އޯގާވީ ހިތަކުން…18
ވިއްސާރައަލިވާން ފެށީ ބާރަޖަހަން ކައިރިވެފައި ވަނިކޮށެވެ. ކަނޑު ގަދަވިޔަސް ހާދިސާއަކާއި ކުރިމަތިނުލައި މާލެއާ ހަމައަށް ދެވުނެވެ. އޭރުވެސް ޖެހެމުން ދިޔަ ބާރު ވަޔަށް އެއްވެސް ބަދަލެއް ނާދެއެވެ. ބޫން އަޑަކުން ހިތްތަކަށް ވެރިވެގެން ދަނީ ނާމާންކަމެވެ. ފެރީ ޓާރމިނަލްއާ ތަންކޮޅެއް ދުރުގައި ޕާރކްކޮށްފައި އޮތް ކާރާއި ދިމާއަށް ދެޒުވާނުން މިސްރާބު ޖެހި ވަގުތު ބާރު ސްޕީޑެއްގައި ދުއްވާފައި އައި ކާރެއް އީނާގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ. އީނާއަށް ހަޅޭއްލަވައިގަނެވުނީ އިހްތިޔާރަކާނުލައެވެ. ދެވަނަ ސިކުންތުގައި އަލްޔަސްގެ އަތުތެރޭގައި ހުރެވުނުކަން އިހުސާސްކުރެވުމުން ރޫރޫއަޅަމުން ދިޔަ އީނާއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
”ދެޓް ވޯސް ކްލޯސް…” އަލްޔަސް އޭނަ ހާސްވެފައި ހުރި މިންވަރު ފޮރުވަން ހިނިތުންވެލިއެވެ. އީނާގެ އަތުގައި ހިފުނުކަން ނަސީބެކެވެ. އެހެންނޫންނަމަ ހިތާމަވެރި ހާދިސާއެއް ހިގީހެވެ. ކާރު ވަކިހިސާބަކަށް ގޮސް މަޑުކޮށްލުމުން އަލްޔަސް ދިގު ފިޔަވަޅުތަކެއްގައި ހިނގައިގަތީ ކާރާއި ދިމާއަށެވެ. އޭނަ ހުރީ ރުޅިއައިސްފަ އެވެ. މުށްކެވިފައިވާ އަތް ޖިންސްގެ ޖީބަށް ކޮށްފާލި ހިނދު ނިތަށް ރޫތަކެށް ޖަމާވެގެން ދިޔައެވެ. ޑްރައިވަރުގެ ފަރުވާކުޑަކަމުން މަރުގެ ތުންފަތްމަތިން އީނާ ސަލާމަތްވީ ކިރިޔާއެވެ. ބިރުވެރިކަމުގެ ބޯފަރުދާތަކުން މުޅި މީހާ ވަށާލެވުނު ވަގުތުކޮޅެކެވެ. އީނާ ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ހީވި ފުރަތަމަ ފަހަރެވެ.
އަލްޔަސް ކާރުގެ ދޮރު ހުޅުވާލާއިރަށް ކާރު ދުއްވަން އިން މީހާ ފޭބިއެވެ. އަލްޔަސް ހިފީ އޭނަގެ ގަމީހުގެ ގިރުވާނުގައެވެ.
”އަލްޔަސް…” ފަހަތުން ދުވެލާފައި އައި އީނާ އަލްޔަސްގެ ނަމުން ގޮވާލިއެވެ. ވަގުތުގެ ގޮތުން މީހުންވެސް މަދު ވަގުތެކެވެ. ވިއްސާރަ ވުމުން މިފިނިރޭގެ އަރާމުގެ ފައިދާނަގަން އެންމެން ނިދާފައިވާ ކަހަލައެވެ.
އީނާގެ އަޑަށް އެޒުވާނާ އީނާގެ މޫނަށް ބަލާލިއެވެ. އެއާއެކު އީނާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ.
”ބަލައިގެން ނުދުއްވޭތަ؟ ކަލޭގެ ސަބަބުން ހާދިސާއެއް ހިނގިނަމަ އޭގެ ޒިންމާ ނަގާނީ ކާކު؟….” އަލްޔަސް ހަޅޭއްލަވައިގަތެވެ. މާރާމާރީއެއް ހިނގުމުގެ ކުރިން އީނާ އަލްޔަސްގެ އަތުގައި ހިފެހެއްޓިއެވެ.
”ސޭމް ޕްލީޒް….” އީނާ ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ. އަލްޔަސް ރުޅިއައިސްފިނަމަ އަތުންފައިން ގޯސްހަދާފާނެއެވެ. ކުރީފަހަރަކު ފައިޒާންއަށް ކުރިވަރު ވެސް އޭނައަށް ވަނީ ފެނިފައެވެ. މިފަހަރު ކަމެއް ކުރިޔަސް ހުއްޓުވާނެ އެކަކުވެސް ނެތެވެ. އީނާގެ އާދޭސްތަކާއެކު އަލްޔަސް އެޒުވާނާ ދޫކޮށްލިއެވެ. އީނާ ބެލީ ވީހާވެސް އަވަހަކަށް އެތަނުން ދެވޭތޯއެވެ. އަލްޔަސްގެ މޫޑުވެސް އެހެރީ ގޯސްވެފައެވެ.
”އީން….” އޭނަ ގޮވާލިއެވެ. އީނާގެ ފިޔަވަޅުތައް ބިންމަތީގައި ގަނޑުވިއެވެ. އެއީ ހަމަ ރާހިލް އެވެ. އީނާ ފަސްއެނބުރި ބަލާލިއިރު ރާހިލް ހުރީ ހިނިތުންވެލައިގެންނެވެ. އަލްޔަސް އީނާއަށް ބަލާލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. ”މީ ކާކުކަން އިނގޭތަ؟…” ރާހިލް އަހާލިއެވެ. ޖަވާބު ދިނުމުގެ ގޮތުން އީނާ ބޯޖަހާލިއެވެ.
”ރާހިލް…” އީނާ ބުންޏެވެ. އޭނަ ހުރީ އެތަނުން ދާން ބޭނުންވެފަ އެވެ.
”ސޮރީ ފޯރ ދެޓް، ފަރުވާކުޑަކަމުން އެހެން ދިމާވީ، ތަނަކަށް ދާން ލަސްވެގެން ބާރަށް ދުއްވުނީ، ކޮންމެއަކަސް މިއީ އީންއާ ބައްދަލުވާން ތަޤުދީރުގަ ހުރީމަ ހިނގި ހާދިސާއެއް، ވަރަށް ބޮޑަށް އުފާވެއްޖެ އީން އާ ބައްދަލުވީމަ….” ރާހިލް މާފަށް އެދުނެވެ. އޭނަ ލަސް ފިޔަވަޅުތަކެއްގައި އައިސް އީނާއާ ކުރިމައްޗަށް ވާގޮތަށް ހުއްޓުނެވެ. ވާނުވާ ނޭގިފައި ހުރީ އަލްޔަސް އެވެ.
”ސޭމް މީ އަހަރެންގެ އެކުވެރިއެއް ބެކް އިން އައްޑޫ، މާލެ އައިފަހުން ފުރަތަމަ ފަހަރަށް ބައްދަލުމިވީ، ރާހިލް ދިސް އިޒް އަލްޔަސް، އަހަރެންގެ ވާން އުޅޭ ހަޒްބެންޑް….” އީނާއަށް ނަގައިގަނެވުނީ ކަންނޭގެއެވެ. އޭނަ ރާހިލްއަކީ ކާކުކަން އަލްޔަސްއަށް ސާފުކޮށްދިނެވެ.
އީނާ އަލްޔަސްގެ އަތުގައި ހިފަހައްޓާލަމުން ބުނެލި ޖުމްލައިން ރާހިލްއަށް ޝޮކެއް ލިބުނުކަން އީނާގެ ހަވަނަ ހިއްސަށް ނަގައިގަނެވުނެވެ. ”އޯހް” އޭ ކިޔާލާފައި ރާހިލް އިސްތަށިގަނޑުގައި އަތްފުނާ އަޅާލި މަންޒަރު ފެނި އީނާގެ އަތްފައި ފިނިވިއެވެ. އޭނަ އަލްޔަސްއާއި އިތުރަށް ކައިރިވެލިއެވެ. ހިތަށް ބިރުވެރިކަމުގެ ދޯދިފަށެއް ވަދެއްޖެއެވެ.
”އީން ވާނެ މާދަމާ އަހަރުމެންގެ ގެއަށް އަންނަން، އޭރުން މީޓްކޮށްލަދޭނަން އަހަރެންގެ ޖީއެފްއާ…. އަދި ހަނދާން ނެތުނިއްޔޭ ރޫ ގާތުވެސް ބުނައްޗޭ….” ރާހިލް ފުން ހިނިތުންވުމެއް ހަދިޔާކޮށްލަމުން އީނާއަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. ވަގުތުން ހިތް ސާފުވިއެވެ. މިހާރު މީހުންނަށް މާބޮޑަށް ޝައްކުކުރެވެނީކަމަށް ވެސް ވެދާނެއެވެ. ރާހިލްވެސް ދެކެނީ އެކުވެރިއެއްގެ ނަޒަރުންނެވެ. ޅައިރުގެ ”ފީލިންގްސް”ތައް ޒުވާން އުމުރުފުރައަށް އަރައިގެން އަންނައިރު ބަދަލުވާނެކަން ގައިމެވެ. އޭނަގެ ހިތްވެސް ބަދަލުވެއްޖެއެވެ. މިހާރު އޭނައަކީ އަލްޔަސްގެ ހައްގެކެވެ. ހިތްވަނީ ހިބައިން އަލްޔަސްއަށް ދެވިފައެވެ. ދެވަނަ މީހަކަށް އެހިތުގައި ދުވަހަކު ވިންދެއް ނުޖަހާނެއެވެ.
”ހެޕީ ޓު ސީ ޔޫ….” ރާހިލް ދަމުން ބުނެލިއެވެ.
”ހިނގާ އަވަހަށް ދާން، މަންމަ އެބަގުޅާ….” އީނާ އަވަސް އަވަހަށް ބުނެލިއެވެ. އަލްޔަސް އާއި އީނާ ކާރުގައި ގެއަށް ދާން މިސްރާބު ޖެހިއިރު އީނާ އިނީ ހަމަހިމޭންކަން ވެރިވެފައިވާ މާލޭގެ މަގުތައް ފެނި އަޖައިބުވެފައެވެ. އެހެންޏާ މެންދަން އެކެއް ޖަހާއިރުވެސް މަގުތަކުން ދުއްވާތަކެތީގެ އަޑު ނުކެނޑޭނެއެވެ. ހީވަނީ ޒޮންބީ އެޕޮކްލިޕްސް ފިލްމަކަށް ޝޫޓިންގް ކުރާހެނެނެވެ. ދިރޭ ފުރާނައެއްގެ އަޑެއް ނީވެއެވެ. އީނާ މަގުތަކަށް ބަލަހައްޓައިގެން އިންދާ އިވެންފެށި ލަވަޔަކުން ދަތްތައް ފެންނަވަރަށް ހީލިއެވެ. ދެން އޭނަގެ ނަޒަރު އަމާޒުވީ އަލްޔަސް އަށެވެ.
”އިފް ޔޯރ ވެޕަން އިސް ދި ލަވް، އައި ގޮޓް މައި ހޭންޑްސް އަޕް،
އިފް ޔޫ ޓޭކް މީ ޑައުން އައި ސަރެންޑާރ،
އައިލް ގިވް އެނީތިން ޔޫ ވޯންޓް، ޖަސްޓް ޑޯންޓް ލީވް މީ އެލޯން….
ދިސް އިޒް މައި ހޯލްޑް އަޕް……”
”ވަޓް؟…” އަލްޔަސް ލަވައިގެ ބައިތުތަކާ އެއްވަރަށް ލަވަކިޔަމުން ބުމަ އަރުވާލިއެވެ.
”ކަމެއްނުވޭ، ކިހިނެއް އިނގުނީ ތީ އަހަރެންގެ ފެވެރިޓް ލަވަކަން؟…” އީނާ އެހި އެވެ.
”ގެސް؟….” އަލްޔަސް ބުނެލިއެވެ. ”ލެޕްޓޮޕުން ދޯ؟…. އަޅޭ ލެޕްޓޮޕް މުޅިން ހާވާލީތަ؟ ރުޅި….” އީނާ ތުންކޮޅު ދަމާލިއެވެ. ލެޕްޓޮޕް އަލްޔަސް އަތަށް ދެވުނު ކަމުގެ މޮޔަ ހީވިއެވެ. އެހެންވިއްޔާ އަލްޔަސް ވާނީ އޭގައިވާހާ ލިޔުންތައް ކިޔާފައެވެ. އީނާ ލަދުގަތެވެ.
”އަހަރެންދެކެ ތިހާ ލޯބިވާ ކުއްޖަކު ހުރެދާނެކަމަށް އުއްމީދެއް ނުކުރަން… ދޯސް ރައިޓިންގް، ޔަޤީން އެންމެ މޮޅު ލިޔުންތެރިންވެސް ވައްޓާލަފާނެކަން….” އަލްޔަސް ބުންޏެވެ. އީނާ ލޫވާރގައި މޫނު ޖައްސާލި އިރު ހިސާބަކަށް އިނީ ލަދުގެންފައެވެ. މީހާ ފިނިވެފައެވެ.
އީނާ ލިފްޓަށް އަރަންދެން ބަލަން އިނދެފައި އަލްޔަސް ކާރު ދުއްވާލިއެވެ. އީނާ ގަޑި ބަލާލިއެވެ. ފަސް ކޯލް މިސްވެފައި އިނެވެ. އީނާ ގޭގެ ބެލްޖަހާލިތަނާ ފަޒްލާ އައިސް ދޮރު ހުޅުވާލިއެވެ.
”އީނޫ، ކޮންތަނަކުންތަ ތިއައީ؟ މިގަޑީގަ ބޭރަށް ދާކަށް ނުވާނެ، މީހުން ފާޑުފާޑުގެ ވާހަކަތައް ހަދައިގެން ދައްކަން ފަށާފާނެ….” ފަޒްލާ ބަލާލީ މައިމޫނާއަށެވެ. އެއީ މައިމޫނާއަށް ސިދާކޮށް އޭނަ ބުނި ޖުމްލައެކެވެ. މައިމޫނާ އަނގަޔަށް ހުތުރުވައްތަރެއް ޖައްސާލިއެވެ.
ފަޒްލާ އީނާއާ ވާހަކަ ދައްކަމުން ގޮސް ކޮޓަރިއަށް ވަނެވެ. ފަޒްލާ ބުނީ އީނާ ބޭރަށް ދާ ދިއުން މަދުކޮށް ކިޔެވުމަށް ސަމާލުކަން ދިނުމަށެވެ. ފުރަތަމަ ސެމިސްޓާރގެ އިމްތިހާނުތައް ކައިރިވަމުން އަންނައިރު ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ފަޒްލާ ބުންޏެވެ. އީނާއާއި އަލްޔަސްގެ ކައިވެނި ތާއިފްގެ އައު ޝޮޕިންގް މޯލް ހުޅުވުމާ ދިމާކޮށް ބޭއްވޭ ރަސްމިއްޔާތުގެ ތެރެއިން ކުރެވޭނެ ޚަބަރު ވެސް އޭނަ ދިނެވެ. ބާކީ އޮތީ ތިންމަހެވެ. އީނާ އެތެރެއި ނަށާލިއެވެ.
މައިމޫނާ ފެން ޖަހެއް ހިފައިގެން ބޭރަށް ނިކުތްތަނާ ބިޔަ ހިޔަންޏެއް ކުރިމަތިން ހުރަސް ކަނޑާލިތަން ފެނި ގަތީ އަމަށަކު ބިރެއް ނޫނެވެ. ކުރިއަށް ޖެހިލިތަނާ ދެވަނަ ފަހަރަށް ވެސް ހިޔަނި ފެނިއްޖެއެވެ. އަޑުގެ ކޮޅަށް ހަޅޭއްލަވައި ގަންނަމުން މައިމޫނާ ފެންޖަގު ހޫރާލިއެވެ. ފެންޖަގު ޓައިލްސް މައްޗަށް ވެރިގެން ދިޔައިރު މައިމޫނާ ދުއްވައިގަންނަން އުޅުމުން ފައިކައްސާލާފައި މޫނު ވަތަށް ވެއްޓުނެވެ. ދަތްތޮޅީގައި އުފެދުނު ރިހުމާއެކު މައިމޫނާ ބާރުބާރަށް ރޮއިގަތެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަގެ ހެޔަށް ގޮތްތަކެއް ވިއެވެ.
ބޭރުތެރޭގައި އަޑުގަދަ ވުމުން އެންމެން ކޮޓަރިތަކުން ނިކުތެވެ. މައިމޫނާ ވެއްޓިފައި އޮތްތަން ފެނި އީނާ އަނގަމަތީ އަތް އެޅިއެވެ. ބޮޑުދައިތަ މަރުވީ ހެއްޔެވެ؟ ނޭވާލާހެނެއް ހިޔެއްނުވެއެވެ.
މައިމޫނާ އަތްދަނޑިމައްޗަށް އުފުއްލާލައިގެން ގޮސް ސޯފާގައި ބޭއްވީ ޝިޔާޢު އެވެ. އޭރު މައިމޫނާ އޮތީ ހޭނެތިފައެވެ. ރޫޔާ މަންމައަށް ދޭން ފެންތައްޓެއް ގެނެސްދިނެވެ. ދެތިން ފަަހަރު ގޮވާލި ތަނާ މައިމޫނާ ލޯހުޅުވާލިއެވެ.
”ވަގެއް، ބޮޑު ހިޔަންޏެއް ދެން މި ތަނުން ހުރަސް ކަނޑަލީ، ހަ ފަހަރު…….” މައިމޫނާ ފުންމައިގެން ތެދުވުނެވެ. މައިމޫނާގެ އަޑު ތުރުތުރު އަޅައެވެ. އޭނަ އިޝާރަތްކުރީ ބެލްކަނިއާއި ދިމާއަށެވެ. ބެލްކަނީގެ ދޮރު ހުރީ ތަޅުލާފައެވެ. އެންމެނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. މައިމޫނާއަށް ނަފްސާނީ މައްސަލަތަކެއް ކުރިމަތިވެގެން އުޅެނީ ހެއްޔެވެ؟ މިހާރު އެހެން މީހުންނަށް ނުފެންނަ އެއްޗެހިވެސް ފެންނަން ފެށީއެވެ. ހިޔާލީ ދުނިޔެއްގައި އުޅެނީ ހެއްޔެވެ؟
”ޑިލިއުޝަނަލް ޑިސްއޯޑާރ…” އީނާ އޭނަގެ ޒަމީރާ ވާހަކަ ދައްކާލިއެވެ.
”ގޭގެ ހުރިހާ ދޮރެއް މިހުރީ ތަޅުލާފަ، ދެން ކޯޗެއްތަ މައިމޫނާއަށް ފެނިގެން ތިއުޅެނީ، ގައިމު ކުޑަދޮރުގެ ތެރެއިން ދެމިގެނެއް ތި ވަގަކަށް ނުދެވޭނެ، ކުޑަދޮރުތައް ވަނީ އެތެރެއިން ތަޅުލާފަ….” ޝިޔާޢު ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. މައިމޫނާއަކީ ”ޑްރާމާ ކުއީން” އެކެވެ. ގޭތެރެއަށް ހަމަނުޖެހުން ގެންނަން ކޮންމެފަދަ ވާހަަކައެއްވެސް ދައްކަފާނެއެވެ.
”ދޮގެއް ނޫނޭ މީ، ހޫވާކޮށްފަ މިބުނަނީ، މީގެ އިރުކޮޅެއް ކުރިން އަހަރެންގެ ދެލޮލުން ހިޔަންޏެއް ފެނުނީ، އެހިޔަނި ދިޔައީ ބެލްކަނިއާ ދިމާއަށް….” މައިމޫނާ ބިރުގަތެވެ. އެހިޔަނި ފެނުނީ އޭނައަށް އެކަނި ހެއްޔެވެ؟ އެއީ ޖިންނިއެއް ހެއްޔެވެ؟ މައިމޫނާ ބިރުން ގޮސް ރޫރޫއަޅައިގަތެވެ.
”ފެން ބޯލަބަ….” ފަޒްލާ މައިމޫނާގެ އަތަށް ފެންތަށި ދިއްކޮށްލިއެވެ. މަންމައަށް އައިސްފައިވާ ބަދަލުތައް ފެނި ރޫޔާ ހާސްވިއެވެ. އީނާ ބުނީ ތެދެކެވެ. މަންމަގެ ނަފްސާނީ މައްސަލަތަކެއް އެބަހުއްޓެވެ. ވީހާވެސް އަވަހަކަށް ފަރުވާކުރަން ވީއެވެ. އެހެންނޫންނަމަ މަޑުމަޑުން އެބަލީގެ ޝިކާރައަށް މަންމަ ވެދާނެއެވެ.
”ބަލަ އަހަރެން ދޮގެއް ނަހަދަމޭ!….” މައިމޫނާ ގާތަށް ރުޅި އައެވެ. އެންމެން ހީކުރަނީ އޭނައަކީ މޮޔައެއް ކަމަށް ހެއްޔެވެ؟ މައިމޫނާގެ ބިރުވެރިކަން އެހެން ސިފައެއް ހިޔާރު ކުރިއެވެ. އެއީ ރުޅިވެރި ކަމެވެ. މައިމޫނާ ފެންތަށި ހޫރާލިއެވެ. ރުޅިއައިސް ސިކުނޑީގެ ނާރުތަކަށް ވާންވިއެވެ.
”މައިމޫނާ…” ޝިޔާޢު އައިސް ކޮއްކޮ މަތަކުރަން އުޅުނެވެ. ރޫޔާ ދުވެލާފައި ގޮސް އީނާގެ ގައިގައި ބައްދާލިއެވެ. ރޫޔާގެ ދެލޯ ފެންކަޅިވިއެވެ.
މައިމޫނާގެ ހަށިގަނޑުން ވާގިދޫވި އެވެ. ”އަވްޝަން ގުޅާބަލަ ޔަދާންއަށް….” ފަޒްލާ ބުންޏެވެ. ޔަދާން އަކީ ފަޒްލާގެ އެކުވެރި ޑޮކްޓަރެކެވެ. ނަފްސާނީ ބަލީގެ މާހިރެކެވެ. އަވްޝަން ޔަދާންއަށް ގުޅިއެވެ. ޔަދާން އެދުނީ މައިމޫނާ އޭނަގެ ކްލިނިކަށް ގެންދިއުމަށެވެ.
އަވްޝަން އާއި ޝިޔާޢުގެ އިތުރުން ފަޒްލާވެސް ކްލިނިކަށް ދިޔައެވެ. އެމީހުން ދިޔަތަން ބަލަން ހުރެފައި ރޫޔާއަށް ބާރަކަށް ރޮއިގަނެވުނެވެ.
”ރޫ ހުއްޓާލަބަ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަގަޅުވާނެ….” ރާނިޔާ މައިދޮރު ތަޅުލާފައި އައިސް ރޫޔާގެ ބޮލުގައި ފިރުމާލިއެވެ. އީނާވެސް ރޫޔާއަށް ހިތްވަރު ދިނެވެ. ރޫޔާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ ހިފެހެއްޓުމެއް ނެތިއެވެ. ބައްޕައަށް ގުޅަން އުޅެފައިވެސް އެ ހިޔާލު ދޫކޮށްލިއެވެ. ރާނިޔާއާއި އީނާގެ ވާހަކަތަކުން ރޫޔާ ހަމައަކަށް އެޅެން އިރުކޮޅެއް ނެގިއެވެ.
ރޫޔާގެ އެދުމުގެ މަތިން ރާނިޔާ އަވްޝަންއަށް ގުޅިއެވެ. އަވްޝަން ބުނީ މައިމޫނާ ހޭއަރައިފި ކަމަށާއި ޔަދާން މައިމޫނާގެ ބަލިހާލަތު ބަލަމުން އަންނަކަމަށެވެ. ރޫޔާ ދުޢާ ކުރީ މަންމަ އެބަލިން ސަލާމަތްކޮށްދެވުމަށް އެދިއެވެ. މަންމަ އަކީ ރަގަޅު މީހެކެވެ. ބައެއްފަހަރު އޭނައާ ދިމާއަށް ހަޅޭއްލަވާހެދިޔަސް މަންމަ އޭނަދެކެ އިންތިހާއަށް ލޯބިވާކަން އެނގެއެވެ. އިހުސާސް ކުރެވެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


v reethi… ekamu haadha kurey… kiyan feshyrah e nimuny…
mah hevenii maimoona agan vathah vehtuneema lol :p v reethi mi vaahaka
haadha kurey…vaahaka varah reethi
gud fr her… lol.. bt mi bai v rythi…waiting fr the next part…
varah kuru salhi avahah up kohdhehchey
VV intrsting…n nice….but its too short…… :C
Hai muthaaa!!!!!!! Hows u??????? anehkkaves dhuvas thakeh fahun mi comment kurevunee,sorry ingey,bodu bodukoh sorry,nizooo midhuvas kolhu vvv bxy,ahen ve story kiyaalaafa fahun comment kuran madukohleveny,
Happy b day een, sam eenuge celebrate kuri goi haadha rom ey dho???? Wow wow wow, ingeytha??? Eenu accident kohlan ulhunee faizaan kamah nizooo heekuri,noony e maimoona bunegen ulhunu meeheh kamah,ekam mifaharu nizooo heekurigothakah nuvi,
Hahahahaaa heheheheheeee, maimoonaa ah varugadha landeh libihjje dho????? Evarunves eyna maithirivaan noolhey vihyya, asluves nizoooah ves heevanee maimoonaage nafsaanee mahssala eh eba ulhey kanneyge,dhen ingidhaanethaa dho?????? Ekam aslu ree dhera vedhaanethi varah dheravey, roo dhera nuvahchey ingey plzzz,rooge mom adhi rangalhu vane. Muthaa!!!!!! Mihaaru haadha kurukoh thi up kurani,a ee keehve,muthaa maa b zy v ma tha???? Ahen vihyya shakuvaathah anburaa genesfin ingey, mi vaahakaige hurihaa partehge sifakurunthah hama vvvvvv salhi,ehaaves hiyygaimu,loabikan dho een n sam,dhen mihuri aneh baige inthizaarugai, dhen ok ba e tvgc have a lovly day
ވވވވވވވވވވވ ސަޅި މުތާ ވަރަށް ދުވަސްކޮށްލާފަ މުތާގެ ވާހަކަ އެއް މިކިއީ….
Haadha kurei, reethi viyas kuruvima vvv sad, digukoh genesba, dhenvaani kihinehbaa, intrstng
anehbai avaskurey muthaa! ketheh nuvaane..
v v v v v v v v v v v salh…………….waiting 4 the next part….avahah up kohdhehchey plxxx…….
hei muthaa knirkuntha anehbai up koh dheyni..vaahaka kiyaahithun indhevenyky noon.. 🙂 avas kohdheeba..plxxxxxxxxx.. <3