ތިނެސްކަން ލޯބި (19)
ރޯޒް ގާޑަންގެ ކުރިމައްޗަށް ހުއްޓާލި ޒެޑްސްގެ ކާރުން ފޭބި މެހެފިލް ވިލާ ގަނޑުވަރުގޭ މީހުންނަށް ގިނަ ބައެއްގެ ސަމާލުކަންވަނީ ދެވިފައެވެ. ވަކިން ޚާއްސަކޮށް ކާރުން ފޭބި ޒިވިއަންއަށެވެ. އެހިސާބުގައި މީޑިޔާތަކުން ވެސް ހަރަކާތްތެރިވާތަންފެނެއެވެ. އަދި ވެސް މެހެކާއި ޒިވިއަންގެ ޚަބަރުތައް ތުންތުންމަތިން އިވެމުންދާކަން އިނގެނީ އެމީހުންގެ އަޑުތަކުންނެވެ. ގިނަ ސެކިއުރިޓީން ތިބުމުގެ ސަބަބުން ޒިވިއަންމެންނާއި ހަމައަށް ނޫސްވެރިންނަށް ދެވޭނެގޮތެއްނެތެވެ. ވުމާއިއެކު ނިކަން ފަސޭހައިން ރޯޒް ގާޑަން ގޭތެރެއަށް ވަދެގެން ދިޔައެވެ.
ނަވާރަވަނަ ބައި
ނޯކަރަކަށް އަތްގައިކޮށްދޭންހުރި މެހެރުއްނިސާއަށް ރޯޒް ގާޑަން ބަގީޗާތެރެއަށް ނޯކަރަކާއިއެކު ވަދެގެން އައިބަޔަކަށް ސަމާލުކަންދީފިއެވެ. އެހިސާބަށް ޒާލިމްގެ ދެމަފިރިން ދިޔުމުން އެއީ ޒެޑްސްގެ ބައެއްކަން އިނގިގެންދިޔައެވެ. މެހެރުއްނިސާ ވެސް އެމީހުން ކައިރިއަށްދާން މިސްރާބުޖެހިއެވެ. ދިޔައިރު ޒިވިއަންއަށް ވަރަށް ފުން ނަޒަރަކުން މެހެރުއްނިސާ ބަލައިލިއެވެ. “އަހާ…މަމްދޫހު ހާލުކޮޅު ކިހިނެއްތަ؟” ވާހަކަދެއްކީ ޒާލިމްއެވެ. “ބަރާބަރު ހަމަ…ވަދޭ ވަދޭ…އަހާ..ޒިވިއަން، ޒާން…އަހަރުމެންގެ ކުދިންކޮޅު ބޮޑުވެއްޖެ ދޯ؟…އަމިއްލަ ފައިމައްޗަށް ތެދުވެ އަހަރުމެންގެ ވިޔަފާރިތައް މިއަދު އެކުދިން ވިއްޔާ ކުރިއަށް ގެންދަނީއެ” މަމްދޫހު ނިކަން ހިނިއައިސްފައި ބުނެލިއެވެ. ޒާލިމް ހިނިގަނޑެއްޖަހާލިއެވެ. ކައިރިއަށް އައިސް ހުއްޓުނު މެހެރުއްނިސާ ފެނުމުން ޒާލިމްމެން ސުވާލުގެ ނަޒަރަކުން ބަލާލުމުން މަލައިކާ ވާހަކަދެއްކިއެވެ. “މިއީ އަހަރެންގެ މަންމަ މެހެރުއްނިސާ…ލަންޑަންގައި ހުރެފައި މެހެކްގެ ޕާޓިއަށް އެއައި..” މެހެރުއްނިސާއަކީ ކާކުކަން މަލައިކާ ބުނެދިނެވެ.
“އައްސަލާމްޢަލައިކުމް…އަޅުގަނޑަކީ ޒިވިއަންގެ މަންމަ ބަލްގިސް…” ބަލްގިސް މެހެރުއްނިސާއާއި ސަލާމްކޮށްލާފައި ތަޢާރަފެއްދިނެވެ. މެހެރުއްނިސާ ވެސް އޭނާގެ ތަޢާރަފުދީފައި އެމީހުންނާއިއެކު ކުރިއަށްދިޔައެވެ. “ޒޭން…” ދުރުން އާރާ ހަނާ އަޅާލުމުން އެދިމާލަށް ޒާން މިސްރާބުޖެހިއެވެ. ޒިވިއަންހުރީ ޒާލިމްމެންނާއިއެކުގައެވެ.
ލިބާ އާއި އޭނާގެ އާއިލާ ރޯޒް ގާޑަންގެ ބަގީޗާއަށް ވަނުމުން ތަރިބުރައިގެންދިޔައެވެ. ތަން ޒީނަތްކޮށްލާފައިއޮތްލެއް ފުރިހަމުންނެވެ. އެމީހުންގެ ފެންވަރު ހަމައެކަނި ތަނަށް ބަލާލުމުން ވެސް ހާމަވެގެންދިޔައެވެ. މަންސޫރުމެން ގޮސް ރައްޓެހިންނާއި ވާހަކަދައްކާލަން މަޑުކޮށްލިއެވެ. ވަށައިގެން ތަންތަން ބަލަމުންދިޔަ ލިބާއަށް އެއްލިކަޅިއަކުން ޒިވިއަންމެން ފެނުނެވެ. އެއިރު ޒިވިއަންއާއި ރާކިން ތިބީ ކޮންމެ ވެސް ވާހަކައެއްގައެވެ. މަންސޫރުމެން ކައިރީ އެބައަންނަން ކަމަށްބުނެ ޒިވިއަންމެންނާއި ދިމާލަށް ދިޔައެވެ. ރާކިންއަށް ލިބާ އަންނަތަން ފެނިގެން ޒިވިއަންއަށް ލޮލުން އިޝާރަތްކޮށްލިއެވެ. ޒިވިއަން ވެސް އެދިމާލަށް ބަލާލައިފައި މާބޮޑު ޝުޢޫރެއްފާޅެއްނުކުރެއެވެ. ރާކިން ޖަހާލީ ހިނިގަނޑެކެވެ. “މިހާރު ކިހާ ދުވަހެއް ލިބާ ޒިވްގެ ޕީއޭގެ މަޤާމުގައި ހުންނަތާ ވެސް…ހަމަ ތިހިތުން ކުޑަ ވެސް ޖާގައެއް އެ ފަކީރަށް ނެތީތަ…އެޓްލީސްޓް ޖަސްޓް ބީ ފްރެންޑްސް؟…ރާކިން ބުނެލިއެވެ. “ރެކްއަށް ތިހެން ބުނާއިރު ވެސް އިނގޭނެ އަހަރެން ބޭނުންނުވާނެކަން….ފޯލްސް ހޯޕް ދިނުމުގެ ބޭނުމެއްނެތް…” ޒިވިއަން ރުންކުރުކޮށް ބުނެލިއެވެ. “މަސަށް އިނގޭ ޒިވްގެ ހިތުގައި އޮތީ މިރޭގެ ޚާއްސަ ފަރާތްކަން..” މިހެން ބުނުމުން ޒިވިއަން ރާކިންއާ ދިމާލަށް ބަލާލާފައި އިތުރު އެއްޗެއް ނުބުނެއެވެ.
“ހާއި…ޒިވް..” ލިބާ އައިސް އަރާ ހަމަކޮށްފައި ޒިވިއަންއަށް ނިކަން ލޯބިން ގޮވާލިއެވެ. ޒިވިއަން އަޅާ ވެސް ނުލާ ހުރުމުން ވަރަށް ބޮޑަށް ލިބާ ހިތުގައި ޖެހުނެއެވެ. މިތަން ރާކިންއަށް ފެނިގެން ލިބާއާ ވާހަކަދައްކަންފެށިއެވެ. “ހޭ…ލިބާ..ހައުޒް ޔޫ…” ރާކިން އަހާލިއެވެ. “ހެއްހެއް ހަމަ ރަނގަޅު.ރެކް ކިހިނެއް؟..” ލިބާ ވެސް މޫނު ރީތިކޮށްލާފައި ރާކިންއާ ވާހަކަ އަޅުވާލިއެވެ. “ފަލަކް ދޭބަލަ މެހެކް ގޮވައިގެން އަންނަން..” މެހެރުއްނިސާ އެތާ ބުއިންތައް ކައިރީ ހުރި ފަލަކަށް ގޮވާލާފައި ބުނެލިއެވެ. ދަޢުވަތުދެވުނު ހުރިހާ އެންމެން ވެސް ހަމަވުމުން މެހެކްއަށް ގޮވަން ދާންބުނީއެވެ. “ލައްބަ..” ފަލަކް މިހެން ބުނެލާފައި މިސްރާބު ޖެހީ މެހެކް ގޮވައިގެން އަންނަންދާށެވެ.
ކުއްލިއަކަށް މުޅިތަން އަނދިރިވެއްޖެއެވެ. ތަނަށް އައި މެހެމާނުންތައް ވެސް ތައްޔާރުވެލީ މިރޭގެ ހޫރުޕަރީ ފެނިލާނެ ވަގުތު ކުޑަތަންވުމުންނެވެ. ރޯޒް ގާޑަންގެ ބަގީޗާއަށް ވަދެންވެން ހުރި ބޮޑު ބިއްލޫރު ދޮރު ދެފަރާތަށް ކެހިގެން ދިޔުމުން އެންމެންގެ ނަޒަރު ލައިޓު ހުއްޓުނު ދިމާލަށް އަމާޒުވިއެވެ. ލައިޓުގެ ސްޕޮޓު ދިއްލިފައިވަނީ އެ ދޮރުން ކުރިއަށް ނިކުތް މެހެކްއާ ދިމާލަށެވެ.
މިރޭ މެހެކް ވަކިން ރީތިހެން ހީވެއެވެ. ގަދަމުށިކުލައިގެ ވިދާ ޗާލު މެކްސީއެއްލައިގެން އެއްއަތުން ރަން ކުލައިގެ ކްލަޗެއް ހިފަހައްޓާލައިގެން ހުރިއިރު މޮޑަލަކަށްދޫނުކުރެއެވެ. މާހައުލުގައި ތިބި އެންމެން ހިތާހިތުން މެހެކްގެ ރީތިކަމަށް ތަޢުރީފުކުރިއެވެ. މެހެރުއްނިސާ އާއި މަމްދޫހުމެން ދެމަފިރިން މެހެކްގެ ކައިރިއަށް އައިސް ވަރަށް އުފާވެރި އުފަން ދުވަހަކަށް އެދުނެވެ. މެހެކް ހުރީ ކުޑަކޮށް ހައިރާންވެފަ ނަމަވެސް މިއީ އޭނާގެ އުފަންދުވަސްކަން ކުޑަކޮށް ވެސް ހަނދާނަކުނެތެވެ. މާމަ މުޅި ގޭތެރެ ރީތިކުރުވަން މީހުން ގޮވައިގެން އުޅުނުއިރު ވެސް އެއީ އޭނާއަށްކަމެއް ސިކުނޑީގައެއްނެތެވެ. އާއިލާ މީހުން އޭނަދެކެ ލޯބިވާވަރު ފެނުމުން ފެންކަޅިވިއެވެ. މަލައިކާ އާއި މެހެރުއްނިސާ އައިސް މެހެކްގެ ދެފަރާތުން ވަރަށް ލޯބިން ބައްދާލިއެވެ. އަދި މަމްދޫހު މެހެކް ބޮލުގައި މަޑުމަޑުން ފިރުމާލާ ވަރަށް ލޯބިކަމަށްބުނެލިއެވެ.
ޒިވިއަންއާއި ޒާންގެ ހާލަކީ ތޯއެވެ. ދެމީހުންގެ ކަޅި ހުރީ އެއްމިސްރާބަކަށް ހުއްޓިފައެވެ. ކަޅިޖަހާލަން ވެސް ހަނދާނުގައިނެތީއެވެ. އެދެމީހުންގެ ހިތުގެ ރާނީ ލޯ ކުރިމަތިން ފެނުމުން ވާނީ ވެސް އެހެންތާއެވެ. މިރޭ މެހެކްގެ ޖާދުލުގައި ހަމަ ރަނގަޅަސް ވެސް ޒިވިއަންމެން ޖައްސާލައިފިއެވެ.
ލިބާ އާއި އާރާ ހުރީ ޒިވިއަންއާއި ޒާންގެ މި ހަރަކާތްތަކަށް ބަލާށެވެ. ޔަޤީނުން ވެސް އެ ދެމީހުންނަށް މިރޭ ކަމެއް ފަހުމްވެއްޖެއެވެ. އެ ބެލުންތަކުގައި މެހެކަށް ޓަކައި ތަފާތުކަމެއްވާކަމެވެ. ފާށެއްގެ ބިރެއް ލިބާ އާއި އާރާގެ ހިތްތަކުަގއި އުފެދިއްޖެއެވެ. ލޯބިވާ މީހާ ކައިރީހުރެމެ އަތްނުފޯރާފަށުގައި ހުރިފަދައެވެ.
މެހެކް ގޮވައިގެން އެންމެންތަކުގެ ތެރެއަށް މެހެރުއްނިސާމެން ނިކުމެއްޖެއެވެ. ކޮންމެ މީހަކު ވެސް މެހެކަށް ތަޢުރީފުކޮށްލަނީ އެވަރަކަށްނޫނެވެ. އެމީހުން އެދިޔަގޮތަށް ގޮސް ހުއްޓުނީ ރީތިކޮށް ހަދާފައިވާ ސްޓޭޖުގެ މެދުގައެވެ. އަދި މައިކު ހިފައިގެން މަމްދޫހު ވާހަކަދައްކަންފެށިއެވެ. “އައްސަލާމްޢަލައިކުމް….މިރޭ މި ޕާޓީއަށް ހާޒިރުވި އެންމެނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ….އެހާ ސީރިޔަސް މާހައުލެއްގެ ގޮތުގައި މި މާހައުލު ނުބާއްވާ….ލެޓްސް އެންޖޯ ދި ޕާޓީ….” ވާހަކަ ނިންމާލަމުން ނިކަން އުފަލުން ހުރެ މަމްދޫހު ބުނެލިއެވެ.
އެހިސާބުން އެމީހެއްގެ އެކުވެރިންނާ ވާހަކަދައްކާ މެހެކާއެކީ ފޮޓޯ ނެގުމައިގެން އުޅުނެވެ. އަދި މެހެކަށް ގެނައި ހަދިޔާތައް ދިނުމުގައި އުޅުނެވެ. މެހެރުއްނިސާ ހުރީ ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލަން އުފަލުންނެވެ. އެއްލިކަޅިއަކުން ފެނުނީ މެހެކާ ދިމާލަށް ދިޔަ ޒިވިއަންއެވެ. ފުރަތަމައިނުން ވެސް އެ ބެލުން ތަފާތުކަން މެހެރުއްނިސާގެ ތޫނުފިލި ސިކުނޑިއަށް ނަގައިގަނެވުނެވެ. އެ ދެލޮލުން މެހެކަށްވާ “ލޯބި” މެހެރުއްނިސާއަށް ފެނުނެވެ.
ޒިވިއަން އަންނާތީ ފެނުމުން މެހެކްގެ ހުރިހާ ހިއްސުތަކެއް ހުއްޓުނުހެން ހީވިއެވެ. އެހެރަ ފިރިހެންވަންތަ ހިނގުމާއި އެ ސީރިއަސްވެތި މޫނުމަތިން ފެންނަނީ ޝާހީ ގޮތްގަނޑެވެ. ޒިވިއަން އައި ގޮތަށް އައިސް މެހެކަށް ދުވަހުގެ ތަހުނިޔާ ކިޔާ ގެނައި ހަދިޔާ ދިއްކޮށްލިއެވެ. މަޑުމަޑުން ޝުކުރު އަދާކޮށްފައި އެ ހަދިޔާގައި ހިފިއިރު އަޑު ވެސް ތުރުތުރުއަޅާފައި ހުރިކަން މެހެކަށް އިހުސާސުވިއެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވިހިނދު ފަލަކުގައިވާ ތަރިތައް ވެސް ލަދުން އިސްޖަހާލިފަދައެވެ. ކުއްލިއަކަށް މާހައުލުން އިވެންފެށީ މަޑުމަޑު މިއުޒިކެއްގެ އަޑެވެ. އަދިހަމައެއާއިއެކު އެ މާހައުލަށް އިތުރު ދިރުމެއް ގެނެސްދިނީ ދުރުން އިވިގެންދިޔަ ޕިއާނޯގެ ހިތްގައިމު މިއުޒިކީ އަޑުންނެވެ.
މެހެކް މަޑުމަޑުން އެދިމާލަށް ގޮސް ޕިއާނޯ ކުޅެން އެވަގުތު އިން މީހާ ކައިރީ މަޑުމަޑުން އެއްޗެއް ބުނެލުމަށްފަހު ގޮނޑީގައި އިށީނެވެ. މި މަންޒަރު ފެނުނު ޒިވިއަންއާއި ޒާން ތިބީ މެހެކްކުރަން އުޅޭ ކަމެއް ނޭނގިފައެވެ. ދެން އިވުނީ އެމީހުންގެ އިތުރުން މުޅި މާހައުލު ވެސް ހައިރާންކޮށްލާފައި މެހެކް ޕިއާނޯގެ ފިތްތަކުގައި ހިމަ ހިމަ އިނގިލިތައް ޖައްސާލާ ޙަރަކާތްކުރިތަނެވެ. ވަރަށް ރީތި ރާގެއް އަޅުވާލާ ލޯ މަރައިގެން މެހެކް ވަރަށް ފަރިތަކަމާއިއެކު ޕިއާނޯ ކުޅެން ފެށިއެވެ. ހީވަނީ މިއީ ކޮށްފަރިތަވެފައިވާ ކަމެއްހެންނެވެ. މެހެކަށް ޕިއާނޯ ކުޅެން އިނގޭ ކަމެއް މީގެ ކުރިއަކުން ޒިވިއަންއަށް ވެސް އަދި ޒާންއަށް ވެސް ނޭނގެއެވެ. މަލައިކާމެންނަށް މި މަންޒަރު ފެނުމުން ތިބީ ނިކަން އުފަލުންނެވެ. ޕިއާނޯ ގެނައީ ވެސް މެހެކަށް ޓަކައި ވިއްޔާއެވެ.
ދަގައްފާނުގެ ދަމާބާރުން ގެންދާހެން ޒިވިއަންއާއި ޒާން އެދިމާލަށް ދިޔައެވެ. ނުހަނު މަޑުމަޑުންނެވެ. ހީވަނީ ފިލްމެއްގެ މަންޒަރެއްހެންނެވެ. ނުހަނު ފިލްމީވަންތަވިއްޔާއެވެ. މި މަންޒަރު ޒާލިމް އާއި މަމްދޫހުގެ ނަޒަރުންވެސް ކަސިޔާރުވެގެންނުދިޔައެވެ. ހައިރާންކަމެއް އެ މޫނުތަކުން ފެނިގެންދިޔައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Omg I loved it.. so curiously waiting for the next part..🥹❤️
so glad that u loved this part…insha allah soon will upload the next part of the story….
STAY TUNED 🙂
when next wow mashallah vrhh reethi
keep it up lots of luv
hehe thanks…
insha allah soon 🙂