ރާނިޔާ 5
” ރާޔާ ” އެމީހަކު ގޮވާލިއެވެ. ރާނިޔާ ދާން ހިނގައި ގަތުމުން އެމީހަކު ރާނިޔާގެ އަތުގައި ހިފިއެވެ. ރާނިޔާ އަތް ފޮޅުވާލާފައި އެމީހާގެ ކަންކަށިމަތީ އެތިފަހަރެއް އަޅުވާލިއެވެ. ” އަހަރެންގެ ގައިގަ އަތްނުލ ހުރޭ” ރާނިޔާ ބުނެލީ ހިތްހަމަ ނުޖެހިފައެވެ. “ރާޔާ ޕްލީޒް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ ” އެމީހަކު އާދެސް ކޮށްލިއެވެ. ” އަހަރެން ރާއިދު ދައްކާ އެއްވެސް ވާހަކައެއް ނުޖެހޭނެ އަޑުއަހާކަށް މިތަނުން ދާން އުޅޭ” ރާނިޔާގެ އަޑު ބެދިގެން ދިޔައެވެ. އަހާން ކާރިޔަށް ޖެހިލައި ރާނިޔާގެ ކޮނޑުމަތީ އަތް ބާއްވާލިއެވެ. ރާނިޔާ ރޮމުން ރޮމުން އަހާންގެ ގައިގަ ވަރަށް ބާރަށް ބައްދާލިއެވެ. ” އަހާން ބުނޭ އޭނާ ކާރި އަހަރެންގެ ކުރިމަތިން ދާށޭ! އަހަރެން އެ ސޫރަވެސް ދެކޭކަށް ބޭނުމެއް ނޫނޭ ” އޭރު ވާރޭވެސް ބޯކޮށްލައިފި ނަމަވެސް އަހާންއަށް ހަމަ އެހުރި ގޮތަށް ހުރެވުނީ ރާނިޔާ ބައްދާލުމުން ކުރުވި އިހްސާސަކުންނެވެ. ” ރާޔާ އަހަރެންނަކަށް ނޭންގެޔޭ ރާޔާ ދުނިޔޭގައި ހުރި ކަމެއް ” ރާއިދު ބާރަށް ބުނެލިއެވެ. ” އަހާން ހިނގާ މިތަނުން ދާން ޕްލީޒް އަހަރެން ގެންދޭ މިތަނުން ރާނިޔާ ބާރައް ރޮއެގަތެވެ. އަހާން ރާނިޔާ ކާރަށް އެރުވުމަށްފަހު ކާރަށް އަރާ ދުއްވާލިއެވެ. ރާނިޔާ ރޮމުން ދިޔައެވެ. ” އަހާން އަހަރެން ގެޔަށް ދާކަށް ބޭނުމެއް ނޫން މިހާލުގަ މަންމަ ވަރަށް ސުވާލުކުރާނެ. “ކޮންމެވެސް އެހެން ތަނަކަށް ހިނގާބަލަ ނޫނީ ކާރުގައި ތިއްބަސް އޯކޭ އެކަމަކު ކާރު ޕާކް ކޮށްލާ ކޮންމެވެސް ތަނަކު އަހަރެން ކުޑަކޮށް ހަމަޖެހހެންދެން ޕްލީޒް އަހާން” ރާނިޔާ ރޮމުން ބުނެލިއެވެ. ” ރާނިޔާ ޕްލީޒް ނުރޮއެ ބަލަ ހިނގާ އަހަރެންގެ މާލެ ގެސްޓު ހައުސްއަށް މިރޭ އެތާ ނެތް އެއްވެސް ގެސްޓެއް އެހެންވެ ސްޓާފެއްވެސް ނުހުންނާނެ. ކާރު މަޑުކުރުމަށްފަހު އަހާން ގޮސް ރާނިޔާ ފައިބަން ދޮރު ހުޅުވުމުން ރާނިޔާވެސް ފޭބިއެވެ. ރާނިޔާ ގޮވައިގެން އަހާން ވަނީ ފަހަތު ދޮރުން ކަމުން ދެމީހުން މުޅިން ތެމުނެވެ. ލިފްޓުން ނިކުމެ އެތާ އެންމެ މަތީ ހުރި ރޫމަށް ގޮސް ވަދެވުމާއެކު ރާނިޔާގެ ބަޑި ފަޅައިގެން ދިޔައެވެ. ރާނިޔާ ރޮމުން އެނދު ކާރީ ބިންމަތީ އިށީނެވެ. އަހާންވެސް ރާނިޔާގެ ކާރީ އިށީނެވެ. ރާނިޔާ ރޮމުން ރޮމުން އަހާންގެ ގައިގަ ބައްދާލިއެވެ. އަހާން ރާނިޔާގެ ބުރަކަށީގައި ފިރުމާލިއެވެ. “ދެން ހުއްޓާލާފަ ކިޔާދީ ” އަހާން އެހެން ބުނެލުމުން ރާނިޔާ އަހާން އާއި ދުރުވެލިއެވެ. ” ކީއްކުރަން މިހާރު ދެން އައިސް ބޮޑެތި ދޮގުތަކެއް ހަދަން ވީ އަހަރެން ބޭނުމެއް ނޫން އަލުން އަހަރެން އުޅުނު ހާލަށް ދާކަށެއް އެހަނދާން ވިޔަސް އަހަރެން ބިރުގަނޭ އަހާން އަށް އިނގޭތަ އަހަރެން 3 މަސްވަންދެން މަރާ ހަނގުރާމަކުރިން އެކަމަކު އަހަރެންގެ ހާލު ބަލާލަންވެސް ރާއިދު ނާދޭ އެ ހާދިސާއަށްފަހު އަހަރެންނަކަށް ނުހިނގުނު އެހިތާމައިގަ ހުއްޓާ އެއްދުވަހު ރާއިދު ގެ މަންމަބުނީ ނުކުޅެދޭ މީހަކަށް ވުމުން ރާއިދު އަހަރެން ބޭނުމެއް ނޫނެ އެކަމާ ދެރަވެ އަހަރެން ޑިޕްރެޝަނަށް ގޮސް އަމިއްލައަށް މަރުވާންވެސް މަސައްކަތްކުރިން އަހަރެން މަންމަ އަދި އަހާން މަންމަގެ ހިތްވަރުން ޑޮކްޓަރަށް ދައްކާ ބޭސްކޮށްގެން ރަގަޅު ވީ ފައިވެސް ރަގަޅުވުން ލަސްވި އެކަންތަކާ ހުރެ ދެން މިއަދު އަހަރެން ހަމަޖެހިގެން އުޅެންފެށުމުން ކީއްކުރަން އެ އައީ؟ ރޮމުން ރާނިޔާ އަހާން ގެ މޫނަށް ބަލާލިއެވެ. އަހާން މަޑުމަޑުން ރާނިޔާގެ ކަރުނަ ފޮހެލާދިނެވެ. ރުއިމުގެ ސަބަބުން ތުރުތުރު އަޅަމުން ދިޔަ ރާނިޔާގެ ތުންފަތުގައި އަހާންއަށް ފިރުމާލެވުނީ އިހްތިޔާރަކާ ނުލައެވެ. އަހާންގެ އެއަމަލުން ލަދުން ރާނިޔާ ތެދުވެގެންދާން އުޅުމުން ބިންމަތީ ފެންހުރުމުންނާ ރާނިޔާގެ ފައިގެ އަދިވެސް ރަގަޅު ނުވާތީ އެކަން ކާމިޔާބެއް ނުވިއެވެ. އަހާން ރާނިޔާ ނަގާ އަހާންގެ އުނގަށްލިއެވެ. އަހާން ރާނިޔާ އާއި ދިމާލަށް ބަލަންހުރުމުން ރާނިޔާ ލަދުގަނެގެން އިސްޖަހާލިއެވެ. ލައިގެން އިން މަޑު ޕިންކް ޓޮޕްވެސް ތެމުމުން ގައިގަ ތައްލާފައި ހުރިކަންވެސް ރާނިޔާއަށް އެނގުނީވެސް އެވަގުތު ކަމުން ރާނިޔާ ލަދުން ތެދުވާން އަނެއްކާވެސް އުޅުނެވެ. ނަމަވެސް އަހާން އެއް އަތުން ރާނިޔާގެ އުނަގަޑުގައި ހިފާ އަހާންގެ ގަޔާ ކާރިކޮށްލިއެވެ. ރާނިޔާގެ ގައިން ދުވި މީރު ވަހުން އަހާންގެ ހިތް އެދެމުން ދިޔައީ ރާނިޔާއާއި އިތުރަށް ކާރިވުމަށެވެ. އަހާން ރާނިޔާ އާއި ކައިރިވެލާފައި ރާނިޔާގެ ތުންފަތުގައި ކިސްކޮށްލިއެވެ. ރާނިޔާއަށް އަހާންގެ ގައިގަ ބައްދާލެވުނީ އިހްތިޔާރަކާނުލައެވެ. އިރުކޮޅަކުން އަހާން ދުރެވެލުމުން ކުޑަކޮށް އުނދަގުލުން ނަމަވެސް ރާނިޔާ ތެދުވެ އެނދުގައި އިށީނުމުން އަހާންވެސް ތެދުވެ އިށީނެވެ. ރާނިޔާ ދޭ ބަލަ ހިކެން ބަލިވެދާނެ. އަލަމާރީގަ ހުންނާނެ ބާރތްރޯބް ތި ހެދުން އަޅާ ހިއްކަން މެށިނަށް. ރާނިޔާ ފާހާނާއިން ނިކުތީ ބާރތްރޯބް ކުރުވީމާ ހިމުން ތިރީގައި ތުވާލި ވެސް އޮޅާލައިގެންނެވެ. އަހާންވަދެފައި ފާހާނާޔަށް ވަދެފައި ހަމައެކަނި ތުވާލި އޮޅާލައިގެން ނިކުމެގެން އައެވެ. ރާނިޔާއަށް އަހާންގެ ރީތި މަސްޖަހާފައިވާ ކަސްރަތީ ހަށިގަނޑު ފެނުނު މީ ފުރަތަމަ ފަހަރުކަމުން ބަލަން ހުރެވުނެވެ. އަހާންއަށް ވެސް ކަކުލާހަމަޔަށް ދާ ރޯބްލައިގެން ތުވާލި އިން ބޯ ހިއްކަން އިން ރާނިޔާ އާއި ދިމާލަށް ބަލަންހުރެވުނެވެ. އަހާންގެ ހިތްއެދި ގޮވަމުން ދިޔައީ ރާނިޔާ ގެނެސް އަހާންގެ އަތުތެރެޔަށް ލުމަށެވެ. އަހާން ގޮސް ރާނިޔާގެ ކުރިމަތީގައި ހުއްޓުނެވެ. ރާނިޔާ އިސްޖަހާލުމުން އަހާން ރާނިޔާގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވާލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ރޮމުން ދިޔަ ރާނިޔާގެ ފަރާތުން މިހާރު ފެނިގެން ދަނީ ލަދުރަކި ކަމެވެ. ” ރާނިޔާ !” އަހާން މަޑުމަޑުން ގޮވާލިއެވެ. ރާނިޔާ ލަދުން ދުރުވާން އުޅުމުން އަހާން ރާނިޔާގެ ގައިގަ ބައްދާލިއެވެ. ” ނޭންގޭ ކީއްވެގެން ކަމެއް މިރޭ ރާނިޔާ އާއި ދުރަކަށް ނުދެވޭ ހަމަ ކާރިވާ ހިތްވަނީ ދަގަތްފާނަށް ދަގަނޑު ދަމާހެން އަހަރެން އެބަދަމާ ރާނިޔާ އާއި ދިމާލަށް ” އަހާން ރާނިޔާގެ ނިތްކުރީގައި ބޮސްދިނުމުން ރާނިޔާއަށް ލޯ މަރާލެވުނީ އިހްތިޔާރަކާ ނުލައެވެ. ” ރާނިޔާ ކޭން އައި ކިސް ޔޫ އަގެއިން ” އަހާން އަހާލުމުން ރާނިޔާ ލަދުންމަރުވާ ވަރުވިއެވެ. ރާނިޔާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އަހާން ރާނިޔާގެ ތުންފަތުގައި ކިސްކޮށްލިއެވެ. ރާނިޔާ އަކަށްވެސް ދެކޮޅެއް ނުހެދުނު އިތުރަށް އަހާންގެ މޭގައި ބޮނޑިވެވުނީ ކުއްލިޔަކަށް އަހާން ރާނިޔާ އުފުލާލައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. ރާނިޔާ އަހާންގެ ގައިގަ ބައްދާލިއެވެ. ދެމީހުންގެ ޖިސްމުގައި ހިފި ހުޅު ވެހެމުންދިޔަ ބޯ ވާރެޔަކަށްވެސް ނިއްވައެއްނުލެވުނެވެ. ހެނދުނު ހޭ ލެވުމާއެކު އަހާން އަށް ބަލާލެވުނީ އޭނާގެ އަތުތެރޭގައި ނިދާފއި އޮތް ރާނިޔާއަށެވެ. އަހާން ރާނިޔާ ގެ މޫނުގައި ލޯބިން ފިރުމާލުމުން ރާނިޔާއަށް ހޭލެވުނެވެ. ރާނިޔާ ރޭގެ ހަނދާން ވެފައި ލަދުން ރަޖާ މުނޫގައި އަޅާލިއެވެ. ހިނގާ ގެޔަށްދާން އަވަހަށް އަހާންބުނެލުމުން ރާނިޔާ މޫނުން ރަޖާ ނަގަމުން މެޝިނަށްލީ ހެދުން ނަގަން ހަނދާން ނެތުނު ވާހަކަ ރާނިޔާ ބުނެލީ ހާސްވެފައެވެ.
” މަންމައަށް ގުޅާފައި ބުނެފިން ހެދުން ފޮނުވާދިނުމަށް ” ” ވަޓް އަހާން މަންމަ ހީކުރާނި ކީކޭ؟” ރާނިޔާ ލަދުގަތެވެ. “ހެޔޮ ކޮންމެ އެއްޗެއް ހީކުރިޔަސް އެކަމަކު ބުނިން ވާރެޔާ ތެމުނީ މާ ހިކެން ވެގެން ކަމަށް ހެދުން ބޭނުންވަނީ ނަސީބެއް އަދިވެސް ވާރޭ ވެހޭކަން” އަހާން ޖަވާބު ދިނެވެ. ރާނިޔާ އެނދުމަތީ އޮތް ރަޖާ އޮޅާލައިގެން ގޮސް ފާހާނާޔަށް ވަނެވެ. އެތަން ބަލަން އަހާންއަށް އަށް ހުރެވުނީ ހެވިފައެވެ. އެވަގުތު އަހާން އަށް އެނދުމައްޗައް ބަލާލެވުނެވެ. ފެނުނުނު އެއްޗަކުން އަހާން އަށް ހިނިތުންވެވުނެވެ. ފާހާނާއިން ނިކުތް ރާނިޔާގެ ކާރިޔަށް ގޮސް އަހާން މަޑުކުރިއެވެ. ” ރާނިޔާ ކީއްވެ ރޭގަ ނުބުނީ ފަސްޓް ޓައިމް އޭ އައި އެމް ސޮރީ އިފް އައި ހާރޓް ޔޫ” އަހާން ބުނެލީ ދެރަވެލާފައެވެ. އަހަރެންގެ ބޯއިފްރެންޑެއް ހުއްޓެއްކަމަކު އަހަރެމެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރަން މެރީކޮށްގެން ކުރަން ތިބީ ހަގް އެއް އެކަނި ކޮށްފަ ހުންނާނީ އެކަމަކު ރޭގަ އަހަރެން ވަރަށް ކޮންފޯރޓަބަލް އެއްވެސް ފަހަރަކު ބިރެއް ނުގަނޭ ފުރަތަމަ ފަހަރު ވިޔަސް އިނގޭ އަހާން އަހަރެންނަށް ދެރަގޮތެއް ނަހަދާނެކަން ” ރާނިޔާ ބުނެލީ ހިނިތުން ވެލަމުންނެވެ. ” އަހަރެން ދުވަހަކުވެސް އެއްވެސް ގޮތަކަށް އަންހެން ކުއްޖަކާ ކާރި އެއްނުވަނަ އަލަށް މި ކަހަލަ ކަމެއް މި ކުރެވުނީ ނޭގޭ ކީހިނެތް ކަމެއް ރޭގަވީ ހަމަ ކޮންޓްރޯލް ނުކުރެވުނީ” އަހާން ބުނި އެއްޗެއް ގަބޫލު ނުވެފައި ރާނިޔާ ބަލަން އިނެވެ. ” އަސްލުވެސް ރާނިޔާ ކީއްވެ ގަބޫލު ނުކުރެވެނީ؟ އަހަރެން ބޭރުގަ ކިޔަވަން އުޅުނު އިރުވެސް ނު ވިސްނަން އެކަހަލަ ކަމަކާ އެއް އަބަދުވެސް މަންމަ ހޯދަދިން ކުއްޖަކާ މެރީކުރަން ނިންމައިގެން ހުރީ ” އަހާން ބުނެލިއެވެ ” ފުރަތަމަ ފަހަރުވެސް އެހާ މޮޅު ވީމާ ގަބޫލުކުރެވޭތަ؟” ރާނިޔާ ބުނެލީ ލާނެތް ކަމާ އެކީގައެވެ. އަހާން ލަދުން އިސް ޖަހާލިއެވެ. ” އަހާން އަށް ލަދު ގަންނަން ވެސް އިނގޭތަ؟” ރާނިޔާ ބުނެލިއެވެ. އެވަގުތު ދޮރުގައި ޓަކި ދިނުމުން އަހާން ގޮސް ދޮރު ހުޅުވާލާފައި ކޮތަޅު ހޯދިއެވެ. ” ހެދުން ލައިގެން ދެމީހުން ވެސް ގެޔަށް ދާން މިސްރާބު ޖެހިއެވެ. ” ރާނިޔާ ބޭރުން ސައި ބޮއެގެން ދޯ ގެޔަށް ދާނީ ” އަހާން އަހާލިއެވެ. ” ނޫން މަންމަ ސައި ހަދާފައޭ ހުންނާނީ ގެޔަށް ދާނީ ” އޯކޭ ކަމަށް ބުނެ އަހާން ގެޔަށް ދިޔައެވެ.
އޮފީހުގައި އިން އަހާން މަސައްކަތް ކުރާ ހިތް ނުވެފައި އިނެވެ. އަހާންއަށް ވިސްނެނީ ރޭގަވީ ކަންތަކާ މެދުގައެވެ. އަހާން ރާނިޔާއަށް ގުޅާލާހިތުން ފޯނު ނަގާލި ނަމަވެސް އަހާން އަތުގައި ރާނިޔާގެ ނަންބަރެއް ނެތުމުން މާޔޫސްވެފައި އެފްބީ ހުޅުވާލިއިރު ރާނިޔާ އޮންލައިންގަ އިނުމުން އުފަލުން ހައި ޖަހާލިއެވެ. ރާނިޔާ ވެސް ޖަހާލިއެވެ. ނަންބަރު ދިނުމަށް އަހާން އެދުނެވެ. ” ހާދަ ފާސްޓޭ ދޯ ހައި އަށް ފަހު ސީދާ ނަންބަރު ދޭން ތި ބުނީ” ރާނިޔާގެ ރިޕްލައި ފެނިފައި އަހާން އަށް ހެވުނެވެ. ” އަހަރެންމީ ކިހާ ގޯސް ހަޒްބެންޑެއް ވައިފްގެ ނަންބަރުވެސް ނޭގޭ” އަހާންވެސް ޖަވާބުގައި ލިޔުނެވެ. ” އަހާން ތިހާ އިމޯޝަނަލް ނުވިޔަސް ނަމްބަރު ދީފާނާމޭ މި ގުޅަނީ” ރާނިޔާގެ ޖަވާބު ފެނުމުން އަހާން އަށް ހިނިތުންވެވުނެވެ. ” ހެލޯ ކީއްވެ ނުގުޅިގެން ތި އުޅެނީ ؟” ރާނިޔާ އަހާލިއެވެ. ” ނޭންގޭ މިއަދު ނުވޭ އޮފީހުގަ ހުންނަ ހިތެއް އައި ތިންކް އައި މިސްޔޫ” އަހާން ބުނެލި އެވެ. ” ރިއަލީ! ގަބޫލެއްވެސް ނުކުރެވޭ މީގެ ދުވަސްކޮޅެއް ކުރިން ނުކުޅޭދޭ މީހަކަށް ވެގެން ސޫރަވެސް ދެކެން ބޭނުން ނުވި އަހާން މިއަދު އަހަރެން މަތިން މިއަދު މިސްވަނީ؟ ” ރާނިޔާ އެހެން ބުނެލުމުން ” ރާނިޔާ” ގެ ނަމުން އަހާން ގޮވާލީ ހިތްހަމަ ނުޖެހިފައެވެ. އަދި ފޯނުވެސް ކަނޑާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Hey nadhoo
Mi part vx vrh reethi Masha Allah
Kon irakun next part kiyaalan libeyni
Curiously waiting for the next part
Love you nadhoo ❤️
love you more rifsha now part 6 ves submit kohfin
Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
miadhu submit kohfin. thank you reethi kamah buneema
V Reethi mi part ves masha allah
Can’t wait for next part
Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama