ތިނެސްކަން ލޯބި (15)
ތިން މީހުންގެ ޚިޔާލުގައި ވެސް ވަނީ އެމީހެއްގެ ހިތް އެދޭ ފަރާތުގެ ތަސްވީރެވެ. މި ލަވަޔާ އެ މާހައުލާ ކިތައްމެހާ ވެސް ގުޅެއެވެ. ޒާންގެ ހިތުގައި މެހެކްގެ ތަސްވީރު ކުރެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. ނަމަވެސް މީގެ 11 އަހަރުކުރިންނެވެ. އިނގޭހާ ވެސް އެއްޗަކީ ޒާން މެހެކްދެކެ ވަނީ ލޯބި ކަމެވެ. ނަމަވެސް މިއީ އަދި ޒާންއަށް އެކަނި އިނގޭ ކަމެކެވެ.
ފަނަރަވަނަ ބައި
އަނެއް ދުވަހުގެ އެރި އިރާއިއެކު ޒިވިއަންމެން ތިބީ ފޯރ ޒެޑް ކުންފުނީގެ މީޓިން ހޯލުގައި ޒާން އާއި މެހެކާއި އަދި ވެސް ދެ އޮފީހުގެ އިސްވެރިންނާއިއެކު ބައްދަލުވުމުގައެވެ. ބޮޑު ވަށް މޭޒެއްގެ ކޮޅުގައި ޒިވިއަން އިން އިރު ވާތް ފަރާތުގައި އިނީ މެހެކެވެ. އަދި ކަނާތް ފަޅީގައި އިނީ ޒާންއެވެ. ދެކެވެމުންދަނީ ކުރިއަށް ރާވާފައި އޮތް ޕްރޮޖެކްޓެއްގެ މަޝްވަރާއެވެ. ޒެޑްސް އާއި އެމްސް ގުޅިގެން ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގައި ބޮޑު ހޮޓަލެއް އެޅުމުގެ މަޝްވަރާއެވެ. ހޮޓެލެއް އެޅުމަށް ޓަކައި ބިން ގަތުމުގެ މަޝްވަރާ ވެސް ކުރެވުނެވެ. އަދި މި ކަމަށް ދެ ފަރާތުން ވެސް ފައިސާ ޚަރަދުކުރުމުގެ އިންތިޒާމާއި ބޭނުންވާނެ އެހެނިހެން ކަންކަމުގެ މަޝްވަރާ ވެސް ކުރެވުނެވެ. “ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި ޒެޑްސް އަދި އެމްސް ގުޅިގެން ހޮޓަލެއް އެޅުމުގެ މަޝްރޫއު ވީހާ ވެސް އަވަހަކަށް ފަށަން އަޅުގަނޑު ބޭނުން… މިއީ އިންޓަނޭޝަނަލް މީހުން ވެސް ޜާއްޖެ އައިސް މަޑުކޮށްލެވޭ ގޮތަށް ތައްޔާރުކުރެވޭ ތަނެއް..މުޅިއަކު 15 ބުރީގެ އިމާރާތެއް މިއީ….މި ޕްރޮޖެކްޓުގެ އެންމެ އިސް ފަރާތަކަށް އަޅުގަނޑުގެ އިތުރުން ހަރަކާތްތެރިވާނެ ޒާން އަދި މެހެކް ވެސް…މެހެކް އިސްކޮށް ހަރަކާތްތެރިވާނީ އެމްސްގެ ފަރާތުން….” ޒިވިއަން ބުންޏެވެ. “މިއީ ދެބައި މީހުން ގުޅިގެން ފަށާ ޕްރޮޖެކްޓަކަށްވާތީ ކޮންމެ ބަޔަކަށް ވެސް 50 އިންސަތަ ހިއްސާ ލިބޭ ގޮތަށް އޮންނާނީ….ބޭނުމަކީ ދެ ފާރަތަށް ވެސް ހަމަހަމައަށް އިންސާފުވެރިކޮށް ދިޔުން….ކަންކަމުގައި މަކަރު ހެދުމާއި އޮޅުވާލުމަކީ އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫން…” މެހެކްގެ ޙިޔާލު ވެސް ފައުޅުކޮށްލިއެވެ. މެހެކްގެ ވާހަކަ އަޑުއަހަން ތިބި ޒެޑްސްގެ އިސްވެރިންނަށް މެހެކަކަކީ ހިތުގައި އޮންނަ އެއްޗެއް ބުނާ ވެރިއެއްކަން ފާހަގަވިއެވެ. “އަޅުގަނޑުމެންނަށް ވެސް މަކަރު ހެދުމާއި އޮޅުވާލުމަކީ ބަލައިގަނެވޭ ކަމެއް ނޫން….އުއްމީދުކުރަން މިހާރު މި ފެންނަ ގުޅުން ދާއިމަށް ދެ ފަރާތުން ވެސް ފެނިގެންދާނެ ކަމަށް…މެހެކްގެ ބުނުމަށް ޒިވިއަން ވެސް ޒެޑްސްގެ ފަރާތުން ބުންޏެވެ.
މީޓިން ނިމުމުން މެހެކްމެން މީޓިން ހޯލުން ނިކުތެވެ. އަދި ޒެޑްސްގެ އޮފީހުން ނިކުންނަން މިސްރާބުޖެހިއެވެ. ޒެޑްސްގެ އޮފީހުން ނިކުތްތަނުން ކެމެރާމަނުންގެ އަމާޒުފަތްގަނޑަށް މެހެކާއި ޝާޔާވެގެންދިޔައެވެ. ނޫސްވެރިން މިތަނަށް މިއައީ ކީއްކުރަންބާއޭ މެހެކް ހިތަށް އެރިއެވެ. “މިސް މެހެކް….ޒެޑްސް އަށް ތި ދުރުވީ ކީއްކުރައްވަންތޯ؟….އަޅުގަނޑުމެން އަޑުއެހިން މިސް މެހެކްއަކީ މިސްޓަރ ޒިވިއަން އަދި މިސްޓަރ ޒާންގެ އެކުވެރިއެކޭ..އެއީ ތެދެއް ތޯ؟…މިސްޓަރ ޒާން އަދި މިސްޓަރ ޒިވިއަން އާއި އޮތީ ކޮން ގުޅުމެއް ތޯ؟” ނޫސްވެރިން ތަފާތު އެކިއެކި ސުވާލުކުރިއެވެ. މެހެކް ހުރީ ކުޑަކޮށް ހާސްވެ ނިތްކުރިން ދާހިއްލާލާފައެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭން އަނގަހުޅުވާލިތަނުން ހައިރާންވީ މެހެކްއާއި ޖެހިގެން ކައިރިއަށް ހުއްޓުނު ޒިވިއަން ވާހަކަދެއްކުމުންނެވެ. “މެހެކް ޒެޑްސްއަށް އައީ ޒެޑްސް އާއި އެމްސް ގުޅިގެން ފަށަން ހަމަޖެހިފައިވާ ޕްރޮޖެކްޓުގެ މީޓިންއަކަށް އަޅުގަނޑުމެން އެދިގެން…” ނޫސްވެރިން ކުރި ފުރަތަމަ ސުވާލަށް ޒިވިއަން ޖަވާބުދިނުމަށްފަހު މެހެކްގެ އަތުގައި ހިފައިގެން ނޫސްވެރިން ފަހަނައަޅާ ގޮސް ޒިވިއަންގެ ކާރަށް އެރުމަށް މެހެކަށް އިޝާރަތްކޮށްފިއެވެ. ލަސްނުކޮށް މެހެކް ޒިވިއަންގެ ކާރަށް އަރާ ހަމަޖެހިލިއެވެ. ޑްރައިވަރަށް އަތުން މަޑުކުރުމަށް އެންގުމަށްފަހު އަނެއްފަޅިން ޒިވިއަން ގޮސް ޑްރައިވަރު ސީޓުގައި އިށީނެވެ. އަދި ދުއްވާލިއެވެ. އޭރު ނޫސްވެރިން ތިބީ އަނގަތަންމިނަށް ހުޅުވައިގެން ހަރަކާތްކުރަން ހަނދާންނެތިފަރޯއްޗެކެވެ. އަދި އަލަށް ޒިވިއަން އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން އެހާ ހާމައަށް އެންމެންގެ ކުރިމަތިން ދިޔައިމަ ވާނީ އެހެންނެއްނޫން ހެއްޔެވެ؟
ޒިވިއަންގެ ފަހަތުން ނިކުތް ލިބާ ހުރީ ހަރަކާތެއްކުރަން ނޭނގިފައެވެ. ވާނީ ވެސް އެހެންތާއެވެ. މިވީ އަހަރުތަކުގެ ތެރޭގައި ޒިވިއަންގެ ފުށުން އެއްވެސް ގާތް ކަމެއް ނުލިބުނު އިރު އެހަކަށް ދުވަހު ފެނުނު އަންހެން ކުއްޖަކަށް ޓަކައި ޒިވިއަން މިވަރުވާންޖެހޭ ހެއްޔެވެ؟ ފަހަރުގައި ލިބާއަށް ޒިވިއަން އާއި މެހެކްގެ ގުޅުން ނޭނގެނީ ކަންނޭނގެއެވެ. ނަމަވެސް އަރުގައި ހިތި ރަހަ ލައިފިކަން ގައިމެވެ. ޒިވިއަންގެ ޢަމަލުތަކުން ހިތުގައި އޮތް އެއްޗެއް ފެންނަފަދައެވެ.
މެހެކް އިނީ ޒިވިއަން ޢަމަލު ކުރި ގޮތުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ކާރު ގޮސް މަޑުކޮށްލީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައެވެ. މިތަނަށް މިއައީ ކީއްކުރަންބާއޭ މެހެކް ހިތަށް އެރިއެވެ. ޒިވިއަން ކާރުން ފޭބުމުން މެހެކް ވެސް މަޑުމަޑުން ކާރުން ފޭބިއެވެ. ވަށައިގެން ތަން ތަން ބަލަމުންނެވެ. ފެންނަ ކޮޅުމަތީ އެއްވެސް މީހެއްގެ ހިލަމެއްވެސްނެތެވެ. އިވެނީ ރާޅުތަކުގެ އަޑެވެ.
“ކީއްކުރަން އަހަރެން ގޮވައިގެން މިތަނަށް ތިއައީ…؟..” މެހެކް އެންމެފަހުން ސުވާލުކޮށްލިއެވެ. މެހެކްގެ ސުވާލުން ޒިވިއަން މެހެކާ ދިމާލަށް ބަލައިލިއެވެ. “ބޯ ހަމަ ޖައްސާލަން….ޝުކުރުއަދައެއްނުކުރާނަންތަ އަހަރެން ނޫސްވެރިންގެ ސުވާލުތަކުން މެހެކް ސަލާމަތްކޮށްދިނީމަ…” އެއްމިޔަކަނުން ހީލަމުން ޒިވިއަން ބުނެލިއެވެ. “އެހެންވީއިރު ހާސްފަށުން ޝުކުރިއްޔާ….” ހިނިގަނޑެއް ޖަހާލަމުން މެހެކް ބުނެލިއެވެ. ޒިވިއަން އެހެން ބުނީ ސަމާސާއަކަށްކަން އިނގޭތީއެވެ. “މެހެކް ބޯއީ ފްރެންޑެއް ނުހުރޭތަ؟…” ޒިވިއަން ދެން ކޮށްލި ސުވާލުން މެހެކް ކުއްލިއަކަށް ބަލާލިއެވެ. އެއިރު ޒިވިއަން ހުރީ ދެ ޖީބަށް އަތްޖަހާލައިގެން މޫދަށް ބަލަންށެވެ. “ޒޭވް..ނުހުރޭތަ؟..” މެހެކް ވެސް ޖަވާބުދިނުމުގެ ބަދަލުގައި ކޮށްލީ ސުވާލެކެވެ. ޒިވިއަން މެހެކާ ދިމާލަށް ބަލާލުމަށްފަހު ދުރު ބަލާލިއެވެ. “މެހެކަށް ހީވަނީ ކިހިނެއް؟..” ހީވަނީ ސުވާލު މުބާރާތެއް ބާއްވައިގެން އުޅޭ ހެންނެވެ. ޒިވިޔަން ވެސް ކޮށްލީ ސުވާލެކެވެ. “ހީވަނީ ނުހުރޭހެން….ނޭނގޭނެއްނުން ޒޭވް ފެންނަ އިރަށް އަންހެން ކުދިން ތިބެނީ މަށަށް މަށަށް ގޮވާލަ ގޮވާލަ ވިއްޔާ…” މެހެކްގެ ޖަވާބުން ޒިޒިޔަން ކުޑަކޮށް ހިނިގަނޑެއް ޖަހާލިއެވެ. ޒިވިޔަންގެ ފިރިހެންވަންތަ އަޑުއިވުމުން މެހެކަށް ހުރެވުނީ އާޝޯހުވެފައެވެ. އެހެރަ ފިރިހެންވަންތަކަމާއެވެ. ދެ މީހުންގެ ކަޅި ބައްދަލުވިހިނދު ދެ ހިތުގައި ޖަހާލި އެއްވިންދެކެވެ. އިރުކޮޅަކުން މެހެކް އިސްވެ ދުރު ބަލާލިއެވެ. “މިވީ އަހަރުތަކުގެ ތެރެއިގައި އަހަރެން ތިކަހަލަ އެއްވެސް ކަމަކާ ނުވިސްނަން….ބޯއީ ފްރެންޑެއް ހުންނާނީ ފިރިހެން ކުއްޖަކާމެދު އެފަދައިން އަހަރެން ދެކޭނަމަތާ..” މެހެކުގެ ޖަވާބުން ޒިވިޔަން ހައިރާންވިއެވެ. “ތިބުނީ މިވީ އަހަރަތަކުގައި މެހެކް ހުރީ ސިންގަލްކޮށްށޭތަ؟..” ޒިވިޔަން އަހާލިއެވެ. “ހޫމް…..ކިހިނެއްވީ؟…” މެހެކް އަހާލިއެވެ. “ކަމެއް ނުވޭ……ލޯބިވާ މީހަކު ވެސް ނުހުރޭތަ؟” ޒިވިޔަން އިތުރު ސުވާލެއްކޮށްލިއެވެ. މެހެކްގެ ހޭޒަލް ކުލައިގެ ދެލޮލަށް ފުން ނަޒަރަކުން ބަލަހައްޓައިގެން ހުރެއެވެ. ޒިވިޔަންގެ ސުވާލުން މެހެކްގެ މުޅި ހަށިގަނޑަށް ފާޑެއްގެ ފިނިގަނޑެއް އަރައިގެންދިޔައެވެ. ޒިވިޔަންގެ ފުން ކަނޑެއްފަދަ ދެ ލޮލަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ.
ހޭވެރިކަމެއްވީ މެހެކްގެ ދެލޮލުގެ ކުރިމަތީ ޒިވިޔަން ދެ އިނގިލިން ފުއްޓަކެއްޖެހީމައެވެ. އަވަސް އަވަހަށް މެހެކް ދުރު ބަލާލިއެވެ. “ކޮބާ ޖަވާބަކީ…” ޒިޔަން އަނެއްކާވެސް އަހާލިއެވެ. “ޒޭވްގެ ހުރޭތަ…ގައިމު ވެސް ގާލް ފްރެންޑެއްނެތްކަމަށްވާނަމަ ލޯބިވާ މީހަކު ވެސް ހުރެދާނެތާ…” މެހެކް އެ ސުވާލު އަނބުރާލީ ޒިޔަންއާ ދިމާލަށެވެ. އިރުކޮޅަކު މެހެކަށް ބަލަން ހުރުމަށްފަހު އިތުރު އެއްޗެކޭއެއްނުބުނެއެވެ. “ހިނގާ ދަމާ މިހާރު އެއޮށް މަޢްރިބަށް ބަންގި ގޮވީ..” ޒިވިޔަން ބުނެލިއެވެ. އެއަށްފަހު ދެމީހުންގެ މިސްރާބު އަނބުރާލީ ކާރާ ދިމާލަށެވެ.
ކާރު ގޮސް ރޯޒް ގާޑެން ކުރި މައްޗަށް މަޑުކުރިއެވެ. “ދަނީ….” މިހެން ބުނެ މެހެކް ކާރުން ފައިބަން އުޅުނެވެ. އެއާއިއެކު ޒިވިޔަން ކުއްލިއަކަށް މެހެކުގެ އަތުގައި ހިފަހައްޓާލިއެވެ. ސުވާލުގެ ނަޒަރަކުން ޒިވިޔަންއާއި ދިމާލަށް މެހެކް ބަލާލިއެވެ. “ހުރޭ…” ޒިވިޔަން ބުނެލީ މިހެންނެވެ. ޒިވިޔަންގެ އެ ބުނުމުގެ މާނަ މެހެކަށް ނޭނގުނެވެ. އެހެންވެ އިނދެވުނީ ޒިވިޔަންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. “މިބުނީ…..އަހަރެންގެ ހުރެޔޭ ލޯބިވާ މީހެއް….ގާލް ފްރެންޑެއްނެތަސް ލޯބިވާ މީހެއް ހުރެދާނެޔޭ ބުނީމެއްނުން…ސޯ ޔެސް އަހަރެން ވަރަށް ވަރަށް ބޮޑަށް ލޯބިވާ މީހެއް އެބަހުރި….މީގެ އެތައް އަހަރެއްގެ ކުރިން އަހަރެން އޭނަދެކެ ލޯބިވީ….އެތައް އަހަރެއް ފަހުން ޚަބަރެއްނުވެ ހުރެފަ ކުއްލިއަކަށް ފެނުމުން ނޭނގޭ ވީގޮތެއް ވެސް…” މިފަހަރު ޒިވިޔަން ވަރަށް ތަފްސީލާއެކު މެހެކަށް ޖަވާބުދިނެވެ. ޒިވިޔަން ލޯބިވާ މީހަކު ހުރެޔޭ ބުނުމުން ދެކުނު ހުވަފެންތައް ވިއްސިވިހާލިވީހެން މެހެކަށް އިހުސާސުވިއެވެ. ލޯބި ކާމިޔާބުވުމުގެ ކޮޅުމަތިފެނިފައި ނާކާމިޔާބުގެ ރަހަ ލައިފި ކަހަލައެވެ. “މިހާރު ކޮބާ އެކުއްޖާ…” ވަރަށް ހިތްވަރުކޮށްފައި މެހެކް އަހާލިއެވެ. ޒިވިޔަންގެ ކުރިމަތީގައި މެހެކްއަކީ ބަލި މީހެއްގެ ގޮތުގައި ދައްކަން ބޭނުންނުވަނީ ކަންނޭނގެއެވެ. ޒިވިޔަން އިނީ މެހެކްގެ މޫނަށް އަރާކުލަތައް ބަލަންށެވެ. ކުޑަކޮށް މާޔޫސްވީ އެއްވެސް އަސަރެއް ދައްކާނުލާ މެހެކް އިންހެން ހީވުމުންނެވެ. “ވަރަށް ގާތުގައި….އަހަރެންގެ ލޯ ކުރިމަތީ…” ޒިވިޔަން ބުނެލިއެވެ. މެހެކް އިނީ ޒިވިޔަން އެބުނި އެއްޗެއްގެ މާނަ ދެނެނުގަނެވިފައެވެ. ޒިވިޔަން މެހެކްގެ އަތުން ދޫކޮށްލުމުން ކާރުން ފޭބިގޮތަށް ކުރިއަށް ހިނގައިގަތީ ފަސްއެނބުރި ބެލުމެއްނެތިއެވެ. ޒިވިޔަން ވެސް ކާރު ދުއްވާލީ އިރުކޮޅަކު މެހެކްދިޔަ ދިމާލަށް ބަލަން ހުރުމަށްފަހުއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



mehek dont worry zev is all yours he loves you mehek
mashallah what a nice part
cant wait for it
keep it up
when nxt part??
love you
awww so sweet….thank you…..
insha allah v.avahah kiyaalan libeyne kamah balaaa…. 🙂
lot’s of luv M.W 🙂
Woww
This part is also amazing 🤩🤩
When is next
Plssssssss soon