”ހާދަ ވަރަކަށް ތި ބަލަނީ؟…” ނަޒްޔަކް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. އޭރުވެސް އީނާ ހުރީ ދެލޯބޮޑުކޮށްލައިގެން ނަޒްޔަކްއަށް ބަލާށެވެ. އީނާގެ ނިތަށް ރޫތަކެއް ޖަމާވެފައި ވާއިރު ރުޅިއައިސްފައިވާކަން އެމޫނަށް ބަލައިލުމުން އެނގޭހާ ވެއެވެ. ނަޒްޔަކްގެ ޖުމްލައާއެކު އީނާ ދެލޯ ހަނިކޮށްލިއެވެ. ”ޔޫ ޗެކްޑް މައި ފޯން؟…” ހިތްހަމަ ނުޖެހިފައިވާ ރާގަކަށް އީނާ ސުވާލުކުރިއެވެ. އީނާގެ އަޑުގައި ރުޅިވެރިކަން އެކުލެވިގެން ވިއެވެ. ”ނޯ، ދެން އަންހެން ކުއްޖެއްގެ ފޯނު ބަލައިގެން އެކަނިތަ ކުއްޖަކާ ރަށްޓެހިވެގެން އުޅޭކަން އެނގެނީ؟…. އެހެންނޫނަސް […]
”އަނހާ، ޝިޔާރާ….” ބޮޑުކޮޓަރިއަށް ވަދެގެން އައި ޝިޔާރާ ފެނުމުން މުނީރާ ސޯފާއިން ތެދުވެލަމުން އެކުވެރިޔަކާ ދައްކަން އިން ވާހަކަ މެދުކަނޑާލައިފިއެވެ. ޝިޔާރާ އަވަސް ފިޔަވަޅުތަކެއްގައި އައިސް ހުއްޓުލިއިރު މޫނުމަތި ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ތުންފަތަށް ހުތުރު ވައްތަރެއް ޖައްސާލައިގެން ހުރިއިރު އެސޫރަ ފެނުނަސް މީހަކު ބިރުން ހަލާކުވާނެއެވެ. މުނީރާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޝިޔާރާ އެހާ ވަރަށް ރުޅިއައިސްފައި ހުރި ސަބަބެއް އޮޅުން ފިލުވާލަން އޭނަ ސުވާލުކޮށްލިއެވެ. ”މިއުޅޭ ޑިޒައިނަރުން ހާދަ ކަޑައޭ. ކޯސްހަދައިގެން ތިއްބަސް […]
އީނާގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައީ ވަކިވަރެއް ބަލާފައެއް ނޫނެވެ. މޭގައި އުފެދިގެން ދިޔަ ތޫނު ރިހުމާއެކު މޭކަށިގަނޑު ފަޅާލާފައި ހިތް ދެންމެ ދެންމެ ނިކުމެދާނެހެން ހީވިއެވެ. އުނދަގުލާއެކު އީނާ ދޫހަރަކާތްކުރަން މަސައްކަތް ކުރިއެވެ. އެއްވެސް ގޮތަކަށް ފަހަތަށް ޖެހެން އޭނަ ބޭނުމެއް ނޫނެވެ. އިސްވެ އަލްޔަސްއަށް ގުޅީ އޭނައެވެ. ދެން ވާހަކަ ނުދައްކާ ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ލިބިފައިވާ ފުރުސަތު ގެއްލިއްޖެނަމަ ފަހުން ވާނެ ގޮތެއް އެނގެނީކީ ނޫނެވެ. ”އަލްޔަސް….” އީނާއަށް ބުނެވުނީ ނިކަން […]
”އަހަރެންދެކެ ރުޅިއަޔަސް ވަރިހަމަ، އަލްޔަސްތީ އަހަރެންގެ މީހެއް، ދެން ހަމަޖެހުމުގެ ނޭވާއެއް ނުލާނަން އަލްޔަސްއާ ކައިވެނިކޮށްފަ ނޫނީ، ކޮން އީނާއެއް، އެބިޗްގެ ނަންވެސް ތި ހިތުން ނެރެ އެއްލާލާނަން، އަލްޔަސްއަށް ނުފެނޭތަ އަހަރެން އަޔަސްދެކެ ލޯބިވާވަރު، އައި ލަވް ޔޫ ސޯ މަޗް!…. މިހިތް ނަގާފަ ދެއްކޭނެނަމަ، ތީ އަހަރެންގެ މީހެއް، މޮޔަވެއްޖެޔޭ ބުންޏަސް ވަރިހަމަ، އަހަރުމެން ދެމީހުން ބައްދަލުވީވެސް ސަބަބުތަކެއް އޮތީމަ…. ޔޫ އާރ މައިން، އޮންލީ މައިން….” އަލްޔަސް ސައިކަލު ދުއްވާލުމުން ޒެލީން ހިތާހިތުން […]
ނީރާ ”ނައިޓިންގޭލް” އަށް އަންނަން އޮތް ދުވަހު މުނީރާ ހުރީ ގަދަޔަށް ކައްކާލާފައެވެ. ކުޅިދިޔާވާފަދަ މީރުވަހެއް ގޭތެރެއަށް ފެތުރިފައިވާއިރު ފޮނިއެއްޗެހި ހެދުމުގައި ޒަނާއާއި އީނާ އެހީވެދިނެވެ. ގަޑިއަށް ހުރިހާކަމެއް ނިންމާލެވުނެވެ. ”ދަރިފުޅުމެން ދެންދޭ ތައްޔާރުވެލަން….” މުނީރާ އީނާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ޒަނާއާއި އީނާ ކޮޓަރިއަށްދާން މިސްރާބު ޖެހުމުން މުނީރާ، މެއިޑަކަށް ގޮވާލައިފިއެވެ. ކާކޮޓަރީގައި މުނީރާ ހުއްޓާ ޒަވާން ވަންތަން ފެނުމުން އޭނަ ހިނިތުންވެލިއެވެ. ޒަވާން ލުއި ފިޔަވަޅުތަކެއްގައި އައިސް މުނީރާގެ ގައިގައި ބައްދާލިއެވެ. ޒަވާން އުފާވެފައިވާ […]
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ވެސް އީނާގެ ދިގު އިންތިޒާރަށް ނިމުމެއްނައެވެ. ފޯނު ލިބޭނެކަމަށް އޭނަ ކޮންމެ ދުވަހަކު އުއްމީދުކުރެއެވެ. ނަމަވެސް ނަޒްޔަކް އެގެއަށް ނާންނަތާ ފަސްދުވަސް ވެފައިވާއިރު އީނާ ހުންނަނީ ރުޅިއައިސްފައެވެ. ފަހުން ނަޒްޔަކް އޭނަގެ ފޯނު ގެންދިއުމުން އަމިއްލަ ނަފްސާ ޝަކުވާކުރެވުނު އަދަދެއް ނޭގެއެވެ. ޒަވާން އަތަށް ދިންނަމަ މިހާރު ފޯނު ލިބުނީހެވެ. ނަޒްޔަކްގެ ފޯނު ނަންބަރު ހޯދަން އުޅެފައިވެސް އީނާ އެޚިޔާލު ދޫކޮށްލިއެވެ. ކޮލެޖްގެ އިމްތިހާނުތައް ކުރިއަށްދާ ދުވަސްކޮޅަށް ވުމުން ނަޒްޔަކް މާބޮޑަށް ބިޒީވީކަމަކަށްވެސް […]
މެންދުރުވާން ކައިރިވެފައި ވަނިކޮށް އީނާއާއި ޒަނާ ތައްޔާރުވެލައިގެން ބޮޑުކޮޓަރިއަށް ވަންއިރު ޒަވާން ދެކުދިންގެ އިންތިޒާރުގައި އިނެވެ. ޓީވީން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗެއް ބަލަމުން ދިޔައިރު އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް އޭނަ ބަލައިލައެވެ. ”ކޮބާ ނަޒްޔަކް؟…” ޒަނާ މުޅިތަނަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. ”ދެންމެ ގުޅީމަ ބުނި މިއަންނަނީއޭ…” ޒަވާން ސޯފާގެ ލެނގޭބަޔަށް ލެނގިލަމުން އީނާއަށް ބަލައިލަމުން ހިނިތުންވެލިއެވެ. އޭރު އީނާ ހުރީ ކުޑަދޮރުން ބޭރު ބަލަހައްޓައިގެންނެވެ. އެއްލިކަޅިއަކުން ޒަވާން އޭނައާ ދިމާއަށް ބަލަހައްޓައިގެން […]
ކޮޓަރިން ނިކުންނަން އުޅެފައިވެސް އީނާ އައިސް އިށީންދެލީ ރަތާއި ހުދުން ފަރުމާކުރެވިފައިވާ ސޯފާގައެވެ. ކޮޓަރީގެ ކޮންމެ ދިމާލެއްވެސް ވަނީ ރަތާއި ހުދުން ޒީނަތްތެރި ކުރެވިފައެވެ. މޮޅު ކުރެހުންތެރިންގެ ކުރެހުންތަކާއި ފާރުގައި ހަރުކުރާ މާވަށިގަނޑުތަކުން މަޑު ރަތްކުލައަކުން ޕެއިޓްކޮށްލާފައި ހުރި ފާރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އޮފްއަރަމުން ދިޔަ ހުދު މާރބްލްސްތަކަށް އެޅިފައި ވަނީ ސީލިންގްގައި ކުރަހާފައިވާ ރީތި ޑިޒައިންތަކެވެ. އޭސީގެ ފިނިކަން ރަސްކަން ކުރަމުން ދިޔަ ކޮޓަރިއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ސޯފާއާ ކުރިމައްޗަށް ވާގޮތަށް ހުރި […]
ޗެކިންއަށް ވަނުމުގެ ކުރިން އީނާ ފަޒްލާގެ ގައިގައި ބައްދާލީ ބާރަކަށެވެ. ޢާއިލާ ދޫކޮށްފައި ދާންވުމުން އީނާގެ ހިތުގައި އަޅަމުން ދިޔަ ވޭން ކަރުނައިގެ ސިފައިގައި ބޭރުވަމުން ދިޔައެވެ. އެއަށްވުރެ ބޮޑަށް އޭނައަށް އަސަރުކޮށްފައިވަނީ ފަހުފަހަރަށް ވިޔަސް އަލްޔަސް އޭނައާ ބައްދަލުކޮށްލަން ނައީީތީއެވެ. ހިތް ޝަކުވާތަކުން ފުރިފައިވާއިރު އޭނަ ހުރީ ހިސާބަކަށް ރުޅިވެސް އައިސްފައެވެ. ފަޒްލާ އީނާގެ ބުރަކަށީގައި ފިރުމާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ”ނުރޮއި… މަންމަމެން ނެތަސް މުނީރާ އާންޓީ އީނާއަށް އެންމެންގެ ލޯތްބާއި އަޅާލުން ދޭނެ….” ފަޒްލާއަށް […]