ރާނިޔާ 1
ހަވީރުގެ ތާޒާ ފިނިން އުފާލިބިގަންނަމުން ގޭގޭ ޓެރަސްގައި ހައްދާފައިވާ މާ ބަގީޗާގައި ބަހައްޓާފައިވާ މޭޒު ކާރީ ޒުހުރާ އަވަދި ނެތި ތެޅެމުން ދިޔައީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ކިޔަވައިގެން މިއަދު 5 އަހަރަށް ފަހު މާލެ އަންނާތީ މަރުހަބާ ކިޔުމަށް ތައްޔާރުވުމަށެވެ. ޒުހުރާ އަކީ ހދ ކުޅުދުށްފުށީ މީހެކެވެ. ޒުހުރާ ކައިވެނި ކުރީ މާލޭގެ މުއްސަނދި މީހަކާއެވެ. ޒުހުރާ އުޅެމުން ދިޔަ އުފާވެރި ދިރިއުޅުން ބަނަވީ ޒުހުރާގެ ފިރިމީހާ ޒުހުރާގެ ދަރިފުޅުގެ އުމުރުން 15 އަހަރުގައި ނިޔާވުމުންނެވެ. ނަމަވެސް ކަށިން ހިތްވަރުނެރެގެން ޒުހުރާ ދަރިފުޅުޅަށްޓަކާ ހިތާމަތައް ހަނދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިޔަށްދިޔައެވެ. ޒުހުރާގެ ހުރިހާވެސް އުފަލަކީ ޒުހުރާގެ ދަރިފުޅު އަހާންއެވެ. އަހާން އަކީ ވަރަށް ކިޔަމަންތެރި ބަސް އަހާ އަހްލާގު ރަގަޅު ދަރިއެކެވެ. “މަންމާ” މޭޒު ކާރި އިން ޒުހުރާ ދިޔައީ އަހާން އައިސް ބައްދާލުމުން ސިއްސައިގެންނެވެ. ޒުހުރާގެ ދެ ލޯ ވަގުތުން ފެންކަޅިވެގެން ދިޔައީ އެތަށް ދުވަހަކަށްފަހު ލޯބިވާ ދަރިފުޅު ފެނުމުންނެވެ. ” މަންމަ އަހަރެން އައިމަ ރޮނީތަ އެހެންވިއްޔާ އަހަރެން ދަނީ”
” ސާބަސް ދަރިފުޅާ އަދިވެސް ތި ގޮތެއް ނުކެނޑޭ ދޯ؟” ” މަންމާ އަހަރެން ނުވާނެ ބަދަލެއް ދުވަހަކުވެސް އެކަމަކު މަންމަ ހާދަ މޮޅޭ މަންމަތަ މި ކޭކު އެޅީ ؟ އަދި މިތަން ޑޭކަރޭޓް ވެސް ކުރީ” އަހާން އަހާލީ ހައިރާންވެފައެވެ. ” އާން މަންމަގެ ދަރިފުޅު ގެޔަށް އަންނާތީ ދެން މަސައްކަތު މީހުން ކުޑަކޮށް އެހީވެދިން ” ޒުހުރާ އޭނާގެ ދަރިފުޅުގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. ކޭކުފަޅާ ކައި ހަދައިގެން ދެމައިން ގޮސް ސިޓިން ރޫމުގައި އިށީނެވެ. ” އަހޫ މިހާރު ކިޔަވާ ވެސް ނިމުނީ ދެން އަވަހަށް މީހަކާ އިނދެބަލަ މަންމަވެސް އެކަނި ފިލާނެއެއްނުދޯ” ޒުހުރާ ބުނެލިއެވެ. ” މަންމާ އަހަރެންވެސް ބޭނުން އަވަހަށް މީހަކާ އިންނަން އަހަރެންގެ މަންމައަށް މާމާ ދަރިއެއް ހޯދަދޭން އަވަހަށް އަހަރެން ހާދަ ދެކެން ބޭނުން ވާ ދުވަހެކޭ އެއީ” އަހާންވެސް ބުނެލީ ހިނިތުންވެލަމުންނެވެ. ” ދަރިފުޅު ކުއްޖަކާ ރައްޓިހިވެގެންތަ ތި އުޅެނީ؟ ޒުހުރާ އަހާލިއެވެ ” ނޫން މަންމާ އަދި ހިތް އެދޭ ކަހަލަ ކުއްޖަކު ނުފެނޭ މަންމަ ހޯދަބަލަ ކުއްޖެއް އަހަރެން މަންމަ ހޯދަދިން ކުއްޖަކާ މެރި ކުރާނަން އެކަމަކު ވާން ޖެހޭނެ ވަރަށް އަހަލާގް ރަގަޅު އަހަރެންގެ މަންމައަށް އިހްތިރާމް ކުރާ ކުއްޖަކަށް” އަހާން ބުނެލީ ސިރިޔަސް ކަމާ އެކީގައެވެ. އަހާންގެ ވާހަކަ އެހުމަށް ފަހު ޒުހުރާއަށް ސިފަވި އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅު ރާނިޔާ އެވެ. ރާނިޔާއަކީ ވަރަށް ބަސް އަހާ ކިޔަވައިގެން ހުރި މާތް އަހަލާގެއް ލިބިފައި ވާ ކުއްޖެކެވެ. ދޮން ހިމަތޮޅި ހަށިގަނޑާކާއި ދިގު އިސްކޮޅެއް ފަން އިސްތަށީގަނޑަކާއި ރީތި ލޮލެއް ގުދުރަތުން ރާނިޔާއަށް ލިބިފައި ވެއެވެ. މާދަމާ ގޮސް އަމީނާއާއި އެވާހަކަ ދައްކަން ހިތުލައިގެން ޒުހުރާ ނިދާލިއެވެ.
ހެނދުނު ތެދުވެ ގޭގެ ކަންތައް ނިންމާލާފައި ޒުހުރާ އަވަސްވެގަތީ އަމީނާ އާއި ބައްދަލުކޮށްލަން ދާށެވެ. ޒުހުރާ ގޮސް ވަނުމުން ފުރަތަމަވެސް ދިމާވީ އަމީނާ އާއެވެ. ” އަމީ އަހަރެން މި އައީ އަމީ ކާރީ ކަމަކު ބުނަން ވެގެން އަހަރެންގެ ދަރިފުޅު އަހާންގެ ކާވެނި ރާނިޔާ އާއި ކުރުވަން އަހަރެން ބޭނުން ” ޒުހުރާ ބުނެލިއެވެ. ” އަހަރެން ވަރަށް އުފާވެއްޖެ އެކަމަކު ރާނިޔާގެ ހާލު ޒުހުރާއަށް އިނގެއެއްނު ހީޔެއް ނުވޭ އެއްބަސް ވާނެ ހެންނެއް ހިނގާ އަހާލަމާ” އެހެން ބުނެލުމަށް ފަހު އަމީނާ ރާނިޔާއަށް ގޮވާލިއެވެ. ރާނިޔާ އޭނާގެ މަންމަ ގޮވާލުމުން އޭނާ ހިނގަން ބޭނުން ކުރާ ދެ އަސާގެ އެހީގައި އައިސް މަޑުމަޑުން ސޯފާގައި އިށީދެލިއެވެ. ” އަނހާ ޒުހުރާއްތާ ކިހިނެތް ތަ ހާލު ؟” ރާނިޔާ ސުވާލުކޮށްލިއެވެ. ” ޒުހުރާއްތަ ހަމަ ރަގަޅު ދަރިފުޅު ކާރީ ކަމަކު އެދެންވެގެން މިއައީ އަހަރެންގެ ދަރިފުޅު އަހާން އާއި ކައިވެނި ކުރާނަންތަ؟ ” ޒުހުރާ އަހާލުމުން ރާނިޔާ އިސްޖަހާލިއެވެ. ” ޒުހުރައްތާ އަހަރެން މީ މީހަކު ކައިވެނި ކުރަން ބޭނުންވާ ފަދަމީހެއް ނޫނެއް ނު އަހަރެން ވާނީ އަހާން އަށް ބުރަޔަކަށް އަހަރެންނާ ހެދި އުދަނގޫ ވާނީ ވެސް” ރނިޔާ ބުނެލީ ވަރަށް ދެރަވެފައެވެ. ” ނޫން ދަރިފުޅާ ދަރިފުޅު ތީ އުފެދުމުގައި އުނި ކުއްޖެއް ނޫނެއްނު ދިމާވީ އެކްސިޑެންޓެއްގެ ސަބަބުން ދިމާވީ ކަމެއްނު ތީ ކުރިން އިނީ ފުރޮޅުލީ ގޮނޑީގައި މިހާރު ތި ހިނގަނީ އަމިއްލައަށް މަސައްކަތް ކުރަނީ ވެސް އަމިއްލަޔަށް އަދި ދުވަސް ކޮޅަކުން ރަގަޅަށް ހިނގޭނެ އެއްނު ” ޒުހުރާ ބުނެލީ ލޯބިން ރާނިޔާގެ ބުރަކަށީގައި ފިރުމާލަމުންނެވެ. އެންމެފަހުން ރާނިޔާ ކައިވެނި ކުރަން އެއްބަސް ވިއެވެ. ޒުހުރާ އުފަލުން އަހާން އަށް ގުޅާފައި މަންމަ ކުއްޖަކު ހޯދިވާހަކަ ބުނެލިއެވެ. ބައްދަލުކުރަން ބޭނުންހޭ އަހާލުމުން އަހާން ބުނީ މަންމަގެ ޗޮއިސް ވާނީ ބެސްޓް ޗޮއިސްއަށް ކަމަށެވެ. ޒުހުރާ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް ރާނިޔާގެ ހާލަތު އަހާން އަށް ސިއްރުކުރީ އަހާން އެކައިވެންޏާ ނުރުހިދާނެތީއެވެ. ރާނިޔާ ގެ ރީތި ކަމާ ރަގަޅު އަހްލާގްގެ ކުރިމަތީގައި އެ އުނި ސިފަ ވެސް ކައިވެނީގެ ފަހުން އަހާން ގަބޫލުކުރާނެކަމަށް ޒުހުރާ ނިންމިއެވެ. އަހާންއަށް ފުރަތަމަ ރާނިޔާ ފެނުނީ ކައިވެނި ކުރަންނެގި ފޮޓޯއިންނެވެ. އަހާން ވަރަށް ފަރުވާތެރިކަމާ އެކު އެ ފޮޓޯއަށް ބަލާލިއެވެ އަހާންއަށް ރާނިޔާގެ އަޅިކުލައިކަޅި ވަރަށް ރީތިވިއެވެ.
ކައިވެނިކުރަން ހަމަޖެހިފައިވާ ތަނުގައި ރާނިޔާ އިށީނދެގެން އިނީ އަހާންގެ އިންތިޒާރުގައެވެ. ހުދުކުލައިގެ ވެޑިންގް ޑްރެސްގައި ކޮށްފައިވާ ލުއި މޭކަޕާއެކު ރާނިޔާގެ ރީތިކަން އެތައްގުނައަކަށް އިތުރުވެފައިވިއެވެ. އެންމެންވެސް ރާނިޔާގެ ރީތިކަމަށް ތައުރީފުކުރަމުން ދިޔައެވެ. ދޮރު ހުޅިވާލާފައި ވަން އަހާން އާއި ދިމާލަށް ރާނިޔާ އަށް ބާލާލެވުނެވެ. ކަސްރިތީ ރީތި ހަށިގަނޑެއް ދިގު އިސްކޮޅެއް ދޮން މޫނުގެ ރީތިކަން ތުނބުޅިން އިތުރުވެފައިވިއެވެ. ކަޅުކޯޓުފަޓްލޫނުގައި ހީވަނީ ހަމަ ފިލްމް ސަޓާރެއްހެންނެވެ. ރާނިޔާއަށް އަހާން ފެނުނު ފުރަތަމަ ފަހަރު ކަމުން ކަޅި ޖަހާނުލާ ބެލުނެވެ. އަހާން އައިސް އިށީންދެ ރާނިޔާ އާއި ދިމާލަށް ބަލާލުމުން ރާނިޔާ ހީލިއެވެ. ކައިވެނިކޮށް ނިމިގެން ޕާރޓީއޮތްތަނަށް ދާން އަހާން ތެދުވެ ވީ އިރުވެސް ރާނިޔާ ނުދެވުމުން ޕާރޓީއަށް ދާން ބޭނުން ނުވަނީ ހޭ އަހާން އަހާލިއެވެ. އެވަގުތު އަމީނާ އަސާ ހިފައިގެން އައިސް ރާނިޔާ ތެދުކުރިއެވެ. އެތަން ފެނުމުން އަހާންއަށް އޭނާގެ މަންމަޔާ ދިމާލަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ޒުހުރާ ހަމަޖެހުމަށް އަތުން އިޝާރާތްކުރިއެވެ. ނަމަވެސް އަހާންގެ މޫޑޫ މުޅިން ސަކަރާތްވިއެވެ. ޕާރޓީގައި ދެމީހުން ހުއްޓިގެން ތިބި އިރުވެސް ރާނިޔާ އިނީ އަސާގެ އެހީގައި ކަމުން އަހާން އިނީ ރުޅީ ގަދަވެފައެވެ ރާނިޔާ އޭނާޔަށް އެވަރުގެ އޮޅުވާލުމެއް އޮޅުވާލުމުން ވަރަށް ފޫހިވިއެވެ. ކައިވެނިކޮށް ނިމިގެން ކާރުގައި އަހާން ކާރުގައި ދިޔައީ ރާނިޔާ ގޮވައިގެން އަހާންގެ ގެޔަށެވެ. ގެޔަށް ވަން އިރު ޒުހުރާ ދެކުދިންގެ އިންތިޒާރުގައި އިނެވެ. ” ރާނިޔާ އަހަރެންނަށް ތިވަރު އޮޅުވާލުމެއް އޮޅުވާލީ ކީއްވެގެން ތަ އެއްފަހަރުވެސް ނުބުނެވޭތަ ތީ ނުކުދޭ މީހެކޭ! އަހަރެންގެ މަންމަ ހާދަ އިތުބާރެއް ކޮށްފައޭ ރާނިޔާ އާއި އަހަރެންގެ ކައިވެނި ކުރަން އެދޭނީ… އަހާންގެ ވާހަކަ އަހާފައި ރާނިޔާ ބަލާލުމުން ޒުހުރާ އިސްޖަހާލިއެވެ. ” ސޮރީ އަހާން އަހަރެން ހަމަ އަހާން އާއި އިންނަން ބޭނުންވީ ވަރުން ސިއްރު ކުރީ ” ކަރުނަތައް އޮއްބާލަމުން މަންމައަކާ ދަރިޔަކާ ނުޖައްސަންވެގެން ގަސްދުގައި ރާނިޔާ ދޮގު ހަދާލިއެވެ. ” ރިއަލީ ރާނިޔާ އަހަރެން މީހަކާ އިނީ އަހަރެންގެ މަންމައަށް އެހީވާން މަންމަގެ އެކަނިވެރިކަން ފިލުވުމަށް ދަރިން ހޯދުމަށް އެކަމަކު މިހާރު މަންމައަށް ޖެހޭނީ ރާނިޔާ ބަލަން ދަރިޔަކު ލިބުނަސް ބަލަން މަންމައަށް އިތުރަށް ބުރަ އެއްނު މިދެވުނީ އަހަރެންގެ މަންމަގެ އަގު ވައްޓާލާކަށް ބޭނުމެއް ނޫން އަހަރެން ރާނިޔާ ވަރިއެއް ނުކުރާނަން އެކަމަކު އަހަރެންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރާތި ” އަހާން ބުނެލީ ވަރަށް ހަރުކަށި ކަމާއެކީގައެވެ. ރާނިޔާގެ ދެލޯ ކަރުނުން ފުރިގެން ބަންޑުންވިއެވެ. އަހާން ދިޔުމުން ޒުހުރާ ގޮސް ރާނިޔާގެ ގައިގަ ބައްދާލިއެވެ. އަދި ސޯފައި އިށީނެވެ. ” ދަރިފުޅާ ކީއްވެ ދައްތަގެ ކުށް ދަރިފުޅުގެ ބޮލުގައި ތި އެޅީ” ޒުހުރާ އަހާލިއެވެ. “މަންމާ! މިއަދުން ފެށިގެން ތީ އަޅުގަނޑުގެވެސް މަންމަ އަޅުގަނޑު ބޭނުމެއް ނޫން މަންމަޔަކާ ދަރިޔަކާ ޖައްސާކަށް މަންމަވެސް މިވާހަކަ އަހާން ކާރީ ނުބުނާތި އެކަމަކު ކީއްވެ މަންމަ ނުބުނީ އަހަރެންގެ ހާލަތު އަހާން ކާރީ؟ ” ރޮމުން ރާނިޔާއަށް އަހާލެވުނެވެ. ” އަހާން ނުގަބޫލު ވެދާނެތީ ދަރިފުޅު މިގޭ ދަނބިދަރިޔަކަށް ހަދަން ބޭނުންވީ ވަރުން ސިއްރުކުރީ ހުރިހާކަމެއްވެސް ރަގަޅު ވާނެ ދަރިފުޅުގެ ރަގަޅުކަން ފެނުމުން އަހާން ފަހުން އޯކޭވާނެ އެ ނޫނަސް ދަރިފުޅުގެ ފައި އެއްދުވަހުން އަނެއް ދުވަހަށް ރަގަޅުވަމުންނެ ތި ދަނީ ދެން ދޭ އަވަހަށް ނިދަން ” ޒުހުރާ ދިޔުމުންވެސް އިރުކޮޅަކު އިނުމަށް ފަހު ރާނިޔާ ތެދުވެގެން ގޮސް އަހާންގެ ކޮޓަރިށް ވަނެވެ. ރާނިޔާ ވަން އިރު އަހާން އެނދުމަތީގައި އިށީނދެގެން އިނެވެ ނަމަވެސް އިސް އުފުލާ ބަލާވެސްނުލިއެވެ. ރާނިޔާ ގޮސް ސޯފައި އިށީނީ ރާނިޔާގެ ފޮށި އެތާ ކާރި ހުރީމައެވެ. އެއިން ނިދަންލާ ޕިޖާމާއެއްނަގައިގެން ގޮސް ރާނިޔާ ފާހާނަޔަށް ވަނެވެ. ވަދެވުމާއެކު ރާނިޔާގެ ބަޑިފަޅައިގެން ދިޔައެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ރާނިޔާ ހެދުންލައިގެން ނިކުތެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Hey nadhoo.
Nadhoo ge vaahaka eh ge inthizaaru ga Rifoo hunna thaa varah dhuvas vejje ey.
I am so happy aneikaa nadhoo ge vaahaka eh kiyaalan libeyne thii.
Anyway mi episode varah reethi Masha Allah.kon irakun next part kiyaalan libeyni ☺️ mi episode kiyaalaafa heevani story varah reethi vaane hen.
Ummeedhu kuran nadhoo ge ehen vaahaka thakekey ehfadhain mi vaahaka ves reethi vaane kamah.best wishes.may Allah bless you and your work nadhoo
Love you nadhoo❤️
Thank you thi loabivethi baskolha varah ufaavejje comment kohladhineethi
mi prt vrh reethi… can’t wait for the nxt prtt
Thank you. for the love
Masha Allah mi part vrh reethi
Curiously waiting for the next part
When is the next part?
Lysm nadhoo🤗😊
alhey Thank you for the love buxxy kamun reply nudhevi huri