Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (22)

Mysterious Woman Level 310 Stories100 Comments
November 26, 2024 3 Mins Read
4 Comments

“އެމީހުންނާ ސުވާލުކުރުން ބުއްދިވެރިއެއް ނޫން އަދި…..އިނގޭ މިހެން ބުންޏަސް ބަލްގިސް ޢާއި ޒޫނާ ތި ތިބީ އެމީހުން ފަހަތުން ދާން ބޭނުންވެފަކަން…އެކަމަކު މިހާރު އެއީ ކުޑަކުދިންނެއް ނޫން…ބޮޑެތިވެފަ ތިބި ޒުވާނުން…އެހެންވީމާ ކަމުގެ ހައްލު އެމީހުންގެ މެދުގައި ހައްލުކުރަން ދޫކޮށްލުން ރަނގަޅުވާނީ…” ޒާކިރު ބުނެލިއެވެ. “އެކަމަކު ބައްޕާ…..މެހެކްގެ ޕާޓީގެ ކަންތައް ވީގޮތް އިނގެއެއް ނުން؟…” ޒޫނާ ބުނެލިއެވެ. “އެހެންވެޔޭ މި ބުނީ އެހަށް އަދި މަޑުކުރަން…” ޒާކިރު އަނެއްކާ ވެސް ބުނެލިއެވެ. ދެން ވޭތުވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ.

ބާވިސްވަނަ ބައި   

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ އެންމެ ހޫނުގަދަ ވަގުތެވެ. ޒިވިއަން ހުރީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ސައިޓް ވިއުއަށް ގޮހެވެ. ޕްރޮޖެކްޓުގެ މަސައްކަތްދާ ހިސާބު ބަލާށެވެ. “ސާރ….އިންޓީރިޔާ މަސައްކަތް ކުރާ މީޙުން އެބަތިބި…” ޒެޑްސްގެ މުވައްޒަފެއް ބުނެލިއެވެ. ޒިވިއަން ވަގުތުން މިސްރާބުޖެހީ އެމީހުން ތިބި ދިމާލަށްދާށެވެ.

“ހައި މެހެކް…ހައު އާރ ޔޫ..ހައުޒް ލައިފް…” އަލައިނާ ބުނެލިއެވެ. އަލައިނާއަކީ މެހެކްމެންގެ އެ އިމާރަތްކުރާ އިމާރާތުގެ އިންޓީރިޔާ ޑިޒައިންގެ އިސް ފަރާތެވެ. އަދި މެހެކް ލަންޑަންގައި އުޅުނު އިރުނު އެއް ޔުނިވާރސިޓީއަކުން ކިޔެވުމުގެ ސަބަބުން ގާތް އެކުވެރިންނެވެ. “ނާނާ…..ހާދަ ދުވަހެއް ފަހުން…..ނާނާ ތަ…..ޕޮރޮޖެކްޓުގެ އިންޓީރިޔާ ޑިޒައިނާއަކީ….” މެހެކް ހައިރާންކަމާއިއެކު އެހެނަސް އުފާވެފައި ބުނެލިއެވެ. “ހެއްހެއް ޔެސް…” އަލައިނާ ހިނިއައިސްފައި ބުނެލިއެވެ.

ޒިވިއަން ދިޔައިރު މެހެކް މާ އެކުވެރިކަމާއިއެކު އަންހެން ކުއްޖަކާ ވާހަކަދައްކާތަން ފެނުމުން ހައިރާންވި ނަމަވެސް ބައްދަލުކުރަން އައި މީހުންނާ ވާހަކަދައްކާ ތަޢާރަފުވެލިއެވެ. “އޯހހް…..ހާދަ ސަޅި ބިޓެއް…..ފޯރ ޒެޑްގެ ސީއީއޯ ދޯ އެއީ…މެހެކާ ވަރަށް ގުޅޭ” އަލައިނާ ބުނެލިއެވެ. މެހެކް އަލައިނާއާ ދިމާލަށް ބަލާލުމަށްފަހު ލޯ އަޅާލިއެވެ. އަލައިނާ ޖަހާލީ ހިނިގަޑެކެވެ. “ހައީ..މިސްޓަރ ޒިވިއަން..އައިއެމް އަލައިނާ…އިންޓީރިޔާ ޑިޒައިނާ އޮފް ދި ޕްރޮޖެކްޓު” އަލައިނާ އިސްވެ ތަޢާރަފެއްދިނެވެ. ޒިވިއަން ވެސް ހަމައެފަދައިން ތަޢާރަފުވުމަށްފަހު އެމީހުން ގޮވައިގެން މަޢުލޫމާތު ހިއްސާކުރަމުންދިޔައެވެ.

ވަގުތަކީ މެންދުރުގެ ހޫނުގަދަ ވަގުތައްވުމާއިއެކު ލިބާ އައީ ޒިވިއަންއަށް ފިނިބުއިމެއް ހިފައިގެންނެވެ. މަސައްކަތްކުރާ މީހުންނަށް އެތަނުގައި ކެއުމާއި ސައި ކޮންމެ ގަޑިއެއްގައި ވެސް ހަމަޖައްސާފައިވާއިރު ޒިވިއަންއަށް ފިނިބުއިމެއް ގެނެސްދިނީ ލިބާ އަމިއްލައަށް ބޭނުންވެގެންނެވެ. ގެނައި ޖޫސް ޕެކެޓު ދިއްކޮށްލުމުން ޒިވިއަން އޭގައި ހިފިއެވެ. މިތަން ފެނުމުން ލިބާގެ މޫނުމަތިން ފައުޅުވެލީ ހިނިތުންވުމެކެވެ.

އެމީހުންނަށް ބޭނުންވާ މަޢުލޫމާތުތައް ހިއްސާކުރުމަށްފަހު ޒިވިއަން ހިނގައިގަތީ ތަންކޮޅެއް ދުރުގައި ގަނޑުތަކެއް އަތަށްލައިގެން ހުރި މެހެކާ ދިމާލަށެވެ. މިތަން ފެނުނު ލިބާގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ. “މެހެކް….ތީ ކޮން ގަނޑުތަކެއް؟…”ޒިވިއަން މެހެކާ އަރާހަމަކޮށްފައި ބުނެލިއެވެ. މިއަޑަށް މެހެކް އިސްއުފުލާ ބަލާލިއެވެ. މީ އިމާރާތުގެ އިމާރާތުގެ ނަމޫނާ ކުރެހުމެއް……ޑިޒައިންތަކާއެކު…..ވަރަށް ފުރިހަމަވާނެ…މަތީގައި ސުވިމިންޕޫލެއް ވެސް ހަދަނިކޮށް….” މެހެކް ބުނެލިއެވެ. ޒިވިއަން މަޑުމަޑުން ބޯޖަހާލިއެވެ.

ދެން ހޭދަވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. “އަހަންނާއިއެކު އަހަރެންދޭ ދަޢުވަތަކަށް ކެއުމަކަށް ދާނަންތަ؟…” ކުއްލިއަކަށް ޒިވިއަން އަހާލިއެވެ. މެހެކް ބަލާލިއެވެ. “ހާދަ ނުގޮތަކަށް؟…..ދަޢުވަތެއް ދީފިނަމަ ދާނަން……އެކަމަކު މީޑިޔާތަކުގެ ސަމާލުކަމަށް އަނެއްކާ ވެސް އައިސްދާނެތީ؟…” މެހެކް ބުނެލިއެވެ. “ކީއްވީ؟…..އެމީހުންގެ ސަމާލުކަމަށް ނާޏްނާނެ ކަމެއް އެބައޮތް ތަ؟…..” ޒިވިއަންގެ ޚިޔާލު ފައުޅުކޮށްލިއެވެ. މެހެކް ހިތްނުތަނަވަސްވެފައި ހުރެ ވެސް ޒިވިއަންގެ ދަޢުވަތު ޤަބޫލުކުރިއެވެ. “މިރޭ 8 ޖަހާއިރަށް ރެޑީވެގެން ހުންނާތި..އަހަރެން އައިސަ މެސެޖްކޮށްލާނަން” ޒިވިއަން މިހެން ބުނެލާފައި ހިނގައްޖެއެވެ.

ގަޑިން ރޭގަނޑު އަށެއްޖަހާ ފަސް މިނެޓު ހިނގައިފިއެވެ. މެހެކް ހުރީ މިރޭ ވަރަށް ރީތިވެލައިގެންނެވެ. ޒިވިއަންގެ މެސެޖެއްގެ އިންތިޒާރުގައެވެ. ކުއްލިއަކަށް ފޯނުގެ ވައިބްރޭޝަންގެ އަޑަށް މެހެކް ބަލާލިއެވެ. ޒިވިއަންގެ މެސެޖެއްލިބުމުން ބަލާލިއރު ބޭރުގައިކަމަށް ބުނެ އަންނަން ބުނުމުން މެހެކް އަވަހަށް ނިކުތީ ބޭރަށް ދާންށެވެ. ގޭގައި އުޅޭ ނޯކަރަކަށް ގޮވާލައިފައި މިދަނީ ބޭރަށްކަމަށް ބުނެ މަންމަމެން ކައިރީ ބުނެލަދިނުމަށް އެދުނެވެ. އެއަށްފަހު ނިކުތީ ބޭރަށެވެ.

ކާރުގައި ލެނގިލައިގެން ހުރި ޒިވިއަންއަށް މެހެކް ނިކުމެގެން އަންނަތަންފެނި ލާލާހުރި ނޭވާވެސް ހުއްޓުނުކަހަލައެވެ. މެހެކްގެ ރީތިކަން މިރޭ އިތުރަށް ރީތިހެން ހީވެއެވެ. ލާފައިވާ ގަދަ ނޫކުލައިގެ ޓޮޕްކޮޅާއި ކްރީމް ކުލައިގެން ފައިކުރިއަށް ފުޅާ ބެލްސްލާ ދަށަށް ޖަހާފައިހުރުމުން ވަރަށް ރީއްޗެވެ. އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ މެދުން މަގެއް ފަޅާ ދެފަރާތަށް ވަޔަށް ދޫކޮށްލައިފައިވާ މެހެކްގެ ރާޅުބާނީ އިސްތަށިގަނޑެވެ. އަދި ހެދުމާ ގުޅުވާ އަރާފައިވާ ގަދަ ނޫ ކުލައިގެ އުސް ކަށިލީ ފައިވާނުން މެހެކް ކުރިއަށްވުރެ ދިގުކަމަށްދައްކައެވެ. ޕީޗް ކުލައިގެ އެންމެ ފަހުގެ ދަބަހެއް ކޮނޑުގައި އަޅުވާލައިގެން އަދި ރަންކުލައިގެ ގަޑިއެއް އަޅާފައިވުމުން ވަރަށް ޝާހީ ގޮތެއްހުރެއެވެ. އިއްތިފާގުން މިރޭ ޒިވިއަންއަށް ވެސް ލެވިފައިވަނީ ގަދަ ނޫ ކުލައިގެ ގަމީހަކާއި ތިރިން ކްރީމް ކުލައިގެ ފަޓުލޫނެކެވެ. އަދި ދަށަށްޖަހާލފައިހުރުމުން ވަކިން ސްމާޓުކަމަށްދައްކައެވެ. ގަދަ މުށިކުލައިގެ ބޫޓަކަށް އަރާފައިވުމުން މީހާގެ ރީތިކަން ހާޟަވެއެވެ. އެ ރީތިކަމަށް ފުރިހަމަ ކަމެއް ދެނީ އަތުގައި އަޅާފައިވާ އެންމެފަހުގެ ގަޑިއެވެ. ކާރުގައި މޮޑަލެއްހެން ހުއްޓިލައިގެން ހުރިއިރު މަގުން ދާހާ ބައެއްގެ ނަޒަރު އެދިމާލަށް ހުއްޓެއެވެ.

މެހެކް އަރާހަމަވުމުން ކާރުގެ ކުރީ ސީޓު ދޮރުފަތް ޒިވިއަން ހުޅުވާލަދިނެވެ. މެހެކް ލަދުން ހުރެ ވެސް އަވަހަށް ކާރަށް އެރީ މީހުންގެ ނަޒަރުން މިންޖުވާން ކަންނޭނގެއެވެ. ޒިވިއަން ވެސް ގޮސް އަނެއް ފަރާތުން ޑްރައިވަރު ސީޓަށް އަރާ ކާރު ދުއްވާލީ އެންމެފަހުން ޒެޑްސްގެ ދަށުން ހުޅުވައިފައިވާ ރެސްޓޯރެންޓެއްކަމަށްވާ ޒެޑްސް ފުޑޫއަށެވެ. ވިއްސަކަށް މިނަޓުގެ ދުއްވުމަކަށްފަހު މަންޒިލާ ހަމައަށް ދެވިއްޖެއެވެ. ދެ ޒުވާނުން ވެސް ކާރުން ފޭބުމުން އެންމެންގެ އަމާޒުފަތްގަޑަކަށް ދެ މީހުންވިއެވެ. ވާނީ ވެސް އެހެންތާއެވެ. އިއްތިފާގުން ނަމަވެސް ދެ މީހުންގެ ހެދުން ގުޅުވިފައިވުމުން ބަލާ މީހަކަށް ދޭހަވާނީ ވެސް ދެ ލޯބިވެރިންފަދައިންކަން ގައިމެވެ.

ރެސްޓޯރަންޓުގެ މުވައްޒަފުން ޒިވިއަންމެންގެ އިސްތިޤުބާލުގައި ހުރިކަން މެހެކަށް ފާހަގަކުރެވުނެވެ. އަދި އެމީހުން ގޮވައިގެން ވަކިން ހުރި ވީއައިޕީ ބަޔަށް ގޮސްވަނެވެ. ޒެޑްސްއަކީ މިހާރު ރައްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ރެސްޓޯރަންޓަށްވާއިރު ވަކި ޚާއްސަ މެހެމާނުންނަށް ވަކި ބައެއް އެ ރެސްޓޯރަންޓުގައި ޚާއްސަކުރެވިފައިވެއެވެ. ޒިވިއަން އެބަޔަށް ޔަޤީނުން ވެސް ދިޔައީ ތަނުގެ މީހުންނަށް މިރޭ ޒިވިއަންއާއިއެކު ހުރީ ޒިވިއަންގެ ޚާއްސަ ފަރާތެއްކަން އަންގަންށެވެ. ބަހުން ނޭނގިޔަސް ޒިވިއަންގެ ޢަމަލުތަކުން މެހެކާ ދޭތެރޭ ދެކޭ ގޮތް ތަފާތުކަން ޔަޤީނެވެ.

ބޭނުންވާ އެއްޗިސްސަށް އޯޑަރ ކުރުމަށްފަހު ދެމީހުން ވެސް އަނގައިން ބަހެއް ނުބުނެ ތިބީ ފަށާނީ ކާކު ތޯ ބަލަންކަން ނޭނގެއެވެ. ދެ ތިން މިނެޓު ހޭދަވުމަށްފަހު ޒިވިއަން ވާހަކަދައްކަންފެށިއެވެ. “އަހަންނަށް އަޑުއިވުނު މެހެކާ ޒާންގެ ދެމެދުގައި ދެކެވުނު ވާހަކަތައް…” ޒިވިއަން މިހެން ބުނުމުން މެހެކްގެ ނަޒަރު ޒިވިއަންއަށް ހުއްޓުނެވެ. އަދި ހިތުގައި ސުވާލު ވެސް އުފެދުނެވެ. ނަމަވެސް ދާދި އަވަހަށް އެ ސުވާލުތަކުގެ ޖަވާބު ވެސް ލިބުނެވެ. “އިއްތިފާޤުން އަހަންނަށް ވެސް އިނދެވުނީ އެ ރެސްޓޯރަންޓުގައި……މެހެކްމެން ތިބި ދިމާލުން ފުރަގަހަށްވާގޮތަށް އިނީމަ ނުފެނުނީ…” ޒިވިއަން ބުނެލިއެވެ. “އިވުނީ ކޮން ވާހަކައެއް” އިސްޖަހައިލައިގެން އިނދެ މެހެކް ބުނެލިއެވެ. “ލޯބިވާ ވާހަކަ” ޖެހިލުމެއްނެތި ޒިވިއަން މިހެން ބުނެލުމުން މެހެކް އިސްއުފުލާ ޒިވިއަންއާ ދިމާލަށް ބަލާލިއެވެ. ދެން ހޭދަވެގެންދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. “މެހެކް ލޯބިވޭތަ؟…” ޒިވިއަން އަހާލިއެވެ. ޒިވިއަން އެހެން އެހީ ކޮން މާނައެއްގައި ކަމެއް ނޭނގި އިނދެ މެހެކް މަޑުމަޑުން ބޯ ހޫރާލިއެވެ. “އަހަރުމެން ދެއްކި ވާހަކަތައް އަޑުއިވުން ނަމަ އިނގޭނެ އަހަރެން ދިން ޖަވާބު ވެސް” މެހެކް ބުނެލިއެވެ.

“އަހަރެން ދެކެ ލޯބިވޭ ތަ؟…” ދެން ޒިވިއަން ކޮށްލި ސުވާލުން މެހެކަށް ސިހުމެއް ގެނުވިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 33

Next

ލޯގަނޑު

Next
November 26, 2024

ލޯގަނޑު

Previews
November 26, 2024

ޙަޤީޤަތް ހޯދުމޭ 33

4 Comments!

  1. gurrrrl says:
    November 26, 2024 at 1:19 pm

    vrh reethi mi part ves cant wait for next part
    keep it up n lots of luv

    1. Mysterious Woman says:
      November 27, 2024 at 8:06 am

      thanks keep waiting hehe 🙂

  2. Anonymous says:
    November 26, 2024 at 3:57 pm

    Kobaa 20vana part

    1. Mysterious Woman says:
      November 27, 2024 at 8:06 am

      20th part libeyne v.avajaj kiyaalan insha allah….

Comments are closed.

Next Episodeތިނެސްކަން ލޯބި (23)←


All Right Reserved!