ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް މަސްތައް އަހަރުތަކަށް ބަދަލުވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ފާހާނާއިން ނިކުމެގެން އައިގޮތަށް އައިސް މެހެރީން ބައްދާލީ މަސްޓޭންކު ކުރިމަތީ އިން އޭނާގެ ލޯބިވާ ފިރިމީހާގެ ގައިގައެވެ. ” ރީން ލޯބީ ކިހިނެތް ވީ ކުއްލިޔަކަށް ލޯބި އުތުރި އަރައިގަތީ؟ ” ޒެކް ބައްޕައަކަށް ވަނީ އެއް ނު” މެހެރީން ބުނެލިއެވެ. ” ރީން އަހަރެން މީ ބައްޕައެއަކަން އިނގެޔޭ އަހަރެންގެ ދަރިފުޅަށް މިހާރު 5 އަހަރު އެވީ” ޒަކްވާން ބުނެލިއެވެ. […]
މެހެރީން ޒަކްވާންގެ އަނގަމަތީގައި އަތް އެޅިއެވެ. ” ޒެކް އަމަން ސުވާލު ކުރީ އަހަރެންނާ އެއްނު ޖަވާބު ދޭނީ ވެސް އަހަރެން ” މެހެރީން ބުނެލިއެވެ. މެހެރީން އަމަން އާއި ކުރިމަތި ލިއެވެ. ” އަމަން އަހަރެންގެ ދިރިއުޅުމުން އަމަން އަކަށް ނެތް އެއްވެސް ޖާގައެއް އަހަރެން އަހަރެންގެ ހުވަފެންތަކާ މައިންބަފައިން އެއްބަނޑު މީހުން ކުޑައިރުއްސުރެން އެންމެ ގާތް އެކުވެރިޔާ ވެސް އަމަން ގެ ބަހަށް ހެއްލިގެން ދޫކޮށްލާފަ އަހަރެން ދިރިއުޅުމެއް ފެށީ އަމަން އާއެކީ ދިރިއުޅެން […]
އެތަން ފެނުމުން މެހެރީން ޒަކްވާންގެ އަތުގައި ހިފާދަމާ ކާރިޔަށް ގެނެސް ޒަކްވާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ޒަކްވާންއަށް ވެސް ބާރަށް ބައްދާލެވުނެވެ. ދެމިހުންނަށް އެހެން އެތަށް އިރަކު ތިބެވުނެވެ. “ޒެކް ހިންގާ ދާން ރޫމަށް ޒިވީ ހޭލަފާނެ ” މެހެރީން ބުނެލިއެވެ. އަދި ޒަކްވާންގެ ކޮލުގައި ބޮސް ދީފައި ދުވެފައި ދިޔައެވެ. މެހެރީންގެ އެ އަމަލުން ޒަކްވާން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ޒަކްވާން ދިޔައީ މެހެރީން ފެންވަރާ ނިމޭނެ ހާއިރުކޮށްފައެވެ. “ޒަކްވާން ފެންވަރާލައިގެން ހުދުކުލައިގެ ތުވާލި އޮޅާލައިގެން […]
ކައިވެނި އަދީ ޕާރޓީވެސް އޮތީ މާލޭގެ މަޝްހޫރު ސްކައިފޯލް ލައުންޖް އެންޑް ރެސްޓޯރެންޓްގައެވެ. ތަން ތައްޔާރު ކޮށްފައިވަނީ ދެވަނައެއްނުވާ ގޯބިގް މޯލްޑިވްސް އިންނެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތަނަށް އާއިލާގެ އެންމެން ހާޒިރުވިއެވެ. ކަޅު ކުލައިގެ ކޯޓު ފަޓްލޫނުގައި ވަދެގެން އައި ޒަކްވާން ހީވަނީ ބޮލީވުޑްގެ ސްޓާރެއްހެން އެހާ ވެސް ފުރިހަމައެވެ. ޒަކްވާންގެ ދެ ލޯ ހޯދަމުން ދިޔައީ އޭނާގެ ހިތުގެ މަލިކާއެވެ. މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ހުދު ކުލައިގެ ރީތި ވެޑިންޑްރެސްއެއްގައި އައިސް އެވަނީ […]
ކޮންމެ ދުވަހަކުވެސް މެހެރީންގެ ބައްޕަމެން އައިސް ދަރިފުޅާއެކީ ކުޅެ މަޖާކޮށް ހަދައެވެ. މައްސަރެއް ފާއިތުވެގެން ދިޔައިރު މެހެރީން ކުޑަކޮށް ގޭތެރޭ ކަންތައް ކޮށްލާ އުޅެންފެށިއެވެ. ނަމަވެސް ޒަކްވާންއަށް ފެނިއްޖެނަމަ ވަގުތުން ހުއްޓުވައެވެ. ޒަކްވާން މެހެރީން ކާރީގައި ގޭގެ ޓެރަސްއަށް ރޭގަނޑު 8 ޖަހާއިރު އައުމަށް އެދުނެވެ. ޒިވާ ނިންދަވާލާފައި ގޭގައި އުޅޭ މަންޖެ ބަހައްޓާފައި މެހެރީން ކުޑަކޮށް ރީތި ވެލިއެވެ. ހުދުކުލައިގެ ކުރުތާއަކާއި ކަޅު ޖީންސެއް ލައިގެން ކުޑަކޮށް މޭކަޕް ވެސް ކޮށްލިއެވެ. މެހެރީން ސިޑިން އަރައިގެން […]
ކުޑަކޮށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް މެހެރީންއަށް އޭނާގެ ބައްޕަގެ ގައިގަ ބައްދާލެވުނެވެ. އެމަންޒަރު ބަލަން ތިބި ނައުފް އާއި މާއިޒްގެ އިތުރުން މާއިޒްގެ އަންހެނުން ރީނާ އަށް ވެސް ރޮވުނެވެ. ” ބައްޕާ އަހަރެންނަށް މާފު ކުރޭ! އަހަރެން މީ ވަރަށް ބަސް ނާހާ ދަރިއެއް ” ރޮމުން ރޮމުން މެހެރީން ބުނެލިއެވެ. “ނުރޮއެ ހުއްޓާލާ!” މެހެރީންގެ ބުރަކަށީގައި ފިރުމާލަމުން މެހެރީންގެ ބައްޕަ ބުނެލިއެވެ. މެހެރީން އޭނާގެ އާއިލާ އާއެކު އުފާވެފައި ހުރިތަން ފެނުމުން ޒަކްވާން […]
ކޯޓުން ނިކުމެގެން ޒަކްވާން މެހެރީން ގޮވައިގެން ދިޔައީ ރެސްޓޯރެންޓަކަށެވެ. ” ރީން ކީއްވެ އަނގައިން ވެސް ނުބެނެ ތިޔަ އިނީ” ޒަކްވާން އަހާލިއެވެ. ” ޒެކް އަހަރެން މިހިރީ ހަމަ އަޖާއިބު ވެފަ އަމަން އެ ނޫނީ ދުވަހަކުވެސް އައިލަވް ޔޫ އެކޭ ނުބުނޭ” މެހެރީންއަށް ބުނެވުނެވެ. ” އަހަރެންނަށް ހީވަނީ އަމަން އަށް އެހެރީ އަސްލުވެސް މިހާރު ވިސްނިފަހެން އޭނާގެ ލޮލުން އައި ކަރުނަ އަކީ އެކަމުގެ ހެކި ” ޒަކްވާން ބުނެލިއެވެ. ” ދެން […]
އެހެން އެކި ހިޔާލު ތަކުގައި ހުއްޓާ ޒަކްވާން ސިއްސައިގެން ދިޔައީ މެހެރީންގެ ހަޅޭކުގެ އަޑަށެވެ. ދުވެފައި އެ ރޫމަށް ވަދެވުނެވެ. ” ޕްލީޒް އަހަރެންނަށް އަނިޔާ ނުކުރޭ! ޒެކް އަހަރެން މި ތަނުން ސަލާމަތް ކޮށްދީބަލަ ނިދީގަ އޮވެ ރޮމުން ރޮމުން މެހެރީން ގޮވަމުން ދިޔައެވެ. ޒަކްވާން ބޮކި ދިއްލާލުމަށް ފަހު މެހެރީންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ” ރީން ! ރީން ! ހޭ ލަބަލަ ” ހޭ ލެވުމާއެކީ މުޅި ތަނަށް ނަޒަރު ހިންގާލާފައި […]
ފަތިސް ނަމާދުގެ ބަންގިޔާއެކު މެހެރީން ތެދުވެ ނަމާދުކޮށްލިއެވެ. މެހެރީން އޭނާ ނިންމާފައި ވާ ގޮތައް އަމަން ރޭގައި ލައިގެން އިން ޖިންސް ޖީބުގައި އޮތް ގޭގެ ތަޅުދަނޑި ފަތި ނަގައިގެން ދޮރުހުޅުވާލާފައި އަނެއްކާވެސް ތަޅުދަނޑިފަތޮ އޮތް ތަނުގައި ބާއްވާލާފައި ގެއިން ނިކުމެލިއެވެ. މެހެރީން ރޭގައި އެހެން އުޅެންޖެހުނީ އަމަންގެ ގައިން ވަކި ނުކުރާ ތަޅުދަނޑިފަތި މެހެރީންގެ އަތުގައި ޖެއްސުމަށެވެ. މެހެރީން ނިކުތީ އަމަންގެ ފޯނު އަދި އަމަންގެ ވޮލެޓުގައި ހުރި ހުރިހާ ލާރިވެސް ވެސް ހިފައިގެންނެވެ. އަމަންމެންގޭ […]