Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައިއުލާންމަޖާލޯބި

ހާސިލްވުމަށް އެދެނީ (ޓްރެއިލާ)

Mysterious Woman Level 310 Stories100 Comments
March 18, 2025 2 Mins Read
4 Comments

މިއީ ހަ އެކުވެރިންތަކެއްގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކެއްގެ މައްޗަށް ލިޔާ ޚިޔާލީ ވާހަކައެކެވެ.

ހޫރައިން: ޢުމުރުގެ ބޮޑު ބައި ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު ރާއްޖެ އަންނަނީ އޭލެވެލް ހެދުމަށްށެވެ. ރާއްޖެއިން ބޭރުން ކިޔަވަން ބޭނުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ލިބިފައި ވިޔަސް އޭނާ ބޭނުންވަނީ އޭނާގެ އެންމެ ގާތް ދެ އެކުވެރިންނާއި ލޯބިވާ ބޭބެގެ ގާތުގައި ހުރެ ކިޔަވަންށެވެ. ނަމަވެސް ކިޔެވުމުގެ އެންމެ ފަހު މަރުހަލާގައި ހީނުކޮށް ހުއްޓާ ދިރިއުޅުމަށް ބިންދާލަނީ ބިޔަ ބޮޑު ރާޅެކެވެ.

ނުހާ: ދޮންމަންމައިންގެ ހުރި ނުލަފާކަމުގެ ވާހަކަ އަހަމު ނޫން ހެއްޔެވެ؟ ކުޑައިރު މަންމަ އާއި ބައްޕަ ވަކިވެ ބައްޕަ އެހެން މީހަކާ އިނެވެ. ބައްޕަގެ ކުރިމަތީގައި އެތައް ދަޅަތަކެއް ދެއްކިޔަސް އޭނާގެ ހަޤީޤީ ސޫރަ ދައްކަނީ ހަމައެކަނި ނުހާގެ ކުރިމަތީއެވެ. ނުފިލާނެފަދަ ކޫރުންތަކެއް ހިތުގައި އެޅިޔަސް އެ ކޫރުންތަކުގައި ބޭސް މަލަން އަޅާލަދެނީ އޭނާގެ ހިތް އެމީހަކަށް ހިބަކޮށްދިން ފަރާތެވެ. ނަމަވެސް އެމީހަކު ވެގެން މިދަނީ އޭނާ ހީކުރިފަދަ މީހަކަށް ނޫނެވެ.

ރީޝަމް: ރަށުގައި ހުރެ އޯލެވެލް ނިންމާފައި އޭލެވެލް ހަދަން މާލެ އާދެއެވެ. ދަތި ޙާލުގައި އުޅެމުން ވެސް ކިޔެވުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެނެވެ. އޭނާގެ މަންމަގެ އުފަލައް ޓަކައި ވެސްމެއެވެ. ކިޔެވުން ނޫން އެހެން ކަމަކާމެދު ނުވިސްނާ ހުރި ރީޝަމްގެ ހިތަށް ގުޑުމެއް އަރައިގެންދަނީ އެންމެ މީހެއްގެ ސަބަބުންނެވެ. އެންމެ ކަންބޮޑުވާކަމަކީ ރީޝަމް ނޫނަސް އެހެން ކުއްޖެއްގެ ހިތުގައި ވެސް އެއް ސޫރައަކަށް ޖާގަދެވިފައިވާތީއެވެ.

ނައިލް: މާލޭގައި ހުރި އެންމެ މުއްސަނދި މީހާގެ ހުރި ހަމައެކަނި ފިރިހެން ދަރިއަށްވުމުން އެތައް އަންހެން ކުދިންނެއް ތިބެނީ މަށަށް މަށަށް ކިޔާލަ ކިޔާލައެވެ. އެހެނަސް އެއިން ކުއްޖަކަށް ނައިލްއާ ފޫޓެއްހާ ކައިރިއަށް ވެސް ކައިރިވާކަށް ނުކުރެއެވެ. އެ އަންނަ ސިނގު ރުޅި ގަނޑުގެ ސަބަބުން ގޭގައި ތިބޭ މީހުން ވެސް ތިބެނީ ވަރަށް ވިސްނައިގެންނެވެ. އުޅުމުގައި ބޮޑާ ކިބުރުވެރިވެރި ގޮތެއް ހުއްޓަސް އެއީ ސާފު ހިތެއްގެ ވެރިއެކެވެ.

އަމާން: އިނގޭ ތަ؟ ޕްލޭ ބޯއީއެއްގެ ވެސް ހިތުގައި ލޮތްބޭ މިކިޔާ ޖަޒުބާތު ހޭލައްވާނެކަން؟ މިއީ ހަމަ ފައްކާ ޕްލޭ ބޯއީއެކެވެ. ބޭނުންވަރަކަށް ފައިސާ އަތުގައި ހުރުމުން ހާސްވާންވީ ކޮންކަމަކާ ހެއްޔެވެ؟ ލާ އުޅޭ އަންނައުނު ބަދަލުކުރާހެން ‘އަން’ ކިޔާ ކޮންމެ ކުއްޖަކު ވެސް ބަދަލުކޮށްލައެވެ. ފެޝަނަށް ލޯބިކުރާ އަމާންގެ ހިތުން ޖާގަ ހޯދަނީ އޭނާ އެންމެ ނަފުރަތުކުރި ކުއްޖާއެވެ.

ހައިކަލް: މުއްސަނދި ދެމަފިރިއެއްގެ އެންމެ ދޮށްޓަކަށް ހުރި ކުއްޖާއެވެ. މައިންބަފައިން ތިބީ ރާއްޖެއިން ބޭރުގައެވެ. މަންމަ އާއި ބައްޕަގެ އެތައް ވާހަކައަކުން ވެސް ހަމަހިލާ ރާއްޖެއިން ބޭރުން އޭލެވެލް ހަދަން އެއްބަހެއްނުވިއެވެ. ނަމަވެސް އުފާވި އެއްކަމެއްވިއެވެ. އޭނާގެ ފުރާނަފަދަ ލޯބިވާ ކޮއްކޮ ކައިރީގައި ވާނެތީއެވެ. ލޯބިވާ ލޯބިވެރިޔާ އާއި ކޮއްކޮ އޭނާ ކައިރީވުމުން ބަޔާންކުރަންދަތި އުފަލެއް ލިބުނު އިރު އެތަނުން އެކެއްގެ ދިރިއުޅުމަށް ނަގޫރޯޅިއެއް އެރީ ނޭނގި ހުއްޓައެވެ.

 

އައްސަލާމުޢަލައިކުމް

އަޅުގަނޑު މި ހިއްސާކުރީ (ތިނެސްކަން ލޯބި) މި ވާހަކައަށްފަހު ދެން ލިޔަން ގަސްދުކުރާ ވާހަކައިގެ ކުރު ޓްރެއިލާއެއް.

އަޅުގަނޑު ކުރިން ލިޔަން ފަށާފައިވާ ވާހަކަ “ގަނޑުވަރުގެ ތެރެއިން ދެ ހިތެއް ނިމުން…” މި ވާހަކަ އެއްކޮށް ލިޔެ ނިމުމުން އަލުން ވާހަކަ ފެށިގެން އަޕުލޯޑު ކުރާނަން އިންޝާ ﷲ.

އެ ވާހަކައިގެ ބަދަލުގައި މިހާރު ބޮޑު ބައި ލިޔެ ނިމިފައިވާ “ހާސިލްވުމަށް އެދެނީ” ގެނެސްދިނުމަށް ގަސްދުކުރަން.

.Keep in touch. Hope you all will like this new upcoming story too

Wish me luck 🙂

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

ދިރިއުޅުމުގެ މަގްސަދު

Next

ހިތް ބޭނުމޭ ދުލުން 12

Next
March 18, 2025

ހިތް ބޭނުމޭ ދުލުން 12

Previews
March 18, 2025

ދިރިއުޅުމުގެ މަގްސަދު

4 Comments!

  1. your fav babe says:
    March 18, 2025 at 2:38 pm

    Oh my god!
    hello mysterious women 💖💖
    Long time no see huh?
    but I’m so happy that ur back
    this trailer is very nice!!
    n this story seems to be intresting
    carry on I’ll support you❤❤
    ur one of my fav author
    lyssssm💗💗💗
    when will i get to read the first part of this story?

    1. Mysterious Woman says:
      March 20, 2025 at 3:52 pm

      Hiii…yes long time no see dhw .hehe this is my new story… hope I will get the support from you guys….. inshallah will continue to upload this story till the end…. thanks ❤️☺️

  2. Anonymous says:
    March 18, 2025 at 2:43 pm

    Hey mysterion women…..
    Ganduvaru therein dhe hithehge nimun drama ge name bunedhevi dhaane tha????
    Curiously waiting for the this story…

    1. Mysterious Woman says:
      March 20, 2025 at 3:53 pm

      Hiii….ohhhh ganduvaru therein e vaahaka ninmaafa will tell kon drama eh tho…😁

Comments are closed.



All Right Reserved!