Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…17

މުތާ/ ސ.ހިތަދޫ Level 210 Stories
April 20, 2014 7 Mins Read
7 Comments

މެންދުރުގެ ވަގުތެވެ. ފަޒްލާ އާއި މައިމޫނާ ތިބީ ބަދިގޭގައެވެ. މެންދުރުގެ ކެއުން ތައްޔާރު ކުރަމުން ދިޔައިރު އަވްޝަން އާއި ރާނިޔާ މާލެ އަންނަ ޚަބަރު ލިބިފައިވުމުން ގަދަޔަށް ކައްކާލަން ފަޒްލާ ބޭނުންވިއެވެ. މައިމޫނާ ފިޔައާއި މިރުސް ކޮށަން އިންއިރު ފުން ހިޔާލެއްގެ ތެރެއަން އޭނަ އިނީ ގެއްލިފައެވެ. އުމެއިރާގެ ވާހަކަތަކުން އޭނައަށް ކުޑަ ހަމަޖެހުމެއް ލިބިފައި ވިޔަސް ޒަލަފްގެ ވަނަވަރު ހޯދަން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ޒަލަފް މުއްސަނދި ޢާއިލާއެއްގެ ކުއްޖަކަށް ވެއްޖެނަމަ ޔަޤީނުންވެސް ބޮލުން އެތައް ހާސް ޓަނުގެ ބަރުދަން ލުއިވާނެ އެވެ. ނަމަވެސް އީނާ ފެންނައިރަށް އޭނަގެ ތަބީއަތު ގޯސްވެއެވެ.

”މަންމާ…” އީނާ ދުވެލާފައި އައިސް ބަދިގެއަށް ވަނެވެ. އޭނަ ހުރީ ހާސްވެފައެވެ. އީނާގެ އަޑަށް ފަޒްލާ ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އީނާއަށް ބަލާލިއެވެ. ދަރިފުޅުގެ ދެލޮލުގައިވާ ހާސްކަން ފެނި ފަޒްލާ އަވަސް އަވަހަށް އީނާގެ އަތުގައި ހިފާލިއެވެ.

”ވަޓް ހެޕެންޑް؟…” ފަޒްލާއަށް އަހާލެވުނެވެ.

”ފޯނު ގެއްލިގެން މިއުޅެނީ….” އީނާގެ އަޑު ކުރެހުނެވެ. އަލްޔަސް އެހާ ލޯބިން އޭނައަށް ދިން ހަދިޔާ ވީނުވީއެއް ނޭގި ގެއްލުމުން އީނާއަށް ނުރޮވުނީ ހަމަ ކިރިޔާއެވެ. ތުންފަތުގައި ދަތްއަޅާލި ހިނދު މޫނުމަތިން ފާޅުވެގެން ދިޔައީ މޮޅިވެރިކަމެވެ. ގޭގެ ހުރިހާ ދިމާއެއް ހޯދާ ނިމުނު އިރުވެސް ފޯނު ފެންނަ ގޮތެއް ނުވިއެވެ. މީހަކު ފޯނު ވަގަށް ނެގީ ހެއްޔެވެ؟ ގޭގެ ހުރިހާ ތަނެއް ތަޅުލާފައި ވީއިރު ފޯނު ގެއްލުމުގެ ފުރުސަތެއް ނޯންނާނެއެވެ.

”ކޮޓަރި ބެލިންތަ؟….” ފަޒްލާއަށް އަހާލެވުނެވެ. ”ބަލައިފިން، ގޭގެ ހުރިހާ ތަނެއްވެސް ބަލައިފިން….” އީނާގެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައެވެ. އަލްޔަސް އޭނަދެކެ ރުޅި އަންނާނެ ބާއެވެ! އޭނަގެ ފަރުވާކުޑަކަމުން ގެއްލިގެން ދިޔައީ އަގުބޮޑު ފޯނެކެވެ. ފޯނު ގެއްލުމަށްވުރެ ބޮޑަށް އީނާ ދެރަވެ ހިތުގައި ޖެހުނީ އޭނަދެކެ އަލްޔަސް ރުޅިއައިސް ދާނެތީއެވެ. އަގުބޮޑު ހަދިޔާއެއް ދިނީމަވެސް އެއަށް ރައްކާތެރި ނުވެވުނެވެ.

”ގެއްލޭނެއެއްނު އެއްޗަކަށް ވެލޫކުރާކަށް ނޭގޭ ވިއްޔާ، ކޮންމެ ދިމާއަކަށްވެސް އެއްލާލާފަ ގެއްލުނީމަ ދެން ދެރަވުމުގެ ބޭނުމަކީ ކޮބާ؟… ތި ފޯނު ވަގަށް ނެގީކަން ޔަޤީން….” މައިމޫނާ ފަރުވާކުޑަ ރާގަކަށް ބުނެލާފައި އޭނައާއި ހަވާލުކުރެވުނު މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

”މައިމޫނާ!….” ފަޒްލާ އަޑަށް ބާރުލިއެވެ. މީހަކަށް ހިތާމައެއް ލިބުނަސް އެކަމުގައި ބައިވެރިވުމެއް ނޯވެއެވެ. އިތުރަށް އެމީހެއްގެ ޒަހަމްތައް ފުންކޮށް ލޮނުމިރުސްލުން ނޫންކަމެއް މައިމޫނާއަކަށް ނޭގޭނެއެވެ. ފަޒްލާގެ ހަޅޭކުގެ އަޑުން މައިމޫނާގެ މެޔަށް ފިނިވިއެވެ. ދެން އިތުރަށް އެންމެ ލަފުޒެއްވެސް ދުލުން ބޭރުކުރާކަށް ނުކެރުނެވެ. ބޭބެގެ ހިޔާވެހިކަމުގެ ދަށުގައި އުޅޭކަން ހަނދާން ނައްތައެއް ނުލެވޭނެއެވެ. ފަޒްލާ އޭނަ ގެއިން ނެރެލައިފިއްޔާ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އޭރުން އޭނަ ބިކަހާލުގައި ޖެހިދާނެއެވެ. އުމެއިރާ އުޅޭ އެޕާރޓްމެން އޮންނަނީ މީހުންތަކުން ފުރާލާފައެވެ. ހަތަރުއުދަރެސް ފެނު ޖެހުނަސް އޭނަ ރަށަށް ނުދާނެ އެވެ.

”ސާޗްކޮށްލީމަ ފެނިދާނެ، ގެއަށް ބޭރުތެރެއިން އައިސް އެކަކުވެސް ނުވަދޭ….” ފަޒްލާ އީނާގެ ބޮލުގައި ފިރުމާލިއެވެ. ފަޒްލާގެ ޖުމްލައިން އީނާގެ ހިތަށް ފިނިކަމެއް ނުލިބުނެއެވެ. އެއީ އާދައިގެ ފޯނެއް ނޫނެވެ. އަލްޔަސް އޭނައަށް ދޭކޮންމެ ހަދިޔާއެއް ހާއްސަވެފައިވަނީ ވަކިވަރެއް ބަލަފައެއް ނޫނެވެ. އޭނަގެ ހުއްދައެއްނެތި އެއިން ހަދިޔާއެއްގައި އަތްލާންވެސް ހިތްނުރުހެއެވެ. އީނާގެ ރީތި ދެލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައިރު އެސްފިޔަތައް ތެމިއްޖެއެވެ. އޭނަ ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. ފޯނު ހޯދަން ފަޒްލާވެސް އެހީވެ ދިނެވެ.

މައިމޫނާ ދޮރުން ބޯދިއްކޮށްލަމުން ދެއަތް ޖޯޑުކޮށްލިއެވެ. ވިހަ ހިނިތުންވުމަކާއެކު އޭނަ ގޮސް އައިސްއަލަމާރި ހުޅުވާލާފައި ފެންފުޅިއެއް ނެގިއެވެ. އައިސް ފެންފޮދަކުން ކަރުތެރެ ތެންމާލަމުން އޭނަ ދެލޯ މަރާލިއެވެ. މައިމޫނާގެ މޫނު ވަނީ އުޖާލާ ވެފައެވެ. އޭނަގެ ރޭވުންތައް ފެށުނީއެވެ. ސަލާމަތްވާން އީނާއަށް ލާހިކެއް ނޫނެވެ. ފުރަތަމަ އެތިފަހަރު އެއްލަން ތައްޔާރުވެ ނިމިއްޖެއެވެ.

”ކިތަންމެ ވަރަކަށް ހޯދިޔަސް ފޯނެއް ނުފެންނާނެ…..” މައިމޫނާ ހިތާހިތުން ކިޔާލަމުން މޫނުގައި ފިރުމާލުމާއެކު މޫނުން ދިލަ ނަގަން ފެށިއެވެ. ރަގަޅަށް އަތްވެސް ދޮވެލުމެއް ނެތި މޫނުގައި ފިރުމާލުމުން މައިމޫނާއަށް ހަޅޭއްލަވައިގެނެވުނެވެ. އަވަސް އަވަހަށް އައިސް ފެންފޮދެއް މޫނަށް ބުރުއްސާލަމުން މައިމޫނާ ދުއްވައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

”އީން އިޓްސް ނޮޓް ދެއާރ….” ރޫޔާ ބޮޑުކޮޓަރީގެ ސޯފާގައި ޖައްސަލަމުން ބުންޏެވެ. އެއްގަޑިއިރުވަންދެން ފޯނު ހޯދިއިރުވެސް ފެންނަގޮތެއް ނުވިއެވެ. މީހަކު ފޯނު ނުނަގާނަމަ ގެއްލުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

”ރޫ… ސޭމް ރުޅި އަންނާނެ…..” އީނާ ދެރަވެފައި އިނދެ ބުންޏެވެ. ދެއަތުން މޫނު ފޮރުވާލައިގެން އިންއިރު ހިމަހޯލި އިނގިލިތަކުގެ ތެރޭން ދެމިގެން ގޮސް ކަރުނަތައް ފައިބައިގަތެވެ. ރޫޔާ އަވަސް އަވަހަށް އީނާ ކައިރިއަށް ޖެހިލިއެވެ.

”އީނޫ، ނެގެޓިވްކޮށް ނުވިސްނަބަލަ، ފޯނެއްގެ ސަބަބުން ސޭމް ރުޅިއަންނަންވީ ކީއްވެ؟، ސޭމް އީނުދެކެ ވާލޯބި ކޮންމެ މީހަކަށް އަންދާޒާ ކުރެވޭނެ ސޯ ލެޓް އިޓް ގޯ…..” ރޫޔާ ވިސްނައިދޭން މަސައްކަތްކުރިއެވެ. އީނާ ކަރުނަތައް ފޮހެލަމުން ހަމަޖެހިލަން ފުން ނޭވާއެއް ލިއެވެ. ރޫޔާ ތަފާތު ވާހަކަތައް ދެއްކިއެވެ. އެވެސް އީނާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަން ވެގެންނެވެ.

”ވޯއު، އީނޫއަށް ކިހިނެއް ވީތަ؟ ޕްރިޓީ ފޭސް ހާދަ ވަރަކަށް ޑަލްވެފަ ތިހުރީ….” އަލްޔަސްގެ އަޑު އިވުމުން ރޫޔާއާއި އީނާއަށް އެކީއެއްފަހަރާ އަޑުއައި ދިމާއަށް ބަލާލެވުނެވެ. އަލްޔަސް ބުމަ އަރުވާލާފައި އައިސް ސޯފާގައި އިށީނެވެ. އީނާ އިސްޖަހާލަމުން އަތުގެ އިނގިލިތަކާ ކުޅެން ފެށިއެވެ. ބޮޑުކޮޓަރިއަށް ވެރިވެގެން ދިޔަ ހިމޭންކަމުން އަލްޔަސްއަށް އުނދަގޫވިއެވެ. ރޫޔާ އާއި އީނާ ކަމެއް ސިއްރުކުރާހެން ހީވިއެވެ. ރަތްވެފައިވާ އީނާގެ ދެލޯ ހެކިދެނީ ރޮއިފައިވާ މިންވަރެވެ. ކަމެއް ގޯސްވީ ހެއްޔެވެ؟ ރޫޔާ ދިޔައީ ކޮޓަރިއަށެވެ.

ރޫޔާ ދިއުމާއެކު އަލްޔަސް އީނާގެ އަތުގައި ހިފާލަމުން ގޮވާލިއެވެ.

”ވަޓް ހެޕެންޑް؟…” އަލްޔަސް އީނާގެ ހިމަހޯލި އިނގިލިތަކާ ކުޅެލުމުން އީނާގެ ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހުނެވެ. އެއަތުގެ ކޮންމެ ބީހުމަކުން ހަށިގަނޑުގައި ވަރުގަދަ ތޫފާނެއް އުފެދެއެވެ. އެބީހުންތަކަށް ހިތް އެދެން ފެށިއެވެ.

”އީން ވާހަކަ ދައްކަބަލަ….” އަލްޔަސް އީނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ހަތަރަކަޅި ހަމަކޮށްލިއެވެ. އޭރު އަލްޔަސްގެ ހިތުގެ ވިންދު އަވަސް ވެއްޖެއެވެ.

”ސޭމް….” އީނާއަށް ބުނެވުނެވެ. އިތުރަށް އެކަން ސިއްރުކުރަން އީނާ ބޭނުމެއް ނުވިއެވެ. ”ހޫމްމް…” އަލްޔަސް ހިނިތުންވުމަކާއެކު އޭނަގެ ސަމާލުކަން އީނާއަށް ހުއްޓާލިއެވެ.

އީނާ ފޯނު ގެއްލުނު ވާހަކަ ބުނުމުން އަލްޔަސް ހިނިގަނޑެއް ޖަހާލިއެވެ. އީނާއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ”އެވަރުގެ ކަމަކާތަ އީނޫ ތި ރޮނީ؟…. އޭގެ ތިން ފޯނުވެސް ދީފާނަމޭ، ނައު ސްމައިލް…..” އަލްޔަސް ހުނުން ކޮންޓްރޯލް ކުރަމުން އީނާގެ ކޯތާފަތުގައި ފިރުމާލިއެވެ. ކަރުނައިގެ ތެރޭން އީނާ ހީލަން އުޅުނެވެ. އަލްޔަސް ރުޅިއައިހެނެއް ހިޔެއް ނުވެއެވެ. އެކަން ބޮޑުކަމަކަށް ވެސް ނުވިއެވެ.

”ކުޑަ ކަންކަމާ އާންމުކޮށް ރޯނީ ކުޑަކުދިންނެއްނު، ތިހާ ފްރެޖައިލް ކުއްޖަކަށް ވީމަ ގެންގުޅެން ޖެހެނީ ވަރަށް ބަލައިގެން….” އަލްޔަސް އީނާ ގެނެސް އެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. ”ސޭމް ރުޅި އައިސްދާނެހެން ހީވީ، އެހެންވެ ބޮޑަށް ދެރަވީ، އެކަމަކު މިހާރު އިހްސާސް ކުރެވިއްޖެ ސޭމް އަހަރެންދެކެ ލޯބިވާ މިންވަރު…” އީނާގެ ވާހަކަ ދެއްކުމުގެ ރާގު ބަދަލުވިއެވެ. އަލްޔަސް އީނާގެ ނިތަށް ބޮސްދެމުން އޭނަ ލޯބިވާކަން ތަކުކާރުކޮށް ބުންޏެވެ.

މައިމޫނާ ކޮޓަރިން ނިކުމެފައި ހުރީ ހުއްޓުން އަރާފައެވެ. އިވުނު އަޑާއި ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އޭނަ އުއްމީދު ކުރިފަދަ ގޮތަކަށް އެއްވެސް ކަމެއް ކުރިއަކަށް ނުދިޔައެވެ. އީނާއާއި އަލްޔަސް ދެމެދުގައި ވަނީ ބާރުގަދަ ގުޅުމެކެވެ. ދެމީހުން އެކަކު އަނެކަކަށް އިތުބާރުކުރަނީ އިންތިހާއަށެވެ. ލޯބިވެސް މެއެވެ. މައިމޫނާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ.

އަވްޝަން އާއި ރާނިޔާ އައުމުން ގެއަށް ވެރިވެގެން ދިޔައީ އުފާވެރިކަމެވެ. ފަޒްލާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފޭބިއެވެ. މާތްﷲ އޭނަގެ ދުޢާތައް އިޖާބަކުރައްވައިފިއެވެ. ޝިޔާޢުވެސް ހުރީ އުފަލުންނެވެ. ގެއަށް އަންނަން އުޅޭ ކުޑަ މެހުމާނަށް އިންތިޒާރު ކުރެވެން ފެށުނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ރާނިޔާގެ ހަށިގަނޑުގައި ބައްދާލަމުން އީނާ ”ކޮންގްރާ” އޭ ބުންޏެވެ. ކުލްޘޫމް އާއި ތާއިފް ވެސް އެރޭ ”ވޯޓާރ ގޭޓްސް” އަށް ދިޔައެވެ.

މައިމޫނާ ބޮޑުކޮޓަރިން ނިކުމެގެން ގޮސް ވަނީ ބަދިގެއަށެވެ. ދެޢާއިލާގެ މެންބަރުންތަކުން ބޮޑުކޮޓަރި ފުރާލާފައި ވާއިރު ދެކެވެމުން ދިޔައީ އީނާއާއި އަލްޔަސްގެ ކައިވެނީގެ ވާހަކަ އެވެ. ކައިވެނި އަވަސް ކުރެވުމުގެ ވާހަކަ އެވެ. މައިމޫނާ ރުޅިއައީ އެހެންވީމައެވެ. އީނާއަށް އުފަލެއް ލިބެން އޭނަގެ ހިތެއް ނޭދެއެވެ. އުމެއިރާއާއި ވާހަކަ ދައްކަން ވީއެވެ. ޒަލަފްގެ މައުލޫމާތު ހޯދަން ބުނީމަވެސް އުމެއިރާއަށް އެކަންވެސް ފުރިހަމަވިހެނެއް ހިޔެއް ނުވެއެވެ. މައިމޫނާގެ އެތެރެހަށި އަނދައިގަތެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމެއް ނެތި ބަހަނާއެއް ދައްކާލާފައި އޭނަ ދިޔައީ އުމެރިއާގެ ގާތަށެވެ.

”ފަޒޫ، އަހަންނަށް ފެންނަނީ އަވަހަށް ސޭމް އެންޑް އީނޫގެ ކައިވެނީގެ ކަންތައް ހަމަޖައްސަން، މިހާރުވެސް ދެކުދިން އެއުޅެނީ ލަސްވެގެން ވިއްޔާ….” ކުލްޘޫމް އީނާއާއި އަލްޔަސްގެ މޫނަށް ބަލާލަމުން ބުންޏެވެ. ފަޒްލާއަށް ބަލާލެވުނީ ޝިޔާޢުގެ މޫނަށެވެ. އޭނަ އިނީ ޝިޔާޢުގެ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭނަވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އެކައިވެނި ކުރުވުމަށެވެ. އީނާ އުފަލުފައި އުޅޭތަން ދެކެން ހާދަ ބޭނުމެވެ.

”އެންމެ ރަގަޅު ތިގޮތް ވެސް….” ޝިޔާޢު ދިނީ ފަޒްލާ ބޭނުންވި ޖަވާބެވެ. މިޒަމާނުގައި ޒަވާޖީ ހަޔާތެއް ފަށައިގެން ކިޔަވަމުން އަންނަނީ ކިތައް ކުދިން ހެއްޔެވެ؟ އީނާ އަކީ ހީވާގި ކުއްޖެކެވެ. ގޭގެ ހުރިހާ މަސަކަތެއްގެ އިތުރުން ކިޔަވުމާއިގެން ވެސް ކުރިއަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތެވެ.

އީނާ އަލްޔަސްގެ ދެލޮލުގެ ތެރެއަށް ގެއްލިފައިވަނިކޮށް ސިހުނީ ރާނިޔާ އޭނަގެ އަތުގައި ވިކާލުމުންނެވެ. ކޯތާފަތް ފަވާލެވުނު ކުލަތަކުން އީނާގެ މޫނު ރަތްވިއެވެ.

”ސްޓެއަރިން ކޮންޕެޓިޝަނެއްތަ؟…” ރާނިޔާ ދިމާކުރާ ރާގަކަށް ބުންޏެވެ. އީނާ ”ދެން” އޭ ކިޔާފައި ޖޫސްތަށި ތުނބުގައި ޖައްސާލި ހިނދު ލަދުން ގޮސް މަރުވާވަރު ވިއެވެ. މަންމަމެން އޭނަގެ ކައިވެނީގެ ވާހަކަ ދައްކަން ފެށުމުން އީނާ ކާކޮޓަރިން ނިކުމެގެން ދިޔައެވެ.

އީނާ ދިޔަތާ އިރުކޮޅެއް ނުވަނީސް އަލްޔަސް ވެސް ބޭރަށް ނިކުތެވެ.

***

”ހުވާ އީނާގަނޑަށް ޒަހަރުދީ މަރާލާނަމޭ ހިތަށް އަރާ….” މައިމޫނާ އުމެއިރާއާއެކު ބެލްކަނިއަށް ނިކުންނަމުން ބުނެލިއެވެ. އޭނަ މިރޭ ދެކެވުނު ވާހަކަތައް އުމެއިރާއަށް ކިޔައިދިނެވެ.

”މުޅިން ގޯސްކޮށްނު ތިދަނީ…” އުމެއިރާ ރެއިލިންގްއަށް ލެނގިލަމުން ބުންޏެވެ. ދެމީހުންގެ ރޭވުމަގައި ހަގީގީ ކުލަ ޖެހުމުގެ ފުރުސަތު ނުލިބެނީސް ވާން މިއުޅެނީ ހާދަ ދެރަގޮތެވެކެވެ. ބަލި ގަބޫލުނުކުރެވޭނެ އެވެ. ތަންކޮޅެއް އަވަހަށް އީނާގެ ކަރަށް މަޅި މަހާލަން ވީއެވެ. އެހެންނޫނީ މާބޮޑަށް ވެސް ލަސްވެދާނެ އެވެ.

”ރިލޭކްސް މޫނީ، ވީވިލް ސަކްސެސް….” އުމެއިރާ ބުނެލިއެވެ.

”ތިވާހަކަ އިހަށް ބާއްވަބަލަ، އެއްކަލަ ޒުވާނާ އަކީ ކާކުކަން އެނގިއްޖެތަ؟….” މައިމޫނާ ފޫހިވެފައި ހުރެ އަހާލިއެވެ. ”ހޫމްމްމް، އޭނަގެ ނަމަކީ ޒަލަފް. އައްޑޫ ބަޔެއްގެ ކުއްޖެއް އެއީ، އެކަމަކު އެމީހުންގެ ގެއެއް އެބަހުރި މާލޭގަ…” މައިމޫނާ ބޭނުންވެފައި ހުރި މައުލޫމާތުތައް އުމެއިރާ ސާފުކޮށްދިނެވެ.

”މުއްސަނދިބައެއްތަ؟….” މައިމޫނާ އޭނަގެ މައުޟޫޢަށް ދިޔައެވެ.

”ހޫމްމް، ޒަލަފްގެ ބައްޕަ އަކީ ރިޒޯޓެއްގެ މެނޭޖަރެއް، ގޭގެ ބޮޑުބައި އޮންނަނީ ކުއްޔަށް ދީފަ، މިހާރު މާލެއިން ކުޑަ ގޯއްޗެއް ލިބުނަސް މީހުން މުއްސަނދިވޭ، މޫނީއަށް އެގެ ފެނިއްޖެނަމަ ފެއިންޓް ވެދާނެ، އިހުގެ ގޮތަށް ހުއްޓަސް ޒަމާނީ ކުލަވަރުތައް އެތެރެއިން ފެންނާނެ…” އުމެއިރާ ޖަވާބު ދިނެވެ. މައިމޫނާގެ ދެލޯ ވިދާލިއެވެ. އޭނައަށް ލިބެން މިއުޅެނީ ކޮންފަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟ ޒަލަފްގެ ބޭނުންކޮށްގެން ބޮޑު ލާރިގަނޑެއް ލިބޭނެއެވެ.

”ބޮޑު ޖަވާހިރެއް ރޫޔާ ތިހޯދައިދިނީ، ތި ޖަވާހިރުގެ ބޭނުން ހިފާތި….” އުމެއިރާ އިތުރުކޮށްލިއެވެ.

ދެހަފްތާ ފަސް…..

އޮމާން ކަނޑުގެ ފޭރާން މެދުން ވީދާލާފައި ބާރު ސްޕީޑެއްގައި ލޯންޗް ދުއްވަމުން ދިޔައިރު މިލަހަނދުވަރުގެ ތެރޭން ލޯންޗްގެ މަންޒިލް ދުރުން ފެންނަން ފަށައިފިއެވެ. ބޮކިތަކުން ދިއްލާ އަޅާފައިވާ ”ނައިޓިންގޭލް ރިޒޯޓް” ފެންނަމުން ދިޔައީ ރީތި ތަސްވީރެއްގެ ސިފައިގައެވެ. ޗައިނީސް ނިއު އިޔާރއަށް ފަޒާގެ ތެރެއަށް ދޫކޮށްލެވިފައިވާ ފްލައިންގް ލެންޓާންތައް ވަޔާއެކު އެނބުރެމުން ދިޔައިރު ކަޅުއަނދިރިކަން ވެރިވެފައިވާ އުޑު ވަނީ އަލިފާންކުލައިން ދިއްލާލެވިފައެވެ. ރޯޅިތަކުގެ ބީހުންތަކާއެކު ލެންޓާންތައް ދުރުދުރަށް ފެތުރިގެން ދާއިރު ހަވާގެ ރީތި އަލިކޮޅުތައް ފަޅައިގެން ގޮސް ދުރަށް ބުރުއްސައިގެން ދާމަންޒަރު ބަލަން ހުއްޓުން އަރާފައި އީނާ އިނެވެ. އަލްޔަސް ދާދި ގާތުގައި އިންއިރު އޭނަގެ ސަމާލުކަން ދެވިފައިވަނީ އީނާއަށެވެ.

”އިޓްސް ބިއުޓިފުލް…” އީނާ އާގަމަވެފައިވާ އަޑަކުން ބުންޏެވެ. ލޯންޗް ރިޒޯޓާއި ކައިރިވަމުން ދިޔަވަރަކަށް މަންޒަރުތަކުގެ ރީތިކަން އިތުރުވެގެން ދެއެވެ. މިއީ އޭނައަށް އަލަށް ފެނުނު މަންޒަރުތަކެވެ. ބަލާބަލާ ފޫހިނުވާނެކަން ގައިމެވެ.

”ހެޕީ ބާތް ޑޭ….” އަލްޔަސް އީނާގެ އަތްތިލައަށް ފިތާލަމުން ބުންޏެވެ. ”ތޭންކްސް…” އީނާ ހިނިތުންވެލިއެވެ. އަލްޔަސް އޭނައަށް ދޭން ބުނި ”ސަޕްރައިޒަކީ” މިއީތާ އެވެ. މިއަދު އޭނަ ވަރަކަށް ތަޅުވާލާފައި ދިން ހަދިޔާ ވަރަށް ބޮޑަށް ކަމުގޮއްސި އެވެ.

ލޯންޗް ފާލަމަށް ލެފުމާއެކު އަލްޔަސް އީނާގެ އަތުގައި ހިފަހައްޓާލަމުން ލޯންޗުން ފޭބިއެވެ. އީނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ފަނޑު ހަނދުވަރުގެ ތެރޭން ތަންތަން ފެންނަގޮތް ނިކަން ޗާލެވެ. ފާލަންގެ ދެފަރާތުގައިވާ ލައިޓްތަކުގެ އަލިވަރު މޫދަށް އެޅިފައި ވާއިރު ކުދިމަސްތައް ދުވެލާ މަންޒަރު ފެނެއެވެ. ލަސް ހިނގުމެއްގައި ދެޒުވާނުން ހިނގާލާފައި ދިޔައިރު އީނާގެ މޫނުމަތިން ފެންނަނީ ނިމުމެއްނެތް އުފާވެރިކަމެވެ.

”ބުނާނެ އެއްޗެއް ނޭގިފަ މިހުރީ…..” ބީޗް ރެސްޓޯރެންޓުން ބުކްކޮށްފައިވާ މޭޒު ކައިރިއަށް ހުއްޓިލަމުން އީނާ އަނގަ ތަންމިނަށް ހުޅުވާލިއެވެ. ރާޅުތައް މެދުކެނޑުމެއްނެތި ގޮނޑުދޮށަށް ބީއްސާލާއިރު ވީލާތަކުން ފުސްވެފައިވާ ހަނދު ފެނެއެވެ. ވިލާތައް ގިނަ ރެއެކަށް ވުމުން ތަރިތަކުގެ ވިދުން ވަނީ ގެއްލިފައެވެ.

”ރަގަޅު ތަ؟…. އީނޫގެ ޓެސްޓް ނޭގޭތީ އެރޭންޖްމެންޓް އެދިއިރު ކުޑަކޮށް އުނދަގޫވި އެކަމަކު ރޫގެ އެހީއާއެކު މިވަރުވެސް ކޮށްލެވުނީ….” އަލްޔަސް އީނާގެ މޫނަށް ފުންނަޒަރެއް ހިންގާލިއެވެ. ތައްޓެއްގެ ތެރޭގައިވާ އުއްބައްތީގެ ހުޅުކޮޅު ރޯޅިތަކާއެކު ނަށާލަމުން ދިޔައިރު ލުއި ހުވަދެއްގެ ވަސް ފެތުރިފައި ވެއެވެ.

”ގްރޭޓް، މި ސަޕްރައިޒް މަތިން ދުވަހަކު ހަނދާން ނައްތާނުލެވޭނެ، ހީވަނީ ޕެރެޑައިސްއެއްގައި އުޅެވޭހެން، ލަވް ޔޫ….” އީނާ އަލްޔަސްގެ ހަށިގަނޑުގައި ބައްދާލިއެވެ. އޭނަ އުފާވެފައިވާ މިންވަރު ބަޔާންކޮށެއް ނުދެވޭނެއެވެ. އުމުރު ދުވަހުގައިވެސް މިހާބޮޑު އުފަލެއް ލިބުނު ހަނދާނެއް ނުވެއެވެ. އަލްޔަސްގެ ކޮންމެ ހަރަކާތަކުން އޭނަދެކެ ވާލޯބި އަންދާޒާ ކުރެވެއެވެ. އެފަދަ ޒުވާނަކު ލިބޭނީ ނަސީބުގަދަ މީހަކަށެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދިޔައިރު ހިތްގައިމު ލަވައެއްގެ އަޑު އިވިލައެވެ. އީނާ އަވަސް އަވަހަށް ކައި ނިންމާލާފައި ޖޫސްތަށި ހުސްކޮށްލިއެވެ. އޭނަ ބޭނުންވީ އަލްޔަސްއާއެކު އަތިރިމަތީގައި ހިނގާލަން ދާށެވެ.

ފިނިކަން އެކުލެވިގެންވާ ރާޅުތައް ފައިތިލައިގައި ބޮސްދީފައި ދާއިރު އީނާއާއި އަލްޔަސް އިށީންދެލައިގެން ތިބީ ދޮންވެލިގަނޑު މަތީގައެވެ. އީނާ އަލްޔަސްގެ ކޯތާފަތަށް ބޮސްދެމުން އެބިޔަ ހަށިގަނޑުގައި ބައްދާލިއެވެ. ބަޑިބަޑިލައްވަމުން އައިސް ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުން މާހައުލު އިތުރަށް އިޝްގީ ކުރިއެވެ. ވިލާތަކުގެ ނިވަލަށް ވަދެ ހަނދު ނިވާވި ހިނދު ދުނިޔެއަށް ވެރިވާންފެށީ ކަނު އަނދިރިކަމެވެ.

ދެލޯބިވެރިން އެކުގައި ވަގުތުތައް ހޭދަކުރިއިރު އަންނަން އުޅޭ ތޫފާނުގެ ހިލަމެއް ނުވާ ކަހަލައެވެ. ވިއްސާރައިގެ ކުލަވަރުތަކާއެކު ތޫފާނުގެ އިންޒާރު ދޭން ފެށިއިރު ރާޅުތައްވެސް ގަދަކޮށްލައިފިހެން ހީވިއެވެ. ”ވާރޭ ވެހެން އެއުޅެނީ….” އީނާ ދޮންވެލިގަނޑު މަތިން ތެދުވެލަމުން ބުންޏެވެ.

”ކަމް….” އަލްޔަސްގެ އަތުގައި ހިފަމުން އީނާ ބުންޏެވެ. އޭރު ވިއްސާރަވިލާތަކުން އުޑުމަތި ބައްދާލައި ކަނުއަނދިރިކަމުގެ ތެރެއަށް ދުނިޔެ ގަންބަވާލިއެވެ.

ދެޒުވާނުން ދުވެލާފައި ގޮސް ކައިރީގައި ހުރި ހަޓެއްގެ ހިޔާވެހިކަން ހޯދިއިރު ވާރޭގެ ތޫނު ކަނިތަކުން ފަޅިސިކުންތުކޮޅެއްގެ ތެރޭގައި މަންޒަރު ފުސްކޮށްލިއެވެ. ”އަޅޭ، ދެން ގެއަށް ދެވޭނީ ކޮން އިރަކުންތަ؟، މަންމަ ހިތްހަމަނުޖެހޭނެ ލަހުން ގެއަށް ދިޔައީމަ….” އީނާ ކަންބޮޑުވެފައި ހުރެ ބުންޏެވެ.

”ރިލޭކްސް، އިރުކޮޅަކުން ހުއްޓާލާނެޔޭ….” އީނާގެ ފުރަގަހުން އައިސް ހުއްޓިލަމުން އަލްޔަސް ބުންޏެވެ. އީނާ ވާރޭ ތެރެއަށް އަތްދިއްކޮށްލަމުން ހިނިތުންވެލިއެވެ. ގަދަފިޔާތޮށިކުލައިގެ ތުންފަތުގެ ތެރޭން ހުދުކަންގަދަ ދަތްތައް ވިދާލިތަން ބަލަން އަލްޔަސް އަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ތެތްކަން އެކުލެވިގެންވާ ރޯޅިތަކާއެކު އީނާގެ ދޮންމޫނު ބަބުޅަމުން ދިޔައީ ފެންތިކިތަކުންނެވެ. ބަލާބަލާ ފޫހިނުވާނެކަން ގައިމެވެ.

އަލްޔަސް ބިޔަ ވަކަރުގަނޑަށް ލެނގިލުމާއެކު އީނާގެ ސަމާލުކަން ދެވުނީ އަލްޔަސް އަށެވެ. ފަނޑު އަލިކަމުގެ ތެރޭން އަލްޔަސް ފެނުނުއިރު އީނާއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [1]

Next

ބަރުބާދު (ފުރަތަމަބައި)

Next
April 20, 2014

ބަރުބާދު (ފުރަތަމަބައި)

Previews
April 19, 2014

ދީވާނާ ލޯބިން ވެއްޖޭ. . [1]

7 Comments!

  1. މުތާ/ ސ.ހިތަދޫ says:
    April 20, 2014 at 1:44 am

    sorry all for the late update, mutha comp ah masalaeh dimaavegen lasvi, 18th vanabai Monday ga nuni Tuesday ga upkohladeynan inshaallah 🙂 thnx to all those who cmmntd on 16 😀

  2. luvly grl says:
    April 20, 2014 at 2:10 am

    wow.. this story is incredible mutha… i just luv it… grl ves hithah araa ehaa loabi vaa kuhjakul libeyne namaey 🙂 waiting for the next part mutha… dhn avahah ina n alyas, roo n zalaf marry kuruvaa 🙂 eyrun maimoona gandu huredhaane plan koh koh… hhehehe… thankx fr uploding dear 🙂 n all the best to u n may god bless u:)

  3. fan says:
    April 20, 2014 at 5:06 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi

  4. maee says:
    April 20, 2014 at 6:07 pm

    alhe alhey kihinehba van miulheny anehka…..dhemeehn lavva goas kameh nukuruvathi plx..v. salhi…….maimoonage plan kuriah dhanee kihinehba

  5. liuu says:
    April 20, 2014 at 8:14 pm

    vvvvvvvvvvvvvvvv nice….waiting 4 da nxt prt….maimoona mn ge plan ekkoh flop vaanama kihaa rangalhu 😀

  6. roze says:
    April 21, 2014 at 8:04 am

    shit…hut therey haadhisaa eh hingan dhw e ulheny… dhen eenu preg vaanee kan neynge.. eyrun maimoonaa ge plan eyna ah neyngi huttaa kaamiyaabu vedhaane………ehen naha dhahchey muthaa….story varah reethi 🙂

  7. fan says:
    April 21, 2014 at 2:19 pm

    Konirakun tha up kurani, its monday

Comments are closed.

Next Episodeއޯގާވީ ހިތަކުން…18←


All Right Reserved!