Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާނިޔާ 7

Nadhoo
Nadhoo Level 1
June 5, 2024 5 Mins Read
2 Comments

މައްސަރެއްފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހަކު ރާއިދު  އައިސް ރާނިޔާއަށް އާދެސްކުރަމުން ދިޔައެވެ. ގޭދޮށުގައި އިނދެ ރޮއެ ހަޅޭލަވާ ބިރު ދައްކާ ހަދަމުން ދިޔައެވެ. ނަމަވެސް ރާނިޔާ ރާއިދު އާއި އަނގައިންވެސް ނުބުނެއެވެ. މަގުމަތިން ފެނުނަސް ކާރު ކުރިމައްޗައް އަރާ އަހާން އާވެސް ދިމާކުރުން އާދައަކަށް ވެގެން ދިޔައެވެ. ” ރާނިޔާ ހިންގާބަލަ މިރޭ ދުއްވާލަންދާން ކިހާދުވަހެއް ވެއްޖެ ދެމީހުން އެކީ ބޭރަށްވެސް ނުދާތާ ހަމަޖެހިގެން މިހާރު އަހަރެމެންނަކަށް އެއްވެސް ތާކަށް ނުދެވޭ ރާއިދުގެ އުދަނގުލާ ހުރެ އެ ނޫނީ ރާއިދުގެ ސަބަބުން އަހަރެމެން ދެމީހުން ކޮންމެވެސް ޒުވާބެއް ކުރެވެނީ އަހަރެން ބޭނުން ކުޑަވަގުތުކޮޅެއް ރާނިޔާ އާއެކީ ހިތްހަމަޖެހިގެން ހޭދަކޮށްލަން” އަހާން ޝަކުވާކޮށްލިއެވެ. ” އަހާން ހިނގާ ދޯ މިދަނީ ފާހާނަޔަކަށް ވަދެލާފައި ” އަހާންގޮސް ކާރު ކާރީ މަގުމަތީގައި މަޑުކޮށްގެން ހުއްޓެވެ. ނިކުމެގެން އައި ރާނިޔާއަށް ފެނުނީ ރާއިދު ވަޅިއެއް ހިފައިގެން އަހާން އާއި ކާރިވަމުން ދިޔަތަނެވެ. ރާނިޔާއަށް ފަޔަށް ލެވުނު ހާ ބާރެއްލާފައި ދުއްވައިގަނެވުނެވެ ތަދުވިޔަސް ރާނިޔާ ގޮސް ރާއިދުގެ އަތުގެ މުލަށްދަނޑީގައި ހިފާ އަނބުރާލުމަށްފަހު ހޫރާލުމުން ރާއިދު ބިންމައްޗައް ވެއްޓުނެވެ. ” ރާއިދު ކަލޭ ކިހިނެތްވެގެން ތި އުޅެނީ ރާނިޔާ ހަޅޭލަވައިގަތް އަޑަށް އަހާންއަށް ފަހަތަށް ބަލާލެވުނެވެ. “ރާނިޔާ ގުޅާ ފުލުހަށް ވަރަށް ބެލިއްޖެއެއްނު މިހާރު މާމައްޗައް ކަންތައް މިދަނީ؟ އަހާންވެސް ބުނެލިއެވެ. ” ރާނިޔާ ރާއިދުގެ ކަންފަތްމަތީ ބާރަށް ޖެހިއެވެ. “ކަލެޔަށް މިދެނީ ފަހު ފުރުސަތު ދެން އަހާންއާ ކާރިވެއްޖެއްޔާ ނިމުނީ އަހަރެން މީ ނުބައި މީހެއްކަން އަންގާލަނަން!” ރާނިޔާ ހިންގާ އެތެރެޔަށް އަހާން ބާރަށް ގޮސް އަހާންގެ ކޮތަރިޔަށް ވެނެވެ. ރާނިޔާ އަހާން ފަހަތުން ގޮސް އަހާންގެ އަތުގައި ހިފާލިއެވެ. ” އަހާން  ކީއްވެ ތި އައީ ؟ ހިންގާ ބޭރަށްދާން ” ރާނިޔާ އަހާލިއެވެ. ” ރާނިޔާ އަހަރެން މޫޑް ގޯސްވެއްޖެ ނެތް ބޭރަށް ދާހިތެއް އަހެރެން ބުނީމަވެސް ކީއްވެ ފުލުހަށް ނުގުޅީ؟ ރާނިޔާ އަދިވެސް ރާއިދު ދެކެ ހަމްދަރުދީ ވަނީ ދޯ؟” އަހާން ބުނެލީ ހިތްހަމަނުޖެހިފައެވެ. ” އަހާން އަހަރެން ހަމްދަރުދީއެއް ނުވޭ ! އަހަރެން އެބަދަންތަ ރާއިދު ކާރިޔަކަށް ނުދަމެއްނު އަހާން އާއެކީ އެއްނު މި އުޅޭނީ” ރާނިޔާވެސް ބުނެލީ ހިތްހަމަނުޖެހިފައެވެ. “މަޖްބޫރުވެގެން ކަން ނޭންގެދޯ ތިހުންނަނީ އަހަރެން މިކަންތަކާ ވިސްނާ ވިސްނާ ބޯ ގޮވައިފި ހަމަޖެހިގެން ނުވެއް ކެވޭ ނިދައެއްނުލެވޭ އަނބިމީހާ އާއެކީ ހަމަޖެހިގެން ވާހަކަ ދައްކާ ނުލެވޭ” އަހާންގެ އަޑު މަޑުވިއެވެ. ” އަހާން ކީއްވެ ތިހެން ތިބުނީ އަހަރެންނަށް މަޖްބޫރުވެގެން ނޭ ރާނިޔާ ގޮސް ހެދުން ބަދަލުކުރަން ހުރި އަހާންގެ ކުރިމަތީ ހުއްޓި އަހާލިއެވެ. ” ކައިވެނިކޮށްގެން އުޅުނު ދުވަސްކޮޅު އަހާން ރުޅިއައިސް އެއްޗިހި ކީ އިރުވެސް ނުދަމެއްނު އަހާންއަށް ކޮށްދޭން ޖެހޭ ހުރިހާކަމެއް ކޮށްދިނީ ކޮށްދޭހިތުން އޭރުވެސް މިހާރުވެސް މި އުޅެނީ އުޅޭހިތުން މަޖްބޫރުވެގެނެއް ނޫން” ރާނިޔާއަށް ރޮވެންފެށިއެވެ. “އަހަރެންވެސް ބޭނުންވަނީ ހަމަޖެހިގެން އަހާންއާ އެކީ އުޅެން އެކަމަކު ރާއިދުގެ ސަބަބުން މިހާރު އަހަރެމެން ދެމީހުން މި ދެބަސްވަނީ އޭނަ ބޭނުންވާ ގޮތް ވަރަށް ފުރިހަމަ އެބަވޭ ރާނިޔާ ގެ ރުއިން މަޑު ގިސްލުމަކަށް ބަދަލުވަމުން ދިޔައެވެ. އަހަރެންނަކަށް މިހާރު ރާއިދު އެއްވެސް މުހިއްމެއް ނޫން! ފެނުނަސް ފޫހިވޭ އަހާން އަހަރެންނާ ދޭތެރޭ ތިހެން ދެކުނީމަ ވަރަށް ދެރަވެއްޖެ” އަހާން ރާނިޔާގެ ގައިގަ ބައްދާލީ އެހެން ރޯތަން ބަލަން ކެތްނުވުމުންނެވެ. ” ރާނިޔާ ސޮރީ ހުއްޓާލާ! އަހަރެންވެސް ބޯ ހާސްވުމުން ބުނެވުނު އެއްޗެއް އެއީ ” ރާނިޔާ ގެ ކަރުނަ އަހާން ލޯބިން ފޮހެލާފައި ނިތްކުރީގައި ބޮސްދިނެވެ. އަހާން ދުރުވާން އުޅުމުން ރާނިޔާ އަހާން އާއި އިތުރަށް ކާރިވެލާފައި އަހާންގެ ތުންފަތުގައި ކިސްކޮށްލިއެވެ. އެކަހަލަ ވަގުތުކޮޅަކަށް ބޭނުންވެފައި ހުރި އަހާން އަށްވެސް ރާނިޔާ ބޮނޑިކޮށްލެވުނެވެ. ދުވަސް ތަކަކަށްފަހު ދެމީހުން ވަރަށް ލޯބިން އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލިއެވެ.

ރާނިޔާއަށް ހޭލެވުނީ ހެނދުނު 10 ވެސް ޖެހި ފަހުންނެވެ. އަހާން ނެތުމުން ތިރިޔަށް ދިޔައިރުވެސް ފެންނަން ނެތުމުން ރާނިޔާ ފޯނު ނަގާލީ ގުޅާލުމުގެ ބޭނުމުގައެވެ. ވައިބާއިން އަހާން ކޮށްފައި އިންމެސެޖް ރާނިޔާ އަށް ފެނުނީ އެވަގުތު އެވެ. ރާނިޔާ މެސެޖް ހުޅުވާލިއެވެ ” ރާނިޔާ މިހާރު ކަންތައްވަމުން ދާގޮތުން އަހަރެން ވަރަށް ބޯ ހާސްވޭ! ރާނިޔާގެ ކުށެއްނެތި ވެސް ދެރަކުރެވޭ ބުނަން ނުވާ އެއްޗިހިވެސް ބުނެވޭ އެއީ އަހަރެން ބޭނުން ވާ ކަމެއް ނޫން އަހަރެން މިދަނީ ދުވަސްކޮޅަކަށް މިހުރިހާ ކަމަކާ ދުރަށް ބޯ ހަމަޖައްސާލާނަން އަހަރެންނަށް ނުގުޅުމަށް އެދެން އަދި ހޯދަން ނުވެސް އުޅޭތި އަހަރެން އަންނާނަން ހަމަޖެހިލީމާ ރާއިދު ކަންތައްވެސް އޭރަށް ކޮންމެވެސް ގޮތަކަށް ރާނިޔާ ނިންމާފައި އޮންނާނެކަމަށް ގަބޫލުކުރަން ރާނިޔާ އަހަރެންނާ އެކީ އުޅެން ބޭނުން ނުވާނަމަ ކޯޓު މެދުވެރިކޮށް ވަރި ނެގިޔަސް އެންމެ ރަގަޅު ރާނިޔާގެ ލައިފްގަ ގޮތް ނިންމާނީ ރާނިޔާ” މެސެޖްކިޔާ ނިމުނު އިރު ރާނިޔާގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. ރާނިޔާ ހިތުގައި ޖެހުނީ ވަރިވާށޭ ލިޔެފަ އޮތީމައެވެ. ގުޅާލުމުން އަހާންގެ ފޯނު ނިއްވާފައި އޮތުމުން ރާނިޔާ މާޔޫސްވިއެވެ. ” މަންމާ! މަންމާ! ރާނިޔާ ގޮވާއަޑަށް ޒުހުރާ ދުވެފައި ގޮސް ރާނިޔާގެ ކޮޓަރިޔަށް ވަން އިރު ބިންމަތީ އިނދެ ރާނިޔާ ރޮމުން ދިޔައެވެ. ” މަންމާ އަހާން……….. އެހެން ބުނެފައި ރާނިޔާ ފޯނު ދައްކާލުމުން ޒުހުރާވެސް ދެރަވިއެވެ. “ދަރިފުޅާ އަހާންގެ ބައްޕަ މަރުވުމުންވެސް އަހާން އެހެން އުޅުނު އެންމެނަށް ފިލައިގެން ކޮޓަރިންވެސް ނުނިކުމެ ފަހުން އަމިއްލައަށް ނޯރމަލް ވި މަންމަގެ ހިތް ބުނަނީ އަހާން ވަރަށް އަވަހަށް އަންނާނެކަމަށް ދަރިފުޅު އަހާން އަށް އިންތިޒާރުކުރާނަންތަ ؟” ޒުހުރާ އަހާލި ދެރަވެފައެވެ. ” މަންމާ އަހަރެން ދުވަހަކުވެސް އަހާން އާ ވަކިވާކަށް ނުވިސްނަން ރާއިދު ދިޔުމުންވެސް އެއްވެސް އުއްމީދެއް ނެތް އިރުވެސް އިންތިޒާރު ކުރެވުނު ދެން މިހާރު އުއްމީދު އެބައޮތް އަހާން އަންނާނެކަމަށް ދެން ކީއްވެ އިންތިޒާރު ނުކުރަންވީ ” ރާނިޔާ ޒުހުރާގެ އުނގުގައި ބޯއަޅާލިއެވެ.

ހަފްތާއެއް ވެގެން ދިޔައިރު ރާނިޔާ ހަމައަކަށް އެޅިއްޖެއެވެ. ” މަންމާ އަހަރެން ގަސްދު ކުރަނީ މާދަމާއިން ފެށިގެން ޑިޔުޓީއަށް ނިކުންނަން އަހަރެންގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް އެއީ މިހާރު ފައިވެސް ވަރަށް ބޮޑަށް ރަގަޅު ސައިކުވެސް އެކަނި ދުއްވާލެވޭނެ މަންމަ އޯކޭތަ؟ ” ރާނިޔާ އަހާލިއެވެ. “ދަރިފުޅުގެ ކޮންމެ އުފަލަކަށް މަންމަ މަރުހަބާ ކިޔާނަން އެކަމަކު އަދި ރެސްކިޔު ތަކަށް ނުގޮސް މަޑުކޮށްލާތި ދުވަސް ކޮޅަކު” ޒުހުރާ ބުނެލިއެވެ. އޮފިހަށް ދާންވެގެން އެތައް ދުވަހަކަށް ފަހު ޔުނިފޯރމް އަޅާ ތައްޔާރު ވެލުމުން ރާނިޔާގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ. ރާނިޔާ އޮފީހަށްދާން ނިކުތީވެސް ޒުހުރާ އާއެކީގައެވެ. ގޭގެ ދޮރު މަތީ އިން ރާއިދު ފެނުމުން ވަގުތުން ރާނިޔާގެ ރުޅި ގަދަވިއެވެ. ” ރާޔާ ހާދަ ރީއްޗޭ ހަމަ އަހަރެންގެ ރާޔާތީ” ރާއިދު ބުނެލިއެވެ. ” ރާއިދު ބުނަން ރަގަޅު ވާހަކައެއް އަހަރެން މީ މިހާރު ހަމައެކަނި އަހާންގެ މީހެއް އަހަރެން މީހާރު ދެރަވޭ ލަދުގަނޭ ތި ކަހަލަ މީހަކު ދެކެ އެއްއިރެއްގަ ލޯބިވެވުނީތީ އަހަރެންގެ ދިރިއުޅުމުގެ ގިނަ ދުވަސްތަކެއް ދެވުނިތީ އަހަރެން މިހާރު ރާއިދުގެ ސޫރަވެސް ދެކޭކަށް ބޭނުމެއް ނޫން ދެން އަހަރެންގެ ކުރިމައްޗައް ނައަންނާތި ރާއިދުގެ ސަބަބުން އަހަރެން ލަދުގަންނަން ޖެހޭކަމެއް ނޫނީ އަދި ދުވަހަކުވެސް ނުވޭ! ރާއިދުގެ މަންމަ ކުރި ކުށުގެ ޝަޒާ ރާއިދުއަށް ނުދޭން އަހަރެން ވަރަށް މަސައްކަތްކޮށްފިން އެކަމަކު ރާއިދު އަކަށް ނުވިސްނުނު ރާއިދުގެ ސަބަބަން އަހަރެންގެ ދިރިއުޅުން ވެސް މިހާރު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި، ދުވަހަކުވެސް އަހަރެންދެކެ ކުޑަކޮށްވެސް ރާއިދު ލޯބި ވީނަމަ ދެން އަހަރެންގެ ދިރިއުޅުމުން ދުރަށްދޭ! އަދި ރަގަޅު ޑޮކްޓަރެއގެ ލަފާ ހޯދައިގެން ރަގަޅު ދިރިއުޅުމެއް ލިބޭތޯ ބަލާ! އަހަރެން މީ ހަމަ އެކަނި އަހާންގެ މީހެއް ” ރާނިޔާ އެހެން ބުނެލާފައި ސައިކަލާ ދިމާލަށް މިސްރާބުޖެހިއެވެ.

ރާނިޔާ ގޮސް އޮފީހަށް ވަންއިރު މުޅިތަންވަނީ ރާނިޔާއަށް މަރުހަބާ ކިޔުމަށް ވަރަށް ފުރިހަމަޔަށް ތައްޔާރުވެފައެވެ. އެންމެންގެ ލޯބި ލިބުމުން ރާނިޔާގެ ހިތް އުފަލުން ފުރުނެވެ. ބުރަ ދުވަހަކަށް ފަހު ރާނިޔާ ގެޔަށް ދިޔައިރު ރާއިދު ފެނަނަން ނެތުމުން ފުންނޭވައެއް ލެވުނެވެ. ” މަންމަގެ ދަރިފުޅު ހާދަ ރީއްޗޭ ” އަމީނާ ފެނުމުން ރާނިޔާގެ ދެލޯ ވަގުތުން ފުރުނެވެ. ރާނިޔާ ގޮސް އޭނާގެ މަންމަގެ ގައިގަ ބައްދާލާފައި ރޯންފެށިއެވެ. ” ނުރޮއެ ދަރިފުޅާ ތީ ވަރަށް ހިތްވަރު ގަދަކުއްޖެއްނު މަންމަގެ ރާނިޔާ އެއް ނުރޯނެ” އަމީނާ ރާނިޔާގެ ބުރަކަށީގައި ލޯބިން ފިރުމާލިއެވެ. “އަހަރެން ތި ދެ މަންމަގެ އެހީ ވަރަށް ބޭނުންވާނެ ތީ އަހަރެންގެ ހުރިހާވެސް ހިތްވަރަކީ ” ރާނިޔާ މުހާތަބު ކުރީ އޭނާގެ ދެ މަންމަ އާއެވެ. ރާނިޔާ ގޮސް ކޮޓަރިޔަށް ވަނުމުން އަހާން މަތިން ވަރަށް ހަނދާންވިއެވެ. ރާނިޔާއަށް ކުރެވެމުން ދިޔަ އިހްސާސް ތަކުން ހިތުގައި ރިހެމުން ދިޔައެވެ. ރާނިޔާ ފޯނުނަގާ އަހާންގެ ވައިބާރ ބަލާލިރު އިނީ އެނަންމަބަރުން ވައިބާރ ބޭނުން ނުކުރާ ވާހަކައެވެ. ނުގުޅުމުން ރާނިޔާ ވަރަށް ދެރަވިއެވެ. ނަމަވެސް އަހާންއަށް އިންތިޒާރު ކުރުމަށް ނިންމިއެވެ.

ދެމަސްދުވަހަށްވުރެން ގިނަ ދުވަސް އަހާން ދިޔަ ފަހުން ވެގެން ދިޔައިރުވެސް އަހާންގެ އެއްވެސް ހަބަރެއް ނުލިބޭތީ ރާނިޔާ ވަރަށް ދެރަވެއެވެ. ނަމަވެސް ހިތްވަރާއެކު ވަޒީފާ އަދާކުރަމުން ދިޔައެވެ. ރާނިޔާ އަހާންގެ ގަމީހެއް ނަގާ އޭގައި ވަސްބަލާލި އަހާން ކާރީގައިވާ ކަމުގެ އިހްސާސްކުރުވުމަށެވެ. ” އަހާން އަހަރެން އަހާން މަތިން ހާދަ މިސްވެޔޭ! ދެން އާދެބަލަ! އަހަރެންނަކަށް ދެން ކެތެއްނުވާނެ އަހާން އާއި ދުރުގައެއް މިހާރު އަހަރެންނަށް އަހާންދެކެ ލޯބިވެސްވެވިއްޖެ ދެން ކިހިނެތް ދުރުގަ ކެތްކުރާނީ؟” ރާނިޔާ އެކަނި އިނދެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ.

ބަނޑުހައިވާންފެށުމުން ރާނިޔާ ތެދުވެގެން ބަދިގެޔާ ހަމަޔަށް ދިޔައެވެ. ” ދަރިފުޅު އަނެއްކާވެސް ބަނޑުހައިވީ ތަ؟”  ޒުހުރާ އަހާލީ ރާނިޔާ ކައިރިންނެވެ. ” އާނ! މަންމަ ބައެއް މީހުންނަށް މިހެން ވީމާ ނުކެވެނީ އަހަރެންނަށް ގިނައިން ކެވެނީ ޔުނިފޯމްވެސް މިހާރު ކިރިޔަ ކިރިޔާ ލެވެނީ ހެދުންތައްވެސް ބާރުވާން ފަށައިފި މަންމާ އަހަރެން ވަރަށް ފަލަ އެބަވޭތަ؟ ” ރާނިޔާ އަހާލިއެވެ. ” ނޫން ދަރިފުޅު ކުރިން މާހިކި މިހާރު ނޭގޭ ކީއްވެކަމެއް އާދަޔާ ހިލާފް ރީތިކަމެއް މިހާރު ދަރިފުޅުގެ ފަރާތުން ފެންނަނީ މިހާރު ތިހިރީ އެންމެ ރީތި ވަރަށް ދެން ފަލަނުވޭ! ކަސްރަތު ކުރަން ފަށާ ” ޒުހުރާ ބުނެލިއެވެ. ރާނިޔާ މައުލޫ ބަދަލުކޮށްލަންވެގެން އެހެން ވާހަކައެއް ފެށިއެވެ. ” މަންމާ އެބަޖެހެޔޭ ލަންކާއަށް ދާން ތިން ދުވަހަށް ކުޑަ ބައްދަލުވުމަކަށް ސަފީރު އަންނަމަހު ރާއްޖެ އަންނާތީވެ އެކާމާ ގުޅޭ ކަމެއްގަ މާދަމާ ފުރާނަން ” ރާނިޔާ ބުނެލުމުން ޒުހުރާ ދެރަވިއެވެ. “މަންމަ ވަރަށް އެކަނި ވާނެ އަމީ ގެންނަން ވީ މިގެޔަށް ތިން ދުވަހަށް” ޒުހުރާ ބުނެލިއެވެ. ” ވަރަށް ސަޅިވާނެ ކަމަށްބުނެފައި ރާނިޔާ ކައިގެން ގޮސް ޖައްސާލިއެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ތެމި ވާރޭގައި ވީމޭ 6

Next

ވެވުނީ ލޮތްބޭ – 9

Next
June 5, 2024

ވެވުނީ ލޮތްބޭ – 9

Previews
June 4, 2024

ތެމި ވާރޭގައި ވީމޭ 6

2 Comments!

  1. Cute girl says:
    June 6, 2024 at 11:02 am

    Mi part vx v Reethi masha allah
    Keep it up
    Can’t wait for next part

    1. Nadhoo Nadhoo says:
      June 9, 2024 at 12:20 pm

      Thank You So much. ufaacejje vaahaka reethi kamah buneema mihaaru iny submit kohlaafa 8 vana part

Comments are closed.

Next Episodeރާނިޔާ 8←


All Right Reserved!