Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 14 (ފަހު ބައި)

Nadhoo
Nadhoo Level 1
March 13, 2024 4 Mins Read
4 Comments

” މެހެރީން އަހަރެންގެ ދަރިފުޅަށް އަހަރެން މެހެރީން އާ ދެތެރޭ ކަންތައް ކުރި އަނިޔާވެރި ގޮތް ކިޔާނުދީ އަހަރެންގެ އަގު ހިފަހައްޓާލަ ދިނީތީ ޝުކުރިއްޔާ! ” އަމަން ބުނެލީ ވަރަށް މަޑުމަޑުންނެވެ. ” އަމަން އަހަރެން އަދި ޒެކްވެސް ބޭނުން ނުވީ ޒިވީ އަމަން އާ ދުރުކުރަން އެހެންވެ ހަގީގަތް ކިޔާނުދިނީ ދެން ކުރީގެ ވާހަކަ ނުދައްކާ މިހާރު މީހަކާ އިނދެފިންތަ ވަރަށް އުފާވެއްޖެ އަމަން ރަގަޅު މަގު ހިޔާރުކުރުމުން ” މެހެރީން ބުނެލީ ހިނިތުން ވެލާފައެވެ. ” އަހަރެން ބޭރަށް ގޮސް ކޮލެޖަކަށް ވަނީ ވަދެގެން ކިޔެވީ ކިޔަވައިގެން ޑޮކްޓަރަކަށް ވީ އަހަރެންގެ އަމިއްލަ ކްލިނިކެއްވެސް މިހާރު އިންނާނެ މެލޭޝިޔާގައި އަދި އަހަރެން މަސައްކަތްކުރިނީ ކޭޕީޖީ ސްޕެޝަލިސްޓް ހޮސްޕިޓަލުގައި ހިތުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި، މީހަކާ އިންނާކަށް ނުވެސް ވިސްނަން ” އަމަން ޖަވާބު ދިނެވެ. ” އެ ކީއްވެ މީހަކާ ނު އިނީ އަމަން ވެސް ބައިވެރިޔަކު ބޭނުން ވާނެއްނު! އަބަދު އެކަނިއެއް ނޫޅޭވޭނެއެއްނު ބަލިއެއް ވެއްޖެ ނަމަ ވެސް މީހަކުގެ އެހީ ބޭނުންވާނެއެއް ނު” މެހެރީން ބުނެލީ ހައިރާންވެފައެވެ. ” އޯހް މެހެރީން ކީއްކުރާނީ މި ހިތުން މެހެރީންގެ ނަމެއް ނު ފޮހެވުނު އަހަރެންނަށް މެހެރީންދެކެ ލޯބިވެވުނީ ވަގުތު ފާއިތުވީ ފަހުން ކަމުގައި ވިޔަސް އަހަރެންނަށް ވެވުނީ ވަރަށް ވަރުގަދަ ލޯތްބެއް! އަހަރެންގެ ނުލަފާ ކަމުން ލޯބިން އުޅެލަން އަހަރެންނަށް ލިބުނީ ހަމައެންމެ ރެޔެއް ނަމަވެސް އެރޭ އަހަރެންގެ ހިތުގެ އެންމެ އަޑީގައި ލޯބީގެ ނިރެއް ފެޅި މިހާރު އޭގޭ މޫ ތަށް ވަނީ މުޅި ވުޖޫދަށް ވެރިވެފައި، އެނަގާ އެއްލާ ލުމަކީ ކުރެވޭނެކަމެއްނޫން ! އޭރު ގަބޫލު ނުކުރިޔަސް މެހެރީން މިއަދު ގަބޫލު ކުރާނެ ކަމަށް ހީކުރަން އަހަރެން އަސްލުވެސް މެހެރިން ދެކެ ވަރަށް ލޯބިވޭ! އަހަރެންނަށް މެހެރީން ލިބެން ނެތަސް މެހެރީންގެ ހަނދާނުގައި އަހަރެންގެ އުމުރު ހޭދަކޮށްލަން ނިންމައިފިން. އެއީ އަހަރެން މެހެރީންއަށް ދިން އަނިޔާގެ އަދަބު ވެސްމެ.
އަމަންގެ ވާހަކަ އަހާފައި މެހެރީން ހައިރާންވެގެން ބަލާލިއެވެ. “އަމަން އަހަރެން ވަރަށް ދެރަވެއްޖެ އެކަމަކު އަހަރެންނަށް ކޮށްދެވޭނެ ކަމެއް ނެތް އަހަރެން ލޯބިވަނީ ޒެކް ދެކެ ”

“މެހެރީން މެހެރީން އުފަލުގައި އުޅުމުން އަހަރެންނަށް ނިމުނީ އަހަރެން އެއްވެސް ކަމެއް ބޭނުމެއް ނޫން ! މެހެރީން ޒިވާން ހީވަނީ ހަމަ ޒެކް ހެން ދޯ؟ ” އަމަން އަހާލިއެވެ.
” އާން އެއީ ހަމަ ޒެކް ” މެހެރީން ބުނެލީ ހިނިތުން ވެލާފައެވެ.

” އަހަރެން ކާރީ ވަރަށް ޝަކުވާކުރި ބުނީ ބައްޕީ އެންމެ ލޯބިވަނީ ދޮންތި ދެކެ އޭ ޒިވާން އަށް ލިބޭނީ ދެވަނަ އޭ ” އަމަން ބުނި އެއްޗަކުން މެހެރިންއަށް ހެވުނެވެ.

” ހޫން އެއީ އަބަދުވެސް އޭނާގެ ޝަކުވާ އެކަމަކު އޭނަވެސް އެހާ ލޯބިވޭ ޒިވީ ދެކެ” މެހެރީން ބުނެލިއެވެ.
” އަހަރެންގެ ކާރިން އެހީ ބައްޕަ ކިޔަސް އެންމެ ރަގަޅު ހޭ ދޮންތި ކިޔާ ގޮތަށް ” އަމަން ބުނެލުމުން މެހެރީން އަށް ބަލާލެވުނެވެ.
” ދެން އަމަން އާ އެކޭ ބުނިންތަ؟” ސުވާލު ކުރީ އެތަނަށް އައި ޒަކްވާންއެވެ.
” އާން އަހަރެން ބުނިން އޯކޭ އޭ؟ އަނެއްކާ ޒެކް އާ މެހެރީންގެ މައްސަލައެއްނެތް ތަ؟ އަމަން އަހާލީ ހާސްވެފައެވެ.
” ސާބަސް އަމަން ތިހާ ހާސްނުވެ ބަލަ ހަމަ އޯކޭ އެ ސޮރު ހުންނާނީ ވަރަށް އުފަލުން ތި ކަމާދޯ ރީން ”

” ސާބަސް މަންމީ ބައްޕީ ދޮންތި އެބަ ހޯދާ ތި މީހުން ހިންގާ ބަލަ ފޮޓޯ ނަގަން ދާން ” ޒިވާންގެ ފަހަތުން ގޮސް އެންމެން ފޮޓޯ ނެގިއެވެ.

“ޒެކް އަހަރެން ބޭނުން ވާހަކައެއް ދައްކާލަން ” މެހެރީން ބުނެލިއެވެ.

ޒަކްވާން މެހެރީން އާއެކީ މެހެމާނުންނާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. މެހެރީން އަމަން އާ ދެމީހުން ދެކެވުނު ވާހަކަތައް ޒަކްވާން އާ ހިއްސާކޮށްލިއެވެ. ” ރީން އަހަރެން ވަރަށް އުފާވެއްޖެ ކިޔާލަ ދިނީމަ ނުކިޔާ ދިނަސް އަހަރެންގެ ރީން އަށް އަހަރެން އިތުބާރުކުރަން ތީ ހަމަ އެކަނި އަހަރެންގެ މިލްކެއް ޒަކްވާން މެހެރީންގެ އަތުގައި ބޮސް ދިނެވެ. ” ސާބަސް ސާބަސް މާދަމާ ކަން ނޭންގޭ ކާފަ ކިޔާނީ އެކަމަކުވެސް މި ދެމީހުންގެ ރޮމޭންސް ނުވެއް ނިމޭ” ރާއިމްގެ އަޑުން ދެމީހުން ދުރުވެލިއެވެ. “ރާއިމްބޭ! ކޮންއޮރަކު ރާއްޖެ އައީ؟” މެހެރީން އަށް އުފަލުން އަހާލެވުނެވެ. ބުނީމެއްނު ޒިވީގެ ވެޑިންއަށް އަންނާނަމޭ! ހިންގާ ބަލާ މަގޭ ދަރިންނާވެސް ބައްދަލު ކޮށްލަން ތިހެން ކަނަކަށް ވަދެ މާފޮޅުވަން ނުތިބެ ރާއިމް އަނެއްކާވެސް ދިމާކޮށްލިއެވެ. އެންމެން އެކަކު އަނެކަކާ ބައްދަލުކޮށް ސަލާމްކޮށް މަޖާކުރަމުން ދިޔައެވެ.

ޕާރޓީ ނިމުމުން އެންމެނާ ސަލާމް ކޮށްލާފައި ދަނީ ކަމަށް އަމަން ބުނެޏެވެ. ” ހޫން ދެން ގިނަ ގިނައިން އަންނާތި ބައްޕާ އަދި ކިރިޔާ މި ފެނުނީ ދެން ކާފާ ކީމައެއް ނޫން އަންނާނީ ” ޒިވާން ބުނި އެއްޗަކުން ޒިވީ ލަދުން މަރުވާ ވަރުވިއެވެ. ” އެހެން ވާނީ ކިހިނެތް އަދި ޒިވާންގެ ކައިވެންޏަށްވެސް އަންނަން ޖެހޭނެއެއްނު ދޯ ޒިވީ؟ ” އަމަން ބުނި އެތިން ޒިވާން ލަދުން އިސްޖަހާލުމުން އެންމެން ވެސް ފެށީ ހޭށެވެ. ” އަމަން ކީއްވެ އެހާ ލޯބިން ދަރިފުޅަށް ދޭން އުޅުނު ކައިވެނީގެ ހަދިޔާ ނުދީ ތި ދަނީ؟ ” ޒަކްވާން އަހާލުމުން އަމަންއާ ދިމާލަށް އެންމެން ބަލާލިއެވެ. ” ބައްޕީ ކޯޗެއްތަ؟ ބައްޕަ ދޭން އުޅުނީ ؟ ” ޒިވީ ސުވާލު ކޮށްލީ ޒަކްވާން އާއެވެ. ޒަކްވާން ދިއްކުރި ސިޓީ އުރަ ޒިވީ ހުޅުވާލިއެވެ. ” އޯ މައި ގޯޑް ރަޔަން އަހަރެމެންގެ ޑްރީމް ކޭމް ޓްރޫ  ގްރީސް އަށް ހަނީ މޫން ޕެކޭޖެއް އަހަރެމެން ބޭނުންވި ހޮޓެލް އިން ” ޒިވީ އުފާވެފައި ބުނެލިއެވެ. ” ބައްޕާ ކީއްވެތަ ނުދީ ދާން ތި އުޅުނީ؟ އެންޑް ކިހިނެތް އެނގުނީ އަހަރެމެން އެތަނަށް ދާން ބޭނުން ވެގެން އުޅޭކަން؟” ޒިވީ ސުވާލުކޮށްލިއެވެ. ” ދަރިފުޅުގެ ކައިވެންޏަށް އަންނަން ބުނަން މަންމަ ގުޅި ދުވަހު ފޯ ކަނޑާ ނުލެވި އިނީ ދެން ދަރިފުޅު އައިސް ދެއްކި ވާހަކަ އަޑު އިވުނީ؟ އެ ހޮޓެލް އެއީ ބައްޕަގެ ރައްޓެއްސެއް މަސައްކަތް ކުރާ ތަނަކަށް ވުމުން ޖާގަ ހޯދާ ދިނީ އަމަން ގެ ޖަވާބު އަހާފައި ޒިވީ އުފާވިއެވެ. ” ދެން ބައްޕަ ދުވަހަކުވެސް ޒިވީއަށް އެއްވެސް ކަމެއް ނުކޮށް ދޭތީ މީތި ދީފިނަމަ ކަންދައްކަންށޭ މީހުން ހިތަށް އަރާފާނެތީ ނުކެރުނީ ދޭން ” އަމަން އިސްޖާހާލިއެވެ. ” ބައްޕަ ބޭނުން ކޮންމެ އެއްޗެއް ދެވޭނެ ތީ އަޅުގަނޑުގެ ބައްޕަ ތެންކިޔު ފޯރދި ގިފްޓް ޒިވީ ގެ ލޯބި ވާހަކަތައް އަހާފައި އަމަންއަށް ހިނިތުން ވެވުނެވެ. އޭނާގެ ދަރިފުޅަށް ލިބިފައިވާ ތަރުބިއްޔާތާ މެދު އުފާކުރެވުނެއެވެ. ޒަކްވާން އާއި މެހެރީން އާއި ދިމާލަށް ޝުކުރުގެ ނަޒަރްކުން ބަލާލެވުނެވެ.

ކައިވެނި ކޮށްގެންވެސް ޒިވީ ބޭނުންވީ ޒަކްވާން ކައިރިގައި އުޅެން ކަމަށް ވުމުން ޒަކްވާން އެ ގެއިން އެއް ފްލޯ އެމީހުންނަށް ދިނެވެ. ޒިވީ މެން ގްރީސް އަށް ކަވެނީ ކުރި ދުވަހު ނޫން އަނެއް ދުވަހު ފުރިއެވެ. ޒިވާންވެސް ކިޔަވަން ލަންޑަނަށް ފުރިއެވެ. ކުދިން ނެތުމުން ގޭތެރެ ފަޅުވެފައި އޮތުމުން މެހެރީން ގޮސް ޓެރަސް އަށް އަރާލީ ފޫހި ފިލުވާލުމަށެވެ. މެހެރީން ގޮސް ޓެރަސް ގައި ހުރި ގަސްތައް ކުރިމަތީ ހުއްޓިލިއެވެ. ފަހަތުން އައިސް ޒަކްވާން މެހެރީންގެ ގައިގަ ބައްދާލިއެވެ. ” އައި ލަވް ޔޫ ޒެކް” މެހެރީން އަށް ބުނެވުނެވެ. ” ޒެކް އަބަދަށްވެސް އަހަރެން ދެކެ ތިހެން ލޯބިވާތި އުމުރަށް ވެސް އެކީ އުޅޭތި ” މެހެރީން އަނެއްކާވެސް ބުނެލިއެވެ. ” އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ ޒަކްވާން ބުނެލީ ވަރަށް ލޯބިންނެވެ. މެހެރީން ޒަކްވާންގެ މޭގައި ބޯ އަޅަލިއެވެ. ” ރީން އަހަރެމެން މިއަހަރު ހައްޖަށް ދާއިރު އަހަރެމެންނާ އެކީ ރީންގެ ބައްޕަ ވެސް ގޮވައިގެން ދާން  ލާރިވެސް ދައްކާފަ މިއައީ ” ޒަކްވާން ބުނެލިއެވެ. ” ބައްޕަ އެންމެ ފަހުން އެއްބަސް ކުރުވި ދޯ ؟ ތިކަހަލަ ރަގަޅު ފިރިއެއް ދެއްވީތީ ﷲ އަށް ޝުކުރުކުރަން މެހެރީން އަމަންގެ އަތުގައި ހިފާލައިގެން ގޮސް ގޭ ތެރެޔަށް ވަނެވެ.
-ނިމުނީ-
ހީކުރަން ކިޔުންތެރިންނަށް ވާހަކަ ކަމުދިޔަކަމަށް

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އަސަރުކުރީ މަށަށެވެ.

Next

ރިވާ ލޭކް، 11

Next
March 14, 2024

ރިވާ ލޭކް، 11

Previews
March 13, 2024

އަސަރުކުރީ މަށަށެވެ.

4 Comments!

  1. imko 💕💕 says:
    March 14, 2024 at 5:07 pm

    Mi part vex varha reethi Masha Allah
    Miss you so much nadhoo

  2. Isha says:
    March 15, 2024 at 1:15 pm

    Vvv reethi

  3. ifoo says:
    March 15, 2024 at 8:59 pm

    maasha allah vvv reethi mi vhk..unmeedhu kuran adhives kuriyah oii thanuga nadhoo ge ehn vhk ehves kiyaalan libeyne kamah

  4. Faihaa says:
    March 16, 2024 at 2:43 pm

    Nadhoo, i read all your stories. Hurihaa vaahaka eh vx varah reethi ma sha allah. Adhi vx nadhoo ge vaahaka kiyah libeyne kamah unmeedhu kuran. Ly 🫶

Comments are closed.



All Right Reserved!