ރޫޔާ ލިފްޓުން ނިކުންނަމުން ފިޔަވަޅުތަކަށް ބާރުލިއެވެ. ގެއާއި ތަންކޮޅަށް ދުރަށް ދެވުނުތަނާ ސައިކަލް މަތީ އިން ޒަލަފް ފެނިއްޖެއެވެ. އެހިސާބުގައިވާ ޓްރެފިކް ލައިޓްތަކުގެ ރަތް އަލީގެ ތެރޭން ޒަލަފް ފެނުނު ގޮތް ރޫޔާއަށް ނިކަން ފުރިހަމަ ވިއެވެ. ސައިކަލު މަތީ އިނީ ފިރިހެންވަންތަ ސްޓައިލަކަށެވެ. ދީވާނާ ކުރުވާހާ ވިއެވެ. ފޯނާއި ކުޅެން އިންއިރު ރޯޅިތަކާއެކު ދިގުވެފައިވާ ފަން އިސްތަށިގަނޑު ނިތުމައްޗަށް ފައިބައިގެން ދެއެވެ. ރޫޔާ ލަސް ފިޔަވަޅުތަކެއްގައި ގޮސް ޒަލަފް ކައިރިއަށް ހުއްޓުނެވެ. ރޫޔާގެ ސެންޓްވަސް ނޭފަތުގައި […]
”ސިމީ…” ކުލްޘޫމް މޫނުގައި ފިރުމާލިއެވެ. އޭނައަށް ރަގަޅަށް ވެސް ރޮވިއްޖެއެވެ. އަލްޔަސް ބުނި ކޮންމެ ޖުމްލައަކާ އެކު އޭނަ ދެކުނު ހުވަފެނެން ވިއްސިވިހާލިވެގެން ހިނގައްޖެއެވެ. ދަރިފުޅު ގާތުން ސުވާލުކުރުމެއް ނެތި ކައިވެންޏަށް އެދުމުގެ ނަތީޖާ ފެނިއްޖެއެވެ. ދެން އެމީހުންނާ ހަތަރުކަޅި ހަމަކުރަން ވެސް ލާހިކެއް ނޫނެވެ. ތާއިފްވެސް ރުޅިއައެވެ. އަލްޔަސްއަށް މަޖުބޫރުކޮށްގެން ވިޔަސް އެކައިވެނި ކުރެވޭނެއެވެ. އަލްޔަސް އެބުނާ ކުއްޖަކު ޖެހޭނީ އަލްޔަސްގެ ހަޔާތުން ދުރަށް ދާށެވެ. ”ތާއިފް. ކީކޭތަ އަހަރުމެން ބުނާނީ؟… އެވްރީތިންގް އިޒް ރުއިންޑް…” […]
ކުޑަ ތަންކޮޅަކަށް ދެވުމާއެކު ޒަލަފް ހުއްޓިލަމުން ރޫޔާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭނަ ދެލޯ އަމާޒުކޮށްލީ ރޫޔާގެ ކަޅުކުލައިގެ ދެލޮލަށެވެ. ރުޔާ ގަނޑުވިއެވެ. އެސްފިޔަ ޖަހާލަން ހަނދާންވީވެސް އިރުކޮޅެއް ފަހުންނެވެ. ދުވަސް ގަނޑަކަށް ފަހު ޒަލަފް ފެނުމުން އެހިތުގައި ކުޅެލީ ފޮނި މިޔުޒިކެކެވެ. ރޫޔާގެ މޫނަށް ރަތް ކުލަ ވެރިވެގެން ދިޔައީ ޒަލަފް ބުމަ އަރުވާލަމުން ސިލްކުގެ އޮމާންކަން އެކުލެވިގެންވާ ކޯތާފަތުގައި ފިރުމާލުމުންނެވެ. އެންމެ ބީހިލުމަކުންވެސް އެތެރެހަށީގައި އުފައްދާލީ އުސްމިން ނޭގޭ ބިޔަ ރާޅުތަކެކެވެ. އުށްކޮޅެއްގެ ސިފައިގައި […]
ގެއާހަމައަށް ދެވެންދެން ކާރުތެރެއަށް ފެތުރިފައިވީ ހަމަހިމޭންކަމެވެ. ރޫޔާ އިނީ އަވަދިނެތި މެސެޖްކުރާށެވެ. އީނާ ކުރީ ސީޓުގައި އިންއިރު ފިނިވެފައިވާ އަތުގެ އިނގިލިތަކާ އޭނަ ކުޅެމުން ގެންދިޔައެވެ. ދޭތެރެއަކުން އޭނަ އަލްޔަސްއަށް ބަލާލައެވެ. ހައިރާންވަނީ ބަލާލާ ކޮންމެ ފަހަރަކު ދެމީހުންގެ ހަތަރުކަޅި ބައްދަލު ވާތީއެވެ. އީނާއަށް ކިރިޔާ އިނދެވުނުކަމެވެ. އޭނަ ލަދުން ގޮސް ވިރިގެން ދާާން ކައިރިވިއެވެ. އަލްޔަސްގެ ތޫނު ނަޒަރުން އުފާވެރިކަން އިހުސާސްކުރެވުނެވެ. މިއިން ދުވަހަކު އެފަދަ ބޮޑު އުފަލެއް ލިބުނު ހަނދާނެއް ނޫނެވެ. އޭނަ އިންތިޒާރުކުރަމުން […]
”އިނޫ!…” އީނާ ދާން އުޅުމާއެކު ޒީމަން ގޮވާލިއެވެ. އީނާއަކަށް އެއަޑެއް ނީވުނެވެ. ރުޅިގަދަވެފައި ވަނީ އިންތިހާއަށެވެ. އޭނަ ރެސްޓޯރެންޓުން ނިކުމެގެން މިސްރާބުޖެހީ ސުނާމީ ބިނާއަށެވެ. އެކަނިވެލަން ބޭނުން ވާތީއެވެ. ސިކުނޑިއަށް ފުނިޖެހިފައިވާ ހިޔާލުތައް ގިނަވެ ބޮލަށް އެނބުރުން އަރައިފިއެވެ. ހިސާބަކަށް އަލްޔަސް ދެކެ އޭނަ ހުރީ ފޫހިވެފައެވެ. ވާރޭތުނިކޮށްލާފައި އޮތަކަސް ފައިބާ ފެންތިކިތަކުން އީނާ ހީކަރުވާގޮތް ވިއެވެ. ކަނޑުގައި އުފެދިފައިވާ ތޫފާނާއެކު ތޮށިގަނޑުމައްޗަށް ބިންދާލަނީ ބިޔަ ރާޅުތަކެވެ. ރާޅުގެ މިޔުޒިކީއަޑުގެ ބަދަލުގައި އިވެނީ ބިރުވެރި، ނާމާން އަޑެކެވެ. […]
އީނާ އަވަސް އަރުވާލައިގެން ދަނިކޮށް ސިޑީގެ ހަރުފަތް މަތިން ފައި ކައްސާނުލީވެސް ކިރިޔާއެވެ. އިސްތަށިގަނޑު ތެތްވެފައި ވުމުން ދޮންމޫނަށް ރާޅުބާނީ އިސްތަށިގަނޑުން ބައެއްވަނީ ފައިބާފައެވެ. އަތްފައި ގަނޑުފެންޅޮޅެއްހާ ފިނިވެފައިވުމާއެކު ދެއަތް ޖޯޑުކޮށްލެވުނެވެ. އީނާ ބޮޑުކޮޓަރިއަށް ވަންތަން ބަލަން ހުރި މައިމޫނާ ސިޑިއާ ދިމާއަށް ބޯދިއްކޮށްލިއެވެ. އޭނައަށް ހީވީ ރަގަޅަށެވެ. އަލްޔަސްއާއި އީނާ ސިއްރުން ކަންތައްގަނޑެއް އެބަހިންގައެވެ. އަލްޔަސް ނިކުމެގެން ދިޔަތަން ބަލަން ހުރެފައި މައިމޫނާ ފޫހިކަމާއެކު ކޮޓަރިއަށް ދާން ހިނގައިގަތެވެ. އީނާ ދެކެ އަންނަ ރުޅިގަނޑު ކުރިއަށްވުރެ […]
އިވުނު އަޑުން އީނާއަށް ސިހުން ލިބުނެވެ. ލަސްލަހުން އޭނަ ފަސްއެނބުރި ބަލާލިއެވެ. ކުރިމަތީގައި ހުރި ޒުވާނާ ފެނި އޭނަގެ ދެލޯބޮޑުވެއްޖެއެވެ. އޭނަ ހަލުވިކަމާއެކު އެސްފިޔަތައް ތަޅުވާލިއެވެ. މަންޒަރު ބަދަލެއް ނުވިއެވެ. މުޅިމީހާ ހިސާބަކަށް ގަނޑުވެއްޖެއެވެ. ތަންމިނަށް ހުޅުވާލެވުނު އަނގަ ލައްޕަން ހަނދާންވީ އިރުކޮޅެއް ފަހުންނެވެ. ”ވެލް، އީން ތިވަރަށް ސަޕްރައިޒް ވާނެކަމެއް ކުރިއަކުން ނޭގޭ، އަހަރެންދެކެ ރުޅި އަންނަ މީހަކު ފޫހިއެއްނޫންތަ ވާނީ؟ … އީން ހީވަނީ އަހަރެން ނައިސްގެން އުޅޭހެން، ޔޫ މިސްޑް މީ ރައިޓް؟….” […]