ރާނިޔާ 3
އަހާންގެ ހަރަކާތްތަކަށް ބަލަން އިން ރާނިޔާ ގޮސް އަހާންގެ ކައިރީގައި އެނދުގައި އިށީނދެ އަހާންގެ އަތުގައި އޮތް ޓައި އަތުލުމަށްފަހު އަހާންގެ ޓައި ވަރަށް ފަރިތަކަމާ އެކު އަޅުވާލަދިނެވެ. ހަފްލާއަށް ވަދެގެން ދިޔައީ ރާނިޔާ،އަހާން އަދި ޒުހުރާ އެކުއެކީގައެވެ. ފުރަތަމަ ދިމާވީ ރާއްޖޭގެ ނަން މަޝްހޫރު މަޖިލިސް މެންބަރަކާއެވެ. އަހާން އޭނާގެ މަންމަ ތައާރަފް ކޮށްދިފައި ރާނިޔާ އާއި ދިމާލަށް ބަލާލާފައި މީ އަޅުގަނޑުގެ އޭ ބުނެވުނުތަނާ އެމީހާ ” ރާނިޔާ ވަރަށް އުފާވެއްޖެ ފެނުނީމާ އެހެން ކިޔާފައި އެމީހާ ރާނިޔާ އާއި ސަލާމް ކޮށްލިއެވެ” އަހާން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ޕާރޓީ ތެރޭގައި ތިބި ގިނަ ޝަރަފްވެރިން އައިސް ރާނިޔާ އާ ބައްދަލުކޮށް ވާހަކަ ދައްކަމުންދިޔައެވެ. ހުރިހާ މީހުންގެ ނަޒަރު ރާނިޔާ އަށް ހުއްޓިފައި ވުމުން އަހާން އިނީ ހައިރާންވެފައެވެ.
“އެޓެންޝަން ޕްލީޒް! މައިކުން ބުނެލުމުން އެންމެންގެ ނަޒަރު ސްޓޭޖަށް ހުއްޓުނެވެ. “މާފުކުރައްވާތި އަޅުގަނޑު މިތާ މި ހުއްޓުނީ މި ހަފަލާޔާ މާ ގުޅުންހުރި ވާހަކައެއް ދައްކާކަށެއް ނޫން އެކަމަކުވެސް ވަރަށް ގިނަ މީހުންގެ ރިކުއެސްޓަކަށް ” މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސްކުރިން އަލިފާން ރޯވެ އަނދަމުންދިޔަ މާލޭގެ އިމާރާތަކުން މީހުން ސަލާމަތްކުރުމަށް އަމިއްލަ ފުރާނަޔަށް ބެލުމެއްނެތި ހިތްވަރާއެކު މަސައަކަތްކުރި އެންމެންގެ ހީރޯއިން އެންމެ ފަހު ވަގުތު ބެލްކަންޏާ އެކީ ވެސްޓި ހާލު ސީރިޔަސް ވީ ދުވަހަކީ ގިނަ ދިވެހިން ގެ ހިތުން ހާއްސަކޮށް ސަލާމަތް ކޮށްދިން މީހުންގެ އާއިލާތަކުގެ ހިތުން ފިލައިގެން ދާނޭ ދުވަހެއް ނޫންކަން ކަށަވަރު، ނަމަވެސް އެންމެންގެ ފުރާނަ ސަލާމަތް ކުރުމަށްފަހު 3 މަސްދުވަސް ވަންދެން އައިސީޔޫގައި ފަރުވާ ހޯދުމަށްފަހު ފުރޮޅުލީ ގޮނޑިއެއްގައި އައިޖީ އެމް އެޗް ހޮސްޕިޓަލުން ނިކުމެގެން ދިޔަ ހީރޯއިން ވަނީ އޭގެ ފަހުން ގެއްލިފައި އައިސީޔޫގައި އޮތް އިރުވެސް އެކަމަނާގެ ސޯޝަލް މީޑިޔާ ދިޔައީ ހެޔޮހާލުގައި ލެއްވުން އެދި ކުރަމުން ދިޔަ ދުއާތަކުން ފުރެމުން އެކަމަނާގެ ސިއްހަތު ރަގަޅުވުމުގައި އެ ދުއާތަށް ބަރާކާތް ނުވެނުދާނޭކަން ގައިމު،ދޭތެރެއަކުން ކޮންމެވެސް ހޮސްޕިޓަލަކުން ބައެއް މީހުންނަށް ފެނުނަސް އެކަމަނާ އުޅެން ފެށީ ވަރަށް މީހުންނާ ދުރުވެގެންނެވެ. ނަމަވެސް މީގެ 3 މަހެއްހާ ދުވަސްކުރިން އެކަމަނާގެ ކައިވެނީގެ ފޮޓޯ އެއް ސޯޝަލް މީޑިޔާގައި ދައުރުވާންފެށި ނަމަވެސް އެކަމަނާގެ ފޭސްބުކް އެކައުންޓުން އެދިލެއްވި އެ ފޮޓޯ ތައް ނެގުމަށް 24 ގަޑި ނުވަނީސް ހުރިހާ ފޮޓޯއެއް ގެއްލިގެން ދިޔަ ނަމަވެސް މިރޭގެ މިހަފްލާގައި އެކަމަނާ އިންނެވީ ތީ ކަމަނާގެ އަރިއަހުން ވަރަށް އަބދުވެރިކަމާއެކު ދެތިން ބަހެއް ބުނެލުމަށް އެދެން ލެފްޓިނެންޓް ކާނަލް އައިޝަތު ރާނިޔާ ރަމީޒު ” އެމީހާގެ ވާހަކަ ނުމިމުން އެންމެންގެ އަތްތިލަބަޑިން ތަން ގުގުމާލިއެވެ. އަހާން އަށް ރާނިޔާ އާއި ދިމާލަށް ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. އަހާން އަކީ ބޭރުގައި އުޅުނު އިރު އަދި މިހާރުވެސް ހަބަރާ އެއްޗިހި ބަލާ މީހަކަށް ނުވާތީ އޭނާއަކަށް ރާނިޔާ އެއް ނޭގުނެވެ. އަދި އެނގޭތޯ ޓްރައިވެސް ނުކުރެއެވެ. ރާނިޔާ ހިއްވަރުކޮށްލާފައި ގޮސް ޕޯޑިޔަމް އަށް އެރިއެވެ. ” އައްސަލާމް އަލައިކުމް ވަރަށް ގިނަ ދުވަސްތަކަށްފަހު މިކަހަލަ ހަފްލާއަކަށް މިއާދެވުނީ އެހެންވެ ވަރަށް ނާރވަސްވެފަ މިހިރީ އެ ހާދިސާއަށް އަށް ފަހު ނުހިނގުމުން މެންޓަލީ އަޅުގަނޑު ވަރަށް ޑައުންވި މީހުންގެ ތެރެޔަށް ނިކުތީމަވެސް އުދަނގޫވާންފެށީ އަބަދު އެކަނި އުޅެން ބޭނުންވީ ސެލްފްކޮންފިޑެންސް ޒިރޯއަށް ދިޔަ އެންމެ ފަހުން ޖެހުނީ ސައިކޮލޮޖިސްޓެއްގެ އެހީ ހޯދަން އަޅުގަނޑުގެ މަންމަ ކުރި ހިތްވަރުންނޫން ނަމަ މިހާރު އަޅުގަނޑު އިންނާނީ ދުނިޔޭން މޮޔަވެފަ އެކަމަކު ﷲގެ ރަހްމަތްފުޅުން މިހާރު ދެން ހުރިހާކަމެއްވެސް ރަގަޅުވަމުން މިއަންނަނީ ފުރޮޅީ ގޮނޑިން މި އަސާއަށް އަޅުގަނޑު ކަޑައްތުކުރީ ވަރަށް ހިތްދަތި ދުވަސްތަކެއް އެންމެ އިންތިޒާރު ކުރވެނީ އަލުން ހިނގޭނެ ދުވަހަކަށް، އަޅުގަނޑުގެ އިސްތިއުފާވެސް އޮފީހުން ބަލައެއް ނުގަތް އެހެން ވިމާ މިރޭ ތި އެންމެންގެ ހާޒިރުގައި އަޅުގަނޑު މި ބުނަނީ އަލުން ހިނގެން ފެށި ދުވަހަކުން ވަޒީފާއަށް ޖޮއިން ކުރާނެކަމަށް ތި ދެއްވި ލޯތްބަށް ޝުކުރީއްޔާ ” މުޅި ފޭސްބުކްގައި ރާނިޔާގެ ސްޕީޗް ވައިރަލްވެގެން ތައުރީފާއި އައީ ހެޔޮދުއާތަކުން ފުރުނެވެ. ހަފްލާ ނިންމާލާފައި ގެޔަށްދިޔަ މަގުމަތީގައި އަހާން އަނގައިންވެސް ނުބުނެއެވެ. ރާނިޔާ ގެޔަށް ދެވުމުން ހެދުން ބަދަލުކޮށްގެން އައިސް ނިދަން އޮށޯވެލިއެވެ. އަހާން ފުރަތަމަވެސް ފޭސްބުކުން ރާނިޔާގެ އައިޑީ ހޯދާލިއެވެ. އަދި ހުރިހާ ފޮޓޯ އެއް ބެލިއެވެ. އަހާން އަށް ދެން އެނގިގެން ދިޔައީ ރާނިޔާގެ ދިރިއުޅުމުގައި އެހެން މީހަކު ހުރި ކަމެވެ. މިސްވެގެން ލިޔެފައި އެއްޗިހިތައް ފެނުމުން އަހާން އިތުރަށް އެނގެން ބޭނުން ވިއެވެ. ހެނދުނު އަހާން އަށް ހޭލެވުނު އިރު ރާނިޔާ އެއްނެތެވެ. އަހާން ފެނެވަރާލައިގެން ދަނިކޮށް އަހާން މަންމަގެ ކޮޓަރިން ވާހަކަ ދައްކާ އަޑުއިވިގެން އެތާ ކާރިޔަށް ދިޔައެވެ. ” މަންމަ ވަރަށް އުފާވި ދަރިފުޅު ރޭގަ އެހެން ފެނުމުން އެތައް ދުވަހެއް ފަހުން ނަމަވެސް މީހުންނާ ކުރިމަތި ލާން ދަސްކޮށްފި، ތިކަހަލަ ހިތްވަރުގަދަ ކުއްޖަކު ލިބުމުންވެސް އަހާން ކަންތައްކުރާގޮތުން މަންމަ ވަރަށް ދެރަވޭ މަންމަގެ ސަބަބުން ދަރިފުޅަށް އިތުރު ހިތާމައެއް މިދެވުނީ ދަރިފުޅު އެވަރަށް ދަރިފުޅުގެ ހާލަތު ކިޔާ ދިނުމަށް ބުނުމުންވެސް މަންމަ އަހާން އަށް ސިއްރު ކުރީ ހަމަ ދަރިފުޅު ކަހަލަ ކުއްޖަކު ނުލިބޭނެތީ އެކަމަކު އެވެސް ބޮލުގަ އަޅައިގެން ދަރިފުޅު ތި އުޅެނީ މަންމަޔާ އަހާން އާއި ނުޖައްސަންވެގެން މަންމަ އަށް އިނގޭ ތި އުޅެނީ އުފަލުގައި ނޫންކަން” ޒުހުރާ ބުނެލީދެރަވެފައެވެ. ޒުހުރާގެ ވާހަކަ އަޑުއަހަން އިން އަހާންއަށް ފުރަތަމަފަހަރަށް ރާނިޔާ އާ މެދު ވިސްނާލެވުނެވެ. ” ރާނިޔާގެ އެއްވެސް ކުށެއްނެތި އަހަރެން ރާނިޔާއަށް އެހާ އެއްޗިހި ގޮވާކަންތައްކުރީ އަހަރެންނަށް ހަގީގަތް ސިއްރު ކުރީ މަންމަ އެކަމަކު އަހަރެން ހާދަ ގޯހޭ” އަހާން އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އަހާން މަޑުމަޑުން ގޮސް ކާމޭޒުކާރީ އިށީނެވެ. އިރުކޮޅަކުން ރާނިޔާ އައިސް ބަދިގެޔަށްވެނެވެ. “އަހާން ވަރަށް ގިނައިރު ވެއްޖެތަ ގޮވާލިނަމަ” ރާނިޔާ އަހާލުމުން އަހާން ބޯ ހޫރާލިއެވެ. ރާނިޔާ އަހާން އަށް ކާން ހަދާ ދީފައި އިށީނދެ ސައިތައްޓެއް އެކަނި ހަދައިގެން ބޯލިއެވެ. ” ރާނިޔާ ނުކަނީތަ؟” އަހާން އަހާލިއެވެ. “ނެތް ކާ ހިތެއް ބަނޑުހައެއްވެސް ނުވޭ” ރާނިޔާ ޖަވާބު ދީފައި ތެދުވެގެން ދިޔައީ ހޮސްޕިޓަލަށް ދާންޖެހޭތީ ދަބަސް ނަގާށެވެ. ރާނިޔާ ދަބސް ހިފައިގެން އައިއިރު އަހާންވެސް ކައި ނިމިގެން އައިސް ސޯފާގައި އިނެވެ. ” މަންމާ އަހަރެން ދަނީ” ރާނިޔާ ބުނެލިއެވެ ” އެކަނި ތަ ދަނީ މަންމަ ކާރީ ވެސް ދާ ވަހަކަ ނުބުނާތީ ތައްޔާރުވެސްނުވެ މިހިރީ ” އާން އޭ އޯކޭވާނެ ޓެކްސީއެއްގަ ގޮސްލާނަން ރާނިޔާ މަޑުމަޑުން ދޮރާދިމާލަށް ހިނގައިގަތެވެ. ” ރާނިޔާ ހިނގާ އަހަރެންނާ އެކީ ” އަހާން ބުނެލިއެވެ. ” އޯކޭ ވާނެ އަހާންއަށް ލަސްވެދާނެ” ރާނިޔާ ބުނެލިއެވެ. “އަހަރެން ނާހަމެއްނު ދާނަން ހޭ؟ ހިނގާށޭ އެއްނު މިބުނީ ” އަހާން ރާނިޔާ އަށްވުރެ ކުރިން ނިކުތުމުން ރާނިޔާ ފަހަތުން ގޮސް ކާރު ކާރީ ހުއްޓި ފަހަތަށް އަރަންވެގެން ދޮރުގަ ހިފާލިތަނާ އަހާން ކުރީގެ ދޮރުހުޅުވަދީފައި އެރުމަށް ބުނުމުން ރާނިޔާ އެއްވެސް އެއްޗެއް ނުބުނެ ކުރިޔަށް އެރިއެވެ. ރާނިޔާ އާއެކީ އަހާން ޕިޒިޔޯ ރޫމަށްވެސް ވަނެވެ. ” ޑޮކްޓަރ ހަފްތާއަކު ކިތަށް ދުވަހު ޖެހޭތޯ އަންނަން؟ ގޭގަ ހުރެގެން ކުރެވޭނެ ގޮތެއް ނީއިންނާނެތޯ؟ ” އަހާން އަހާލުމުން ރާނިޔާއަށް އަހާން އާއި ދިމާލަށް ހައިރާންވެގެން ބަލަން ހުރެވުނެވެ. ” ދެދުވަހުން އެއްދުވަހު މިހާރު މިގެންނަނީ ކޮންމެދުވަހަކު އަންނަށް އުދަނގޫ ވާނެތީ ގޭގަވެސް ކުރެވިދާނެ އެކަމަކު ރާނިޔާ އެކަނި އެއްނުވާނެ މީހަކުގެ އެހީ ބޭނުންވާނެ އަހަރެން ކުރަންޖެހޭ ކަސްރަތުތައް ރާނިޔާއަށް ވައިބާރަ ކޮށްލާނަން ބޭނުމިއްޔާ؟ އޭރުން ކޮންމެދުވަހަކު ކުރުމުން ނަތީޖާވެސް ފެންނަލެއް އަވަސްވާނެ އަދި މޫދަށް ދިޔުމަކީ ވެސް ވަރަށް ރަގަޅުކަމެއް ” ޑޮކްޓަރު ބުނެދިނެވެ. ” އޯކޭ ޑޮކްޓާރ ރާނިޔާއަށް ވައިބާރކޮށްލަދީ ދެން މާދަމާއިންފެށިގެން ގޭގަކުރާނީ ވީކްއެއްފަހުން އަންނާނަން ދައްކާލަން އިމްޕްރޫވް ވީ ވަރު ތެންކިޔު ޑޮކްޓާރ” އަހާން ސަލާމް ކޮށްލުމަށްފަހު ރާނިޔާ ގެ ފަހަތުން ނިކުމެގެން ކާރާ ދިމާލަށް ދިޔައެވެ. ” ރާނިޔާ އަހަރެން އެބަޖެހޭ ހުޅުމާލޭގަ އަލަށް ހަދާ ގެސްޓު ހައުސް އަށް ވިޒިޓެއްކޮށްލަން އޯކޭތަ އެތަން ގޮއްސަ ގެޔަށް ދިޔަޔަސް ” އެންމެ ރަގަޅުކަމަށް ރާނިޔާ ބުނުމުން އަހާން ކާރު ދުއްވާލިއެވެ.
ދަތުރުމަތީގައި އެކަކުވެސް އަނގައިން ނުބުނެއެވެ. ކާރުގޮސް މަޑުކޮށްލީ ރީތި އިމާރާތެއްގެ ކުރިމައްޗަށެވެ. ހިނގާ ގެސްޓު ހައުސް ބަލާލަންވާނެއްނު އާދެވުނު ދުވަހު އަހާން އެހެން ބުނެފައި ދޮރު ހުޅުވާލަދިނެވެ. ރާނިޔާ މަޑުމަޑުން އަސާގެ އެހީގައި ހިނގަމުން ދިޔައެވެ. އަހާންވެސް ރާނިޔާ އާއި އެއްވަރަށް ހިނގަމުން ދިޔައެވެ. ” ލިފްޓު ގޮސް މަޑު ކުރީ އެންމެ މަތީ ފްލޯއަށެވެ. އެއްކޮއް ނިމި ހުޅުވަން ތައްޔާރުވެފައިވާ އެ ގެސްޓުހައުސްގެ ހުރިހާ އެއްޗެއް ޑިޒައިންކޮށްފައިވަނީ ލަކުޑިން ކަމަށްވުމުން ރާނިޔާއަށް ވަރަށް ރީތިވިއެވެ. އަހާން މެނޭޖަރާ ވާހަކަ ދައްކަންހުރެވެސް އިރުއޮރުކޮޅުން ރާނިޔާއާއި ދިމާލަށް ބަލާލައެވެ. ރާނިޔާ ޓެރަސް މަތީގައި ހުރި ބޮޑު މަސްޓޭންކަށް ގެއްލިފައި އިނެވެ. “ރާނިޔާ! ދާންވީއެއްނު އަހަރެންގެ ކެބިންއަށް އެތާހުންނާނެ ކުޑަރޫމެއްވެސް ޔޫ ކޭން ރެސްޓް މިތަން ވަރަށް ހޫނެއްނު މިގަޑީގަ” ރާނިޔާ ބޯޖަހާލުމުން އޮފީހުގަ އުޅޭ ކުއްޖަކަށް ގޮވާލާފައި އަހާންގެ ކެބިން ރާނިޔާއަށް ދެއްކުމަށް ބުންޏެވެ. އެމީހާގެ ފަހަތުން ރާނިޔާ ގޮސް ކެބިންއަށް ވަނެވެ. ފާހާނާއަށް ވަދެފައި ނިކުމެ ރާނިޔާ އެތާ މޭޒުމަތީ ހުރި އެދެމީހުންގެ ކައިވެނީގެ ފޮޓޯތައް ބަލާލިއެވެ. ހުރިހާ ފޮތޯއެއްވެސް އެހާ ރީއްޗެވެ. ނަމަވެސް ރާނިޔާ އަށް ރޮވެންފެށުމުން ގޮސް އެނދުގައި ޖައްސާލިއެވެ. ބޮލުގައި ކުޑަކޮށް ރިހުންވެސް ހުރުމާއެކު ރާނިޔާއަށް ނިދުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

Masha Allah mi part ves vrh superb
Ahaan dhn raaniyaa kairi maafah edhiba
Curiously waiting
When is the next part
Lysm dear Nadhoo🤗🤗
kobaa part 2???
inaane Upkohlaafa profile ah vadhe balala fenaane.
Hi nadhoo
Mi part vx vrh reethi Masha Allah
Kon irakun next part kiyaalan libeyni
Curiosly waiting for the next part
Mihaaru e ulheny ahaan and raaniyaa gulhuvan dho.
Hehe ingey ingey gulhifa kan thiby
Lysm nadhoo ❤️
Thank You so much. Ahaan ah loabi veveyne baa Raaniya dheke hingaa bala dho balama
Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
Can’t wait for next part
Thank You. miadhu up kohlaanan
HI MY LOVELY READERS
part 4 submitted
Koh irakuntha part 4 kiyalah libyne