Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (17)

Mysterious Woman Level 310 Stories100 Comments
November 23, 2024 4 Mins Read
0 Comments

މެހެކް އޮފީހަށް ވަދެގެން ދިޔައިރު މުވައްޒަފުންގެ ނަޒަރުތައް މިއަދު ތަފާތުކަން ފާހަގަކުރެވުނެވެ. އަދި އިރުއިރުކޮޅުން މެހެކާ ދިމާލަށް ބަލާކަން ވެސް ފާހަގަކުރެވުނެވެ. ކުޑަކޮށް ހައިރާންވެހުރެ މެހެކް ގޮސްވަނީ އޭނާގެ ކެބިންއަށެވެ. އިރުކޮޅަކުން ދުމެއް ޖަހާފައި ޝާޔާ އައިސް މާނޭވާލަމުން ވާހަކައެއް ބުނެވޭތޯ ބެލިއެވެ. ނަމަވެސް ނުބުނެވުމުން ދިއްކޮށްލީ އަތުގައި އޮތް ޓެބުލެޓެވެ. މެހެކް ނިތަށް ރޫއަރުވާލަމުން އޭގައި ހިފާ އޭގައި އޮތް އެއްޗަކަށް ބަލާލިއެވެ. އެއާއިއެކު މެހެކްގެ ދެ ލޯ ދިޔައި ތަންމިނަށް ހުޅުވިގެންނެވެ.

ސަތާރަވަނަ ބައި             

ވާނީވެސް އެހެންތާއެވެ. ބޮޑު އަކުރުން މިސް މެހެކްއަކީ މިސްޓަރ ޒިވިއަންގެ ލޯބިވެރިޔާ ހެއްޔެވެ؟ ޚަބަރުގެ ފަލަ ސުރުޚީއަށް އަރާފައި އޮތް ލިޔުންކޮޅު ކިޔާލުމުން ވާނީ ވެސް އެހެންތާއެވެ. އަދި އެންމެ ހައިރާންވީ އިއްޔެ މެހެކާއި ޒިވިއަން ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް ޚަބަރުގެ ކަވާރއަށް ލާފައި އިނުމުންނެވެ. މި ފޮޓޯ ނެގީ ކާކު ހެއްޔެވެ؟ އެ މީހަކަށް އަހަންނާއި ޒިވިއަން އެކުގައި ތިއްބާ ފެނުނީ ހެއްޔެވެ؟ މިފަދަ ސުވާލުތަކެއް މެހެކްގެ ހިތަށް އަރަމުންދިޔައެވެ. މޮޅުތަންކޮޅަކީ އެ ޚަބަރު ލިޔުނީ ކާކު ކަމެއް ވެސް ފެންނަން ނެތުމުންނެވެ. “މި ޚަބަރު ނެރުނު އޮފީހަށް ގުޅާފައި ބުނޭ ވަގުތުން ޚަބަރު ނަގަން….” މެހެކް އެ ދެބުމަ ގޮއްޖަހާލަމުން ޝާޔާއަށް އެންގިއެވެ. ޝާޔާ އަވަސްވެގަތީ މެހެކް ބުނި ކަންތައް ކުރުމަށެވެ. އެއާއިއެކު މެހެކް އިންތަނުން ނިކުތީ ބޭރަށްދާންށެވެ.

ރާކިންއާއިއެކު ސައިބޮއިގެން އަލުން އޮފީހަށް ވަންނަން ދިޔަތަނުން މީޑިޔާގެ ބޮޑު ބައިގަނޑެއް އޮފީސް ދޮރުމަތީ ހަރަކާތްތެރިވާތީ ޒިވިއަން ހައިރާންވިއެވެ. އަދި އެމީހުންނަށް ޒިވިއަން ފެނުމުން އަވަސް އަވަހަށް އައި ގޮތުން މިވަނީ ކީއްކަމެއް ނޭނގުނެވެ. “މިސްޓަރ ޒިވިއަން…މިސް މެހެކާ އޮތީ ކޮން ގުޅުމެއް ތޯ….ކީއްވެތޯ ހުޅުމާލެ ތިން ވަނަ ފިޔަވަހިން އެކަހެރިކޮށް ބައްދަލުކުރަން ޖެހުނީ….ކުރިން ވެސް މިސް މެހެކާ ގާތް ގުޅުމެއް އޮވޭ ތޯ؟…” މިފަދަ ސުވާލުތަކެއް ނޫސްވެރިން ކުރަމުންދިޔުމުން ފުރަތަމަ ފަހަރަށް ޒިވިއަން ހާސްވިއެވެ. އަދި ހައިރާންވީ މެހެކާ އެކު ތިން ވަނަ ފިޔަވަހިން ބައްދަލުކުރިކަން މީޑިޔާއަށް އެނގުމުންނެވެ. ހިތަށްއެރިއެވެ. ސަހަރޯއެވެ. މިމީހުންނަށް ނޭނގޭ ކަމެއް އޮވޭ ހެއްޔެވެ؟ ތަނެއްގައި ދެ މީހަކު އެކަހެރިކޮށް ބައްދަލުކުރިއްޔޭ ކިޔާފައި މި މީހުންނަށް ކޮން ކަމެއް ހެއްޔެވެ؟ “މިސްޓަރ ޒިވިއަން….” ޒިވިއަންއަށް ހޭވެރިކަމެއްވީ ނޫސްވެރިއަކު ގޮވާލުމުންނެވެ.

ޒިވިއަން ތައްޔާރުވެލީ ކެރިހުރެ ނޫސްވެރިންނަށް ޖަވާބުދިނުމަށެވެ. “އަޅުގަނޑާއި މެހެކް އެތަނަށް ދިޔައީ އޮފީސް ކަމެއްގައި މަޝްވަރާކޮށްލަން…މިހާރު އެންމެ އަވަހަށް ފަށަން ހަމަޖެހިފައިވާ ޕޮރެޖެކްޓުގެ ކަމެއްގައި….އަދި ބުނެލަން…އަޅުގަނޑުގެ ޕާރސަނަލް ލައިފް އާއި ގުޅޭ އެއްވެސް ސުވާލަކަށް ޖަވާބުދެވޭކަށްނެތް…އެކްސްކިއުޒް”….މިހެން ބުނެލާފައި ނޫސްވެރިންތައް އެއްކައިރިކުރަމުން މީހެއްގެ ކަނދުރާއަކަށް ބެލުމެއްނެތި ގޮސް އޮފީހަށް ވަނެވެ. ޒިވިއަން ގޮނޑީގައި އިށީންނަމުން ފޯނު ހުޅުވާ ނޫސްތައް ބަލާލުމުން ކަންވީ ގޮތް އިނގިއްޖެއެވެ. ނަމަވެސް ޒިވިއަންވެސް ހިތަށްއެރީ މެހެކް ވެސް ހިތަށް އެރި އެއްޗިސްސެވެ. ދެމީހުންގެ ފޮޓޯ ނެގީ ކާކު ހެއްޔެވެ؟

މެހެފިލް ވިލާ ލިވިންގްރޫމުގައި އެންމެން ތިބި ވަގުތެވެ. ޓީވީން އިވެމުންދަނީ ޒިވިއަންގެ އަޑެވެ. އާދެ، ދާދިދެންމެއަކު ނޫސްވެރިންގެ ސުވާލަށް ޒިވިއަން ޖަވާބުދާރީވި މަންޒަރެވެ. ޒާން އައިސް ގެއަށް ވަނުމުން ފެނުނު މަންޒަރުންނާއި އިވުނު ޚަބަރަކުން މީހާގެ ޠަބީޢަތް ގޯސްވިއެވެ. އަދި އެހާ ބުރަކޮށް އޮފީހުގައި މަސައްކަތްކުރުމުން ހުރީ ވެސް ވަރުބަލިވެފައެވެ. ޒާންއަށް މިއަދުގެ ޚާއްސަ ޚަބަރުގެ ތަފްޞީލު ނުލިބެނީތާއެވެ. ފޯނު ނަގާ ޚަބަރުތައް ބަލާލުމުން މެހެކްމެންގެ ވާހަކައޮތް ޚަބަރުގެ ތަފްޞީލު ފެނިގެންދިޔައެވެ. އަދި ޒިވިއަންއާއި މެހެކްގެ ތަފްސީރު ވެސް ފެނިގެންދިޔައެވެ. އެއީ ވަރަށް ފުރިހަމަ ތަފްސީރަކަށްވިޔަސް ޒާންއަށް އެއީ ފެނުނު ނުބައި ހުވަފެނެއްފަދައެވެ. ޒިވިއަން އާއި މެހެކް އެކަކު އަނެކަކަށް ބަލަން ތިއްބާ ނަގާފައިވާ ތަފްސީރު ކިތައްމެހާ ވެސް ޗާލެވެ. ހަސަދައަކީ މީހާގެ ހަލާކެއްކަން ދަންނަނީ ކިތައް މީހުންބާއެވެ. ކިތައްމެ ގާތް މީހަކާ މެދު ވެސް ހަސަދަވެރިކަން އުފެދިދާނެކަން ދެނެހުރީ ކިތައް މީހުން ހެއްޔެވެ؟ އެއްބަނޑަސް އެއްބަފަޔަސް އެމީހަކާ މެދު ހަސަދަވެރިކަން އުފެދިއްޖެނަމަ އިމުން ބޭރުވެދާނެއެވެ. ޒާންއަށް ވެސްވީ މިފަދައިންނެވެ. ޒިވިއަންއަކީ ޒާންގެ ބޭބެއަކަސް މިއަދު އެހިތުގައި ޒިވިއަންއާއި ދޭތެރޭ ކިލަނބުކަމެއް އުފެދިއްޖެއެވެ. ތިމާ ލޯބިވާ މީހަކު އެހެން މީހެއްގެ ކައިރީގައި ހުރުމުން ހިތަށް އަސަރުނުކޮށެއް ނުދާނެތާއެވެ. ހިތުގައި ރުޅިވެރިކަން އުފެދުމުން އެވަގުތު ޒޫނާ ޒާންއަށް ގޮވާލިކަމެއް ވެސް ނޭނގި އެދިޔަގޮތަށް ގޮސް މައްޗަށް އަރައިގެން ޒާންގެ ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖަހައިފިއެވެ. “ކީއްބާ އެވީ؟…..މާބޮނޑަށް ވަރުބަލިވީ ކަމަށް ވެސް ވެދާނެ” ޒޫނާ ބުނެލިއެވެ. “އަޅާނުލާ….ވެދާނެ ގޮވާލި އަޑު ނީވުނީ ކަމަށް ވެސް..” ބަލްގިސް ބުނެލާ އެކަން ހަމަޖައްސާލިއެވެ.

މިއަދުވީ ކަމަކުން ބޯހާސްވެފައި ހުރެ މެހެކް ގޮސް ރޯޒަ ގާޑަން ގޭ ތެރެއަށް ވަދެގެން ދިޔައިރު ބަޔަކު ތިބިކަމެއް ވެސް ނޭނގެއެވެ. ސިއްސައިގެންދިޔައީ އިވުނު އަޑެއްގެ ސަބަބުންނެވެ. އެއީ އޭނާއަށް ދުވަހަކު އޮޅޭނެ އަޑެއް ނޫނެވެ. ފަސްއެނބުރި ބަލާލުމުން ފެނިގެންދިޔައީ އޭނަގެ ލޯބިވާ މާމަގެ ހިނިތުންވެފައިވާ މޫނެވެ. “ދަރިފުޅާ..ތިތާ އަނަގަ ނަގައިގެން ހުންނާނީތަ..ނޫނި މާމަ ކައިރި އަންނާނީތަ” މެހެކްގެ މާމަ މެހެރުއްނިސާ ބުންޏެވެ. މާމަ ގޮވާލުމުން ބަސްއަހާ ކިޔަމަންވާ ކުއްޖެއްހެން މެހެކް ގޮސް މާމަ ކައިރީ އިށީނދެ މާމަ ގައިގައި ނިކަން ލޯބިން ބައްދާލިއެވެ. “މާމާ..އައި މިސްޑް ޔޫ…ހާދަ ދުވަހެއްނެގީ މާމަ މިކޮޅަށް އަންނަން” މެހެކް ބޮދާހާކާ އުސޫލުން މެހެރުއްނިސާއާ ވާހަކަދެއްކިއެވެ. “ހެއްހެއް މާމަގެ ކަނބުލޯ…މާމަ ދަރިފުޅު ކައިރިއަށް އައީމަ ވެސް ޝަކުވާ..ނައީމަ ވެސް ޝަކުވާ…” ނިކަން ލޯބިން މެހެރުއްނިސާ ވާހަކަދެއްކިއެވެ.

“މަންމާ ހިނގާ ދަމާ..މެހެކަށް ފެނުނީ މާމަ އެކަނި ވިއްޔާ އަހަރުމެން ތިބި ކަމެއް ވެސް ނޭނގޭ” އިވުނީ ރީތި ފިރިހެންވަންތަ އަޑެކެވެ. މެހެކް އަޑުއައި ދިމާލަށް ބަލާލިއެވެ. ފެނުނީ ރީތި ހިނިތުންވުމެއްގައި ތިބި ޒުވާން ދެ ފިރިހެނުންނާއި ދުވަސްވީ ދެމަފިރިންނެވެ. “ކުއްބޭ، ތިއްތީ، ބޮޑުބެ، ބޮޑުއްތަ…އަޅޭ އެންމެން ވެސް އައީތަ؟….” މެހެކަށް އެ އެންމެން ފެނުމުން ވީ ގޮތެއް ވެސް ނެނގުނެވެ. އުފަލުގެ ކޮޅެއްނެތެވެ. މަންމަ ފަރާތު އާއިލާ މިކޮޅަށް ކުޑަ ދުވަސްކޮޅަކަަށް ނަމަވެސް އައީމަ ފާނީ ވެސް އެހެންތާއެވެ. މިހާރު މެހެކްގެ އެންމެ ލޯބިވާ މީހުން އެތިބީ މެހެކާ އެންމެ ކައިރީގައެވެ.

“ބޮޑުއްތަގެ ދޫންޏާ…ކުރިއަށްވުރެ ހިކިއްޖެހެން ހީވަނީ…ނުކަނީތަ ދަރިފުޅާ..” މެހެކްގެ ބޮޑުއްތަ މާއިޝާ ބުނެލިއެވެ. “ނޫނޭ ބޮޑުއްތާ..ތީ ހީވާ ގޮތް..ކުރިއަށްވުރެ ފަލައެއް ނޫންތަ” ތުންކޮޅު އޫކޮށްލަމުން ބޮޑާހާކާހެން މެހެކް ބުންޏެވެ. އެއާއިއެކު އެންމެން ތިބީ ހިނިއައިސްފައެވެ. “ކުއްބެމެންގެ ޕްރިންސެސް…ބޮޑާހާކާނީ ހަމައެކަނި ފެމެލީ ކައިރީ އެކަންޏޭ ދޯ..ބޭރު ތެރޭގައި އެއީ މަޝްހޫރު އެމްސްގެ ކުންފުނީގެ އިސްވެރިޔާ މަމްދޫހު އަޙުމަދުގެ ހަގު ދަރި މިސް މަރިޔަމް މެހެކް މަމްދޫހު…ދަ…ފޭމަސް މިސް މެހެކް..ބިޒްނަސް ވުމަން އެކޭ ދޯ….” މާއިޝާ އާއި އޭނާގެ ފިރިމީހާ އާލިކްގެ ހަގު ދަރި އައްޝަމް ބުނެލިއެވެ. އައްޝަމް މިހެން ބުނުމުން އެންމެން އެ ވާހަކައަށް ނިކަން ތާއީދު ކޮށްފިއެވެ. “މާމަގެ..ރީތި ކަމަނާ..މިއަދު މާމަ ވަރަށް ފަޚްރުވެރިވޭ ދަރިފުޅާ މެދު….” މެހެރުއްނިސާ ބުނެލިއެވެ. މިކަހަލަ ވާހަކައެއްގައި ތިއްބާ މަޢްރިބު ނަމާދަށް ފިރިހެންވެރިން މިސްކިތަށް ދިޔުމުން ހުރިހާ އަންހެނުން ދިޔައީ ނަމާދުކުރަން އެމީހެއްގެ ކޮޓަރިއަށެވެ.

ރޯޒް ގާޑާންގައި ކާންތިބި ވަގުތެވެ. އެންމެން ތިބިއިރު މަދީ ހަމައެކަނި މެހެކެވެ. މެހެކް ތަންކޮޅެއް ކުރިން ކައިގެން ކޮޓަރިއަށް ވަނުމުން ދެކެވެނީ ކުރިއަށް އޮތް މެހެކްގެ އުފަން ދުވަހުގެ ވާހަކައެވެ. މިއީ މެހެކަށް ނޭނގި ބާއްވަން ގަސްދުކުރާ ޕާޓީއަކަށްވާތީ މެހެކްއަށް އަންގަން ކޮންމެހެން ބޭނުންވެސްނެތީއެވެ. “މަމްދޫހު ދަރިފުޅާ..އެވަރަކުން މަންމަ މިކޮޅަށް މިއައީ ވެސް އަހަރުމެންގެ މެހެކްގެ އުފަންދުވަހުގެ ޕާޓީއަށް….މަންމަ ބޭނުން މަގޭ ހުރިހަމައެކަނި އަންހެން މާމަދަރީގެ އުފަންދުވަހުގެ ހަފްލާ ނިކަން ކުލަގަދަކޮށް ފާހަގަކުރަން….ތަންތަނުގެ އިސްވެރިންނަށް ދަޢުވަތު ކާޑާ އެއްޗެހި ބަހައިފިންތަ…ހުންނާނެ ތަން ޒީނަތްތެރިކުރުމަށް ވެސް ބޭރުން ބަޔަކު ހަމަޖައްސާފައި…” ވާހަކަދެއްކީ މެހެރުއްނިސާއެވެ. “ލައްބަ މަންމާ…މަންމަ އެދިލެއްވި ގޮތަށް އަޅުގަނޑު ހުންނާނެ ހުރިހާ ކަމެއް ވެސް ދުރާލާ ނިންމާފައި…މީގެން އެއްވެސް ކަމެއްގެ ހިލަމެއް ވެސް ނުވާނެ މެހެކަށް” މަމްދޫހު ބުންޏެވެ. “ރަނގަޅު….މާދަމާރޭ ޕާޓީ އޮތީ އެހެންވީމާ..ތަން ރީތިކުރާ މީހުން އަންނާނެ މާދަން ހެނދުނު މެހެކްމެން އޮފީހަށް ދިޔައީމަ…” މެހެރުއްނިސާ ބުނެލިއެވެ. “ޒާލިމް ޒާކިރުގެ ދޮށީ ދަރި ޒިވިއަން އާއި މެހެކްގެ ވާހަކަ ވަރަށް ދެކެވޭ މީޑިޔާތަކުގައި” އާލިކް ބުނެލިއެވެ. “ޒާލިމް އެއީ ޒެޑްސްގެ އިސްވެރިޔާ ދޯ؟” މެހެރުއްނިސާ އަހާލިއެވެ. “ލައްބަ…ނިކަން ޒިންމާދާރު ޒުވާނެއް އެއީ މިހާރު އެއީ ފޯރ ޒެޑް ކުންފުނީ ސީއީއޯ…ޒުވާން ވިޔަފާރިވެރިޔެއް” މަމްދޫހު ތަފްޞީލު ދިނެވެ. “ހޫމް….އެގޭގައި ދެން ހުންނަނީ ކާކު؟…” މާއިޝާ އަހާލިއެވެ. “ޒޫނާގެ ދޮށީ ދަރި ޒާން…އެއީ ވެސް ޒެޑްސްގެ ކުންފުންޏެއްގެ ޒިންމާދާރު ވެރިޔެއް…” މިފަހަރު ޖަވާބުދިނީ މަލައިކާއެވެ. “ކިތައްމެ ޒިންމާދާރަސް އެއީ ޅަފުރާއިގެ ޒުވާނުން…މީހެއްގެ ހިތެއް ނޭނގޭނެ ކިޔާކަށް..ފޮތުގެ ބޭރުގަނޑުގައިވާ އެއްޗެއް އަހަރުމެންނަށް އިނގޭނެތަ؟…އެއީ ހުސް ޒުވާން ކުދިން….ހިތަކީ ފާޑެއްގެ އެއްޗެއް….އަހަރެން އެންމެ ޖެހިލުންވަނީ…މެހެކްގެ ނަން ކިލަނބުވެދާނެތީ….އެކުއްޖާފުޅަށް ކަޅި ހުއްޓޭ ކިތައްމެ ލޮލެއް އެބަވޭ…ސަމާލުވުން އޮތީ މަމްދޫހު..” މެހެރުއްނިސާގެ ވާހަކައަށް އެތާ އެއްބަސްނުވާ އެކަކު ވެސްނެތެވެ.

ދަންވަރުގެ ވަގުތެވެ. މެހެފިލް ވިލާ ގަނޑުވަރުގެ ހާލަކީ ތޯއެވެ. އެންމެން ތިބީ އެމީހެއްގެ ކޮޓަރީގައި އަރާމު ތަންމަތިތަކުގައި ނިދާފައެވެ. ނަމަވެސް ދެ ލޮލެއް ފިޔަވައެވެ. އާދެ، ޒިވިއަން އާއި ޒާންއެވެ. ދެމީހުންގެ ޚިޔާލުގެ ވާފަށްވަނީ އެއްދިމާލަކަށް ގޮސް ހުއްޓިފައެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އިންސާފް (ތިރީސްވަނަ ބައި)

Next

އެގޭތެރެއިން (1)

Next
November 23, 2024

އެގޭތެރެއިން (1)

Previews
November 23, 2024

އިންސާފް (ތިރީސްވަނަ ބައި)



All Right Reserved!