”ވަޓް! …މެރިއޭޖްއާ ހަމައަށް ގޮސް ކިހިނެއްވީތަ އަނެއްކާ؟ އީނޫ ބުނީމެއްނު އެއީވަރަށް ރަގަޅު ކުއްޖެކޭ… ” ޒަނާއަށް ބުނެލެވުނެވެ. ޒަނާ އިނާއަށް ބަލައިލިވަގުތު ކަރުނަ ފޮހެލިތަން ފެނި ދެރަވި އެވެ. އޭނައަށް ނޭގި ބޮޑުކަންތައް ގަނޑެއް ހިނގައިފިއެވެ. އީނާ ފަދަ ހިތްވަރުގަދަ ކުއްޖަކު ބޮޑުކަމެއް ނުވަނީސް ނުރޯނެއެވެ. ”ޒީ އާދެބަލަ އަހަންނާއެކު…” ރޫޔާ ޒަނާގެ އަތުގައި ހިފާލަމުން ބުންޏެވެ. ޒަނާ ބޯޖަހާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ރޫޔާއާއި ޒަނާ ދިޔައީ ބެލްކަންނަށެވެ. ރޫޔާ ހުރިހާ އެއްޗެއް ކިޔައިދިނުމުން […]
ކޮޓަރިއަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރޭން އީނާ ލޯމަރާލަމުން ފުންނޭވާއެއް ލިޔެވެ. ސިކުނޑީގެ ނާރުތަކަށް ވާންވެފައި ވާއިރު ރަގަޅަށް ނުވެސް ނިދެއެވެ. އޭނައަށް ލިބިފައިވާ ފުން ހިތާމަތަކާ ދުރުވާން ބޭނުންވިޔަސް އެއީ ކުރެވޭނެ ވަރުގެ ކަމެއް ނޫންކަން އޭނަ ދަނެއެވެ. އޭނަގެ ހިތް އެދި ރޮނީއެވެ. އަލްޔަސްގެ އަޑު އަހާލަން ދެކަންފަތް ވަނީ ބޭޤަރާރު ވެފައެވެ. އެހެނަސް އޭނަގެ ހިތުގައި އުފެދިފައިވާ ޒަހަމްތަކުން ރޯވެގެންދަނީ ނަފްރަތުގެ ހުޅުކޮޅެކެވެ. އޭނަ އަލްޔަސްއަށް މާފް ނުދޭނެއެވެ. ނަމަވެސް އަލްޔަސް ފެންނަން ބޭނުންވަނީ […]
”ނޫރާލް…” މައިމޫނާ ކޮޓަރިއެއްގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަންނަމުން ހަރުކަށި އަޑަކުން ބުންޏެވެ. މިލަ ހަނދުވަރުގެ އަލިފެތުރިފައިވާ އެކޮޓަރިއަކީ އަލަށް ރާނަން ފަށާފައިވާ ތަނެކެވެ. ސިމެންޓި ބަސްދާތަކުން ކޮޓަރި ފުރާލާފައި ވާއިރު ރޯޅިތަކާއެކު ދުންގަނޑެއް ފެތުރިގަނެއެވެ. މަތިން ބަލާއިރު ތޮއްޖެހިފައިވާ މާލޭގެ އެކިތަންތަން ފެނެއެވެ. ޓްރެފިކް ޖެމްއަކާ ކައިރި ހިސާބަކަށް ވުމުން ދުއްވާތަކެތީގެ އަޑު ހިނދުކޮޅަކަށްވެސް ކެނޑިގެން ނުދެއެވެ. ގޮނޑިއަކަށް ބަނދެފައި އިން ނޫރާލްއަށް މައިމޫނާގެ އަޑު އިވުމާ އެކު ބަލާލެވުނެވެ. މިއީ މައިމޫނާގެ ރޭވުމެއްތާ އެވެ. ދޮގުހަދާފައި […]
”ނިމުނީ…” މައިމޫނާ އޭނަގެ އަތްދަބުން ނެގި އެއްޗެހިތައް ޑްރިންކް ތައްޓަކަށް އަޅަމުން އުމެއިރާއަށް ބަލާލިއެވެ. އުމެއިރާ ހުރީ ހިސާބަކަށް ނުތަނަވަސް ވެފައެވެ. އޭނަ ދެއަތް ޖޯޑުކޮށްލަމުން ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. ”އުމޭ ކިހިނެއްވީ؟ ހާދަ ވަރަކަށް ހާސްވެފަ ތިހުރީ….” މައިމޫނާއަށް ނުބައި ޝައްކުތަކެއް ވިއެވެ. އުމެއިރާ ކޮންމެވެސް ބޮޑުކަމެއް ސިއްރުކުރަނީ ހެއްޔެވެ؟ އަނެއްކާ އޭނަ މިހުރިހާ ކަމެއްގައި ބައްދާލަން އުޅޭނީ ބާވައެވެ! ގިނަ ފަހަރު ގާތް ރަޙުމަތްތެރިންވެސް ލަނޑު ދެއެވެ. މައިމޫނާގެ ހިތް ޝައްކުތަކުން ފުރިގެން […]
”ހޫމްމް، މަށަށް ފުރަތަމަވެސް ޝައްކުވިއޭ އޭނަ ހުރީ ޒަލަފްގެ ފަހަތުން ޖައްސާލާފަ ވިއްޔާ، ރޫގެ ކައިވެނީގެ ވާހަކަ ދެއްކީމަ އޭނައަށް ކުޑަވަރެއްގެ ޝޮކެއް ލިބުނު، އެއީ ބޮޑު ނުރައްކަލެއް…..” މައިމޫނާ ފޯނުން އުމެއިރާއަށް ގުޅާލަމުން ކިޔާދިނެވެ. އުމެއިރާ ހުރީ ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. އޭނަ ކޮންމެވެސް ކަމަކާމެދު ވިސްނަމުން ދިޔައެވެ. ”ތި ނޫރާލް ވެސް މަގުން އެއްފަރާތްކޮށްގެން ނޫނީ އޭނަގެ އުނދަގުލުން ޒަލަފް ސަލާމަތްނުވާނެ…” އުމެއިރާ ބުނެލިއެވެ. ”މަށަށް ތިކަން އިނގެޔޭ، އެހެންވީމައެއްނު އުމޭއަށް މިގުޅީވެސް، ވަރެއްގެ އަންހެނެކޭ […]
ފޯނުން ޒަލަފްއާ ވާހަކަ ދައްކަމުން ރޫޔާ އެރީ ޓެރަސްއަށެވެ. ޓެރެސްވަށާ ރާނާފައިވާ ފާރަށް ލެނގިލަމުން ރޫޔާ ތިރިއަށް ނަޒަރު ހިންގާލި އެވެ. މިރޭ ކޮންމެވެސް ހަފްލާއެއް ބާއްވާތީ މަގުތައް ވަނީ ހަލަބޮލިވެފަ އެވެ. މިފަހަކަށް އައިސް ރޫޔާ ހުންނަނީ ޒަލަފްއާއެކު ހޭދަކުރެވޭ ވަގުތައް މަދުވެގެންނެވެ. ނޫރާލްގެ ބެލުމުގައި ފޮރުވިފައިވާ ރުޅިވެރިކަމެއް ވާކަން އޭނައަށް ފާހަގަ ކުރެވެއެވެ. އެންމެބޮޑަށް އުނދަގޫވަނީ ޒަލަފް ދާހާ ތަނަކަށް ނޫރާލް ދާތީއެވެ. ދެމީހުން ރެސްޓޯރެންޓަކަށް ދިޔަޔަސް އެތަނަކަށް ނޫރާލް އަންނާނެ އެވެ. ރޫޔާގެ […]
ފަތިސްވާން ކައިރިވިއިރު ވެހެމުންދިޔަ ވާރެއަށް ބަދަލުތަކެއް އައިސް ވިއްސާރައިގެ ހުރިހާ ނިޝާންތަކެއް ފޮހެވިގެން ދިޔަ ފަދައެވެ. ނުކިޔަމަންތެރި ރޯޅިތައް ހަމައަކަށް އެޅި ކަނޑުމަތީގައި އޮމާން ސައިލެއް ފަތުރާލެވުނެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަށް އައު ދުވަހަކަށް ސަނާކިޔަމުން ލޮނުގަނޑުމަތިން ހިއްލާލި އިރުގެ ލޭކުލަތަކުން އުޑުމަތިން ސިފަވެގެން ދިޔައީ އާޝޯހުކުރުވަނިވި މަންޒަރުތަކެވެ. ގުދުރަތުގެ ފުރިހަމަ ކުރެހުންތަކަށް ލޯތަށް ދަމައިގަންނާނެ އެވެ. ވިއްސާރައިގެ ކަޅު ވިލާތައް ފޫއަޅުވާލައި އިރު އޭގެ ވާޖިބާއިގެން ކުރިއަށް ދިޔައެވެ. ޓެސްޓްތައް ހެއްދުމަށްފަހު މައިމޫނާ ގެއަށް ދޫކޮށްލެވުނީ […]
ވިއްސާރައަލިވާން ފެށީ ބާރަޖަހަން ކައިރިވެފައި ވަނިކޮށެވެ. ކަނޑު ގަދަވިޔަސް ހާދިސާއަކާއި ކުރިމަތިނުލައި މާލެއާ ހަމައަށް ދެވުނެވެ. އޭރުވެސް ޖެހެމުން ދިޔަ ބާރު ވަޔަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޫން އަޑަކުން ހިތްތަކަށް ވެރިވެގެން ދަނީ ނާމާންކަމެވެ. ފެރީ ޓާރމިނަލްއާ ތަންކޮޅެއް ދުރުގައި ޕާރކްކޮށްފައި އޮތް ކާރާއި ދިމާއަށް ދެޒުވާނުން މިސްރާބު ޖެހި ވަގުތު ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް އީނާގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ. އީނާއަށް ހަޅޭއްލަވައިގަނެވުނީ އިހްތިޔާރަކާނުލައެވެ. ދެވަނަ ސިކުންތުގައި އަލްޔަސްގެ އަތުތެރޭގައި ހުރެވުނުކަން […]
މެންދުރުގެ ވަގުތެވެ. ފަޒްލާ އާއި މައިމޫނާ ތިބީ ބަދިގޭގައެވެ. މެންދުރުގެ ކެއުން ތައްޔާރު ކުރަމުން ދިޔައިރު އަވްޝަން އާއި ރާނިޔާ މާލެ އަންނަ ޚަބަރު ލިބިފައިވުމުން ގަދަޔަށް ކައްކާލަން ފަޒްލާ ބޭނުންވިއެވެ. މައިމޫނާ ފިޔައާއި މިރުސް ކޮށަން އިންއިރު ފުން ހިޔާލެއްގެ ތެރެއަން އޭނަ އިނީ ގެއްލިފައެވެ. އުމެއިރާގެ ވާހަކަތަކުން އޭނައަށް ކުޑަ ހަމަޖެހުމެއް ލިބިފައި ވިޔަސް ޒަލަފްގެ ވަނަވަރު ހޯދަން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޒަލަފް މުއްސަނދި ޢާއިލާއެއްގެ ކުއްޖަކަށް ވެއްޖެނަމަ ޔަޤީނުންވެސް ބޮލުން […]