Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން… (ޓްރެއިލާ)

Mysterious Woman Level 310 Stories100 Comments
December 18, 2024 2 Mins Read
10 Comments

އުދުހިލާފައި އުޅޭ ކޮކާލެއްހެން އުޅެން ބޭނުންނުވާނީ ކާކު ހެއްޔެވެ؟ ކޮކާ ވެސް އެއް މަލުން ފޮނި ބޮމުން އަނެއް މަލުން އޭގެ ފޮނިކަމުގެ ރަހަ ލިބިގަންނަމުން ބަގީޗާ ތެރޭގައި އުދުހިލާފައި އުޅޭނެއެވެ. އެއްވެސް ހާސްކަމެއްނެތި މަޖަލާ ސަކަރާތުގައި އުޅެނީ ދިމާވެދާނެ ހާނިއްކައަކަށް ބެލުމެއްނެތިއެވެ.

ގަނޑުވަރަކީ ޖަލެއް ކަހަލަ ތަނެކެވެ. ހަމަނުޖެހުމާއި ދެކޮޅުވެރިކަން އިންތިހާއަށް ބޮޑުތަނެކެވެ. ކޮންމެ ކޮޅަކުން ވެސް ދިމާވެދާނެ ނުރައްކަލަކަށް ހުށިޔާރުވެގެން ތިބެން ޖެހެއެވެ. ރަސްގެފާނުގެ ތަޙުތަށް ހުއްޓޭ ލޯތަކެއް މަދެއްނުވާނެއެވެ. ހަމައެއާއިއެކު ރަސްމަތިފުށުގެ އާއިލާއަކަށް އުފަންވެއްޖެނަމަ އެއް އާއިލާއަކަސް ކޮންމެސް ދިމާލަކުން ހަމަލާއެއް އަންނާނެއެވެ. ރަސްކަމެއް ދާއިމަށް ދެމިގެންދާނީ އޭގެ ފަހަތުގައި ވަޒީރުންގެ ބޮޑު ލަޝްކަރެއް އޮވެގެންނެވެ. ބައެއްފަހަރު ރަސްމަތިފުށުގެ އާއިލާތަކުގެ މެދުގައި ހަމަނުޖެހުމާއި ދެކޮޅުވެރިކަން އަދި ނަފުރަތު އުފަން ވަނީ ވެސް ބައެއްގެ ނުފޫޒުގެ ވަރުގަދަ ކަމުންނެވެ.

ވަޒީރުންނަކީ ރަސްކަމުގެ ތަޙުތުގެ އަނެއްކޮޅުގައި ތިބޭ މީހުންނެވެ. ރަސްގެފާނުގެ އެންމެ އަރިސް ބޭފުޅުންނެވެ. ހުސްވެސް މަތިވަރު އާއިލާތަކުގެ ބޭބޭފުޅުންނެވެ. އެއީ ޝަހަރުގެ ބާރުތައް އޮތް ބޭބޭފުޅުންނެވެ. މީގެން ބޭފުޅެއްގެ އާއިލާއަކަށް އުފަންވާ އަންހެން ކަނބަލެއްނަމަ ރަސްމަތިފުށުގެ އާއިލާއަކާ ގުޅެއެވެ. ޢަމީރާއަކާ އެއް ދަރަޖައެއް ލިބޭނެއެވެ. ބައެއްފަހަރު ޢަމީރުއަކާ ނުވަތަ ރަސްގެފާނާ ވެސް ކައިވެނި ހަމަޖެހިފައި އޮވެދާނެއެވެ. ނުވަތަ ރަސްކަމުގެ ތަޙުތައް އިސްކުރާ “ތާޖުގެ ވެރި ޢަމީރު” އާއި ވެސް ކައިވެނި ހަމަޖެހިފައި އޮވެދާނެއެވެ. ވުމާއިއެކު އެއްކަލަ ކޮކާލެއްހެން އުޅެން ބޭނުންވާ އަންހެން ކުއްޖެއްނަމަ އޭނާގެ އެ މިނިވަންކަން ލިބޭނެ ހެއްޔެވެ؟ ހައްޔަރުވެފައިވާ ދޫންޏެކޭ އޭނާއެކޭ ވަކި ތަފާތެއް އޮންނާނެ ހެއްޔެވެ؟

މިއީ ވެސް އެފަދަ ވާހަކައެކެވެ. ގަނޑުވަރުގެ ތެރެއިން ވެވުނު ނާކާމިޔާބު ލޮތްބެއްގެ ވާހަކައެވެ. ދުވަހަކު ގުޅުވެން ނެތް ދެ ފަރާތެކެވެ. އާއިލާ އާއި ގާތް މިތުރުން އެ ގުޅުމަށް ރުހުނަސް ހަޖަމު ނުކުރެވޭ މީހުންނަކަށް މިއީ ބަލައިގަނެވޭނެ ގުޅުމެއް ނޫނެވެ. އެއީ މުޖުތަމަޢު ވެސް ޤަބޫލުކުރާގޮތެވެ.

މަތިވަރު އާއިލާއަކަށް އުފަންވެފައިވާ ޢަމީރާއެކެވެ. ކިޔަވައިގެން ހުރި ވިސްނުންތޫނު ބޭކަނބަލެކެވެ. އާއިލާގައި ކައިވެނިވެވޭ މިވަގުތު ހުރި ހަމައެކަނި ޢަމީރާއެވެ. އުފަންވީއްސުރެން ވެސް އޭނާގެ ކައިވެނި ވަނީ މާކުރިން ހަމަޖެހިނިމިފައެވެ. ނަމަވެސް…

އެއީ ޢުމުރުން ފަނަރަ އަހަރުގެ ރަސްގެފާނުގެ ބޮޑުބޭބެއެވެ. ކުރީގެ ރަސްގެފާނުގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. ޢުމުރުން ތޭރަ އަހަރުގައި ހަނގުރާމައިގެ މައިދާނަށް ނިކުތެވެ. ހަނގުރާމައިގެ އުކުޅުތައް ދަސްކުރިއެވެ. އޭނާގެ ލަޝްކަރުގެ ފަހަތުގައި އެތައް ހާސް ހަނގުރާމަވެރިން ތިބެއެވެ. އޭނާގެ ޢަމުރަށް ތަބައުވާ އެތައް ހާސް ބައެކެވެ.

ޢަމީރާ އާއި ޢަމީރު ބައްދަލުވާހިނދު ނުފެންނަ ފަށަލައެއް އުފެދޭ ފަދައެވެ. ލޮތްބޭ މި ކިޔާ ޖަޒުބާތެއް ހޭލައްވައެވެ. ނަމަވެސް އެ ފެށުނު ލޯބި ނިމިގެންދަނީ ހިތި ގޮތުގައެވެ. އާދެ، ގަނޑުވަރުގެ ތެރެއިން ނިމިގެންދަނީ ދެ ހިތެކެވެ. ދެ ފުރާނައެކެވެ.

މިއީ އަޅުގަނޑު ދެން ލިޔަން ހަމަޖެހިފައިވާ ވާހަކައެވެ. މިއީ އަޅުގަނޑު ބަލައިފައިވާ ޑްރާމާއެއްގެ މައްޗަށް ލިޔާ ޚިޔާލީ ވާހަކައެކެވެ. ވާހަކައިގެ ބޮޑު ބައި ޑްރާމާއާ އެއްގޮތް ވިޔަސް ބޭނުންކޮށްފައިވާ ފޮޓޯތަކާއި ސިފަކޮށްފައިވާ ކަންތައްތަކަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެވެ. “ތިނެސްކަން ލޯބި” މި ވާހަކައަށް ލިބުނު ތަރުޙީބެކޭ އެއްފަދައިން އަޅުގަނޑު މިހާރު ލިޔަން ގަސްދުކުރާ ވާހަކަ ކަމަށްވާ “ގަނޑުވަރު ތެރެއިން ދެ ހިތެއްގެ ނިމުން…” މި ވާހަކައަށް ވެސް ތިޔަ ކިޔުންތެރިންގެ ތަރުޙީބު ލިބިގެންދާނެ ކަމަށް ހީކުރަމެވެ. އަދި، މިއީ ލޯބީގެ އެހެނަސް ހިތާމަވެރި ވާހަކައެކެވެ.

 

 

މައިގަނޑު ޝަޙުޞިއްޔަތު:

އަލީކު: ތަޙުތުގެވެރި ރަސްގެފާނުގެ ބޮޑުބޭބެއެވެ. ޢުމުރުން ތޭރަ އަހަރުގައި ހަނގުރާމައިގެ މައިދާނަށް ނިކުތެވެ. ޝަހަރު ހިމާޔަތްކުރުމުގެ އިސް ލީޑަރުކަމާއި ހަވާލުވިއެވެ. ގަނޑުވަރުން ބޭރުގައި ޢުމުރުގެ ބޮޑުބައި ހޭދަކުރިއެވެ. ރަސްކަމުގެ ތަޙުތު ވާރިޞުވާ ޢަމީރަކަސް އެކަމުގެ އެއްވެސް ޝައުގެއް ނުހުރެއެވެ. ނަމަވެސް އެންމެން ޖެހިލުންވާ ފަދަ ބާރުގެ ވެރި ޢަމީރެކެވެ.

ނޫރީން: ބޮޑުވަޒީރަށް ބޮޑުބޭބެ ކިޔާ ޢަމީރާއެކެވެ. އުފަންނުވަނީސް “ތާޖުގެ ވެރި ޢަމީރު” އާއި ކައިވެނި ހަމަޖެހިފައިވެއެވެ. މަތިވަރު އާއިލާތަކުގެ އެހެން ޢަމީރާއިންނާއި އަޅާ ބަލާއިރު މާތް ޝަޙުޞެއްގެ ވެރިއެކެވެ. ޅަ ޢުމުރުގައި ވެސް އެއީ ރީތީގެ ޢަމީރާއެކެވެ. ނަމަވެސް ކުޑައިރު ދިމާވި ހިތާމަވެރި ހާދިސާއަކުން “ވަގުތީ” ގޮތުން ވާހަކަދެއްކުމުން މަޙްރޫމުވެފައިވެއެވެ.

Share Article

Follow Me Written By

Mysterious Woman

Level 310 Stories100 Comments

A Mysterious Woman who loves to read & write stories of different categories.

Other Articles

Previous

އިންސާފް (ތެތްތިރީސްވަނަ ބައި)

Next

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…57

Next
December 18, 2024

ނަން ކަލާގެ މިހިތުގެގައި ފެވިއްޖޭ…57

Previews
December 18, 2024

އިންސާފް (ތެތްތިރީސްވަނަ ބައި)

10 Comments!

  1. Your fav bab says:
    December 18, 2024 at 11:54 am

    Hello Mysterious women!!!!!!
    You’ve stated a new story!!!
    Looks like Very interesting
    I’ll comment after I read

    1. Mysterious Woman says:
      December 18, 2024 at 8:15 pm

      hiii!! hope this story would be much more mysterious than the previous one….hehe

  2. Your fav bab says:
    December 18, 2024 at 12:00 pm

    Very interesting
    Waiting for You to start the story
    Very curious
    Lots of luv from me💗💗💗💗

    1. Mysterious Woman says:
      December 18, 2024 at 8:16 pm

      thank you 🙂 insha allah first chapter kiyaalan libeyne v.avahah

  3. Your fav bab says:
    December 18, 2024 at 12:12 pm

    So mi ves drama varakah balaa meeheh dhw???😄 behehhehe

    1. Mysterious Woman says:
      December 18, 2024 at 8:18 pm

      yes i do watch dramas a lot but this one i couldn’t let go heheh…so i decided to write a story for same drama but giving a little bit change to it…

  4. Anonymous says:
    December 18, 2024 at 3:48 pm

    V reethi curiously waiting

    1. Mysterious Woman says:
      December 18, 2024 at 8:18 pm

      thank you 🙂

  5. Repunzil says:
    December 18, 2024 at 6:37 pm

    Vv reethi trailer eh
    Hope story ves ehaa reethi vaane kamah

    1. Mysterious Woman says:
      December 18, 2024 at 8:19 pm

      insha allah i will try to make story more much curious and heart touching than the trailer 🙂

Comments are closed.



All Right Reserved!