”ބަލާބަ އެ އީނާއަކަށް، ޕިސް ޕިސް، ލަދެއްވެސް ނުގަނެއޭ މީހުން ގިނަ ތަނެއްގަ ހަށިގަނޑުގަ އޮޅުލައިގަނެގެން ތިބޭއިރު، ކީކޭ ދެން ބުނާނީ، ހުޅަނގުގެ ސްޓައިލަށް ވިއްޔާ އުޅެން ޖެހެނީ، އީނާ ކައިވެނި ކުރަން އުޅޭ ކުއްޖާތަ އެއީ؟……..” އުމެއިރާ ދެއްކީ އެމީހުންނާ ތަންކޮޅެއް ދުރުގައި ތިބި އީނާއާއި އަލްޔަސް އެވެ. އަމިއްލަ ދުނިޔެއަކަށް ދެޒުވާނުން ގެއްލިފައި ވާއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. މައިމޫނާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އުމެއިރާ އިނީ އަނގަޔަށް ނުބައި ގޮތެއް ލަދާލައިގެންނެވެ. […]
”މަންމާ…” ފާޚަނާއިން ނިކުތް ރޫޔާއަށް މައިމޫނާ ފެނުމާއެކު ބުނަލެވުނެވެ. މަންމަގެ މޫނު ބަނެވެފައި ވުމުން ސުވާލުމާކު ތަކުން ސިކުނޑި ހާސްކޮށްލައިފިއެވެ. ދެވަނަ ސިކުންތުގައި އޭނައަށް އަވަސް ނޭވަތަކެއް ދޫކޮށްލެވުނެވެ. އޭނަގެ ފޯނު އެއޮތީ މަންމަގެ އަތުގައެވެ. ޒަލަފްގެ ފޯނު ކޯލެއް އައީ ހެއްޔެވެ؟ ރޫޔާގެ ފިޔަވަޅުތައް ގަނޑުވިއެވެ. ހިންދިރުވާލެވުނު ހިނދު ދެލޯބޮޑުކޮށްލެވުނެވެ. ދާހިތްލަން ވެސް ފަށައިފިއެވެ. އޭނަގެ ދުވަސް ދިޔައީއޭ ހިތަށް އެރިއެވެ. ”އަން، ރޫޔާގެ ބައްޕަ އެބަގުޅާ….” މައިމޫނާ ފޫހި ރާގަކަށް ބުނެލިއެވެ. ރޫޔާއަށް ފުންނޭވޭއެއް […]
”ޝިޓް!” އަލްޔަސް އަވަސް އަވަހަށް އެނދުން ތެދުވެލަމުން ޓީޝާޓް ބޮލުން ވައްޓާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި ކާރުގެ ތަޅުދަނޑި ބާއްވާފައި އާދެވުމުން އޭނަ ކޮޓަރިއަށް ވަނީ ދުވެލާފައި ގޮހެވެ. ކާރު ސްޓާޓްކޮށްލަމުން ވެސް އަލްޔަސް އީނާގެ ފޯނަށް ގުޅިއެވެ. ކޮންމެ ފަހަރަކު ލިބޭ ޖަވާބަކީ ފޯނު އޮތީ ނިއްވާލާފައި ކަމެވެ. ”އީނޫ….” އަލްޔަސް ކާރުގެ ހުންގާނަށް އެތިފަހަރެއް ވީއްލާލަމުން ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އަލްޔަސް އިނީ ފުދޭވަރަކަށް ހާސްވެފައެވެ. ސަމާސާ […]
”ލެޓްސް މޫވް…” ޒަލަފް ބުންޏެވެ. އޭރު ޒަލަފްގެ ވާހަކަ ތަކުން ރޫޔާ ހަމައަކަށް އެޅުނެވެ. އެކަމާމެދު ވިސްނިވަރަކަށް ޒަލަފް ބުނިހެން އިތުރަށް ހާސްވެ ކަންބޮޑުވުން ނޫންކަމެއް ނުވާނެއެވެ. ރޫޔާ ބެންޗުން ތެދުވަމުން ހިނިތުންވެލިއެވެ. ޒަލަފް އޭނައާއެކު ވާނެނަމަ ހާސްވެ ކަންބޮޑުވާ ވަރުގެ ކަމަކާ ދިމާނުވާނެއެވެ. ޒަލަފްގެ ލާނެތް ވާހަކަތަކާއި ސަކަ މިޒާޖުން ހިތަށް ފިނިކަން ގެނެސްދެއެވެ. ”ޔޫން…” ދުރުގައި ކުޅެން ހުރި ލުޔޫންއަށް ޒަލަފް ގޮވާލިއެވެ. ޒަލަފްގެ އަޑުއިވުމާއެކު ލުޔޫން ދުވެލާފައި އައެވެ. އޭރު އެދޮން މޫނުގައި […]
”ސޫޕް ބޯލަބަ….” އަވްޝަން މޭޒުމަތީ ހުރި ކުކުޅު ސޫޕްތަށި ނަގަމުން ބުނެލިއެވެ. ރާނިޔާ ކުޑަކޮށް ތެދުވެލުމުން ސޫޕް ސަމުސާއެއް ބޯލިއެވެ. ”ވަރަށް ނުބާ، ނުބޮވޭނެ…” ރާނިޔާއަށް ހީވި ހަބަރު އަނގަޔަށް ލެވުނު ހެންނެވެ. އަރުތެރެއިން އެތެރެއަށް އެދިޔައީވެސް އެހާމެ އުނދަގުލުންނެވެ. ހޮޑު ނުލެވުނީވެސް ކިރިޔާއެވެ. އަވްޝަން އަވަސް އަވަހަށް ތައްޓަކަށް ފެން އަޅަމުން ރާނިޔާގެ ތުނބުގައި ޖައްސާލިއެވެ. އެއްނޭވާއިން ފެންތަށި ހުސްކޮށްލަމުން ރާނިޔާ ފުން ނޭވާއެއް ލިއެވެ. ކަރުތެރޭގައި ހިތިއެއްޗެއް ތާށިވެފައިވާހެން ވެސް ހީވިއެވެ. ”ދުފާ އެއްޗެއް […]
”އީނޫ…” އީނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަލްޔަސް އީނާގެ އަތަށް މަޑުމަޑުން ފިތާލައިފިއެވެ. ސިހިފައި އީނާއަށް އަތް ދަމައިގަނެވުނެވެ. އޭރު އޭނަގެ ނިތްކުރީގައި ދާތިކިތައް ވިދައެވެ. ”ހާދަ ވަރަކަށް ހާސްވެފަ ތިހުރީ؟…. ޖިންނިއެއް ފެނުނީތަ؟…” އަލްޔަސް އީނާ ބަލަހައްޓައިގެން ހުރި ދިމާއަށް ނަޒަރު ހިންގާލަމުން އަހާލިއެވެ. ހައިރަންވާ ފަދަ މަންޒަރެއް ނުފެނެއެވެ. އިރުއޮއްސި އުދަރެހުގައި ވަނީ އަލިފާންކުލައިގެ ބޮޑެތި ވިލާގަނޑުތަކެވެ. އަނދިރިކަން ހިސާބަކަށް ފެތުރިފައިވާއިރު ތެދިން ތަރިތައް ދުރުން ފިޔަޖަހާލާ މަންޒަރު ފެނެއެވެ. ”އޫމްމް، ހީވީ ދެންމެ […]
އީނާއާއި އަލްޔަސް ތިބީ ގޭގެ ޓެރެސްގައި ހުރި އުނދޯލީގައެވެ. މެންދުރުގެ ވަގުތައް ވިޔަސް އިރުގެ ހޫނު ކަމުގެ އަސަރެއް ނުކުރެއެވެ. ދޭތެރެއަކުން ފެންތިކިތައް ފައިބައިގަންނައިރު ގުގުރާލައެވެ. އަތުގައި އޮތް އައިސްޕެކުން އަލްޔަސްގެ ނިތުގައި ދުޅަވެފައިވާ ހިސާބުގައި އީނާ މަޑުމަޑުން ގަނޑުފެން ހާކާލަދިނެވެ. އަލްޔަސް އަށް ތަދުނުވާނެހާ މަޑުންނެވެ. ”ތަދުވޭތަ؟…” އަލްޔަސް ލޯމަރާލުމުން އީނާ ސުވާލުކުރިއެވެ. އަލްޔަސް އަށް ހާނިކަވުމުން އީނާ ހުރީ ދެރަވެފައެވެ. މާރާމާރީ ނުހިންގާ ދޫކޮށްލިނަމައެވެ. މިއަދު އަލްޔަސްގެ ރުޅިގަނޑުފެނި އޭނަ ޖެހިލުންވި ހިނދުކޮޅެއްވެސް އައެވެ. […]
ރަމީޒު ކޮޓަރިއަށް ވަދެފައި ނިކުމެގެން އައީ ކުޑަވަރެއްގެ ކަތުރެއް ހިފައިގެންނެވެ. އީނާގެ ފޮޓޯ ކަތުރުން ކޮށާ ކުދިކުދިކޮށްލަމުން ، އިސްތަށިކޮޅުތަކާއި ފޮޓޯތައް އޭނަ ލީ ޑަސްބިނަށެވެ. އީނާ ފަދަ މައުސޫމް ކުއްޖެއްގެ ކުށެއްނެތި އެހާ ބޮޑު އަނިޔާއެއް ދޭން އޭނަގެ ޒަމީރު ދެކޮޅު ހެދީއެވެ. އޭނަ ބޭނުންވި ފައިސާކޮޅު ލިބިއްޖެއެވެ. މިނިވަންކަމާއެކު އުފަލުގައި އުޅެން އޭނާ އީނާ ދޫކޮށްލީ އެވެ. އީނާއަށް ވެސް އުފަލުގައި އުޅުމުގެ ހައްގުލިބެން ވާނެއެވެ. މައިމޫނާ ގެއަށް އައިސް ވަންތަނާ ފަޒްލާގެ ސުވާލުތަކާއި […]
މައިމޫނާގެ އިންތިޒާރަށް ނިމުމެއް އައީ އިރާކޮޅުގެ ވަގުތެއްގައެވެ. ރަމީޒުގެ ނަންބަރު ލިބުމުން އޭނަ ހުރީ ހެވި ދިއްލިފައެވެ. މިއިން ދުވަހަކު އެހާބޮޑަށް އުފާވި ހަނދާނެއް އޭނަ ނުވެއެވެ. އެކަކުވެސް ނޫޅޭ ގަޑިއެއް ބަލާފައި އޭނަ ރަމީޒަށް ގުޅީ ލޭންޑްލައިނުންނެވެ. ރަމީޒު ބުނީ އޭނައާ ބައްދަލުކުރަން އެގެއަށް މާދަމާރޭ އައުމަށެވެ. ”މިރޭ އަޔަސް ރަގަޅުތަ؟…” މައިމޫނާ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށް ބުންޏެވެ. ”އޯކޭ ވާނެ… އެކަމަކު އަންހެން ކުއްޖާގެ ބޮލުގެ އިސްތަށިކޮޅަކާ ފޮޓޯއެއް ބޭނުންވާނެ….” ރަމީޒު ބުންޏެވެ. މިރޭ […]