Skip to content
އެސްފިޔަ

ތިނެސްކަން ލޯބި (35 ފަހުބައި)

ޒާން ބަނޑުން ވެއްޓިފައި އޮތް އިރު ކިރިޔާ ހަރަކާތް ކުރެވޭ ކަމެވެ. ދާޑިދެންމެއަކު މެހެކާ ދިމާއަށް އައި ކާރުގައި ޖެހި ޒާޏް މާ ދުރަށް ވިއްސައިގެން ގޮސް ބޯ ޖެހުނު ގޮތުން މުޅި މީހާގެ ހޭ ހުރީ ކިރިޔާއެވެ. އެހާލުގައި ވެސް މެހެކް ފެނުމުން އަތް ދިއްކުރީ އެއަތުގައި ހިފާށޭ މެހެކް ގާތުގައި ބުނަމުންނެވެ. އެ ނަޒަރުންނާއި އެ ލޮލުން ކުރި އާދޭސް މެހެކަށް ފެނުނު ހިނދު އަތުގައި ހިފީ ކޮންމެ ހާލެއްގައި ވެސް މިވަގުތު ޒާން އެއޮތީ ނާޒުކު ފައްތަރެއްގައިކަން އެނގޭތީއެވެ. “މމމެހެކް……އއއައިއެމް ސޮރި ފޯ ވަޓް ހހހެޕެންޑް…..މމެހެކަށް ދެރައެއް ދދދޭން އއއަހަރެން ދދދުވަހަކު ވވވެސް ނނނޭދެން…….ޒޒޒިވް…..އއަހަންނަށް މަޢާފްކުރޭ…..އަހަންނަށް ވެސް ވެވުނީ ތެދުވެރި ލޮތްބެއް……އެ ލޯބި ބީވެދާނެތި އަހަރެން ޖެހިލުންވީ……އެކަމަކު މިހާރު އެނގިއްޖެ މެހެކަށް ރަނގަޅު ބައިވެރިޔަކަށް ވެވޭނީ ހަމައެކަނި ޒިވް އަށްކަން…..މަލައިކާ އާންޓީގެ ނިންމުން ރަނގަޅު……އަވަހަށް މެހެކާ ކައިވެނިކުރޭ………މެހެކް…..ދެރަ ނުވައްޗޭ…މާމަ ވަކިވިތާ ސައުވީސް ގަޑިއިރު ވެސް ނުވެ ކުޑައިރުގެ ގާތް އެކުވެރިޔާއާ ވަކިވާންޖެހުމުން ދެރަވާނެކަން އެނގޭ…….މެހެކް އަހަންނަށް އެނގޭ މެހެކްގެ ހިތުގައި ކުޑައިރުގެ އެ އެކުވެރިކަން އޮތްކަން….ނަމަވެސް އަހަރެންގެ ސަބަބުން އެކަން ފައުޅުނުކުރެވުނީ…..އައި އެމް ސޮރީ……ޒޒިވް…..ޕްލީޒް ޓޭކް ކެއާ އޮފް މައި މޯމް……ޝީ ވިލް ބީ އިމޯޝަނަލީ ވީކް……އަހަރެން މި ދުނިޔެއާ ވަކިވެ މިދަނީ ތިޔަ ލޯބީގެ ހައްޤުގައި……މެހެކް ރިމެމްބާރ ދިސް…..އަހަރެން ވެސް ވީ ތެދުވެރި ލޮތްބެއް……ނޭނގި ހުއްޓާ އެ ލޯބި ތިނެސްކަން ލޮތްބަކަށް ބަދަލުވީ…..” ޒާންގެ ވާހަކަ ނިންމާލީ ވަރަށް ވެސް ޙާލުންނެވެ.

ފަންސަތިރީސްވަނަ ބައި (ފަހުބައި)

އެ އެންމެންގެ ލޯތައް ކަރުނުން ފުރާލަމުންނެވެ. ގަދަ ކޮޅިގަނޑެއްގައި ޒާން އާއި މެހެކާ އަދި ޒިވިއަން ބަނދެލަމުން ޒާން މި ދުނިޔެއާ ވަކިވީ މެހެކްގެ އަތްމަތީގައެވެ. އާދެ، ޒާން އެ ލޮތްބައް ޓަކައި އެތަކެއް މަސައްކަތެއްކުރި މެހެކްގެ އުނގުމަތީގައެވެ. ފަހު ވަގުތު ވެސް އޭނާ ވީ ތެދުވެރި ލޮތްބެއްކަން ހަނދާންކޮށްދެމުންނެވެ. އަދި ދެ ހިތެއްގެ ނުވަތަ ދެ ލޯބިވެރިއަކަށް ފުރުސަތު ހުޅުވާލަމުންނެވެ. މެހެކަށް އަޑުން އަޑު ނަގާ ރޮވުނެވެ. މާމަ ނިޔާވިތާ އެއް ދުވަސް ނުވެ އޭނާ ކުޑައިރުގެ ގާތް އެކުވެރިޔާ ނިޔާވީއެވެ. އޭނާގެ ކުރިމަތީގައެވެ. ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ. ޒާންގެ އެ ވަކިވެ ދިޔުމުން ޒޫނާއަށް އެކަން ބަރުދާސްތުކުރަން ދަތިވިއެވެ. ވަގުތުން މީހާ އަނބުރައިގަނެގެން ވެއްޓުނެވެ.

އެއް އަހަރު ފަސް        

ޒާން ނިޔާވިތާ މިއަދަށް މިވީ އެއް އަހަރެވެ. ނަމަވެސް އެ ހަނދާންތައް އިއްޔެ ފެނުނު މަންޒަރު ފަދައެވެ. ނަމަވެސް ދުވަހަކަށްފަހު ދުވަހެއް މެހެކްމެންގެ ދިރިއުޅުމަށް އާރޯކަން ލިބެމުންދެއެވެ. ޒާން ނިޔަވި ރެއި ޒޫނާގެ ހާލު ބޮޑުވެގެން އޭގެ އަނެއް ދުވަހު މެހެފިލް ވިލާ ގަނޑުވަރު ގޭ މީހުން ސުވިޒަލޭންޑަށް ފުރީ އެ މާހައުލާ ދުރަށް ދިޔުމަށެވެ. ޒިވިއަން ވެސްމެއެވެ. ޒާންގެ ހަނދާންތަކުގެ ސަބަބުން ޒޫނާއަށް ދެރައެއް ލިބެން ނޭދޭތީއެވެ. ނަމަވެސް އޭގެ ހަމަސް ދުވަސްފަހުން އެ ގަނޑުވަރުތެރެ ހަލަބޮލިވެގެން ދިޔައީ އެ ގަނޑުވަރުގެ އަހުލުވެރިން އައުމުންނެވެ.

އެރެއަށްފަހު މެހެކާ ޒިވިއަން ވެސް ބައްދަލުވެފައެއްނުވެއެވެ. ޒިވިއަންގެ ބައްޕަ އާދެ ޒާލިމްގެ އެދުމަށް އޭނާ ވެސް ސުވިޒަލެންޑަށްފުރީއެވެ. ނަމަވެސް އޮފީހުގެ ކަންކަން ދުރުގައި ހުރެގެން ވެސް ބަލަމުންދެއެވެ. ޒާންގެ އޮފީހުގެ ކަންކަން ވެސް ޒާކިރުގެ އެދުމަށް ބަލަމުންދަނީ ޒިވިއަންއެވެ. އެހެނީ އެގެއަށް އަނެއްކާ ވެސް އާ ޖީލެއްގެ ވާރިސެއް އައިސި ނަމަ އެ ކުއްޖާއަށް އަށާރަ އަހަރު ފުރުމުން އެ ކުންފުނި އޮޓޮމެޓިކުން ރަޖިސްޓްރީވާނެތީއެވެ. ނަމަވެސް އެއީ އެ އޮފީހުގެ އަސްލު ވާރިސު ނެތް ޙާލަތުގައެވެ.

މިއަދަކީ ދެ އާއިލާއަށް ވެސް އުފާވެރި ދުވަހެކެވެ. އާދެ، ޒިވިއަން އާއި މެހެކަށް ބޮޑު ދުވަހެކެވެ. ލޮނުޒިޔާރަތް ޕާކު ތެރެ ހަލަބޮލިވެފައިވަނީ ޒިވިއަން އާއި މެހެކްގެ ކައިވެނި ޕާޓީއަށް އައި މީހުންގެ ސަބަބުންނެވެ. ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި ދެ ފަރާތު އާއިލާގެ މީހުންނާއި ރައްޓެހިންނާއި މުވައްޒަފުންތަކުން މުޅި މާހައުލު ވަނީ ފުރިބާރުވެފައެވެ. މުއްސަނދިކަން އެ މާހައުލުން ފެންނަމުން ދިޔަޔަސް މުޅި އެތަން ރީތިކޮށްފައި ވަނީ ދިވެހިވަންތަ ގޮތަކަށެވެ. އެހެނީ މެހެކް ހުދު ލިބާހަކާއި ކަނޑިއްކެއްލާފައިވާއިރު އިހު ޒަމާނުގައިހެން އަރިއަކަށް ބޮޑު ހުޅިއެއްޖަހާލާ ފައްޓަރު ބައި އަޅާފައިވުމުން ވަރަށް ޗާލެވެ. ހަމައެފަދައިން ޒިވިއަން ވެސް ހުދު ގަމީހަކާއިއެކު ފޭލި އަނދެފައިވުމުން ވަރަށް ފުރިހަމައެވެ. ކޮންމެއަކަސް ތަނުގައި ދިވެހިންވަންތަ ޒަމާނަށް ފެތޭ ޕާޓީއެއްކަން ދައްކުވައިދެއެވެ.

ފަސް އަހަރު ފަސް

“ދަރިފުޅާ ޒާން ބަލައިގެން……” ފަސް އަހަރުގެ ޒާން ބަގީޗާ ތެރޭގައި ދުވަމުންދިޔައީ މަޖާވެފައި ހުރެއެވެ. ހީވަނީ ފަހަތުން އަންނަ ބަޔަކަށް އަތުނުވާން ކުޑަކުޑަ ޒާން އުޅޭހެންނެވެ. “އަތުވީ އޯ…ހަމމމމމ…ޑެޑީގެ ޕްރިންސް ހާދަ މީރު ވަސް ދުވައޭ…މަންމިގެ ކަންތައް ދޯ މީ…”ޒިވިއަން ނިކަން ލޯބިން އޭނާ އާއި މެހެކްގެ ފަސް އަހަރުގެ ދަރިފުޅާ ވާހަކަދެއްކިއެވެ. “ދެން ދެދީ…..ކޮއްކި މީ ބޮދު ކުއްދެކޭ ދޯ މަންމީ.” ޅައަޑުން ޒާން އޭނާގެ ބަހުރުވައިން އެތަނަށް އައިސް ހުއްޓުނު މެހެކަށް ދޯދިނެވެ. “ޔެސް މައި ޕްރިންސް….މީ ބޮޑު ކުއްޖެކޭ ދޯ؟….ދެން ހިނގާ ދަރިފުޅު ނިދަން ދާން….” ވަރަށް ލޯބިން މެހެކް ބުނެލިއެވެ. ޒާން ވެސް ނިކަން ފަސޭހައިން މެހެކާއެކު ނިދަން ވަދެއްޖެއެވެ. ޒިވިއަން މަޑުކޮށްލީ ފޯނެއް އައިސްގެންނެވެ.

މެހެކް ފާހަނައިން ނިކުތް އިރު ޒާން ފެންނަން ނެތުމުން ހާސްވިއެވެ. އަދި ބަލްގިސްމެންނާއި ޒިވިއަންއަށް ގޮވަމުން މެހެކް މައްޗަށް އަރަމުންދިޔައެވެ. އެއިރު ފަހަތުން ޒިވިއަން ވެސް ދުވަމުން އައީ ހާސްވެ ހުރެއެވެ. ޒާންގެ ކޮޓަރި ހުރަސްކޮށްލި އިރު މެހެކަށް މަޑުޖެހިލެވުނީ ކަމެއް ފާހަގަވުމުންނެވެ. އާދެ، އެ ކޮޓަރި ދޮރު ހުޅުވިފައި ހުރުމުންނެވެ. “މި ދޮރު ހުޅުވީ ކާކު ބާ؟……މި ކޮޓަރިއަށް މީހަކު ނުވަންނަ ތާ ވެސް ހަ އަހަރު ވެއްޖެ…..” މެހެކް އެ ކޮޓަރިއަށް ވަނީ ހައިރާންވެ ހުރެއެވެ. އެވަގުތު ޒިވިއަން ވެސް ފަހަތުން ވަނެވެ. މެހެކްގެ ނަޒަރު ހުއްޓުނީ ޒާންގެ ބޮޑު ސިއްރު ކޮޓަރިއަށެވެ. އެ ކޮތަރީގެ ދޮރު ކެހިފައިވާއިރު ތުއްތު ކުއްޖެއްގެ ޅަ ބަހުރުވައިން ވާހަކަދައްކާ އަޑުއިވުނެވެ. މަޑުމަޑުން ޒިވިއަން އާއި މެހެކް އެ ކޮޓަރިން އެތެރެއަށްވަނެވެ. ފެނުނު މަންޒަރުން ހައިރާންވީ މެހެކް އެކަންޏެއް ނޫނެވެ. ޒިވިއަންވެސްމެއެވެ.

ވާނީ ވެސް އެހެންތާއެވެ. މެހެކްގެ ތަސްވީރުތަކަށް ބަލާ ޅަ ބަހުރުވައިން އެ ތަސްވީރުތަކާ ވާހަކަދައްކަން އެހެރީ ޒާންއެވެ. ނަމަވެސް މެހެކްދެކެ މޮޔައަކުފަދައިން ލޯބިވި ޒާންއެއްނޫނެވެ. އެހެނަސް ޒިވިއަން އާއި މެހެކްގެ ދަރިފުޅު ޒާންއެވެ. މެހެކްމެންގެ އަޑަށް ފަހަތަށް ބަލައިލި ޒާން ފެނުމުން މެހެކަށް ޖެހިލެވުނީ ފަހަތަށްށެވެ. ހީވީ މީގެ ހަ އަހަރުކުރިން އޭނާ ވެސް ހަމަ މި ކޮޓަރީގައި ހުރި ހަނދާނެވެ. “މަންމީ…ބަލާ..މަންމިގެ ތިއްތި ފޮތޯއެއް ދޯ ދެދީ….” މެހެކްގެ ބޮޑު ތަސްވީރު ދައްކާލަމުން ޒާން ދޯ ދިނީ ޒިވިއަންއަށްށެވެ. މެހެކަށް ވާހަކނުދެއްކޭނެކަން އެނގޭތީ ޒާންގެ ސުވާލަށް ޖަވާބުދިނީ ޒިވިއަންއެވެ. “ހުމްމްމް…ވަރަށް ރީތި…ޑެޑީގެ ޕްރިންސް ދެން ހިނގާ ނިދަން ދާން….” ޒާންއާއި ވަރަށް ލޯބިން ޒިވިއަން ވާހަކަދެއްކިއެވެ. އަދި އެ ކޮޓަރިން ދާން ހިނގައިގަތީ ފަހުފަހަރަށް އެ ތަސްވީރުތަކަށް ބަލާލުމަށްފަހުއެވެ. އެންމެ ފަހު ފަހަރަށް އެ ކޮޓަރިއަށް ނަޒަރު ހިންގާލުމަށް ފަހު ޒާންގެ ހަނދާންތައް މުޅި ޢުމުރަށް ފޮހެލަން ޢަޒުމް ކަނޑައަޅާ އެ ސިއްރު ކޮޓަރީގެ ދޮރު ލައްޕަން ކަހާލިއިރު މެހެކްގެ ކަޅި އާއި ބައްދަލުވީ އެ ތެރޭގައި ހުރި ޒާންގެ ކަޅިއާއިއެވެ. އެ ދޮރު ލެއްޕުނު ހިނދު ދެ ކަޅީގެ ބައްދަލުވުން ނިމި އެ ލޮތްބާއި އެކުވެރިކަމަށް ވެސް ޢުމުރަށް ނިމުން އައި ކަހަލައެވެ. އަދި ޒިވިއަންގެ އަތުގެ މުލައްދަނޑީގައި ހިފައިގެން ޒިވިއަންގެ އުރުގައި އިން ޒާންއާއި ސަމާސާކުރަމުން އެ ކޮޓަރިން ތިން މީހުން ވެސް ނިކުތީ ފަސްއެނބުރި ބެލުމެއްނެތިއެވެ.

ވިޔަފާރިވެރިންގެ މާލަމުން ފެށުނު ލޯބީގެ ބިންގާ ނިމިގެން ދިޔައީ ދެ ހިތެއް ގުޅުވައިދެމުންނެވެ. ނަމަވެސް ތިންވަނަ މީހާގެ ހިތް ޒަޚަމްކޮށްލަމުންނެވެ. ލޯބީގައި ޖެހި އެ ލޯބީގެ ފުނަށް ވާޞިލްވުމަށް މަސައްކަތްކޮށް ނާކާމިޔާބުގެ ރަހަ ލަމުންނެވެ. އަދި ލޯބީގެ ބަގީޗާގައި މާ އަޅާ ރޯޝަނީ ޢާލަމުން ހިތް ފުރާލަމުންނެވެ. ޒިވިއަން އާއި މެހެކް ގުޅުނު އިރު ޒާން ވަނީ އެ ދެމީހުންނާ އެތައް މެލެއް ދުރުގައެވެ. ނަމަވެސް ޒާންގެ ވަކިވެދިޔުން އެ މީހުން ހަނދާން ނެތޭނެ ހެއްޔެވެ؟ ނޫން ނަމަ އެ ދެ މީހުންނަށް ލިބުނު ދަރިފުޅަށް “ޒާން” ގެ ނަން ދިނީސް ހެއްޔެވެ؟ މެހެކް ދެކެ ޒިވިއަން ވެސް އަދި ޒާން ވެސް ވީ ލޮތްބެވެ. ނަމަވެސް  އެ ދެ ލޯބި ތަފާތުވީއެވެ. ޒިވިއަން ރީތި ގޮތުގައި މެހެކާ ގުޅުނު އިރު ޒާން އުޅުނީ މެހެކްގެ ލޯބި ގަދަބާރުން ހޯދަންށެވެ. ސައިކޯޕެތެޓިކް ވިލައިންއަކަށްވީ ޒާންއެވެ. އެހެނަސް “ތިނެސްކަން ލޯބީ” ގެ ނިމުން މިއައީ ކޮންމެ ވެސް އެކަކަށް އެ ލޯބި ހާޞިލްކޮށްދެމުންނެވެ.

*ނިމުނީ*

އަލްޙަމްދުލިއްﷲ…..އަޅުގަނޑުގެ ފުރަތަމަ ދިގު ވާހަކަ “ތިނެސްކަން ލޯބި” ނިންމުމުގެ ހެޔޮ ތަޢުފީޤު މިންވަރު ކުރެއްވި ﷲ ޞުބުޙާނަހުވަޠަޢާލާއަށް ޙަމްދު ކުރަން………..އަދި މި ވާހަކަ ނިންމުމުގެ އެންމެ ބޮޑު ދައުރެއް ތިޔަ ލޮބުވެތި ކިޔުންތެރިން އަދާކުރިކަން ފާހަގަކޮށް ޝުކުރު ދަންނަވަން………މި ވާހަކައަށް “ފީޑްބެކް” ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް….. 🙂    އިންޝާﷲ ވަރަށް އަވަހަށް އަނެއްކާ ވެސް އަޅުގަނޑުގެ ދެވަނަ ދިގު ވާހަކައެއް ތިޔަ ކިޔުންތެރިންނަށް ގެނެސްދޭނެކަމުގައި ދަންނަވަން….. 🙂

Comments (15)

  1. DevilQueen

    OMGGG
    VVV SALHI STORYY

    1. Mysterious Woman
      DevilQueen

      Thank you 🙂

  2. Yo babe

    Wow Varah reethi I want a new story keep up the good work

    1. Mysterious Woman
      Yo babe

      hehe thank you 🙂

  3. Your fav bab

    You are the permutations women
    Finally THINESKAN LOABI is done
    V.furihama!!!!
    Hope I can get to read you’re second long story very soon..😍😃😃😃😃😃😍
    Good luck on yours second story I’ll be in touch IA

    1. Mysterious Woman
      Your fav bab

      hehe thank you so much your fav bab insha allah varah avahah new story kiyaalan libeyne…… 🙂

  4. Your fav bab

    Sorry not permutations but “best,mysterious “

    1. Mysterious Woman
      Your fav bab

      hehe anyways thank you 🙂

  5. Anonymous

    V v reethi mi vaahaka….
    Hama best👍
    Good luck on your second story
    👏👏👏👏👏👏👏👏👏

    1. Mysterious Woman
      Anonymous

      thank you so much anonymous….. 🙂

  6. gurrrrl

    wow vrh reethi btw vaahaka ves nimuneee you are the best one of my fav storyy
    uhmeedhu kuran ehn vaahakaehh vrh avahah kiyaalan libeyne kamah
    good work
    keep it up
    love youuuuuuuuuuuu

    1. Mysterious Woman
      gurrrrl

      Thanks a lot gurrrrrl hehe 🙂

  7. Aaa

    I loved it

  8. Mysterious Woman

    thank you 🙂

  9. Maakana Kalo

    Damn hama heevi e characters hen. I felt the emotions from the character’s pov. Wow, you’re really amazing.

Comments are closed.