Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނިޔާ 2

Nadhoo
Nadhoo Level 1
May 9, 2024 4 Mins Read
8 Comments

ޑްރެސިންޓޭބަލް ކުރިމަތީ އިށީނދެއިނދެ ހުރެ ބޮލުގައި ޖަހާފައިވާ ހުރިހާ އެއްޗެއްނަގާ ރާނިޔާ އިސްތަށިގަނޑު މިނިވަންކޮށްލިއެވެ. ” އަހާން ދެން ދޭބަލަ ހެދުން ބަދަލުކޮށްގެން އަންނަން” ރާނިޔާގެ އަޑު އިވުމުން އަހާންގެ ރުޅި ގަދަވިއެވެ. އަހަރެން ގެ ކަންތަކާ ރާނިޔާ ނުޖެހޭނެ ބެހޭކަށް ލަދެއްވެސް ނުގަނޭތަ އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލައިގެން އަހަރެންގެ ދިރިއުޅުމަށް އައިސް ހުރެ އަހަރެންނަށް ކަން ކުރަނވީގޮތް ބުނެދޭން އަހަރެން ކިހިނެތް މުޅި އުމުރު ނުކުޅެދޭމީހަކާ އެކީ ވޭތި ކުރަނީ އަހަރެން ލަދުގަނޭ އަހަރެންގެ އެކުވެރިންނަށް ވެސް ރާނިޔާ ފެނުނީތީ އަހަރެންގެ ކުށަކީ ކޮބާ އަހަރެންގެ މަންމަގެ ކުށަކީ ކޮބާ ރާނިޔާ ތިހެން ހަދަންވީ؟ ” ކައިވެނި މިއޮތީ ވެފައި ދެން ރަގަޅަށް އުޅެވޭތޯ ބަލަމާ އަހަރެން މީ ނުކުޅެދޭ މީހަކަވިޔަސް އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް އުދަގުލެއްނުވާނެ އަހަރެންނަށް އަމިއްލަޔަށް އުޅެން އިނގޭ އަހަރެން އަހާންގެ ހުރިހާކަމެއްވެސް ފުރިހަމަކޮށްދޭނަން އަދި މަންމައަށްވެސް އަހަރެންގެ ފަރާތުން ވީއްޔާވާނީ ފަސޭހައެއް” ރާނިޔާގެ ވާހަކަ އަހާފައި އަހާން ޖަހާލީ މަލާމާތުގެ ހިނިގަނޑެކެވެ.

ރާނިޔާ މަޑުމަޑުން ގޮސް ސޯފާގައި އޮށޯވެލިއެވެ. ނަމަވެސް ނިދޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އަހަރެން އެހާ ނަސީބު ދެރައީ ކީއްވެގެން؟ އަހަރެން ކުޑައިރު ބައްޕަނިޔާވުމުން ކާފަމެން މަންމައާ އަހަރެން ގެއިން ނެރެލީ މަންމަ ފަރާތު އާއިލާ މީހުންވެސްބަލައި ނުގަތުމުން މަންމަގެ ނަމުގައި ބައްޕަގަތް މަސްދޯނި ވިއްކާލާފައި މަންމަ މާލެ އައިސް އަހަރެން ބެލީ އެކަނި މާ އެކަނި ބައެއްފަހަރު ސްކޫލުން ހޯދަން ބުނާއެއްޗިހިވެސް ނު ހޯދޭ އެކަމަކުވެސް އަހަރެން ހިތްވަރުކޮށްގެން ކިޔަވައިގެން ހޯދި ވަޒީފާވެސް ޖެހުނީ ދޫކޮށްލަން ލޯބިވެރިޔާވެސް ދިޔައީ އަހަރެން މީ ނުކުޅެދޭ މީހަކަށް ވުމުން ކައިވެނި ކުރިމާވެސް އުފަލެއް ނެތް އަހަރެންގެ ކުށަކީ ކޮބާ؟ ކީއްވެ އުފަލެއް ނުލިބެނީ؟ އަމިއްލަ ނަފުސާ އެތަށް ޝަކުވާއެއް އެހެން އޮވެ ރާނިޔާއަށްކުރެވުނެވެ.

ފަތިސް ނަމާދަށް ބަންގި ގޮވަން ކާރިވުމުން ރާނިޔާ ތެދުވެ ފާހަނާޔަށް ވަދެ ފެންވަރާ ވުލޫ ކޮށްގެން އައިސް އަހާން އަށް ގޮވާލާފައި ފަތިސް ނަމާދުކުރަން ތެދުވަން ބުންޏެވެ. އަހާން ރުޅިއައިސް ހުރެވެސް ތެދުވީ އޭނާ އަކީވެސް ބަރާބަރަށް ނަދާމުކުރާ މީހަކަށް ވީމައެވެ. ” ރާނިޔާ ނުޖެހޭނެ ގޮވާކަށް؟ ” ރުޅިއައިސްފައި އަހާން ބުނެލިއެވެ. ” އަހާން ކިތަންމެ ރުޅި އަޔަސް އަހަރެން މި އަހާންގެ އަނބިމީހާ އަހަރެންގެ ވާޖިބެއް އަހާން އަށް ގޮވުމަކީ އަހަރެން ގޮވާނަން” ރާނިޔާވެސް ގޮތުގައި ހިފަހައްޓާލިއެވެ. އަހާން މިސްކިތަށް ދިޔުމުން ރާނިޔާވެސް ގޮނޑިއެއްގައި އިނދެ ނަމާދުކޮށްގެން ބޭރަށް ނިކުތެވެ. ރާނިޔާ ބަދިގޭގައި ހުއްޓާ އަހާން ވެސް އައިސް ވަނެވެ. އަސާގެ އެހީގައި ކޮޅަށް ހުރެ ކޮފީ ތައްޓެއް ރާނިޔާ ގިރާފައި އަހާން ގެ ކާރިޔަށް ޖައްސާލަދިނެވެ. ” އަހަރެންދެކެ ރުޅިއަޔަސް ކާއެއްޗިހި ނުވާނެ އިސްރާފު ކުރާކަށް ކޮފީތަށި ބޯލާތި ” އަހާންގެ ޖަވާބަކަށްވެސް އިންތިޒާރުކުރުމެއްނެތި ރާނިޔާ އެތަނުން ދިޔައެވެ. އަހާން އިރުކޮޅަކު ބަލަން ހުރުމަށްފަހު ކޮފީތަށި ތުނބުގައި ޖަހާލިއެވެ. ” ވާވް ހާދަ މީރޭ! އަހާން އަށް ބުނެވުނެވެ” އަހާން ކޮފީ ތަށި ބޮއެގެން ގޮސް ކޮޓަރިޔަށް ވަންއިރު ރާނިޔާ ލެޕްޓޮޕް ހިފައިގެން ސޯފާގައި އިނދެ ކޮންމެސް އެއްޗެއް ޓައިޕްކުރަމުން ދިޔައެވެ. ނަމަވެސް އަހާން އަނެއްކާވެސް އެނދަށް އަރާ ނިދާލިއެވެ. އަހާން ތެދުވީ 8 ޖަހަން އުޅެނިކޮންނެވެ. އަހާންގެ އޮފީސް ގަމީހަކާއި ފަޓްލޫނެއް އަދި ގަމީހަކާއި ޓާއިއެއް ނަގާފައި އެނދުމަތީ ބާއްވާފައި އޮތެވެ. ނަމަވެސް އަހާން އެހެން އެއްޗިހި ތަކެއް ލައިގެން އޮފީހަށްދާން ތައްޔާރުވެގެން ބަދިގެޔަށް ދިޔައެވެ. ކާ މޭޒު ކައިރީ އަސާގެ އެހީގައި އިން ރާނިޔާ ފެނިފައި އަހާން ގެ މޫޑު ވަގުތުން ސަކާރާތް ވިއެވެ. އެކަމަކު ވެސް އިށީނދެ ސައިބޯންފެށިއެވެ. “މަންމާ ކުޅި މަސް ވަރަށް މީރު” އަހާން ބުނެލިއެވެ. ” މަންމައެއް ނޫނޭ ކުޅިމަސްހެދީ ރާނިޔާ އެމަންޖެ ވަރަށް މޮޅުވާނެ ކައްކަން ” ޒުހުރާ ބުނެލިއެވެ. “ދަރިފުޅު ދާއިރު ރާނިޔާ ގޮވައިގެން ދާންވީއެއްނު އެމްނޖެ ޕިޒިޔޯ ހަދަން ދާން ޖެހޭ” ޒުހުރާގެ ވާހަކަ އަހާފައި އަހާން ޖަހާލީ ހިނިގަނޑެކެވެ. “މަންމާ އުމުރުން 25 އަހަރު ވީ އިރު ނުވި ރަގަޅެއް މިހާރު ވާނެ ތަ؟” އަހާން ބުނެލިއެވެ. ” އަހާން އަކަށް އަހަރެންނާ ބޭހޭ އެއްވެސް ކަމެއް ނޭގެއެއް ނު ދެން ކީއްވެ ތިހެން ކަންތައް ކުރަނީ އަހަރެން އެކަނިވެސް ގޮސްފާނަން މި ހުރިހާ ދުވަހުވެސް ދިޔައީއެއްނު” ރާނިޔާ ރޮވިފައި ބުނެލިއެވެ. ” ދަރިފުޅު ޖެހޭނީ ރާނިޔާ ގޮވައިގެން ދާން މީ މަންމަގެ އަމުރެއް ” އެންމެ ފަހުން ރާނިޔާ ގޮވައިގެން އައިޖީއެމްއެޗްއަށް އަހާން ދިޔައެވެ. ދޮރުމަތިން ދިމާވި ސިފައިންގެ ކުއްޖާ ރާނިޔާ ފެނުމުން ސެލިއުޓް ކޮށްލިއެވެ. ރާނިޔާ ފެންނައިރަށް ނަރުސް ކުދިން އައިސް އަވަހަށް ގޮވައިގެން ދިޔައެވެ. ބައިގަޑިއެއްހާއިރުން ރާނިޔާ ނިކުމެގެން އައެވެ. އަނެއްކާވެސް ދަރުކާރިން ދިމާވި ރާނިޔާ ފެނުމުން ސިފައިންގެ ކުއްޖާ ސެލިއުޓްކޮށްލިއެވެ. ރާނިޔާ އެ ކުއްޖާގެ ކުރިމަތީ މަޑޮކޮށްލިއެވެ. ” ދާރިން ކިހިނެއްތަ ؟ އަންހެނުން ވިހައިފި ދޯ؟ ކޮންކަހަލަ ކުއްޖެއް ލިބުނީ؟ ކޮން ނަމެއްތަ ކީ؟ ” ރާނިޔާ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. ” އާން ވިހައިފި އަންހެންކުއްޖެއް އައިޝަތު ރާނިޔާ ދާރިން ނަމަކީ އެނަން ކީ ތިހާ ހިތްވަރުގަދަ ކުއްޖަކަށް އަހަރެންގެ ދަރިފުޅުވެސް ވާން އެދޭތީ” ދާރިންގެ ވާހަކައިން ރާނިޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ” ނޫން ދާރިން އަހަރެންމީ ވަރަށް ބަދުނަސީބު ވެރިއެއް ދެން ދިޔައީ ދާނަން ކޮންމެވެސް ދުވަހަކު ބޭބީ ދެކިލަން” ރާނިޔާ މަޑުމަޑުން ގޮސް ކާރަށް އެރިއެރިއެވެ. ރާނިޔާއަށް ހިފަހައްޓާލެވުނީ އެހާވަރަށެވެ. އަޑުން އަޑު ނަގާ ބާރަށް ރޮއެގަނެވުނެވެ. ރާނިޔާ ރޮމުން ދިޔައިރުވެސް އަހާން ހަމަ އަޅާވެސް ނުލިއެވެ. ގޭ ކުރިމައްޗައް ކާރު މަޑުކޮށްލުމުން ރާނިޔާ ފޭބުމުން އަހާން އޮފީހަށް ދިޔައެވެ. ވަގެދެން އައި ރާނިޔާ ފެނުމުން ކަމެއް ގޯސްވެއްޖެކަން ޒުހުރާއަށް އެނގުނެވެ. “ދަރިފުޅާ ކިހިނެތް ވީ އަހާން އެއްޗެކޭ ބުނީތަ؟” ރާނިޔާ ބޯހޫރުވާލިއެވެ. މަންމާ މިއަދު ދާރިން އާއި ދިމާވި ހޮސްޕިޓަލް އިން އޭނަގެ ދަރިފުޅަށް އޭނަކީ ރާނިޔާ އޭ!” ރާނިޔާ ބުނެލިއެވެ “މަންމައަށް އިނގޭ އެމީހުން އަދިވެސް ރާނިޔާ ދެކެނީ ތީ އަދިވެސް އެމީހުންގެ ބޮސްކަމަށް އެއި އެމީހުންކުރާ އިހްތިރާމާ ލޯބި” ޒުހުރާ ރާނިޔާގެ ބޮލުގައި ފިރުމާލަދިނެވެ.

ކައިވެންޏަށް ތިންމަސް ވެގެން ދިޔައިރުވެސް އަހާން ރާނިޔާ އާއި ރީތިކޮށް އަނގައިންވެސް ބުނެލާފައެއް ނެތެވެ. ނަމަވެސް ރާނިޔާ އަހާންގެ ހުރިހާކަމެއްކޮށްދެމުންދިޔައެވެ. ރާނިޔާ ނަގާ ހެދުމެއް ނުލިޔަސް ރާނިޔާ ކޮމެދުވަހަކުވެސް އަހާންގެ ހެދުމެއް ނަގައެވެ. މިހާރު އެއްއަތުން ހިފާއިގެން އުޅޭ އަސާއެއްގެ އެހީގައި ރާނިޔާ އުޅޭތީ ހުރިހާކަމެއްވެސް ކުރަން ފަސޭހައެވެ. ރާނިޔާގެ ފައި ރަގަޅުވަމުން ދާތީ ޒުހުރާ ވަރަށް އުފާވިއެވެ. ޒުހުރާ ކޮންމެ ދެދުވަހުން އެއްދުވަހު ރާނިޔާ އެކީ ހޮސްޕިޓަލަށްދަނީ އަހާން ދާން ބޭނުން ނުވާތީއެވެ. އަހާން ރަށުގައި ނެތުމުން ރާނިޔާ ކުރު ކުރު ނައިޓީއެއްލައިގެން ފައިގަ ތެޔޮލައިގެން ސޯފާގައި ނިދާލިއެވެ. ރާނިޔާ އަށް ނިދުނީ ލައިޓްވެސް ނުނިއްވާ ކަމުން ދޮރު ހުޅުވާލާފައި ވަން އަހާން އަށް ރާނިޔާ ފެނުމުން ބަލަންހުރެވުނެވެ. ދޮރު ހުޅުވުނު އަޑަށް ރާނިޔާ އަށް ހޭލެވުނެވެ. ރާނިޔާ ލަދުން  ބާލީސް ނަގާ ފައި ނިވާކުރެވޭތޯ އުޅުނެވެ. ރާނިޔާގެ އަމަލުތަކަށް ކަޅި ޖަހާނުލާ ބަލަން އަހާން އށް ހުރެވުނެވެ. ލައިގެން އިން ނައިޓީގެ ތުނިކަމުންނާއި ކުރުކަމުން ހަށިގަނޑު ނުފޮރުވޭނެކަން އެނގުމުން އަދި އަހާން ބަލަން އިން ގޮތުން ރާނިޔާ ލަދުން މަރުވާ ވަރުވިއެވެ. އަވަސް އަވަހަށް ތެޅިގެންފައި އަސާނެގުމަށްފަހު ގޮސް ފާހާޔާނަށް ވަނެވެ. ފާހާނާގައި ރާނިޔާގެ ހަރުވާޅަކާ ހެދުމެއް އޮތުމުން އެލައިގެން ނިކުމެ ސޯފާގައި އޮށޯތެވެ. އަހާން ފެންވަރއިގެން ނިކުތް އިރު ރާނިޔާ އަށް ނިދުނެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުމުގައި އަވަދިނެތި ރާނިޔާ ޒުހުރާ އާއެކީ އުޅެމުން ދިޔައެވެ. އަހާން އައުމުން ޒުހުރާ އާއި ރާނިޔާވެސް މޭޒުދޮށުގައި ކާން އިށީނެވެ. “މަންމާ މާދަންރޭ އަހަރެމެން އޮފީހުގެ އަހަރީ ދުވަސް ފާހަނގަކުރަން ބާއްވާ ޕާރޓިއެއް އެބައޮތް މަންމަމެން ދާންވާނެ ރާއްޖޭގެ މަޝްހޫރު އަދި ސަރުކާރުގެ އިސްވެރިން އަންނާނެ އެމީހުން ކާރީ ބުނެލާނީ ރާނިޔާ އަށް އެކްސިޑެންޓެއް ދިމާވީއޭ! ” އަހާންގެ ވާހަކަ އަހާފައި ރާނިޔާގެ ހިތުގައި ޖެހުނެވެ. އަހާން އޭނާ ގެންދަން ލަދުގަންނަކަން އެނގުމުން ނުދާނެވާހަކަ ބުންޏެވެ. ” ނޫން ރާނިޔާ ވާނެ ދާން ރާނިޔާގެ ފިރިމީހާއަށް ރާނިޔާގެ ހަގީގަތް ނޭގުނަސް މި ދިވެހިރާއްޖޭގައި މަދުވާނެ ރާނިޔާގެ ހަގީގަތް ނޭގޭ މީހަކު އަހާން ނުހެޖޭނެ އެއްވެސް މީހަކަށް ރާނިޔާ ތާއަރަފް ކޮށްދޭކަށް ޖަވާހިރެއް ލިބުމުންވެސް ބަލައިގަންނަން ނޭގެނީ އަހާން އަށް ” ޒުހުރާ ބުނެލީ ހިތަހަމަނުޖެހިފައެވެ. ރާނިޔާ އާއި ޒުހުރާ ފިހާރަޔަށް ގޮސް ހެދުމާ އެއްޗިހި ގަތެވެ. ރާނިޔާ ގަތީ ކަޅުކުލައިގެ މެކްސީއެކެވެ. ރާނިޔާ ޑްރެސިންޓޭބަލް ކުރިމަތީ އިށީނދެ އިނދެ ރީތިވަމުން ދިޔައެވެ. އަހާން ވެސް ފާހާނާއިން ނިކުތީ ކަޅުކުލައިގެ ގަމީހަކާއި ކަޅު ފަޓްލޫނެއްލައި ބެގީ ކޮށްގެންނެވެ. އަތުގައި އަޅިކުލައިގެ ޓައީ އެއް އޮތެވެ. އަހާން އައިސް ރާނިޔާގެ ފަހަތުގައި ކޮޅަށް ޑްރެސިންޓޭބަލް ކުރިމަތީ ހުއްޓި ޓައި އެޅޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އަހާން ރެޑީމޭޑް ޓައި އަޅަނީ ނޯރމަލްޓައި އަޅަން ނޭގޭތީ ނަމަވެސް މިއަދު ހަމަ އެޓައި އަޅާހިތުން ޓްރައިކުރަމުންދިޔައެވެ. އެންމެފަހުން ގޮސް އެނދުގައި އަހާން އިށީނދެ ޔޫޓިއުބް އިން ޓައިއަޅާ ވީޑީޔޯ ބަލަން ފެށިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ގާތުގައިވި އަނދިރިކަން، 8

Next

ކުށަކީ ކޮބާ – 22

Next
May 9, 2024

ކުށަކީ ކޮބާ – 22

Previews
May 9, 2024

ގާތުގައިވި އަނދިރިކަން، 8

8 Comments!

  1. Sha says:
    May 9, 2024 at 2:31 pm

    Haadha kurey
    Eha dhuvas fahun upload kuranives.
    Ekm story vvvvvvv rythi

    1. Nadhoo Nadhoo says:
      May 19, 2024 at 10:10 am

      thank you. varah ufaavejje vaahaka kamudhiyaima. dhen faharakun balaanan dhigu veytho

  2. RIFSHA says:
    May 9, 2024 at 7:55 pm

    Hi nadhoo
    Alhey nadhoo ge vaahaka akah rifoo inthizaaru kuraathaa kithanme dhuvaheh.raaniyaa vaahaka furathama fenunu dhuvahu vx vrh ufaa vi.comment vs kohlin ekam pending ga kanneynge dho 🤭
    Anyway hama rifoo ummeedhu kurihen nadhoo ge ehen vaahaka thakekey ehfadhain mi vaahaka vs varah reethi.e vaahaka thakah vure vx mi vaahaka reethi vaane kamah mi ummeedhu kurani
    Alhe ahaan ah keehve tha nuvisneny
    Dhen kon irakun next part kiyaalan libeyni ☺️.meege furathama part kiyaafa vs dhevana Bai ge inthizaaru ga konme dhuvahaku ethah faharaku balan mi vaahaka upload vi tho.hehe ehaa vs reethi nadhoo ge vaahaka thah.
    Curiosly waiting for the next part
    Love you nadhoo<3

    1. Nadhoo Nadhoo says:
      May 19, 2024 at 10:11 am

      thi dhehva support ah shukuru verivan balaanan avaha submit kohleveytho school fothuge kanthakaa ulheythy varah buxy

  3. ސްލީޕިން ބިއުޓީ says:
    May 12, 2024 at 12:08 pm

    Ugh u are right rifoo mi story vrh reethi
    May God bless our hard work
    Curiously waiting for the next part when is it?
    Lysm

    1. Nadhoo Nadhoo says:
      May 19, 2024 at 10:12 am

      miadhu submit kohlaalan. Thank you for the support

  4. Fan says:
    May 15, 2024 at 5:25 pm

    Mi vaahaka genesdheyny kon dhuvas thakeiiga thw?. Maasha Allah mi part vx varah varah reethi..

    1. Nadhoo Nadhoo says:
      May 19, 2024 at 10:13 am

      ehen vaki dhuvehe neh liyevuneema up kuranan. school kudhinge books cover tha lahavaathy midhuva kolhu va buxxy

Comments are closed.

Next Episodeރާނިޔާ 3←


All Right Reserved!