އާރާ ހުރީ ޒެޑްސްގެ ބޭރުގައި މެހެކްމެންގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ އޮފީސް ދޮރުމައްޗަށް ހުއްޓާލި ރަން ކުލައިގެ ކާރުން ފޭބީ ޒުވާން އަންހެން ވިޔަފާރިވެރިޔާ މެހެކްއެވެ. ގާތުގައު އަންހެން ކުއްޖެއް ހުރުމުން އެއީ މެހެކްގެ ޕީއޭކަން ލަފާކޮށްލަން އާރާއަށް އިނގުނެވެ. “އައްސަލާމްއަލައިކުމް…މިސް މެހެކް…މިސްޓަރ ޒާން ފޮނުވައިގެން އަޅުގަނޑު މިހުރީ މިސް މެހެކްގެ އިންތިޒާރުގައި…ދުރުވޭ…ސާރމެން ތިއްބެވީ މިސް މެހެކްގެ އިންތިޒާރުގައި މީޓިން ހޯލުގައި..” މެހެކް ފެނުމުން އާރާގެ ހިތުގައި ހަސަދަވެރިކަން އުތުރިއަރައިގަތަސް ނުހަނު އަދަބުވެރިކަމާއެކު ވާހަކަދެއްކީ ޒެޑްސްގެ އަގު […]
“އައްސަލާމްޢަލައިކުމް…..ވަރަށް ބޮޑަށް ޝުކުރިއްޔާ ހުރިހާ މުވައްޒަފުން މި ބައްދަލުވުމަށް ހާޒިރުވީތީ…..މި ބައްދަލުވުން ބާއްވަން ހުދު އަޅުގަނޑު ބޭނުންވީ ސަބަބެއްނެތިއެއްނޫން…..އަޅުގަނޑުގެ ދެ ދަރިންކަމަށްވާ މާއިޒުއާއި މާއިޝްއަކީ ތިޔަ ބޭފުޅުންގެ މަތިން އަދި މި އޮފީހުގައި އަޅުގަނޑު ދަށުން މަސައްކަތްކުރާ ދެ ފަރާތް…..މި އޮފީހުގެ ޗެއާރޕާރސަން ކަމުގައި އަޅުގަނޑު ހުރެމެ އަދި މާއިޒު އާއި މާއިޝް ހުރެ ވަރަށް ގިނަ ކަންކަން ފަހިކޮށްދީ އެމްސްއަށް ގިނަ ފައިދާތަކެއް ލިބިދިނީ ތިޔަ އެންމެހާ މުވައްޒަފުންގެ ވެސް އެއްބާރުލުމާއި މިންނެތް މަސައްކަތުންކަން ފާހަގަކުރަން….ނަމަވެސް […]
ހޭޒަލް ކުލައިގެ ކަޅި ކަޅުކަންގަދަ މިޔަ ތޫނު ކަޅިއަކާ ބައްދަލުވިއިރު ތަންކޮޅެއް ދުރުން މަޑުމުށި ކުލައިގެ ކަޅިއެއްގެ ވެރިއެއްގެ ނަޒަރު ވެސް މެހެކަށް ހުއްޓިފައިވާކަން އިނގޭބާއެވެ. ދެ ހިތެއްގައި ތަފާތު ވިންދެއް ޖަހާލިއިރު ތިންވަނަ މީހެއްގެ ހިތުގައި ހަމަ އެއް ވިންދެއް ޖަހާލިކަން އިހުސާސުވޭބާއެވެ. ދެ މާބުރަކަށް ފަޅިވެ ފޮޅިފައިވާ މަލެއްގެ ޖާދުލުގައި ޖެހިފައިވާކަމުގެ އިހުސާސު ކުރާކަން އިނގޭ ހެއްޔެވެ؟ މިއީ ލޯބީގެ ބިންގާއެޅުނު ހިސާބެވެ. “ތިނެސްކަން ލޮއެއްބެގެ” ފެށުމެވެ. ބާރަވަނަ ބައި ދަރުބާރުގެ މާލަމުން […]
“މިސްޓަރ މަމްދޫހު….މިއީ ކޮންކުއްޖެއް ތޯ؟” އެންމެންގެ ސަމާލުކަން ހުއްޓުނީ ނޫސްވެރިއެއްގެ ސުވާލަކަށެވެ. މަމްދޫހުގެ ތުންފަތްމަތިން ހިނިތުންވުމެއް ފައުޅުވެލިއެވެ. “މިއީ ވަރަށް މުހިއްމު ފަރާތެއް….އަޅުގަނޑުގެ ދެ ލޮލުގެ ނޫރު…ލެއާއި ގުޅިފައިވާ ވިންދު…ރޯޒް ގާޑަންގެ ދިރިހުރުން….އެތައް އަހަރުތަކެއްފަހުން ދުރުގައިހުރުމަށްފަހު އަޅުގަނޑުގެ ވިޔަފާރީގެ އެއްފަޅިގައި އެންމެ ކައިރިން ހަރަކާތްތެރިވާނެ ފަރާތެއް މިއީ…….އަދި އަޅުގަނޑުގެ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާވެރި ފަރާތްވެސްމެ…އާދެ، އަޅުގަނޑާއި މަލައިކާގެ އެންމެ ހަގު އަދި ހުރިހަމައެކަނި އަންހެން ދަރިފުޅު…މަރިޔަމް މެހެކް މަމްދޫހު” މަމްދޫހުގެ އަޑާއިއެކު މުޅި އެތަން ހިމޭންވެ […]
ކުއްލިއަކަށް ނޫސްވެރިންތަކުގެ އަޑުތައް އިވެން ފަށައިފިއެވެ. އަންހެން ކުދިންގެ މަޑު ހަޅޭއްތަކުގެ އަޑުވެސްމެއެވެ. ސިއްރު ސިއްރުން “އޯހް..ވާއު” އޭ ބުނެލާ އަޑުއިވިއްޖެއެވެ. ދިހަވަނަ ބައި މިމީހުންނަށް މިވަރެއް މިވީ ޒިވިއަން ފެނިގެންނެވެ. ރާއްޖޭގައި މިވަގުތު ވިޔަފާރީގެ ދުނިޔޭގައި އެންމެ އުހުގައިވާ ޒުވާން ވިޔަފާރިވެރިޔާގެ މޫނުފެންނާނެކަމަށް ނޫސްވެރިން މާކުރިން ވެސް ކެމެރާތައް އެދިމާއަށް ފޯކަސްކޮށްފައިވެއެވެ. ޒިވިއަންގެ ރީތިކަން މިރޭ ހާސްގުނަ ފުރިހަމައެވެ. ރޯޔަލް ބްލޫ ކުލައިގެ ވިދާ ސޫޓެއް ލާފައިވާއިރު އަރާފައިވަނީ ކަޅު އެންމެފަހުގެ އޮފިޝަލް ބޫޓަކަށެވެ. އަތުގައި […]
އެއާރޕޯޓުގެ އެރައިވަލް ގޭޓިން ނިކުމެގެންއައީ ރީތިކަން ހުސްކޮށްލައިގެން ތިބި ދެ ޒުވާނުންނެވެ. ދެ ޒުވާނުން ވެސް އައީ އެއްއަތުން ލަގޭޖް ހިފައިގެން ނިކަން ފަރި ހިނގުމެއްގައެވެ. ރީތި ފަންފަން އިސްތަށިގަނޑެއް ދެ ޒުވާނުންނަށް ވެސް ލިބިފައިވާއިރު ހަމުގެ ކުލަ އައްޔެވެ. ގަޔަށް ބާރު ޓޮޕުކޮޅަކާއި ފުޅާ ޖިންސެއް ލައިގެން ތިބި ދެ ޒުވާނުންނަށް ގިނަ ބައެއްގެ ނަޒަރުވަނީ ހުސްވެފައެވެ. އެވަގުތު އެތަނަށް މަޑުކުރި ޓެކްސީއަށް އަރައިގެން ދެ ޒުވާނުން ވެސް ނައްޓާލީ އެއް މަންޒިލަކަށްކަންގައިމެވެ. ނުވަވަނަ ބައި […]
އެމްސް ކުންފުންޏޭ ބުނުމުން ޒިވިއަން އާއި ޒާން އަށް މިވަނީ ކީއް ހެއްޔެވެ؟ އެ ނަން އަޑު އިވޭ ހިނދު ވައިރޯޅި ވެސް މަޑުޖެހިލާފާނެހެން ހީވަނީ ކީއްވެ ހެއްޔެވެ؟ ޔަޤީނުން ވެސް މި ނަމަކީ އެ ދެ ޒުވާނުންގެ ޙަޔާތާއި ގުޅިލާމެހިފައިވާ ނަމެއްކަން ގައިމެވެ. ދުރު ހަނދާންތަކެކެވެ. އެހެނަސް އެތައް އަހަރެއް ކުރިންނެވެ. ޔަޤީނުން ވެސް މި ނަމުގެ ފަހަތުގައި “ބޮޑު ސިއްރެއް” ވެދާނެކަން ކަށަވަރެވެ. އަށްވަނަ ބައި ރޭގަނޑުގެ ކެއުމަށްފަހު ނިދަންއޮތް ވަގުތެވެ. މެހެކް […]
އާދުވަހަކަށް އިރުފެނުންތޮޅެލިއިރު ޒިވިއަން ހުރީ ފޯރ ޒެޑް ކުންފުނީގެ އިމާރާތުގެ އޭނާގެ ކެބިންގައެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. “ކަމިން..” ޒިވިއަން މިހެން ބުނުމުން ކެބިންގެ ދޮރު ހުޅުވާލުމަށްފަހު އިރުކޮޅަކުން އާވިއަރައަރާހުރި ކޮފީ ތަބަށް ހިފައިގެންވަނީ އޭނާގެ ޕީއޭ ލިބާއެވެ. ޒިވިއަން ކުރިމައްޗަށް ކަޅިއެއް އެއްލާފައި ނިކަން އަވަހަށް ކުރަން ހުރި މަސައްކަތަށް ރުޖޫޢަވެއްޖެއެވެ. މިތަންފެނި ލިބާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ހިތަށް އެރިއެވެ. ޒިވިއަންއަށް އަހަރެންގެ ހިތުގައި މިވާ އެއްޗެއް ނޭނގެނީ […]
“ކޮން މާލަމެކޭ؟……” ހަވަނަ ބައި “ކޮން މާލަމެކޭ؟……” ރޯޒް ގާޑަން ގޭތެރޭގައި ވެސް ދެކެވެމުންދަނީ އެއްވަހަކައެއް ކަންނޭނގެއެވެ. އިވުނީ މެހެކްގެ އަޑެވެ. “ދަރިފުޅާ….އައިސް މިތާ އިށީނދެބަލަ…..ބައްޕަމެން މި ވާހަކަ ދަރިފުޅު އެކޮޅުގައި ހުއްޓާ ވެސް ދައްކަން އުޅުނިން…އެކަމާ ނޫޅެވި އުޅެނިކޮށް ދަރިފުޅު ތިއައީ ވެސް” ދަތުރު ވަރުބަލިކަން ފިލުވާލާ ތާޒާވެލައިގެން މަތިން ތިރިއަށް ފޭބި މެހެކްގެ އަޑުއިވިގެން އެވަގުތު ލިވިންގް ރޫމުގައި ތިބި އެންމެންގެ ސަމާލުކަން އައިވަގުތު މަމްދޫހު ބުންޏެވެ. “ކޮން މާލަމެއްގެ ވާހަކަތަ ބައްޕަމެން ތި […]