Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިނެސްކަން ލޯބި (21)

Mysterious Woman Level 310 Stories100 Comments
November 26, 2024 3 Mins Read
8 Comments

“ޒާން…އައިއެމް ސޮރީ…..” މިހެން ބުނެ މެހެކް ތެދުވެގެންދާން ހިނގައިގަތެވެ. އެހިނދު ޒާން މެހެކްގެ އަތުގައި ހިފާ ހުއްޓުވިއެވެ.

އެކާވިސްވަނަ ބައި   

“ޒާން…އައިއެމް ސޮރީ…..” މިހެން ބުނެ މެހެކް ތެދުވެގެންދާން ހިނގައިގަތެވެ. އެހިނދު ޒާން މެހެކްގެ އަތުގައި ހިފާ ހުއްޓުވިއެވެ. މެހެކް ބަލާލީ ސުވާލު އުފެދިފައިހުރެއެވެ. “ޑިޑް ޔޫ ރިޖެކްޓް މައި ލަވް ބިކޯޒް…ޔޫ ލަވް ޒިވިއަން؟…..” ލަސްލަހުން މެހެކަށް ބަލާލަމުން ދެބޮމަގޮށްޖަހާފައި ޒާން އަހާލިއެވެ. ޒާންގެ ސުވާލުން މެހެކްގެ ދެ ލޯ ބޮޑުވިއެވެ. އިތުރު އެއްޗެއް ނުބުނެވި މެހެކަށް ހުރެވުނީ ބަލާށެވެ. “މާރކް މައި ވޯޑްސް….ޓުޑޭ ޔޫ މައިޓް ރިޖެކްޓް މީ..ބަޓް ޓުމޯރޯ ޔޫ ވިލް ކަމް އެންޑް ބެގް މީ……ފޯރ ޔޯ ލަވް!!……އައި ވޯންޓް ގިވް-އަޕް….” ވަރުގަދަ ބަހުގެ ހަމަލާއެއް މެހެކަށް ދީފައި ރެސްޓޯރަންޓުން ޒާން ނިކުމެގެންދިޔައީ މެހެކް ކަޅުފޮއި އަނދިރިގަނޑަކަށްވައްޓާލާފައެވެ. ސުވާލުތަކެއްގެ ތެރެއަށް ދޫކޮށްލާފައެވެ. އެބުނީ ކީކޭ ހެއްޔެވެ؟ އަހަރެން ލޯބިވަނީ ޒިވިއަން ދެކެކަން ޒާންއަށް އިނގުނީ ކިހިނެއް ހެއްޔެވެ؟ ޒާން ވެސް މީ އަރަތެއް ކަހަލަ މީހެކެވެ. މެހެކް ވެސް މި ކަހަލަ ވިސްނުންތަކެއްގައި ހުރެފައި ހިނގައިގަތީ ރެސްޓޯރަންޓުން ނިކުންނާށެވެ.

ޒިވިއަން އިނީ ދެންމެ އިވުނު ވާހަކަތައް ޤަބޫލުނުކުރެވިފައެވެ. ދެންމެ މެހެކާއި ޒާން ދެއްކި ވާހަކަތައް ވަރަށް ސާފުކޮށް ޒިވިއަންއަށް އަޑުއިވުނެވެ. އެނާ ވެސް ބީޗް ރެސްޓޯރަންޓާށް އައީ ރާކިން ގުޅާފައި ބައްދަލުކޮށްލަން މިތަނަށް އަންނަން ބުނުމުންނެވެ. ނަމަވެސް ފަހުވަގުތު ކުއްލި ކމަެއް ދިމާވެގެން ރާކިންއަށް އާދެވޭނެ ގޮތެއްނެތުނީއެވެ. އެހެންވެ ޒިވިއަން އިނީ ބީޗުގެ ހިތްގައިމު މަންޒަރުތައް ބަލަން ކޮފީއަކަށް އޯޑަރުކޮށްގެން ބޯހަމަޖައްސާލާށެވެ. އެހެން އިން އިރު ޒާންމެންގެ ވާހަކަތައް އަޑުއިވުނީއެވެ.

ޒާންގެ ހިތުގައި މެހެކާ ދޭތެރޭ އޮތް ގޮތް ޒިވިއަންއަށް ހާމަވިއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އެންމެ ކުޑަދުވަހުން ފަށައިގެން ވެސް ޒާންގެ “ކްރަޝް” އަކީ މެހެކް ހެއްޔެވެ؟ އެވާހަކަ ކުރިން ނުބުނީ ކީއްވެބާއެވެ. މެހެކް ހަމަ އަސްލަށް ވެސް އަހަރެން ދެކެ ލޯބިވޭބާއެވެ. ޒާން އެހެން އެ ބުނީ އެހެންވެ ހެއްޔެވެ؟ އަހަރެން ވެސް މެހެކް ދެކެ ލޯބިވަމެވެ. ނަމަވެސް މީ ވަންހަނާވެފައިވާ ހަޤީޤަތެކެވެ. މި ސިއްރު ފަޅާއަރާ ދުވަހަކުން ޒާން ކަންތައް ކުރާނީ ކިހިނެއްބާއެވެ. މިފަދަ ސުވާލުތަކުން ޒިވިއަންގެ ސިކުނޑި ދިޔައީ ސުމަކަށެވެ. ބޯހަމަޖައްސަން އައިމީހާ އިތުރަށް ބޯހާސްވީއެވެ.

ޒާން އިނީ ކެބިންގައި ވަރަށް ފުން ވިސްނުމެއްގައެވެ. ނަޒަރުވަނީ ކުރިމަތިން ފެންނަ ސްކްރީނަށް ހުއްޓިފައެވެ. ސްކްރީނުން ފެންނަނީ ތަސްވީރެކެވެ. ތަސްވީރު މަތީގައި ލިޔެފައިވަނީ “ޒެޑްސްގެ ޒުވާން ދެ ވިޔަފާރިވެރިންގެ ހިތްވަނީ އެމް.އެޗް.ޓޫއީ ކޭގެ ޗެއާރވުމަން މިސް މެހެކަށް؟” މިހެންނެވެ. ތިހީކުރެވުނީ ރަނގަޅަށެވެ. މިބުނާ ތަސްވީރަކީ މެހެކްގެ އުފަންދުވަހުގެ ޙަފްލާގައި ޒިވިއަންއާއި ޒާން މެހެކް ވަށައި ހިނގަމުން ލަވަ ކީއިރު ނަގާފައިވާ ތަސްވީރެކެވެ. ޒިވިއަންއާއި މެހެކްގެ ކަޅި ހަމަވެފައިވާއިރު ޒާންވަނީ މެހެކްގެ ޖާދުލުގައި ޖެހިފައެވެ.

މަޑުމަޑުން ތަސްވީރުން ފެންނަ މެހެކްގެ މޫނުމަތީގައި މަޑުމަޑުން ޒާން ފިރުމާލިއެވެ. ކުރިމަތީގައި މެހެކް ހުރެމެ ފިރުމާލާނެހާ ލޯބިންނެވެ. “ވައި؟؟؟…މެހެކް…އިޓް ހާޓްސް….ހާޓްސް އަ ލޮޓް…….މެހެކް…ނުބުންޏަސް މިއަދު އިނގިއްޖެ ތިހިތުގެ ރާޖާއަކީ ކާކުކަން…..” ޒާން ނިކަން އަސަރާއެކު ކިޔާލިއެވެ. ލޮލުން ކަރުނަ ތިއްކެއް ވެއްޓުނު އިރު ވެސް ނޭނގުނެވެ.

“ޒިވިއަން……މިއަދުންފެށިގެން ތީ އަހަރެންގެ ދުޝްމިނެއް….އެއް އާއިލާއަކަސް އަހަރެންގެ ހިތުގައި ކަލެއަށްވަނީ ނަފުރަތު….މިއަދު މެހެކް އަހަރެންގެ ލޯބި ޤަބޫލުނުކުރީ އެ ހިތުގައި ކަލެއަށް ލޯބިވާތީ…..އެކަމަކު އަހަރެން ކަލެއަކަށް އެ ފުރުސަތެއް ނުދޭނަން…އަހަރެންގެ މީހަކަށް މެހެކް ނުވެއްޖެއްޔާ…………ކަލޭގެ މީހަކަށް ވެސް މެހެކް ވިޔަކަނުދޭނަން…” ޒާންގެ އަޑުގައިވަނީ ނުރައްކާތެރިކަމެވެ. ނަފުރަތުގެ އަލިފާނުން ޒިވިއަން ފިއްސާލަންއުޅޭފަދައެވެ. މީގެ ކުރިން ނުފެންނަފަދަ ފުން އަނދިރިކަމެއް ޒާންގެ ބެލުމުގައިވެއެވެ.

އާރާ ޒާންގެ ކެބިންއަށްވަނީ ޒާން ގެއަށް ދިޔައީ ތޯ ބަލާލާށެވެ. ޒާން އޮފީސް މަސައްކަތެއްގައި އިނުމުން އެނބުރި ނިކުންނަން އުޅުނު ވަގުތު ޒާން ވާހަކަދައްކާ އަޑު އިވިގެން މަޑުޖެހިލިއެވެ. ކިޔާ އެއްޗެއް މާ ރަނގަޅަށް ސާފުވުމުން އެތެރެއަށްވަދެލާފައި ބަލާލިއެވެ. ނަމަވެސް ފެނުނު މަންޒަރުންނާއި އިވުނު ވާހަކަތަކުން މީހާ ގަނޑުވިއެވެ. ހުރިތަނުން އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. ޒާން ލޯބިވަނީ މެހެކްދެކެއެވެ. ނުވީތާކަށް މެހެކަށް ލޯބި ހުށަހެޅިއެވެ. އެކަމަކު ޒާންގެ ޢަމަލުތަކުން ލިބުނީ މާ އެދެވޭ ޖަވާބެއް ނޫންކަން ގައިމެވެ. މެހެކްގެ ހިތުގައިވަނީ ޒިވިއަން ހެއްޔެވެ؟ ދެން ޒާން ކަންތައް ކުރާނީ ކިހިނެއްބާއެވެ. އާރާ ހުރި ވިސްނަންވީ ނުވިސްނަންވީ އެއްޗެއް ނޭނގިފައެވެ. މަޑުމަޑުން އެނބުރި ދާން ހިނގައިގަތީ މި ވަގުތު ޒާންއާ ވާހަކަދައްކަން ބޭނުންނެތީމައެވެ.

މެހެކް ރޯޒް ގާޑަންއަށްވަނީ ވިސްނުމެއްގައި ހުރެއެވެ. މިކަމާ ހުރެ ލިވިންގް ރޫމުގައި ޓީވީ ބަލަން އިން މެހެރުއްނިސާގެ އަޑު ވެސް ނީވުނެވެ. އެދިޔަ ގޮތަށް މައްޗަށް އަރާ މެހެކްގެ ކޮޓަރިއަށް ވަދެއްޖެއެވެ. މެހެރުއްނިސާ ހުރީ މެހެކްގެ މި ޢަމަލުގެ ސަބަބުން ފުން ވިސްނުމެއްގައެވެ. “މަންމާ…..މަންމާ…ކޮން ފިކުރެއްގައި…” އެވަގުތު ބަދިގެއިން ނިކުމެގެން އައި މަލައިކާ ހީލުމަށްފަހު މެހެރުއްނިސާއާއި ވާހަކަދެއްކިއެވެ.

“ދަރިފުޅާ….މަންމައަށް ހީވަނީ….ނުން ޔަޤީންވަނީ އަހަރެމެންގެ މެހެކަށް ވަރަށް ބޮޑު ބަދަލެއް އައިސިހެން…..އަހަރެން ގޮވާލީމާ ވެސް އަޑެއް ނީވުނު…ވިސްނުމެއްގައި ހުރެގެން މައްޗަށް އެރީ…..” މެހެރުއްނިސާ ކަންބޮޑުވުންފައުޅު ކުރިއެވެ. “މަންމާ…މާބޮޑާށޭ ތި ހާސްވަނީ…..އެ ވެދާނެ އޮފީހުގައި މާ ބުރައީ ކަމަށް….” މަލައިކާ ބުނެލިއެވެ. “މަލައިކާ ތިހެން ބުންޏަސް އަހަރެން ކިހިނެއް ޤަބޫލުކުރާނީ….މިހާ އަވަހަށް ހަނދާންނެތުނީ ތަ ޕާޓި ޙަފުލާ މަތިން؟….” މެހެރުއްނިސާ މިހެން ބުނުމުން މަލައިކާ ވެސް ވިސްނާލިއެވެ. ތެދެކެވެ. އެރޭގެ ޙަފުލާއަކީ ކިތައްމެ ރީތި ޙަފުލާއަކަށް ވިޔަސް ދެ ޒުވާނެއްގެ ބެލުން މެހެކްއިން ކަސިޔާރުވެގެންނުދާކަން ގައިމެވެ. “މަންމަ ކިތައްމެ މުސްކުޅިވިޔަސް ހަނދާން ނިކަން ގަދަވާނެ…..އަހަރެން އޭނައަށް ގޮވަނިކޮށް އެހެން ދިމާލަކަށް ނުދާނެ….ހުދު މަމްދޫހުގެ ކުރިމަތީ ވެސް އޭނާ ގިނަފަހަރު އިސްކުރަނީ އަހަރެން…..ގޯހެއް އެބައުޅޭ……” މެހެރުއްނިސާ އަނެއްކާ ވެސް ބުނެލިއެވެ. މެހެރުއްނިސާ އެތަނުން ދިޔައީ މަލައިކާގެ ވިސްނުން އެހެން މިސްރާބަކަށް އަނބުރާލާފައެވެ.

މެހެފިލް ވިލާގެ ވާރިސުން ތިބީ ރޭގަނޑުގެ ކެއުމަށް އިންޞާފުކުރާށެވެ. ކެއުމުގެ ވަގުތުގައި މިރޭ އާދަޔާ ޚިލާފަށް އަޑުމަޑެވެ. ކިރިޔާ މީހަކު ނޭވާލިޔަސް އަޑުއިވޭހާ މަޑެވެ. ވަކިން ޚާއްސަކޮށް ޒިވިއަން އާއި ޒާންއެވެ. ޒާކިރު އާއި ފަރުހާނާ އާއި ޒާލިމް އާއި ބަލްގިސްގެ އިތުރުން ޒޫނާ އާއި ސާލިމް ވެސް އެ ދެމީހުންނަށް އިރުއިރުކޮޅުން ބަލައެވެ. “ދޮންބޭ….ކޮން ވިސްނުމެއްގައި…” އިވުނީ ޒިވިއަންގެ ކޮއްކޮ ޒޯޔާގެ އަޑެވެ. މިއަޑަށް ޒާން ވެސް އިސްއުފުލާލިއެވެ. “ތެދެއް…އަހަރެންގެ މި ފޮނި ދޮންބެގަޑު ވެސް އެބަ އިނޭ މާ ބޮޑު ވިސްނުމެއްގައި….” މިފަހަރު ޒާންގެ ކޮއްކޮ ޒާރާ ވެސް ޒޯޔާގެ ވާހަކައާއި އެއްބައިވެލިއެވެ. “ދަރިފުޅުމެންނޭ އެއީ ދޮންބެމެން މާ ބުރަކޮށް މަސައްކަތްކުރީމައޭ….ރެސްޓުކުރަނިކޮށް ރަނގަޅުވެދާނެ….” ޒާކިރު މިހެން ބުނުމުން އިތުރު އެއްވެސް މީހަކު އެއްޗެއް ނުބުނެއެވެ. ނަމަވެސް ތަނުގެ “ޓެންޝަން” އެންމެން ވެސް ދެނެގަތެވެ. ޒިވިއަން އާއި ޒާން ކައިނިމުމުން ޒާކިރު އާއި ޒާލިމްގެ ހުއްދަ ހޯދައިގެން ކާގެއިން ނިކުމެގެން ގޮސް އެމީހެއްގެ ކޮޓަރިއަށްވަނެވެ.

“އެމީހުންނާ ސުވާލުކުރުން ބުއްދިވެރިއެއް ނޫން އަދި…..އިނގޭ މިހެން ބުންޏަސް ބަލްގިސް ޢާއި ޒޫނާ ތި ތިބީ އެމީހުން ފަހަތުން ދާން ބޭނުންވެފަކަން…އެކަމަކު މިހާރު އެއީ ކުޑަކުދިންނެއް ނޫން…ބޮޑެތިވެފަ ތިބި ޒުވާނުން…އެހެންވީމާ ކަމުގެ ހައްލު އެމީހުންގެ މެދުގައި ހައްލުކުރަން ދޫކޮށްލުން ރަނގަޅުވާނީ…” ޒާކިރު ބުނެލިއެވެ. “އެކަމަކު ބައްޕާ…..މެހެކްގެ ޕާޓީގެ ކަންތައް ވީގޮތް އިނގެއެއް ނުން؟…” ޒޫނާ ބުނެލިއެވެ. “އެހެންވެޔޭ މި ބުނީ އެހަށް އަދި މަޑުކުރަން…” ޒާކިރު އަނެއްކާ ވެސް ބުނެލިއެވެ. ދެން ވޭތުވެގެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ޝަލީން 23

Next

ސައިކޯ 05 ވަނަ ބައި ( ފަހުބައި )

Next
November 26, 2024

ސައިކޯ 05 ވަނަ ބައި ( ފަހުބައި )

Previews
November 25, 2024

ޝަލީން 23

8 Comments!

  1. gurrrrl says:
    November 26, 2024 at 1:04 pm

    vrh reethi
    when next?
    cant wait keep it up
    lots of luv

    1. Mysterious Woman says:
      November 27, 2024 at 8:04 am

      mi v kihinei??……part 20 miss vefa dhw….kuda issue eh dhimaa vegen e part upnuvey mi inny….insha allah..v.avahah libeyne inegy kiyan.. 🙂

  2. gurrrrl says:
    November 26, 2024 at 1:06 pm

    adhi ehvhk kba tha part 20 vana baii??

  3. Shaheema Ibrahim says:
    November 26, 2024 at 2:19 pm

    Part 20 kobaa tho

    1. Mysterious Woman says:
      November 27, 2024 at 8:05 am

      kuda issue eh dhimaa vegen e part up nuvey mi inny….insha allah..v.avahah libeyne inegy kiyan.. 🙂

  4. Repunzil says:
    November 26, 2024 at 7:26 pm

    Where’s 20th part
    Mi part ves vv reethi

    1. Mysterious Woman says:
      November 27, 2024 at 8:05 am

      kuda issue eh dhimaa vegen e part up nuvey mi inny….insha allah..v.avahah libeyne inegy kiyan.. 🙂

      nd thank you 🙂

  5. Anonymous says:
    November 30, 2024 at 8:49 pm

    konirakun part 20 libeyni its so good i really cant wait

Comments are closed.

Next Episodeތިނެސްކަން ލޯބި (22)←


All Right Reserved!