގެ ގައިގަ ބައްދާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Reethi
Story vrh reethi maasha allah.. When’s the next part?
Thank you. 7 vana bai miadhu submit kohfin
Vv reeth